ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/201 ޤަޟިއްޔާގެ ޙުކުމް
މިހާރުގެ އެޑްރެސް. ހުޅުމާލެ ޕޮލިސް
1
2012/HC-A/21
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 201/HC
-
A/2012
އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: 1- ޢަލީ ރަޝީދު
އައިޑީ ކާޑު ނަންބަރު: A042655
އެޑްރެސް: މއ.ބިންމަތީގެ/ މާލެ
* ނަން: 2. މުޙައްމަދު މުހާޒު ޙަމީދު
އައިޑީ ކާޑު ނަންބަރު:
* ދާއިމީ އެޑްރެސް: މއ.ފުލޫނިޔާގެ/ މާލެ
މިހާރުގެ އެޑްރެސް: މއ.ފުލޫނިޔާގެ މާލެ
A046888
. އިސްތިއުނާފު ރައްދުވި
* ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 245
/
20010-C
• ރަޖިސްޓްރީ ތާރީޚް: 20 ޝަޢުބާން 1433
10 ޖުލައި 2012
ނިމުނު ތާރީޚް: 24 ރަޖަބް 1434
04 ޖޫން 2013
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/133
ނިންމެވި ކޯޓް: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ
ހައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
0.8
'2
2012/HC-A/21
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2011/Cv
-
C/133 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މއ.ބިންމަތީގެ/ ކ.މާލެ
ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/ ކ.މާލެ މުޙައްމަދު މުހާޒު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕވޓ ލޓޑއެވެ.
42
ފާހަގަކުރެ
ދެވުނު ނުކުތާތައް:
i
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/133 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި،
މއ.ބިންމަތީގެ/ ކ.މާލެ ޢަލީ ރަޝީދު (ދ.ރ.ކާޑް: A042655) އާއި ދެމެދު 30 އޮގަސްޓް 2007 ގައި
ނަންބަރު 07080547 ފައިނޭންސް ލީޒް އެގްރީމެންޓެއް ކުރެވި، މިއެގްރީމެންޓްގެ ދަށުން ރަޖިސްޓްރީ
ނަންބަރު: 10T
01-C8993A "އާލިމް-1" އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް. އިން ފައިސާ
ދެއްކުމަށްފަހު ޢަލީ ރަޝީދަށް ލީޒް ކޮށްދެވިފައިވާއިރު އެއްބަސްވުމާއި ޢަލީ ރަޝީދު ޚިލާފުވެ ޢަލީ ރަޝީދު
އެމް.އެފް.އެން.ސީ އަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީއާއި، ގެރެންޓަރުގެ ޙައިޘިއްޔަތުން މއ.ފުލޫނިޔާ
ކ.މާލެ މުޙައްމަދު މުޙާޒު ޙަމީދު (ދ.ރ.ކާޑް: A046888) ގެރެންޓަރުގެ އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ
ޒިންމާ އުފުލާފައި ނުވާތީ، 9 ޖެނުއަރީ 2011 ގެ ނިޔަލަށް ލީޒް އެގްރީމެންޓުގެ ދަށުން ޢަލީ ރަޝީދު
ދައްކަންޖެހި ނުދައްކައިވާ ލީސް ޕޭމަންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ
ފީއާއި، ކޯޓުފީއާއެކު، އެމް.އެފް.އެން.ސީ އަށް ލިބެންޖެހޭ 1,191,953
/
53ރ. (އެއްމިލިއަން އެއްލައްކަ
ނުވަދިހަ އެއްހާސް ނުވަސަތޭކަ ފަންސާސް ތިން ރުފިޔާ ފަންސާސް ތިންލާރި) ހޯދުމަށް ޢަލީ ރަޝީދުއާއި
މުޙައްމަދު މުޙާޒު ޙަމީދުގެ އެމް.އެފް.އެލް.ސީ އިން ދަޢުވާކުރުމުން ބެލެނު މައްސަލައެއްކަން
4ތ4
އެނގޭކަމައި،
ދިވެހިރާއްޖޭގެ
ދިވެހިންޓޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/201
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން (މީގެ ފަހުން "އެމް.އެފް.އެލް.ސީ" ކަމަށް ބުނެފައިވާ ފަރާތުން) މއ.ބިންމަތީގެ
މާލެ ޢަލީ ރަޝީދު (ދ.ރ.ކާޑް: A042655) އާއި، މއ.ފުލޫނިޔާ/ މާލެ މުޙައްމަދު މުޙާޒު ޙަމީދު
(ދ.ރ.ކާޑް: A046888) ގެ މައްޗަށް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
އެމް.އެފް.އެލް.ސީ އާއި އަލީ ރަޝީދު އާއި ދެމެދު 30 އޮގަސްޓް 2007 ގައި ނަންބަރު:
07080547 ފައިނޭންސް ލީޒް އެގްރީމަންޓެއް ކުރެވި، މިއެގްރީމަންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު:
C8993
-
A
-
01 10T "އާލިމް-1" އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އިން ފައިސާ ދެއްކުމަށްފަހު ޢަލީ
ރަޝީދަށް ލީޒްކޮށްދެވުނުކަމާއި، އެއްބަސްވުމުގައި ޢަލީ ރަޝީދު ވަކި އިލްތިޒާމުތަކެއް އުފުލުމަށް ޢަލީ
ރަޝީދަށް ލީޒްކޮށްދެވުނުކަމާއި، އެއްބަސްވުމުގައި ޢަލީ ރަޝީދު ވަކި އިލްތިޒާމުތަކެއް އުފުލުމަށް
އެއްބަސްވެފައި ވާކަމާއި، އެއްބަސްވުމުގެ ބައިވެރިއެއްގެ ޙައިޘިއްޔަތުން ޢަލީ ރަޝީދު އުފުލަން އަޤުދުކޮށްފައިވާ
އިލްތިޒާމުތައް ޢަލީ ރަޝީދު ނުއުފުލައިފިނަމަ، އެ އިލްތިޒާމުތައް އުފުލުމަށް ގެރެންޓަރުގެ އެއްބަސްވުމުގެ
ދަށުން މުޙައްމަދު މުއާޒް ޙަމީދު އެއްބަސްވެފައިވާކަން އެގެން އޮތުމާއި،
މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެ މަތިން ދައްކާފައިނުވާކަން
ދެފަރާތުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާކަމާއި، ލީޒް އެގްރީމަންޓާއި އެއްގޮތްވާގޮތުގެ
މަތިން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ލީޒް ކުރިކުރުން ބާޠިލްކޮށް، ލީސް އެގްރީމަންޓްގެ
17.2 ވަނަ މާއްދާގެ ދަށުން އެމް.އެފް.އެން.ސީ އަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ލީސްކުރެވުނު "އާލިމް-1"
އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އާއި ޙަވާލުކުރުމަށް އެމް.އެފް.އެލް.ސީ އިން ޢަލީ ރަޝީދަށް
އަންގާފައިވާކަމާއި، ޢަލީ ރަޝީދު މިއުޅަނދު އެމް.އެފް.އެލް.ސީ އާއި ޙަވާލުކުރަން އުޅުމުން، އެމް.އެފް.އެލް.ސީ
އިން ޙަވާލުވެފައި ނުވަނީ ލީޒްކުރެވިފައިވާ އުޅަނދު އަނބުރާ ޙަވާލުކުރުމަށް އެއްބަސްވުމުގެ 22 ވަނަ
މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން އުޅަނދު ލީޒް ކުރެވުނުއިރު އޮތް ކޮންޑިޝަންގައި ޙަވާލުކޮށްފައި
ނުވާތީކަމަށް އެމް.އެފްއެލްސީ އިން ބުނެފައިވުމާއި، އުޅަނދު ލީޒް ކުރެވުނުއިރު އޮތް ކޮންޑިޝަންގައި
އެމް.އެފް.އެން.ސީ އަންގާ ތަނަކަށް އުޅަނދު ގެންގޮސް ޙަވާލުކުރާނަމަ ޙަވާލުވާނެ ކަމަށް އެމް.އެފް.އެލް.ސީ އިން
ބުނެފައިވުމާއި، ޢަލީ ރަޝީދު އެމް.އެފް.އެލް.ސީ އާއި އުޅަނދު ޙަވާލުކުރަން އުޅުނީ އެއްބަސްވުމުގެ 22
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
90
އެ9=
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/Z gl
ހ4 2
2
4
2
4
398eނ
6
އަށް
ފިހާ3ނވާކަމަށް
މާއްދާގައި ބަޔާންވެގެންވާ ގޮތަށްކަން ޢަލީ ރަޝީދު ސާބިތުކޮށްދީފައިނުވާތީ، އުޅަނދާއި ޙަވާލުވާން
އެމް.އެފް.އެން.ސީ އަށް ޝަރީޢަތުން އަންގާނެ ތަނެއްނެތުމާއި،
އެއްބަސްވުމުގައިވާގޮތުން، އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ (ބ) ގައި
ދިމާވެއްޖެނަމަ، ނުވަތަ އެއްބަސްވުމާއި "ލެސީ" (ނުވަތަ މުދާ ގެންދިޔަ ފަރާތް) ޚިލާފުވެފައިވާނަމަ
އެއްބަސްވުން ބާޠިލްކުރަން ބޭނުންވާކަން "ލެސީ" އަށް ލިޔުމުން އަންގައި، އޭގެފަހުންވެސް އެއްބަސްވުމުގައިވާ
ފަދައިން ފައިސާ ދެއްކުމަށް ނުވަތަ އެއްބަސްވުމާއި ޚިލާފަށް ކޮށްފައިވާ އެހެންވެސް ކަމެއް ރަނގަޅުކުރުމަށް
ނުކުޅެދިއްޖެނަމަ، ނުވަތަ "ލެސީ" ގެ ފަރާތުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި
ފުވެއްޖެނަމަ، އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ ދަށުން އެއްވެސް އިތުރު ނޯޓިސްއަކާއި ނުލައި "ލެސީ"
އެއްބަސްވުމާއި ޚިލާފުވީކަމުގައި ބަލައި، އެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤު އެމް.އެފް.އެލް.ސީ
ކަމަށް އެއްބަސްވުމުގައި ބަޔާންވެގެންވުމާއި،
އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ (އޭ) ގެ ދަށުން، "ލެސީ" ގެ ފަރާތުން އެހާތަނަށް ދައްކަންޖެހި
ނުދެއްކިވާ ފައިސާއާއި، އެފައިސާ އެއްބަސްވެފައިވާ ގޮތަށް އަދާ ނުކުރުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ
ފައިސާއާއި، އެފައިސާ ހޯދުމަށް ޚަރަދުކުރަންޖެހުނު އެންމެހާ ފައިސާ ހޯދުމުގެ ޙައްޤު "ލެސޯ" އަށް
ލިބިގެންވާކަން އެނގެން އޮތުމާއި، އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމާއި "ލެސީ"
ޚިލާފުވާ ޙާލަތުގައި، އެފަދަ ޚިލާފުވުމެއްގެ ސަބަބުން ޤާނޫނީ ފިޔަވަޅު އަޅަންޖެހިއްޖެ ޙާލަތެއްގައި އެކަމަށްދާ
ޚަރަދާއި، ދޫކުރެވުނު މުދާ ލިބިގަތުމަށްޓަކައި އަދި އެހެނިހެން ގޮތްގޮތުން "ލެނޯ" ގެ ޙައްޤުތައް
ލިބިގަތުމަށްޓަކައި ކުރެވޭ އެހެން ޚަރަދުތަކަށްވާ ފައިސާ "ލެސީ" ގެ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާކަން
އެނގޭކަމާއި، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވެފައިވާ ފަދައިން "ލެސީ" ފައިސާ ނުދެއްކުމުގެ
ސަބަބުންކަން ހުށަހެޅިފައިވާ ބަޔާންތަކުންނާއި ލިޔުންތަކުން އެނގެންއޮތުމުން،
އެއްބަސްވުން 21 ޖޫން 2010 ދުވަހު ބާޠިލް ކުރުމާއި ހަމައަށް ލީސް ރެންޓަލްސްގެ ގޮތުގައި ޢަލީ
ރަޝީދުގެ ފަރާތުން އެމް.އެފް.އެން.ސީ އަށް ދައްކަންޖެހި ނުދައްކައިއޮތް -/
1,060,051ރ. (އެއްމިލިއަން
ފައިސާ ނުދެއްކުމުގެ ސަބަބުން
އެއްބަސްވުމުގެ ޝެޑިޔުލް 14 ގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމް.އެފް.އެން.ސީ އަށް ޢަލީ ރަޝީދުގެ
ފަރާތުން ދައްކަންޖެހޭ -/13,764/73ރ. (ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރުރުފިޔާ ހަތްދިހަ ތިންބައި)
ރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/201
އާއި، އެމް.އެފްއެލްސީ އިން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ޚަރަދުވި -/26,000ރ. (ސައްބީސްހާސް
ރުފިޔާ) އާއި ކޯޓުފީއެއްގެ ގޮތުގައި ދެއްކި -/25ރ. (ފަންސަވީސް ރުފިޔާ) އާއި، އެކުޖުމްލަ
1,099,840
/
73ރ. (އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް ރުފިޔާ ހަތްދިހަ ތިންލާރި) އަކީ
ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދު އެމް.އެފް.އެން.ސީ އަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި،
މިބުނެވިދިޔަ 1,099,840
/
73ރ. (އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް ރުފިޔާ
ހަތްދިހަ ތިން ލާރި) އެމް.އެފް.އެން.ސީ އަށް ލިބިދިނުމަށްޓަކައި މިއަދު (02 އޭޕްރީލް 2012) އިން ފެށިގެން
12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން ޢަދަދެއްގެ
ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް މއ.ބިންމަތީގެ/ މާލެ ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/ މާލެ މުޙައްމަދު
މުޙާޒު ޙަމީދު އަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
J
02- ސިވިލް ކޯޓްގެ ނަންބަރު 2011/Cv
-
C/133 ޤަޟިއްޔާއަށް އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މއ.ބިންމަތީގެ/ ކ.މާލެ ޢަލީ ރަޝީދުއާއި
މއ.ފުލޫނިޔާ/ ކ.މާލެ މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ފަރާތުން 06 (ހައެއް) ނުކުތާއެއް
އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހުށަހަޅާ
(ހ) ފުރަތަމަ ނުކުތާއަކީ: މަދަނީ ކޯޓުގައި ހިނގަމުން ދިޔަ ދަޢުވާގައި އުޅަނދު "އާލިމް-1" ގެ
ރަޖިސްޓްރޭޝަން ނަންބަރު: C8993A
-
10
-
T ފަސްދުވަހުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތާ ޙަވާލު
ކުރެއްވުމަށް ދަޢުވާ ލިބޭފަރާތަށް 21 ޖޫން 2010 ވަނަ ދުވަހު އެންގު
ންގުމުން ވަރަށް ޒިންމާދާރު ގޮތެއްގައި
އެއިގެ 3 ދުވަސްފަހުން 24 ޖޫން 2010 ގައި އެ އުޅަނދާ ޙަވާލުވުމަށް އެންގުމުންވެސް އުޅަނދާ
ޙަވާލުވުމަށް އައިސްފައި ނުވާތީ މިވާހަކަ ކޯޓުގައި ދެއްކުމުން އެނުކުތާއަށް ކޯޓުން ރިޢާޔަތް ކުރައްވައިފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހައިކޯޓް
*
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/71
(ށ) ދެވަނަ ނުކުތާއަކީ: އުޅަނދު ޙަވާލު ކުރަންވާނީ ވެރިފަރާތުން އަންގާތަނަކަށްކަމަށް ބުނެފައިވާއިރު
ޙަވާލުކުރަން ގެންދަންވީތަނެއް އަންގައިފައިނުވާއިރު ކޯޓުން މިކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: އުޅަނދު ޙަވާލު ކުރަން އެންގީ ސިޓީގައި އެދުވަހުގެ ފަހުން އެއުޅަނދުގައި
ނުވަތަ ޖެހުމުގެ އެއްވެސް އިޒުނައެއް ނެތްކަމަށް ވެރިފަރާތުން ބުނެފައިވާތީ އެއަށްވެސް ކޯޓުން ރިޢާޔަތް
ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: އުޅަނދު ވިއްކާލުމަކީ ކުއްޔަށް ހިފިފަރާތުގެ ޒިންމާއެއް ނޫންކަމުގައްޔާއި
އަދި އުޅަނދުގެ އަގުގެ ތެރެއިން ދެއްކިފައިވާ ފައިސާއެއްކަނޑައި ބާކީވާ ފައިސާއަކީ ކޮބައިތޯ ބަލަންޖެހޭކަމަށް
ވާހަކަދެއްކުމުން އެވާހަކަތަކަށް ކޯޓުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: ގެރެންޓޯއެއްގެ ޙައިޞިއްޔަތުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނީ
އުޅަނދުގެ އަގުގެ ތެރެއިން ދެއްކިފައިވާ ފައިސާއެއް ކަނޑައި ބާކީވާ ފައިސާއަކީ ކޮބައިތޯބަލައި އެ ޢަދަދެއް
ދައްކަން އަލީ ރަޝީދަށް އެންގުމުން އެޢަދަދު ޢަލީ ރަޝީދު ނުދައްކައިފި ހިނދެއްގައިކަމަށް ބުނެ ވާހަކަ
ދެއްކުމުން އެވާހަކަތަކަށް ކޯޓުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 2011/Cv-C/236 ކޯޓުގެ އެހެން
ސެކްޝަނަކުން ނިންމަވައިފައިވާގޮތް ހުށަހެޅުމުން މިމައްސަލަ ނިންމެވުމުގައި ރިޢާޔަތް ނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2012/HC-A/201
-03
ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މއ.ބިންމަތީގެ/ ކ.މާލެ ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/ ކ.މާލެ މުޙައްމަދު މުހާޒު ޙަމީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ގެ
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުމިކުރެވޭ ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/133 ޤަޟިއްޔާގެ
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ
ފަރާތުން މއ. ބިންމަތީގެ ޢަލީ ރަޝީދުއާއި އއ.ފްލޫނިޔާ މުޙައްމަދު މުޙާޒު ޙަމީދުގެ މައްޗަށް ސިވިލްކޯޓަށް
ހުށަހެޅި މައްސަލައަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ އާއި ޢަލީ ރަޝީދުއާއި
ދެމެދު 30 އޯގަސްޓް 2007 ވަނަ ދުވަހު ދެވުނު ނަންބަރު 07080547 ފައިނޭންސް ލީސް އެގްރީމެންޓުގެ
ދަށުން ރަޖިސްޓްރީ ނަންބަރު 107
01-C8993A "އާލިމް-1" އެވެ ކިޔާ އުޅަނދަށް އެމް.އެފް.ސީ. އެލް
އިން ފައިސާ ދެއްކުމަށްފަހު އެއުޅަނދު ޢަލީ ރަޝީދަށް ލީޒް ކޮށްދެވިފައިވާއިރު އެއްބަސްވުމާ ޢަލީ ރަޝީދު
ޚިލާފުވެ ޢަލީ ރަޝީދު އެމް.އެން.އެފް. ސީ އެލްއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއާއި، ގެރެންޓަރެއްގެ
ޙައިސިއްޔަތުން މުޙައްމަދު މުޙާޒު ޙަމީދު ގެރެންޓަރުގެ އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ ޒިންމާ އުފުލާފައި
ނުވާތީ، 9 ޖެނުއަރީ 2011 ގެ ނިޔަލަށް ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކާވައި އެންމެހައި ލީސް ޕޭމަންޓާއި،
ޤަވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، ފައިނޭންސް ލީސް އެގްރީމެންޓާއި
ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓު ފީއާއެކު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ 1,099,840
/
73ރ.
(އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް ރުފިޔާ ހަތްދިހަ ތިން ލާރި) އަކީ ޢަލީ ރަޝީދުއާއި
މިމުޢާމަލާތުގައި ގެރެންޓަރެއްގެ ޔަޤީންކަންދިން ފަރާތް ގޮތުން ބައިވެރިވި މުޙައްމަދު މުޙާޒު ޙަމީދު
ދައްކަންޖެހޭ ފައިސާއެއްކަމުގައި ބުނެ، މިފައިސާ މިދެމީހުންގެ އަތުން ލިބިގަތުމަށް އެދި، މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢަލީ ރަޝީދުއާއި މުޙައްމަދު މުޙާޒު ޙަމީދުގެ މަހެއްޖޭގެ ނައިޖީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
، ދިވެހިރާއްޖެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/201
ހުށަހެޅުމުން ބަލައިދެވުނު މައްސަލައެއްކަން އެނގެން އޮތް އިރު، އެމައްސަލަ ސިވިލްކޯޓުން ނިންމެވުމުގައި
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ލީސް އެގްރީމެންޓާއި ޚިލާފު
ވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސް ފިޔަވައި ދެން ބާކީ އޮތް ލީސް ރެންޓަލްސްއަށްވާ
ފައިސާއާއި، ޖޫރިމަނާ ފައިސާއާއި، ކޯޓުފީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ދެއްކިފައިސާ އާއި، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ޚަރަދުވި ފައިސާ މިދެމީހުންގެ ކިބައިން
ނަގައިދިނުމަށް ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަމާއި ސިވިލްކޯޓުން ނިންމަވާފައިވާ މި ނިންމުން
އިސްތިއުނާފު ކުރުމުގައި ޢަލީ ރަޝީދު އާއި މުޙައްމަދު މުޙާޒު ޙަމީދު ފާހަގަކުރައްވާފައިވާ ނުކުތާތައް
މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ފައިނޭންސް ލީސް އެގްރީމެންޓުގެ ދަށުން، ލީސް ކުރެވުނު އުޅަނދު
ޙަވާލުކުރުމާ ބެހޭ ގޮތުންނާއި، އުޅަނދު ވިއްކާލުމާއި ބެހޭ ގޮތުންނާއި، ގެރެންޓޯ އެއްގެ ޙައިސިއްޔަތުން
ޒިންމާވުމާއި ގުޅޭ ގޮތުން މިފަރާތްތަކުން ދަށުކޯޓުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ސިވިލްކޯޓުން މިމައްސަލަ
ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ މިކަންތައްތައް ފާހަގަކުރުމަށްފަހުގައި ކަން އެނގޭކަމެވެ.
44
(ށ) ދެވަނަކަމަކީ، ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެއް
ސެވުމެއް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި
އެޤާނޫނުތަކުން ބާރުލިބިގެން ހެދޭ ޤަވާޢިދުތަކާއި އިސްލާމްދީނުގެ އަސްލަކާއި އިސްލާމީ ޝަރީޢަތާއި ޚިލާފުވާކަން
އަދި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުތުކުރާ އެންމެހާކަންކަ
ފުރިހަމަވެފައި ނުވާކަން ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު މިފަދަ އެއްބަސްވުމަކީ އެއެއްބަސްވުމުގައި
ބައިވެރިވާ ފަރާތްތަކުން އެއެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި
ބަނދެވޭ ބަނދެވުމެއްކަމާއި، މިފަދަ އެއްބަސްވުމަކާއި ގުޅިގެން އުފެދޭ މައްސަލަތައް ބެލުމުގައި އެންމެ ފުރަތަމަ
ޖެހޭނީ އެއެއްބަސްވުމުގައި އެކަމެއް ގޮތެއް މައްޗަށް ކަން އެނގެން އޮންނައިރު،
ޤާނޫނުނަންބަރު 4/91 ( ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގައި ކޮންޓްރެކްޓްގެ ބައިވެރިއެއްގެ
މައްޗަށް ލާޒިމުވާ ކަންތައްތައް ކޮންޓްރެކްޓުގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެބައިވެރިއަކު ކުރަން
ޖެހޭނެކަމާއި، މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ އެ ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް
ލާޒިމްވާކަމަކަށް ދުލެއް ދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވުމުން ޤަދާނޭ
ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
މގ އ ސ ޑ
02
: *
OcOOX
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/201
Occ
(ނ) ތިންވަނަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ޢަލީ
ރަޝީދުއާއި ދެމެދު 30 އޯގަސްޓް 2007 ގެތާރީޚުގައި " ލީސް އެގްރީމެންޓް ނަންބަރު 07080547 " އަށް
އެއްބަސްވެ އެއެގްރީމެންޓުގައި ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި އަދި ހަމަ މިތާރީޚުގައި މި
އެއްބަސްވުމާއި މިމުޢާމަލާތަށް ޔަޤީންކަން ދިނުމަށްޓަކައި، އެމުޢާމަލާތުގެ ގެރެންޓަރެއްގެ
ޙައިސިއްޔަތުން މިއ.
ފުލޫނިޔާ މުޙައްމަދު މުޙާޒު ޙަމީދު އިޤުރާރުވެ މިމުޢާމަލާތުގެ ގެރެންޓަރެއްގެ ޙައިސިއްޔަތުން
ބައިވެރިވެފައިވާކަން މިމައްސަލައާއި އެކު ހުށަހެޅުނު ލިޔުންތަކުން އެނގެން އޮތް އިރު، މި އެއްބަސްވުމުގެ
އެއްވެސް މާއްދާއަކަށް ޢަލީ ރަޝީދުގެ ފަރާތުންވެސް އަދި މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން ވެސް އިންކާރު
ކޮށް ސުވާލު އުފައްދާފައި ނުވާކަން އެނގޭކަމެވެ.
މާއްދާތަކާއި
(ނ) ހަތަރުވަނަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
07080547 ލީސް އެގްރީމެންޓަކީ، ޢަލީ ރަޝީދުގެ އެދުމުގެ މަތިން ރަޖިސްޓްރީ ނަންބަރު
C8993A_01_10T ޢާލިމް -1 އެވެ ކިޔާ މަސްދޯނި ގަތުމަށްފަހު، މިއެގްރީމެންޓުގައި ބަޔާންކޮށްފައިވާ
އެއްގޮތްވާ
ގޮތުގެ މަތިން މި އުޅަނދު ޢަލީ ރަޝީދުއަށް ފައިނޭންސް ލީސިންގ އުސޫލުން
ލީސްކުރުމަށް ޢަލީ ރަޝީދުއާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު
އެއްބަސްވެ ސޮއިކޮށްފައިވާ އެގްރީމެންޓެއްކަން އެނގެން އޮންނައިރު، މި މުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ
ފައިސާ ދެއްކުމުގައި ޢަމަލުކުރަން ޖެހޭ ގޮތާއި މުއްދަތު ކަނޑައެޅި ބަޔާންވެގެން ވަނީ މި އެގްރީމެންޓްގެ
ޝެޑިއުލް އައިޓަމް 8 އަދި 10 ވަނަ ނަންބަރުގައި ކަމާއި، މި މުޢާމަލާތާއި ގުޅިގެން ޢަލީ ރަޝީދުގެ
ފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން ފައިސާ ދެއްކިފައިނުވާކަން ޢަލީ ރަޝީދުގެ ފަރާތުން ސިވިލްކޯޓުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތް އިރު، އެގްރީމެންޓާއި ޢަލީ ރަޝީދުގެ ފަރާތުން ފައިސާ
ދައްކަމުން ނުދާތީ ، ޢަލީ ރަޝީދު ދައްކަން ޖެހި ނުދައްކާވާ ލީސް ޕޭމަންޓް ދެއްކުމަށް ޢަލީ ރަޝީދުއަށް
31 ޑިސެމްބަރ 2009 މި ތާރީޚުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ޢަލީ ރަޝީދަށް ސިޓީއެއް ފޮނުވާފައިވާކަމާއި، އެހެންނަމަވެސް މިއެންގި އެންގުމާއި އެއްގޮތަށްވެސް
ޢަލީ ރަޝީދުގެ ފަރާތުން ފައިސާ ދައްކަމުން ނުދާތީ، ލީޒް އެގްރީމެންޓް ބާތިލުކުރެވިފައިވާކަމަށާއިt
އެއްގޮތަށް
އަގު
COXOC
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިންގެ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/Z gl
ރަޝީދުގެ ފަރާތުން ދައްކަންޖެހި ނުދެއްކިވާ ފައިސާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށާއި، ލީސް ކުރެވިފައިވާ
މުދާ ރަޖިސްޓްރީ ނަންބަރު 107
01
C8993A ޢާލިމް -1 އެވެ ކިޔާ ދޯނި ފަސް ދުވަހުގެ ތެރޭގައި
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް 21 ޖޫން 2010 ގައި ޢަލީ
ރަޝީދަށް އަންގާފައިވާކަން މިމައްސަލައާއި އެކު ހުށަހެޅުނު ލިޔުންތަކުން ފެންނަން އޮތް އިރު މިއިން
އެއްވެސްކަމަކަށް ޢަލީ ރަޝީދުގެ ފަރާތުން އިންކާރު ނުކުރާކަން އެނގޭކަމެވެ.
cca
2
8
4
2
2
4
2 ހއ
ބަޔާންވެގެނޭފަޤާށް
/0ފންPPށް
(ބ) ފަސްވަނަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ޢަލީ
ރަޝީދުއާއި ދެމެދު ވެފައިވާ ލީސް އެގްރީމެންޓަށް ބެލުމުން، އެގްރީމެންޓުގެ 17.1 ގެ (b) ގެ (1) ގައި "
އެގްރީމެންޓްގެ ޝެޑިއުލްގައި
ދައްކަންޖެހޭ ފައިސާ ނުދެއްކުމަކީ އެގްރީމެންޓާއި
ބެލެވޭނެ" ކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި އަދި މިއެގްރީމެންޓުގެ 17.2 ގައި
މިއެގްރީމެންޓާއި ޢަލީ ރަޝީދު ޚިލާފުވެއްޖެނަމަ، އެކަން ޢަލީ ރަޝީދުއަށް އަންގައި އެހާތަނަށް ދައްކަން ޖެހޭ
ފައިސާ ނުދެއްކިއްޖެނަމަ އެގްރީމެންޓް ބާތިލުކުރަން ބޭނުންވާކަން ލިޔުމުން އަންގައި، ނޯޓިސް ދިނުމަށްފަހު
ލީސް ޕޭމަންޓް ނުވަތަ އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ އެހެނިހެން ފައިސާ ވަގުތުން ނުދައްކައިފިނަމަ، މި
އެގްރީމެންޓް ބާތިލުކުރުމުގެ ޙައްޤު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި މިގޮތަށް އެގްރީމެންޓް ބާތިލުކުރެވޭ އިރު އިތުރު ނޯޓިހެއް
ދިނުމަކާއި ނުލައި ލީސް ކުރެވިފައިވާ މުދާ އަނބުރާ ނެގުމުގެ އިޚުތިޔާރު މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ވެސް މިމާއްދާގައި ބަޔާންކުރެވިފައިވާކަން އެނގެން އޮތްއިރު،
ލީސް އެގްރީމެންޓްގެ މުއްދަތުހަމަވެގެން ނުވަތަ މުއްދަތު ހަމަވުމުގެ ކުރިން ކޮންމެވެސް ސަބަބަކާއިހުރެ
މިއެގްރީމެންޓް ބާތިލުކުރެވިއްޖެނަމަ ލީސް ކުރެވިފައިވާ މުދާ އަނބުރާ ޙަވާލުކުރާ ކުރުމުގައި ލީސް ކުރެވިފައިވާ
މުދާ ޗޫސް ކުރެވުނު ފަރާތަށް ލިބުނު އިރު އޮތް ކޮންޑިޝަންގައި ޙަވާލުކުރަންވާނެކަމަށާއި، އަދި މިގޮތުން މުދާ
ޙަވާލުކުރަން ޖެހިއްޖެނަމަ މުދާ ޙަވާލުކުރަންވާނީ މިއެގްރީމެންޓުގައި ބުނެފައިވާ ލީސް ކުރި ފަރާތުގެ އެޑްރެސް
ކަމަށް ބުނެފައިވާ އެޑްރެހަށް ނުވަތަ ލީސް ކުރި ފަރާތުން އަންގާ ތަނަކަށް ކަމަށް މިދެފަރާތުގެ ދެމެދުގައި
ވެފައިވާ ލީސް އެގްރީމެންޓްގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިވެއްޖެ
11
2012/HC-Azl
(ލ) ހަވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ 5 ވަނަ ނުކުތާގައި، ޢަލީ ރަޝީދުގެ ފަރާތުން މިމައްސަލާގައި އިޝާރާތްކުރެވޭ ދޯނި ރަޖިސްޓްރީ
ނަންބަރު 107
01
C8993A ޢާލިމް -1 ޙަވާލުކުރަން އުޅުމުން އެދޯންޏާއި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޙަވާލުވެފައިނުވަނީ ލީސް ކުރެވިފައިވާ މިދޯނި އަނބުރާ ޙަވާލުކުރުމަށް
ލީސް އެގްރީމެންޓްގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުޅަނދު ލީސް ކުރެވުނު އޮތް ކޮންޑިޝަންގައި
ޙަވާލުކޮށްފައިނުވާތީކަމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނާކަމަށް
ފާހަގަކުރައްވާފައިވާކަމާއި، އަދި ޢަލީ ރަޝީދުގެ ފަރާތުން މިއުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރަން އުޅުނީ ލީސް އެގްރީމެންޓްގެ 22 ވަނަ މާއްދާގައި ބަޔާންވެގެންވާ
ގޮތަށްކަން އަލީ ރަޝީދަށް ސާބިތުކޮށްދެވިފައިނުވާކަމަށްވެސް ހަމަ މިނުކުތާގައި ފާހަގަކުރައްވާފައިވާކަން
އެނގެން އޮންނަކަމާއި
ލީސް އެގްރީމެންޓްގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއުޅަނދު ޙަވާލުކުރަން މަސައްކަތް
ކުރިކަން ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކި ދެއްކުމަކީ މިޙާލަތުގައި ޢަލީ ރަޝީދުގެ ފަރާތުން އުފުލަން ޖެހޭ
ބުރައެއްކަމާއި، އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން ޢަލީ ރަޝީދުގެ ފަރާތުން ދަށުކޯޓުގައި އެފަދަ ހެއްކެއް
ހުށަހަޅާފައިވާކަން އެނގެންނެތްއިރު އެފަދަ ހެއްކެއް ހުށަހަޅާފައިވާކަމަށް ބުނެ އެކަމުގެ މައްޗަށް ޢަލީ ރަޝީދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްވެސް ކަމެއް ފާހަގަކުރައްވާފައިވެސް ނުވާކަން އެނގޭކަމާއި، ޢަލީ
ރަޝީދު އާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އިސްވެ
ރާތްކުރެވުނު ލީސް އެގްރީމެންޓްގެ 22 ވަނަ މާއްދާގައި އުޅަނދު ޙަވާލުކުރަން ޖެހިއްޖެނަމަ އެއުޅަނދު
ޙަވާލުކުރަންވާނީ މިއެގްރީމެންޓުގައި ބުނެފައިވާ ލީސް ކުރި ފަރާތުގެ އެޑްރެސް ކަމަށް ބުނެފައިވާ އެޑްރެހަށް
ނުވަތަ ލީސް ކުރި ފަރާތުން އަންގާ ތަނަކަށް ކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، މިދެފަރާތުގެ ދެމެދުގައި
ވެވުނު އެއްބަސްވުން ބާތިލުކޮށް އެކަން އެންގި ސިޓީގައި އުޅަނދު ޙަވާލުކުރަންވީ ވަކި ތަނެއް ބަޔާންކޮށްފައި
ނެތްނަމަ، ޢަލީ ރަޝީދުގެ ފަރާތުން މިއުޅަނދު ޙަވާލުކުރަން ޖެހޭނީ މި އެގްރީމެންޓްގެ 22 ވަނަ
މާއްދާގައިވެސް ބަޔާންކޮށްފައިވާ ފަދައިން ލީސް ކުރިފަރާތުގެ އެޑްރެސް ހުރި ތަނަކަށް ކަން ނިންގެ ހަ
ހޝަގ
49 ހއ
އޮންނަކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/201
ޢަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިނުވާކަން އެނގޭއިރު، މިއުޅަނދު ވިއްކާލެވޭނީ މިއުޅަނދު އަލީޑެސްދުގެ"
(ކ) ހަތްވަނަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 21
ޖޫން 2010 މިތާރީޚުގައި ޢަލީ ރަޝީދަށް ފޮނުވި ސިޓީގެ އެއްވެސް ޢިބާރާތެއްގައި އެދުވަހުން ފެށިގެން
އެއުޅަނދުގައި ބީހި ނުވަތަ ޖެހުމުގެ އެއްވެސް އިޒުނައެއް ޢަލީ ރަޝީދަށް ލިބިގެންނުވާކަމަށް ބަޔާންކޮށްފައި
ނުވާކަމާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަލީ ރަޝީދަށް ފޮނުވި
މިސިޓީ އަކީ ލީސް އެގްރީމެންޓާއި އެއްގޮތަށް ޢަލީ ރަޝީދުގެ ފަރާތުން ފައިސާ ދައްކަމުން ނުދާތީ، ޢަލީ
ރަޝީދު ދައްކަން ޖެހި ނުދައްކާވާ ލީސް ޕޭމަންޓް ދެއްކުމަށް ޢަލީ ރަޝީދުއަށް އަންގާ 31 ޑިސެމްބަރ
2009 މި ތާރީޚުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޢަލީ ރަޝީދަށް
ސިޓީއާއި އެއްގޮތަށް ޢަލީ ރަޝީދުގެ ފަރާތުން ފައިސާ ދައްކަމުން ނުދާތީ، ލީޒް އެގްރީމެންޓް ބާތިލުކޮށް، ޢަލީ
ރަޝީދުގެ ފަރާތުން ދައްކަންޖެހި ނުދެއްކިވާ ފައިސާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށާއި، ލީސް ކުރެވިފައިވާ
މުދާ ރަޖިސްޓްރީ ނަންބަރު 107
01
C8993A ޢާލިމް -1 އެވެ ކިޔާ ދޯނި ފަސް ދުވަހުގެ ތެރޭގައި
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް އަންގާ ފޮނުވި ސިޓީއެއްކަން
އެސިޓީގައިވާ ޢިބާރާތްތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(އ) އައްވަނަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަލީ
ރަޝީދާއި ދެމެދު ވެވުނު ލީސް އެގްރީމެންޓްގެ ދަށުން ލީސް ކުރެވިފައިވާ މުދާ ރަޖިސްޓްރީ ނަންބަރު
C8993A 01 10T ޢާލިމް -1 އެވެ ކިޔާ ދޯނި ފަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް 21 ޖޫން 2010 ގައި ޢަލީ ރަޝީދަށް
އަންގާފައިވާކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް މި އެންގި އެންގުމާއި އެއްގޮތަށް އަދި މިދެފަރާތުގެ
ދެމެދުގައި ވެވިފައިވާ އެގްރީމެންޓުގައި ބުނާ ފަދައިން މި އުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ޢަލީ ރަޝީދުގެ ފަރާތުން މަސައްކަތްކޮށްފައިވާ ކަން ސާބިތުވާފަދަ ހެއްކެއް
8 6
ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޙަވާލުކުރުމުން ކަން އެނގެން އޮތުމުން، މިޙާލަތު އެގޮތުގައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/21
މިއުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވިއްކާލުން ލާޒިމްނުވާކަން
އެނގޭކަމެވެ.
ނަންބަރު 07080547
(ލ) ނުވަވަނަކަމަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަލީ
ރަޝީދުއާއި ދެމެދު ވެވުނު ލީސް އެގްރީމެންޓް
އަށް އެއްބަސްވެ އެއެގްރީމެންޓުގައި
ޢަލީ ރަޝީދުގެ ފަރާތުން ސޮއިކުރި ތާރީޚުގައި މި އެއްބަސްވުމާއި މިމުޢާމަލާތަށް ޔަޤީންކަން ދިނުމަށްޓަކައި،
އެމުޢާމަލާތުގެ
ގެރެންޓަރެއްގެ ޙައިސިއްޔަތުން ފުލޫނިޔާ މުޙައްމަދު މުޙާޒު ޙަމީދު އިޤުރާރުވެ
މިމުޢާމަލާތުގެ ގެރެންޓަރެއްގެ ޙައިސިއްޔަތުން ބައިވެރިވެ ގެރެންޓޯ އެގްރީމެންޓެއްގައި މުޙައްމަދު މުޙާޒު ޙަމީދު
ވަނީ ސޮއިކޮށްފައިކަމާއި، މުޙައްމަދު މުޙާޒު ޙަމީދުގެ ފަރާތުން އިޤުރާރުވެ ސޮއިކޮށްފައިވާ މިއެއްބަސްވުމުގައި
ލީސިންގ އެގްރީމެންޓްގެ ދަށުން ޢަލީ ރަޝީދު އުފުލަން ޖެހޭ އެންމެހާ ޒިންމާއެއް ޢަލީ ރަޝީދު އެކޭ
އެއްފަދައިން ނުވަތަ ވަކިވަކިންވެސް އަދާކުރުމަށް އެއްބަސްވެފައިވާކަން މިއެއްބަސްވުމުގެ މާއްދާތަކަށް ބެލުމުން
އެނގޭކަމާއި، މިހެންކަމުން ގެރެންޓޯއެއްގެ ޙައިޞިއްޔަތުން ދައްކަންޖެހޭ ފައިސާ މުޙައްމަދު މުޙާޒު ޙަމީދު
ދައްކަންޖެހޭނީ އުޅަނދުގެ އަގުގެ ތެރެއިން ދެއްކިފައިވާ ފައިސާއެއް ކަނޑައި ބާކީވާ ފައިސާއަކީ ކޮބައިތޯބަލައި
އެ ޢަދަދެއް ދައްކަން ޢަލީ ރަޝީދަށް އެންގުމުން އެއަދަދު ޢަލީ ރަޝީދު ނުދައްކައިފި ހިނދެއްގައިކަމަށް
ބެލެވެން ނެތްކަން އެނގޭކަމެވެ.
ވީމާ، އިސްވެފާހަގަކުރެވުނު މިކަންކަން މިގޮތުގެ މަތީން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/133 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހއ.ބިންމަތީގެ/ ކ.މާލެ ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/ ކ.މާލެ
މުޙައްމަދު މުހާޒު ޙަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައް
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.
ރައްވާފައިވާ
cc Oc
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
14
2012/HC-Azl
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/133 ޤަޟިއްޔާ ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
މއ.ބިންމަތީގެ/ ކ.މާލެ ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/ ކ.މާލެ މުޙައްމަދު މުއާޒު ޙަމީދުގެ ފަރާތުން
ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ 2011/Cv-C/133 ޤަޟިއްޔާ ގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
ނަންބަރު
ހ، 8
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv