ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/239 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/239
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އަޒާޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓު
• ޤަޟިއްޔާ ނަންބަރ: 239/HC
-
A/2009
އިސްތިއުނާފުކުރިފަރާތް:
0
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
އައިޑީކާޑު ނަންބަރ
| އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުޙައްމަދު ފަޒީން
އައިޑީކާޑު ނަންބަރ: 152121
A
ދާއިމީ އެޑްރެސް: ބިލައްމާގެ / ގއ.މާމެންދޫ
މިހާރުގެ އެޑްރެސް: މ. ކަރާދުނބުރިގެ / މާލެ
ހުށަހެޅި ތާރީޚް: 13 އޯގަސްޓް 2009
ނިމުނު ތާރީޚް: 18 އޯގަސްޓް 2011
.
އިސްތިސާފުކުރި ޤަޟިއްޔާ ނަންބަރު: 2009/JC/361
• ޤަޟިއްޔާގެ ބާވަތް: އަމުރަށްނުކިޔަމަންތެރިވުން
• ނިންމި ކޯޓު: ޖިނާއީކޯޓު
، ނިމުނު ތާރީޚް: 20 އޭޕްރީލް 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާދު ޝުޢައިބު ޙުސެއިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޖުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009/HC-A/239
2
ދަޢުވާގެ ޚުލާސާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/361 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
486
މާމެންދޫ،
هއވެ
މުޙައްމަދު ފަޒީން
މި ޤަޟިއްޔާގައި، ދައުވާރައްދުވާ ފަރާތަކީ،
(އައިޑެންޓިޓީކާޑު ނަންބަރު A152121) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/361 ޤަޟިއްޔާ ނިންމަވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/361 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ ގއ. މާމެންދޫ، ބިލައްމާގޭ މުޙައްމަދު ފަޒީނު، 28 ޖޫން 2008 ދުވަހުގެ 9:20
އެހައިކަށްހައިއިރު، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މާލޭ ކަސްޓޯޑިއަލަށް ހާޒިރުކޮށް، ކުޑަކަމުދާތަކެތި
ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށް، ކުޑަކަމުދާތަކެތި ދީފައިނުވާތީ ޤާނޫނުލްޢުޤޫބާތުގެ
88 ވަނަ މާއްދާގެ (ހ)ގެ ދަށުން މުޙައްމަދު ފަޒީނުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ
ކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މާމެންދޫ ބިލައްމާގޭ
މުޙައްމަދު ފަޒީނުގެ މައްޗަށް ދައުލަތުން ކުރެއްވި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން
ބެލިއިރު، މިހާދިސާ ހިނގާފައިވަނީ ފުލުހުންގެ ޤާނޫނު ފާސްވުމުގެ ކުރިންކަމުގައިވުމާއި، ފުލުހުންގެ ޤާނޫނު
ފާސްވުމުގެ ކުރިން ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އަމުރުކުރަނީ ޢާންމުކުރެވިފައިވާ ޤަވާޢިދެއްގެ
ދަށުންކަމަށް އެނގެންނެތުމާއެކު، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް މުޙައްމަދު
4ދ0 ex
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/239
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3
ފަޒީނުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ޙުކުމް ކުރައްވައިކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
0މތ
-03
ކޯޓުގެ ނަންބަރު 2009/JC/361 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 03 (ތިން) ނުކުތާއެއް ހުށަހަޅައި،
އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:-
, ދޑ
(ހ) ފުރަތަމަ ނުކުތާއަކީ، ކުށްކުރާ މީހުން ހިފާ ހައްޔަރުކުރުމާއި، ކުށް ސާބިތުކުރުމަށްޓަކައި
ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމާއި ހެއްކާއި ޤަރީނާ އެއްކުރުމާއި، މިފަދަ ތަކެތި ހޯދުމަށްޓަކައި
ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިދީފައިވާ އެއްފަރާތަކީ މޯލްޑިވްސް
ޕޮލިސް ސަރވިސްކަމަށް ވީހިނދު، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މީހަކު
ހައްޔަރުކުރުމަށްފަހު، ތަޙްޤީޤަށް އޭނާގެ ކުޑަކަމުދާތަކެތި ތަޙްލީލު ކުރުމަށް ބޭނުންވާތީއާއި، ޤާނޫނު ނަންބަރު
17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާކަން ނުވަތަ
ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާއެއްޗެއްކަން ސާބިތުކުރުމަށްޓަކައި، އެކަލުގެ ތަޢުލީމީ ޕްހާއި ތަޖުރިބާ
ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި އަދާކުރާ ހެކިބަރަކީ، ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ
ޤަރީނާއެއްކަމަށް އޮންނައިރު، މިފަދަ މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޢުލީމު ރިޕޯޓަކީ
މުހިންމު އެއްޗަކަށްވީއިރު، ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުގެ ނުވަތަ އަމުރުކުރުމުގެ ބާރު ތަޙްޤީޤުކުރާ
ފަރާތަށް ލިބިގެންނުވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ
ހުށަހެޅި
(ށ) ދެވަނަ ނުކުތާއަކީ: މިމައްސަލައިގެ ހާދިސާ ހިނގާފައިވަނީ 2008 ވަނަ އަހަރުގެ ޖޫން
މަހުގެ 28 ވަނަ ދުވަހު ކަމަށްވެފައި، އައު ޤާނޫނުއަސާސީ ތަސްދީޤު ކުރެވިފައިވަނީ 2008 ވަނަ އަހަރުގެ
އޯގަސްޓް މަހުގެ 07 ވަނަ ދުވަހު ކަމަށްވުމުން، މިމައްސަލައިގެ މައްޗަށް ހިނގާނީ ކުރީގެ ޤާނޫނުއަސާސީގެ
ދަށުން ޢަމަލުކުރަމުން ގޮސްފައިވާ އުޞޫލުތަށްކަމަށާއި، އެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގައި "ޤާނޫނު"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ޕެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2009,HC-A239
މިބަސް މާނަކޮށްފައިވާ ގޮތުން "ޤާނޫނު" މިބަހުގެ މާނައިގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާ
ޤާނޫނުތަކާއި، އެޤާނޫނުތަކުގެ ދަށުން ހެދޭ ޤަވާޢިދުތަކާއި، ސަރުކާރުން ޢަމަލުކުރަމުން ގެންދާ އުޞޫލުތައް
ހިމެނިފައިވާއިރު، ކުރީގެ ޤާނޫނުއަސާސީގެ ދަށުން މިފަދަ އެތައް މައްސަލަތަކެއް ޖިނާއީ ކޯޓުން ސާބިތުވެފައިވާ
ހިނދު، އެމައްސަލަތަކުގައި އެނޫން ގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސުޕްރީމް ކޯޓުންވެސް ގޮތެއް
ނިންމަވާފައިނުވުމާއެކު، މިމައްސަލާގައި މިކަންތައްތަކަށް ނުބައްލަވައި، މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ
(ނ) ތިންވަނަ ނުކުތާއަކީ:
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
04- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/361 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކާ ގުޅޭގޮތުން މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތްކަމުގައިވާ ގއ. މާމެންދޫ ބިލައްމާގޭ
މުޙައްމަދު ފަޒީނު ބުނެފައިވަނީ، ފުލުހުންގެ ބޭކަލުން ކުޑަކަމުދާތަކެތި ދިނުމަށް މުޙައްމަދު ފަޒީނަށް އެންގި
ނަމަވެސް އޭނާގެ ކުޑަކަމުދާތަކެތި ދީފައިނުވާކަމަށާއި، މައްސަލަ ވީހާ އަވަހަކަށް ނިންމައިދިނުމަށް
$ &cދ ދ 2
تراسو
05- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/361 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަކާއި
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ނިންމަން ފެންނަގޮތާމެދު ފަނޑިޔާރުންގެމެދުގައި ދެރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ.
މިގޮތުން ފަނޑިޔާރުންގެ މެދުގައި ޚިޔާލުތަފާތުވި ދެރައުޔާއި އަދި އެދެރައުޔު ބިނާކުރެވިފައިވާ އަސާސްތައް
ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: in [email protected] ވެބްސައިޓް: Www.highcourt.gov.mv
ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009/HC-A239
5
ފުރަތަމަ: ޚިލާފުވި ރައުޔު (ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު)
އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ ކޮންމެ
ކަމެއްގައި، ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި އެހެންގޮތަކަށް ކަނޑައެޅިފައިނުވާނަމަ އަދާކުރަންޖެހޭ
ޒިންމާއެއްކަމާއި ޝަރުޢީގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި ދިވެހިރާއްޖޭގެ ޝަރުޢީ
ނިޒާމުގެ ތެރެއިން ބެލެވި އަދަބު ދެވިފައިވާކަން އެނގެންއޮތްއިރު، 28 ޖޫން 2008 ދުވަހުގެ 9:20 ހާއިރު،
މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން މުޙައްމަދު ފަޒީން މާލޭ ކަސްޓޯޑިއަލަށް ހާޒިރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން
ކުޑަކަމުދާތަކެތި ދިނުމަށް މުޙައްމަދު ފަޒީނު އިންކާރުކޮށް ކުޑަކަމުދާތަކެތި ދީފައިނުވުމަކީ އެކަމުގެ މައްޗަށް
އަދަބު ކަނޑައެޅެންއޮތް، ޖިނާއީ ކުށެއްތޯ ބަލާއިރު، ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި
އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދުގެ 42 ވަނަ މާއްދާގެ (ހ) ގައިވަނީ "ކުށުގެ ތުހުމަތުގައި ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެވޭ ނުވަތަ ބަންދުކުރެވޭ މީހުންގެ ޑީ.އެން.އޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށްޓަކައި
ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން އެމީހެއްގެ ރުހުމުގައި ސަބް އިންސްޕެކްޓަރަކަށްވުރެ މަތީ އޮފިސަރެއްގެ
ހުއްދަ ލިބިގެން ސާމްޕަލް ނެގުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ." މިހެން ކަމާއި އަދި މިމާއްދާގެ
(ނ) އަށް ބަލާއިރު، ހަށިގަނޑުގެ އެތެރެއިން ކުޑަކަމުދާތަކެތި ފިޔަވައި އެހެން ސާމްޕަލް ނެގުމަށް ބޭނުންވާމީހާ
އެސާމްޕަލް ދިނުމަށް އިންކާރުކޮށްފިނަމަ އެމީހާގެ ހަށިގަނޑުން ސާމްޕަލް ނެގޭނީ ކޯޓު އަމުރެއް ލިބިގެން
ކަމުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ހ4 4ހ
لހ4
ބަޔާންކުރެވިދިޔަ ޤަވާޢިދުގެ އެމާއްދާއަށް ބަލާއިރު، ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެވޭ ނުވަތަ ބަންދުކުރެވޭ މީހެ
މީހެއްގެ ކުޑަކަމުދާތަކެތީގެ ސާމްޕަލެއް ނެގޭނީ ދެކަމެއް ފުރިހަމަވެގެންކަމާއިގެ
404
ފުރަތަމަ ކަމަކީ އެމީހާގެ ރުހުން އެކަމަށް އޮތުންކަމާއި،
ދެވަނަ ކަމަކީ ސަބް އިންސްޕެކްޓަރަކަށްވުރެ މަތީ އޮފިސަރެއްގެ ހުއްދަ އެކަމަށް ލިބިފައި
އޮވެގެންކަން އެނގެން އޮތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009;HC-A:239
6
* * 2 ތ 8
އެހެންރ
ހަންކަމުން، އެމީހެއްގެ ރުހުން އެކަމެއްގެ މައްޗަށް އޮންނަންވާނެކަމަށް ޤާނޫނުގައި ނުވަތަ
ޤަވާޢިދުގައި ކަނޑައެޅިފައިވާ ކަމެއް އެމީހަކު ނުކުރުމުން އެއީ ކުށެއްކަމަށް ބަލައި ޖިނާއީ އަދަބެއް އެމީހެއްގެ
މައްޗަށް ކަނޑައެޅިދާނެ ހަމައެއް އޮތްކަމަށް ނުފެންނަކަން ފާހަގަ ކުރެވެއެވެ.
(ނ) ދެވަނަ ކަމަކީ: މުޙައްމަދު ފަޒީނު، ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރިކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނާ ތާރީޚު ނުވަތަ އެދުވަސްވަރު، ކުޑަކަމުދާތަކެތި ނުދޭ ފަރާތްތަކުގެ
މައްޗަށް ދައުލަތުން ދަޢުވާކޮށް އަދަބު ކަނޑައެޅިފައިވީނަމަވެސް، 28 ޖޫން 2008 ދުވަހު މުޙައްމަދު ފަޒީނު
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މާލޭ ކަސްޓޯޑިއަލަށް ހާޒިރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން
ކުޑަކަމުދާތަކެތި ނުދީވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ފަޒީނުގެ މައްޗަށް 10
ފެބްރުއަރީ 2009 ގައި ޖިނާއީ ކޯޓަށް ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން،
ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚުތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާޢިދަށް 2 ނޮވެމްބަރު
2008 ގައި ޢަމަލު ކުރަން ފަށާފައިވުމުންނާއި ކުނެއްގެ ތުހުމަތުގައި ހާޒިރުކުރެވޭ މީހެއްގެ ކުޑަކަމުދާތަކެތީގެ
ސާމްޕަލެއް ނެގޭނީ އެމީހާގެ ރުހުމުގައި ކަމުގައި އެޤަވާޢިދުގައި ބަޔާންކޮށްފައިވުމުން، ކުރިން އެޢަމަލަކީ
ކުށެއްކަމުގައި ބެލެވުނު ނަމަވެސް ފަހުން ކުށެއްނޫންކަމުގައި ބަލަންޖެހޭކަން އެޤަވާޢިދުން އެނގެން އޮތުމުން،
މުޙައްމަދު ފަޒީނު ކުޑަކަމުދާތަކެތި ނުދިނުމުގެ މައްޗަށް އެއިރު ޢަމަލުކުރެވެމުންދިޔަ އުޞޫލުގެ މައްޗަށް ބިނާކޮށް
އަދަބު ކަނޑައަޅަން ޖެހޭތޯ ނުވަތަ ޤާނޫނަށް ގެނެވުނު އިޞްލާހުން ލިބިދީފައިވާ ލުއިގެ ފައިދާ މުޙައްމަދު
ފަޒީނަށް ދޭން ޖެހޭނެތޯ ބަލާއިރު،
ކުށުގެ ޢަމަލެއް ކުރުމާއި އެކުށްކުރިމީހާގެ މައްޗަށް ޙުކުމް ކުރުމާ ދެމެދު ޤާނޫނަށް ގެނެވޭ
ބަދަލަކުން ލުޔެއްދީފައިވާނަމަ ޤާނޫނުން ލިބިދިން ލުއިގެ ފައިދާ އެމީހާއަށް ލިބެންވާނެ ކަމާއި އެހެންކަމުން،
ފަހުން ހެދުނު ޤާނޫނުގައި ނުވަތަ ޤާނޫނަށް ގެނެވުނު އިޞްލާހުގައި، އެޢަމަލަކީ ކުނެއްނޫން ކަމުގައި
ބަޔާންކޮށްފައިވާނަމަ އެމީހާގެ މައްޗަށް އަދަބު ކަނޑައަޅައިގެން ނުވާނެކަމާއި، ފަހުން ހެދުނު ޤާނޫނުގައި ނުވަތަ
ޤާނޫނަށް ގެނެވުނު އިޞްލާހުގައި، އެޢަމަލަށް ކަނޑައެޅިފައިވާ އަދަބު ކުޑަކޮށްފައިވާނަމަ އެމީހާއަށް ދޭންވާނީ
އެމީހާ އެޢަމަލުކުރިއިރު އެޢަމަލުގެ މައްޗަށް ކަނޑައެޅިފައިވާ އަދަބުގެ ބަދަލުގައި ފަހުން ކަނޑައެޅުނު ލުއި
އަދަބު ކަމާއި، މިކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއިންވެސް އެނގެން އޮތުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
">
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009/HC-A239
7
މުޙައްމަދު ފަޒީން ކުޑަކަމުދާތަކެތި ނުދީ މަނާވެގެންފައިވާނަމަވެސް އެއީ މުޙައްމަދު ފަޒީނުގެ މައްޗަށް ޖިނާއީ
ކޯޓަށް ހުށަހެޅުނު މައްސަލަ ނިންމެވިއިރު އަދަބު ކަނޑައެޅެންއޮތް ކުށުގެ ޢަމަލެއްކަމުގައި ބަލާނެތަނެއް
ނެތްކަން ފާހަގަ ކުރެވެއެވެ.
2
4
2 ހ02
އދނެކަމަ
ކަމުން، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/361 ޤަޟިއްޔާގައި މުޙައްމަދު ފަޒީނުގެ
މައްޗަށް ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޖިނާއީ ކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބަލާނެތަނެއް އޮތްކަމަކަށް ނުފެނެއެވެ.
ދެވަނަ: އަޣްލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމާއި ފަނޑިޔާރު ޢަލީ ސަމީރުގެ ރަޢުޔު)
(ހ) ފުރަތަމަ ކަމަކީ، ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، އަލަށްފާސްވާ ޤާނޫނަކީ އަލަށް
އެކުލަވާލެވުނު ޤާނޫނަކަށްވިޔަސް ނުވަތަ އިޞްލާޙުކުރެވުނު ޤާނޫނަކަށްވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ
އުޞޫލެއްވިޔަސް، ވޭތުވެދިޔަ ޒަމާނުގެ މައްޗަށް ނުވަތަ ވޭތުވެދިޔަ ހާދިސާގެ މައްޗަށް ނުހިންގުމަކީ އެއާއިމެދު
ޚިލާފެއްނެތް ޤާނޫނީ އުޞޫލެއްކަން އެނގޭކަމަށާއި، އިސްތިސްން ގޮތެއްގައިވެސް ވޭތުވެދިޔަކަމަކަށް ނުވަތަ
ވޭތުވެދިޔަ ޒަމާންތަކުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ އުޞޫލެއްވިޔަސް ހިންގޭނީ
އަލަށް ފާސްވި ޤާނޫނުގައި އެގޮތަށް ކަނޑައެޅި ބަޔާންކޮށްފައިވާނަމަ ނުވަތަ އެހެން ޤާނޫނަކުންވިޔަސް އެފަދަ
އިސްތިސްނާއަކަށް ތަންދޭނަމަ ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
C/2008 ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާކަން އެނގެންއޮންނައިރު، މިމައްސަލައިގެ ހާދިސާ ހިނގާފައިވަނީ 2008 ވަނަ އަހަރުގެ
ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށްވުމުން، މި މައްސަލައިގެ މައްޗަށް ހިންގަންޖެހޭނީ ކުރީގެ
ޤާނޫނުއަސާސީގައި ނުވަތަ ކުރިން ޢަމަލުކުރަމުން ދިޔަ އަދި މިހާދިސާ ހިނގިއިރު ޢަމަލުކުރަމުން ދިޔަ
އުސޫލުތައްކަމާއި، ތަޙްޤީޤުގެ ބޭނުމަށްޓަކައި ހެކި ހޯދުމާއި ހެކި ރައްކާތެރިކުރުމަކީ ފުލުހުންނަށް ލިބިފައިއޮތް
ބާރެއްކަމާއި، އަދި މިމައްސަލައިގެ ހާދިސާ ހިނގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނުއަސާސީއާއި ޢަމަލުކުރަމުން
ދިޔަ އުޞޫލުތަކުގެ މައްޗަށް ބަލާއިރު، ފުލުހުން ކުރާ މިފަދަ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ޤާނޫނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ވާ،
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009}F1C-A/239
8
ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައިވާ ފަދަ އަމުރަށް ނުކިޔަމަންތެރިވުމެއް ކަމުގައި ދިވެހިރާއްޖޭގެ ޝަރުޢީ
ނިޒާމުގެ ތެރެއިން ބަލަމުން ގޮސްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ މާއްދާގެ
ތިންވަނަ ޖުމުލާގައި އޮންނަނީ "ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމް ކުރުމާ ދެމެދު، އެ ކުރި ކުށެއްގެ
އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ
އަދަބެވެ." މިހެންކަމާއި، މި މާއްދާއިން ލިބިދޭ ޙައްޤަކީ އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކަށް
އެމީހެއްގެ މައްޗަށް އަދަބު ކަނޑައެޅޭއިރު އެ ކުށެއް އެމީހަކު ކުރި އިރަކު އެކުށަށް ކަނޑައެޅިފައިވާ
އަދަބަށްވުރެ ފުއި އަދަބެއް ފަހުން ހެދޭ ޤާނޫނެއްގައި ކަނޑައެޅިފައިވާނަމަ އެ ލުއި އަދަބެއް އެމީހަކަށް
ލިބުންކަން އެނގޭކަމާއި
ކަމާއި، މިހާރު ޢަމަލުކުރެވެމުން ޤާނޫނުއަސާސީ
ސާސީއަށް ޢަމަލުކުރަން ފެށުމާއެކު، އެ
ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް އުވިގެން ދިޔަކަމުގައިވިޔަސް އެ ޤާނޫނުއަސާސީގައި
އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާ ހިނދަކު، އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރީން، އެ
ޤާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ބާޠިލުނުވާނެކަން ޤާނޫނުއަސާސީގެ 270 ވަނަ މާއްދާއަށް
ބެލުމުން އެނގެން އޮންނަކަމާއި، ތަޙުޤީޤުކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު އަދާކުރުމަށް
އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ ކޮންމެ
ކަމެއްގައި އަދާކުރަންޖެހޭ ޒިންމާއެއްކަމަށް ދީނުގައި އަންގަވައި އަމުރުކުރައްވާފައިވުމުން، މިހާރު
ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިނަމަވެސް އިސްވެ ދެންނެވުނު ޒިންމާއިން އެއްވެސް މީހަކު
ބަރީއަވެގެން ނުދާނެކަން އެނގެން އޮންނަކަމެވެ.
3
(ނ) ތިންވަނަ ކަމަކީ: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު
މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާ އެއްޗެއްކަން
ސާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި އަދާކުރާ
ހެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މަސްތުވާތަކެތީގެ މައްސަލަތައް
ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޙްލީލު ރިޕޯޓަކީ ވަރަށް މުހިއްމު އެއްޗެއްކަމުގައި ބެލެވޭކަމާއި، މިފަދަ
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
މުނު ގޮތުގެ ޚުލާސާ
2009/HC-A/239
9
OXOC
0 330 4
ރިޕޯޓެއް ހެދުމާއި ނުހެދުން ބިނާވެގެންވަނީ، މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތު ކުރެވިފައިވާ މީހާ ދޭ
ކުޑަކަމުދާތަކެތީގެ މައްޗަށް ބުރަވެހުރެކަން އެނގެންއޮތްއިރު، ތަޙްޤީޤުގެ ބޭނުމަށްޓަކައި ކުޑަކަމުދާތަކެތި ދިނުމަށް
ކުޑަކަމުދާތަކެތި ނުދިނުމަކީ ތުހުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި ތެކަމެއްކަމުގައި ވެއްޖެނަމަ،
އެކަމަކީ ޤާނޫނަކުން ބާރުލިބިގެންކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމަށްޓަކައި ކުރެވޭ
ޢަމަލެއްކަމުގައި ނޫނީ
0x ހ04 ހ2
އތަކަ2
.ހ 04 އމހ
2
2
4
2 ހ44
"3998
22
824 ދ.
(ނ) ހަތަރުވަނަ ކަމަކީ: މުޙައްމަދު ފަޒީނުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން
ދަށުކޯޓު (ޖިނާޢީ ކޯޓު)ގައި ދަޢުވާކޮށްފައިވަނީ ފުލުހުން ކުރަމުންދިޔަ ތަޙްޤީޤަކަށް މުޙައްމަދު ފަޒީނުގެ
ކަމުދާތަކެތި ދިނުމަށް އެންގުމުން މުޙައްމަދު ފަޒީނު، އެކަމަށް މުކޮށް ކުޑަކަމުދާތަކެތި
ފައިނުވާކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން މުޙައްމަދު ފަޒީނު އަމުރަށް
ނުކިޔަމަންތެރިވީ ކަމުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި، މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ
ކޮންމެ ކަމެއްގައި ތަޙުޤީޤުކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު އަދާކުރުމަށް އެހީތެރިވެދިނުމާއި
ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ އަދާކުރަންޖެހޭ ޒިންމާއެއްކަމަށާއި، ހެކި ނުފޮރުވުމަށާއި އަމިއްލަ ނަފުސާ
ދެކޮޅަށް ކަމުގައިވިޔަސް ހެކިބަސް ދިނުމަށާއި ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި އަންގަވައި،
މުރުކު އިވާކަމަށާއި، ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުންކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން
ލްޢުޤޫބާތުގެ ވަނަ މާއްދާގައި ކަނޑައަޅާފައިވާއިރު، ޝަރުއީ
އަމުރަށް
ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު
ދެވިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން
އެނގޭތީ، ތަޙްޤީޤަށް ބޭނުންވާ ކުޑަކަމުދާތަކެތި ޤަޞްދުގައި ނުދިނުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން
ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވީކަމެއް ކަމުގައި ބެލެވެން އޮންނަކަމެވެ.
12
.ފއކމ
ޤާނޫނު248ޑ
88
ގނނުގެ
(ބ) ފަސްވަނަ ކަމަކީ: ދަޢުލަތުން ގއ. މާމެންދޫ، ބިލައްމާގޭ މުޙައްމަދު ފަޒީނުގެ މައްޗަށް ކުރި
އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން 20 އޭޕްރީލް 2009 ގައި، މުޙައްމަދު ފަޒީނު ޖިނާއީ
ކޯޓަށް ދީފައިވާ ބަޔާނުގައިވަނީ، "އަޅުގަނޑުގެ މައްޗަށް ދައުލަތުން އެކުރެއްވި އަމުރަށްނުކިޔަންތެރިވުމުގެ ކުށުގެ
ދަޢުވާ އަޅުގަނޑަށް ސާފުވެއްޖެއެވެ.
ދަޢުވާގައި އެވާފަދައިން 28 ޖޫން 2008 ދުވަހުގެ 9:00 ހާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: info{@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
ވާ،
ދެ ޖޯޒީ
ނިމުނު ގޮތުގެ ޚުލާސާ
2009/HC-A;239
10
އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރުކޮށް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން އަޅުގަނޑު އެތަކެތި
ދީފައިނުވާނެއެވެ. މިއީ އަޅުގަނޑު ދޭ ތެދު ބަޔާނެކެވެ.1 މިފަދައިންބުނެ، އިޢުތިރާފުވެފައިވާކަން އެނގެން
އޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އޭނާގެ ކުޑަކަމުދާތަކެތި ދިނުމަށް
ފުލުހުންގެ ބޭކަލުން އެންގުމުން އެތަކެތި ނުދޭކަމަށް ބުނެފައިވާކަން ފާހަގަ ކުރެވޭ
484ވ.|
1ރވާކަމެވެ
(ޅ) ހަވަނަ ކަމަކީ: ދައުލަތުން މުޙައްމަދު ފަޒީނުގެ މައްޗަށްކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ
ކުށުގެ ދަޢުވާއަށް މުޙައްމަދު ފަޒީނު ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަން އެނގޭއިރު، ޤާނޫނަކުން
ބާރުލިބިގެންކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމާއި އެފަދަކަންކަމަށް ޙައްޤަކާނުލައި
ހުރަސްއެޅުމަކީ، ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއްކަމަށް ބެލެވޭކަން، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި،
10 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 59 ވަނަ މާއްދާގެ (ހ) އާއި، 142 ވަނަ މާއްދާގެ އިތުރަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލުމުން އެނގޭއިރު،
ޤާނޫނަކުން ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން ތަޖްރީމުކުރާ
މާއްދާއެއް ޤާނޫނާއި ޤަވާޢިދުގައި ނެތްކަމަށްބުނެ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދެއްވާ
އެކަމަކީ ކުށުގެ ޢަމަލެއްކަމަށް ބަލާނެތަނެއްނެތް ކަމަށާއި އަދި އެކަމަށް ޢުޤޫބާތު ކަނޑައެޅުމަކީވެސް
ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އެކަމަށް ހުރަސްއަޅާ ކަމެއްކަމަށް ޖިނާއީ ކޯޓުން ބައްލަވާފައިވަނީ،
އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަދި އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ އެންމެހައި
ކަންތައްތައް ދިވެހިރާއްޖޭގައި މަނާ ކަންތައްތަކެއްގެ ގޮތުގައި ބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ ކަށަވަރު ކޮށްދިނުމާއި ފުށުއަރާގޮތަށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 310/HC-A/2009 ޤަޟިއްޔާއަށް
އެނގެން އޮންނަކަމެވެ.
&
ހ49334
-ނ /0
/
901ނ އނގ ބ
(ކ) ހަތްވަނަ ކަމަކީ: މާމެންދޫ ބިލައްމާގޭ މުޙައްމަދު ފަޒީނުގެ ކުށުގެ ރެކޯޑު ސާފުކޮށް
ބެލިބެލުމުން، އޭނާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމާއި، ވިޔަފާރީގެބޭނުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއްނެތި ބޭހުގެ
ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވައްކަންކުރުމާއި، ލައިސަންސް ނުނަގައި އެއްގަމުގައި
ދުއްވާއިންޖީނުލީ އެއްޗެއް ދުއްވުމުގެ ކުށްތައް ޝަރީޢަތަށް ސާބިތުވެ އަދަބު ކަނޑައަޅާފައިވާކަން ކްރިމިނަލް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕާން: 33215029، ފެކްސް: 16471
33
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009/HC-A;239
il
ކޯޓުގެ ނަންބަރު 95
/
2011
/
17/R-145 (09 އޯގަސްޓް 2011) ސިޓީއާއެކު ފޮނުއްވާފައިވާ، މުޙައްމަދު
ފަޒީނުގެ ކުށުގެ ރެކޯޑުން އެނގެން އޮންނަކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުގެ
ކުރެވުނު ކަންތައްތައް އެގޮތުގެމަތިން ހުރުމުން، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/361 ޤަޟިއްޔާގައި ގއ. މާމެންދޫ ބިލައްމާގޭ މުޙައްމަދު ފަޒީނުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ
88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް
ކުރައްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް ފެނުނު ހިނދުގެ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި، ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި،
ހަމަތަކާއި، ކަންތައްތަކަށް ރިއާޔަތްކޮށް، މުޙައްމަދު ފަޒީން 4(ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
ޙުކުމް ކޮށްފީމެވެ.
25 >