ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/309 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2{16/HC-A/309
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 309/HC
-
A/2016
• އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު ޒާހިދު
އައިޑީ ކާޑު ނަންބަރު: A078139
ދާއިމީ އެޑްރެސް: ބ.އޭދަފުށި ހަލަވެލި
* ވާ
*
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު: -
* ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
*
*
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ޝައްވާލް 1437
27 ޖުލައި 2016
ނިމުނު ތާރީޚް 29 ޝައްވާލް 1437
03 އޮގަސްޓް 2016
ފުކުރެވުނު ކޯޓުއަމުރު ނަންބަރު: 42/2016
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ކޯޓް: މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 22 ޖުލައި 2016 * ނިމުނު ތާރީޚް: 22 ޖުލައި 2016
OU OO
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2{16/HC-A/309
کی مری
ވެ
ޚުލާޞާ
2 0 0
މިއީ، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/2016 ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ
އެކޯޓުއަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި ބ.އޭދަފުށިހަލަވެލި މުޙައްމަދު ޒާހިދު (ދ.ރ.ކާޑު
ނަންބަރު: A078139) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/2016 ކޯޓު
އަމުރު، އެކޯޓުން ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް ބ.އޭދަފުށި| ހަލަވެލި މުޙައްމަދު ޒާހިދު (ދ.ރ.ކާޑު ނަންބަރު:
A078139) ގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/2016 ކޯޓު
އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 22 ޖުލައި 2016 ދުވަހުގެ 18:00 އިން ފެށިގެން
01 އޮގަސްޓް 2016 ދުވަހުގެ 17:59 އަށް ބ.އޭދަފުށި ހަލަވެލި މުޙައްމަދު ޒާހިދު (ދ.ރ.ކާޑު
ނަންބަރު: A078139) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް މުޙައްމަދު ޒާހިދު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި
ސަބަބަކީ، "މީނާއާއިމެދު ތުޙުމަތު ކުރެވިފައިވާ މައްސަލައިގައި ހެކިފޮރުވަން މަސައްކަތް ކޮށްފާނެތީއާއި
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ފެންނާތީ" ކަމަށް މިއަމުރަށް ބެލުމުން އެނގެން
5 5 5
4 2 4 x
އފއ
ވީހިރާއްޖޭގެ ހައިa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 611
3
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/309
ou oo
3. މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/2016 ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ބ.އޭދަފުށި
ހަލަވެލި މުޙައްމަދު ޒާހިދުގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޒާހިދު ހައްޔަރުކުރުމުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ބާރުތަކާ އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ
18 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ފުލުހުން ޢަމަލުކޮށްފައިވާ އިރު، ބަންދާމެދު ގޮތެއް
ކަނޑައެޅުމުގައި ފަނޑިޔާރު އެކަމަށް ރިޢާޔަތްކޮށްފައިނެތުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ)
އާއި (ނ) އާއި ޚިލާފަށް މުޙައްމަދު ޒާހިދު ހައްޔަރުކޮށްފައިވާއިރު، ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި
ފަނޑިޔާރު އެކަމަށް ރިޢާޔަތްކޮށްފައިނެތުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި
ޚިލާފަށް މުޙައްމަދު ޒާހިދު ހައްޔަރުކޮށްފައިވާއިރު، ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރު
ރިޢާޔަތްކޮށްފައިނެތުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4 / ތތ
އކމނ
OXO
• ހަތަރުވަނަ ނުކުތާއަކީ، މުޙައްމަދު ޒާހިދު ހައްޔަރުކޮށްފައިވަނީ ޞައްޙަނޫން
ފައިސާތަކެއް ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅުމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނާއިރު،
ތުހުމަތު ކުރެވޭ ޞައްޙަ ނޫން ފައިސާތަކަކީ މުޙައްމަދު ޒާހިދުއާއި އެއްވެސް ގުޅުމެއްހުރި އެއްޗެއްކަން
ނުވަތަ ނޫންކަން ބެލުމެއް ނެތި މުޙައްމަދު ޒާހިދުގެ ބަންދާމެދު ގޮތް ކަނޑައަޅާފައިވުންކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
4. މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/2016 ކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް ބ.އޭދަފުށި ހަލަވެލި މުޙައްމަދު ޒާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ
24 /
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: yA71[33)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
# 4 3 )
2{016/HC-A/339
کی عمری
4 ޤަޟިއްޔާ ނިމުނު ގޮތު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
42/2016 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 22 ޖުލައި 2016 ދުވަހުގެ 18:00
އިން ފެށިގެން 01 އޮގަސްޓް 2016 ދުވަހުގެ 17:59 އަށް ބ.އޭދަފުށި ހަލަވެލި މުޙައްމަދު ޒާހިދު
(ދ.ރ.ކާޑު ނަންބަރު: A078139) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް މުޙައްމަދު ޒާހިދު ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރެއްވި ސަބަބަކީ، "މީނާއާއިމެދު ތުޙުމަތު ކުރެވިފައިވާ މައްސަލައިގައި ހެކިފޮރުވަން މަސައްކަތް
ކޮށްފާނެތީއާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ފެންނާތީ" ކަމަށް މިއަމުރަށް ބެލުމުން
އެނގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325
:
329، ފެކްސް 338471 ވެ ޓް
ދެވެ
4w ދ ތ * 4
އއ އ09ވާ"
,އd
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
(ށ) ދެވަނަކަމަކީ، މުޙައްމަދު ޒާހިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާއި
ގުޅިގެން އޭނާ ހައްޔަރުކުރުމުގައި ފުލުހުންގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތް ޤާނޫނުއަސާސީގެ 46 ވަނަ
މާއްދާއާއި ޚިލާފުވާކަމުގައި މުޙައްމަދު ޒާހިދުގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި، ޤާނޫނުއަސާސީގެ 46
ވަނަ މާއްދާއަށް ބެލުމުން، ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ
މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް
ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުއަމުރަކުން
ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެނެއްނުވާނެކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، މީގެ ތެރެއިން ފުރަތަމަ ބުނެފައިވާ ދެ ޙާލަތަކީވެސް
ކުށުގެ ޢަމަލު ހިނގަ ހިނގާ ހުންނަ ނުވަތަ ހިނގުމަށްފަހު ހެކިތައް ފާޅުގޮތުގައި ފެންނަން ހުންނަ އަދި
ހައްޔަރުކުރާ މީހާއަށް ކުށުގެ ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިޙްތިމާލެއްނެތް ދެ
ޙާލަތުކަމަށާއި، އަދި މިއީ ފަނޑިޔާރުގެ އިޛުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވު
ހުރަހެއް އެޅިދާނެ އިސްތިސްނާ ދެޙާލަތުކަން އެނގޭކަމަށާއި، އެއްވެ.
ށާއި، އެއްވެސް އިސްތިސްނާ
*
5
4
2{16/HC-A/309
ޤަޟިއްޔާ ނިމުނު "
کی مرکی
ޖެ3
O x
މިންވަރަށް ވުރެ ފުޅާ ނުކުރެވޭނެކަން އެނގެން އޮންނަކަމަށާއި، ތިންވަނަ ޙާލަތަކީ ކުށެއްކުރުމަށްޓަކައި
ތައްޔާރީއެއް ނުވަތަ ތައްޔާރީ ތަކެއް ވަމުން އަންނަކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު އެކަށީގެންވާ
ހެކިތަކެއް ނުވަތަ ސަބަބުތަކެއް ހުރިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ޙާލަތުކަން އެނގެން އޮންނަ
އޮންނަކަމަށާއި، މިކަމުގައި ބަލަންޖެހޭ ކަންތައްތަކަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ކުށެއް
ށެއްވެސް
ހަތަރު މަރުޙަލާއަކަށް ބަހާލެވޭކަމަށާއި އޭގެ ތެރެއިން ފުރަތަމަ މަރުޙަލާއަކީ ކުށުގެ ޢަމަލެއް ހިންގުމާމެދު
ޚިޔާލުކޮށް އެކުށުގެ ޢަމަލު ހިންގުމަށް ޢަޒުމު ކަނޑައަޅާ މަރުޙަލާކަމާއި ދެވަނަ މަރުޙަލާއަކީ ކުށުގެ
ޢަމަލު ހިންގުމަށް ތައްޔާރީތައް ކުރާ މަރުޙަލާކަމާއި ތިންވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު ތަންފީޛު
ކުރަން ފަށާ ނުވަތަ ކުށް ކުރާން އުޅޭ މަރުޙަލާކަމާއި ހަތަރުވަނަ މަރުޙަލާއަކީ ކުށުގެ ޢަމަލު ފުރިހަމަ
ކުރާ މަރުޙަލާކަމާއި، ކުށްކުރަން އުޅޭކަމަށް
ކުށްކުރަން
އުޅުމުގެ ދެރުކުން
ފުރިހަމަކުރެވިގެންކަމާއި ފުރަތަމައީ ކުށްކުރަން އުޅުމުގެ މާއްދީރުކުންކަމާއި، ކުށެއްކުރަން އުޅުމަކީ
ކުށުގެ ޢަމަލު ފުރިހަމަ ކުރުމުގައި ހިމެނޭ ކުށުގެ ޢުންސުރުތަކުގެ ތެރެއިންކަމެއްކުރުން ނުވަތަ ކުނުގެ
ޢަމަލު ހަމަވަގުތުން ސީދާ ފުރިހަމަކުރެވޭނެ ކަމެއްކުރުންކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
c444
ބަލިވި
(ނ) ތިންވަނަކަމަކީ، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން
ނޫންގޮތަކަށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރާކުރުން ބާތިލުވާނެކަން އެމާއްދާއިން ވަރަށް ސާފުކޮށް
އެނގެން އޮންނަކަމާއި، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފިނަމަ އެމީހާ ބަންދުކޮށްފައިވަނީ ޤާނޫނީ
ހަމަތަކުގެ މަތިންކަން ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި
ޙާޒިރުކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅިބަޔާންވެފައި
އޮންނަކަމާއި، އެގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ
މަތިންކަން ސާބިތުކޮށްދިނުމަކީ ބަންދުކުރިފަރާތުގެ ޒިންމާއެއްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ރ) ގައި ބަޔާންވެގެން އޮންނަކަމާއި، މިމައްސަލައިގައި ފުލުހުންގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މުޙައްމަދު ޒާހިދުގެ މައްޗަށް ސައްޙަ ނޫން
ޑޮލަރު އެތެރެކޮށް، ސައްޙަ ނޫން ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާކަމަށް ތުހުމަތު ކުރެވިގެން އެތަކެއް
ދުވަހެއް ކުރިން ފާރަލަމުން ގޮސްފައިވާކަމަށް ބުނެފައިވުމުން މުޙައްމަދު ޒާހިދުގެ މައްޗަގައިވުމައް
ކުރެވުނު މިމައްސަލައިގައި މުޙައްމަދު ޒާހިދު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A1/33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު
38
, 2
=32
2{016/HC-A/339
فرق فن کی عمری
ފުލުހުންނަށް ފަހިވެފައި އޮތްކަން އެނގޭކަމާއި، އެހެންނަމަވެސް އެފަދަ އަމުރެއް ދުރާލާ ހޯދަން
ފުލުހުންގެ ފަރާތުން މަސައްކަތް ކޮށްފައިނެތްކަމާއި، ކޯޓު އަމުރެއްނެތި މީހަކު ހައްޔަރުކުރެވޭނީ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ބުނެފައިވާ ފަދައިން ހަމައެކަނި
ޤާނޫނުއަސާސީގައި ބަޔާންކުރާ އިސްތިސްނާ ޙާލަތުތަކެއްގައިކަމާއި، މިގޮތުން މީހަކު ބަންދުކުރެވޭނީ
ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް
ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ
ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެންކަން ޤާނޫނުއަސާސީގެ އިޝާރާތްކުރެވުނު މާއްދާއާއި
ސުޕްރީމްކޯޓުން ނިންމަވާފައިވާ އިޝާރާތްކުރެވުނު އެކޯޓުގެ ޤަޟިއްޔާގައި ބުނާ ނުކުތާތަކަށް ބެލުމުން
މަކަމާއި،
އެނގެން
އނގެނ އނނކމއ،
މިމައްސަލައިގައި ކަން ހިނގާ ގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މުޙައްމަދު
ޒާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ސައްޙަ ނޫން ޑޮލަރު ރާއްޖެއަށް އެތެރެކޮށް އެއިން
ވިޔަފާރިކުރުމުގެ ތުހުމަތުކަމުގައިވާއިރު، މުޙައްމަދު ޒާހިދު ހައްޔަރުކުރެވުނީ މުޙައްމަދު ޒާހިދު ސައްޙަ
ނޫން ޑޮލަރުތަކެއް ރާއްޖެއަށް އެތެރެކުރަނިކޮށް ނުވަތަ އެޑޮލަރުތައް ވިއްކަމުން ދަނިކޮށް ނޫންކަމާއި،
މުޙައްމަދު ޒާހިދު ހައްޔަރުކޮށް އޭނާ ބަލާ ފާސްކުރެވުނު އިރު، މުޙައްމަދު ޒާހިދުގެ އަތުން ނުވަތަ
އޭނާއާއި ގުޅިފައިވާ ތަނަކުން ނުވަތަ އޭނާ ދުއްވަން އިން ސައިކަލަކުން ތުހުމަތުކުރެވޭ ބާވަތުގެ
އެއްވެސް އެއްޗެއް ފެނިފައިނުވާކަން ފުލުހުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނައިރު، މިމައްސަލައިގައި ކަން ހިނގާ ގޮސްފައިވާ ގޮތުގެ މައްޗަށާއި މައްސަލައިގެ ވަށައިގެން
ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން މުޙައްމަދު ޒާހިދު ހައްޔަރު ކުރެވިފައިވަނީ ކުށުގެ
ޢަމަލު ހިނގަ ހިނގާ ހުރި ވަގުތު ނޫންކަން އަދި ކުށުގެ ޢަމަލެއް ހިންގުމަށްފަހު ހެކިތައް ފާޅުގޮތުގައި
ފެންނަން ހުއްޓާ އަދި ކުށުގެ ޢަމަލު ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިޙްތިމާލެއްނެތް
ފަނޑިޔާރުގެ އިޛުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ
ޙާލަތެއްކަމުގައި ބެލެވެން ނެތުމުގެ އިތުރަށް ކުށެއްކުރުމަށްޓަކައި މުޙައްމަދު ޒާހިދު ތައްޔާރީއެއް ނުވަތަ
ތައްޔާރީ ތަކެއް ވަމުން އަންނަކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު އެކަށީގެންވާ ހެކިތަކެއް ނުވަތަ
ހުރިކަމަށް ޤަބޫލުކުރެވޭ ޙާލަތެއްގައި ނޫންކަން އެނގޭކަމާއި، މިހެންކަމުން މުޙައްމަދު
ޒާހިދު ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ޤާނޫނުއަސާސީގެ 46 ވަނަ މާއްޓާނިއާ 3
ސަބަބުތަކެއް
އެ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
, s:
ޤަޟިއްޔާ ނިމުނު
2{016/HC-A/339
کی عمری
ދެވެ
2ތ x/ 3/
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝާރާތްކުރެވުނު ޤާޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތާއި
އެއްގޮތްކަމުގައި ނުބެލެވޭކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންދެކެނީ 21 ޖުލައި 2016 ވަނަ ދުވަހު ބ.އޭދަފުށި ހަލަވެލި
މުޙައްމަދު ޒާހިދު ހައްޔަރުކޮށްފައިވަނީ އަދި ހައްޔަރުކުރުމުގެ އެއިޖުރާއާތުގެ މައްޗަށް ބިނާކޮށް މުޙައްމަދު
ޒާހިދު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް މާޅޮސްމަޑުލު ދެކުނުބުރީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 42/2016 އަމުރުގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
ޅެހ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، 21 ޖުލައި
2016 ދުވަހުގެ ބ.އޭދަފުށި ހަލަވެލި މުޙައްމަދު ޒާހިދު ފުލުހުން ހައްޔަރުކޮށްފައިވަނީ އަދި
ހައްޔަރުކުރުމުގެ އެއިޖުރާއާތުގެ މައްޗަށް ބިނާކޮށް މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 42/2016 އަމުރުގައި މުޙައްމަދު ޒާހިދު 10 ދުވަހުގެ މުއްދަތަށް ބަންދުގައި
ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީއާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި
ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ބެލެވެން ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 42/2016 ކޯޓު އަމުރު ބާތިލުކަމަށް ކަނޑައަޅައި މިހިނދުން ފެށިގެން މުޙައްމަދު ޒާހިދު
ބަންދުން ދޫކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv