ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/393 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/393
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 393/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތްތައް:
• ނަން: މުޙައްމަދު މަނިކު
އައިޑީ ކާޑު ނަންބަރު: A042818
ދާއިމީ އެޑްރެސް: މަލަ ގދ.ގައްދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެ ފުލެޓް 02-1-131
0
އިސްތިއުނާފު ރައްދުވި ފަރާތްތައް:
• ނަން : އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު: -
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ޞަފަރު 1437
02 ޑިސެމްބަރ 2016
•ނިމުނު ތާރީޚް: 30 މުޙައްރަމް 1438
31 އޮކްޓޯބަރ 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު 2013/Cv-C/2157
ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ބިމާއި ޢިމާރާތްތައް ކުއްޔަށްދިނުމާބެހޭ މައްސަލަ
• ހުށަހެޅި ތާރީޚް 07 ނޮވެމްބަރ 2013
ނިމުނު ތާރީޚް: 07 ސެޕްޓެމްބަރ 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު:ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/393
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2157 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މަލަ/ ގދ.ގައްދޫ
މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2157 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މަލަ ގދ.ގައްދޫ، މުޙައްމަދު މަނިކު (ދ.ރ.ކާޑް ނަންބަރު:
A042818) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަލަ ގދ.ގައްދޫ، އެވެކިޔާ ބަންޑާރަގޯއްޗާއި އެގޯތީގައިވާ
އެންމެހައި ޢިމާރާތްތައް ހުވަދުއަތޮޅު އުތުރުބުރީ ގައްދޫ ޕޮލިސް ސްޓޭޝަން ހިންގުމަށްޓަކައި 17
ފެބްރުއަރީ 2005 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން
ކުއްޔަށްދެވިފައި ވާކަމަށާއި، ބުނެވިދިޔަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ތަން ދޫކޮށްލަން
ބޭނުންވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ނޯޓިސްދިނުމަށްފަހު ތަން
މިއަދާއިހަމައަށްވެސް ޙަވާލުނުކޮށް އެތަނަށް ދައްކަންޖެހޭ ކުއްޔާއި ތަނަށްލިބިފައިވާ ގެއްލުމުގެ ބަދަލުނުދީ
އޮތުމުގެ ސަބަބުން ލިބެންޖެހޭ ފައިސާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ތަން ދޫކޮށްލަން
ފޮނުވި ނޯޓިސްގެ ތާރީޚް ހަމަވި ދުވަސްކަމުގައިވާ 25 އޯގަސްޓް 2008 އިން ތަން ޙަވާލުކުރުމާ ހަމައަށް
ކުލީގެ ގޮތުގައި ދުވާލަކަށް -/600ރ. (ހަސަތޭކަ ރުފިޔާ) ގެ މަގުން ލިބެންޖެހޭ ފައިސާއާއި، ވަކީލުފީގެ
ގޮތުގައި -/30,000ރ. (ތިރީސްހާސް ރުފިޔާ) އާއި، ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު މޯލްޑިވްސް
ޕޮލިސް ސަރވިސަސްގެ ފަރާތުން ލިބިގަތުމަށާއި، އަދި ތަން ދަޢުވާކުރާ މުޙައްމަދު މަނިކުއާ ޙަވާލުކުރުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސަސް ގެ މައްޗަށް ޢަމަރުކޮށްދެއްވުން އެދި މުޙައްމަދު މަނިކުގެ ފަރާތުން
ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
ut coc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: ps371
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/393
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މަލަ | ގދ.ގައްދޫ، މުޙައްމަދު މަނިކު
(ދ.ރ.ކާޑު ނަންބަރު: A042818) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަލަ | ގދ.ގައްދޫ، އެވެކިޔާ
ބަންޑާރަގޯއްޗާއި އެގޯތީގައިވާ އެންމެހައި އިމާރާތްތައް ހުވަދުއަތޮޅު އުތުރުބުރީ ގައްދޫ ޕޮލިސް ސްޓޭޝަން
ހިންގުމަށްޓަކައި 17 ފެބްރުއަރީ 2005 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއެކު ވެފައިވާ
އެއްބަސްވުމުގެ ދަށުން ކުއްޔަށްދެވިފައި ވާކަމަށާއި، ބުނެވިދިޔަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން
ތަން ދޫކޮށްލަން ބޭނުންވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ނޯޓިސް ދިނުމަށްފަހު ތަން
މިއަދާއި ހަމައަށްވެސް ޙަވާލުނުކޮށް އެތަނަށް ދައްކަންޖެހޭ ކުއްޔާއި ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލުނުދީ
ލިބެންޖެހޭ ފައިސާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ތަން ދޫކޮށްލަން
ފޮނުވި ނޯޓިސްގެ ތާރީޚް ހަމަވި ދުވަސްކަމުގައިވާ 25 އޯގަސްޓް 2008 އިން ތަން ޙަވާލުކުރުމާ ހަމައަށް
ކުލީގެ ގޮތުގައި ދުވާލަކަށް -/600ރ. (ހަސަތޭކަ ރުފިޔާ) ގެ މަގުން ލިބެންޖެހޭ ފައިސާ އާއި، ވަކީލު ފީގެ
ގޮތުގައި -/30,000ރ. (ތިރީސްހާސް ރުފިޔާ) އާއި، ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލީ މޯލްޑިވްސް
ޕޮލިސް ސަރވިސަސް ގެ ފަރާތުން ލިބިގަތުމަށާއި، އަދި ތަން ދަޢުވާކުރާ މުޙައްމަދު މަނިކު އާ
ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ލިބިގަތުމަށާއި، އަދި ތަން ދަޢުވާކުރާ
މުޙައްމަދު މަނިކު އާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް ގެ މައްޗަށް އަމުރުކޮށްދެއްވުން އެދި
މުޙައްމަދު މަނިކު ދަޢުވާކޮށް މައްސަލަ ހުށަހަޅާފައި ވާހިނދުގެ
33
244
ހހ43
ސަބަބުން
3
2
co
uc.c
ދައުލަތުގެ ފަރާތުން ދަޢުވާގައިވާ ގެއްލުމުގެ ބަދަލާއި ކުއްޔާއި ވަކީލުފީއާ މެދު
އިންކާރުކޮށްފައިވާކަމާއި، ގދ.ގައްދޫ، "މަލަ" އެވެކިޔާ ގޯއްޗާއި ގޯތީގައިވާ ޢިމާރާތް މޯލްޑިވްސް ޕޮލިސް
ސަވިސްއަށް މަހަކު -/3,500ރ. (ތިންހާސްފައްސަތޭކަ ރުފިޔާ) ގެ ރޭޓުން ކުއްޔަށް ދިނުމުގެ ގޮތުން 17
ފެބްރުއަރީ 2005 ދުވަހު މުޙައްމަދު މަނިކު އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާދެމެދު އެއްބަސްވުމެއް
ވެފައިވާކަމާއި، ކުއްޔަށްހިފި ފަރާތުން ތަން ދޫކޮށްލާނަމަ 03 (ތިނެއް) މަސްދުވަހުގެ ކުރިން ވެރިފަރާތަށް
ންގަންވާނެކަމާއި އަދި ވެރިފަރާތުން ތަން ބޭނުންވާނަމަވެސް އެ އުޞޫލުން މޯލްޑިވްސް ޕޮލިސް
ސަރވިސަސް އަށް އަންގަންޖެހޭނެކަން އެއްބަސްވުމުގެ 7 ވަނަ މާއްދާ އިން އެނގެން އޮންނަކަމާއި،
އެއްބަސްވުމުގެ މުއްދަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމާއި، ތަން ދޫކޮށްލަން 3 މަސްދުވަހުގެ
ނޯޓިސް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ދީފައިވާކަމާއި އެ މުއްދަތު 25 އޯގަސްޓް 2008 ދުވަހު
ހަމަވާނެކަން 25 މެއި 2008 ތާރީޚުގައި ލިޔެ މުޙައްމަދު މަނިކަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް
އިން ފޮނުވާފައިވާ ސިޓީއާއި، ތަންދޫކޮށްލުމުގެ ނޯޓިސްގެ މުއްދަތު 25 އޯގަސްޓް 2008 ދުވަހު
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
ވޮހިރާއްޖެ
4
ޖެ.އޯޔާ
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/393
ގއ
/02ކރކޮށް
ލިބިފައިވާ
434
33 ޑ 4
ބޭނުންނުކުރެވޭ
OcXcuc >
02/?
3
4
ޅރން.03އ
ހަމަވެފައިވާކަން މުޙައްމަދު މަނިކުގެ ބަހުން އެނގެން އޮންނަކަމާއި، މަރާމާތަކާނުލައި ތަން ބޭނުން
ނުކުރެވޭވަރަށް ހަލާކުވެފައިވާކަމާއި، ތަނަށާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމަކީ ޠަބީޢީގޮތުން ލިބުނު
އްލުމުގެ ނޫންކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، ތަނަށާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމަކީ
މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ތަން ކުއްޔަށް ހިފައިގެން އުޅުނު މުއްދަތުގައި ވެފައިވާ
ގެއްލުންކަން ދެފަރާތުގެ ބަހުން އެނގެން އޮވެފައި އެކަމުގެ ޒިންމާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސަސް
އިން ނަގަންޖެހޭ ޒިންމާއެއްކަން ބުނެވިދިޔަ އެއްބަސްވުމާއި، ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތާއި
ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، ތަނަށާއި ތަކެއްޗަށް ލިބޭ ގެއްލުން
ޑިޕޮޒިޓް ފައިސާ ނުވަތަ އެޑްވާންސަށް އެއްވެސް ފައިސާއެއް މޯލްޑިވްސް ޕޮލިސް
ސަރވިސަސް އިން މުޙައްމަދު މަނިކަށް ދީފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ތަން ކުއްޔަށް ހިފައިގެން އުޅުނު މުއްދަތުގައި ތަނަށާއި ތަކެއްޗަށް
ގެއްލުމުގެ ބަދަލު ނުދެނީސް ތަނާއި ޙަވާލުވާން މުޙައްމަދު މަނިކު އިންކާރުކޮށްފައިވާކަން
އޮތްއިރު، ތަން މިންވަރަށް ގެއްލުންވެފައިވާ ޙާލަތުގައި ތަންހުރެ އަދި ތަން
މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހަމަޖައްސާފައި ނުވާހިނދު މުޙައްމަދު
މަނިކު ތަނާއި ޙަވާލުނުވާން ވެފައިވާ އިންކާރަކީ އެހިނދަށް ޙައްޤު އިންކާރެއްކަމާއި، އެހެނީ މޯލްޑިވްސް
ޕޮލިސް ސަރވިސަސް އިން ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވެ ތަން ދޫކޮށްލަން ދިޔައިރު ތަނާއި ތަކެތި
ބޭނުންކުރެވޭގޮތަށް ހުރިނަމަ ތަނާއި ތަކެތި ބޭނުންކޮށްގެން މުޙައްމަދު މަނިކަށް ނަފާ ޙާޞިލުކުރުމުގެ
ފުރުޞަތު އޮތީސްކަމާއި، ތަނާއި ތަކެތި ބޭނުންކުރެވޭފަދަ ގޮތަކަށް ހެދުމަށްޓަކައި ތަނަށާއި ތަކެއްޗަށް
ވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/
97,020ރ. (ނުވަދިހަހަތްހާސް ވިހިރުފިޔާ) މުޙައްމަދު މަނިކުގެ
ފަރާތުން ހުށަހެޅުމުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން އެ ފައިސާ 19 ޖެނުއަރީ 2009 ދުވަހު
ލިބިފައިވާކަން މުޙައްމަދު މަނިކުގެ ބަހުން އެނގެން އޮންނާތީ، އަދި އެފައިސާ ބޭނުންކޮށްގެން ތަން
ތަން ބޭނުންކުރުމުގެ ފުރުޞަތު މުޙައްމަދު މަނިކަށް ލިބުމުން މުޙައްމަދު މަނިކު ތަނާއި
މެދުވެރިކުރުވި ސަބަބު ފިލައިދާނެތީވެ މޯލްޑިވްސް ޕޮލިސް ސަރވިސް އިން މުޙައްމަދު
މަނިކަށް ތަނާއި ތަކެއްޗަށް ވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައިވާ -/
97,020ރ.
(ނުވަދިހަހަތްހާސް ވިހިރުފިޔާ) ލިބުނު ތާރީޚް ކަމުގައިވާ 19 ޖެނުއަރީ 2009 ދުވަހާއި ހަމައަށް ކުރިން
ހިނގަމުން އައި ކުލީގެ ރޭޓު ކަމުގައިވާ މަހަކު -/3500ރ. (ތިންހާސް ފަސްސަތޭކަ ރުފިޔާ) ގެ ރޭޓުން
މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން މުޙައްމަދު މަނިކަށް ބަދަލު ނަގައިދިނުމަކީ ޢަދުލުވެރިގޮތްކަމަށް
ޝަރީޢަތަށް ބުރަވެވޭތީ 16,916
/
66(ސޯޅަހާސް ނުވަސަތޭކަ ސޯޅަރުފިޔާ ފަސްދޮޅަސްލާރި) މިއަދު 07
433 4
ހ/ /5=ވ
ކުރަމު0ކށް
ހއ 432
4
ޙަވާލުންވާނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471(
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
t
5
ޓޯގޯ ޓް
2015/HC-A/393
ސެޕްޓެމްބަރު 2015 ދުވަހުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި މޯލްޑިވްސް ޕޮލިސް
ސަރވިސަސް ގެ ފަރާތުން މުޙައްމަދު މަނިކަށް ލިބިދިނުމަށް އަންގައި، 25 އޯގަސްޓް 2008 ދުވަހުން
ފެށިގެން ތަން ޙަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި ދުވާލަކަށް -/600ރ. (ހަސަތޭކަ ރުފިޔާ) ގެ މަގުން
ކުލި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގެ ފަރާތުން މުޙައްމަދު މަނިކަށް ނަގައިދިނުމަށް އެދިފައި
ވީނަމަވެސް މިފައިސާ ޝަރީޢަތުން ނަގައިދޭނެ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 348/HC-A/2009 ޤަޟިއްޔާގައި ވަކީލުފީ ނަގައިދިނުމަށް ކަނޑައަޅާފައިވާ
އުޞޫލަށް ރިޢާޔަތްކުރާއިރު މިމައްސަލާގައި އެދިފައިވާ ވަކީލުފީ ނަގައިދެވެން ނެތްކަމުގައި ކަނޑައަޅައި،
އަދި ތަނުގެ ތަޅުދަނޑިއާއި، މުޙައްމަދު މަނިކުގެ ފަރާތުން ޙަވާލުވުމަށް އެދުމުން އެކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސަސް ގެ ފަރާތުން އިންކާރުކޮށް ތަޅުދަނޑި ޙަވާލުނުކޮށް ހިފަހައްޓާފައިވާކަން އެނގެން
ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
OXOC
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2157 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގދ.ގައްދޫ މަލަ
މުޙައްމަދު މަނިކުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީގެ
• ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ޕޮލިސް ސްޓޭޝަން ހިންގުމަށްޓަކައި ދަޢުވާކުރާ ފަރާތުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "މަލަ" ނަމަކަށްކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހާ
ޢިމާރާތްތައް 17 ފެބްރުއަރީ 2005 ގައި ކުރެވުނު ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް
ޕޮލިސް ސަރވިސަސް އަށް ކުއްޔަށް ދެވިފައިވަނިކޮށް އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ތަން
ދޫކޮށްލަން ބޭނުންވާ
ންވާކަމަށް ފުލުހުން ނޯޓިސް ދިނުމަށްފަހުގައި ތަން މިއަދާއި ހަމައަށްވެސް ޙަވާލުނުކުރާކަން
ހުށަހެޅިފައިވާ ހެކި ވަޒަންކުރުމުން ސާބިތުވާއިރު، ތަން ޙަވާލުނުކޮށް އޮތުމުން ތަނަށް ދައްކަންޖެހޭ ކުއްޔާއި
އަދި ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެއްވާފައިނުވުމުގެ އިތުރުން ތަން ދަޢުވާކުރާ ފަރާތާއި
ޙަވާލުކަމަށް ފުލުހުންގެ މައްޗަށް އަމުރުކުރައްވާފައިވާ ބުނެ ހުށަހެޅި ނުކުތާއެވެ.
3
2
4 އ ހވ
ވާންވާނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2015/HC-A/393
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
03- މިމައްސަލައާއި
ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2157 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ގދ.ގައްދޫ މަލަ މުޙައްމަދު މަނިކުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތާއަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
022ހ 11
2
4
3ފ3ފ3
.ދއރ
(ހ) ފުރަތަމަކަމަކީ، ގދ.ގައްދޫ " މަލަ" ހުވަދު އަތޮޅު ދެކުނުބުރީ ޕޮލިސް ސްޓޭޝަން ކުއްޔަށް
އެއްބަސް މިނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގދ.ގައްދޫ މަލަ މުޙައްމަދު
މަނިކު އާއި ދެމެދު 17 ފެބުރުއަރީ 2005 މިތާރީޚުގައި އެއްބަސްވުމެއް ވެވިފައިވާކަމާއި،
މިއެއްބަސްވުމުގެ ދަށުން ގދ.ގައްދޫ މަލައެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތައް
ތުރުބުރީ ގައްދޫ ޕޮލިސް ސްޓޭޝަން ހިންގުމަށްޓަކައި ފުލުހުންގެ ފަރާތުން ބޭނުންކޮށްގެ
ނުންކޮށްފައިކަން
މިދެފަރާތުގެ ދެމެދުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، މޯލްޑިވްސް ޕޮލިސް ސަރވިސް
(ދިވެހި ދައުލަތް) ގެ މައްޗަށް ރައްދުވާގޮތަށް މުޙައްމަދު މަނިކުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ
އުފުލާފައިވަނީ ބުނެވިދިޔަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ތަން ދޫކޮށްލަން ބޭނުންވާކަމަށް
މެލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ނޯޓިސްދިނުމަށްފަހު ތަން ޙަވާލުނުކޮށް އެތަނަށް ދައްކަންޖެހޭ
ކުއްޔާއި ތަނަށްލިބިފައިވާ ގެއްލުމުގެ ބަދަލުނުދީ އޮތުމުގެ ސަބަބުން ލިބެންޖެހޭ ފައިސާއާއި، މޯލްޑިވްސް
ޕޮލިސް ސަރވިސަސް އިން ތަން ދޫކޮށްލަން ފޮނުވި ނޯޓިސްގެ ތާރީޚް ހަމަވި ދުވަސްކަމުގައިވާ 25
އޯގަސްޓް 2008 އިން ތަން ޙަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި ދުވާލަކަށް -/500ރ. (ހަސަތޭކަ
ރުފިޔާ) ގެ މަގުން ލިބެންޖެހޭ ފައިސާއާއި، ވަކީލުފީގެ ގޮތުގައި -/
30,000ރ. (ތިރީސްހާސް ރުފިޔާ)
އާއި، ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ލިބިގަތުމަށާއި
އަދި ތަން މުޙައްމަދު މަނިކުއާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް
އަމުރުކޮށްދެއްވުން އެދި ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
UCO
ހ88
(ށ) ދެވަނަކަމަކީ، މުޙައްމަދު މަނިކުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް
ރައްދުވާގޮތަށް ހުށަހެޅި އިޝާރާތްކުރެވުނު ދަޢުވާ ސިވިލް ކޯޓުން ބެއްލެވުމަށްފަހު ނިންމަވާފައިވާ
ނިންމެވުމަށާއި ޙުކުމަށް ވާސިލުވެފައިވާ ސަބަބުތަކުގެ މައްޗަށް ބެލުމުން، މިމައްސަލަ ނިންމެވުމުގައި
ސިވިލް ކޯޓުން ފާހަގަކުރައްވާފައިވަނީ، މިދެފަރާތުގެ ދެމެދުގައި 17 ފެބްރުއަރީ 2005 ގައި ވެވިފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/393
އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ތަން ދޫކޮށްލުމަށް 3 މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު
އެނޯޓިސްގެ މުއްދަތު 25 އޯގަސްޓް 2008 ގައި ހަމަވެފައިވާކަމަށާއި އެހެންނަމަވެސް ކުއްޔަށް ދީފައިވާ
މުއްދަތުގައި ތަނަށާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން
ނަގަންޖެހޭ ޒިންމާއެއްކަމަށް ޤަބޫލުކުރެވޭތީ، ތަނަށާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި
-/97,020ރ. (ނުވަދިހަހަތްހާސް ވިހިރުފިޔާ) މުޙައްމަދު މަނިކުގެ ހުށަހެޅުމުން ދައުލަތުގެ ފަރާތުން 19
ޖެނުއަރީ 2009 ގައި އެފައިސާ ލިބިފައިވާކަމަށް މުޙައްމަދު މަނިކުގެ ބަހުން އެނގެން އޮންނާތީ، އެފައިސާ
ބޭނުންކޮށްގެން ތަން މަރާމާތުކޮށް ތަން ބޭނުންކުރުމުގެ ފުރުޞަތު މުޙައްމަދު މަނިކަށް ލިބުމުން މުޙައްމަދު
މަނިކު ތަނާއި ޙަވާލުނުވާން މެދުވެރިކުރުވި ސަބަބު ފިލައިދާނެތީ، މިފައިސާ ލިބުނު ތާރީޚް ކަމަށްވާ 19
ޖެނުއަރީ 2009 ދުވަހާއި ހަމައަށް އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާ ކުލީގެ ރޭޓު (މަހަކު
/3500.) އިން ޖުމްލަ 16,916.66ރ (ސޯޅަހާސް ނުވަސަތޭކަ ސޯޅަރުފިޔާ ފަސްދޮޅަސްހަލާރި)
މުޙައްމަދު މަނިކަށް ދައްކާ ޚަލާސްކުރުމަށް ދައުލަތަށް އަންގައި، 25 އޯގަސްޓް 2008 ދުވަހުން ފެށިގެން
ތަން ޙަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި ދުވާލަކަށް -/600ރ. (ހަސަތޭކަ ރުފިޔާ) ގެ މަގުން ކުލި
ދައުލަތުގެ ފަރާތުން މުޙައްމަދު މަނިކަށް ނަގައިދިނުމަށް އެދިފައިވާ އެދުމާ އެއްގޮތަށް ފައިސާ ނަގައިދެވޭނެ
ހިތްކަމަށާއި، ތަނުގެ ތަޅުދަނޑިއާ މުޙައްމަދު މަނިކުގެ ފަރާތުން ޙަވާލުވުމަށް އެދުމުން އެކަމަށް
ފަރާތުން އިންކާރުކޮށް ތަޅުދަނޑި ޙަވާލުނުކޮށް ހިފަހައްޓާފައިވާކަން އެނގެން ނެތްކަމުގައި
ކަނޑައަޅައި އެފަދައިންކަން އެނގެން އޮންނައިރު،
cuc
ހަމައެއް ނެތްކަން
432 32
· 4 333
(7ހނެގެ
މުޙައްމަދު މަނިކުގެ ފަރާތުން ހުށަހެޅި މިމައްސަލައިގެ އިސްތިއުނާފް ނުކުތާ ބިނާކޮށްފައިވަނީ
ފަރާތުން ކުއްޔަށް ހިފިތަން ދޫކޮށްލަން ބޭނުންވާކަމަށް ފުލުހުންގެ ފަރާތުން ނޯޓިސް
ދިންނަމަވެސް އެތަނުގެ ތަޅުދަނޑި މިހާތަނަށްވެސް މުޙައްމަދު މަނިކާއި ޙަވާލުކޮށްފައިނެތްކަމަށާއި
މިހެންކަމުން މިތަނަށް ކުލި ހިނގާނެކަމަށާއި އަދި މިމުއްދަތުގައި ތަނަށް ލިބޭ ގެއްލުމާއި މެދުވެސް
ފުލުހުން ޒިންމާވާންޖެހޭނެކަމަށް ދެކޭކަމަށާއި އެހެންނަމަވެސް ސިވިލްކޯޓުގެ ޙުކުމުގައި އެކަންކަމަށް
ކަނޑައެޅިފައި ނެތުމުގެ އިތުރަށް މިތަން މުޙައްމަދު މަނިކާއި ޙަވާލުކުރުމަށް ކޯޓުން އަމުރެ
މިމައްސަލައިގެ ޙުކުމް ކުރައްވާފައިވާތީކަމަށް ބުނެ އެސަބަބުތައް ފާހަގަ ކުރުމަށްފަހުގައިކަން އެނގޭކަމެވެ.
އަމުރެއްނުކޮށް
(ނ) ތިންވަނަކަމަކީ، މުޙައްމަދު މަނިކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ދެމެދު ވެވުނު
ގދ.ގައްދޫ " މަލަ" ހުވަދު އަތޮޅު ދެކުނުބުރީ ޕޮލިސް ސްޓޭޝަން ކުއްޔަށް ދިނުމާބެހޭ
se
އެއބައވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
بنوري
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/393
4 3 24 2
J23
7 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި ކުއްޔަށް ހިފާ ފަރާތުން މުއްދަތު ހަމަވުމުގެ ކުރިން ތަން
ދޫކޮށްލާނަމަ 03 މަސްދުވަހުގެ ކުރިން އެކަން ޢިމާރާތުގެ ވެރިފަރާތަށް އަންގަންވާނެކަމަށް އޮންނައޮތުމާއި
އެއްގޮތަށް ފުލުހުންގެ ފަރާތުން ޢަމަލުކުރިކަމަށް އަދި އެނޯޓިސް އާއި އެއްގޮތަށް 27 އޮގަސްޓް 2008
ގައި ފުލުހުން އެތަން ދޫކޮށް ނިކުތްކަމަށް ދައުލަތުގެ ފަރާތުން ބުނާ ބުނުމަށް މުޙައްމަދު މަނިކުގެ ފަރާތުން
އިންކާރުކޮށްފައިނެތްއިރު ފުލުހުންގެ ފަރާތުން އެޢިމާރާތުން ނިކުތްއިރު އެތަނަށް ލިބިފައިވާ ގެއްލުމުގެ
ބަދަލުގެ މިންވަރެއްގެ ގޮތުގައި މުޙައްމަދު މަނިކުގެ ފަރާތުން އެދިފައިވާ -/
97020ރ. ( ނުވަދިހަ
ހަތްހާސް ވިހިރުފިޔާ) މުޙައްމަދު މަނިކާއި 19 ޖެނުއަރީ 2009 ގައި ޙަވާލުކުރެވިފައިވާކަން އެނގޭކަމާއި،
އަދި އެތާރީޚާއި ހަމައަށް އެޢިމާރާތަށް ކުލީގެ ގޮތުގައި މިދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 7
ވަނަ މާއްދާގައިވާ ކުލީގެ ރޭޓު (މަހަކު -/3500ރ.) އިން ޖުމްލަ 16,916.66ރ (ސޯޅަހާސް ނުވަސަތޭކަ
ސޯޅަރުފިޔާ ފަސްދޮޅަސްހަލާރި) ދެއްކުމަށް ސިވިލްކޯޓުން ޙުކުމްކުރައްވާފައިވާއިރު، މިފައިސާ މުޙައްމަދު
މަނިކަށް ދިނުމަށް ދައުލަތުގެ ފަރާތުން އިންކާރު ނުކުރާކަން އެނގޭކަމާއި،
މުޙައްމަދު މަނިކުގެ އަތުން ފުލުހުން ކުއްޔަށްހި ޢިމާރާތް ހުސްކުރާކަން މުޙައްމަދު މަނިކަށް
ގޮތުން އެއްބަސްވުމުގައި ބުނާފަދައިން ފުލުހުންގެ ފަރާތުން ނޯޓިސްދީ އެތަން ހުސްކޮށް އަދި
އެތަނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން މުޙައްމަދު މަނިކު ބުނެފައިވާ ޢަދަދަށް ފައިސާ ދިނުމުންވެސް
ފުލުހުންގެ އަތުން އެތަނުގެ ތަޅުދަނޑި ލިބެންދެން އެތަނަށް މުޙައްމަދު މަނިކު
އިންކާރުކުރަނީކަމަށް ބުނާއިރު އަދި ތަޅުދަނޑި ނުދީ އޮތް އޮތުމަކީ އެޢިމާރާތުގެ މަންފާ މުޙައްމަދު މަނިކަށް
ގެއްލޭކަމަކަށްވާތީ އެތަނުގެ ތަޅުދަނޑި ހަވާލުކުރަންދެން އެތަނުގެ ކުލި ހިނގާނެ ކަމަށް މުޙައްމަދު މަނިކު
ބުނާ ބުނުމަށް ބަލައި އެއީ މިޢިމާރާތަށް ވަނުމަށް މުޙައްމަދު މަނިކަށް ޤާނޫނީ ގޮތުން ހުރަހެއް
ކުރިމަތިކުރުވާ އަދި އެކަމުގެ ސަބަބުން އެޢިމާރާތުގެ މަންފާ ޙާސިލުކުރުމަށް މުޙައްމަދު މަނިކަށް ހުރަހެއް
އޮތް ސަބަބެއްތޯ ބަލާއިރު،
ޢިމާރާތެއް ކުއްޔަށް ހިފައިގެން އުޅުމަށްފަހު އެޢިމާރާތެއް ހުސްކޮށް، ކުއްޔަށް ދިރިއުޅުނު
މުއްދަތުގެ ތެރޭގައި ތަނަށް ލިބިފައި ގެއްލުންތަކުގެ ބަދަލު ލިބިދީފައިވާނަމަ އެޢިމާރާތެއްގެ ތަޅުދަނޑި ވެރި
ފަރާތާއި ޙަވާލު ނުކުރެވި އޮތް އޮތުމަކީ ހަމައެކަނި އެސަބަބަށްޓަކައި އެ ޢިމާރާތުގެ މަންފާ ޢިމާރާތުގެ
ވެރިފަރާތުން ޙާސިލު ނުކުރެވުމަށް އޮތް ޤާނޫނީ ގޮތުން ސައްޙަ ޙުއްޖަތެއް ނޫންކަން އެނގޭކަމާއި، އަދި އެ
އުސޫލަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް ޤާއިމުކޮށްފައިވާ އުސޫލެއްކަމާއި، މިހެންކަމުން ފުލުހުން މުޙައްމަދު މަނިކުގެ
ކުއްޔަށް ހިފު ޢިމާރާތުން ނިކުމެ އެތަން ހުސްކޮށް މުޙައްމަދު މަނިކާއި ޙަވާލުވުމަށް
22 ހއ
ފަމަށް
cu.
2013/HC-A/274
ޢާންJއ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13371
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
9
އޭ ه
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/393
ލިބިފައިވާ ކަމަށް މުޙައްމަދު މަނިކު ބުނާ ޢަދަދަށް ގެއްލުމުގެ ބަދަލު ދިނުމަށްފަހު އެ ޢިމާރާތުގެ ތަޅުދަނޑި
ޙަވާލުނުކުރާކަމަށް ބުނެ އެޢިމާރާތުގެ މަންފާ ޙާސިލުނުކޮށް މުޙައްމަދު މަނިކު ހުރިހުރުމަކީ ޤާނޫނީ ގޮތުން
ސައްޙަ ޙުއްޖަތެއްގެ މައްޗަށް ބިނާކޮށްގެން ހުރި ހުރުމެއްކަމުގައި ބެލެވެން ނެތްކަމާއި، މީގެ އިތުރުން
މިޢިމާރާތް ހުސް ކޮށް މުޙައްމަދު މަނިކާއި ތަޅުދަނޑި ޙަވާލުކުރުމަށް ފުލުހުން މަސައްކަތްކުރިކަމަށާއި
މިހެންނަމަވެސް މުޙައްމަދު މަނިކުގެ ފަރާތުން ތަޅުދަނޑި އާއި ޙަވާލުވުމަށް އިންކާރުކުރާކަމަށް ފުލުހުންގެ
ފަރާތުން ބުނާކަމާއި،
4 2 3 434
4 22
ބޭނުންކުރެވެ
މިހެންކަމުން ޢިމާރާތުގެ ތަޅުދަނޑި މުޙައްމަދު މަނިކު ޙަވާލުވެފައި ނުވިނަމަވެސް ނުވަތަ
މުޙައްމަދު މަނިކާއި ތަޅުދަނޑި ޙަވާލުކުރަން މަސައްކަތްކޮށް އެކަން ފުލުހުންނަށް ކުރެވިފައިނެތްނަމަވެސް
ފުލުހުންގެ ފަރާތުން މިޢިމާރާތް ހުސްކޮށް އެކަން މުޙައްމަދު މަނިކަށް އަންގައި އެތަނާއި ތަކެތި
ގޮތަކަށް ހެދުމަށްޓަކައި ތަނަށާއި ތަކެއްޗަށް ވެފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން މުޙައްމަދު
މަނިކުގެ ފަރާތުން ހުށަހެޅި ޢަދަދަށް ފައިސާ ދިނުމުގެ ފަހަށް މިތަނާއި ޙަވާލުވެ މިތަނުގެ މަންފާ
ޙާސިލުކުރުމަށް މުޙައްމަދު މަނިކަށް އިތުރަށް ހުރަހެއް އޮތްކަން އެނގެން ނެތުމުން، މިޢިމާރާތަށް ލިބުނު
ގެއްލުމުގެ ބަދަލަށްވާ ފައިސާ މުޙައްމަދު މަނިކާ ޙަވާލުކުރި ތާރީޚުގެ ފަހަށް، އެ ޢިމާރާތުގެ ކުލި
ނަގައިދެވޭނެ ހަމައެއްނެތްކަމަށް ސިވިލްކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާ
ޚިލާފަށް ނިންމަވާފައިވާ ނިންމުމެއްކަމުގައި ނުބެލެވޭކަމާއި އަދި އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/2157 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މުޙައްމަދު
މަނިކުގެ ފަރާތުން ހުށަހަޅައިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ފެންނަންނެތްކަމަށެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/2157 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަ
ގދ.ގައްދޫ މަލަ މުޙައްމަދު މަނިކުގެ ފަރާތުން ހުށަހެޅި
ކުތާތަކުގެ މައްޗަށް ބިނާކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
10
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/393
ދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/2157 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ
ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
cuco Oc
ޢަޢީބޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv