ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/89 ޤަޟިއްޔާގެ ޙުކުމް
1
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 89/HC-A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިޓޑ
U
ވަކީލު: އޖ.މަޒުވާން ރަޝީދު
އައިޑީ ކާޑު ނަންބަރު:
A026976
* ދާއިމީ އެޑްރެސް: ފ.ރަތްވިލާގެ/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ އާދަމް މަނިކު
އައިޑީ ކާޑު ނަންބަރު: A059401
އެޑްރެސް: ހ.ތާޅަފިލިގެ / މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 08 ޖުމާދަލްއާޚިރާ 1432
މެއި
ނިމުނު ތާރީޚް: 04 ރަމަޝާން 1433
23 ޖުލައި 2012
11
2011
0
4,
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2010/VTR/117
މައްސަލައިގެ ބާވަތް: ވަޒީފާއާއިބެހޭ
ނިންމި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލަބެލިފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު: ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2010/VTR/117 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހ.ތާޅަފިލިގެ ޢަލީ އާދަމް މަނިކެވެ.
CCCO
ފާހަގަކުރެވުނު ނުކުތާ
A01 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/117 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ ޢަލީ އާދަމް މަނިކު (059401-A)، ހ.ތާޅަފިލިގެ، މާލެ، 19
ނޮވެމްބަރު 1983 އިން ފެށިގެން މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، ކުންފުނި މާލީގޮތުން ހަރުދަނާކުރުމަށްޓަކައި، މުވައްޒަފުން މަދުކުރަންޖެހޭތީ، މަސައްކަތާއި
އެހެނިހެން ކަންތައްތަކަށް ބަލައި، އެންމެ ދަށް މާރކްސް ލިބިފައިވާ 4 (ހަތަރެއް، މުވައްޒަފުން ކުންފުނީގެ
ވަޒީފާއިން ވަކިކުރަންޖެހޭކަމަށް ބުނެ 14 އޭޕްރިލް 2010 އިން ފެށިގެން ވަޒީފާއިން ވަކިކުރިކަމަށް
އަންގާފައިވާތީ، ކުންފުނީގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކުރި ކުރުމަކީ، ޤާނޫނު ނަންބަރު: 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ކުރެވިދާނެ ކަމެއްކަމަށް ނުފެންނާތީ، އެމައްސަލަ ބަލައިދިނުމަށް އެދި،
27 އޭޕްރިލް 2010 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ޢަލީ އާދަމް މަނިކު ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
02- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/117VTR
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލަ ނިންމަވާފައިވަނީ " ދެންފަހެ، މައްސަލަ ހުށަހެޅި
ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ޢަލީ އާދަމް މަނިކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ
ސީނިއަރ އޮފިސަރ، އެއިރޮނޯޓިކަލް އިންފޮމޭޝަންގެ މަޤާމުން 14 އޭޕްރިލް 2010 ގައި ވަކިކޮށްފައިވަނީ
ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާ ގުޅިގެން، އެއިރޮނޯޓިކަލް ސަރވިސަސް
އެއިރޮނޯޓިކަލް އިންފޮރމޭޝަން ސަރވިސަސްގެ މަސައްކަތް ހިންގުމަށް ތިބި މުވައްޒަފުން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
ފެންނާތީ، އެ ސެކްޝަނުގައި މަސައްކަތްކުރާ 14 (ސާދަ) މުވައްޒަފުންގެ ތެރެއިން 4 (ހަތަރެއް)
މުވައްޒަފުން މަދުކުރަންޖެހޭތީ، އެ 14 މުވައްޒަފުންގެ މަސައްކަތާއި އެހެނިހެން ކަންތައްތަކަށް ބަލައި
އެންމެ މަދުން މާރކްސް ލިބިފައިވާ 4 މުވައްޒަފުންގެ ތެރޭގައި ޢަލީ އާދަމް މަނިކު ހިމެނިފައިވާތީ ކަމަށް
މައްސަލަ ރައްދުވާފަރާތުން ބުނެފައިވާއިރު، މުވައްޒަފުންގެ ފެންވަރު (އިވެލުއޭޓް) ބެލުމުގައި،
ސެކްޝަނުގައި ހިމެނޭ ހުރިހާ މުވައްޒަފުންނާމެދު އެއްހަމައަކުން ޢަމަލުކޮށްފައިނުވާތީ، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޢަލީ އާދަމް މަނިކު ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމަށް
މައްސަލަ ބެލި މަޖްލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޢަލީ އާދަމް މަނިކު ކުރިން އަދާކުރަމުން
ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި
މައްސަލަ ރައްދުވި ފަރާތާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ
ފެމުގެ ދަށުން ޢަލީ އާދަމް މަނިކަށް ދިނުމަށް ކަނޑައަޅާފައިވާ އުޖޫރައަށް ބިނާކޮށް 14 އޭޕްރިލް
2010 އިން ފެށިގެން ޢަލީ އާދަމް މަނިކުގެ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ޢަލީ އާދަމް މަނިކަށް
މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ޢަލީ އާދަމް މަނިކު ރިޑަންޑަންޓް ވީކަމަށް
ބުނެ ކުންފުނީގެ ފަރާތުން އޭނާއަށް އެއްވެސް ފައިސާއެއް ދީފައިވާނަމަ، އެބައި އުނިކުރުމަށް ފަހު ޖެހޭ
ފައިސާގެ މިންވަރު 29 ނޮވެމްބަރު 2010 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢަލީ
އާދަމް މަނިކަށް ދިނުމަށާއި، އެކަން ހަމަޖެހޭތާ 03 ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައި
ޓްރައިބިއުނަލަށް
ލިޔުމުން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް
މިފަދައިންނެވެ.
49
2 ހ4
9
04
ޑ 8
ތ#
އެއ
ޑ ވ މ ދވ
4 8/
އެންގީ
22
32 ހ¢ ¢
އިA9ކr
12
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/117 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ
ފަރާތުން ފަރާތުން 03 ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓްގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ ، ޢަލީ އާދަމް މަނިކު މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ
ސީނިއަރ އޮފިސަރ އޭރޯނޯޓިކަލް އިންފޮމޭޝަންސްގެ މަޤާމުން، 14 އޭޕްރީލް 2010 ގައި
އޮޑީ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 6471
5
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
40
4
4 * *
ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއި ގުޅިގެން އޭރޯނޯޓިކަލް އިންފޮމޭޝަންސް ސަރވިސްގެ
މަސައްކަތްތައް ހިންގުމަށް މުވައްޒަފުން ގިނަކަމަށް ފެންނާތީ، އޭރޯނޯޓިކަލް އިންފޮމޭޝަންސްގެ
މަސައްކަތް ކުރަމުން ގެންދާ އޭރޯނޯޓިކަލްސަރވިސް ޑެކްޝަންގައި މަސައްކަތް ކުރާ 12 މުވައްޒަފުންގެ
ތެރެއިން 4 މުވައްޒިފުން މަދު ކުރަންޖެހޭތީ، އެ 14 މުވައްޒަފުންގެ މަސައްކަތާއި އެހެނިހެން ކަންތައްތަކަށް
ބަލައި، އެންމެ މަދު މާކްސް ލިބިފައިވާ 4 މުވައްޒަފުންގެ ތެރޭގައި ޢަލީ އާދަމް މަނިކު ހިމެނިފައިވާތީކަމަށް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ސާބިތު ކޮށްދީފައި ވީނަމަވެސް، މުވައްޒަފުން އިވެލުއޭޓް
ކުރުމުގައި އަދި އެފެންވަރު ބެލުމުގައި ޝެކްޝަންގައި ހިމެނޭ ހުރިހާ މުވައްޒިފުންނާއި މެދު އެއް ހަމައަކުން
ޢަމަލު ކޮށްފައި ނުވާކަމަށް ވިދާޅުވެ، ޤާނޫނު ނަންބަރު 2/2008 ވަޒީފާއާއި ބެހޭ ޤާނޫނުގެ 27 ވަނަ
ރިޢާޔަތްކޮށް، ޢަލީ އާދަމް މަނިކު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
ވަޒީފާއާއި ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން
ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ ދަޢުވާއާއިގުޅޭ ޙަޤީޤަތެއް ނުބައްލަވައި ހުށަހެޅި ނުކުތާ.
4c
ކަމަށް ބުނެ
(ށ) ދެވަނަ ނުކުތާއަކީ، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޢަލީ އާދަމް
މަނިކު، 14 އޭޕްރީލް 2010 ގައި ކުންފުނީގައި އަދާކުރަމުން ގެންދެވި ވަޒީފާއިން ވަކި ކޮށްފައިވަނީ
ކުންފުނި މާލީ ގޮތުން ހަރުދަނާ ކުރުމަށާއި، ނަތީޖާ ހާޞިލު ކުރެވޭފަދަ ގޮތަކަށް އިޞްލާޙީ ބަދަލުތަކެއް
ގެނެވުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ނިންމުމާއި ގުޅިގެން، ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް
ގެންނަންޖެހޭކަމަށް މުއައްޒަފުންނަށް
ންނަށް އިޢުލާން ކުރެވި، މިކަމާއި ގުޅިގެން ބެލުނު ކަންތައްތަކަށް ބިނާކޮށް
ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންގެ ތެރޭގައި ހިމެނިގެންކަމަށާއި، ކުންފުންޏަށް މިބަދަލު ގެނެވުމަށް
ކަނޑައަޅުއްވާފައިވާ އެއްއުޞޫލަކީ ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތް ރާވައި، މަސައްކަތްތައް
ކަނޑައަޅައި، އެމަޤާމުތަކަށް އެންމެ އެކަށޭނެ މުއައްޒަފުން ހަމަޖެއްސުމަށްޓަކައި އެޑިޕާރޓްމަންޓްތަކަށް
ފެންނަ ގޮތެއްގެ މަތިން މެނޭޖްމަންޓަށް އެކަންކަން ހުށަހެޅިގެން ކަމުގައި ކުންފުނީގެ މުވައްޒިފުންނަށް
ދެންނެވިފައިވުމާއި އަދި މިގޮތަށް ހުށަހެޅޭއިރު ބައެއް މަޤާމުތައް އުވޭނެ ކަމަށާއި، މަޤާމުތައް އުވުމުން
އެމަޤާމުތަކުގައި ތިބި މުއައްޒިފުންނަށް ރިޑަންޑަންސީޕެކޭޖެއް ދިނުމަށް ފަހު ވަޒީފާއިން ވަކިކުރެވޭނެ ކަމަށް
ހަމަޖައްސަވަން ބޯޑަށް ހުށަހެޅިފައިވާކަންވާނީ ކުންފުނީގެ ސަރކިއުލާރ ނަންބަރު 2009
/
47/CO
&
MD
/
CIR
އިން ހުރިހާ މުވައްޒަފުންނަށް ނޮވެމްބަރ 2009 ގައި ޢާއްމުކޮށް އެންގިފަކަމަށް ބުނެ ހުށަހެޅިނުކުތާ
ދ ، 8
ocuc
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
(ނ) ތިންވަނަ ނުކުތާއަކީ، އޭރޯނޯޓިކަލް ސަރވިސް ސެކްޝަންގައި މަސައްކަތްކުރާ
މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކުރުމަށް ހަމަޖެހިފައިވާ 4 މުވައްޒަފުން ހޮވުމަށް އެޝެކްޝަންގެ
ހެޑާއި އަދި ޑެޕިއުޓީ ފިޔަވާ ހުރިހާ މުވައްޒިފުންގެ އިވިއުލޭޝަނެއް ހެދި އެއަށް މާކުސް ދެވިގެން،
އެމުވައްޒަފުންގެ މަސައްކަތާއި އެހެނިހެން ކަންތައްތައް ބަލައި އެންމެ މަދު މާކްސް ލިބިފައިވާ 4 މީހުންގެ
ތެރެއިން ޢަލީ އާދަމް މަނިކު ހިމެނިފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރެވިފައިވަނީ ރިޑަންޑަންސީ ޕެކޭޖެއްގެ
ދަށުން ފައިސާ ދިނުމަށްފަހުގައިކަމަށް ބުނެ ހުށަހެޅި ނުކުތާ.
04- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/117
މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށްބުނެ މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިޓޑގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހ.ތާޅަފިލީގެ ޢަލީ އާދަމްމަނިކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށައެޅި
މައްސަލައަކީ، އޭނާ 19 ނޮވެމްބަރ 1983 ވަނަ އަހަރުންފެށިގެން، މޯލްޑިވްސް އެއަރޕޯރޓިސް ކޮމްޕެނީ
ލިމިޓެޑުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 14 އެޕްރީލް 2010 ން ފެށިގެން އެކުންފުނީގެ ވަޒީފާއިން
ވަކިކޮށްފައިވާތީ، ޢަލީ އާދަމްމަނިކު މޯލްޑިވްސް އެއަރޕޯރޓިސް ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާއިން ވަކިކުރި
ވަކި ކުރުން ސައްޙަ ނޫންކަމަށް ކަނޑައަޅައި ދިނުމަށް އޭނާގެ ފަރާތުން 27 އެޕްރީލް 2010 ގައި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށައެޅި މައްސަލައެއްކަން އެނގޭކަމާއި، ޤާނޫނުނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް
އޮވެގެންކަން އެޤާނޫނުގެ 21 އަދި 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން
ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން
ދީވީންވެގެން އޭންނަކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: AM&2
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
(ނ) ދެވަނަ ކަމަކީ، ޢަލީ އާދަމް މަނިކު މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގައި
އަދާކުރަމުން ދިޔަ ވަޒީފާއަކީ، އެކޮމްޕެނީގެ ސީނިއަރއޮފިސަރ އެއިރޮނޯޓިކަލް އިންފޮމޭޝަންކަމާއި، އޭނާ
ވަޒީފާއިން ވަކި ކުރެވުނު ސަބަބަކީ ، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ޑިޕާރޓްމަންޓުގެ ދަށުގައި
ހުރި ޕްރޯސެސްތަކާއި ފަންކްޝަންތައް ރިސްޓްރަކްޗަރކޮށް މުވައްޒަފުންގެ ޢަދަދު ގިނަކަމަށް ފެންނަ
ތަންތަނުން މުވައްޒަފުން މަދުކުރަމުންދާނެ ކަމަށް އެކުންފުނީގެ ނަންބަރ 2009
/
47/CEO
&
MD
/
CIR
( 17 ނޮވެމްބަރ 2009) ގެ ސާރކިއުލާރއިން ހުރިހާ މުވައްޒަފުންނަށް އެންގުމަށްފަހު، ޢަލީ
އާދަމްމަނިކު މަސައްކަތްކުރަމުން ދިޔަ އެއަރޓްރެފިކް ސަރވިސްގެ އެއިރޮނޯޓިކަލް އިންފޮރމޭޝަން
ސަރވިސަސްގެ މަސައްކަތް ހިންގުމަށް ތިބި މުވައްޒަފުން މަދުކުރަން ޖެހޭތީ، އެސެކްޝަންގައި މަސައްކަތް
ކުރަމުންދިޔަ 14 މުވައްޒަފުންގެ މަސައްކަތާއި އެހެނިހެން ކަންތައްތަކަށްބަލާ އެންމެ މަދުން
މާރކްސްލިބިފައިވާ 4 މުވައްޒަފުންގެ ތެރޭގައި ޢަލީ އާދަމް މަނިކު ހިމެނިފައިވާތީ (Redundant)
ރިޑަންޑަންޓް ވެގެން ކަން މައްސަލައާއި ގުޅިގެން ހުށައެޅުނު ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި، ޢަލީ
އާދަމްމަނިކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކުންފުނީގެ ނަންބަރ 2009
/
47/CEO
&
MD
/
CIR
ސާރކިއުލަރގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަލީ އާދަމް މަނިކަށް ލިބެންޖެހޭ ރިޑަންޑަންޓް ޕެކޭޖްގައި
ހިމެނޭ ޢިނާޔަތްތައް ދެވިފައިވާކަމާއި، އަދި މި ޢިނާޔަތްތައް ޢަލީ އާދަމް މަނިކު ލިބިގެންފައިވާކަން
هހ$ S
އނޤިކމެވެ.
6
(ނ) ތިންވަނަކަމަކީ، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި ތަކުގައި،
އެކުންފުނިތައް ހަރުދަނާ ކޮށް، ނަފާ އިތުރުވާނެ ގޮތެއްގެ މަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުން ފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންޏަކުން
ދޫކޮށްލަންޖެހޭ ފަދަހާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމާއި، އަދި
މިފަދަ ޙާލަތެއްގައި މުވައްޒަފުންދޫކުރެވެންނެތްނަމަ އެކަމަކީ އެފަދަ ކުންފުނިތަކުގެ ވިޔަފާރިއަށް
ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެފަދަ
ޤަބޫލުކުރަން ޖެހޭކަމާއި،ވަޒީފާ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ
ގުޅޭ ގޮތުން އެއްވެސް އުސޫލެއް ޤާއިމުކޮށްފައި
ސަބަބެއްކަމުގައި
ދިޚައި
ހއފއި
*
ޤަވާއިދެއްގައިވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
8
އަދި "ރިޑަންޑަންސީ" ގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި
ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް
ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން މުވައްޒަފަކު ދޫކޮށްލާންޖެހިއްޖެނަމަ،
އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށްއޮތް އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެކަމާއި، ނަމަވެސް ސަބަބަށްޓަކައި
މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި،
އެކަން ކޮށްފައިވަނީ ކުންފުނީގެ ހެޔޮނިޔަތުގައި ތޯއާއި، އަދި މިއީ ވަކި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ
ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާ (substantive fairness) އިޖްރާއީ
ޢަދުލުވެރިކަން (procedural fairness} ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެއެވެ.
Cccuc
ހއ
2=3 24
(ރ) ހަތަރު ވަނަކަމަކީ، މައްސަލައާއި ގުޅިގެން ދެފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކިވާހަކަތަކުން އަދި ހުށައެޅުނު ލިޔެކިޔުންތަކުން ފެންނަން ހުރި
ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ޢަލީ އާދަމް މަނިކު މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގައި އަދާކުރަމުން
ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ ރީސްޓްރަކްޗަރ ކުރުމަށް އެކުންފުނީގެ
ބޯޑުން ނިންމާ ،ކުންފުނީގެ ޑިޕާރޓްމަންޓުގެ ދަށުގައި ހުރި ޕްރޯސެސްތަކާއި ފަންކްޝަންތައް
ރިސްޓްރަކްޗަރކޮށް މުވައްޒަފުންގެ ޢަދަދު ގިނަކަމަށް ފެންނަ ތަންތަނުން މުވައްޒަފުން މަދުކުރަމުންދާނެ
ކަމަށް އެކުންފުނީގެ ނަންބަރ 2009
/
47/CEO
&
MD
/
CIR (17
ނޮވެމްބަރ 2009) ގެ
ސާރކިއުލާރއިން ހުރިހާ މުވައްޒަފުންނަށް އަންގާ އިޢުލާނުކުރުމަށްފަހު، ޢަލީ އާދަމްމަނިކު
އަދާކުރަމުންދިޔަ އޭރޯނޯޓިކަލްސަރވިސް ޑެކްޝަންގައި މަސައްކަތް ކުރާ 12 މުވައްޒަފުންގެ ތެރެއިން 4
މުވައްޒިފުން މަދު ކުރުމަށް އެކުންފުނިން ނިންމުމަށް ފަހު، ވަކިކުރަން ކަނޑައެޅުނު 4 މުވައްޒަފުންގެ
ތެރޭގައި ޢަލީ އާދަމް މަނިކުވެސް ހިމެނޭތީ ކަން އެނގޭކަމާއި، އޭރޯނޯޓިކަލް ސަރވިސް ސެކްޝަންގައި
މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކުރުމަށް ހަމަޖެހިފައިވާ 4 މުވައްޒަފުން ހޮވުމަށް
ޢަމަލުކޮށްފައިވަނީ އެޝެކްޝަންގެ ހެޑާއި އަދި ޑެޕިއުޓީހެޑް ފިޔަވާ ހުރިހާ މުވައްޒިފުންގެ އިވިއުލޭޝަނެއް
ހެދި އެއަށް މާކުސް ދެވިގެން، އެމުވައްޒަފުންގެ މަސައްކަތާއި އެހެނިހެން ކަންތައްތައް
މަދުން މާކްސް ލިބިފައިވާ 4 މުވައްޒަފުން ވަޒީފާއިން ވަކިކުރާ އުސޫލުން ކަމަ
284
އްޖެ ޙަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/89
އެން އަށް
CE0&MDCIR2009/47
އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމާއި، ޢަލީ އާދަމް މަނިކު ވަޒީފާއިން ވަކިކުރުމުގެ
ކުރިން
ކުންފުނީގެ ނަންބަރ
ސާރކިއުލަރގައި
ބަޔާންކުރެވިފައިވާ ގޮތަށް ލިބެންޖެހޭ ރިޑަންޑަންޓް ޕެކޭޖްގައި ހިމެނޭ ޢިނާޔަތްތައް ދެވިފައިވާކަމާއި، އަދި
މި ޢިނާޔަތްތައް ޢަލީ އާދަމް މަނިކު ލިބިގެންފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސް ވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/117 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށްބަލާއިރު، ރިޑަންޑަންސީ ޙާލަތަކީ ކުންފުނީގެ
މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި ޤަބޫލުކޮށްފައިވާކަން އެނގޭކަމާއި، އަދި
މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީއަށް އެޙްލަތު ކުރިމަތިވެފައިނުވާކަން ފާހަގަކޮށްފައިނުވާކަމާއި، ޢަލީ އާދަމް
މަނިކު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން
ކަނޑައަޅައި، އަލީ އާދަމް މަނިކު ހުރި ވަޒީފާއަށް އަނބުރާ ދިނުމަށް އެޓުރައިބިއުނަލުން
ފާހަގަކުރައްވާފައިވާ މައިގަނޑު ނުކުތާއަކީ،
އެއަރ ޓްރެފިކް ސަރވިސަސް ސެކްޝަންގެ އެއިރޮނޯޓިކަލް އިންފޮރމޭޝަން ސަރވިސްގައި
މަސައްކަތް ކުރާ 12 މުވައްޒަފުންގެ އިވެލުއޭޝަންގެ ތެރޭގައި އެސެކްޝަންގައި އެންމެ އިސްކޮށް
މަސައްކަތް ކުރާ މެނޭޖަރާއި، ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުން ޙަރަކާތް ތެރިވާ ފަރާތް އިވެލުއޭޝަންގައި
ނުހިމެނި އިސްތިސްނާވެފައިވާތީ މިއީ އިންސާފުން ހިނގާފައިވާ ކަމެއް ނޫންކަމަށް ފާހަގަކުރުމަށް ފަހު،
މުވައްޒަފުންގެ ފެންވަރު ބެލުމުގައި، ސެކްޝަންގައި ހިމެނޭ ހުރިހާ މުވައްޒަފުންނާއި މެދު އެއްހަމައަކުން
ޢަމަލުކޮށްފައިނުވާކަން އެނގެން އޮތުމުން މިއީ ވަޒީފާއާ
ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް ކުރި
ކަމެއް ކަމުގައި ބައްލަވައިގެން އެނގޭކަމާއި،
އޮންނަ
4
އެހެންނަމަވެސް ، މުވައްޒަފުންގެ މެދުގައި ތަފާތުނުކުރުމާއި ގުޅޭ ގޮތުން ވަޒީފާއާބެހޭ ޤާނޫނުގައި
މާއްދާއަކީ، އެޤާނޫނުގެ ވަނަ މާއްދާކަމާއި، މިމާއްދާއަށް ބަލާއިރު، މިމާއްދާގައި
ކަނޑައަޅާފައިވަނީ މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ
މަނާ މަށް ފާހަގަކުރައްވާކަމާއި، ކުންފުނިތަކާއި އިދާރާތަކުގެ އޮނިގަނޑުތައް އެކުލަވާލެވިފައިވާ
ބަލާއިރު، އެއް ސެކްޝަނެއްގައިވެސް ތަފާތު ރޭންކުތަކުގެ މީހުން ހިމެނިދާނެކަމާއި، މިގޮތުން
ދ 2
2
4 އދއ
ވެ
aދ
ފެއިވެހިރާއްޖެ
މިއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
9
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
211/HC-A/89
އަދާކުރާ މަސްއޫލިއްޔަތާއި، މަޤާމުގެ ގޮތުން ތަފާތުކަމެއް ހުރި މީހަކާއި މެދު ތަފާތު ކަމެއް ގެނައުމަކީ
ވަޒީފާއާ ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައިވާ ފަދަ ތަފާތުކުރުމެއް ކަމަށް ނުބެލެވޭނެކަމާއި،
މިހެންކަމުން ޢަލީ އާދަމްމަނިކު ވަޒީފާ އަދާކުރަމުންދިޔަ ، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ
އެއަރ ޓްރެފިކް ސަރވިސަސް ސެކްޝަންގެ އެއިރޮނޯޓިކަލް އިންފޮރމޭޝަން ސަރވިސްގައި މަސައްކަތް
ކުރާ 12 މުވައްޒަފުންގެ އިވެލުއޭޝަންގެ ތެރޭގައި އެސެކްޝަންގައި އެންމެ އިސްކޮށް މަސައްކަތް ކުރާ
މެނޭޖަރާއި، ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުން ޙަރަކާތް ތެރިވާ ފަރާތް އިވެލުއޭޝަންގައި ނުހިމެނި
އިސްތިސްނާވުމަކީ، ޢަލީ އާދަމް މަނިކު ހުރި ވަޒީފާ އަނބުރާ އިޢާދަކުރަންޖެހޭ ޤާނޫނީ ސަބަބެއް ނޫންކަން
1 ޑ ޒ
އެނގޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިންހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/117
މައްސަލައިގައި، އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/117 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/117 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާތިލުކޮށްފީމެވެ.
އެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv