ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/71 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/71
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ee
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 71/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އައިމިނަތު ޝަރީފާ
އައިޑީ ކާޑު ނަންބަރ: A052668
*
ދާއިމީ
މިހާރުގެ އެޑްރެސް: މ.ހަވީރީމަންޒިލް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޔޫމެޓް ކޮންސްޓްރަކްޝަން ޕވޓ.ލިޓޑ
* ދާއިމީ އެޑްރެސް: ވީބީ ބްރަދާރސް ބިލްޑިންގ،ތާރޑްފްލޯރ
* ރަޖިސްޓްރީ ނަންބަރު: 173
/
2006-C
Ooo
*
މިހާރުގެ އެޑްރެސް:
ބްރަދާރސް ބިލްޑިންގ،ތާރޑްފްލޯރ
ރަޖިސްޓްރީކުރެވުނު ތާރީޚް: 11 އެޕްރީލް 2011
ނިމުނު ތާރީޚް: 02 ޖުލައި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2009
)
203
/
Cv
-
C/2156)
• ހުށަހެޅި ތާރީޚް: 14 ސެޕްޓެމްބަރ 2009 * ނިމުނު ތާރީޚް: 21 ޑިސެމްބަރ 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢައްބާސް ޝަރީފު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2011/HC-A/71
ޘާޝިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޚުލާޞާ
މިއީ، ސިވިލް ކޯޓު ނަންބަރ:2010/Cv
-
C/203 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މ.ތޫރިއާމިނަތު ޝަރީފާގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަން ހުށަހެޅުމުން ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މީގެ ޟިއްޔާގެ އިސްތިއުނާފު ރައްދުވާ
ފަރާތަކީ
ޔޫމެޓް
ކޮންސްޓްރަކް.
ރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
0 0
01- ސިވިލް ކޯޓް ނަންބަރު: 2010/Cv
-
C/203 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، "އ.ތޫރި" އެވެ ކިޔާ ގޯއްޗާއި އިންވެގެން އިރުން އޮތް "މ.ޑާލިޔާ" އެވެ
ކިޔާ ގޯތީގައި 10 (ދިހައެއް) ބުރީގެ ޢިމާރާތެއް ބިނާކުރުމުގެ ކޮންޓްރެކްޓް ޔޫމެޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 173
/
2006-C) އަށް ލިބިގެން، އެޢިމާރާތުގެ ފައުންޑޭޝަން
އެޅުމަށް ކޮނުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން މ.ތޫރި އެވެ ކިޔާ ގޯތީގައި
ޢިމާރާތްކޮށްފައިވާ 3 (ތިނެއް) ބުރީގެ ޢިމާރާތް ވަގުތުން ތަޅާލާންޖެހޭފަދަ ގޮތެއްގައި ޢިމާރާތަށް ބޮޑެތި
ގެއްލުންތަކެއްލިބި، ޢިމާރާތް މުޅިން ތަޅާލަންޖެހިފައިވާތީ، އެފަދަ ޢިމާރާތެއްކުރެވޭނެ އަގާއި، ޢިމާރާތުގެ ކުލީގެ
ގޮތުގައި ލިބެންޖެހި، އެހެނަސް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޢަމަލުތަކުގެ ސަބަބުން
މިހާތަނަށް ނުލިބިވާ ކުއްޔާއެކު ޖުމްލަ 2,859,516
/
13ރ. (ދެމިލިއަން އަށްލައްކަ ފަންސާސް ނުވަހާސް
ފަސްސަތޭކަ ސޯޅަ ރުފިޔާ ތޭރަލާރި) އާއި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އެޢަމަލުގެ
ސަބަބުން ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މ.ތޫރި (މ.ހަވީރީމަންޒިލް) އާމިނަތު
ޝަރީފާ (ދ.ރ.ކާޑް ނަންބަރު A052668) ގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 8325
/
29ފެކް 331841
އީމެއިލް [email protected] ވެބް ސައިޓް: wielkowgov.mv
3
2{11/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،".. މ.ތޫރި (ދ.ހަވީރީމަންޒިލް) އާމިނަތު
ޝަރީފާ (ދ.ރ.ކާޑް ނަންބަރު A052668) ގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ކުޅަ ދަޢުވާއަށް ބަލައި ނަޒަރުކުރިއިރު،
ދަޢުވާއަށް އިންކާރުކޮށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ބުނެފައިވަނީ އާމިނަތު ޝަރީފާގެ ފަރާތުން މިދަޢުވާ އުފުލާފައިވަނީ ނުޙައްޤުން ފައިސާ ހޯދުމުގެ
މަޤްޞަދުގައިކަމަށާއި، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަކީ ކޮންސްޓްރަކްޝަން ދާއިރާގައި
ވަރަށް ފުޅާކޮށް މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަމުގައާއި، މ.ތޫރި އެވެ ކިޔާ ގޯތީގައި ހަދާފައިވާ
ޢިމާރާތަކީ ޤަވާޢިދާއި ޚިލާފަށް ހަދާފައިވާ ޢިމާރާތެއްކަމަށާއި، މިހެންކަމުން، އާމިނަތު ޝަރީފާގެ ފަރާތުން
ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މިދަޢުވާ ނުއުފުލޭނެކަމަށާއި، މ.ތޫރި އެވެ ކިޔާ
ގޯތީގައި ހަދާފައިވާ ޢިމާރާތް ހަލާކުވެފައިވާތީއާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރެއްގެ
ގޮތުގައި 2,859,16
/
13ރ.(ދެމިލިއަން އަށްލައްކަ ފަންސާސް ނުވަހާސް ފަސްސަތޭކަ ސޯޅަރުފިޔާ ތޭރަލާރި)
ހޯދުމަށް ހުށަހަޅާފައިވާއިރު، އެމިންވަރު ކަނޑައެޅޭ އެއްވެސް ކިތާބީހެއްކެއް ހުށަހަޅާފައިނުވާކަމަށާއި،
ދަޢުވާ ކުރާ ފަރާތުން އަދި ދަޢުވާ ލިބޭ ފަރާތުންވެސް މ.ތޫރި އެވެ ކިޔާ ގޯތީގައި ހަދާފައިވާ
ޢިމާރާތަށް ގެއްލުންވެފައިވާކަމާމެދު ދެބަސްނުވާކަމަށާއި، ޚިލާފު އުފެދިފައިވަނީ ގެއްލުންވީ ސަބަބާ މެދު
ކަމަށްވުމާއެކު، ކަންވެފައިވާގޮތް ސާފުކުރުމަށްޓަކައި ހެކިން ހާޟިރުކުރެވި، ހެކިބަސްނެގި، މާލޭ
މުނިސްޕަލްޓީއިން މަޢުލޫމާތު ހޯދި، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ރިއަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ރިޢާޔަތްކުރެވުނު ހިނދު،
މ.ޑާވިއާ އެވެ ކިޔާ ގޯތީގައި ޢިމާރާތެއް ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މ.ތޫރި އެވެ
ކިޔާ ގޯއްޗަށް ގެއްލުންވެފައިވާކަމަށް ބުނެ، އެގެއްލުމުގެ ބަދަލު ހޯދަށް ދަޢުވާކުރާ ފަރާތުން އެދިފައިވާއިރު،
މިދެފަރާތުގެ މެދުގައި އެއްވެސް އެއްބަސްވުމެއް ނެތްކަމަށްޓަކައި، މިޤަޟިއްޔާއިން ހުށަހެޅިފައިވާ މައްސަލައަށް
ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހެނީ ޓޯޓް ( މަބްދަޢުތަކާއި މަފްހޫމްތަކަށްކަމަށާއި،
ދިވެހިރާއްa
ހަޢީ29
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2{11/HC-A/11
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެއްލުންވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާ މަދަނީ މިންގަނޑުތަކުން ޘާބިތުނުވާކަމުގައި ކަނޑައަޅަރއްޖޭގެ ހައި
ހުށަހަޅާފައިވާ ދަޢުވާއަށް ބަލާއިރު، ދަޢުވާ ލިބޭ ފަރާތުން ޢިމާރާތް ކުރުމަށް ޙަވާލުވީ ދަޢުވާ
ކުރާ ފަރާތުގެ ގޯއްޗާއި އިންވެގެން ހުންނަ ގެއެއްކަމުން، ދަޢުވާ ލިބޭ ފަރާތުން މަސައްކަތް ކުރުމުގައި
ފަރުވާތެރިކަމާއެކު ޢަމަލުކުރުމުގެ ޒިންމާއެއް ނުވަތަ ޑިއުޓީއެއް ވާކަން އެއީ ދެބަސްވެވެންނެތް ޙަޤީޤަތަކަށް
ވީހިނދު، ދަޢުވާ ލިބޭ ފަރާތުން މަސައްކަތް ކުރިގޮތުން ބަޔާންކުރެވުނު ޒިންމާ ނުވަތަ ޑިއުޓީ އަދާކޮށްފައި
ނުވާކަން ނުވަތަ އެކަން ކުރުމުގައި އިހުމާލުވެފައިވާކަން ނުވަތަ ނޫންކަމަށް ބަލާއިރު، ދަޢުވާ ލިބޭ ފަރާތުން
މަސައްކަތްކޮށްފައިވަނީ އެފަދަ މަސައްކަތްތައް ކުރާ ފަދައިން، ފަރުވާތެރިކަމާއެކުގައިކަމަށް ޝަރީޢަތަށް
ބުރަވެވޭކަމަށާއި،
މީގެ އިތުރުން، ދަޢުވާ ލިބޭ ފަރާތުން ދަޢުވާ ކުރާ ފަރާތުގެ މައްޗަށް އުފުލަންޖެހޭ އިތުރު
ޒިންމާއެއް ނުވަތަ ޑިއުޓީ އެއްވާކަން، އަދި ދަޢުވާލިބޭ ފަރާތުން އެޒިންމާ ނުވަތަ ޑިއުޓީ އަދާކޮށްފައިނުވާކަން
ނުވަތަ އަދާކުރުމުގައި އިހުމާލުވެފައިވާކަން ދަޢުވާކުރާ ފަރާތުން ދައްކުވާދީފައި ނުވާކަމާއި،
އިކުއިޓީ (ނުވަތަ އަދާމާ ވަލް އިންޞާފު) ގެ އުޞޫލުތަކަށް ބެލުމުންވެސް، ކަމެއްގައި
ޙައްޤެއް ލިބިދިނުން އެދި އިންސާފުގެ ކުރިމައްޗަށް އަންނަ މީހަކު ހުންނަންވާނީ އެކަމެއްގައި އޭނާ ފުރިހަމަ
ކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކޮށް، ޙައްޤުގޮތުގައި ކަމުގައި އިކުއިޓީގެ ހަމައިން އެނގޭއިރު، މ.އާލިޔާ އެވެ
ކިޔާ ގޯތީގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަން ފެށުމުން މ.ތޫރި އެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތަށް
ގެއްލުންވެފައިވާކަމަށް ބަޔާންކުރާއިރު، މ.ތޫރި އެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތަކީ ޢިމާރާތްކުރުމުގެ ޤަވާޢިދާއި،
ޢިމާރާތްކުރުމުގައި ގެންގުޅޭ އަސާސީ މިންގަނޑުތަކަށް ނުކޮށް، މ.ތޫރި އެވެ ކިޔާ ގޯތީގައިވާ ޢިމާރާތާއި
ޖެހިގެން ހުންނަ މ.އާލިޔާ އެވެ ކިޔާ ގޯތީގެ ޢިމާރާތްކުރަން ފެށުމުން މ.ތޫރި އެވެކިޔާ ގޯތީގައިވާ ޢިމާރާތަށް
ލިބޭ ގެއްލުމުގެ ޒިންމާ އެހެން ފަރާތަކުން އުފުލަންޖެހޭނެކަމުގައި ޝަރީޢަތުން ނުދެކޭތީ،
މ. އާލިޔާ އެވެ ކިޔާ ގޯތީގައި ޢިމާރާތްކުރުމަށްޓަކައި ފައުންޑޭޝަން އެޅުމަށް ކޮނުމުގައި
ޢަމަލުކުރަންޖެހޭ ގޮތަކާއި ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން މ.ތޫރި އެވެ ކިޔާ ގޯތީގައި ޢިމާރާތަށް
...840
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2{011/HC-A/71
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޣައިރުޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިން ކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2010/Cv-C/203
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ޅ.ތޫރިއާމިނަތު ޝަރީފްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން،
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މ. ޑާލިޔާ އެވެ ކިޔާ ގޯތީގައި އެގޯތީގެ ބޮޑުމިނުގައި 10 ބުރީގެ
ޢިމާރާތެއް ބިނާކުރުމަށް ފައުންޑޭޝަން އެޅުމަށްޓަކައި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން މ.ތޫރި އެވެ ކިޔާ ގޯއްޗާއި އިންވެގެން ކޮނުމުގައި ސަލާމަތީ ފިޔަވަޅު އަޅާފައި ނެތުމުގެ ސަބަބުން
މ.ތޫރި ޢިމާރާތް އަރިއަރާޅާލައި، އިޢާދަނުކުރެވޭފަދަ ބޮޑު ގެއްލުންތަކެއް މ.ތޫރި އިމާރާތަށް ލިބި، އިމާރާތް
ފުނޑުފުނޑު ވެފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާއިރު، ޝަރީއަތުން ކުރެއްވި ރިޢާޔަތަށް އޮޅުން އެރުމުގެ
ސަބަބުން ޙައްޤު ގާއިމުކުރެވިފައި ނުވާކަމަށްބުނެ ހުށަހެޅި
* ދެވަނަ ނުކުތާއަކީ: މ.ޑާލިއާ އެވެ ކިޔާ ގޯތީގެ ބޮޑުމިނުގައި 10 ބުރީގެ އިމާރާތެއް
ކުރުމަށް މ.ތޫރި އާއި އިންވެގެން ޔޫމެޓް ކޮންސްޓްރަކްޝަން ޕވޓ.ލިޓޑ އިން މ.ޑާލިޔާގެ ބިން ކޮނުމުގެ
ކުރިން މ.ތޫރީގެ އިމާރާތަށް އެފަދަ އެއްވެސް ގެއްލުމެއް ލިބިފައިނުވާއިރު، ޙައްޤު ގާއިމު ކުރެއްވުމަށްޓަކައި
އިމާރާތަށް ގެއްލުން ލިބުނު ގޮތުގެ މައްޗަށް ކުރެއްވި ރިޢާޔަތަށް އޮޅުން އަރާފައިވާކަމަށްބުނެ ހުށަހެޅި
4 2 422
ކތައް
99
22 23 2
ކެeއެވެ
* ތިންވަނަ ނުކުތާއަކީ: މ.ޑާލިޔާގައި 10 ބުރީގެ އިމާރާތެއް ކުރުމަށް ފައުންޑޭޝަން
އެޅުމަށްޓަކައި މ.ތޫރި އާ އިންވެގެން މ.ޑާލިޔާ ގެ ބިން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ކޮންނަން ފެށުމުގެ ކުރިން މ.ތޫރީގެ ވެރިފަރާތާއި އެކު އެއްބަސްވުމެއް ހެދުމަށް ޔޫމެޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި
24 2 22
ނުކުهއވެ"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ،ދިވެހިވެއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް Sanghougov.mv ސައިޓް WWW.highcourt.gov.mv
6
2{11/HC-A/11
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ހަތަރުވަނަ ނުކުތާއަކީ: ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިން ޝަރީޢަތަށް ޙާޟިރު
ކުރެއްވުމުގައި ހާދިސާއާ ގުޅުމެއް ނުވާ ކަމެއްގެ މައްޗަށް ދަޢުވާ ލިބޭ ފަރާތުން ހުށަހެޅި ހެކިން ޙާޟިރު
ކުރައްވައި ހެކިބަސް ނަންގަވައި، ހެކިންގެ ހެކިބަހުގެ ބަޔާންތަކުގެ ރަފް ކޮޕީ އެކަނި ރިޕޯޓުގައި ހިމަނުއްވާފައި
ވުމުން ހެކިބަހުގެ މައްޗަށް ކުރެއްވި ރިޢާޔަތުގެ އަދުލުވެރިކަމާއި މެދު ތުހުމަތުގެ ނަޒަރަކުން
ބަލަންޖެހިފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: މ.ތޫރި އިމާރާތަށް ލިބިފައިވާ ގެއްލުންތައް ލިބުނީ ދަޢުވާލިބޭ
ފަރާތުން އެބުނާ ފަދަ ސަބަބުތަކެއް މެދުވެރިވެގެން ނޫންކަމާއި، މ.ތޫރި އިމާރާތް ފުނޑުފުނޑުވީ ސަލާމަތީ
ފިޔަވަޅު ނާޅާ، މ.ތޫރި އާ އިންވެގެން މ.ލިޔާ ގޯތީގެ ބިން އެހާ ފުންކޮށް ކޮނުމުގެ ސަބަބުންކަން އިމާރާތަށް
ބެލުމުން އެނގި ކަށަވަރު ވާއިރު، ދަޢުވާގެ ދެފަރާތުން އެގެއްލުން ލިބުނުގޮތުގެ މައްޗަށް ދެބަސްވުމުން
ޝަރީޢަތުގެ ފަރާތުން ބެއްލެވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވާއިރު، އަދި އެކަމަށް އެދި
އެތައްފަހަރެއްގެ މަތިން ޝަރީޢަތުގައި ދަންނަވާފައިވާއިރު ޝަރީޢަތުގެ ފަރާތުން ޢަމަލީގޮތުން އެކަންކަން
މިންވަރަކަށް ބައްލަވާ ނުލައްވައި ކުރެއްވި ޙުކުމުގެ ސަބަބުން ހައްޤު ގާއިމުކުރެވިފައި
ނުވާކަމަށްބުނެ
ހުށަހެޅި ނުކުތާއެވެ.
03- މިޤަޟިއްޔާއާ ގުޅިގެން، އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓު ނަންބަރު
2010/Cv-C/203 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އާމިނަތު ޝަރީފާއާއި ޔޫމެޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިޔުންތަކަށާއި، ސިވިލްކޯޓަށް ހާޒިރުކޮށްފައިވާ ހެކީންގެ ހެކިބަހަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުންބަލާ ރިޢާޔަތްކުރާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ސިވިލް ކޯޓު ނަންބަރު 2010/Cv
-
C/203 ޤަޟިއްޔާގައި ޔޫމެޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް މ.ތޫރި(އާމިނަތު ޝަރީފާ ކޮށްފައިވާ ދަޢުވާއަކީ، މ.އާލިޔާ އެވެ ކިޔާ ގޯތީގައި
10 ބުރީގެ ޢިމާރާތެއް ކުރުމުގެ ގޮތުން ފައުންޑޭޝަން އެޅުމަށްޓަކައި އެގޯތީގެ ބިން ކޮނުމުގައި އެގޯއްޗާއި
2 4 8 2
ހައިކޯ2
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{11/HC-A/71
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24
ކިޔާ ގޯތީގައި ކޮށްފައިވާ 03 ބުރީގެ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމާމެދު މިދެފަރާތުގެ ދެމެދުގަޖޭގެ ހައި
އިން ވެގެން އޮންނަ މ.ތޫރި އެވެ ކިޔާގޯތީގައިވާ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއްވެ، އެޢިމާރާތް ވަގުތުން
ތަޅާލަންޖެހޭ ހިސާބަށް ހަލާކުވެ ގޮސްފައިވަނީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އެމަސައްކަތް ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އެޅުމެއްނެތި އެމަސައްކަތް
ކުރަންފެށުމުންކަމަށްބުނެ، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ އެޢަމަލުގެ ސަބަބުން އާމިނަތު
ޝަރީފާ އަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން
އޮތް ހިނދު، އެދަޢުވާއަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިންކާރުކޮށް،
ދަޢުވާގައި ބުނެފައިވާ ގެއްލުން މ.ތޫރި އެވެ ކިޔާ ގޯތީގައިވާ ޢިމާރާތަށް ވެފައިވަނީ، ޔޫމެޓް ކޮންސްޓްރަކް
ކްޝަން
ޕްރައިވެޓް ލިމިޓެޑް ގެ ޢަމަލެއްގެ ސަބަބުން ނޫންކަމަށާއި، އެޢިމާރާތަށް ގެއްލުން ވެފައިވަނީ މ.ތޫރި އެވެ ކިޔާ
ގޯތީގައި ހުރި 03 (ތިނެއް) ބުރީގެ ޢިމާރާތަކީ ޢިމާރާތް ކުރުމުގެ ޤަވާޢިދާއި އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ
ޢިމާރާތަކަށްވާތީކަމަށްބުނެ، އެކަން ސާބިތުކޮށްދިނުމަށްޓަކައި އެމަސައްކަތުގައި ޙަރަކާތްތެރިވި ފަރާތްތަކާއި،
ރިޔަން ކޮންސްޓްރަކްޝަންގެ ފަރާތުން ތައްޔާރުކޮށްފައިވާ އޮނިގަނޑުގެ ޙާލަތުގެ ވިޝުއަލް އިންސްޕެކްޝަން"
މ.ތޫރި، މިނަމުގައިވާ ރިޕޯޓެއް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހަޅާފައިވާއިރު، އާމިނަތު ޝަރީފާގެ ދަޢުވާ ސާބިތުކޮށްދިނުމަށްޓަކައި އެފަރާތުންވެސް ހެކީން
ހުށަހަޅާފައިވާކަމާއި، އަދި މި ހާދިސާ އާއި ގުޅިގެން މާލޭ މުނިސިޕަލްޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ
ރިޕޯޓެއްވެސް ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/203 ޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާކަން
ފާހަގަ
(ނ) ސިވިލް ކޯޓު ނަންބަރު 2010/Cv
-
C/203 ޤަޟިއްޔާ އާއި ގުޅިގެން ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ހާޒިރުކޮށްފައިވާ ހެކީންގެ ހެކިބަހަށް ބަލާއިރު، މ.އާލިޔާ އެވެ ކިޔާ ގޯތީގައި ޔޫމެޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
މިޓެޑް ގެ ފަރާތުން 10 ބުރީގެ ޢިމާރާތެއް ކުރުމުގެ މަސައްކަތް
ކުރުމަށްޓަކައި އެގޯތީގެ ބިންކޮނުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެގޯއްޗާއި އިންވެގެން އޮންނަ މ.ތޫރީ އެވެ
/ އ ވ2 2
4
2
4
ހޤީކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2{11/HC-A/11
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4
ޚިލާފު އުފެދިފައި ނުވާކަމާއި، ޚިލާފު އުފެދިފައިވަނީ އެޢިމާރާތަށް އެފަދައިން ގެއްލުން ވެފައިވަނީ ޔޫމެޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ޢަމަލުތަކުގެ ސަބަބުންކަމަށް އާމިނަތު ޝަރީފާ ބުނާ ބުނުމާ
މެދުގައިކަން ފާހަގަކުރެވޭކަމާއި،
މިގޮތުން މިކަމާގުޅިގެން އާމިނަތު ޝަރީފާގެ ފަރާތުން މާލޭ މުނިސިޕަލްޓީއަށް ހުށަހެޅި
ހުށަހެޅުމަކާ ގުޅިގެން، މާލޭ މުނިސިޕަލްޓީގެ ފަރާތުން މ.ތޫރި އެވެ ކިޔާ ޢިމާރާތް ބަލާ ހެދުމަށްފަހު، ތައްޔާރު
ކޮށްފައިވާ ރިޕޯޓަކާއި، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނާ ބުނުން
ސާބިތުކޮށްދިނުމަށްޓަކައި ރިޔަން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެން ތައްޔާރު ކޮށްފައިވާ އޮނިގަނޑުގެ
ޙާލަތުގެ ވިޝުއަލް އިންސްޕެކްޝަން" މ.ތޫރި، މިނަމުގައިވާ ރިޕޯޓަކާއި، ދެފަރާތުން ހުށަހަޅާފައިވާ ހެކިން
ހާޒިރުކޮށް ސުވާލުކުރެވި، އެކަން ކަމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓު ނަންބަރު 2010/Cv-C/203
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ކަންތައްތަކެއް ފާހަގަކުރައްވާފައި ވާކަމާއި،
އަދި އިސްވެ މިބަޔާންކުރެވުނު ދެ ރިޕޯޓުގެ އަލީގައި ސިވިލް ކޯޓު ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަ
ކުރައްވާފައިވާކަމާއި،
މިގޮތުން 27 މެއި 2009 ގައި މާލޭ މުނިސިޕަލްޓީގެ ފަރާތުން ތައްޔާރު ކޮށްފައިވާ މ.ޑާލިޔާ
އެވެ ކިޔާ ގޯއްޗާއި އިންވެގެން ހުޅަނގަށް އޮންނަ މ.ތޫރި އެވެ ކިޔާ ގޯތީގައި 3 ބުރިއަށް ހަދާފައިވާ
ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކާބެހޭ ރިޕޯޓް" މިނަމުގައިވާ ރިޕޯޓުގައި، މ.ތޫރި އެވެ ކިޔާ ގޯތީގައިވާ 3
ބުރީގެ ޢިމާރާތަށް ލިބިފައިވާ ގެއްލުންތައް ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްފައި ވިޔަސް، އެފަދައިން
ގެއްލުންވާން މެދުވެރިވި ސަބަބަކީ ކޮބައިކަން ސާފުކޮށް ބަޔާން ކޮށްފައި ނުވާކަމަށް ފާހަގަކުރެއްވުމަށްފަހު،
މ.އާލިޔާ އެވެ ކިޔާ ގޯތީގައި ފައުންޑޭޝަން އެޅުމަށްޓަކައި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން ބިން ކޮނުމުގެ މަސައްކަތް ކޮށްފައިވަނީ ލަކުނޑި ފިލާ ޖެއްސުމަށްފަހުގައި ކަމަށް ފާހަގަކޮށްފައިވާކަން
203/Cv-C/2010
ދ ޏ އ ހ02
ކެނތއތކ
ދިވެހިރާއްޖޭގެ
އެނގޭކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ (އިކޯޓް،
އީމެއިލް
ގެން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް WWW.highcourt.gov.mv
info@hig neart go mv 'Em
9
2{11/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
??? - 2 ex 6 = 4
0 2 0 2 0 2
އަދި ރިޔަން ކޮންސްޓްރަކްޝަން ގެ ފަރާތުން ތައްޔާރު ކޮށްފައިވާ އޮނިގަނޑުގެ ޙާލަތުގެ
ވިޝުއަލް އިންސްޕެކްޝަން" މ.ތޫރި، މިނަމުގައިވާ ރިޕޯޓުގައި، މ.ތޫރީ އެވެ ކިޔާ ގޯތީގައި 03 ބުރިއަށް
ކޮށްފައިވާ ޢިމާރާތުގެ އަޞްލަކީ، ކުރީގެ ގޮތަށް ތެޅިގަލުން އެއްބުރިއަށް ކޮށްފައިވާ ޢިމާރާތެއް ކަމަށާއި، އޭގެ
ފަހުން އާދައިގެ ތަނބު ޖަހައިގެން އިތުރު ދެބުރި ޢިމާރާތްކޮށް ޖުމްލަ 3 ބުރީގެ ޢިމާރާތަކަށް ބަދަލު
ކޮށްފައިވަނީ ކަމަށާއި، އެ ޢިމާރާތް ކޮށްފައިވާ ގޮތުގެ ކުރެހުމެއް ނެތްކަމަށާއި، ކުރީގެ ގޮތަށް ތެޅިގަލުން
އެއްބުރިއަށް ހަދާފައިވާ އެޢިމާރާތަށް އިތުރު ދެބުރި އިތުރު ކުރުމަށްޓަކައި "8 (އަނެއް އިންޗި، "8 (އަށެއް
އިންޗި) ގެ 8 (އަށެއް) ތަނބު ޖަހާފައިވާކަމަށާއި، ނަމަވެސް އެތަނބުތައް ޖަހާފައިވަނީ، '2 (ދެއެއް ފޫޓް) ގެ
ބުޑުތަކެއްގެ މައްޗަށްކަމަށާއި، އަދި އެ ޢިމާރާތުގެ ތިރީބުރީގެ ފާރުތައް ވަރުގަދަ ކުރުމަށްޓަކައި، ޓައިބީމް ވެސް
އަޅާފައި ނުވާކަމަށް އެރިޕޯޓުގައި ފާހަގަކުރުމަށްފަހު، އެޢިމާރާތުގެ އެންމެ ތިރީބުރި ކުރީގެ ގޮތަށް ތެޅިގަލުން
ރާނާފް ވިޔަސް، މަތީ ދެބުރި ރާނާފައިވަނީ އެޅިގަލުންކަމަށާއި، އަދި ފާރުގައި ސިމެންތި ޖަހާފައިވަނީ ހިލަވެލި
ބޭނުންކޮށްގެންކަމަށް އެރިޕޯޓުގައި ފާހަގަކުރުމަށްފަހު، މ.ތޫރި އެވެ ކިޔާ ގޯތީގައިހުރި އެޢިމާރާތަށް
މެދުވެރިވި ދެ ސަބަބެއް އެރިޕޯޓުގައި ބަޔާން ކޮށްފައިވާކަމާއި، މިގޮތުން ފާހަގަކޮށްފައިވާ؟
އެއްކަމަކީ: ޑީވޯޓަރ ކުރުމުގެ ސަބަބުން މ.ތޫރީގެ ބިންގަލުގެ ދަށުން ވެލިގަނޑު ކެހުމާއި،
މ.ތޫރީގައި ހަދާފައިވާ ޢިމާރާތް ވަރުގަދަ ނުވުމުގެ ސަބަބުން އެޢިމާރާތް އަރިވުން ފަދަ ކަންކަން ކުރިމަތިވުން.
ދެވަނަ ކަމަކީ: އަލަށް ޢިމާރާތް ކުރާތަނުގެ ފަސްގަނޑު ހަމަޖެހެމުން ދިޔަވަރަކަށް، މ.ތޫރީގެ
ބިންގަލާއި ފާރުތައް ހަމަޖެހިފައި ހުރުމަށް މެދުވެރިވި ވެލިގަނޑަށް އަސަރުކޮށްފައި ވުމުގެ ސަބަބުން،
މ.ތޫރިއާއި އިންވެގެން ހަދާ ޢިމާރާތުގެ މަސައްކަތް ކުރިއަށް ދިޔަ ވަރަކަށް އެބިންގަޑު ހަމަޖެހެމުން ދިޔުމާއި،
އެމަސައްކަތާއި ގުޅިގެން އަންނަ ވައިބްރޭޝަންގެ ސަބަބުން މ.ތޫރި އަރިއަޅާލައި، ރާއި ތަޅުމުގައި
ރެނދުލުން، މިފަދައިންކަން ފާހަގަކުރެވެއެވެ.
(ނ) އިސްވެ މިބަޔާން ކުރެވުނު ދެ ރިޕޯޓުގެ އިތުރުން ސިވިލް ކޯޓު ނަންބަރު
2010/Cv
-
C/203 ޤަޟިއްޔާ އާއި ގުޅިގެން މާލޭ މުނިސިޕަލްޓީ މެދުވެރިކޮށް އިތުރު މަޢުދޫ ހިއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
2{011/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސާފުކުރައްވާފައިވާކަން އެނގޭކަމާއި، މިގޮތުން، މ.ތޫރި އެވެ ކިޔާ ގޯތީގައި 6.35 މީޓަރުގެ އުސްމިނުގައި
ލަކުޑި ފަންގިފިލާ އަޅައިގެން 2 (ދެއެއް) ބުރީގެ ޢިމާރާތެއް ކުރުމަށް 16 އޯގަސްޓް 1999 ގައި މޯލްޑިވްސް
ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑުގެ ނަންބަރު 99
/
305-ޑީ "މާލޭގައި ޢިމާރާތް ކުރުމުގެ ހުއްދަ"
މ.ތޫރީގެ ވެރިފަރާތަށް ދޫކޮށްފައިވަނިކޮށް، އެ ދެ ބުރީގެ ޢިމާރާތަށް އިތުރު ބުރިއެއް އިތުރު ކުރުމުގެ ހުއްދައަށް
އެދި ކ.ތުރި އެވެ ކިޔާ ގޯތީގެ ވެރިފަރާތުން ހުށަހެޅުމުން މޯލްޑިވްސް ހައުސިންގ އެންޑް އަރބަން
ޑިވެލޮޕްމަންޓް ބޯޑުގެ ފަރާތުން ބެލިއިރު، އެޢިމާރާތްވަނީ 03 ބުރިއަށް ހަދާ ނިންމާފައި ކަމަށާއި، އަދި
އެގޮތަށް ހަދާފައިވަނީވެސް ކުރިން އެބޯޑުން ހުއްދަ ދޫކޮށްފައިވާ ކުރެހުމާއި ޚިލާފަށްކަމަށްވާތީ، އެބޯޑުގެ
ފަރާތުން މ.ތޫރި އެވެ ކިޔާ ގޯތީގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާކަން ފާހަގަކުރައްވާފައިވާކަން އެނގެއެވެ.
(ރ) އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓު ނަންބަރު 2010/Cv-C/203 ޤަޟިއްޔާ
ޝަރީޢަތުން ބެއްލެވުމަށްފަހު، އިސްވެ ބަޔާންކުރެވުނު ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ނިންމަވާފައިވާ
ނިންމެވުން ބިނާކުރެއްވި އަސާސްތައް ބަޔާންކުރައްވަމުން އެރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ވަނަ
ނަންބަރުން ފެށިގެން 25 ވަނަ ނަންބަރުގެ ނިޔަލަށް ފާހަގަ ކުރައްވާފައިވާ ކަންތައްތަކަށް
އެޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަށް ގޮތެއް ކަނޑައެޅުއްވުމުގައި ޝަރީޢަތުން ރިޢާޔަތް ކުރައްވަންޖެހޭނީ
ކޯޓް ގެ މަޞްދަރުތަކާއި މަފްހޫމްތަކަށް ކަމަށް ބަޔާންކުރައްވައި، ދަޢުވާލިބޭ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑް
ފަރާތުން މަސައްކަތް ކުރުމުގައި އާމިނަތު ޝަރީފާ އަށް ނުވަތަ މ.ތޫރިއަށް އަދާކުރަންޖެހޭ ޑިޔުޓީ
އެއް ނުވަތަ މަސްއޫލިއްޔަތެއް ވޭތޯ ބެލުމާއި، އެފަދަ މަސްއޫލިއްޔަތެއް އޮވެ، އެ މަސްއޫލިއްޔަތު އަދާކޮށްފައި
ވޭތޯ ބެލުމާއި، ނުވަތަ އެމަސްއޫލިއްޔަތެއް އަދާކުރުމުގައި އިހުމާލުވޭތޯ ބެލުމާއި، އަދި އެފަދަ މަސްއޫލިއްޔަތެއް
އަދާ ނުރުމުގެ ސަބަބުން އަނެއް ފަރާތަށް އެކަމުން ގެއްލުމެއް ވެފައިވޭތޯ ބެލުން އެއީ ޝަރީޢަތުން ކުރަންޖެހޭ
OX
ބަލާއިރު،
2«
ކަމެއްކަމަށް ބަޔާން ކުރެއްވުމަށް ފަހު،
ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މ.ޑާލިޔާ ގައި ޢިމާރާތް
ކުރުމަށްޓަކައި އެގޯތީގެ ބިން ކޮނުމުގެ މަސައްކަތް ކުރިގޮތުން
ބަޔާންކުރެވުނު ޑިޔުޓީ ނުވަތަ މަސްއޫލިއްޔަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
11
2{11/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެންގުޅޭ
Puc
އަދާކޮށްފައި ނުވާކަން، ނުވަތަ އެމަސައްކަތް ކުރުމުގައި އެފަދަ މަސައްކަތް ކުރުމުގައި ޢާންމުކޮށް
މިންގަޑުތަކާއި ޚިލާފުވެ އިހުމާލުވެފައިވޭތޯ ބަލާއިރު، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން އެމަސައްކަތް ކޮށްފައިވަނީ އެކަށީގެންވާ ފަރުވާތެރިކަމާއެކުގައި ކަމަށް ޝަރީޢަތުން ދެކޭކަމަށް
ފާހަގަކުރައްވާފައިވާކަން އެނގޭކަމައި،
މިގޮތުން އެނަތީޖާ ތަފްސީލު ކޮށްދެމުން އެރިޕޯޓުގެ 23 ވަނަ ނުކުތާގައި، ހުށަހެޅިފައިވާ
ހެކިބަސްތަކާއި އެހެނިހެން ލިޔެކިޔުންތަކަށް ބެލުމުން، މ.އާލިޔާ އެވެ ކިޔާ ގޯތީގައި ޢިމާރާތްކުރުމުގެ
މަސައްކަތް ކުރަން ފެށުމުގެ ކުރިން، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެގޯތީގެ
ވަށައިގެންވާ ޢިމާރާތުގެ ފެންވަރު ބެލުމަށްޓަކައި ތަންތަން ކޮޅުން ކޮނެ ވަށައިގެންވާ ޢިމާރާތްތަކުގެ
ފައުންޑޭޝަނުގެ ޙަޤީޤަތް ބެލުމުގެ މަސައްކަތް ކުރިކަމަށާއި، މިފަދައިން ކޮނުމުގެ ތެރޭގައި މ.ތޫރި އެވެ ކިޔާ
ގޯއްޗާއި ދިމާއިން ކޮނުމުން، އެގޯތީގައިވާ ޢިމާރާތަކީ އެންމެ ރަގަޅު ފެންވަރެއްގައި ހަދާފައިވާ ތަނެއް ނޫންކަން
އެނގުމުން، ލަސްނުކޮށް ސަލާމަތީ ފިޔަވަޅު އަޅާފައިވާކަން އެނގޭކަމަށް ފާހަގަކުރައްވައި، އެފަދައިން
ޢަމަލުކުރުމަކީ އެފަދަ މަސައްކަތް ކުރާ ބަޔަކު ކަންކުރުން އެކަށޭނެ ގޮތެއްކަމަށް ފާހަގަކުރެއްވުމަށްފަހު،
25 ވަނަ ނުކުތާގައި، ކަމެއްގައި ޙައްޤެއް ލިބިދިނުން އެދި އިންޞާފުގެ ކުރިމައްޗަށް އަންނަ
މީހަކު ހުންނަންވާނީ ޙައްޤު ގޮތުގައި ސާފު އަތަކައިގެންކަމަށް ބަޔާންކުރައްވައި، މ.ތޫރި އެވެ ކިޔާ ގޯތީގައިވާ
ޢިމާރާތަކީ ޢިމާރާތް ކުރުމުގެ ޤަވާޢިދާއި ޚިލާފަށް ހަދާފައިވާ ވަރަށް ބަލިކަށި ޢިމާރާތެއްކަން އެނގޭކަމަށާއި،
އެޢިމާރާތަކީ ޢިމާރާތްކުރުމުގެ އަސާސީ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ޢިމާރާތެއްކަމަށް ބަޔާން
ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ ސިވިލް ކޯޓު ނަންބަރު 2010/Cv
-
C/203 ޤަޟިއްޔާ ބައްލަވައި ހުށަހެޅިފައިވާ ކަމާބެހޭ
ރިޕޯޓުތަކުގެ އަލީގައާއި ހެކީންގެ ހެކިބަހުންގެ މައްޗަށް ރިޢާޔަތްކޮށް ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވުނު
ކަންތައްތަކުގައި ޙަޤީޤަތާއި ޚިލާފު އެއްވެސް ކަމެއް ވާކަން އާމިނަތު ޝަރީފާ އަށް އިސްތިއުނާފް މަރުޙަލާގައި
ސާބިތުކޮށްދެވިފައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިޖޭގެ ހައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
12
2{11/HC-A/11
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވެވިފައިވަނީ އާމިނަތު ޝަރީފާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް
ކޯޓު ނަންބަރު 2010/Cv
-
C/203 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ އެއްވެސް ސަބަބެއް
04 ދ ތ 44
ނޭނެކަމަށެވެ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި
ސަބަބުތައް އެގޮތަށް ހުރުމާއެކު، މ.ތޫރި އެވެ ކިޔާ ގޯއްޗާއި އިންވެގެން އިރުން އޮތް މ.ޑާލިޔާ އެވެ ކިޔާ
ގޯތީގައި 10 (ދިހައެއް) ބުރީގެ އިމާރާތެއް ބިނާކުރުމުގެ ކޮންޓްރެކްޓް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 173
/
2006-C) އަށް ލިބިގެން، އެޢިމާރާތުގެ ފައުންޑޭޝަން އެޅުމަށް
ކޮނުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން މ.ތޫރި އެވެ ކިޔާ ގޯތީގައި
ޢިމާރާތްކޮށްފައިވާ 3 (ތިނެއް) ބުރީގެ ޢިމާރާތް ވަގުތުން ތަޅާލާންޖެހޭފަދަ ގޮތެއްގައި ޢިމާރާތަށް ބޮޑެތި
ގެއްލުންތަކެއްލިބި، ޢިމާރާތް މުޅިން ތަޅާލަންޖެހިފައިވާކަމަށްބުނެ، އެފަދަ ޢިމާރާތެއްކުރެވޭނެ އަގާއި، ޢިމާރާތުގެ
ކުލީގެ ގޮތުގައި ލިބެންޖެހި، އެހެނަސް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޢަމަލުތަކުގެ ސަބަބުން
މިހާތަނަށް ނުލިބިވާ ކުއްޔާއެކު ޖުމްލަ 2,859,516
/
13ރ. (ދެމިލިއަން އަށްލައްކަ ފަންސާސް ނުވަހާސް
ފަސްސަތޭކަ ސޯޅަ ރުފިޔާ ތޭރަލާރި) އާއި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އެޢަމަލުގެ
ސަބަބުން ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މ.ތޫރި (ދ.ހަވީރީމަންޒިލް) އާމިނަތު
ޝަރީފާ (ދ.ރ.ކާޑް ނަންބަރު A052668) ގެ ފަރާތުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ސިވިލް ކޯޓު ނަންބަރު 2010/Cv-C/203 ޤަޟިއްޔާގައި ކުޅަ ދަޢުވާ ބައްލަވައި އެދަޢުވާ ސާބިތު
ނުވާކަމަށް ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް
ޖެހިރާއްޖޭގެ
، ޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން،
އީމެއިލް [email protected]
ގެން 3329 ، ފެކްސް 6471
1
33
އި
www.highcourt.gov.me
13
2011/HC-A/71
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް
ކޮށްފިމެވެ.
ހަޢީކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv