ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/03 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
122
*
. OcOOX
ޤަޟިއްޔާ ނަންބަރު: 03/HC
-
I
-
SH/2014
. އިންތިޙާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މުޙައްމަދު ރަޝީދު
ދާއިމީ އެޑްރެސް: އަރާއިރު ހިތަދޫ
* އައި.ޑީ.ކާޑު ނަންބަރު: A033469
މިހާރުގެ އެޑްރެސް:
ލައިޓްސްޓަރ/ މާލެ
ވަކީލް: އ. މުޙައްމަދު ވަޙީދު އިބްރާހީމް، އައިވަރީހައުސް މާލެ
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން ދާއިމީ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް މާލެ
އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް މާލެ
ވަކީލް: އދ. ޙުސައިން ސިރާޖު، ފިފްޓީފްލާވަރ
އދ. ޙުސްނުއްސުޢޫދު، ހަސަންކާރިގެ/ ސ. މީދޫ
އދއ. މަރްޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ. ކެލާ
ތަދައްޚުލްވި ފަރާތް:
ނަން: އިބްރާހީމް މުޙައްމަދުދީދީ
ދާއިމީ އެޑްރެސް: ލެގޫންވިއު ސ. ހިތަދޫ
* އައި.ޑީ.ކާޑު ނަންބަރު: A048840 ، މިހާރުގެ އެޑްރެސް: ލެގޫންވިއު ސ. ހިތަދޫ
ވަކީލް: އދ. މުޙައްމަދު ފަރީދު، ރޭވަވިލާ/ ފ. ފީއަލީ
އއ. އުކުޅަސް
0
، ރަޖިސްޓްރީކުރި ތާރީޚް: 02 ޖުމާދަލްއާޚިރާ 1439 ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1435
02 އޭޕްރީލް 2014
23 އޭޕްރީލް 2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު.ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
ދަޢުވާގެ ޚުލާޞާ
މިއީ، 22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި
ގުޅިގެން، އެ އިންތިޚާބަށްޓަކައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި މަސައްކަތް ފެށުމާއެކު އައްޑޫސިޓީ
ހިތަދޫ މެދުދާއިރާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ
ޙައްޤުތަކާއި ޚިލާފަށް، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 65 ވަނަ
މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށް އިންތިޚާބުގެ ތެރޭގައި އެކަށީގެންވާ ނުފޫޒެއްފޯރުވައި،
އިންތިޚާބެއްގެ ފައިދާ ވަކި މީހަކަށް ނުވަތަ ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދީ، ވޯޓުލުމަށް ހުރަސްއެޅޭ
ގޮތަށް އައި.ޑީ.ކާޑު ފަދަ ތަކެތި ހިފަހަށްޓާފައިވާތީ، އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރައި
އެނަތީޖާ ބަދަލުވެފައިވާތީ، ހިތަދޫ މެދުދާއިރާގެ ނަތީޖާ ބާޠިލުކޮށް އަލުން ހިތަދޫ މެދުދާއިރާގައި ވޯޓުލުމަށް
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހިތަދޫ އަރާއިރު މުޙައްމަދު ރަޝީދުގެ
ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
މިމައްސަލާގެ ތެރެއަށް ސ. ހިތަދޫ ލެގޫންވިއު އިބްރާހީމް މުޙައްމަދުދީދީގެ ފަރާތުން ތަދައްޚުލް
ވެފައިވެއެވެ.
147114
0ހކުރުވާކުތައް
މައްޗަށް
ހިތަދޫ އަރާއިރު މުޙައްމަދު ރަޝީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާންކުރުމުގެ ގޮތުން، މިމައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށާއި، އަދި އެވާހަކަތަކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-I-SH/03
މައްޗަށް ބިނާކޮށް މުޙައްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
2014 މާރޗް 22 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން އެ
އިންތިޚާބަށްޓަކައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ފެށުމާއެކު އަމިއްލަގޮތުން ކުރިމަތިލާފައިވާ
ކެންޑިޑޭޓު ޙުސައިން ޞާލިޙުގެ ފަރާތުންނާއި، އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދުދީދީގެ ފަރާތުން
ހިތަދޫ މެދުދާއިރާގައި ވޯޓުލާންތިބި ބައެއްމީހުންނަށް ފައިސާއިންނާއި ތަކެތިން ރިޝްވަތުދީފައިވުމާއި ވޯޓުލުމަށް
ހުރަސްއެޅޭގޮތަށް ބައެއްގެ އައި.ޑީ.ކާޑު ހިފަހައްޓުވާފައިވާތީއާއި އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރައި، ނަތީޖާ
ބަދަލުވެފައިވާތީއާއި، އަދި
އިސްވެދެންނެވުނު ސަބަބުތައް އެގޮތަށް ހުރުމާއިއެކު އެބާވަތުގެ ޢަމަލުތައް، ހެކިތައް ޕޮލިސް
އިންޓެލިޖެންސްއަށާއި އަދި ލޮލަށްފެނިފައިވާ މީހުންނާއި، އެ އަމަލުގައި މީހުން ބައިވެރިކުރުވާފައިވާކަމުގެ ހެކި
ލިބިފައިވާތީއާއި، އައި.ޑީ.ކާޑު ހިފެހެއްޓުމުގެ ސަބަބުން ވޯޓުލުމަށް ހުރަސްއެޅިފައިވާތީއާއި، އަދި
އިސްވެދެންނެވުނު ސަބަބުތައް އެފަދައިން ހުރުމުން އިންތިޚާބުގެ ނަތީޖާ ބާޠިލުވާންޖެހޭފަދަ
ޤާނޫނީ ސަބަބުތައް ހުރުމާއެކު އައްޑޫސިޓީ ހިތަދޫ މެދުދާއިރާގެ ނަތީޖާ ބާޠިލުކޮށް ހިތަދޫ މެދުދާއިރާގައި އަލުން
ވޯޓުލާންޖެހޭ ފަދަ ޤާނޫނީ ސަބަބުތައް ފެންނާތީ، ހިތަދޫ މެދުދާއިރާގެ ވޯޓު ބާޠިލުކޮށް، އަލުން
ކުލާންޖެހޭކަމަށް ކަނޑައަޅައި، އަލުން ހިތަދޫ މެދުދާއިރާގައި ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
އަމުރުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކުރެވޭކަމެވެ.
އ( ޖީ ތ ގ 4ދ
ވެޓްލޭންޖް"
ހިތަދޫ އަރާއިރު މުޙައްމަދު ރަޝީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ގޮތުން، މިމައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށާއި، އަދި އެވާހަކަތަކުގެ
ބިނާކޮށް މުޙައްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ހއ ވ މ 2(
0ހނ ކމ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
O cu coc
ދައްކާފައިވާ، އިސްވެ ބަޔާންކުރެވުނު ވާހަކަތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
މުޙައްމަދު ރަޝީދުގެ ފަރާތުން ވޯޓުގެ ނަތީޖާ ބާޠިލް ކުރަން ހުށަހަޅާފައިވާ މައިގަނޑު
ސަބަބަކީ، ރިޝްވަތު ދިނުންފަދަ ޖިނާއީ ކުށެއްގެ ވާހަކަކަމާއި، ޖިނާއީ ކުށެއް އެއީ ޖިނާއީ އިޖްރާއާތްތަކުގެ
ތެރެއިން ދަޢުވާކުރެވި، ސާބިތު ވެގެން ނޫނީ ރިޝްވަތު ދީފައިވާތީވެ އެ ސަބަބަށްޓަކައި އިންތިޚާބުގެ ނަތީޖާ
ބާޠިލު ކުރެވޭނެކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނުދެކޭކަމަށާއި، އެހެންކަމުން، ދަޢުވާކުރާ ފަރާތުން
މި މައްސަލަތައް ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލު ޤާއިމުކުރުމުގެ އިދާރާތައް މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެކަމަށް
ފެންނަކަމަށާއި، އަދި މިހާރު އިންތިޚާބު ނިމުމަށްފަހު ގާތްގަނޑަކަށް 2 ހަފްތާއަށްވުރެ ގިނަދުވަސް
ފާއިތުވެފައިވާއިރުގައި މި މައްސަލަ ހުށަހަޅައި ކުރިއަށް ގޮސްފައިވާ ގޮތުގެ ޕްރޮގްރެސް ރިޕޯޓެއް ނުވަތަ
އިންޓެރިމް ފައިންޑިންގސް ކަމާބެހޭ އިދާރާތަކުން ހޯދައި ހުށަހަޅާފައި ނުވާކަން ފާހަގަކުރާކަމަށާއި،
އަދި މިފަދަ، ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަމަށް ތުހުމަތު ކޮށްފައިވާއިރު ހެކީގެ
ގޮތުގައި ހުށަހަޅާފައިވަނީ މައިގަނޑު 2 ކަމެއް ކަމާއި، އެއީ ހެކިންގެ ހެކިބަހާ އަދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަކަމާއި، ނަމަވެސް އެފަދަ ރިޕޯޓެއް މި ދަޢުވާ ފޯމާއެކު
ހުށަހަޅާފައި ނުވާކަމާއި، އަދި އެފަރާތަށް އެފަދަ މަޢުލޫމާތެއް އޮތްކަން ނުވަތަ ނެތްކަން އެނގުނު ގޮތެއްވެސް
ހާމަކޮށްފައިވެސް ނުވާކަމާއި، އެހެންކަމުން އިންޓެލިޖެންސް ރިޕޯޓެއް އޮތްކަމަށް އެބުނާ ބުނުމަކީ އިލެކްޝަންސް
ކޮމިޝަނަށް ޖަވާބުދެވޭނެކަމެއްކަމަށް ނުދެވޭކަމަށާއި،
މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު މައްސަލައިގެ
ޚުލާޞާގައި ހިމަނާފައި ނުވާ ކަންތައްތައްވެސް
ހެކިންގެ ހެކިބަހުގައި ހިމެނިފައި އެބަހުރިކަމަށާއި،
އެގޮތުން މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ބައެއް ހެކިން ހުށަހަޅާފައިވަނީ 22 މާރޗް 2014 ވީ
ހޮނިހިރު ދުވަހު އައްޑޫސިޓީ ހިތަދޫ މެދުދާއިރާގެ ވޯޓުލާން ފެށުނީ ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަހުންކަން
ކަމަށްވާއިރު، މިއީ މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ،
ހ 26
00ނކީ ފ2ށސ2"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
ރިޝްވަތު ދިނުމާއި އައި.ޑީ.ކާޑު ފަދަ ތަކެތި ހިފެހެއްޓުމުގެ ސަބަބުން ނަތީޖާއަށް ބަދަލު އަންނަފަދަ
ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނެފައިވާ ބުނުމާ އެއްވެސް ގުޅުމެއްނެތް ކަމެއްކަމަށާއި،
އަދި ހުށަހަޅާފައިވާ ވަރަށް ގިނަ ބަޔާންތަކަކީ، evidence
third party ނޫނީ
hearsay evidence ގޮތުގައި ހުރި ބަޔާންތަކެއްކަމާއި، މައިގަނޑު ގޮތެއްގައި އެފަދަ ބަޔާންތަކުގައި،
ކޮންމެވެސް މީހަކަށް ކޮންމެވެސް މީހަކު އެއްޗެއް ދިންތަން ދުށްކަމަށް ބުނެފައިވީނަމަވެސް، އެ ދިން ދިނުމަކީ
ސީދާ އިންތިޚާބަށް ރިޝްވަތުގެ ގޮތުގައި ދިން އެއްޗެއްތޯ ފެންނަންނެތްކަމަށާއި
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއާއި އަދި އަތޮޅުތަކުގެ ބިއުރޯތަކުގެ މަސައްކަތް ހިނގަމުން
ދިޔައިރު، މިބާވަތުގެ މައްސަލަތަކެއް އެދުވަސްވަރު ހުށަހަޅާފައި ހުރިކަމަށް ރެކޯޑުތަކުން ފެންނަން ނެތްކަމަށާއި،
ވަގުތީ ނަތީޖާ އިޢުލާން ކުރުމުގެ ކުރިންނާ އަދި ދާއިމީ ނަތީޖާ އިޢުލާން ކުރުމުގެ ކުރިން
އިލެކްޝަންސް ކޮމިޝަނުން އެ މަޢުލޫމާތު ހޯދާފައިވާއިރު، އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް
ބާވަތެއްގެ ޝަކުވާއެއް ހުށަހެޅިފައިނުވާކަމަށް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން އަންގާފައިވާކަމަށާއި،
އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސް ހިތަދޫ މެދު ދާއިރާގައި ހުރި ފޮށިތަކާ ގުޅޭގޮތުން
އެއްވެސް ޝަކުވާއެއްގެ މަޢުލޫމާތު ހޯދަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިނެތްކަމަށާއި،
އިންތިޚާބީ ކުށްތަކަކީ އެކަމެއް ހިނގާ ވަގުތުން ފެށިގެން ހުށަހަޅައިގެން ކުރިޔަށް ގެންދަން
ޖެހޭނެ އެއްޗެއްކަމަށާއި، އަދި ހައިކޯޓުގެ މި ޝަރީޢަތުގެ މަރުޙަލާއަކީ މިބާވަތުގެ ކުށްތަކަށް އޮތް މަރުޙަލާއެއް
4 22
ކަމަކަށް ނުދެކޭކަމަށެވެ.
އ ހ24 3 ދ
3. މައްސަލައިގެ ތެރެއަށް ދައްޚުލުވެފައިވާ ހިތަދޫ ލެގޫންވިއު އިބްރާހީމް
މުޙައްމަދުދީދީގެ ފަރާތުން މިމައްސަލައާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ އިތުރުން އިބްރާހީމް މުޙައްމަދުދީދީގެ ފަރާތުން ބައެއްކަންކަން
ފާހަގަކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެހިރާއް
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
އެގޮތުން، ފާހަގަކޮށްފައިވާ ފުރަތަމަކަމަކީ މިމައްސަލާގައި ތުހުމަތުކޮށްފައިވަނީ ރިޝްވަތުގެ
ކުށަށްކަމަށްވާއިރު، މިތުހުމަތުތަކާ ގުޅިގެން މިކަމަށް ފަރުވާއެއް ހޯދުމަށް ދިވެހިރާއްޖޭގެ ހައިކޯޓު ފިޔަވައި
އެހެން އެއްވެސް ތަނަކަށް ނުވަތަ އިދާރާއަކަށް ހުށަހެޅިކަމުގެ އެއްވެސް ތަފްޞީލެއް މިމައްސަލާގައި
ހިމަނާފައިނުވާކަމަށާއި،
ދެވަނަ ކަމަކީ، މިމައްސަލައާއި ގުޅިގެން ހެކި ހުށަހަޅަނީ ހިތަދޫ މެދު ދާއިރާގެ ކޮން
ފޮށްޓަކަށް ވޯޓުލުމުގެ ޙައްޤު ލިބޭ މީހަކަށް ރިޝްވަތު ދިންކަން ސާބިތުކުރަންކަން ނުވަތަ ކޮންކަމެއް
ސާބިތުކުރަންކަން ސާފުނުވާކަމަށާއި، ދަޢުވާ ފޯމް އޮތީ އެހާ ތަފްޞީލީގޮތެއްގައިނޫން ކަމަށްވާއިރު، ކަންކަން
ސާފުވާގޮތަކަށް އަދި ޚާއްޞަކޮށް މިކަހަލަ އިންތިޚާބީ ޝަކުވާއެއް ހުށަހެޅެން
ޅެންވާނެ ގޮތަކަށް ނޫންކަމަށާއި،
ޚި
ތިންވަނަ ކަމަކީ، 10 (ދިހައެއް) މީހަކު ހެކިބަސްދޭން ހުށަހަޅާފައިވާއިރު، 10 (ދިހައެއް)
ހެކިންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައި.ޑީ.ކާޑު ހުށަހަޅާފައި ނުވާތީ، އެއީ ކޮންބައެއްކަމެއް
ދަޢުވާ ފޯމުން ނޭނގޭކަމަށާއި، މިއީ ޢަދުލުވެރި ހެކިންކަން ދެނެގަތުމަށްޓަކައި، މިމީހުންގެ މައްޗަށް އެއްވެސް
ޖިނާއީ ކުށެއް ސާބިތުވެފައިވޭތޯ ސާފުކުރަން ބޭނުންވާކަމަށާއި، މިމައްސަލައިގެ މައުޟޫއުގައި މިބުނާ ފަދަ
ކަމެއް ކުރިކަމަށް ހެކިބަސް ދީފައިވަނީ 03 (ތިނެއް) މީހެއްކަމަށާއި، އެއީ އަޙްމަދު މަދީހްއާއި، މުޙައްމަދު
މިއުޝާރުއާއި، މުޙައްމަދު މުސްޢިދު ކަމަށާއި، މި 03 (ތިނެއް) މީހުންނަކީ ރިޝްވަތު ހިފާފައި ތިބި
މީހުންކަމަށާއި، އެހެންކަމުން، ރިޝްވަތު އަމިއްލައަށް ހިފުމަށްފަހު، ތިމަންނައަށް މިވެނި މީހަކުގެ ފަރާތުން
ރިޝްވަތު ދިނޭ ބުނެ ހެކިބަސްދޭހިނދުގައި އެމީހާގެ ހެކިބަސް އެއީ ޢަދުލުވެރި ހެކިބަހެއްގެ ގޮތުގައި ނުވަތަ
ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެތޯ ސުވާލުއުފެދޭކަމަށާއި،
ބާކީ ތިބި މީހުންގެ ތެރެއިން 04 (ހަތަރެއް) މީހެއްގެ ބަސް، މިދަޢުވާގައި ހިމެނޭ މައުޟޫއާ
ގުޅުމެއް ނެތްކަމަށާއި، އަދި ބާކީ ތިބި 03 (ތިނެއް) މީހުންނަކީ ބުންޓޭ ބުންޓޭ ކިޔައިގެން ވާހަކަދައްކާފައިވާ
3 މީހުންކަމާއި، އެއީ ސީދާ ގޮތެއްގައި ދީފައިހުރި ހެކިބަސްތަކެއްނޫންކަމާއި،
40 )
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެހިބޭޑް
7
2014/HC-I-SH/03
4
cec
OcOX
ތަރުވަނައަށް ފާހަގަކުރަން ބޭނުންވާ ނުކުތާއަކީ، މިމައްސަލާގައި މިއެދޭ ފަރުވާއަކީ ނުވަތަ
ނިކުންނަ ނަތީޖާއަކީ މިއިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރިކަމަށް އިލެކްޝަންސް
ކޮމިޝަނުގެ ރަސްމީ ނަތީޖާއިން އިޢުލާންކޮށްފައިވާ އިބްރާހީމް މުޙައްމަދުދީދީ، މީހަކަށް ރިޝްވަތު ދިންކަން
ސާބިތުވުން ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގިކަން ސާބިތުވުން ނުވަތަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން
ނާޖާއިޒު ފައިދާއެއް ހޯދައިދިންކަން ސާބިތުވުން ކަމަށްވާއިރު، މީހެއްގެ މައްޗަށްކުރެވޭ ރިޝްވަތުގެ ތުހުމަތެއް
ސާބިތުވާން ހެއްކެއް ބަލައިގަތުންވެސް، ހެއްކެއް ހުށަހެޅުންވެސް މިއިން އެއްވެސް ކަމަކީ ދަށުމަރުޙަލާގައި
ނުވަތަ ސްޕީރިއަރ ލެވެލްގައި ނޫން ގޮތަކަށް ކުރެވޭނެ ކަމެއްނޫންކަމަށާއި، އަދި ޖިނާއީ މައްސަލަތައް
ބަލަންވާނީ ދަށުމަރުޙަލާއިން ފެށިގެންކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 22/SC-C/2013 ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާކަމަށާއި، އެއުޞޫލުގެ ދަށުން، އެންމެފަހުން ނިމިދިޔަ އިންތިޚާބުގައި ޖިނާއީ މައްސަލައެއް
ދަށުމަރުޙަލާއިން ފެށުމަށް، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލާފައިވާކަމަށާއި،
އަދި އޭގެ އިތުރުން، މިމައްސަލާގައި ދަޢުވާކުރެވިފައިވަނީ ދެކަމެއްގެ މައްޗަށް ބިނާކޮށްގެން
ކަމަށާއި، އެއީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ
(ހ) ގެ 1 އަދި 2 ވަނަ ނަންބަރުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި،
މިގޮތަށް މިދަޢުވާކުރެވިފައިވާއިރު، މިހުށަހަޅާފައި ހުރި ހެކިންނާއި ދަޢުވާ ފޯމުގައި ނުވަތަ
އިންތިޚާބާބެހޭ ޝަކުވާގެ ފޯމުގައި ދެއްކިފައިހުރި ވާހަކަތަކާއި ޤާނޫނުއަސާސީގެ 26 ވަނަ މައްދާއާ ގުޅުމެއް
ހުރިކަމެއް އަދި ގުޅެނީ ކިހިނެއްކަމެއް އެނގޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 އަށް ބަލާއިރު
65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުން އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވަނިކޮށް
އެޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްގައި އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލްކޮށް
އަލުން އިންތިޚާބު ބާއްވަން ދިވެހިރާއްޖޭގެ ހައިކޯޓަށް އަމުރުކުރުމުގެ އިޚްތިޔާރު ލިބިދީފައިވާކަމާއި، ނަމަވެސް
އެފަދައިން އިންތިޚާބެއް ބާޠިލްކުރެވޭނީ، އެމާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
މެދުވެރިވެގެން، ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވުމާއި، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ
ނަތީޖާ ބަދަލުވާނެ ފަދަ ޙާލަތެއް މެދުވެރިވެފައި އޮތުމުން ކަމަށާއި،
އިންތިޚާބެއް ޞައްޙަނުވާނޭ ކަމަށް ކަނޑައަޅަންވާނީ ސުވާލު އުފެދޭ ވޯޓުގެ ޢަދަދަކީ ވޯޓުގެ
ފައިނަލް ނަތީޖާއަށް އަސަރުކުރާ ޢަދަދަކަށް ވާ ޙާލަތުގައިކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
42/SC-C/2013 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާކަމަށާއި، މިދާއިރާގެ ރަސްމީ ނަތީޖާއަށް ބަލާއިރު،
ޙުސައިން ޞާލިޙުއަށް ލިބިފައިވަނީ 554 (ފަސްސަތޭކަ ފަންސާސް ހަތަރެއް) ވޯޓު ކަމަށާއި، އަދި މިދަޢުވާ
ކުރާ މުޙައްމަދު ރަޝީދަށް ލިބިފައިވަނީ 898 (އަށްސަތޭކަ ނުވަދިހަ އަށެއް) ވޯޓުކަމަށްވާއިރު، އިބްރާހީމް
މުޙައްމަދުދީދީ އަށް 1099 (އެއްހާސް ނުވަދިހަ ނުވައެއް) ވޯޓު ލިބިފައިވުމުން، ރަސްމީ ނަތީޖާ ދައްކާގޮތުން
201 (ދުއިސައްތަ އެކެއް) ވޯޓުގެ ފަރަގު އޮތްކަން ފާހަގަކުރާކަމަށާއި،
އެހެންކަމުން،
201 (ދުއިސައްތަ އެކެއް) ވޯޓުގެ ތަފާތު އޮތްއިރު، މިމައްސަލާގައި
ދަޢުވާކުރި ފަރާތުން މިކަމާ ކިރިޔާވެސް ގުޅޭގޮތުން ހުށަހަޅާފައިވަނީ އަމިއްލައަށް ރިޝްވަތު ނަގާފައިވާ
ތިންމީހެއްގެ ހެކިބަސް ކަމާއި، ވުމާއެކު، މިމައްސަލާގައި ނަތީޖާ ބާޠިލްކުރަންޖެހޭ ފަދަ ސަބަބެއް އަދި
ހެއްކެއްވިޔަސް މިމައްސަލާގައި ހުށަހެޅިފައި ނުވާކަމުގައި އިބްރާހީމް މުޙައްމަދުދީދީގެ ފަރާތުން
ފާހަގަކޮށްފައިވާކަމެވެ.
: 0
4. ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން، މި މައްސަލަ ހުށަހެޅި މުޙައްމަދު
ރަޝީދުގެ ފަރާތުންނާއި، މި މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނާއި، މައްސަލައިގެ
ތެރެއަށް ތަދައްޚުލުވެފައިވާ އިބްރާހީމް މުޙައްމަދުދީދީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މިމައްސަލައާއި ގުޅުންހުރި ޤާނޫނުތަކާއި
ގަވާއިދުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
4.1. ފުރަތަމަ ކަމަކީ، މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ
މައްސަލައަށް ބަލާއިރު، އެޝަކުވާއަކީ 22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބާއި ގުޅިގެން، އެ އިންތިޚާބަށްޓަކައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި މަސައްކަތް ފެށުމާއެކު
އައްޑޫސިޓީ ހިތަދޫ މެދުދާއިރާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން
ލިބިދީފައިވާ ޙައްޤުތަކާއި ޚިލާފަށް، އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ
65 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށް އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ
ނުފޫޒެއްފޯރުވައި، އިންތިޚާބެއްގެ ފައިދާ ވަކި މީހަކަށް ނުވަތަ ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުދީ، ވޯޓުލުމަށް
އައި.ޑީ.ކާޑު ފަދަ ތަކެތި ހިފަހަށްޓާފައިވާތީ، އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
އަސަރުފޯރައި، އެނަތީޖާ ބަދަލުވެފައިވާތީ، ހިތަދޫ މެދުދާއިރާގެ ނަތީޖާ ބާޠިލްކޮށް އަލުން ހިތަދޫ މެދުދާއިރާގައި
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހިތަދޫ އަރާއިރު މުޙައްމަދު
ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
ހުރަސްއެޅޭގޮތަށް
4.2. ދެވަނަ ކަމަކީ، މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަށް ބަލާއިރު،
ހިތަދޫ މެދުދާއިރާގެ ނަތީޖާ ބާޠިލުކޮށް އަލުން ސ. ހިތަދޫ މެދުދާއިރާގައި ވޯޓުލުމަށް އިލެކް ޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާ ބިނާކޮށްފައިވަނީ މައިގަނޑު ދެ ސަބަބެއް
ނުވަތަ ދެކަމެއްގެ މައްޗަށްކަން އެނގޭކަމާއި،
އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ
މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާއި ޚިލާފަށް، އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށް އިންތިޚާބުގެ ތެރޭގައި
އެކަށީގެންނުވާ ނުފޫޒެއް
ފުޒެއް ފޯރުވައި، އިންތިޚާބެއްގެ ފައިދާ ވަކި މީހަކަށް ނުވަތަ ބަޔަކަށް ލެންބުމަ
ބުމަށްޓަކައި
ރިޝްވަތުދިންކަމަށް ބުނެފައިވާ ބުނުމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2014/HC-I-SH/03
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އަދި ދެވަނަ ކަމަކީ، ވޯޓުލުމަށް
ހުރަސްއެޅޭގޮތަށް
އައި.ޑީ.ކާޑު
ފަދަ ތަކެތި
ހިފަހަށްޓާފައިވާކަމަށް ބުނެފައިވާ ބުނުންކަން އެނގޭކަމެވެ.
4.3. ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)
އާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ
ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ
ގުޅިގެން އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން
އެ ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، ނުވަތަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ
ނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ
ފަރާތްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އާއި
(ށ) އިން ލިބިދީފައިވާކަމާއި،
އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި ނުވަތަ އެ
ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން
ހަދާ ގަވާއިދާ ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލައެއް ހުށަހަޅާނަމަ، އެފަދަ
މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ އިލެކްޝަންސް
ކޮމިޝަނަށްކަމާއި،
އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައިވާ ގޮތުގެ މަތީން
އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވަނިކޮށް، އެޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ
މަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައިގެ
1. އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
ވާ، ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-I-SH/03
2. އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި
ރިޝްވަތު ދިނުން.
3. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ
އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް
ޢަމަލުކުރުން.
މިސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ
ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން
އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ އިންތިޚާބު
ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެކަން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި،
އެހެންކަމުން، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އިންތިޚާބެއްގެ ރަސްމީ ނަތީޖާ
އިޢުލާންކޮށްފައިވަނިކޮށް، އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވައި ދިނުމަށް އެދި
ހުށަހަޅާ މައްސަލައެއްގައި، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން، ނުވަތަ އިންތިޚާބީ
ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން، ނުވަތަ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ
ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލުކުރުމާއި، މިއިން ކަމެއް
ހިނގާފައިވުމަކީ، އޭގެ ޒާތުގައި އަދި އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އިންތިޚާބެއްގެ އިޢުލާންކުރެވިފައިވާ
ރަސްމީ ނަތީޖާ ބާޠިލުކުރެވޭނެ ކަމެއްނޫންކަމާއި،
ނަމަވެސް، މިމާއްދާގައި ވާގޮތުން، އިންތިޚާބެއްގެ އިޢުލާންކުރެވިފައިވާ ރަސްމީ ނަތީޖާ
ބާޠިލުކޮށް، އަލުން އިންތިޚާބު ބޭއްވޭނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް
ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން
ކަނޑައަޅައިފިނަމަކަން އެނގޭކަމެވެ.
،26
4.4. ހަތަރުވަނަ ކަމަކީ، ހިތަދޫ މެދުދާއިރާގެ ނަތީޖާ ބާޠިލްކޮށް އަލުން އެ ދާއިރާގައި
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މުޙައްމަދު ރަޝީދުގެ ފަރާތުން
ހުށަހެޅި މިދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ ތެރެއިން، ވޯޓުލުމަށް ހުރަސްއެޅޭ ގޮތަށް އައި.ޑީ.ކާޑުތައް
ހިފަހައްޓާފައިވާކަމަށް މުޙައްމަދު ރަޝީދުގެ ދަޢުވާގައި ބުނެފައިވާ ބުނުމުގެ މައްޗަށް ބަލާއިރު، އައި.ޑީ.ކާޑު
ހިފެހެއްޓީ ކާކުކަމެއް އަދި ހިފެހެއްޓީ ކޮންބައެއްގެ ކާޑުތަކެއްކަމެއްވެސް ބަޔާންކޮށްފައިނުވާކަމާއި، އަދި
އިތުރު އެއްވެސް ތަފްޞީލެއް ދަޢުވާ ފޯމުގައި ބަޔާންކޮށްފައި ނުވާއިރު، އެކަމުގެ މައްޗަށް އެއްވެސް
ހެއްކެއްވެސް ހުށަހަޅާފައިނުވާކަމާއި، އެހެންކަމުން، މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި މިދަޢުވާ ނުވަތަ
މައްސަލައިގެ ޚުލާޞާގައި ހިމަނާފައިވާ، ވޯޓުލުމަށް ހުރަސްއެޅޭ ގޮތަށް އައި.ޑީ.ކާޑުތައް ހިފަހައްޓާފައިވާކަމަށް
ބުނެފައިވާ ވާހަކައަކީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ
(ނ) ގައި ބުނެފައިވާ ހެއްކާއި ތަފްޞީލް ހިމެނުމަކާނުލައި ހުށަހަޅާފައިވާ ޝަކުވާއެއްކަން އެނގެން އޮތުމުން
އެއީ ހަރުދަނާ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ކަމެއްކަމަށް ބެލެވެން ނެތްކަމެވެ.
0 3 9
ccc
4.5. ފަސްވަނަ ކަމަކީ، ހިތަދޫ މެދުދާއިރާގެ ނަތީޖާ ބާޠިލްކޮށް އަލުން އެ ދާއިރާގައި
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މުޙައްމަދު ރަޝީދުގެ ފަރާތުން
ހުށަހެޅި މިދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ ތެރެއިން، އިންތިޚާބެއްގެ ފައިދާ ވަކި މީހަކަށް ނުވަތަ ބަޔަކަށް
ލެންބުމަށްޓަކައި ރިޝްވަތުދިންކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
.އެyހ
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި ނުވަތަ
)
ޤާނޫނުގެ
ދަށުން ހަދާ ގަވާއިދާ ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ
ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް
ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނަށްކަން އެނގޭކަމާއި، އެކަން ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 64 މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ
ކަމާއި އަދި؟
ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ
މާއްދާގެ ދަށުން ބާރު ލިބިގެން އިލެކްޝަންސް ކޮމިޝަނުން ހަދާފައިވާ ”ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ގަވާއިދު 2014“ ގެ 51 ވަނަ މާއްދާގެ (ރ) ގައި ”ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީގެ އިންތިޚާބުގެ ޤާނޫނު) އާއި މިޤާނޫނުތަކުގެ
ދަށުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފު އެއްވެސް އަމަލެއް، އަދި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 120 ން
123 ވަނަ މާއްދާގައި ކަނޑައަޅުއްވާފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ޝަކުވާ
އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނަމަ، އެ ޝަކުވާއެއްގެ ތަފްސީލު، ހެއްކާ ގަރީނާއާއެކު، އިންތިޚާބު ބޭއްވި
ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށައަޅަންވާނެއެވެ.
މިފައިން ބަޔާންކުރެވިފައިވާކަން
އެނގެން އޮންނައިރު،
އިންތިޚާބީ ކުށުގެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން އެފަދަ
މައްސަލަތައް ބެލުމަށް ހުށަނާޅާނަމަ، އެއީ މިފަދަ މައްސަލައެއްގައި އޭގެ މައްޗަށް ބުރަވެވޭނެ ހަރުދަނާ
މުގައި ބެލުމުގެ ފުރުޞަތު ކުޑަވެގެންދާނެކަމާއި،
މުޙައްމަދު ރަޝީދުގެ ފަރާތުން މިދަޢުވާގައި ބުނެފައިވާ ފަދައިން، އިންތިޚާބަށް ތާއީދު ހޯދުމުގެ
މަސައްކަތް ފެށުނު ހިސާބުން ފެށިގެން ރިޝްވަތު ދިނުމުގެ އެފަދަ ޢަމަލުތަކެއް ހިނގަމުން ގޮސްފައިވާނަމަ
އެކަންކަން އަދި އެކަމުގެ ޝަކުވާ ހުށަހަޅަންޖެހޭ
އިންތިޚާބުގެ ނަތީޖާ ނުކުތުމުން ނޫންކަމާއި، އެފަދަ
44....
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
ތ 6
2 ހދ8
ނހ2ނ
ރިޝްވަތުގެ ޢަމަލުތަކެއް ހިނގަމުންދިޔަނަމަ އެކަންކަމުގެ ޝަކުވާއަކީ އެހިނދުވެސް ކަމާބެހޭ ފަރާތްތަކަށް
ހުށަހެޅިފައި ހުންނާނެ ޝަކުވާތަކެއްކަމަށް ޤަބޫލުކުރެވޭއިރު، އަދި ހިތަދޫ މެދު ދާއިރާގެ މި އިންތިޚާބާ
ގުޅޭ އެފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައިވާކަން އެނގެންނެތްކަ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ބުނެފައިވާއިރު، މުޙައްމަދު ރަޝީދުގެ ފަރާތުންވެސް އެފަދަ ޝަކުވާއެއް ކުރިން ހުށަހަޅާފައި ނުވާނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި،
މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ ސާބިތުކުރުމަށް 10 (ދިހައެއް)
ހެއްކެއްގެ ނަމާއި އަދި އެފަރާތްތަކުން ދީފައިވާ ބަޔާންތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ފާޠިމަތު
ރަޝީދާ، ނޫރުވާދީ ހިތަދޫ އާއި ޢާއިޝަތު ޒުހެއިރާ، އަނޯނާގެ ހިތަދޫ އާއި ފާޠިމަތު ޖަބީނާ،
ފަންޖެހިގެއާގެ ސ. ހިތަދޫ، އަދި މަރްޔަމް ރަޝީދާ، ނޫރުވާދީ ސ. ހިތަދޫ އާއި، މި 4 (ހަތަރެއް ފަރާތަކީ
މިދަޢުވާގައި ބަޔާންކޮށްފައިވާ ކަމެއް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންތަކެއްނޫންކަން އެނގޭކަމާއި،
ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބާކީތިބި ފަރާތްތަކަކީ ރިޝްވަތު
ދިނުމުގެ ޢަމަލުތަކެއް ހިނގާފައިވާކަމުގެ މައްޗަށް ހުށަހެޅިފައިވާ ހެކިންތަކެއްކަމަށްވާއިރު، މުޙައްމަދު ރަޝީދުގެ
ފަރާތުން ހުށަހެޅި މިމައްސަލައިގެ ދަޢުވާ ފޯމާއެކު ހުށަހެޅިފައިވާ، ހެކިންގެ ގޮތުގައި ބަޔާންކޮށްފައިވާ
ފަރާތްތަކުގެ ބަޔާންތަކަށް ބަލާއިރު، އޭގެ ތެރެއިން އެއްވެސް މީހަކު، މިދާއިރާގެ އިންތިޚާބު ކާމިޔާބުކުރިކަމަށް
އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ އިބްރާހީމް މުޙައްމަދުދީދީ އަދި އޭނާގެ ފަރާތުންވިޔަސް
އެއްވެސް މީހަކަށް ރިޝްވަތުގެ ގޮތުގައި އަދި އެނޫންގޮތަކަށްވިޔަސް އެއްވެސް އެއްޗެއް ދިންކަމަށް
ބުނެފައިނުވާކަމާއި،
އެފަރާތްތަކުގެ ބަހުގެ މައްޗަށް ބަލާއިރު، ފައިސާ ނުވަތަ އެއްޗެއް ދިނުމުގެ ސަބަބުން ނުވަތަ
ފައިސާ ހުށަހެޅުމުގެ ސަބަބުން ވޯޓު ދޭން ބޭނުންވާ ކެންޑިޑޭޓް ނޫން ކެންޑިޑޭޓަކަށް ވޯޓު ދިންކަން ނުވަތަ
ހިތަދޫ މެދު ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެން ނުވާ އަސަރެއް ކޮށްފައިވާކަން އެނގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
UCO
ނެތުމުން، އެހެކިންނަކީ މިމައްސަލާގައި ހެކިންގެ ގޮތުގައި ބަލައި، އެފަރާތްތައް ޝަރީޢަތުގެ މަޖިލީހަށް
ހާޒިރުކޮށް އެފަރާތްތަކުގެ ބަސް އިތުރަށް ޝަރީޢަތުން ހޯދަންޖެހޭ ބައެއްގެ ގޮތުގައި ނުބެލެވޭކަމާއި،
އަދި އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ މިމައްސަލައިގެ ދަޢުވާގައި ބަޔާންކޮށްފައިވީނަމަވެސް،
އެފަދަ ރިޕޯޓެއް ހެކީގެ ގޮތުގައި ހުށަހަޅާފައިނުވާއިރު، އެފަދަ ރިޕޯޓެއް އޮތްކަން އެނގޭނެ އެއްވެސް
ލިޔުމެއްވިޔަސް ހުށަހެޅިފައިނުވުމުން، މިކަމުގެ މައްޗަށް ޝަރީޢަތުން ބަލަންޖެހޭކަމަށް ނުފެންނަކަމެވެ.
cel
4.6. ހަވަނަ ކަމަކީ، މިދާއިރާގެ ރަސްމީ ނަތީޖާއަށް ބަލާއިރު، މިދާއިރާއަށް ވާދަކުރި
ކެންޑިޑޭޓުންގެ ތެރެއިން ހިތަދޫ އަދި ޙުސައިން ޞާލިޙުއަށް ލިބިފައިވަނީ 554 (ފަސްސަތޭކަ ފަންސާސް
ހަތަރެއް) ވޯޓު ކަމާއި، އަދި މިދަޢުވާކުރާ މުޙައްމަދު ރަޝީދަށް ލިބިފައިވަނީ 898 (އަށްސަތޭކަ ނުވަދިހަ
އަށެއް) ވޯޓު ކަމަށްވާއިރު، މިދާއިރާގެ އިންތިޚާބު ކާމިޔާބުކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާންކޮށްފައިވާ ސ. ހިތަދޫ ލެގޫންވިއު އިބްރާހީމް މުޙައްމަދުދީދީއަށް 1099 (އެއްހާސް ނުވަދިހަ ނުވައެއް)
ވޯޓު ލިބިފައިވާކަން އެނގެން އޮތުމުން، މި ރަސްމީ ނަތީޖާ ދައްކާގޮތުން، މިދާއިރާގައި ދެވަނައަށް އެންމެގިނަ
ވޯޓު ހޯދި، އަދި މިމައްސަލަ މިކޯޓަށް ހުށަހެޅި މުޙައްމަދު ރަޝީދުއާއި، މިދާއިރާގެ އިންތިޚާބު
ކާމިޔާބުކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ އިބްރާހީމް މުޙައްމަދުދީދީއާ ދެމެދު 201
(ދުއިސައްތަ އެކެއް) ވޯޓުގެ ފަރަގު އޮތްކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ފަދައިން، މިދާއިރާއަށް އަމިއްލަގޮތުން
ވާދަކުރި ކެންޑިޑޭޓަށް ވޯޓު ހޯދުމަށް އެކެންޑިޑޭޓުގެ ފަރާތުން ރިޝްވަތުދިނުމުގެ ޢަމަލުތަކެއް ހިންގިކަމުގައި،
މިމައްސަލައިގައި ބަހުސްކުރުމުގެ ބޭނުމުގައި ބެލިކަމުގައިވިއަސް، އެޢަމަލުގެ ސަބަބުން އޭނާއަށް ވޯޓުދީފައިވަނީ
މުޙައްމަދު ރަޝީދުއަށް ނުވަތަ އިބްރާހީމް މުޙައްމަދުދީދީއަށް ވޯޓުދޭން ތިބި ބަޔަކުކަން އެނގި، އެކަން
ކަނޑައެޅޭނެ ގޮތެއް ހުށަހެޅިފައިނުވާކަމާއި، އަދި އެފަރާތްތަކަށް ފައިސާއާއި ތަކެތި ހުށަހެޅުނުކަމަށް ބުނާ
ފާރާތްތަކަކީ މުހައްމަދު ރަޝީދުއަށް ވޯޓުދޭންތިބި ބައެއްކަމަށާއި، އެފަރާތްތަކަށް ފައިސާއާއި ތަކެތި ދީ ނުވަތަ
ޓެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/03
ދިނުމަށް ހުށަހެޅުމުގެ ސަބަބުން އެފަރާތްތަކުގެ ވޯޓު މިދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރި ފަރާތަށް
ދީފައިވާކަމުގައި ބެލިކަމުގައިވިޔަސް އެކަމުގެ ސަބަބުން މިދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް ބަދަލު
އަތުވެދާނެކަމަށް ޤަބޫލުނުކުރެވޭކަމެވެ.
ޙުކުމް:-
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، 22 މާރޗް 2014 ވަނަ
ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން، އެ އިންތިޚާބަށްޓަކައި ކެންޑިޑޭޓުންނަށް ތާއީދު
ހޯދުމަށްޓަކައި މަސައްކަތް ފެށުމާއެކު އައްޑޫސިޓީ ހިތަދޫ މެދުދާއިރާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކާއި ޚިލާފަށް، އަދި ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށް
އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއްފޯރުވައި، އިންތިޚާބެއްގެ ފައިދާ ވަކިމީހަކަށް ނުވަތަ ބަޔަކަށް
ލެންބުމަށްޓަކައި ރިޝްވަތުދީ، ވޯޓުލުމަށް ހުރަސްއެޅޭ ގޮތަށް އައި.ޑީ.ކާޑު ފަދަ ތަކެތި ހިފަހަށްޓައި އެކަމުގެ
އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަން ސާބިތުވާން ނެތްކަމުގައި
ކަނޑައަޅައި،
ސ. ހިތަދޫ މެދު ދާއިރާގެ ނަތީޖާ ބާޠިލްކޮށް އަލުން އެ ދާއިރާގައި ވޯޓުލުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ސަބަބުން
ﷲޑ 8
ތަނެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv