ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/224 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/224
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
WWW
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 224/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ އަޙްމަދު
ކާޑު ނަންބަރ: A046613
*
ދާއިމީ އެޑްރެސް: ނޯރޯޒުގެ ޏ.ފުވައްމުލައް
މިހާރުގެ އެޑްރެސް: މއ.ޔެލޯމޫން/މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު މުޢާޛު
އައިޑީ ކާޑުނަންބަރު: A051412
ދާއިމީ އެޑްރެސް: ހ.ލޭޓެސްޓް
މިހާރުގެ އެޑްރެސް: ހ.ލޭޓެސްޓް
* ރަޖިސްޓްރީކުރެވުނު ތާރީޚް:2011;09;14
* ނިމުނު ތާރީޚް: 20 ސެޕްޓެމްބަރ 2012
ސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/869
ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: މަދަނީ މައްސަލައެއް
ހުށަހެޅި ތާރީޚް: 2011-05-03 ނިމުނު ތާރީޚް: 2011-06-07
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު:ޢަބްދުލްޣަނީ
މުޙައްމަދު
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢައްބާސް ޝަރީފު
އައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާގެ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/869 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޏ.ފުވައްމުލައް ނޯރޯޒުގެ ޢަލީ އަޙްމަދު ގެ ފަރާތުން
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ
ހ.ލޭޓެސްޓް/މާލެ، މުޙައްމަދު މުޢާޛް އެވެ.
-01
02
• ފާހަގަކުރެވުނު ނުކުތާތައް:
މިއީ، ސިވިލް ކޯޓު ނަންބަރު 2011/Cv
-
C/869 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، ޏ.ފުވައްމުލައް(ނޯރޯޒުގެ ޢަލީ އަޙްމަދު ގެ
ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާ އެކެވެ.
އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2011/Cv
-
C/869 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޏ.ފުވައްމުލައް1ނޯރޯޒުގެ (މއ.ޔެލޯމޫން)
ޢަލީ އަޙްމަދާއި ހ.ލޭޓެސްޓް މުޙައްމަދު މުޢާދާއި ދެމެދު ވެވިފައިވާ އެއްބަސްވުމާ ޚިލާފަށް މުޙައްމަދު މުޢާޛު
ރެސްޓޯރަންޓް ބަންދުކޮށް ތަޅު އަޅުވާފައިވުމާއި، ޢަލީ އަޙްމަދާއި މުޙައްމަދު މުޢާދާއި ދެމެދު ވެފައިވާ
އެއްބަސްވުމާ ޢަލީ އަޙްމަދު ޚިލާފުވެފައިނުވަނީސް، އަދި ޢަލީ އަޙްމަދު 10 އަހަރަށް ތަން ކުއްޔަށްހިފައި
-/
1,800,000ރ. (އަށާރަ ލައްކަ ރުފިޔާ) ގެ އިންވެސްޓްމަންޓެއް ކޮށްފައިވަނިކޮށް، ޢަދުލުވެރި އެއްވެސް
ބަދަލެއް ދިނުމަކާނުލައި، މުޙައްމަދު މުޢީޛުގެ ބެލުމުގެ ދަށަށް ތަން (ރެސްޓޯރަންޓް) ގެންގޮސް، އެކަން
01 އޭޕްރީލް 2011 ގައި ސިޓީއަކުން ޢަލީ އަޙްމަދަށް މުޙައްމަދު މުޢާޛް އަންގާފައިވާތީ، ބާކީ އޮތް
8 އަހަރަށް އިންވެސްޓްމަންޓް ބަހާލުމުން އަހަރަކަށްޖެހޭ ނިސްބަތުން ޖުމްލަ -/1,440,000ރ. (ސާދަލައްކަ
ސާޅީސްހާސް ރުފިޔާ) އެކީ އެއްފަހަރާ ޢަލީ އަޙްމަދަށް ދެއްކުމަށާއި، ޢަލީ އަޙްމަދާއި ޔޫސުފް ޤާސިމާއި ދެމެދު
ވެވިފައިވާ އެއްބަސްވުމުގެ ދަށުން ތަނުގެ ކުލީގެ ގޮތުގައި 2 މަހަށް ދައްކަންޖެހޭ ކުއްޔާއި، އަދި ޔޫސުފް
ޤާސިމަށް ތަން ދިންފަހުން ހިނގާފައިވާ ކަރަންޓާއި ފެނާއި އެނޫންވެސް އެފަދަ ޚިދުމަތްތަކަށް ޢަލީ އަޙްމަދު
ޤާނޫނީ ގޮތުން އެއްވެސް ދިންމާއެއް އުފުލަންނުޖެހޭނެކަމަށް ކަނޑައަޅައިދިނުމަށާއި، ބަދިގެ ސާމާނުގެ
އެތަކެއްޗަށް ލިބެމުންދާ ގެއްލުމުގެ ބަދަލު އެކީ އެއްފަހަރާ ޢަލީ އަޙްމަދަށް
OLC
0x2
02 ތ 0
32
ބޭންނޭންކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ނގުން
އީމެއިލް [email protected]
ވެއްޖެ، ފޯން: 32}3325 ، ފެކްސް 1
331647
ސްއިޓް
www.highcourt.gov.my
3
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެއްކުމަށާއި، ޢަލީ އަޙްމަދާއި މުޙައްމަދު މުޢަދާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ
ޑެޕޮސިޓް ފައިސާގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަލީ އަޙްމަދަށް
ދެއްކުމަށާއި، 01 މާރޗް 2009 ގައި ވެފައިވާ އެއްބަސްވުމުގެ ބޭރުން ހ.ލޭޓެސްޓް އެވެ ކިޔާ ގޯތީގައިވާ
ޢިމާރާތުގެ ގްރައުންޑް ފްލޯރގެ ބޭރުފާރުން ބައެއް ރާނާ ސިމެންތި ޖެހުމަށާއި، ތަޅުމުގެ އަޑީގައި ހޮޅި އެޅުމަށް
ޢަލީ އަޙްމަދު ޚަރަދުކޮށްފައިވާ -/
42,000ރ. (ސާޅީސްދެހާސް ރުފިޔާ) ޢަލީ އަޙްމަދަށް އެކީ އެއްފަހަރާ
ދެއްކުމަށް މުޙައްމަދު މުޢާޛުގެ މައްޗަށް އަމުރުކޮށްދިނުން އެދިގެން ޏ.ފުވައްމުލައް)ނޯރޯޒުގެ (މއ.ޔެލޯމޫން)
ޢަލީ އަޙްމަދުގެ ފަރާތުން ހ.ލޭޓެސްޓް/މުޙައްމަދު މުޢާޛުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލުނު
މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،".....ޢަލީ އަޙްމަދާއި މުޙައްމަދު މުޢާދާއި
ދެމެދު 01 މާރޗް 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދު ކުއްޔަށް ހިފާފައިވާ
ޢިމާރާތުގައި ޢަލީ އަޙްމަދު ކުރަމުން އައި ރެސްޓޯރަންޓް ހިންގުމުގެ ވިޔަފާރިއާއިގުޅޭ އެންމެހާ ޙައްޤެއް ގަނެ
ވިއްކުމާއިގުޅޭގޮތުން ދަޢުވާކުރާ ޢަލީ އަޙްމަދާއި މ.ފުޅަފިޤުޔޫސުފް ޤާސިމާއި ދެމެދު އެއްބަސްވުމެއްވެ،
މިއެއްބަސްވުމުގައި ބަޔާންވެގެންވާ އުޞޫލުން ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް -/
1,800,000ރ.
(އަށާރަލައްކަ ރުފިޔާ) ގެ އަގަކަށް ހ.ލޭޓެސްޓް އެވެކިޔާ ގޯތީގައި ޢަލީ އަޙްމަދު ކުއްޔަށްހިފައިގެން ހިންގާ
ރެސްޓޯރަންޓްގެ ވިޔަފާރި ޔޫސުފް ޤާސިމަށް ވިއްކާފައިވާކަމާއި، ޢަލީ އަޙްމަދާއި ޔޫސުފް ޤާސިމާއި ދެމެދު
ކުރެވުނު އެއްބަސްވުމަށްފަހު، ހ.ލޭޓެސްޓް އެވެކިޔާ ގޯތީގައި ޢަލީ އަޙްމަދަށް މުޙައްމަދު މުޢާޛް
ކުއްޔަށްދީފައިހުރި ރެސްޓޯރަންޓް ހިންގާ ޢިމާރާތަށް މުޙައްމަދު މުޢާދަށް ކުލި ދައްކަމުން އައިސްފައިވަނީ
ޔޫސުފް ޤާސިމްކަމާއި، މިގޮތުން މުޙައްމަދު މުޢާދާއި ޢަލީ އަޙްމަދާއި ދެމެދު ކުރިން ކުރެވުނު މުޢާމަލާތް
މުޙައްމަދު މުޢާޛާއި ޔޫސުފް ޤާސިމާއިދެމެދަށް ބަދަލުކުރެވުނުކަން ހުށަހެޅިފައިވާ ލިޔެކިޔުމާއި ދެފަރާތުގެ ބަހުން
އެނގޭހިނދު، ޢަލީ އަޙްމަދާއި މުޙައްމަދު މުޢާޛާއި ދެމެދު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދު
ރެސްޓޯރަންޓެއް ހިންގުމަށްޓަކައި ކުއްޔަށް ހިފާފައިހުރި ޢިމާރާތުގައި ހިންގަމުންއައި ރެސްޓޯރަންޓްގެ ވިޔަފާރި
ޔޫސުފް ޤާސިމަށް ޢަލީ އަޙްމަދު ވިއްކައި، ރެސްޓޯރަންޓަށް ދައްކަންޖެހޭ ކުލި ދައްކާނީ ޔޫސުފް ޤާސިމްކަމަށް
ބަދަލުކޮށް، އެފަދައިން ތަނުގެ ކުލި މުޙައްމަދު މުޢާދަށް ޔޫސުފް ސިމް ދައްކަމުން އައިސްފައިވުމުން،
މުޙައްމަދު މުޢާޛާއި ޔޫސުފް ޤާސިމް އާއި ދެމެދު މިވަނީ ޤާނޫނީގޮތުން ބަދެވޭ ބަނދެވުމެއް އުފެދިފައިކަމާއި،
އައިކޯޓް
ޖެން 32، ފެކް- 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ،
އީމެއިލް [email protected]
އިޓް
www.highbohrt.gov
4
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
089
މިކަމުގެ ނަތީޖާއަކީ މުޙައްމަދު މުޢާދާއި ޢަލީ އަޙްމަދާއި ދެމެދު ކުރެވުނު އެއްބަސްވުން ނިމުމަކަށް
އައުންކަމަށްވީހިނދު، މިޙާލަތުގައި ހ.ލޭޓެސްޓް އެވެކިޔާ ގޯތީގައި މުޙައްމަދު މުޢާޛާ، ޔޫސުފް ޤާސިމަށް
ކުއްޔަށްދީފައިހުރި ޢިމާރާތާއި އެޢިމާރާތުގައި ހިންގާ ރެސްޓޯރަންޓާއި ގުޅޭގޮތުން މުޙައްމަދު މުޢާދާއި
ތުކުރުމުގައި ޤާނޫނީގޮތުން ބަނދެވޭ އެއްވެސް ބަނދެވުމުގެ ގުޅުމެއް ޢަލީ އަޙްމަދުގައި ނެތްކަން
ކޮންޓްރެކްޓާބެހޭ މަބްދަޢުތަކަށް ރިޢާޔަތްކުރުމުން އެނގޭކަމުން،
މިސަބަބުތަކަށްޓަކައި، ޢަލީ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާއަކީ މުޙައްމަދު މުޢާދަށް
ރައްދުވާގޮތަށް ކުރިއަށްގެންދެވޭނެ ދަޢުވާއެއްނޫންކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2011/Cv
-
C/869
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ޏ.ފުވައްމުލައް ރޯޒުގެ ޢަލީ އަޙްމަދު ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު
ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/869 ޤަޟިއްޔާ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 08 ވަނަ ނުކުތާގައި ޔޫސުފް ޤާސިމާއެކު
ޢަލީ އަޙްމަދު ރެސްޓޯރެންޓް ވިއްކާލުމުގެ އެއްބަސްވުމެއް ވެފައިވުމުގެ ސަބަބުން މުޙައްމަދު މުޢާޛާއި ޢަލީ
އަޙްމަދުއާއި ދެމެދު ކުރިން ކުރެވުނު މުޢާމަލާތް މުޙައްމަދު މުޢާޛާއި ޔޫސުފް ޤާސިމާއި ދެމެދަށް
ބަދަލުކުރެވުނުކަން ދެފަރާތުގެ ބަހުން ސާފުވާކަމަށް ބަޔާންކޮށްފައި ވާއިރު، އިސްވެ ޙަވާލާދީފައިވާ ރެސްޓޯރެންޓް
ވިއްކާލުމުގެ އެއްބަސްވުމުގެ 05 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އެއްވެސް މިންވަރަކަށް ސިވިލް ކޯޓުން
ރިޢާޔަތްކޮށްފައި ނުވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: ރެސްޓޯރެންޓް ވިއްކާލުމުގެ އެއްބަސްވުމުގެ 05 ވަނަ މާއްދާގެ (ހ)
އަދި (ޅ) އަށް ބެލުމުން ދެފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމަކުން އެއްފަރާތަކުން ފުރިހަމަކުރަންޖެހޭ
އިލްތިޒާމްތައް އަދާކުރުމުގައި އެދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ސީދާ އަސަރު ކުރާނެ މިންވަރާއި، ކުރިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލިއްފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected]
www.highcourt.gok.mv en
.
5
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 2 2 0 2 04
4
އޮތް
ދަށުން އެފަރާތް އަދާކުރަންޖެހޭ އިލްތިޒާމުތައް މިތިންވަނަ ފަރާތަށް
ބަދަލުކުރެވިފައިވާގޮތާއި، އަދި އެފަދައިން ބަލައިގަނެ މުޢާމަލާތް ކުރިއަށް ގެންދެވިފައިވާކަމުގައި ވަނީނަމަ،
ކުރިންވެސް ވެވުނު އެއްބަސްވުމުގެ ދަށުން ބައިވެރިންގެ ގޮތުގައި ތިބި ފަރާތްތައް ބަދަލުވާނެ މަރުޙަލާތައް
ބަޔާންކޮށް އަދި އެމަރުޙަލާތަކުގެ ތެރެއިން އެބަދަލުވާ ބައިވެރިޔާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ
އިލްތިޒާމުތައް އަދާކުރުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާގޮތް ވަރަށް ސާފުކޮށް ބަޔާކޮށްފައިވާއިރު، ސިވިލް
ކޯޓުގެ އިސްވެ ބުނެވުނު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 09 ވަނަ
ނުކުތާގައި އެކަން ބަޔާންކޮށްފައިވަނީ އިސްވެ ޙަވާލާދީފައިވާ ރެސްޓޯރެންޓް ވިއްކާލުމުގެ 05 ވަނަ މާއްދާގެ
(ހ) އަދި (ށ) އަށް އެއްވެ
.އްވެސް ވަރަކަށް ރިޢާޔަތްކުރުމަކާއި ނުލައިކަމުގައި ތަކުރާރުކޮށް ފާހަގަކޮށް ހުށަހެޅި
ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ: ޢަލީ އަޙްމަދުގެ ފަރާތުން މުޙައްމަދު މުޢާޛުގެ މައްޗަށް ކޮށްފައިވަ
ދަޢުވާގެ ޞިޝާގައި ޢަލީ އަޙްމަދާއި މުޙައްމަދު މުޢާދާއި ދެމެދު 01 މާރޗް 2009 ގައި ވެފައިވާ
އެއްބަސްވުމުގެ ބޭރުން ހ.ލޭޓެސްޓް އެވެ ކިޔާ ގޭގައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯގެ ބޭރު ފާރުން ބައެއް ރާނާ
ސިމެންތި ޖެހުމަށާއި، ތަޅުމުގެ އަޑީގައި ހޮޅި އެޅުމަށް ޢަލީ އަޙްމަދު ޚަރަދުކޮށްފައިވާ -/42,000ރ.
(ސާޅީސް ދެހާސް ރުފިޔާ) ޢަލީ އަޙްމަދަށް އެކީ އެއްފަހަރާ ދެއްކުމަށް ޝަރީޢަތުން މުޙައްމަދު މުޢާދަށް އަންގާ
އަމުރުކޮށްދިނުމަށް އެދި ކޮށްފައިވާ ދަޢުވާއަކީ އަލީ އަޙްމަދާއި މުޙައްމަދު މުޢާދާއި ދެމެދު 01 މާރޗް 2009
ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާފައިވާ ބައެއްކަމުގައި ބަލައި ސިވިލް ކޯޓުން ޙުކުމް
ކަނޑައަޅާފައިވަނީ ދަޢުވާގެ ޞިޤާއަށާއި، މައްސަލައިގެ ތަފްޞީލަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމަކާއި
ނުލައި އެކަށީގެންނުވާ ނާޒިންމާދާރު ގޮތެއްގައިކަން ފާހަގަކޮށް ހުށަހެޅި ނުކުތާ އެވެ.
04- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު:2011/Cv
-
C/869 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޢަލީ އަޙްމަދުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ
ތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ދިވެހިރާއްޖޭގެ
12}}332ފެކްސް 1
331647
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މު، ދިވެހި
އީމެއިލް [email protected]( *
އު
www.high our gov.my
6
2{011/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަންތައްތައް
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު
އަންނަނިވި ފާހަގަކުރެވެއެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު:2011/Cv
-
C/869 ޤަޟިއްޔާއާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ދެ
އެއްބަސްވުމެއް ހުށަހެޅިފައިވާކަމާއި، އޭގެ ތެރެއިން ފުރަތަމަ އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމަކީ،
ހ.ލޭޓެސްޓް އެވެ ކިޔާ ގޯތީގެ ވެރިފަރާތް ކަމުގައިވާ ހ.ލޭޓެސްޓް މުޙައްމަދު މުޢާޛާއި ޏ.ފުވައްމުލައް(ނޯރޯޒުގެ،
ޢަލީ އަޙްމަދާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުން އެކުލަވާލުމުގެ ބޭނުމަކީ ހ.ލޭޓެސްޓް
އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯ މުޙައްމަދު މުޢާޛްގެ ފަރާތުން ކުއްޔަށްދީ، އަދި
އެތަން ޢަލީ އަޙްމަދުގެ ފަރާތުން ކުއްޔަށް ހިފުންކަން ސާފުކޮށް އެނގޭކަމާއި، މި އެއްބަސްވުން ވެފައިވަނީ 01
މާރޗް 2009 ދުވަހުން ފެށިގެން މީލާދީ 10 އަހަރު ދުވަހުގެ މުއްދަތަށްކަމާއި،
މިގޮތުން އެ އެއްބަސްވުމުގައި ކުއްޔަށް ދޫކުރެވޭ ތަނުގެ ކުއްޔާއި، ސެކިއުރިޓީ ޑިޕޮސިޓް ގެ
ގޮތުގައި ކުއްޔަށް ހިފާފަރާތުން ދައްކަންޖެހޭ ފައިސާގެ ޢަދަދާއި، ކުއްޔަށް ދޫކުރާ ތަނުގައި ކުރުމަށް ހުއްދަކުރެވޭ
މަސައްކަތްތަކާއި، މިކަންތައްތައް ބަޔާން ކުރުމަށްފަހު، އެއްބަސްވުމުގެ 05 ވަނަ މާއްދާގައި، ކުއްޔަށް ހިފާ
ފަރާޘްގެ އިޤްތިޞާދީ ހާލަތު ދަށަށްގޮސްގެން ޢިމާރާތުގެ ކުދެއްކުން ދަތިވުމުގެ ސަބަބުން، ނުވަތަ އެހެންވެސް
ސަބަބަކާހުރެ ޢިމާރާތް ކުއްޔަށް ހިފާފަރާތުން އެހެން އެއްވެސް ފަރާތަކަށް ޢިމާރާތް ކުއްޔަށް
ކުއްޔަށް ދޫކުރާ ފަރާތަށް ލިޔުމަކުން އެކަން އެންގުމަށްފަހު، މި އެއްބަސްވުމާ ޚިލާފުނުވާގޮތެއްގެމަތީންނެވެ."
މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި އެ އެއްބަސްވުމުގެ 08 ވަނަ މާއްދާގައި، "ޢިމާރާތް އަތުލުން:" މިސުރުޚީގެ ދަށުން
އެމާއްދާގެ (ހ) ގައި، "ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރޭގައި ކުއްޔަށްހިފާ ފަރާތުން މި އެއްބަސްވުމާ ޚިލާފު
ނުވާހާ ހިނދަކު ކުއްޔަށް ހިފާފަރާތުގެ ކިބައިން ޢިމާރާތް އަތުލުމުގެ ބާރު ކުއްޔަށް ދޫކުރާ ފަރާތަށް ލިބިގެން
ނުވެއެވެ." މިފަދައިން ބަޔާން ކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި، ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރޭގައި
· 2
ދިވެހިރާއްa
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން މާލެދީވެހިރާއްޖެ، ފޯން) 3325029، ފެކްސް: 3316471
އީމެއިލް:
އިޓް
[email protected]
www.highcourt-gov.my
7
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުއްޔަށް ހިފާފަރާތުން މި އެއްބަސްވުމާ ޚިލާފު ވެއްޖެ ޙާލަތެއްގައި ޢިމާރާތް އަތުލުމުގެ ބާރު ކުއްޔަށް ދޫކުރާ
ފަރާތަށް ލިބިގެންވެއެވެ. އަދި އެކަން 60 ދުވަހުގެ ކުރިން ލިޔުމަކުން ކުއްޔަށް ހިފާފަރާތަށް އަންގަން
ވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ށ) އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު:2011/Cv
-
C/869 ޤަޟިއްޔާއާ ގުޅިގެން
އެކޯޓަށް ހުށަހެޅިފައިވާ ދެވަނަ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމަކީ، ހ.ލޭޓެސްޓް އެވެ ކިޔާ ގޯތީގައި
ހަދާފައިވާ ޢިމާރާތުގެ ތިރީބުރީގައި ޏ.ފުވައްމުލައް(ނޯރޯޒުގެ ޢަލީ އަޙްމަދު ހިންގަމުން އަންނަ ހޮޓާ ރެސްޓޯރަންޓް
ވިޔާފާރިއާ ގުޅޭ ހުރިހައި ޙައްޤުތަކެއް މ.ފުޅަފި(ޔޫސުފް ޤާސިމަށް ވިއްކުމަށް އެއްބަސްވެ. އެދެފަރާތަށް
އެބަސްވެވުނު ކަންތައްތަކުގެ މައްޗަށް 18 ޖުލައި 2010 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްކަން
އެނގޭކަމާއި،
ޚި
އެއްބަސްވުމުގެ
ސްވުމުގެ މާއްދާތަކަށް ބަލާއިރު، ހ.ލޭޓެސްޓް އެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ
ތިރީބުރީގައި ޏ.ފުވައްމުލައްނޯރޯޒުގެ!ޢަލީ އަޙްމަދު ކުރަމުންއައި ހޮޓާ ރެސްޓޯރަންޓް ގެ ވިޔަފާރި ނުވަތަ
އިންވެސްޓްމަންޓް ޔޫސުފް ޤާސިމަށް ވިއްކާފައިވާ އަގަކީ -!000°800'1ރ. (އެއްމިލިޔަން އަށްލައް) ދިވެހި
ރުފިޔާ ކަމަށް އެއްބަސްވުމުގެ 02 ނަންބަރުގައި ބަޔާން ކުރުމަށްފަހު، އެއަގު ދައްކާނެ ގޮތުގެ ތަފްޞީލު
އެއްބަސްވުމުގެ 03 ވަނަ ނަންބަރުގެ ދަށުން ތަރުތީބު ކުރެވިފައިވާކަމާއި، މިގޮތުން ބަޔާނާ (ގެރެންޓީ)
ޝަމާން) އެއްގެ ގޮތުން -/30،000ރ.(ތިރީސްހާސް ރުފިޔާ) އެއްބަސްވުމުގައި ސޮއިކުރާ ވަޤުތު (18 ޖުލައި
2010) ދިނުމަށާއި، އޭގެ ފަހުން އެމުޢާމަލާތުގެ ދަށުން ޔޫސުފް ޤާސިމާ ހަވާލުކުރެވޭ އެތަނުގެ
އިންވެންޓްރީގައި ލިސްޓްކޮށްފައިވާ ހުރިހާ ތަކެއްޗާ ޔޫސުފް ޤާސިމް ހަވާލުވާ ތާރީޚް ކަމުގައިވާ 01 އޯގަސްޓް
2010 ދުވަހު -/000'200ރ.(ދެލައްކަ ރުފިޔާ) ދިނުމަށާއި، ކުރިން މިބުނެވުނު ދެ ޕޭމަންޓަށްފަހު،
01 ސެޕްޓެމްބަރ 2010 އިން ފެށިގެން 14 މަސް ދުވަސް ހަމަވަންދެން ކޮންމެ މަހެއްގެ 16 ވަނަ ދުވަހުގެ
ކުރިން 116
:
428
/
57ރ.(އެއްލައްކަ ސޯޅަހާސް ހަތަރުސަތޭކަ އަޝާވީސް ރުފިޔާ، ފަންސާސް ހަތްލާރި) ގެ
މަގުން ފައިސާ ދައްކަމުންގޮސް އެކުގައި އަގު ދައްކާ ޚަލާޞްކުރުމަށް އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިގުން، މާށި ރާއްޖެ ޕޯން.329}3325، ފެކްސް 1
331647
އީމެއިލް: [email protected] ދިވެހިބައި
www.highcourt.gov.mwen
8
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
-01
2220
އަދި އެއްބަސްވުމުގެ 03 ވަނަ ނަންބަރުގެ ދަށުން ބަޔާނާ އެއްގެ ގޮތުގައި އިންވެސްޓްމަންޓް
ގަންނަ ފަރާތުން ދިނުމަށް އެއްބަސްވެފައިވާ ފައިސާ ވިއްކާ ފަރާތަށް ލިބޭ ހިނދުން ފެށިގެން ތިރީގައި
މިބަޔާންކުރެވޭ އެންމެހައި ކަންތައްތައް ފުރިހަމަ ކޮށްދިނުމަށް އިންވެސްޓްމަންޓް ވިއްކާފަރާތް ކަމުގައިވާ
ޏ.ފުވައްމުލައް(ނޯރޯޒުގެ ޢަލީ އަޙްމަދު އެއްބަސްވެފައިވާކަމާއި، އެ ކަންކަމަކީ
އިމާރާތުގެ ވެރިފަރާތް ކަމުގައިވާ ގ.ލޭޓެސްޓް މުޙައްމަދު މުޢާޛާއި، ޢަލީ އަޙްމަދާއި
ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދަށް ލިބިފައިވާ އެންމެހައި ޙައްޤުތައް، 01 އަހަރު
ދުވަހުގެ މުއްދަތަށް ޔޫސުފް ޤާސިމަށް ބަދަލުކުރުމާމެދު، މުޙައްމަދު މުޢާޛުގެ އިޢުތިރާޅެއް ނެތްކަމުގެ ލިޔުން
ހޯދައިދިނުން.
02- ނަންބަރު 01 ގައި ބަޔާންކުރެވިފައިވާ އިޢުތިރާޅެއް ނެތްކަމުގެ ލިޔުން ލިބިގެން
އިންވެސްޓްމަންޓް ގަނެ ހޮޓާ ރެސްޓޯރަންޓް ހިންގުމުގެ ވިޔަފާރި ކުރަމުން ގެންދާތާ 01
އަހަރު ހަމަވާއިރު، ޢިމާރާތުގެ ވެރިފަރާތާއެކު އެއްވެސް މައްސަލައެއް ދިމާނުވެ ޤަވާޢިދުން ކުލި ދައްކަމުން
ގެންގޮސްފައިވާނަމަ، ޢަލީ އަޙްމަދާއި މުޙައްމަދު މުޢާދާއި ދެމެދު ވެފައިވާ ކުރީގެ އެއްބަސްވުމުގެ ދަށުން ޢަލީ
ޙްމަދަށް ލިބިދޭ ޙައްޤުތައް، މުޙައްމަދު މުޢާޛުގެ ރުހުން ހޯދައިގެން އެގްރީމެންޓުގެ ބާކީ އޮންނަ މުއްދަތަށް
ޔޫސުފް ޤާސިމްގެ ނަމަށް ބަދަލު ކޮށްދިނުން.
ޢިމާރާތުގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު މިޢާޛުއާއި ޢަލީ އަޙްމަދާއި ދެމެދު ވެފައިވާ
އެބަސްވުމުގެ މުއްދަތު، އެ އެއްބަސްވުމުގައި ލިޔެފައިވާ މިންވަރަށްވުރެ 02 އަހަރު ދުވަސް އިތުރަށް ލިބޭގޮތަ
ހަމަޖައްސައި ދިނުން. މިކަންކަން ކަމާއި،
ޢަލީ އަޙްމަދުއާއި ޔޫސުފް ޤާސިމް އާއި ދެމެދު ވެވިފައިވާ އިސްވެ މިބަޔާން ކުރެވުނު
އެގްރީމެންޓުގެ 06 ވަނަ މާއްދާއަށް ބަލާއިރު، ޢަލީ އަޙްމަދުއާއި ޢިމާރާތުގެ ވެރި ފަރާތާއި ދެމެދު ވެވިފައިވާ
އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދު ޢިމާރާތުގެ ވެރިފަރާތުގެ ކުރިމަތީގައި އަދާކުރަންޖެހޭ ޒިންމާތަކުގެ ތެރެއިން
ކުލި ދެއްކުމުގެ ޒިންމާ، އެ އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެ މަތީން އަދާކުރުމަށް ޔޫސުފް ޤާސިމް
-03
&x2ތތ
ހައިޗެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހި ޖުއްދީ ފަން 832529، ފެކްސް: 3316471
އީމެއިލް
*ir [email protected]
www.highclirt.gov.my
9
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި، މިގޮތުން ޢިމާރާތުގެ ވެރިފަރާތް ކަމުގައިވާ މުޙައްމަދު މުޢާދަށް ޢަލީ
އަޙްމަދު ކޮންމެ މަހަކުވެސް ދައްކަންޖެހޭ ކުލި، އެމަހެއްގެ
އެގެ 11 ވަނަ ދުވަހުގެ ކުރިން ޢަލީ އަޙްމަދުގެ ފަރާތުން
މުޙައްމަދު މުޢާދަށް ދެއްކުމަށް ޔޫސުފް ޤާސިމް އެއްބަސްވެފައިވާކަމާއި، އަދި އެފަދައިން ކުލި ނުދައްކާ 55
ދުވަސް ވޭތުވެއްޖެނަމަ، ޔޫސުފް ޤާސިމާއެކު ކުރެވިފައިވާ އެގްރީމެންޓު އުވާލުމުގެ ބާރު ޢަލީ އަޙްމަދަށް
2
0
2 ހ2
ލިބިގެންވާކަމާއި،
އަދި ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ ޔޫސުފް ޤާސިމްގެ ނަމަށް ބަދަލުވަންދެން ވިޔަފާރިއާ
ގުޅިގެން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ހޯދަންޖެހޭ، ނުވަތަ ހޯދާ އާކުރަންޖެހޭ ހުއްދައެއްވާނަމަ، އެ
ހުއްދައެއް ޢަލީ އަޙްމަދުގެ ފަރާތުން ލަސްނުކޮށް ޔޫސުފް ޤާސިމަށް ހޯދައިދޭންވާނެކަމަށާއި، އެފަދަ ހުއްދައެއް
ނުލިބުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ޢަލީ އަޙްމަދު ކަމަށް 10 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާކަން ފާހަގަކުރެވެއެވެ
44 44
(ނ) އިސްވެ މިބަޔާންކުރެވުނު ދެ އެއްބަސްވުމަށް ބަލާއިރު، ފުރަތަމަ އެއްބަސްވުމަކީ
ހ.ލޭޓެސްޓްމުޙައްމަދު މުޢާޛާއި ޏ.ފުވައްމުލައް ނޯރޯޒުގެ!ޢަލީ އަޙްމަދާއި ދެމެދު ވެވިފައިވާ
04
0
0
3
04 ޢިދު
އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމު
ވުމުގެ ދަށުން ޢަލީ އަޙްމަދު ކުއްޔަށް ހިފިތަން، އޭނާގެ ފަރާތުން އެހެން
މީހަކަށް ކުއްޔަށް ދިނުމަކީ އޭނާއަށް އިޚްތިޔާރު ލިބިގެންވާކަމެއްކަން އެ އެއްބަސްވުމުގެ 05 ވަނަ މާއްދާގެ
ޞަރީޙަ ނައްޞުން އެނގޭކަމާއި، އަދި ޢަލީ އަޙްމަދުގެ ފަރާތުން ޔޫސުފް ޤާސިމަށް އެތަން ކުއްޔަށް
ދޫކޮށްފައިވަނީ މުޙައްމަދު މުޢާދާއެކު ވެވިފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަކަށް މުޙައްމަދު މުޢާޛުގެ ފަރާތުން
ސިވިކޯޓުގައި ބުނެފައި ނުވާކަމާއި، އަދި މުޙައްމަދު މުޢާޛާއި ޢަލީ އަޙްމަދާއި ދެމެދު ވެވިފައިވާ
އެއްބަސްވުމުގައި، އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުމާ ޚިލާފު ނުވާހާ ހިނދަކު ކުއްޔަށް
ހިފިތަން އަތުލުމުގެ އިޚްތިޔާރު މުޙައްމަދު މުޢާޡަށް ލިބިގެން ނުވާކަމަށް އެއްބަސްވުމުގެ 08 ވަނަ މާއްދާގެ
(ހ) ގައި ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިވާއިރު، ޢަލީ އަޙްމަދުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ލެ،
އީމެއިލް [email protected]
335f29، ފެކްސް 6471
1
33
ވަރީwww.highcourt.gom
10
2011/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
7
ޙާލަތުގައިވެސް ކުއްޔަށް ދޫކޮށްފައިވާ ތަން އަތުލުމުގެ ކުރިން ވަކިޕްރޮސީޖާއެއް ފުރިހަމަކުރުމަށް މުޙައްމަދު
މުޢާޛުގެ މައްޗަށް ލާޒިމް ކޮށްފައިވާކަން އެމާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮންނަކަމާއި،
އަދި ޢަލީ އަޙްމަދާއި ޔޫސުފް ޤާސިމާއި ދެމެދު ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު، މުޙައްމަދު
މުޢާދަކީ އެ އެއްބަސްވުމުގެ ބައިވެރިއެއް ނޫންކަމާއި، އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު މުޢާޛް
އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދި އެއްވެސް މަސްއޫލިއްޔަތެއް ބަޔާންވެފައިނުވާކަމާއި،
މުޙައްމަދު މުޢާދާއި ޢަލީ އަޙްމަދާއި ދެމެދު ވެވިފައިވާ އެބަސްވުމުގެ ދަށުން ޢަލީ އަޙްމަދު
އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގެ ޒިންމާ، ޢަލީ އަޙްމަދާއި ޔޫސުފް ޤާސިމާ ދެމެދު ވެވިފައިވާ
ބަސްވުމުގެ ދަށުން ޔޫސުފް ޤާސިމާ ހަވާލު ކޮށްފައިވުމަކީ ޢަލީ އަޙްމަދާއި މުޙައްމަދު މުޢާދާއި ދެމެދު
ވެވިފައިވާ އެއްބަސްވުން ނިމުމަކަށް އައުންކަމަށް ބެލެވޭނެ ޤާނޫނީ ސަބަބެއް ނޫންކަން ފާހަގަކުރެވޭކަމާއި،
ޢަލީ އަޙްމަދުގެ ފަރާތުން އެތަން ޔޫސުފް ޤާސިމަށް ކުއްޔަށް ދޫކޮށްފައިވަނީ މުޙައްމަދު މުޢާޛުގެ ރުހުމާ
އެނގުމާއެކުގައި ކަމަށްވާއިރު، އެ އެއްބަސްވުމުގެ ބައިވެރިންނަށް ނުޙައްޤުން ގެއްލުމެއް ލިބިދާނެ ކޮންމެ
ޢަމަލަކުން ދުރުހެލިވުމަކީ މުޙައްމަދު މުޢާޛްގެ ޒިންމާއެއްކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ންކުރެވުނު
އެގޮތުގެމަތީން
ސިވިލް ކޯޓުގެ ނަންބަރު:2011/Cv
-
C/869 ޤަޟިއްޔާގައި
ޏ.ފުވައްމުލައް)ނޯރޯޒުގެ ޢަލީ އަޙްމަދު ކޮށްފައިވާ ދަޢުވާ ބައްލަވާ، ހ.ލޭޓެސްޓް މުޙައްމަދު މުޢާޛާއި
ޏ.ފުވައްމުލައް ނޯރޯޒުގެ ޢަލީ އަޙްމަދާއި ދެމެދު 11 މާރޗް 2009 ގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް
އައިސްފައިވާކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމާއި، އަދި މުޙައްމަދު މުޢާޛާއި ޢަލީ
އަޙްމަދާއި ދެމެދު ކުރިން ކުރެވުނު މުޢާމަލާތް، މުޙައްމަދު މުޢާޛާއި މ.ފުޅަފި)ޔޫސުފް ޤާސިމާއި ދެމެދަށް
ބަދަލުކުރެވިފައިވާކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމާއި، މުޙައްމަދު މުޢާޛް ޔޫސުފް ޤާސިމާއި ދެމެދު
ޤާނޫނީގޮތުން ބަދެވޭ ބަނދެވުމެއް އުފެދިފައިކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ، އިސްވެ ޙަވާލާ
ދެވިފައިވާ ހ.ލޭޓެސްޓް މުޙައްމަދު މުޢާޛާއި ޏ.ފުވައްމުލައް ނޯރޯޒުގެ، ޢަލީ އަޙްމަދާއި ދެމެދު 01 މާރޗް 2009
ޓްރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރު ހިނގުން މާލެ
ބަnނ
ކަންތައްތައް
ހުރުމާއެކު،
ރާއްޖެ، ފޯރިވެ. 29}3325، ފެކްސް 3316471
އީމެއިލް fo@pig&curt.gov.mv
ވެސް
www.highcourt-gov.mvlle
ކަ ހ2(160 ކ ކބަން
11
2{11/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަސާސީ
ގައި ވެފައިވާ އެއްބަސްވުމާއި، ޢަލީ އަޙްމަދާއި މ.ފުޅަފި: ޔޫސުފް ޤާސިމާއި ދެމެދު 18 ޖުލައި 2010 ގައި
ވެފައިވާ އެއްބަސްވުމުގެ މާއްދާތަކުގެ ޞަރީޙަ ނައްޞުތަކުން އެނގޭ އެނގުންތަކާއި އަދި ކޮންޓްރެކްޓް އަކީ
މަޞްދަރުތަކާއިވެސް ޚިލާފަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކެއްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނު ހިނދު، މި ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ
46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށް ސިވިލްކޯޓަށް
ތަޙްލީލު ކުރަންޖެހޭ ޤަޟިއްޔާއެއްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ޙުކުމް:
ސިވިލް
ކުރިން
· 77
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތައް
އެގޮތުގެމަތީން ހުރުމާއެކު،
ނަންބަރު:2011/Cv
-
C/869 ޤަޟިއްޔާގައި
ޏ.ފުވައްމުލައް ނޯރޯޒުގެ ޢަލީ އަޙްމަދު ކޮށްފައިވާ ދަޢުވާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި،
ހ.ލޭޓެސްޓް މުޙައްމަދު މުޢާޛާއި ޏ.ފުވައްމުލައް ނޯރޯޒުގެ(ޢަލީ އަޙްމަދާއި ދެމެދު 01 މާރޗް 2009 ގައި
ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށާއި، އަދި މުޙައްމަދު މުޢާޛާއި ޢަލީ އަޙްމަދާއި ދެމެދު
ކުރެވުނު މުޢާމަލާތް، މުޙައްމަދު މުޢާދާއި މ.ފުޅަފި(ޔޫސުފް ޤާސިމާއި ދެމެދަށް
ވިފައިވާކަމަށާއި، މުޙައްމަދު މުޢާޛާއި ޔޫސުފް ޤާސިމާއި ދެމެދު ޤާނޫނީގޮތުން ބަނދެވޭ ބަނދެވުމެއް
އުފެދިފައިވާކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ، އިސްވެ އަވާލާ ދެވިފައިވާ ހ.ލޭޓެސްޓް!މުޙައްމަދު
މުޢާޛާއި ޏ.ފުވައްމުލައް)ނޯރޯޒުގެ(ޢަލީ އަޙްމަދާއި ދެމެދު 01 މާރޗް 2009 ގައި ވެފައިވާ އެއްބަސްވުމާއި،
ޢަލީ އަޙްމަދާއި މ.ފުޅަ(ޔޫސުފް ޤާސިމާއި ދެމެދު 18 ޖުލައި 2010 ގައި ވެފައިވާ އެއްބަސްވުމުގެ
މާއްދާތަކުގެ ޞަރީޙަ ނައްޞުތަކުން އެނގޭ އެނގުންތަކާއި އަދި ކޮންޓްރެކްޓް އަސާސީ މަޞްދައުތަކާއިވެސް
ޚިލާފަށް ކަނޑައަޅުއްވާފައިވާ
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
ދޫކުރ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު
ދިވެ ރާއްޖީ، ފޯން 3325129، ފެކްސް: 316471
އީމެއިލް [email protected]ވެބް
www.highcourt-gov.mylly
m
12
2{11/HC-A/224
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
47
ހދ 0
މައްދި
ހަމަތަކަށް
ވަނަ
ދޫގައި ކަނޑައަޅާ ވެގެންވާ
ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ
ނަންބަރު:2011/Cv
-
C/869 ޤަޟިއްޔާގައި ޏ.ފުވައްމުލައް ނޯރޯޒުގެ ޢަލީ އަޙްމަދު ކުޅަ ދަޢުވާ އަލުން
ބަލައި ފައިޞަލާ ކުރަނިވި ވިއްކުރުމަށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ ސިވިލްކޯޓަށް ތަޙްވީލްކޮށް، އެގޮތުގެ މަތިން ޙުކުމް
ކޮށްފީމެވެ.
22
22
22 ހތ
ޗެކެމެއެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv