ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/125 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/125
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 125/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝާމް ޢަލީ މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A048255
އެޑްރެސް: ގ. ހިޔާ
އެޑްރެސް: ހުޅުމާލެ ފުލެޓް 01-G-20
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢިނާޔާ ޢަލީ
އައިޑީ ކާޑު ނަންބަރ: A077423
ހުށަހެޅުނު ތާރީޚް: 26 އޭޕްރީލް 2012
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު ރ.ސ.8636
މިހާރުގެ އެޑްރެސް: ހދ. މަކުނުދޫ ފެހިވިލާގެ
ނިމުނު ތާރީޚް: 31 އޮކްޓޯބަރު 2012
0
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/Fm
-
C/179
ނިންމެވިކޯޓު: ފެމެލީ ކޯޓު
ޤަޟިއްޔާގެ ބާވަތް: އަނބިމީހާއަށް ދިނުމަށް އެއްބަސްވެފައިވާ ޚަރަދާއިމެދު ގޮތެއް ނިންމުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢައްބާސް ޝަރީފު
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/125
ދަޢުވާގެ ޚުލާޞާ:
މިއީ، ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/179 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ގ. ހިޔާ، ޝާމް
ޢަލީ މުޙައްމަދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާޕީ ދަޢުވާ ރައްދުވަނީ ޢިނާޔާ ޢަލީ، ދަފްތަރު ނަންބަރު ރ.ސ.8636
އަށެވެ.
4 22
0
ފާހަގަކުރެވުނު ނުކުތާތައް:
01- ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/179 ޤަޟިއްޔާ އަކީ، ހިޔާ ޝާމް ޢަލީ
މުޙައްމަދުއާ އިނދެގެން އުޅުނު ދަފްތަރު ނަންބަރު ރ.ސ.8636 ޢިނާޔާ ޢަލީއަށް އަނބިމީހާގެ ޚަރަދުގެ
ގޮތުގައި ދިނުމަށް ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު 2010/AC/819 ޤަޟިއްޔާގައި ޝާމް ޢަލީ މުޙައްމަދު
އެއްބަސްވެފައިވާ މަހުން މަހަށް ދޭންޖެހޭ -/
5000ރ. (ފަސްހާސްރުފިޔާ) އާއިމެދު ގޮތެއް ނިންމުމަށް
ބޭނުންވާކަމަށް ބުނެ ޢިނާޔާ ޢަލީގެ މައްޗަށް ޝާމް ޢަލީ މުޙައްމަދު ހުށަހެޅުމުން ފެމެލީ ކޯޓުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، މާލެ، ހިޔާ ޝާމް ޢަލީ މުޙައްމަދު
(އައިޑީކާޑު ނަންބަރު: A048255) އާ އިނދެގެން އުޅުނު މާލެ، ދަފްތަރު ނަންބަރު ރސ 8636 ޢިނާޔާ
ޢަލީ (އައިޑީކާޑު ނަންބަރު: A077423) އަށް އަނބިމީހާގެ ޚަރަދުގެ ގޮތުގައި ދިނުމަށް މިކޯޓުގެ ނަންބަރު
2010/AC/819 ޤަޟިއްޔާގައި ޝާމް ޢަލީ މުޙައްމަދު އެއްބަސްވެފައިވާ މަހުންމަހަށް ދޭންޖެހޭ -/5000ރ
(ފަސްހާސް ރުފިޔާ) އާ މެދު ގޮތެއް ނިންމުމަށް ބޭނުންވާކަމަށް ބުނެ ޝާމް ޢަލީ މުޙައްމަދު ޢިނާޔާ ޢަލީގެ
މައްޗަށް ކުރާ
ދަޢުވާގައި، މި
-/5000ރ (ފަސްހާސް ރުފިޔާ) އަނބިމީހާގެ ޚަރަދުގެ ގޮތުގައި ޢިނާޔާ
އަލީއަށް ދިނުމަށް ޝާމް ޢަލީ މުޙައްމަދު ޝަރީޢަތުގެ މަޖިލިސްގައި އެއްބަސްވި ދުވަހުން ފެށިގެން އިނާޔާ ޢަލީ
އަންނަނީ ޝާމް ޢަލީ މުޙައްމަދުއަށް ނުކިޔަމަންތެރިވަމުން ކަމަށާއި މިކަމާއެކުވެސް ޤާނޫނީ ހަމަތަކުން މަހަކު
/500ރ (ފަސްސަތޭކަ ރުފިޔާ) ޢިނާޔާ ޢަލީއަށް ޝާމް ޢަލީ މުޙައްމަދު ޚަރަދުކުރާ ކަމަށް ޝާމް ޢަލީ
މުޙައްމަދު ބުނާކަމާއި، ޝާމް ޢަލީ މުޙައްމަދު އާއި އިނާޔާ ޢަލީ އާ ދެމީހުން ކާވެނިކުރިފަހުން ޝާމް ޢަލީއަށް
ހޮ
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/125
OCCOX
ނުކިޔަމަންތެރިވެފައި ނުވާނެކަމަށް އިނާޔާ ޢަލީ ބުނާކަމާއި، ޢިނާޔާ ޢަލީ ޝާމް ޢަލީ މުޙައްމަދުއަށް
ނުކިޔަމަންތެރިވެފައިވާކަން ސާބިތުކޮށްދެވެން ނެތްކަމަށް ޝާމް ޢަލީ މުޙައްމަދު ބުނާކަމާއި، މަހަކު -/5000ރ
(ފަސްހާސް ރުފިޔާ) އިނާޔާ ޢަލީއަށް ދެވެންނެތީ އެހާ ތަނަވަސްކަން ނެތުމުން ކަމަށް ބުނެފާ އަނެއްކާވެސް
ފައިސާ ދެވެންނެތް އަނެއް ސަބަބަކީ ޢިނާޔާ ޢަލީ ރަގަޅު ގޮތުގައި ފައިސާ ޚަރަދު ކޮށްފާނެކަމަށް ނުފެންނާތީ
ކަމަށާއި ފައިސާ ދެވެން ނެތީމަނޫންކަމަށާއި މަޞްލަޙަތު ނުގެއްލޭނަމަ ޢިނާޔާ ޢަލީގެ އެކައުންޓަށް ކޮންމެ
މަހަކު -/1000ރ (އެއްހާސް ރުފިޔާ) ޖަމާކުރަން ޤަޞްތުކުރާކަމަށާއި އެއީ އަނބިމީހާ ކަމަށްވާތީ ޢިނާޔާ
ޢަލީގެ ނަފްސަށް އެކަނި ކުރާ ޚަރަދެއްގެ ގޮތުގައިދޭ ފައިސާއެއްކަމަށް ޝާމް ޢަލީ މުޙައްމަދު ބުނާކަމާއި،
އިނާޔާ ޢަލީ ޝާމް ޢަލީ މުޙައްމަދުގެ އަންބެއްގެ ގޮތުގައި ހުރިއިރު ޢިނާޔާ ޢަލީ ޝާމް ޢަލީއަށް
ނުކިޔަމަންތެރިވެފައިވާކަން ސާބިތުކޮށްދެވެން ނެތްކަމަށް ޝާމް ޢަލީ މުޙައްމަދު ބުނެފާމެ، ނުކިޔަމަންތެރި
ވެފައިވާކަމަށް ހުވާކުރަން ހުރިކަމަށް ޝާމް ޢަލީ މުޙައްމަދު ބުނާބުނުމުން ޝާމް ޢަލީ މުޙައްމަދުގެ
މިވާހަކަތަކަކީ ޝަރީޢަތުން އޭގެ މައްޗަށް ބުރަވެ ކަމެއް ސާބިތު ކުރެވޭފަދަ ޙަޤީޤީ ހަރުދަނާ އަސާސެއްގެ
މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއްކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭ ކަމަށާއި، އަނބިމީހާގެ ޚަރަދުގެ
ގޮތުގައި ޙަވާލާދެވިފައިވާ މިކޯޓުގެ ނަންބަރު 2010/AC/819 ޤަޟިއްޔާގައި ޝާމް ޢަލީ މުޙައްމަދު
.އްބަސްވެފައިވާ ޢަދަދަށް ފައިސާ ލިބެންޖެހޭނެކަމަށާއި ޝާމް ޢަލީ މުޙައްމަދުއާ އިދެގެން ހުރެ ޝާމް ޢަލީ
މުޙައްމަދު އަށް ނުކިޔަމަންތެރިވެފައި ނުވާނެކަމަށް ޢިނާޔާ ޢަލީ ބުނާކަމާއި، މިކަން ޝާމް ޢަލީ މުޙައްމަދުއަށް
ސާބިތުކޮށްދެވެން ނެތްކަން ޝާމް ޢަލީގެ ބަހުން އެގޭކަމާއި، ޢިނާޔާ ޢަލީއަށް މަހަކު -/1000ރ (އެއްހާސް
ރުފިޔާ) ދޭން ބޭނުންވާ ކަމަށާއި އެއީ އިނާޔާ ޢަލީ އަކީ ޝާމް ޢަލީ މުޙައްމަދުގެ އަނބިމީހާ ކަމަށް ވާތީކަމަށް
ޝާމް ޢަލީ މުޙައްމަދު ބުނާބުނުމުން ޝާމް ޢަލީ މުޙައްމަދު ޢިނާޔާ ޢަލީއަށް އަނބިމީހާގެ ޚަރަދު ދިނުމަށް
ނަންބަރު 2010/AC/819 ޤަޟިއްޔާގައި އެއްބަސްވެފައިވާ ފައިސާ ދޭންނުޖެހޭގޮތަށް ހަމަޖައްސަން
ބޭނުންވަނީ އިނާޔާ ޢަލީ ޝާމް ޢަލީ މުޙައްމަދަށް ނުކިޔަމަންތެރި ވެގެންކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމާއި
މިކަންކަން މިހެން ހުރުމުން ފައިސާ ލިބެންވާ ފަރާތުގެ ނުރުހުމުގައި ޙަވާލާދެވިފައިވާ މިކޯޓުގެ ނަންބަރު
2010/AC/819 ޤަޟިއްޔާއިން ޝާމް ޢަލީ މުޙައްމަދު ޢިނާޔާ ޢަލީއަށް އަނބިމީހާގެ ޚަރަދުގެ ގޮތުގައި
މަހުން މަހަށް ދޭންޖެހޭ ފައިސާ އަކީ ޝާމް ޢަލީ މުޙައްމަދު ޢިނާޔާ ޢަލީއަށް ދޭން ޖެހޭ ފައިސާއެއްކަމަށް
ucou
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/125
ކަނޑައަޅައި ދެވެން ނެތްކަން ޝާމް ޢަލީ މުޙައްމަދު އަށް އަންގައި މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ce O
02- އިސްވެ ބަޔާންކުރެވުނު ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/179 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޝާމް ޢަލީ މުޙައްމަދުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއިމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ:
ދަޢުވާކުރާ ފަރާތުގެ ދަޢުވާއެއް ސާބިތުކުރުމަށް ހެކި ދެއްކެން ނެތިގެން (މިމައްސަލަ ޝަރީޢަތަށް
އިންސާފުން ސާފުކޮށްދިނުމުގެ ގޮތުން) ރައްދުވާ ފަރާތަށް ދުވާ އެރި ހިނދު އެފަރާތުން ހުވާ ކުރަން
ހުރިކަމަށް ބުނުމުންވެސް ހުވާ ނުކުރުވާ، އިސްލާމީ ޝަރީޢަތާއި ޚިލާފަށް މިމައްސަލަ ނިންމެވި ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/179 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި،
.ނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ގަކުރެވެއެވެ.
cuo
3$
އޮތީ 3/4 ¢ ¢ ¢ ¢
(ހ) ޝާމް ޢަލީ މުޙައްމަދުގެ އަނބި ޢިނާޔާ ޢަލީއަށް އަނބިމީހާގެ ޚަރަދު ލިބެމުން
ނުދާކަމަށްބުނެ އަނބިމީހާގެ ޚަރަދު ހޯދުމަށް ޝާމް ޢަލީ މުޙައްމަދުގެ މައްޗަށް ޢިނާޔާ ޢަލީހުށަހެޅި ޢާއިލާއާބެހޭ
ކޯޓުގެ ނަންބަރު 2010/AC/819 ޤަޟިއްޔާގައި، ކޯޓު މެދުވެރިކޮށް ކޮންމެ މަހަކު ޢިނާޔާ ޢަލީގެ ޚަރަދުގެ
ގޮތުގައި -/5000ރ. (ފަސްހާސްރުފިޔާ) ކޯޓަށް ދައްކާނެކަމަށް ޝާމް ޢަލީ މުޙައްމަދު ބުނާކަމާއި، މިދެމީހުން
ކޯޓު މެދުވެރިކޮށް އަނބިމީހާގެ ޚަރަދު ލިބޭގޮތަށް ހަމަޖައްސަން އެއްބަސްވެފައިވީނަމަވެސް ކާވެންޏެއް
OCOC
Aއ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/125
ގެވެމިށް ޓެރަންރު
ހެޔޮގޮތުގައި ދެމި އޮންނާނީ ކާވެނިކޮށްގެން އުޅޭ ދެމީހުންވެސް އެކަކު އަނެކަކަށް އިތުބާރުކޮށް ދެފަރާތުގެ
ހުނާރާ ގޮތަކަށް ވިސްނައިގެން
އެކެއްގެ އިޙްސާސްތައް އަނެކަކު ދެނެގަނެ ހެޔޮގޮތުގައި ބަލައިގަނެ
އެއްބާރުލުން ދީގެން އުޅުމުން ކަމަށްވާތީ، ކޯޓު މެދުވެރިކޮށް މިފައިސާ ލިބޭގޮތަށް ހަމަޖެއްސުމަކީ ކާވެނީގެ
މަޞްލަޙަތަށް އުނިކަން އަތުވެދާނެ ކަމެއްކަމަށް ޝަރީޢަތަށް ފެންނާތީ ޝަރީޢަތުގެ މަޖިލީހުގައި
އެއްބަސްވެފައިވާ -/5000ރ. (ފަސްހާސްރުފިޔާ) 2010 އޯގަސްޓް 01 އިން ފެށިގެން ކޮންމެ މީލާދީ މަހެއްގެ
10 ގެ ކުރިން އަނބި ޢިނާޔާ ޢަލީ އާ ޙަވާލުކުރުމަށް ފިރި ޝާމް ޢަލީ މުޙައްމަދަށް ނަސޭހަތްތެރިވެ 2010
ޖުލައި 21 ވަނަ ދުވަހު ޢާއިލާއާބެހޭ ކޯޓުން ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
ހދ ހ3
ނަންބަރ
(ނ) ދަޢުވާކުރާ ފަރާތުގެ ދަޢުވާއެއް ސާބިތުކުރުމަށް ހެކި ދެއްކެން ނެތިގެން މިމައްސަލަ
ޝަރީޢަތަށް އިންސާފުން ސާފުކޮށްދިނުމުގެ ގޮތުން) ރައްދުވާ ފަރާތަށް ހުވާ އެރި ހިނދު އެފަރާތުން ހުވާ
ކުރަން ހުރިކަމަށް ބުނުމުންވެސް ހުވާ ނުކުރުވާ، އިސްލާމީ ޝަރީޢަތާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް
ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ބުނެފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
އިސްތިއުނާފު މިކުރެވޭ ފެމެލީ ކޯޓުގެ 2010/Fm
-
C/179 ޤަޟިއްޔާގައި
ދަޢުވާކޮށްފައިވާ ފަރާތަކީ ޝާމް ޢަލީ މުޙައްމަދުކަމާއި، އަދި ދަޢުވާލިބޭ ފަރާތަކީ ޖިނާޔާ ޢަލީކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންނާއި ޝާމް ޢަލީ މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި،
މިއިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ
އަނބިމީހާގެ ޚަރަދުގެ ގޮތުގައި ޢިނާޔާ ޢަލީއަށް މަހުން މަހަށް ދިނުމަށް ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު
2010/AC/819 ޤަޟިއްޔާގައި ޝާމް ޢަލީ މުޙައްމަދު އެއްބަސްވެފައިވާ -/
5000ރ. (ފަސްހާސްރުފިޔާ)
އާއިމެދު ގޮތެއް ނިންމުމަށްކަމާއި، ޝާމް ޢަލީ މުޙައްމަދުގެ އަނބި ޢިނާޔާ ޢަލީ ނުކިޔަމަންތެރިވެގެން
އެކަމާއިގުޅިގެން އެކަން ސާބިތުކުރުމަށް ނޫންކަން ޝާމް ޢަލީ މުޙައްމަދުގެ ބަހުން އެނގޭކަމާއި، އަދި ޝާމް
ޢަލީ މުޙައްމަދުގެ އަނބި ޢިނާޔާ ޢަލީ ނުކިޔަމަންތެރިވެގެން އެކަމާއިގުޅިގެން އެއްވެސް ދަޢުވާއެއް އެއްވެސް
ކޯޓަކަށް ހުށަހަޅާފައިނުވާކަން ޝާމް ޢަލީ މުޙައްމަދުގެ ބަހުން އެނގޭކަމާއި،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/125
ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން އޭނަގެ އަނބި ޢިނާޔާ ޢަލީ ނުކިޔަމަންތެރިވި ކަމަށް ބުނެފައިވާ
ބުނުމަކީ މިއިސްތިއުނާފު ކުރެވޭ މައްސަލައިގާ އެފައިސާއަކާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައިވާ
ފައިސާ ޢިނާޔާ ޢަލީއަށް ދީފިނަމަ އެފައިސާއާމެދު ޢިނާޔާ ޢަލީ ޢަމަލު ކުރާނެ ގޮތެއް ކަމަށް ބުނެފައިވާ ގޮތަކީ،
ނުކިޔަމަންތެރިވުން ކަމަށް ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ދެކިގެންކަން ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، އެފައިސާ އަދި މިހާތަނަށް
އެއްވެސް މަހަކު ޢިނާޔާ ޢަލީއަށް ހަމަޔަށް ދީފައިނުވާކަން ޝާމް ޢަލީ މުޙައްމަދު އާއި އިނާޔާ ޢަލީގެ ބަހުން
އެނގެން އޮންނައިރު، އެފައިސާ އާއިމެދު ތަޞައްރަފުކުރާނެ ގޮތަކީ އެފައިސާ ދިނުމުގެ ކުރިން އެނގޭނެ ކަމެއް
ނޫންކަމާއި، ޝާމް ޢަލީ މުޙައްމަދުގެ އަނބި ޢިނާޔާ ޢަލީ ނުކިޔަމަންތެރިވިކަން ސާބިތުކުރުމުގެ ގޮތުން
ކުރިކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަމަކީ މުސްތަޤްބަލުގައި ހިނގާފާނެ ކަމެއްކަމަށް ބެލެވޭ
ކަމެއްކަމުގައިވީނަމަވެސް އެކަމަކީ އަދި ހިނގާފައިވާ ކަމެއް ކަމަށް ނުވާއިރު، ހިނގާފައިނުވާކަމެއް
ސާބިތުކުރުމަށް ހެކިދެއްކުމާއި އަދި ހެކި ދެއްކެން ނެތްނަމަ ހުވާލާޒިމުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން
ހަމަޖެހޭ ކަމެއް ނޫންކަން އެނގޭކަމާއި، އަދި ހަމައެހެންމެ ޝާމް ޢަލީ މުޙައްމަދުގެ އެވާހަކަތަކަކީ ޝަރީޢަތުން
މައްޗަށް ބުރަވެ ކަމެއް ސާބިތު ކުރެވޭފަދަ ޙަޤީޤީ ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާވެފައިވާ
ވާހަކަތަކެއް ކަމަށް ބެލެވެން ނެތްކަމާއި؛
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުE ބަލާއިރު، ފިރިމީހާ އަނބިމީހާއަށް ޚަރަދުކުރުން
ލާޒިމްކުރެވިފައިވަނީ އަނބިމީހާ ކިޔަމަންތެރިވުމާއި އަދި ނުކިޔަމަންތެރިވުމުގެ މައްޗަށް ނޫންކަމާއި،
ފިރިއަކަށްވީތީ އަސާސީގޮތުން އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ އިޝާރާތްކުރެވުނު ދެޙާލަތުންކުރެ
ކޮންމެ ޙާލަތެއްގައިވެސް ފިރިމީހާގެ މައްޗަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ލާޒިމުވެގެންވާ ކަމެއްކަމަށް ވުމުގެ
އިތުރުން، ޝާމް ޢަލީ މުޙައްމަދުގެ ފަރާތުން ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވާ ފައިސާއަކީ ވަކި
ޤަޟިއްޔާއަކުން އިނާޔާ ޢަލީގެ ޚަރަދުގެ ގޮތުގައި ކަނޑައަޅުއްވާ ފައިސަލާކުރުވަނި ޙުކުމެއްގެ ދަރަޖަ ލިބިފައިވާ
ޙުކުމަކުން ޝާމް ޢަލީ މުޙައްމަދުގެ މައްޗަށް ލާޒިމްކުރެވިފައިވާ ފައިސާއަކަށް ވުމާއެކު، މިއިސްތިއުނާފުކުރެވޭ
ފެމެލީ ކޯޓުގެ ނަންބަރު
2010/Fm-C/179 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުން ފިރިމީހާއަށް
ނުކިޔަމަންތެރިވިކަން ސާބިތުވުމާއި ނުވުމަކީ އެޤަޟިއްޔާގެ ޙުކުމަށް އަސަރުކުރާނެ ކަމެއްކަމަށް ބެލެވެން ނެތަތީ
ސެގެ
Occc
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/125
ވާލިބޭ ފަރާތަށް އިންކާރުގެ ހުވާ ނުދީ މައްސަލަ ނިންމަވާފައިވަނީ އިސްލާމީ ޝަރީޢަތަކާއި ޚިލާފަށްކަމަށް
ޖެޅެވެންނެތް ކަން އެނގެއެވެ.
4 8 2
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބެލުމުން، ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/179
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
0
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ކަންކަން އެގޮތަށް ހުރުމާއެކު ޝާމް ޢަލީ
މުޙައްމަދުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބަލާ ފެމެލީ ކޯޓުގެ ނަންބަރު
2010/Fm
-
C/179 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތް
ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
އެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv