ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/283 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
::
• ޤަޟިއްޔާ ނަންބަރު: 283/HC-A/2011
އިސްތިއުނާފު ކުރި ފަރާތް:
* ނަން: މަރްޔަމް ނަޒާހާ
ދާއިމީ އެޑްރެސް: ހ. ބައިކަނޑިގެ| މާލެ
އައި.ޑީ.ކާޑު ނަންބަރު: A166861
މިހާރުގެ އެޑްރެސް:
ވަކީލު: އދ. ޙުސްނުއްސުޢޫދު ހަސަންކާރިގެ| ސ. މީދޫ
އދ. އިސްމާޢީލް ވިޝާމް، ހަނީޑީއު މާލެ
އދ. ޢާއިޝަތު އާޒިމާ ޝަކޫރު، މ. އާސްތާނާ/ މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. މަހާޒް ޢަލީ ޒާހިރު
ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޖިހާދާ އަނީސް
ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޝަމްރާ ޝަމީމް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 މުޙައްރަމް 1433 * ނިމުނު ތާރީޚް: 13 ޝަޢުބާން 1436
07 ޑިސެމްބަރ 2011
31 މެއި 2015
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC
/
2010
)
1285
/
Cr
-
C/1306)
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ޤަޞްދުގައި މީހަކު މަރާލުން
• ހުށަހެޅުނު ތާރީޚް: 22 އޯގަސްޓް 2010
ނިމުނު ތާރީޚް: 07 އޯގަސްޓް 2011
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްޑް
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢަބްދުﷲ ޙަމީދު
ފަނޑިޔާރު: ޢައްބާސް ޝަރީފް ފަނޑިޔާރު. ޢަލީ ސަމީރު
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ބޭ9(49މ ދިވެން
2
2011/HC-A/783
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
ނޫންކަމަށްބުނެ،
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1285 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ބައިކަނޑިގެ މަރްޔަމް ނަޒާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހ
0
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1285 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ބައިކަނޑިގެ
މަރްޔަމް ނަޒާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1285 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 22 ޖޫން 2010 ދުވަހުގެ 15:00
އެހައިކަންހާއިރު، އެދުރުގެ ޙަސަން ޝާހިދު ބައިކަނޑިގެ މަރްޔަމް ނަޒާހާ ދިރިއުޅޭ ކަމަށްވާ
ހ. ބައިކަނޑިގެއަށް ގޮސް މަރްޔަމް ނަޒާހާ ދިރިއުޅޭ ކޮޓަރިއަށް ވަނުމުން، މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ
ބުރަކަށްޓަށް ވަޅިއަކުން ޙަމަލާދީފައިވާތީ އާއި، މިޙަމަލާގެ ސަބަބުން ޙަސަން ޝާހިދަށް ލިބުނު އަނިޔާއަށް
ދަނިކޮށް، 22 ޖޫން 2010 ދުވަހުގެ 16:15 ގައި ޙަސަން ޝާހިދު ނިޔާވެފައިވާތީ،
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/283
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
މަރްޔަމް ނަޒާހާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބައްލަވައި
ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
CCCXOC
ނަޒާހާ ދިރިއުޅޭ
3. މިޤަޟިއްޔާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1285 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ،
ހ. ބައިކަނޑިގެ މަރްޔަމް ނަޒާހާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މިދަޢުވާ
ޝަރީޢަތުން ބެލިބެލުމުން، 22 ޖޫން 2010 ދުވަހުގެ 15:00 އެހައިކަންހާއިރު، ޙަސަން ޝާހިދު، މަރްޔަމް
ބައިކަނޑިގެއަށް ދިއުމުން، ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިއަކުން ހަމަލާދީފައިވާކަން
މަރްޔަމް ނަޒާހާގެ އަމިއްލަ އިޢުތިރާފުން އެނގެންއޮތުމާއި، ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިޖެހުމުގެ
ސަބަބުން ލިބުނު އަނިޔާއަށް ފަރުވާދެމުންދަނިކޮށް،
އެދުވަހުގެ 16:15 ގައި ޙަސަން ޝާހިދު
ނިޔާވެފައިވާކަމާއި، ޙަސަން ޝާހިދު ނިޔާވެފައިވަނީ، އޭނާގެ ބުރަކަށީގެ ކަނާއަތްފަޅިއަށް ތޫނުއެއްޗެއް ހެރުމުގެ
ސަބަބުން، މޭގެ ކަނާތްފަޅިއަށް ލެއާއިވައިޖަމާވެ ހިތްހުއްޓުމުގެ ސަބަބުންކަން ޙަސަން ޝާހިދުގެ މެޑިކޯލީގަލް
ރިޕޯޓުން އެނގެން އޮތުމުން، މަރްޔަމް ނަޒާހާގެ އަމިއްލަ އިޢުތިރާފުންނާއި، އިސްވެދިޔަ ގަރީނާތަކުގެ
މައްޗަށްބިނާކޮށް، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން މަރްޔަމް ނަޒާހާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ބައިކަނޑިގެ
މަރްޔަމް ނަޒާހާ އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް، މީނާގެ މައްޗަށް ސާބިތުވިކުށަކީ، އިސްލާމް ދީނުގައި
މަރުވިމީހާގެ ވާރުތަވެރިންގެ ޙައްޤުތަކެއް ހިމެނޭ ކުށަކަށް ވުމާއެކު، ޙަސަން ޝާހިދުގެ ވާރުތަވެރިންނާއި
ސުވާލުކުރުމުން އެންމެ ވާރުތަވެރިއަކު ފިޔަވައި ޤިޞާޞް ހިފަން ބޭނުން ނުވާކަމަށާއި، އަދި މަރުގެ ދިޔަވެސް
ވާކަމަށް ބުނެފައިވާތީ، މަރްޔަމް ނަޒާހާގެ ކިބައިން ޤިޞާޞް (މަރަށްމަރު) ހިފޭނެތަނެއް ނެތްކަމަށާއި،
މަރްޔަމް ނަޒާހާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވުމުން، އެކައްފާރާއެއްގެ ގޮތުން
ވިދިވިދިގެން ހަނދުމަކުން 02 (ދޭއް) މަސްދުވަހުގެ ރޯދަހިފުމަށް މަރްޔަމް ނަޒާހާއަށް އަންގައި، ޙަސަން
.
8ނު#
ކޮންނޭނެފަކު
ދިވެހިރާއްޖޭގެ
ހައިކޯ
Re
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ9 ދިވެހިއެއް
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
ޝާހިދު ނިޔާވިއިރު، ދުނިޔޭގައިތިބި ޙަސަން ޝާހިދުގެ 04 (ހަތަރު) ދަރިންނަކީ ކުޑަކުދިން ކަމަށްވާތީ،
އެކުދިން ފުރާފުރިހަމަވެ، ބާލިޣުވެބޮޑުވުމުން، ޙަސަން ޝާހިދުގެ މަރުގެ ދިޔައިގެތެރެއިން، އެކުދިންނަށް
ޙައްޤުވާ މިންވަރާއި މެދުގައި ދަޢުވާކުރުމުގެ ޙައްޤު ޙަސަން ޝާހިދުގެ 04 (ހަތަރު) ދަރިންކަމަށްވާ
"މުޙައްމަދު ރާއިދުއާއި އަޙްމަދު ރާއިފުއާއި، އިބްރާހީމް ޒަކުވާން އާއި އިސްމާއީލް ސާދިން (މުޙައްމަދު
ފާރިޒް)" އަށް ލިބިގެންވާކަން އަންގާ މިގޮތުގެ މަތީން ޙުކުމްކޮށް މައްސަލަ ނިންމީއެވެ" މިފަދައިންނެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1285 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ބައިކަނޑިގެ މަރްޔަމް ނަޒާހާގެ ފަރާތުން 04 (ހަތަރެއް)
ފާހަގަކޮށް އެކަންކަމާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން މަރްޔަމް ނަޒާހާގެ ފަރާތުން ހުށަހަޅާފައިވާ؟
3
2 ދ 46
ކުޖއެއ
و سومین
• ފުރަތަމަ ނުކުތާއަކީ: މަތީގައިވާ ހުރިހާ ކަމެއްގެ އަލީގައި މިމައްސަލާގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑަށް
ކުށް ސާބިތުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމުގައިވާއިރު، އަދި މިންގަނޑުން ކުށްސާބިތުކުރުމުގައި ކުށުގައި
އެމިންގަނޑަށް ސާބިތުކުރަންޖެހޭނޭކަމަށްވާއިރު، މިންގަނޑަށް
ތުކުރެވިފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4c
ރުކުނެއް
ޗ
0
. ދެވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ޙުކުމުގައި 26 ޑިސެމްބަރު 2010 ގައި ޝަރީޢަތުގެ
މަޖިލީހަށް މަރްޔަމް ނަޒާހާ ހުށަހަޅާފައިވާ ދިފާޢީ ބަޔާނަށް ރިޢާޔަތްކުރެއްވުމެއްނެތި ތުހުމަތުކުރެވިފައިވާ ކުށުގެ
ޢަމަލު ހިނގިތާ 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ (22 ޖޫން 2010 ގައި މަރްޔަމް ނަޒާހާ މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ދީފައިވާ) ބަޔާނުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ޙުކުމްކޮށްފައިވުމީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައިބުނެ ހުށަހެޅި
*ކއވެ.
ތިންވަނަ ނުކުތާއަކީ: މަރްޔަމް ނަޒާހާގެ މައްޗަށް ކުރެވި އަދި ކްރިމިނަލް ކޯޓުގައި
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ ކުނަކީ، ޤަޞްދުގައި މީހަކު މެރުންކަމުގައިވާއިރު، މައްސަލާގައި ޤަޞްދު
ސާބިތުކުރެވިފައިވާ ޤާނޫނީ ހަމަތަކަކީ ކޮބައިކަން ކަނޑައަޅުއްވާފައިނުވާކަން. އަދި 22 ޖޫން 2010 ގައި
މަރްޔަމް ނަޒާހާގެ އަތުން ހިނގައިދިޔަ ހާދިސާއަކީ ޖިނާއީ ޤަޞްދެއް އޮވެގެން ހިނގި ހާދިސާއެއް ނޫންކަމާއި
މަރްޔަމް ނަޒާހާގެ އަތުން 22 ޖޫން 2010 ގައި ހިނގައިދިޔަ ހާދިޘާގައި ނަޒާހާގެ ޖިނާއީ ޤަޞްދެއް ނެތްކަން
ދޭހަވާ އެތަކެއް ހެކިތަކެއް ހުރިއިރު އެއިން އެއްވެސް ކަމަކަށް ރިޢާޔަތްކުރައްވާފައި ނެތްކަމަށްބުނެ ހުށަހެޅި
4 2 499
ކުލައެވެ.
• ހަތަރުވަނަ ނުކުތާއަކީ: މައްސަލައާއި ގުޅިގެން ލިބިފައިވާ އެކިއެކި ބަޔާންތަކަށް ބަލާއިރު
މަރްޔަމް ނަޒާހާއަށް ޙަސަން ޝާހިދުގެ ފަރާތުން އެތައް ފަހަރެއްގެ މަތިން އެތައް ގޮތަކަށް އެތައް ދަރަޖައިގައި
ޖިސްމާނީ އަނިޔާތައް ލިބިފައިވާކަން އެނގެން އޮތްހިނދު، އަދި 22 ޖޫން 2010 ގައި މަރްޔަމް ނަޒާހާގެ
އަތުން ހިނގައިދިޔަ ހާދިޘާ ހިނގާފައިވަނީ އޭނާގެ އަމިއްލަ ނަފްސުގެ ދިފާޢުގައިކަން އަދި އޭނާ ތަހައްމަލު
ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ހީނަރުވެފައިވާ ނަފްސާނީ ޙާލަތެއްގައި ކަން ހުށަހެޅިފައިވާއިރު،
މިމައްސަލައިގައި ހުށަހެޅުނު ދިފާޢުތަކާ މެދު ޝަރީޢަތުން ގޮތެއް ކަނޑައަޅުއްވާފައިނުވާކަމަށް ބުނެ ހުށަހެޅި
3 މޭދު ޑ
eއ
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1285 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2011/HC-A/283
ޑ
14
ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ ބައިކަނޑިގެ މަރްޔަމް ނަޒާހާގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1285 ޤަޟިއްޔާގައި
ހުށަހެޅިފައިވާ މައްސަލައަކީ، ބައިކަނޑިގެ މަރްޔަމް ނަޒާހާ 22 ޖޫން 2010 ދުވަހުގެ 15:00
އެހައިކަންހާއިރު، ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިއަކުން ޙަމަލާދިނުމުގެ ސަބަބުން ޙަސަން ޝާހިދު ހަމަ
އެދުވަހުގެ 16:15 ގައި ނިޔާވެފައިވާތީ، ދައުލަތުން މަރްޔަމް ނަޒާހާގެ މައްޗަށް ހުށަހެޅި ޤަޞްދުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާގެ މައްސަލަކަން އެނގެންއޮންނަކަމާއި،
އޭނާގެ
2x4
އެމައްސަލަ ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ގޮތަށް ބަލާއިރު، ޙަސަން ޝާހިދު ނިޔާވެފައިވަނީ،
ބުރަކަށީގެ ކަނާއަތްފަޅިއަށް ތޫނުއެއްޗެއް ހެރުމުގެ ސަބަބުންކަން ޙަސަން ޝާހިދުގެ މެޑިކޯލީގަލް
ރިޕޯޓުން އެނގެން އޮތުމުން، މަރްޔަމް ނަޒާހާގެ އަމިއްލަ އިއުތިރާފުންނާއި، ލިބިފައިވާ ޤަރީނާތަކުގެ މައްޗަށް
ބަލާއިރު، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް މަރްޔަމް ނަޒާހާގެ މައްޗަށް ސާބިތުވާކަމަށާއި،
ނަމަވެސް ޙަސަން ޝާހިދުގެ ވާރުތަވެރިންކުރެ އެންމެ ވާރުތަވެރިއަކު ފިޔަވައި އެހެން ވާރުތަވެރިން ޤިޞާޞް
ހިފަން އަދި މަރުގެ ދިޔަވެސް ބޭނުންނުވާކަމަށް ބުނެފައިވުމުން، މަރްޔަމް ނަޒާހާގެ ކިބައިން ޤިޞާޞް
(މަރަށްމަރު) ހިފޭނެތަނެއް ނެތުމުން މަރްޔަމް ނަޒާހާގެ މައްޗަށް ސާބިތުވި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން މަރްޔަމް ނަޒާހާ އުމުރަށް ޖަލަށްލުމަށާއި، ކައްފާރާއެއްގެ
ގޮތުން ވިދިވިދިގެން ހަނދުމަކުން 02 (ދޭއް) މަސްދުވަހުގެ ރޯދަހިފުމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައި މަރްޔަމް
ނަޒާހާއަށް އަންގަވާފައިވާކަން އެނގޭކަމެވެ.
ފިރިހެއްޖޭގެ ފައިގަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
(ށ) ދެވަނަ ކަމަކީ، މަރްޔަމް ނަޒާހާގެ ފަރާތުން މިމައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅި
ނުކުތާތަކުގެ މައްޗަށް ބަލާއިރު، މަރްޔަމް ނަޒާހާގެ މައްޗަށް ދައުލަތުން ހުށަހެޅި ޤަޞްދުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާއަށް އިންކާރުކޮށް މަރްޔަމް ނަޒާހާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށާއި އަދި މިމައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މަރްޔަމް ނަޒާހާގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށް ބަލާއިރުވެސް، 22 ޖޫން 2010 ދުވަހުގެ 15:00 އެހައިކަންހާއިރު މަރްޔަމް ނަޒާހާ
ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިއެއް ހަރާލިކަމާއި އަދި އެވަޅި ޙަސަން ޝާހިދުގެ ބުރަކަށްޓަށް ހަރާލުމުގެ
ސަބަބުން ހަމަ އެދުވަހުގެ ވަގުތެއްގައި ޙަސަން ޝާހިދު ނިޔާވެފައިވާކަމާމެދު މަރްޔަމް ނަޒާހާގެ ފަރާތުން
އިންކާރުކޮށްފައިނުވާކަމާއި، އަދި ޙަސަން ޝާހިދުގެ ބުރަކައްޓަށް ވަޅި ހެރުމަށްފަހު އެކަން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ރިޕޯޓުކުރީވެސް އަދި ޙަސަން ޝާހިދުގެ ބުރަކަށްޓަށް މަރްޔަމް ނަޒާހާ ހަރާލި ވަޅި އޮތްތަން
ފުލުހުންނަށް ކިޔައިދީ އެވަޅި ދެއްކީވެސް މަރްޔަމް ނަޒާހާކަން މަރްޔަމް ނަޒާހާގެ ބަހުން ސާފުކޮށް
އެނގޭކަމާއި،
ވާހަކަތަކަށް
: 4
މަރްޔަމް ނަޒާހާގެ ފަރާތުން ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ބަލާއިރު މަރްޔަމް ނަޒާހާގެ ފަރާތުން އިންކާރުކޮށްފައިވަނީ، އެކަމަކީ މަރްޔަމް ނަޒާހާ ޤަޞްދުގައި ކޮށްފައިވާ
ކަމެއްކަމާމެދުގައިކަމާއި، މަރްޔަމް ނަޒާހާ ބުނެފައިވަނީ މަރުގެ އެހާދިސާއަކީ މަރްޔަމް ނަޒާހާ އޭނާގެ އަމިއްލަ
ނަފްސުގެ ދިފާޢުގައި އަދި މަރްޔަމް ނަޒާހާ ތަހައްމަލްކުރަންޖެހިފައިވާ އަނިޔާގެ ސަބަބުން ހީނަރުވެފައިވާ
ނަފްސާނީ ޙާލަތެއްގައި ކުރި ކަމަކުން ހިނގާދިޔަ ހާދިސާއެއްކަމުގައިކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، މަރްޔަމް ނަޒާހާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޤަޞްދުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާކަމަށްވުމުން، މަރްޔަމް ނަޒާހާއަށް ނިސްބަތްކުރެވިފައިވާ މިމަރުގައި للÉÉ للهلا
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
(ޤަޞްދު މަރު) ގައި ފުރިހަމަވާ
ހަމަވާންޖެހޭ ރުކުންތައް ފުރިހަމަވޭތޯއާއި މިއީ ޤަޞްދު މަރެއްތޯ ނުވަތަ ނޫންތޯ
ބަލާއިރު،
للهل للهل (ޤަޞްދު މަރު) ގައި ހިމެނެނީ 3 ރުކުނެއްކަމާއި، އެއީ، މަރުވި މީހާއަކީ ލޭގެ
ރައްކާތެރިކަން ލިބިގެންވާ ދިރިހުރި އިންސާނަކަށް ވުމާއި، އެމީހާ މަރުވީ ކުށުގެ ޢަމަލު ހިންގި މީހާގެ ޢަމަލުގެ
ސަބަބުންކަމުގައި ވުމާއި، ޢަމަލު ހިންގިމީހާގެ ޤަޞްދަކީ އެމީހާ މެރުންކަމުގައިވުމާއި މި 3 ރުކުންކަން
އެނގޭއިރު،
ޙަސަން ޝާހިދުއަކީ ދިރިހުރުމުގެ ޙައްޤާއި ފުރާނައާއި ލޭގެ ރައްކާތެރިކަން ލިބިގެންވާ ދިރިހުރި
އިންސާނެއްކަމާއި، ޙަސަން ޝާހިދު މަރުވެފައިވަނީ މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިއެއް
ހަރާލުމުގެ ސަބަބުންކަން ސާފުކޮށް އެނގޭކަމައި، ޙަސަން ޝާހިދު މަރުވެފައިވަނީ މަރްޔަމް ނަޒާހާ ޙަސަން
ޝާހިދުގެ ބުރަކަށްޓަށް ވަޅިއެއް ހަރާލުމުގެ ސަބަބުންކަމާމެދު މަރްޔަމް
ނަޒާހާގެ ފަރާތުންވެސް
އިންކާރުނުކުރާކަމާއި،
هdz لللا (ޤަޞްދު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުންކަމުގައިވާ، މެރުމުގެ ޤަޞްދު
މިމަރުގައި ފުރިހަމަވޭތޯ ބަލާއިރު، ޤަޞްދަކީ އިންސާނާގެ ހިތުގެ ޢަމަލަކަށް ނުވަތަ ހިތުގައި ހިނގާ،
ވަންހަނާވެފައިވާ ކަމަކަށްވު ކަން ހިނގައިދިޔަ ގޮތާއި، ޙާލަތާއި، ޤަރީނާތަކުން ފާޅުވެ ފެންނަންހުރި
ކަންތައްތަކުގެ މައްޗަށް ބިނާކޮށްގެން މެނުވީ ޤަޞްދު އޮތްކަމާމެދު ގޮތެއް ކަނޑަނޭޅޭނެކަމާ
,ހ8 29
إسميرة
އެހެންކަމުން، މިކަންކަމުގެ މައްޗަށް ބަލައި، ޙަސަން ޝާހިދު މެރުމުގައި މަރްޔަމް ނަޒާހާގެ ޤަޞްދު
ބަލާއިރު، ޙަސަން ޝާހިދުގެ ފަރާތުން މަރްޔަމް ނަޒާހާއަށް ހަމަލާދީ އަނިޔާކުރުންފަދަ އެއްވެސް ކަމެއް
xޖ2
މާއްޓޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
c etc
e
އެދުވަހު އެތަނުގައި ހިނގާފައި ނުވާކަމާއި އަދި އެފަދަ ކަމެއް ޙަސަން ޝާހިދުގެ ފަރާތުން ކުރެވޭނެ
ވެސް ތަނަވަސްވެފައިނުވާކަން އެނގެން އޮންނައިރު، ޙަސަން ޝާހިދުގެ ގަޔަށް މަރްޔަމް ނަޒާހާ
ހަރަލާފައިވަނީ ތިލާގައި ގާތްގަނޑަކަށް 5 އިންޗި ހުންނަ ވަރުގެ ވަޅިއަކަށް ވެފައި، ވަޅިއަކީ މީހަކު
މަރާލެވިދާފަދަ ތޫނު ހަތިޔާރަކަށް ވާއިރު، ވަޅި ހަރާލާފައިވަނީ ޙަސަން ޝާހިދުގެ ބުރަކަށްޓަށް ފަހަތުންކަމަށް
ވުމުން، އެހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށާއި، ޙަސަން ޝާހިދަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ
ހަތިޔާރަށާއި، އަދި ހަމަލާ ދީފައިވާ ތަނަށާއި އަދި ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު، މަރްޔަމް ނަޒާހާ ޙަސަން
ޝާހިދާމެދު ހިންގި އަމަލަކީ ޙަސަން ޝާހިދު މެރުމުގެ ޤަޞްދު ފިޔަވައި އެހެން ޤަޞްދެއްގައި ހިންގާފައިވާ
ޢަމަލެއްކަމަށް ބެލެވިދާނެ ހަމައެއް އޮތްކަމަށް ނުފެންނަކަމާއި، މަރްޔަމް ނަޒާހާގެ ކުށުގެ ޢަމަލުގައި ޙަސަން
ޝާހިދު މެރުމުގެ ޤަޞްދު އޮތްކަން ބަޔާންކުރުމުގެ
ންކުރުމުގެ ގޮތުން، ކްރިމިނަލް ކޯޓުން މިމައްސަލަ ނިންމެވިގޮތުގެ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގައި މިކަންކަން ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
cu cox >
(ށ) ހަތަރުވަނަ ކަމަކީ، ޙަސަން ޝާހިދު މެރުމުގެ ޤަޞްދު ނެތްކަން ސާބިތުކޮށްދިނުމަށް ޙަސަން
ޝާހިދުގެ މަންމަ، މއ. އެދުރުގޭ ޙަފީޛު ޙަސަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޟިރުކުރަން ބޭނުންވާކަމުގައި
މަރްޔަމް ނަޒާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް، ޙަދީޘް ޙަސަންއަކީ މިކަން
ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް މަރްޔަމް ނަޒާހާގެ ފަރާތުން ހުށަހެޅުނު ހެއްކަކަށް ނުވެފައި، ޙަފީޘާ
ޙަސަންއަކީ، ޙަސަން ޝާހިދު މެރުމުގެ ޤަޞްދު މަރްޔަމް ނަޒަހާގެ އޮތްކަން ސާބިތުކޮށްދެވޭނެ މީހެއްކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ނުފެންނާތީއާއި، އަދި އެޤަޞްދު މަރްޔަމް
ނަޒާހާގެ ނެތްކަން ޙަދީޘް ޙަސަންއަށް ސާބިތުކޮށްދެވިދާނެކަމަށް ބަލަންޖެހޭފަދަ އެއްވެސް ސަބަބެއް ފެންނަން
ނެތުމުން، ޙަދީޘް ޙަސަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޟިރުކޮށް ހެކިބަސް ނަގަންޖެހޭކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމުން، ޙަދީޘް ޙަސަން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހާޟިރުކުރެވިފައިނުވާކަމެވެ.
މިޓެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާފ. ދިވެހީން
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
(ބ) ފަސްވަނަ ކަމަކީ، މަރްޔަމް ނަޒާހާގެ ފަރާތުން ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މަރުގެ މި ހާދިސާއަކީ މަރްޔަމް ނަޒާހާ އޭނާގެ އަމިއްލަ ނަފްސުގެ
ދިފާޢުގައި އަދި މަރްޔަމް ނަޒާހާ ތަހައްމަލްކުރަންޖެހިފައިވާ އަނިޔާގެ ސަބަބުން ހީނަރުވެފައިވާ ނަފްސާނީ
ހާލަތެއްގައި ކުރި ކަމަކުން ހިނގާދިޔަ ހާދިސާއެއްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިހެރީ، މަރްޔަމް ނަޒާހާއާއި ޙަސަން ޝާހިދުއާއި
ދެމީހުންގެ ކައިވެނި އެންމެފަހުން ރޫޅި، މިދެމީހުން ވަރިވިތާ ގާތްގަނޑަކަށް 2 އަހަރާ 5 މަހެއްހާ
ދުވަސްވީތަނާ، މިދެމީހުންނަށް ލިބިފައިވާ ދަރިފުޅު، މިޙާދިސާ ހިނގިއިރު އުމުރުން 2 އަހަރުގެ އިބްރާހީމް
ޒަކްވާން ޝާހިދު، މަރްޔަމް ނަޒާހާއަށް ބެލެންނެތިގެންކަމަށްބުނެ، އެކުއްޖާ ޙަސަން ޝާހިދާއި ޙަވާލުކުރުމުގެ
ގޮތުން، ޙަސަން ޝާހިދުގެ މަންމަގެ ގެ، މއ. އެދުރުގެއަށް ގެންގޮސް އެކުއްޖާ އެގޭގައި ބަހައްޓާފައި މަރްޔަމް
އެގެ/8
1 13ކށް
ނަޒާހާ ދިއުމުން، އެކުއްޖާއަކީ އޭގެ ކުޑަ ދުވަސްކޮޅެއްކުރިން ފިޓްޖެހިފައިވާ ކުއްޖަކަށްވެފައި އަދި އެކުއްޖާ
ދޫކޮށްލާފައި މަރްޔަމް ނަޒާހާ ދިޔަފަހުން، އެކުއްޖާ ނުކާނީ، އެކުއްޖާ މަރްޔަމް ނަޒާހާއާއި
ޙަވާލުކުރުމަށް އުޅެ ޙަވާލުނުވުމުން، އެމައްސަލަ ޑިޕާރޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން
ސަރވިސަސްއަށް ހުށަހެޅުމުން، އާއިލާއާބެހޭ ކޯޓަށް އެމައްސަލަ ހުށަހެޅުމަށް އެޑިޕާރޓްމަންޓުން ޙަސަން
ޝާހިދަށް އެނގުމުން، އާއިލާއާބެހޭ ކޯޓަށް އެމައްސަލަ ހުށަހަޅައިގެން، އެމައްސަލަ ހިންގުމަށްޓަކައި، ކޯޓަށް
ހާޟިރުވުމުގެ އަމުރު މަރްޔަމް ނަޒާހާއާ ޙަވާލުކުރަން ކޯޓުން ހ. ބައިކަނޑިގެއަށް ދިއުމުން، އެގޭގައި މަރްޔަމް
ނަޒާހާ ނޫޅޭކަމަށް އެގެއިން ބުނެ، އަމުރު ރައްދުވާގޮތް ނުވެގެން، ކޯޓުން ހަމަޖެއްސިގޮތުގެމަތިން ކޯޓުގެ
ޗިޓުބަހާ މުވައްޒަފެއްކަމުގައިވާ ފައިނު އަމަން، ޢަބްދުއްރަޝީދު ޙުސައިން، ޙަސަން ޝާހިދުއާއެކު
ބައިކަނޑިގެއަށް ފޮނުވުމުން، ޢަބްދުއްރަޝީދު ޙުސައިން ފަހަތުގައި ހުރެގެން ޙަސަން ޝާހިދު އެގޭގެ
ސިޑިން މައްޗަށް އަރައި، މަރްޔަމް ނަޒާހާ އުޅޭ ބަޔަށް ވަނުމާއެކުގައިކަމަށްވާއިރު، ޙަސަން ޝާހިދު އެގޭގެ
ސިޑިން
ޑިން މައްޗަށް އަރައި، މަރްޔަމް ނަޒާހާ އުޅޭ ބަޔަށް ވަނުމާއި ޙަސަން ޝާހިދުގެ ގަޔަށް ވަޅި ހެރުމާ ދެމެދު
.
c etc
14
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
ގިނަ ވަގުތުތަކެއް ނުވާކަމާއި، ޢަބްދުއްރަޝީދު ޙުސައިންގެ ވާހަކަތަކަށް ބަލާއިރު އެދެމެދުގައި ވެފައިވަނީ 15
ވަރަކަށް ސިކުންތުކަމާއި، ޙަސަން ޝާހިދު މަރްޔަމް ނަޒާހާއާމެދު އެވަގުތު އެއްވެސް މާރާމާރީއެއް ފަދަ ކުށުގެ
ޢަމަލެއް ހިންގާފައިވާކަން، އަދި އެފަދަ ޢަމަލެއް ހިންގަން އުޅުނުކަމަށް ބަލަންޖެހޭފަދަ ކަމެއްވެސް
އެނގެންނެތްކަމާއި، އަދި ޚުދު މަރްޔަމް ނަޒާހާގެ ބަހަށް ބަލާއިރުވެސް އެފަދަ ކަމެއް ހިނގާފައިވާކަން އެނގެން
ނެތްކަމާއި، މަރްޔަމް ނަޒާހާ ބުނެފައިވަނީ އެފަދަ ކަމެއް ޙަސަން ޝާހިދު ކޮށްފާނެކަމަށް ހީވެގެން އަތް
އިސްކުރެވުނީކަމުގައިކަމާއި،
އަދި ޙަސަން ޝާހިދު އެދުވަހު އެގެއަށް ވަނީ، އެގެއަށް ވަނުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ޙަސަން ޝާހިދުއަށް މަނާކޮށްފައިވަނިކޮށްކަމަށް މަރްޔަމް ނަޒާހާގެ ފަރާތުން ބުނެފައިވީނަމަވެސް،
އެކަން އެފަދައިން އޮތްކަން އެނގެން ނެތްކަމާއި، އެކަން މަނާކުރެވިފައި އޮތްކަން މަރްޔަމް ނަޒާހާގެ ފަރާތުން
ސާބިތުކޮށްދެވިފައިވެސް ނުވާކަމާއި،
އެހެންކަމުން،
uc OUOX
މަރްޔަމް ނަޒާހާގެ ނަފްސު ދިފާޢުކުރަންޖެހޭފަދަ ޙާލަތެއް، އަދި އަމިއްލަ ނަފްސުގެ
ދިފާޢުގައި ޙަސަން ޝާހިދުގެ ގަޔަށް ވަޅި ހަރަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ބެލެވޭ ކަންތައްތަކެއް ފެންނަން
ނެތްކަމާއި، މުއްތަހަމު ކުރި ޢަމަލަކީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކުރިކަމެއްކަމަށް ބުނާނަމަ އެކަން
ސާބިތުކޮށްދޭންޖެހޭއިރު، އަދި އެދިފާޢަކީ ހުއްދަ ދިފާއެއްކަމުގައި ވާންޖެހޭއިރު، މަރްޔަމް ނަޒާހާގެ ފަރާތުން
އެކަން ސާބިތުކޮށްދެވިފައިނުވާކަމާއި، ޤާނޫނުލްޢުޤޫބާތުގެ 25 ވަނަ މާއްދާގައި "އަނެކެއްގެ މަރުވުން ފިޔަވައި
ތިމާގެ "އަމިއްލަ ނަފްސު" ދިފާޢު ކުރުމަށްޓަކައި، ކުއްލިއަކަށް ކުރާކަމަކީ ކުށެއް ނޫނެވެ" މިފަދައިން
ބަޔާންކުރެވިފައި އޮތް އޮތުމަށްބަލާއިރު، އަމިއްލަ ނަފްސުގެ ދިފާޢުގައި މީހަކު މެރުމަކީ ދިވެހިރާއްޖޭގައި
ޢަމަލުކުރެވެމުން މިދާ ޤާނޫނުލްޢުޤޫބާތު ހުއްދަކުރާ ކަމެއްނޫންކަން އެނގޭކަމާއި
404
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
އަދި މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅިހަރާފައިވަނީ މަރްޔަމް ނަޒާހާ
ތަހައްމަލްކުރަންޖެހިފައިވާ އަނިޔާގެ ސަބަބުން ހީނަރުވެފައިވާ ނަފްސާނީ ޙާލަތެއްގައިކަމަށް މަރްޔަމް ނަޒާހާގެ
ފަރާތުން ބުނެފައިވާއިރު، މަރްޔަމް ނަޒާހާއާއި ޙަސަން ޝާހިދަކީ މިދެމީހުން ކައިވެނިކޮށްގެން އެކުގައި
އުޅުނުއިރުވެސް އަރައިރުންވެ އެކަކު އަނެކަކަށް ތަޅާފޮޅާ ދެމީހުންކަމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް
ފެމިލީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން މަރްޔަމް ނަޒާހާއާއި ބެހޭގޮތުން
ތައްޔާރުކޮށްފައިވާ 5 ޖުލައި 2010 ތާރީޚުގެ "މީހާއާ ބެހޭ ރިޕޯޓު" އަށް ބަލާއިރުވެސް، މަރްޔަމް ނަޒާހާއާއި
ޙަސަން ޝާހިދު އެކަކު އަނެކަކަށް ޖިސްމާނީ ގޮތުން އަނިޔާކުރާކަމަށް އެދެމީހުންގެ ފަރާތުން އެނގިފައިވާކަން
ފާހަގަކޮށްފައިވާކަމާއި،
ނަމަވެސް މިދެމީހުންނަކީ މިދެމީހުންގެ ކައިވެނި ޖެނުއަރީ 2008 ހާތާގައި ރޫޅި މިދެމީހުން ވަކިން
އުޅެން ފެށިފަހުންވެސް އެކަކު އަނެކަކާ މުޢާމަލާތުކުރާ، ދެމީހުން އެކީގައި ބައެއްފަހަރު ތަންތަނަށްވެސް ދާ
ދެމީހުންކަމާއި، އެގޮތުން ޙަސަން ޝާހިދުގެ މަންމަ އަފީޤާ ޙަސަން ތަޙުޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު،
މަރުގެ މިޙާދިސާ ހިނގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން 2010 މެއި މަހުގެ ފަހުކޮޅުގައި ޙަސަން ޝާހިދުއާއި
މަރްޔަމް ނަޒާހާއާއި ދެމީހުން އެދެމީހުންގެ ދަރިފުޅު އިބްރާހީމް ޒަކްވާން ޝާހިދު ގޮވައިގެން ސްރީލަންކާއަށް
ގޮސްފައިވާކަމަށް ބުނެފައިވާކަމާއި، އަދި 22 ޖޫން 2010 ގައި މަރްޔަމް ނަޒާހާ ތަޙުޤީޤަށް ދީފައިވާ ބަޔާނަށް
ބަލާއިރު، މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ ގަޔަށް ހެރި ވަޅިއަކީވެސް އެމަރުގެ ހާދިސާ ހިނގުމުގެ
ގާތްގަނޑަކަށް 2 މަހެއްހާ ދުވަސްކުރިން، މަރްޔަމް ނަޒާހާ ބަދިގޭގައި ބޭނުންކުރުމަށް ޙަސަން ޝާހިދު
މަރްޔަމް ނަޒާހާއަށް ގަނެދިން 2 ވަޅިން އެއް ވަޅިކަމާއި، އެހެންކަމުން ޙަސަން ޝާހިދާއި މަރްޔަމް ނަޒާހާ
ދެމެދު މައްސަލަތަކެއް ހުރިކަމުގައިވިޔަސް އަދި ޙަސަން ޝާހިދާއި މަރްޔަމް ނަޒާހާ އަށް ލިބިފައިވާ ދަރިފުޅު
އިބްރާހީމް ޒަކްވާން ޝާހިދު، މަރުގެ މިހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން މަރްޔަމް ނަޒާހާ ޙަސަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
211/HC-A/2283
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޝާހިދުއާ ޙަވާލުކުރުމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި މައްސަލަ ޖެހިފައިވާކަން އެނގެން އޮތުމުން، އެކަމުގެ
ސަބަބުން، މަރްޔަމް ނަޒާހާއަށްވެސް ނަފްސާނީގޮތުން އަސަރުތަކެއް ކުރުމަކީ ވެދާނެކަމެއްކަމާއި،
ނަމަވެސް، ދެފަރާތެއްގެ ދެމެދުގައި ދިމާވާ މައްސަލައަކާގުޅިގެން، އަނެކާއާމެދު އުފެދޭ
ހިތްހަމަނުޖެހުމާއި، ރުޅިވެރިކަމާއި، އަދި ނަފްސާނީގޮތުން ކޮށްފާނެ އަސަރަކީ ނުވަތަ ދިމާވެދާނެ ނަފްސާނީ
ޙާލަތަކީ، އެކަމުގެ ސަބަބުން އަނެކާގެ މަރު ހުއްދަވެގެންދާނެ ސަބަބެއްނޫންކަމާއި، އަދި އެއީ މިފަދަ ކުށުގެ
މަސްއޫލިއްޔަތު އެމީހާ އުފުލަން ނުޖެހޭފަދަ ޙާލަތެއްވެސް ނޫންކަމާއި،
މިހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ ގަޔަށް
ވަޅި ހަރާލި ހާދިސާ ކިޔައިދީފައިވާ ގޮތުގެ މައްޗަށާއި އަދި ޙަސަން ޝާހިދުގެ ގަޔަށް ވަޅި ހެރުމަށްފަހު އެވަޅި
ޕްލާސްޓިކް ކޮތަޅަކަށްލައި ބޭއްވުމަށްފަހު، މަރްޔަމް ނަޒާހާ އަމިއްލައަށް ފުލުސް އޮފީހަށް ގުޅައި މިހާދިސާ
ރިޕޯޓުކޮށް، މަރްޔަމް ނަޒާހާ ކަންކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ
ގަޔަށް ވަޅި ހަރާލާފައިވަނީ، މަރްޔަމް ނަޒާހާއަށް އެކުރެވެނީ ޤާނޫނާ ޚިލާފްކަމެއްކަން ނުވިސްނޭފަދަ
ޙާލަތެއްގައި ހުރެގެން ނޫންކަން އެނގޭއިރު، މަރްޔަމް ނަޒާހާ ޙަސަން ޝާހިދުގެ ގަޔަށް ވަޅި ހަރާލާފައިވަނީ،
ހީނަރުވެފައިވާ ނަފްސާނީ ޙާލަތެއްގެ ސަބަބުން، މަރްޔަމް ނަޒާހާއަށް އެކުރެވެނީ ޤާނޫނާ ޚިލާފްކަމެއްކަން
ނުވިސްނޭފަދަ، އަދި ކުށުގެ މަސްއޫލިއްޔަތު އުފުލަން ނުޖެހޭފަދަ ޙާލަތެއްގައި ހުރެގެންކަން މަރްޔަމް ނަޒާހާގެ
ފަރާތުން ޝަރީޢަތަށް ޤަބޫލުކުރެވޭ ހަމައަކުން ބަޔާންކޮށްދީ ސާބިތުކޮށްދީފައިނުވާކަމެވެ.
(ޅ) ހަވަނަ
ކަމަކީ، އިސްތިއުނާފުކުރެވިފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/1285 ޤަޟިއްޔާގައި ބެލެވުނު މައްސަލައަކީ މަރުގެ މައްސަލައެއްކަމާއި، އިސްލާމީ ޝަރީޢަތަށް
ބަލާއިރު، މަރުގެ ވައްތަރުތައް ބެހިފައިވާ ގޮތާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
މާލިކީންގެ އަރިހުގައި މަރުގެ ވައްތަރުތައް ބެހެނީ ދެ ބަޔަކަށްކަމާއި، އެއީ، ޤަތުލު ޢަމްދާއި، ޤަތުލު
ޚަޠައުކަމާއި، ހަނަފީންގެ އަރިހުގައި މަރުގެ ވައްތަރުތައް ބެހެނީ ފަސް ބަޔަކަށްކަމާއި، އެއީ، ޤަތުލު ޢަމްދު،
ޝިބުހު ޢަމްދު، ޤަތުލު ޚަޠައު، މާ ޖަރާ މަޖްރަލް ޚަޠައު އަދި އަލް ޤަތުލު ބިއްތަސައްބުބި ކަމަށްވާއިރު،
ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މަރުގެ ވައްތަރުތައް ބެހެނީ ތިން ބަޔަކަށްކަމާއި، އެއީ، ޤަތުލު ޢަމްދު،
ޤަތުލު ޝިބުހު ޢަމްދު އަދި ޤަތުލު ޚަޠައުކަމާއި،
ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި لޖޫދު للޓާޑު (ކުށަކުން، އޮޅިގެން މީހަކު މަރުވުން) އަކީ، ވަކި
މީހެއް ޤަޞްދުނުކޮށް، އަދި ދެކޮޅުވެރިކަމުގެ ޤަޞްދަކާ ނުލައި، އަދި އެޢަމަލު ގެނެސްގަތުމުގެ ޤަޞްދެއްވެސް
ނެތި ކުރާ ކަމަކުން މީހަކު މަރުވުންކަމާއި،
للتل ޣާޕهلللهلا (ޤަޞްދު މަރާ ވައްތަރު ޤަތުލު) އަކީ އެއެއްޗަކުން އާންމުކޮށް ނުވަތަ ގިނަ
ފަހަރަށް މީހަކު މަރުނުވާފަދަ އެއްޗަކުން މީހަކާ މެދު ޢުދުވާނީ ޢަމަލެއް ހިންގުމުން މީހަކު މަރުވުންކަމާއި،
މިސާލަކަށް ކުޑަ ނުވަތަ ލުއި ގަލަކުން ޖެހުމުން، ނުވަތަ އަތުން އެތިފަހަރެއް ޖެހުމުން، ނުވަތަ ކުޑަ ދަނޑި
ކޮޅަކުން ތަކުރާރު ނުވާގޮތަށް، މަރުވެދާފަދަ ތަނެއްގައި ނޫން ތަނެއްގައި ނުވަތަ ކުޑަކުއްޖަކު ނުވަތަ ބަލިކަށި
ނޫން މީހެއްގައި ޖެހުމުން މަރުވުންކަމަށްވާއިރު، ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިވައްތަރުގެ މަރުގައި
ޤިޞާޞް ހިފުމެއް ނޯންނަކަމާއި،
للا للލهلا (ޤަޞްދު މަރު) އަކީ، ހަތިޔާރެއް، ދަގަނޑުގަނޑެއް، ނުވަތަ ބޮޑު ލަކުޑި ގަނޑެއް
ފަދަ، އެއްޗަކުން އާންމުކޮށް ނުވަތަ ގިނަ ފަހަރަށް މީހަކު ޒަޚަމްކޮށް، މަރާލެވިދާނެފަދަ އެއްޗަކުން މީހަކާމެދު
ޢުދުވާނީ ޢަމަލެއްކުރުމުން އެމީހާ މަރުވުން ކަމާއި،
ދިވެހިރާއް
ބައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
އިސްވެ ބަޔާންކުރެވިދިޔަ ފަދައިން، للa للލهلا (ޤަޞްދު މަރު) ގައި ހިމެނެނީ 3 ރުކުނެއްކަމާއި،
އެއީ، މަރުވި މީހާއަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ ދިރިހުރި އިންސާނަކަށް ވުމާއި، އެމީހާ މަރުވީ ކުށުގެ
ޢަމަލު ހިންގި މީހާގެ ޢަމަލުގެ ސަބަބުންކަމުގައި ވުމާއި، ޢަމަލު ހިންގިމީހާގެ ޤަޞްދަކީ އެމީހާ
މެރުންކަމުގައިވު
ކަމުގައިވުމާއި މި 3 ރުކުންކަން އެނގޭއިރު، އަދި މީހުން މެރުމުގެ ކުށަކީ ވަކިވަކި ފަރުދުންނަށާއި އަދި
މުޅި މުޖުތަމަޢަށްވެސް އެކުށުގެ ނުރައްކާތެރިކަން ބޮޑު ކުށެއްކަމާއި، މިފަދަ ކުށްތަކަށް އެކަށޭނަ އަދަބު
ކަނޑައެޅިގެން ދިއުމަކީ މިފަދަ ކުށްތައް މަދުވެގެންދާނެކަމެއްކަމަށް ވާއިރު،
4/
މަރުގެ މިހާދިސާއާއި ގުޅިގެން މަރްޔަމް ނަޒާހާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޤަޞްދުގައި
މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަން އެނގެންއޮންނަކަމާއި، އަދި އެދަޢުވާ ސާބިތުވެފައިވީނަމަވެސް ޙަސަން
ޝާހިދުގެ ވާރިސުންގެ ފަރާތުން ޤާلاއ (މަރަށް މަރު) ހިފަން ބޭނުން ނުވާކަމަށް ބުނެފައިވުމުން މަރްޔަމް
ނަޒާހާގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައެޅުއްވި ޙުކުމުގައި މަރްޔަމް ނަޒާހާ އުމުރަށް ޖަލަށްލުމަށް
ކަނޑައަޅުއްވާފައިވާއިރު، މަރްޔަމް ނަޒާހާގެ މައްޗަށް ކަނޑައެޅިފައިވާ އުމުރަށް ޖަލަށްލުމުގެ އަދަބާ ގުޅޭގޮތުން
ސުވާލު އުފައްދައި މަރްޔަމް ނަޒާހާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވާހަކަ ދައްކާފައިވުމުން، އެކަމުގެ
މައްޗަށް ބެލިއިރު،
މީހުން މެރުމަކީ އިސްލާމީ ޝަރީޢަތުގައި ނަހީކުރައްވާފައިވާ އަދި ޤާނޫނީގޮތުން މަނާކުރެވި،
ތަޖްރީމްކުރެވިފައިވާ، ބޮޑުވެގެންވާ ފާފަވެރި ޢަމަލެއްގެ އިތުރުން އެހާމެ ބޮޑު އަދި ނުރައްކާތެރި ކުށެއްކަމާއި،
ޙައްޤަކާނުލައި މީހުން ނުމެރުމަށް އަންގަވައި، އަމުރުކުރައްވައި، މީހުން މެރުމަކީ ބޮޑުވެގެންވާ ފާފައެއް އަދި
ކުށެއްކަމާއި އަދި އެކުށުގެ އަދަބު ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަމާއި، އެގޮތުން ޤަޞްދުގައި މީހުން
މަރާމީހާގެ މައްޗަށް ހުރި ﷲގެ ލަޢުނަތާއި އުޚުރަވީ ޖަޒާ ބަޔާންކުރައްވައި މާތް ﷲ ވަހީކުރައްވާފައިވަނީ،
(ومن يقتل مؤمنا متعمدا فجزاؤه جهنم خالدا فيها وغضب الله عليه ولعنه وأعد له
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، ދިވެހީން
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A283
ޓަޤާلا ސަلا)1 މާނައަކީ "އަދި ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ
ނަރަކައެވެ. އެތާނގައި އަބަދަށް ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ އެމީހާގެ މައްޗަށް ކޯފާ ލައްވައި ލަޢުނަތް
ލެއްވިއެވެ. އަދި ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރުކުރެއްވިއެވެ."
I
UCOU
ޤަޞްދުގައި މީހުން މަރާ މީހުންނަށް، މައާފުކުރުމުގެ ޙައްޤު އޮތް ފަރާތްތަކުން މަޢާފުނުކުރާނަމަ،
ޤަޞްދުގައި މީހުން މަރާ އެފަދަ މީހުންނަށް ދޭންޖެހޭނީ މަރުގެ އަދަބުކަމާއި، މަރުގެ އަދަބަކީ އެކަމުގެ
ސަބަބުން މީހުން ޖެހިލުންވެ، މީހުން މެރުމުގެ ކުށް މުޖްތަމަޢުގައި މަދުވެ، އެކަމުގެ ސަބަބުން ދިރުން
ލިބިގެންދާނެ ކަމެއްކަމާއި، އަދި އެކަން އެގޮތަށް ވިސްނި، ޤަބޫލުކުރާނީ ބުއްދީގެ އަހުލުވެރިންކަން ދޭހަވާ
ފަދައިން ﷲގެ ވަޙީ ބަސްފުޅު ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. (ފަلل لل للقهللل للا ޖާ
هلޖީ &ޞ لا& rتهل)2 މާނައަކީ "އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު}
ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."
ޤަޞްދުގައި މީހުން މެރުމުގެ ކުށުގެ އަދަބަކީ މަރަށް މަރުކަމާއި ނަމަވެސް އެމީހާއަށް މަޢާފުކޮށް
ލުއިދެވިދާނެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވަނީ، (لا ޖާޖ! لللޖ للا &
القصاص في القتلى الحر بالحر والعين بالعين والأنثى بالأنثى فمن غيري له من
أخيه شيء فاتباع بالمعروف وأداء إليه بإحسان ذلك تخفيف من ربكم ورحمة *
( ޓްގާޑަޖ ޤަޤު ޤުlﷲ هللا ސަللا له)3 މާނައަކީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ
މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟްކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ.
އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި، އަޚާގެ ފަރާތުން ޤިޞާޞްގެ
ތ * 4
ބއެއް
.9 clatl
2
للهޑު 179
3 هޑު 178
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4ންމުން،
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮގޮތުގައި މަރުގެ ދިޔައަށް އެދުން
ހުށްޓެވެ. އަދި މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އިޙްސާންތެރިކަމާއެކު އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙުމަތެކެވެ.
އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ."
coec
4s
އެހެންކަމުން، މީހުން މެރުމަކީ އިސްލާމީ ޝަރީޢަތުގައި މަނާކުރައްވާފައިވާ ފާފަވެރި އަދި ބޮޑު
ކުށަކަށްވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އަށް
ބަލާއިރު، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށަށް ކަނޑައެޅިފައިވާ
އަދަބުކަމާއި، އިސްލާމީ ޝަރީޢަތްކަމަށް ޤާނޫނުއަސާސީގައި ބުނެފައި އެވަނީ، ކީރިތި ޤުރުއާނާއި،
ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލް އަޙުވާލުއްޝަޚުޞިއްޔާއާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ
އަހުލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތަށްކަން ޤާނޫނުއަސާސީގެ 274 ވަނަ
މާއްދާގެ (ހ) އިން އެނގޭއިރު،
ޤަޞްދު މަރުގެ މައްސަލަތަކުގައި، މުއްތަހަމުގެ މައްޗަށް
ޤަޞްދުގައި މީހަކު މެރުމުގެ ކުށް
ސާބިތުވިނަމަވެސް، މަރުވިމީހާގެ ވާރިސުންކުރެ އެއްމެ މީހަކުނަމަވެސް މަރަށް މަރު ބޭނުން ނޫންކަމަށް
ބުނެފިނަމަ، ނުވަތަ لا އަށް މަޢާފު ދީފިނަމަ ޤާދهل (މަރަށް މަރު) ނުހިފޭނެކަމާއި، ޙަސަން ޝާހިދުގެ
ވާރިސުންގެ ބަހަށް ބަލާއިރު ޤާهللل (މަރަށް މަރު) ހިފަން ބޭނުން ނުވާކަމަށް ބުނެފައިވުމުން މަރްޔަމް
ނަޒާހާގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެކަމާއި،
މިޙާލަތުގައި ޢަމަލުކުރުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް
ބަލާއިރު، |ލޮcل للލهلا (ޤަޞްދު މަރު) ގައި ޤާلاއ (މަރަށް މަރު) ނުހިފޭ ޙާލަތުގައި، މިމައްސަލާގައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
ކްރިމިނަލް ކޯޓުން ކަނޑައެޅުއްވި، އުމުރަށް ޖަލަށްލުމުގެ އަދަބަކީ ކަނޑައެޅިދާނެ އަދަބެއްތޯ ނުވަތަ ނޫންތޯ
ބަލާއިރު،
|لޑޫا للهل (ޤަޞްދު މަރު) ގައި هلاهل (މަރަށްމަރު) ނުހިފޭ ޙާލަތުގައި هللل ންގެ ރައުޔަކީ
ތަޢުޒީރީ އަދަބެއް ކަނޑައެޅުން ވާޖިބުކަމަށާއި هلވޚީ ޢިލްމުވެރިންގެ ރައުޔަކީ ތަޢުޒީރީ ޢަދަބެއް
ކަނޑައެޅުމަކީ ވާޖިބުކަމެއް ނޫންކަމަށާއި، ނަމަވެސް އެމީހާއަށް ކަނޑައެޅޭ އަދަބަކުން އެމީހާއާއި އެހެން މީހުން
އެފަދަ ކުށަށް އަރައިގަތުމުން ދުރުހެލިވާފަދަ އަދަބެއް، ޢާންމު މަޞްލަޙަތުގެ މައްޗަށް ބަލައި هللا އަށް
ކަނޑައެޅިދާނެކަމަށާއި، އެގޮތުން އެފަދަ މީހަކު އުމުރަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަދަބުވެސް
ކަނޑައެޅިދާނެކަން އެނގޭއިރު، މިޙާލަތުގައި މިފަދަ މައްސަލަތަކުގައި
ދިވެހިރާއްޖޭގެ ކޯޓުތަކުން
ގެންދަވާ އުޞޫލަކީވެސް މިއީ ކަމާއި،
8 34 04
ވުމާއެކު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި މަރްޔަމް ނަޒާހާގެ މައްޗަށް ޤަޞްދުގައި މީހަކު
މެރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވައި، هلޓ (މަރަށް މަރު ހިފުން މަނާކުރާ
ޙާލަތެއް މިމައްސަލާގައި އޮތުމުން، ތައުޒީރީ އަދަބުގެ ގޮތުގައި މަރްޔަމް ނަޒާހާ އުމުރަށް ޖަލަށްލުމަށް
ނިންމަވާފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ގޮތްކަމަށް ޤާނޫނުއަސާސީގައި
ކަނޑައެޅިފައިވާ ގޮތް އެއްގޮތަށް އިސްލާމީ ޝަރީޢަތާ އެއްގޮތްވާގޮތުގެމަތިންކަމާއި،
ނަމަވެސް، މިޙާލަތުގައި ތައުޒީރީ އަދަބު ކަނޑައެޅުމާ ގުޅޭގޮތުން ޢިލްމުވެރިން ބަޔާންކުރައްވާފައިވާ
ކަންކަމުގެ މައްޗަށް، ޖިނާއީ ކުށްތަކުގައި ޝަރީޢަތުން ކަނޑައެޅޭ އަދަބުތައް ލުއިކޮށްދިނުމާ ގުޅޭގޮތުން
د عبدالقادر عودة، التشريع الجنائي الإسلامي مفارفا بالقانون الوضعي، المجلد الثاني، القاهرة : مكتبة دار التراث، ص: 183
: ބ. هޖهلjلل، لللﷲ!لللއ هللا2z ، للاތ هللللللا لهلލޮ:ل1_هلا، للللههلالލޮه، [للޑު 1996 هل: 313.
އަދި للاهلل هلޝާ، لللل=هلهلاللގ !!هلللاللا هللاهل هللގ، لللا ، هللފޖު : هގهللاهلل، هل: 184
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
19
2011/HC-A/283
ދިވެހިރާއްޖޭގައި ޤާނޫނީ ތަރަހައިގެ ތެރެއިން ކަނޑައެޅި، މިހާރު ޢަމަލުކުރެވެމުންދާ ހަމަތަކާއި އުޞޫލުތަކުގެ
މައްޗަށް ބަލާއިރު، للë للهلا (ޤަޞްދު މަރު) ގައި މަރުވިމީހާގެ ވާރިސަކު ނުވަތަ ވާރިސުން މަރަށް މަރު
ހިފަން ބޭނުން ނުވެ، ލޮاهل އަށް މަޢާފުދިނުންފަދަ ޤާهللل (މަރަށް މަރު ނުހިފޭ ޙާލަތުގައި ލޮا ގެ
މައްޗަށް އުމުރަށް ޖަލަށްލުމަށް ކަނޑައެޅޭ ތައުޒީރީ އަދަބަކީ އަދަބުތައް ލުއިކޮށްދިނުމާ
ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާ ހަމަތަކާއި އުޞޫލުތަކުގެ ދަށުން، މަރްޔަމް ނަޒާހާގެ ފަރާތުން
ހުށަހަޅައިފިނަމަ، އެއަދަބަށް ލުއިދެވިދާނެ އަދަބެއްކަމުން، މަރްޔަމް ނަޒާހާ އުމުރަށް ޖަލަށްލުމަށް
ޙުކުމްކުރައްވައި، މަރްޔަމް ނަޒާހާގެ މައްޗަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވާ އުމުރަށް ޖަލަށްލުމުގެ އަދަބަށް،
އިސްވެ އިޝާރާތްކުރެވިދިޔަ ހަމަތަކާއި އުޞޫލުތަކުގެ މަތިން ލުއިދެވިދާނެކަން އެނގެން އޮންނަކަމެވެ.
36ނeއ 8 ﷲ4563
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
3 4ޓޑީ3 0
ގުޅޭގޮތުން
ޑޑ 4
3
2
އިހނ
ހ28
މިއެށް
22
4
2 ހ ކ އ ޑ0
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/Cr
-
C/1285 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މަރްޔަމް ނަޒާހާގެ ފަރާތުން ހުށަހެޅި
ނުކުތާތަކުގެ މައްޗަށާއި އަދި އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ތައުޒީރީ އަދަބާ ގުޅޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަލައި
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr-C/1285 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބައިކަނޑިގެ މަރްޔަމް ނަޒާހާގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/283
ރަނގަޅުނޫންކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv