ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/80 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/83
ޤަޟިއްޔާ ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 80/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުﷲ ރަޝީދު
އައިޑީ ކާޑު ނަންބަރު: A102142
ދާއިމީ އެޑްރެސް: ޔާޑުލީ ގދ. ފަރެސްމާތޮޑާ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: -
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޖުމާދަލްއޫލާ 1430
10 މެއި 2011
ނިމުނު ތާރީޚް: 02 ރަބީޢުލްއައްވަލް 1433
26 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC
/
2010
)
710
/
Cr
-
C/314)
ޤަޟިއްޔާގެ ބާވަތް: އެއްޖިންސުން ޖިންސީ ގުޅުން ހިންގުން
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 9 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 3 ޖެނުއަރީ 2011
*
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2{011/HC-A/8!
کی عمر
އުވާގެ ޚުލާޞާ
(314/JC/2010)
OX
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/710
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި ޢަބްދުﷲ ރަޝީދު، ގދ. ފަރެސްމާތޮޑާ ޔާޑުލީ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A102142) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
<
04 0 2 7 2
1. އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު (2010/JC/314)
2010/Cr
-
C/710 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޢަބްދުﷲ ރަޝީދު، 2009 ސެޕްޓެމްބަރ
19 ވަނަ ދުވަހުގެ 19:40 އެހައިކަންހާއިރު، ޙަސަން ނާޝިމް، ހދ. ވައިކަރަދޫ ދިރާސާގެ (13 އަހަރު)
އާއެކު މާލެ-ވިލިނގިލި ވަތަނިއްޔާ އެންޓަނާ ހުންނަ ސަރަޙައްދުގައި ހުންނަ ގަސްތަކުގެތެރޭގައި
އުޅޭކަމަށް، އެވަގުތު އެސަރަޙައްދު ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ތުހުމަތުކުރެވިގެން، ފުލުހުން ގޮސް
ބެލިއިރު ޙަސަން ނާޤިމް ފުރަގަސްފަރާތް ފެންނަވަރަށް ސޯޓު ތިރިކޮށްގެން އިންތަން ދުށްކަމަށާއި،
އެވަގުތު ޢަބްދުﷲ ރަޝީދުގެ ފަޓުލޫނުގެ ގޮށް ނައްޓައިގެން ހުރިއިރު، ފަޓުލޫނުގެ ކުރިމަތިން ތަންކޮޅެއް
ތެމިފައިހުރިތަން ދުށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޙަސަން ޒަރީރުއާއި މުޙައްމަދު
ފިރުޝާން ޚަތީއާއި، ތަކުރާރުކޮށް އެތަށް ފަހަރަކު ޢަބްދުﷲ ރަޝީދު، ޙަސަން ނާޘިމްގެ ސޯޓު ބާލައި
ޙަސަން ނާޝިމްގެ ފޫކޮޅުގައި އޭނާގެ ކުރިމަތިފަރާތް ހޭކިކަމަށް ޙަސަން ނާޝިމް ބުނާތީއާއި، ޙަސަން
ނާޠިމަށް ޖިންސީ ގޯނާކޮށްފައިވާކަން، އޭނާގެ ލެޑިކޯލީގަލް ރެކޯޑުން އެނގެން އޮންނާތީ، ޢަބްދު
ރަޝީދުގެ މައްޗަށް ޢުމުރުން 16 އަހަރު ނުވާ ކުއްޖަކާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ
ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، 19 ސެޕްޓެމްބަރ 2009
ދުވަހުގެ 19:40 ހާއިރު، ހދ. ވައިކަރަދޫ/ދިލާނާގޭ ޙަސަން ނާޤިމް (13 އަހަރު) އާއެކު
މާލެ ވިލިނގިލި ވަތަނިއްޔާ އެންޓަނާ ހުންނަ ސަރަޙައްދުގައި ހުންނަ ގަސްތަކުގެތެރޭގައި، ޙަސަން ނާޤިމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
38 3
2{11/HC-A/83
3 ޤަޟިއްޔާ ނިމުނު
=32
4
کی مرکی
ގޮވައިގެން އުޅޭކަމަށް، އެވަގުތު އެސަރަޙައްދު ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ތުހުމަތުކުރެވިގެން،
ފުލުހުން އެތަނަށްގޮސް ބެލިއިރު ޙަސަން ނާޝިމް ފުރަގަސްފަރާތް ފެންނަވަރަށް ސޯޓު ތިރިކޮށްގެން
އިންތަން ދުށްކަމަށާއި، އެވަގުތު ޢަބްދުﷲ ރަޝީދުގެ ފަޓުލޫނުގެ ގޮށްތައް ނައްޓައިގެން ޙަސަން ނާޝިމްގެ
ފުރަގަހަށްވާގޮތަށް އިށީނދެގެން އިންދާ ދުށްކަމަށާއި، އަދި ޢަބްދުﷲ ރަޝީދުގެ ފަޓުލޫނުގެ ގޮށްތައް
ނެއްޓިފައިހުރިއިރު ފަޓުލޫނުން ތަންކޮޅެއް ތެމިފައިހުރިތަން ދުށްކަމަށް ފުލުހުންގެ ދެމީހަކު
ބުނެފައިވާތީއާއި، އެރޭ ޢަބްދުﷲ ރަޝީދު، ޙަސަން ނާޘިމްގެ ފުރަގަސްފަރާތަށް ޢަބްދުﷲ ރަޝީދުގެ
ޒަކަރު ވައްދާ ޢަބްދުﷲ ރަޝީދުގެ އެދުން ފުއްދިކަމަށް ޙަސަން ނާޡަމް ތަޙްޤީޤުގައި ބުނެފައިވުމާއި،
ޙަސަން ނާޘިމްގެ މެޑިކޯލީގަލް ރެކޯޑިން އިން ޙަސަން ނާޖިމްގެ ފުރަގަސްފަރާތަށް ޖިންސީ ގޯނާ
ލިބިފައިހުރިކަން އެނގެން އޮންނާތީ، ކުޑަކުއްޖަކާއެކު އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުން
ޢަބްދުﷲ ރަޝީދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ އަބްދުﷲ ރަޝީދުގެ މައްޗަށް މިބާވަތުގެ ކުށެއް
ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެގޮތުން "ބަދުއަޚްލާޤީ ކުށުގެ ޤަވާޢިދު" ގެ
(މިނިސްޓްރީ އޮފް ޖަސްޓިސް ނަންބަރު MJ/2008
/
03 ސަރކިއުލަރ) 08 ވަނަ މާއްދާގެ (ށ) ގެ
ދަށުން ގދ. ފަރެސްމާތޮޑާޔާޑްލީ ޢަބްދުﷲ ރަޝީދު 19 އެތިފަހަރުން ތައުޒީރުކުރުމަށާއި، 3 (ތިނެއް)
އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
110/Cr-C/2010
(314/JC/2010)
2. ކްރިމިނަލް ކޯޓުގެ
ނަންބަރު
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޢަބްދު
ރަޝީދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 7 (ހަތެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
4 22
• ފުރަތަމަ ނުކުތާއަކީ، ޝަރީޢަތް ނިމުނުތޮގުތެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ
6 ވަނަ ނަންބަރުގައި އައި.ޖީ.އެމް. ހޮސްޕިޓަލުގެ ނަންބަރު 08067337 މެޑިކޯލީގަލް ރިކޯޑަށް
ޙަވާލާދެއްވާފައިވާއިރު، އެރިކޯޑުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްކުރެއްވުމުގައި
ބައްލަވާފައިވާ ގޮތް ރަނގަޅުނޫންކަމަށް ޤަބޫލުކުރެވޭފަދަ ކަންތައްތަކެއް އެރިކޯޑުން އެނގެންއޮތްކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ފުލުން ހެކިބަސް އަދާކުރުމުގައިވެސް ޢަބްދުﷲ ރަޝީދު
ޙަސަން ނާޝިމްއާމެދު ބަދުއަޚްލާޤީ އެއްވެސް ޢަމަލެއް ހިންގަނިކޮށް ދުށްކަމަށް ބުނެފައިނުވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
4 * 3
2{11/HC-A/83
گمرکی
20
ޤަޟިއްޔާ ނިމުނު ގޮ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ނަންބަރު 08067337 މެޑިކޯލީގަލް ރިކޯޑަށާއި ހެކީންގެ ހެކިބަހަށާއި
ގުޅިފައިވާ ޤާރީނާތަކެއް ހުރިކަމަށް ވިދާޅުވެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، އައި.ޖީ.އެމް. ހޮސްޕިޓަލުގެ ނަންބަރު 08067337
މެޑިކޯލީގަލް ރިކޯޑަށް ޙަވާލާދެއްވާފައިވާއިރު އެރިކޯޑުގެ ތަރުޖަމާގެ ފުރަތަމަ ސަފްޙާގައިވާ "ތަފްޞީލް"
"ޙާދިސާގެ ތަފްޞިލް" މި ސުރުޚީގެ ދަށުގައި "މީހަކު މިކުއްޖާއަށް ޖިންސީ ގޯނާ ކުރިތަން ފެނުނީ
ފުލުހަކަށް" މިހެން އޮވެފައި، އެއްވެސް ފުލުހަކު ފެނުނުކަމަށް ބުނެފައިނުވާއިރު މިކަންކަމަށް ނުބައްލަވާ
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އައި.ޖީ.އެމް. ހޮސްޕިޓަލުގެ ނަންބަރު 08067337
މެޑިކޯލީގަލް ރިކޯޑަށް ޙަވާލާދެއްވާފައިވާއިރު، އެރިކޯޑުގެ ތަރުޖަމާގެ ދެވަނަ ޞަފްޙާގައިވާ "ބެލުނު
ކަންތައްތައް ކުރެވުނު ޓެސްޓުތައް" މިސުރުޙީގެ ދަށުގައި ބަޔާންކޮށްފައިވާ ފުރަގަސްފަރާތު ދިޔަ
މަނިހުރިތޯ ޓެސްޓުކުރުމަށާއި ކަލްޗަރ ހެދުމަށް" މިޢިބާރާތުން އެނގެން އޮތުމުން އެކަމާގުޅިގެން ކުރި
ޓެސްޓުގެ ނަތީޖާއަށް ޝަރީޢަތުން ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، އައި.ޖީ.އެމް. ހޮސްޕިޓަލުގެ ނަންބަރު 08067337
މެޑިކޯލީގަލް ރިކޯޑަށް ޙަވާލާދެއްވާފައިވާއިރު އެރިކޯޑުގެ ތަރުޖަމާގެ ދެވަނަ ޞަފްޙާގައިވާ "ލަފާކުރެވުނު
ނަތީޖާ ފެންނަ ގޮތް: ޖިންސީގޮތުން ގޯނާ (ފުރަގަސްފަރާތް ބޭނުންކޮށްގެން) ކުރިކަމަށް ރުން"
މިފަދަ ލަފާކޮށްފައިވާ ނަތީޖާ ނުވަތަ ފެންނަގޮތްކަމަށް ލިޔުއްވާފައިވާ ޢިބާރާތަކަށް ބުރަވެ މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ، ކުއްޖާ ބުނާގޮތަށް ކަންހިނގާފައިވޭތޯ އޭނާގެ ބަހަކީ
ކިހާވަރެއްގެ ތެދު ޙަޤީޤަތެއްތޯ ބެއްލެވިފައި ނުވުމާއި، އައި.ޖީ.އެމް. ހޮސްޕިޓަލުގެ ނަންބަރު 08067337
މެޑިކޯލީގަލް ރެކޯޑުގެ ތިންވަނަ ޞަފްޙާގައިވާ "ބެލުނުކަންތައްތައް ކުރެވުނު ޓެސްޓުތައް: ފުރަގަސްފަރާތު
ދިޔަ މަނިހުރިތޯ ޓެސްޓުކުރުމަށާއި ކަލްޗަރ ހެދުމަށް" ނެގުނުކަމަށް ބުނެފައިވާ ސާމްޕަލް ޓެސްޓުކުރުމުން
ލިބުނު ނަތީޖާއަކީ ކޮބައިކަން ނުބައްލަވާ މައްސަލަ ސާބިތުވާކަމަށް ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ، ޝަރީޢަތަށް ހުށަހެޅުނު އައި.ޖީ.އެމް. ހޮސްޕިޓަލުގެ ނަންބަރު
08067337 މެޑިކޯލީގަލް ރެކޯޑުގެ ފަހު ޞަފްޙާ (ހަވަނަ ޞަފްޙާ) ގައި ޑރ. ޝާފިޢު ސޮއިކޮށްފައިވާ
93
3
0
f1
ތުހުމަތުކުރެ
.ވާތެ14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/83
ޤަޟިއްޔާ ނިމުނު 1
کی مرگی
ގަނޑުގައިވާ "ފައިންޑިންގ އެގްޒެމިނޭޝަން ޕޮޒިޝަން ޔޫސްޑް" މިސުރުޚީގެ ދަށުގައިވާ "ނޯމަލް
އެބްނޯމަލް" މިޢިބާރާތުގައި ކުއްޖާގެ ފުރަގަސްފަރާތް ނޯމަލްކަމަށް އޮތުމާއި މިދެންނެވި ލިޔުމުގެ
ދިވެހިތަރުޖަމާގައި "ޖިންސީ ގުނަވަންތަކުން ފެނުނު ކަންތައްތައް" ގައި ކުއްޖާގެ ފުރަގަސްފަރާތަށް
އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ބަޔާންކޮށްފައިވަނިކޮށް ލަފާކުރެވުނު ނަތީޖާއަށް ބައްލަވައި ކުށް
ސާބިތުވާކަމަށް ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
(314/JC/2010)
3. މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr-C;710 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން ޢަބްދުﷲ ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2010
)
710
/
Cr
-
C/314) ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، މިމައްސަލައިގައި ދަޢުވާ އުފުލިފައިވާ ޢަބްދުﷲ ރަޝީދުގެ
މައްޗަށް ކުށްސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، ޙާދިސާ ހިނގިތަނަށް ދިޔަ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު ފިރުޝާންއާއި ކޮންސްޓަބަލް ޙަސަން ޒަރީރު
ޝަރީއަތަށް ދީފައިވާ ހެކިބަހަށާއި، އަނިޔާލިބުނުކަމަށް ބުނާ ކުއްޖާ މިމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނަށާއި، އަނިޔާލިބުނުކަމަށް ބުނާ ކުއްޖާގެ މެޑިކޯލީގަލް ރިކޯޑަށްކަން އެނގޭކަމާއި،
މިމައްސަލަ ނިންމުމުގައި ކްރިމިނަލް ކޯޓުން ރިޢާޔަތްކުރައްވާފައިވާ،
އިސްވެދެންނެވިފައިވާ ހެކިތަކުގެތެރެއިން، ޙާދިސާ ހިނގިތަނަށް ހާޒިރުވި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޮންސްޓަބަލް ޙަސަން ޒަރީރު ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެމީހުންނަށް
ޢަބްދުﷲ ރަޝީދުއާއި އަނިޔާލިބުނުކަމަށްބުނާ ކުއްޖާ ފެނުނުއިރު ޢަބްދުﷲ ރަޝީދު އިނީ އޭނާގެ
ފަޓުލޫނުގެ ގޮށްނައްޓައިގެން އަނިޔާލިބުނު ކުއްޖާއާ ފުރަގަހަށް ވާގޮތަށްކަމަށާއި، އަނިޔާލިބު ކުއްޖާވެސް
އިނީ އޭނާލައިގެން ހުރި ސޯޓު، އޭނާގެ ފުރަގަސްފަރާތް
ބުނެފައިވީނަމަވެސް، ޢަބްދުﷲ ރަޝީދު އެއްވެސް ޖިންސީ ޢަމަލެއް ހިންގަނިކޮށް ނުވަތަ ޖިންސީ
02 2 0 2 0x
ފެންނަވަރަށް ތިރިކޮށް
ކޮށްގެން ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު 1
2{011/HC-A/8!
کی عمری
ގުނަވަނެއްގައި އަތްލާހަދަނިކޮށް ފެނިފައިނުވާކަމަށް ބުނެފައިވާކަމާއި، ކޮންސްޓަބަލް މުޙައްމަދު ފިރުޝާން
ޝަރީއަތަށް ދީފައިވާ ބަޔާނުގައި، އެވަގުތު ޢަބްދުﷲ ރަޝީދުގެ އެއްވެސް (ޖިންސީ) ގުނަވަނެއް
ފެންނަން ނެތްކަމަށާއި، ހަމައެކަނި ހުރީ ޢަބްދުﷲ ރަޝީދު ލައިގެން ހުރި ފަޓުލޫނުގެގޮށް ނެއްޓިފައި
ކަމަށް ބުނެފައިވާކަމާއި، ކޮންސްޓަބަލް މުޙައްމަދު ފިރުޝާނުގެ ބަޔާނުގައިވެސް ޢަބްދުﷲ ރަޝީދު
އަނިޔާލިބުނުކަމަށް ބުނާ ކުއްޖާއާމެދު އެއްޖިންސުން ޖިންސީ ގުޅުން ހިންގަނިކޮށް ނުވަތަ އެއްވެސް
ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގަނިކޮށް ފެނިފައިނުވާކަމަށާއި، ޢަބްދުﷲ ރަޝީދު ލައިގެން
ހުރިފަޓުލޫނުގެ ކުރިމަތިން ތެމިފައިހުރިތަނުގެ އެއްވެސް ތަޙްލީލެއް ހެދިފައިނުވާކަމަށް ބުނެފައިވާކަމާއި،
އަނިޔާލިބުނުކަމަށް ބުނާ ކުއްޖާގެ ފުރަގަސްފަރާތަށް ގެއްލުންލިބިފައިހުރިކަމަށް،
އަނިޔާލިބުނުކަމަށް ބުނާ ކުއްޖާ އައި.ޖީ.އެމް. ހޮސްޕިޓަލުގެ ޑޮކްޓަރުން ބެލުމަށްފަހު އެހޮސްޕިޓަލުން
ތައްޔާރުކޮށްފައިވާ މެޑިކޯލީގަލް ރިކޯޑަށް ބެލުމުން ފާހަގަކުރެވޭކަމަށް ޖިނާއީ ކޯޓުގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވީނަމަވެސް، އަނިޔާލިބުނުކަމަށް ބުނާ ކުއްޖާގެ ވެޑިކޯލީގަލް
ރިކޯޑަށް ބަލާއިރު، އެކުއްޖާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވާކަމަށް ފާހަގަކޮށްފައިނުވާކަމާއި،
މިގޮތުން ބަލާއިރު، "ހަށިގަނޑުގެ ބޭރުފުށުގައި އާއި އަނގައިގެ ތެރޭގައި ފާހަގަކުރެވޭ އަނިޔާއެއް ނެތް"
ކަމަށާއި، ހަށިގަނޑުގެ ޖިންސީގުނަވަންތައް ބެލިބެލުމުން އެއިން އެއްވެސް ތަނެއްގައި އާދަޔާ ޚިލާފު
ކަމެއް ނެތްކަމަށާއި، ނޫފައިގެންފައި ނުވަތަ އަނިޔާއެއް ލިބިފައި ނެތްކަމަށް އެރިކޯޑުގައި
ބަޔާންކޮށްފައިވާކަމާއި، ފުރަގަސްފަރާތުގެ ދޮރާއި، ޖިންސީ ގުނަވަން، ފުރަގަސްފަރާތް ނުވަތަ ފޫކޮޅަށް
އެއްވެސްކަހަލަ ގެއްލުމެއް ލިބިފައިވާނަމަ ކުރެހުމަށް އެރިކޯޑުގައި އޮތްތާނގައިވެސް އެއްވެސް ބާވަތެއްގެ
ގެއްލުމެއް ލިބިފައިވާކަމަށް ދައްކުވައިދޭގޮތަށް އެއްވެސް އެއްޗެއް ކުރަހާފައިނުވާކަމާއި، ޖިންސީ
ގުނަވަންތަކުން ފެނުނު ކަންތައްތައް ފާހަގަކުރުމަށް ކަނޑައެޅިފައިވާ ބައިގައި ފާހަގަކޮށްފައިވާ އެއްވެސް
ކަމެއް އަނިޔާލިބުނުކަމަށް ބުނާ ކުއްޖާގެ ޖިންސީ ގުނަވަނަކުން ފެނިފައިނުވާކަމަށް ފާހަގަކޮށްފައިވާކަމާއި،
އެރެކޯޑުގެ "ލަފާކުރެވުނު ނަތީޖާ ފެންނަގޮތް" (provisional dignosis
/
opinion) މިސުރުޙީގެ
ދަށުގައި "ޖިންސީގޮތުން ގޯނާ (ފުރަގަސްފަރާތް ބޭނުންކޮށް
ކޮށްގެން) ކުރިކަމަށް ތުހުމަތުކުރެވުނު" މިހެން
ޖަހާފައިވީނަމަވެސް، "ލަފާކުރެވުނު ނަތީޖާ ފެންނަގޮތް" (provisional dignosis
/
opinion) އަކީ،
ބަލިމީހާއަށް ވެފައިވާގޮތެއް ބެލުމަށްޓަކައި ކުރެވޭ ތަޙުލީލުތައް ނިމުމުގެ ކުރިން، ހަމައެކަނި އެމީހަކު
ޑޮކްޓަރަށް ދެއްކުމުގައި އެވަގުތު އެޑޮކްޓަރަށް ދެވޭ މަޢުލޫމާތާއި ބޭރުފުށުން ފެންނަން ހުންނަ ކަންކަމުގެ
މައްޗަށް ބިނާކޮށް، އެމީހަކަށްވެފައިވާގޮތް ކަމަށް ޑޮކްޓަރަކު ލަފާކުރާ ކަންތައްކަމާއި، ބަލިމީހާ ރަނގަޅަށް
ބަލައި، ހަދަންޖެހޭ ތަޙްލީލުތައް ހެދުމަށްފަހު އެމީހަކަށް ވެފައިވާ ގޮތް ނުވަތަ ޑައިގްނޯސިސް
20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/83
7 ޤަޟިއްޔާ ނިމުނު ގޮ
کی عمری
ދެވެ
04 04
(dignosis) ކަމަށް ޑޮކްޓަރު ނިންމާ ނިންމުން ލިޔާނީ މެޑިކޯލީގަލް ރިކޯޑުގެ "ލަފާކުރެވުނު
ނަތީޖާ ފެންނަގޮތް" (provisional dignosis
;
opinion) ގެ ތިރިޔަށް އޮތް "ނަތީޖާ"
(final dignosis) މިސުރުޚީގެ ދަށުގައިކަމާއި، އިސްވެދެންނެވިފައިވާ އަނިޔާލިބުނުކަމަށް ބުނާ ކުއްޖާގެ
މެޑިކޯ ލީގަލް ރިކޯޑަށް ބަލާއިރު، އެރިކޯޑުގެ "ނަތީޖާ" މިސުރުޚީގެ ދަށުގައި، އެކުއްޖާ ބެލި ޑޮކްޓަރުން
އެއްވެސް އެއްޗެއް ލިޔެފައިނުވާކަމާއި، އަނިޔާލިބުކަމަށް ބުނާ ކުއްޖާގެ ފުރަގަސްފަރާތުގައި މަނިހުރިތޯ
ބެލުމަށްޓަކައި އޭނާގެ ދިޔަ ޓެސްޓު ކުރުމަށާއި ކަލްޗަރކުރުމަށް ނަގާފައިވާކަން، އިސްވެދެންނެވިފައިވާ
އަނިޔާލިބުނުކަމަށް ބުނާ ކުއްޖާގެ މެކޯ ލީގަލް ރިކޯޑުގައި ބަޔާންކޮށްފައިވާކަމާއި، އަދި އެރިކޯޑާ
އެޓޭޗްކުރެވިފައިވާ މިދެންނެވި ދިޔަ ޓެސްޓުކުރުމަށްފަހު ތައްޔާރުކޮށްފައިވާ "މައިކްރޯބައިލޮޖީ" ރިޕޯޓުގައި
އަނިޔާވީކަމަށް ބުނާ ކުއްޖާގެ ފުރަގަސްފަރާތުން ނެގުނު ދިޔައިން މަނި ނުވަތަ އެހެން އެއްވެސް
ޖަރާސީމެއްވިއަސް ފެނިފައިވާކަމަށް ބަޔާންކޮށްފައިނުވާކަމާއި،
އަނިޔާލިބުނުކަމަށް ބުނާ ކުއްޖާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި، 2008 ވަނަ އަހަރުގެ މެދުތެރެއިން 2008 ވަނަ އަހަރުގެ ނިޔަލަށް ޢަބްދުﷲ ރަޝީދު
އެއްޖިންސުން ޖިންސީ ގުޅުން ހިންގާފައިވާކަމަށާއި، 2009 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ
އޭނާއަށް -/100 (ސަތޭކަ) ރުފިޔާ ދޭނެކަމަށްބުނެ، މާލެ/ވިލިނގިލި ވަތަނިއްޔާ ބިއްދޮށަށް ގެންގޮސް،
ޢަބްދުﷲ ރަޝީދުގެ ކުރިމަތިފަރާތް އޭނާގެ ފުރަގަސްފަރާތަށް ވައްދާ ތަޅުވަނިކޮށް ހުދުކުލައިގެ އެއްޗެއް
ޢަބްދުﷲ ރަޝީދުގެ ކުރިމަތިފަރާތުން ފޭބިކަމަށް ބުނެފައިވާކަމާއި، އެހެންނަމަވެސް އިސްވެދެންނެވިފައިވާ
ފަދައިން އޭނާއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވާކަމަށް، ނުވަތަ އެކުއްޖާއާމެދު އެއްޖިންސުން
ޖިންސީގުޅުން ހިންގައިފައިވާކަމުގެ އެއްވެސް ނިޝާނެއް ނުވަތަ މަނީގެ އަސަރެއްވިއަސް
ފެނިފައިނުވާކަމަށް އޭނާގެ ލެޑިކޯލީގަލް ރިކޯޑުގައި ބަޔާންކޮށްފައިވާކަމާއި، ޙާދިސާހިނގިތަނަށް ދިޔަ
ފުލުހުންނަށްވެސް ޢަބްދުﷲ ރަޝީދު އެކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެނިފައިނުވާކަމަށް
ބުނެފައިވާކަމެވެ.
22 / / «
» 2 ގތ
4 22
(ނ) ދެވަނަ ކަމަކީ، ޖިނާއީ ކުށެއް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވާކަމަށް
ޝަރީޢަތުން ކަނޑައެޅޭނީ، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށެއް އެމީހަކުކޮށްފައިވާކަން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތު ވެގެންކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{11/HC-A/83
مي کې ملي کی هرکی
ޗެ3=
8 ޤަޟިއްޔާ ނިމުނު
ހުށަހަޅާފައިވާ އިސްވެދެންނެވިފައިވާ ހެކިތަކާއި ޤަރީނާތަކަށް ބަލާއިރު، އިސްވެދެންނެވިފައިވާ ސަބަބުތައް
އެގޮތަށް ހުރުމާއެކު، ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ، އިސްވެދެންނެވުނު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ދެހެކިންގެ ހެކިބަހުންކުރެ އެއްވެސް ހެކިބަހަކުން، ނުވަތަ އަނިޔާލިބިފައިވާކަމަށް
ބުނާ ކުއްޖާގެ މެޕްކޯލީގަލް ރިކޯޑުން ނުވަތަ ޚުދު އަނިޔާލިބުނުކަމަށް ބުނާ ކުއްޖާ ތަޙްޤީޤަށް ދީފައިވާ
ބަޔާނުންވެސް، އަބްދުﷲ ރަޝީދު އަނިޔާލިބުނުކަމަށް ބުނާ ކުއްޖާއާއެކު އެއްޖިންސުން ޖިންސީ ގުޅުން
ހިންގާފައިވާކަން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ
ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/JC
/
2010
)
710
/
Cr
-
C/314) ޤަޟިއްޔާގައި ޢަބްދުﷲ ރަޝީދުގެ މައްޗަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަޖެހޭކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހުގެ ފަނޑިޔާރުންނަށް ޤަބޫލު
://
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
710
/
Cr
-
C/314)
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކުރައްވާފައިވާ
ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
710
/
Cr
-
C/314) ޤަޟިއްޔާގެ
ޙުކުމް ބާޠިލުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
#
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހިމް
(ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv