ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/251 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/251
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 251/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް؟
ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ނަންބަރު: 17
/
86-C
ދާއިމީ އެޑްރެސް: ވިލާ ހައުސް މާލެ
L.
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަސަން ޒަރީރު
* އައި. ޖީ. ނަންބަރު: A109274
* ދާއިމީ އެޑްރެސް: ފިފްޓީފްލާވަރ ބ. ކަމަދޫ
ސްޓްރީކުރެވުނު
6 ޝައްވާލް 1434
13 އޮގަސްޓް 2013
ނިމުނު ތާރީޚް: 17 ޖުމާދަލްއޫލާ 1435
18 މާޗް 2014
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2017/VTR/187
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ށަހެޅުނު ތާރީޚް: 2 އޮކްޓޫބަރު 2012 ނިމުނު ތާރީޚް: 3 ޖޫން 2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު 1
2013HC-A/251
و جری هم ب*
ޢާލާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/187 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
ފެބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
(ރެޖިސްޓްރީ ނަންބަރު 86!17-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ، ޙަސަން ޒަރީރު، ފިފްޓީ ފްލާވަރ/ބ. ކަމަދޫ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A109274) އެވެ.
ކުރެވުނު ނުކުތާތައް:
22 / 2
*2
1. އިސްތިއުނާފުކުރެވިފައިމިވާ
ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/187 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ކަމަދޫ ފިފްޓީ ފްލާވަރ، ޙަސަން
ޒަރީރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ޕެރަޑައިސް
އައިލަންޑް ރިސޯޓުގެ އޮފީސް އެސިސްޓަންޓެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް އެ މަޤާމުން 4 ޖުލައި
2012 ގައި ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، ގެއްލުނު
ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު
ހޯދައިދިނުމަށް އެދި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ
ގޮތަށް ޙަސަން ޒަރީރުގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިންމާފައިވާ
މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމާފައިވަނީ، "މައްސަލަ ހުށަހެޅި
ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި ދެފަރާތުން ފާހަގަކުރި
މިކަމަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ޙަސަން ޒަރީރު ވިލާ ޝިޕިންގ އެންޑް ޓްރޭ
و بر سر کر
·
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013HC-A/251
و مری
ދެވެ
/ ހދ xތ
کر برمی مسملسر
: ޤަޟިއްޔާ ނިމުނު ގޮ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އޮފީސް އެސިސްޓަންޓްގެ
މަޤާމުން 2012 ވަނަ އަހަރުގެ ޖުލައިމަހުގެ 04 ވަނަ ދުވަހު ވަކިކުރިކަން އެންގުމުގެ ގޮތުން ދީފައިވާ
ލިޔުމުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތަކާ
ގުޅިގެން ރިސޯޓަށް އަންނަ ފަރާތްތައް މަދުވެފައިވާތީ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ވަޒީފާއިން
ރިޑަންޑަންޓް ކުރެވިގެންކަމަށް ބަޔާންކޮށްފައިވީހިނދު، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މައްސަލަ
ރައްދުވި ކުންފުނިންގ މުވައްޒަފުން މަދުކުރަންޖެހުނުކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި
ފަރާތުން ދަލީލު ހުށަހަޅާފައި ނުވާކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް
މައްސަލަ ހުށަހެޅި ޙަސަން ޒަރީރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލިހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާ އަނބުރާ
ލިބިދިނުމަށް ޙަސަން ޒަރީރު އެދުނުނަމަވެސް، މައްސަލަ ރައްދުވާފަރާތާއި ޙަސަން ޒަރީރު އާދެމެދު
2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ މުއްދަތު
ކަނޑައެޅިފައިވާ އެއްބަސްވުމެއްކަން އެނގެން އޮތުމުން، ޙަސަން ޒަރީރު އެދުނުފަދައިން އޭނާ ހުރި
ވަޒީފާއަށް ރުޖޫޢަކުރާފަދަ އަމުރެއް މިމައްސަލައިގައި ކުރާނެ ތަނެއް ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގެ (ހ)ގެ ދަށުން ބަދަލުގެ ގޮތުގައި 2012 ވަނަ އަހަރު ޖުލައި މަހުގެ 05 ވަނަ ދުވަހުން
ފެށިގެން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް މުސާރައާއި
ސަރވިސްޗާޖްގެ ގޮތުގައި ޖެހޭ މިންވަރާއި، އިތުރު 02 (ދޭއް) މަސްދުވަހުގެ މުއްދަތަށް ޖެހޭ މުސާރައާއި
ސާރވިސްޗާޖް، ބަދަލުގެ ގޮތުގައި ކަނޑައަޅައި، އެމިންވަރުގެ ތެރެއިން އޭނާ ވަޒީފާއިން ވަކިކުރިއިރު
ނޯޓިހުގެ ގޮތުގައި ދީފައިވާ 3500.00 (ތިންހާސް ފައްސަތޭކަ) ރުފިޔާ އުނިކުރުމަށްފަހު ޖެހޭ މިންވަރު،
2013 ވަނަ އަހަރުގެ ޖޫން މަހުގެ 03 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޙަސަން ޒަރީރަށް
އެކީއެއްފަހަރާ ދީ ޚަލާސްކުރުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް،
22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2013/HC-A/251
ޤަޟިއްޔާ ނިމުނު ގޮ
گمرکی
i
މައްސަލަ ރައްދުވި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި"
މަތިންކަން އެމައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
249w2
میر کو کم کرتی
187VTR2012
2
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ވިލާ
ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން،
އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ:
• ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ)، (ނ) އަދި
(ށ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާއި 13 ވަނަ
މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ
ގުޅިގެން
ޓްރައިބިއުނަލްގެ
ނަންބަރު
2012/VTR/187 މައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު
ކުރަމުން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޙަސަން ޒަރީރުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ކަންތަ14
5
2013/HC-A/251
و مری
=32
ceco
ޤަޟިއްޔާ ނިމުނު 1
ފާހަގަކުރެވިފައިވެއެވެ.
2 22
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތަކާއި،
ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތަކާއި، އަދި މިނޫންވެސް
ވަޒީފާއާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާބެހޭ އުސޫލުތައް ކަނޑައަޅާފައިވާ، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ "މުވައްޒަފެއްގެ
މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުގައިވެސް
އޭނާގެ މަސައްކަތު އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅުގޮތުގައި ހިންގުމާ ގުޅިފައިވާ
އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ
މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެ" ކަމަށް އެޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާއިރު، އަދި އެހެންގޮތަކަށް އެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، (އެޤާނޫނުގެ
21 ވަނަ މާއްދާވެސް އެބާބެއްގައި ހިމެނޭ) އެޤާނޫނުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތައް،
ހުރިހާ ބާވަތެއްގެ ވަޒީފާއާބެހޭ އެއްބަސްވުންތަކުގެ މައްޗަށްވެސް ހިންގޭނެކަމަށް އެޤާނޫނުގެ 13 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 14 ވަނަ މާއްދާ ފިޔަވައި، އެޤާނޫނު ހިންގޭ
ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވިދާނެކަމަށް ދޭހަވާ
އެހެން އެއްވެސް މާއްދާއެއް އެޤާނޫނުގައި ހިމެނިފައިނުވާކަމާއި، އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 21
ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ އުސޫލުގެ ތަރަހައިގެ ތެރެއިން އިސްތިސްނާވާނީ، އެޤާނޫނުގެ
14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވަގުތީ މުއްދަތު (probation period) ގެ ތެރޭގައި
ވަޒީފާއަދާކުރަމުން ގެންދާ މުވައްޒަފުން އެކަނިކަމާއި،
LCO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
އާއް69ސ
13 ވަނަ މާއްދާގެ (ރއްޖޭގެ ހުއި
6 ޤަޟިއްޔާ ނިމުނު 1
2013HC-A/251
کی مرکی
ހކ މތ
ކަންތައްތައް
އަދި، ވަޒީފާ އަދާކުރާ ފަރާތަށް އެޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤެއް ނުވަތަ
މަންފާއެއް ނުލިބޭ ގޮތަށް ނުވަތަ އެފަދަ ކަމަކަށް އުނިކަމެއް ލިބޭގޮތަށް ގަވާއިދެއްގެ ނުވަތަ ވަޒީފާގެ
އެއްބަސްވުމެއްގެ އެއްވެސް މާއްދާއެއްގައި ހިމެނިގެންވާނަމަ، އެމާއްދާއެއް ވަނީ ބާޠިލު މާއްދާއަކަށްކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި
ރެކޮށްފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން
ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ހެދޭ އެއްބަސްވުމުގައި ހިމަނަންޖެހޭ އަސާސީ
ބަޔާންކޮށްފައިވާ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ (10) ގައި، މުވައްޒަފު ވަޒީފާއިން
ވަކިކުރެވިދާނެ އުސޫލުތައް އެއްބަސްވުމުގައި ހިމެނަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނިފައިވުމަކީ،
ވަޒީފާއާބެހޭ ޤާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެކަމަށް
އެޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކާއި ގޮތްތަކަށްވުރެ އިތުރު ޙާލަތްތަކަކާއި ގޮތްތަކެއް ވަޒީފާގެ
އެއްބަސްވުމުގައި ހިމެނުމަށް ލިބިދެވޭ އިޚްތިޔާރެއްނޫންކަމާއި، އަދި އެފަދަ ކަމެއް ވަޒީފާގެ
އެއްބަސްވުމެއްގައި ހިމެނިފައިވާނަމަ އެކަމެއް ހިމެނިފައިވާ ބައި ވާނީ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން
ބާޠިލު ބަޔަކަށްކަމަށާއި، އެހެންކަމުން، ވަޒީފާގެ އެއްބަސްވުމުގައި ނޯޓިސް ދިނުމަށްފަހު ވަޒީފާއިން
ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުން ޤާނޫނު
ހުއްދަކުރާ އެކަށީގެންވާ ސަބަބެއް ނެތް ޙާލަތެއްގައި، އެއްބަސް
ބަސްވުމުގެ އެމާއްދާއަށް ޙަވާލާދީ އެމުވައްޒަފަކު
ވަޒީފާއިން ވަކިނުކުރެވޭނޭކަމާއި،
އަދި، ވަޒީފާގެ
އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، ވަޒީފާދޭ
ފަރާތުން ބާޠިލުކުރުމުގެ ނަތީޖާއަކީ އެއެއްބަސްވު: ދަށުން ވަޒީފާއަދާކުރަމުން ގެންގޮސްފައިވާ
މުވައްޒަފު ވަޒީފާއިން ވަކިކުރެވުން ކަމަށްވީއިރު، ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް
ނޯޓިސް ދިނުމާ ގުޅޭގޮތުން، އެޤާނޫނުގެ 4 ވަނަ ބާބުގެ މާއްދާތަކުގައިވާ ގޮތުގެމަތިން، ވަކިމުއްދަތެއް
ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް، އެއެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ
c &
و مروج کی
ކޮންމެ
2& 24 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [3647 ،ދިވެހިgވެ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު "
2013HC-A/251
کی مرکی
OXO
24 2 2 4
ބަޔާންކޮށްފައި ވީނަމަވެސް، ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ޤާނޫނީ ސަބަބެއް ނެތީސް، ވަޒީފާގެ
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނުވަތަ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ މުއްދަތަށް ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިހުގެ ބަދަލުގައި ފައިސާ ދިނުމަށްފަހު
މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނޭކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މައްދާގައި ބަޔާންކޮށްފައިވާ، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިހަކީ، އެޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން
މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ ނޯޓިސްކަމާއި، އެމާއްދާގެ މަޤްޞަދަކީ، ވަޒީފާއިން
ވަކިކުރެވިދާނެފަދަ އެކަށީގެންވާ ޤާނޫނީ ސަބަބެއް ނެތް ޙާލަތުގައި، ހަމައެކަނި އެމާއްދާގައި ބުނާ
މުއްދަތުގެ ނޯޓިހެއް ދިނުމަށްފަހު މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް
ދިނުންނޫންކަމާއި، އަދި "ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި،
އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާހަމައަށް، އެމުވައްޒަފަކަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން
ޢިނާޔަތްތައް، ހަމައަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާދޭ ފަރާތަށް، އޭނާ ވަޒީފާއިން ވަކިކުރެވިދާނެ"
ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައި އޮތުމަކީވެސް އެކަށީގެންވާ ޤާނޫނީ ސަބަބެއް ނެތި
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަށް އިޚްތިޔާރު ލިބިދޭކަމެއް ނޫންކަމާއި، އެމާއްދާގެ
މަޤްޞަދަކީ، ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފަކަށް، އެޤާނޫނުގެ 22
ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިހުގެ މުއްދަތުގައި އެ މުވައްޒަފަކު ވަޒީފައަށް ނެރެން ބޭނުންނުވާ
ވަޒީފާދޭ ފަރާތްތަކަށް، ނޯޓިހުގެ މުއްދަތު ފެށޭ ތާރީޚުން ފެށިގެން، ނޯޓިހުގެ މުއްދަތުގައި އެފަދަ
މުވައްޒަފުންނަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ލިބިދެވޭނޭ ގޮތެއްގެމަތިން، އެފަދަ
މުވައްޒަފުން ވަޒީފާއަށް ނިކުތުން ހުއްޓުމަކަށް ގެނައުމުގެ މަގު ތަނަވަސްކޮށްދިނުންކަމާއި،
މިދެންނެވުނު ކަންކަމުގެ މައްޗަށް ގުތެއްގައި ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނު
ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކާއި، އޭނާއަށް ވަޒީފާދިން ފަރާތާ ދެމެދު ހެދިފައިވާ ވަޒީފާގެ
02 ތ24
x އ
فتح کر می
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013HC-A/251
کی مرگی
=32
8 ޤަޟިއްޔާ ނިމުނު ގޮ
އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ، ވަޒީފާގެ
ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ނުވަތަ ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި
މަސައްކަތަކަށް ޙާއްޞަކޮށްފައިވާ އެއްބަސްވުމެއް ކަމުގައި ވީނަމަވެސް، އެއްބަސްވުމެއްގައި ހިމެނޭ،
ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ވަގުތީ މުއްދަތު (probation period)
ހަމަވުމަށްފަހު، އެ އެއްބަސްވުމެއްގެ މުއްދަތުގެ ތެރޭގައި، އެ އެއްބަސްވުމުގެ ދަށުން ވަޒީފާއަދާކުރާ
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ޤާނޫނީ
ސަބަބެއް އޮވެގެންކަން އެނގޭކަމެވެ.
2
4 &2 &2ދ ހތ
(ށ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން ވަޒީފާއާބެހޭ ޤާނޫނު ހިންގޭ
ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުން
ޤާނޫނީގޮތުން ހުއްދަކުރާ އެކަށީގެންވާ ސަބަބެއް އޮވެގެން
ވެގެންކަން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ
(ހ) އަށް ބެލުމުން އެނގެން އޮތްއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ
ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށާއި، އަދި މުވައްޒަފަކު ވަޒީފާއިން
ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ
ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
މިކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު VTR2012/187 މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލާގައި
އިސްތިއުނާފު ރައްދުވާ، ބ. ކަމަދޫފިފްޓީ ޕްލާވަރ، ޙަސަން ޒަރީރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ޕެރަޑައިސް އައިލަންޑް ރިސޯޓުގެ އޮފީސް
އެސިސްޓަންޓެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް، އެ މަޤާމުން 4 ޖުލައި 2012 ގައި ވަކިކޮށް އޭނާއަށް
ދިވެހިރާއްޖޭގެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 238 2
ޤަޟިއްޔާ ނިމުނު
2013HC-A/251
کی مرکی
ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، ޕެރަޑައިސް އައިލަންޑް ރިސޯޓުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން
އޭނާ ވަކިކޮށްފައިވަނީ ޔޫރަޕަށް އައިސްފައިވާ އިޤްތިޞާދީ ހީނަރުކަމެއްގެ ސަބަބުން އެރިސޯޓުގެ
އޮކިއުޕެންސީ ދަށަށް ދިއުމާގުޅިގެން އެރިސޯޓު ހިންގުމަށް ހިނގާ ޚަރަދުތައް ކުޑަކުރަންޖެހުމާ ގުޅިގެން
އެރިސޯޓަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވަތީ ކަމަށް އެސިޓީގައި ބަޔާންކޮށްފައިވާއިރު، އަދި،
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް ބުނެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި
ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި
އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން
ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން
ކުނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވީއިރު، އަދި
މިކަންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުން ކުރަންޖެހޭ ކަމެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއާއި މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ޤަޟިއްޔާތަކަށް
ބެލުމުން އެނގެއޮތްއިރު،
ޙަސަން ޒަރީރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހިންގާ ޕެރަޑައިސް އައިލަންޑް ރިސޯޓުގެ އޮފީސް އެސިސްޓަންޓެއްގެ މަޤާމު އަދާކުރަމުން
ދަނިކޮށް، އެ މަޤާމުން 4 ޖުލައި 2012 ގައި ވަކިކުރެވުނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް
އެކުންފުނީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާ ބުނުމުގެ އިތުރުން އެކަން
ސާބިތުކޮށްދިނުމުގެ ގޮތުން އިތުރު އެއްވެސް ހެއްކެއް އެޓްރައިބިއުނަލަށް ހުށަހަޅާފައިނުވާނެކަމަށް
އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިނުވާކަމެވެ.
0
<< O
0 2
<< O
<< O
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013HC-A/251
ممر محتمی **
04x4
10 ޤަޟިއްޔާ ނިމުނު ގޮ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން
ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/187 މައްސަލަ އިސްތިއުނާފުކުރުމަށް ވިލާ ޝިޕިންގ އެންޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެމައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ޙުކުމް
2
0 ދޑ
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ހއ 22
22
2
ބަޔާންކުރެވުނު
ކަންކަން
04x
1eނކރވާ
ގޮތަށް
ހެރެއެކެk
187VTR/2012
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv