ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/405 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/405
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 405/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: ޢާޠިފާ އިބްރާހީމް
އައި.ޑީ.ނަންބަރު: A299644
ދާއިމީ އެޑްރެސް: ގދ.ވާދޫ އަސުރުމާގެ
މިހާރުގެ އެޑްރެސް: މ.ކަނޑޫކުރި/ ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޢަބްދުއްސައްތާރު އިބްރާހީމް
އައި.ޑީ.ނަންބަރު: A041561
*
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2367
މިހާރުގެ އެޑްރެސް: ފ.ފަޅަގަޑިގެ/ ކ.މާލެ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 ރަބީޢުލްއައްވަލް 1437
21 ޑިސެމްބަރު 2015
ނިމުނު ތާރީޚް: 14 ރަބީޢުލްއާޚިރު 1438
12 ޖެނުއަރީ 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1458
ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: އެގްރީމެންޓާއި ޚިލާފުވުމުގެ މައްސަލަ
ހުށަހެޅުނު ތާރީޚް: 23 ޖުލައި 2013
ނިމުނު ތާރީޚް: 26 އޯގަސްޓް 2015
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް ރާއްޖޭގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
2
ވޯޖއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/405
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1458 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގދ. ވާދޫ
އަސުރުމާގެ، ޢާޠިފާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ދަފްތަރު ނަންބަރު 2367
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދު
އްދުވާ ފަރާތަކީ
ޢަބްދުއްސައްތާރު އިބްރާހީމްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1458 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މ. ކަނޑޫކުރި އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ހަދާފައިވާ 6 ބުރި
ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައިވާ ދެކޮޓަރީގެ އެޕާޓްމަންޓް ގދ. ވާދޫ އަސުރުމާގެ ޢާޠިފާ އިބްރާހީމްއާއި
ޢަބްދުއްސައްތާރު އިބްރާހީމާއި ދެމެދު 15 އޮކްޓޯބަރ 2009 ގައި ލިޔެ ސޮއިކޮށްފައިވާ އެއްބަސްވުމާއި
ޢާޠިފާ އިބްރާހީމް ޚިލާފުވެ ކުލި ނުދައްކައި، ޢަބްދުއްސައްތާރު އިބްރާހީމްގެ ރުހުމާއި ދެކޮޅަށް ޢާޠިފާ
އިބްރާހީމް ދިރިއުޅެމުންދާތީ މި އަހަރުގެ އެޕްރީލްމަހުން ފެށިގެން މިވޭތިވެދާ 04 (ހަތަރެއް) މަސްދުވަހުގެ
ކުއްޔާއި ޖޫރިމަނާއަށްވާ -/
90,600ރ. (ނުވަދިހަހާސް ހަސަތޭކަ ރުފިޔާ) އާއި، އަދި މީގެ އިތުރަށް
އެޕާޓްމަންޓް ޢާޠިފާ އިބްރާހީމްގެ އަތުން ޢަބްދުއްސައްތާރު އިބްރާހީމަށް ލިބޭ ދުވަހާއި ހަމައަށް ލިބެންޖެހޭ
ކުއްޔާއި ޖޫރިމަނާ އާޠިފާ އިބްރާހީމްގެ އަތުން ވަގުތުން ހޯދުމަށާއި، އާތިފާ އިބްރާހީމާއި، ޢާޠިފާ އިބްރާހީމް
އެތިނުގައި ގެންގުޅޭ މީހުންނާއި ތަކެއްޗާއެކު އެ އެޕާޓްމަންޓުން ނެރުމަށް އެދި ޢާޠިފާ އިބްރާހީމްގެ މައްޗަށް
ޢަބްދުއްސައްތާރު އިބްރާހީމް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލައިގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ބުނެވިދިޔަކަންކަން އެހެން ހުރުމުން
ދަޢުވާކުރާ ފަރާތުގެ އަތުން ދަޢުވާލިބޭ ފަރާތުން ކުއްޔަސް ހިފާފައިވާ
ކަނޑޫކުރި ގޭގެ 3 ވަނަ
ފަންގިފިލާގައިވާ ދެކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށްދީފައިވާ އެއްބަސްވުމާއި ދަޢުވާލިބޭ ފަރާތުން ޚިލާފުވެ
2013 އެޕްރީލް، މެއި، ޖޫން، ޖުލައި، އޮގަސްތް، ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހުގެ ފުރަތަމަ ގެ
ފުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
بن تیپ
2015/HC-A/405
އޮވެއިޓް
މުނު ގޮތުގެ ޚުލާޞާ
ދުވަހުގެ ކުލި ދަޢުވާކުރާ ފަރާތަށް ދަޢުވާލިބޭ ފަރާތުން ދައްކާފައި ނުވާކަމާއި، ބުނެވިދިޔަ ދުވަސްތަކުގެ
ކުއްޔާއި ޖޫރިމަނާއަށްވާ -/
130,600ރ. (އެއްލައްކަ ތިރީސްހާސް ހަސަތޭކަ ރުފިޔާ) އަކީ ދަޢުވާލިބޭ
ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
މި ފައިސާ ޢަބްދުއްސައްތާރު އިބްރާހީމަށް ލިބިދިނުމުގެ ގޮތުން 2015 އޮގަސްޓް 26 ވަނަ
ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރު ސިވިލް
ކޯޓަށް ދައްކަމުންގޮސް -/
130,600ރ. (އެއްލައްކަ ތިރީސްހާސް ހަސަތޭކަ ރުފިޔާ) އެއްކޮށް ދައްކާ
ޚަލާސް ކުރުމަށް ދަޢުވާ ލިބުނު ޢާޠިފާ އިބްރާހިމަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1458 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގދ. ވާދޫ
އަސުރުމާގެ، ޢާޠިފާ އިބްރާހީމްގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީގެ
• ފުރަތަމަ ނުކުތާއަކީ، ޢަބްދުއްސައްތާރު އިބްރާހީމްއާއި އެޕާރޓްމަންޓްގެ ވެރިފަރާތް
ކަމުގައިވާ އާބިދާ އިސްމާޢީލް ޢަލީ އާ ދެމެދު ވެފައިވާ އެއްބަސްވުން 01 އެޕްރީލް 2013 ގައި ނިމުމަކަށް
އައިސްފައިވާކަން އާބިދާ އިސްމާޢީލް ޢަލީ އިސްތިއުނާފު ކުރާފަރާތަށް އަންގާފައިވާތީ، އެއެއްބަސްވުން
ނިމުމަކަށް އައިސް، އެއްބަސްވުމުގައި ހިމެނޭ ދެފަރާތަށް ލާޒިމް ކަންތައްތަކާއި ހައްޤުތަކާއި އަދި
އިލްތިޒާމްތައް ނިމުމަކަށް އައިސްފައިވާއިރު، އެ އެޕާޓްމަންޓް ކުއްޔަށް ދެވިދާނެކަމަށް ޝަރީޢަތުން
ކަނޑައަޅުއްވާފައިވަނީ ވުޖޫދުގައި ނުވާ ކޮންޓްރެކްޓެއްގެ ދަށުންކަމަށް ބުނެ ހުށަހެޅި
• ދެވަނަ ނުކުތާއަކީ، ފަނޑިޔާރަކު ބަލަމުން ގެންދާ މައްސަލައާ އެއްފަދަ އެހެން
މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމްތަކަށް ރިޢާޔަތްކުރަންޖެހޭނޭ ކަމަށް ފަނޑިޔާރުންގެ
ޤާނޫނުގެ 5 ވަނަ މާއްދާ (ނ) ގައި ބުނެފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2437
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ރިޢާޔަތްކުރައްވާފައިވާ ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 03/SC-SJ/2011 ކޯޓު
އަމުރުގައި، އެ މަޢުޟޫއެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ މައްސަލަތައް އެއްމަރުޙަލާއެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13w1471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
etc
CC
ނުކުތާއެވެ.
4
2015/HC-A/405
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބެލުމާއި، އެއް މައްސަލައެއްގައި އެއް މަރުހަލާއެއްގެ ކޯޓުތަކުން ތަފާތު ޙުކުމްތައް ކުރުމާއި އެއް ކޯޓުން
ކޮށްފައިވާ ޙުކުމެއްގެ ބާރު ކެނޑޭގޮތަށް ނުވަތަ އެ ޙުކުމަށް އަސަރުފޯރާ ގޮތަކަށް ހަމަ އެ މަރުޙަލާއެއްގެ
އެހެން ކޯޓަކުން ޙުކުމް ކުރަމުން ގެންދިއުމަކީ ޢަދުލު ކުރެއްވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 03/SC-SJ/2011 އަމުރުގެ ދަށުން ތަބަޢަވާންޖެހޭ އުޞޫލުތަކަށް ތަބަޢަވެފައިނުވާކަމަށް ބުނެ
ހުށަހެޅު ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1458 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގދ. ވާދޫ
އަސުރުމާގެ، ޢާޠިފާ އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ހުރީ ހތމކ ސ ، ސ
އެތައް ފާހަގަކުރެވެއެވެ.
مهم می
(ހ) ފުރަތަމަކަމަކީ ކަނޑޫކުރި އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ހަދާފައިވާ 6 ބުރި
ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައިވާ ދެކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ހިފުމަށްޓަކައި ކުއްޔަށްދޭ ފަރާތުގެ
ގޮތުގައި ދަފްތަރު ނަންބަރު 2367 ޢަބްދުއްސައްތާރު އިބްރާހީމް އަދި ކުއްޔަށް ހިފާ ފަރާތުގެ ގޮތުގައި
ގދ.ވާދޫ އަސުރުމާގެ ޢާޠިފާ އިބްރާހީމްއާއި ދެމެދު 16 އޮކްޓޯބަރ 2009 ގައި ލިޔެ އެއްބަސްވުމެއްގައި
ސޮއިކޮށްފައިވާކަމާއި، މ.ކަނޑޫކުރިން ޢަބްދުއްސައްތާރު އިބްރާހީމް، ޢާޠިފާ އިބްރާހީމަށް ކުއްޔަށްދިން
ރާތްކުރެވުނު އެޕާޓްމަންޓަކީ މިއެޕާޓްމަންޓުގެ ވެރިފަރާތް މ.ކަނޑޫކުރި ޢާބިދާ އިސްމާޢީލްގެ އަތުން
01 ނޮވެމްބަރ 2008 އިން ފެށިގެން 31 އޮކްޓޯބަރ 2013 މިތާރީޚުގެ ނިޔަލަށް ކުއްޔަށް ހިފުމަށް
ޢަބްދުއްސައްތާރު އިބްރާހީމް އާއި ޢާމިދާ އިސްމާޢީލް އާއި ދެމެދުގައި 05 އޮކްޓޯބަރ 2008 ގައި ވެވުނު
އެއްބަސްވުމުގެ 16 ވަނަ މާއްދާގައި، ޢަބްދުއްސައްތާރު އިބްރާހީމް ކުއްޔަށްހިފިތަން އެހެންފަރާތަކަށް
ކުއްޔަށް ދެވިދާނެކަމަށް އޮންނައޮތުމަށް ރިޢާޔަތްކޮށް އެ އެއްބަސްވުމުން ބާރުލިބިގެން އަބްދުއްސައްތާރު
އިބްރާހީމްގެ ފަރާތުން ޢާޠިފާ އިބްރާހީމްއަށް ކުއްޔަށް ދެވިފައިވާ ތަނެއްކަން އެނގެން އޮންނަކަމާއި،
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1458 ޤަޟިއްޔާ އަށްބެލުމުން
އެޤަޟިއްޔާގައި ޢަބްދުއްސައްތާރު އިބްރާހީމްގެ ފަރާތުން އާތިފާ އިބްރާހީމްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ
ކަނޑޫކުރި އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާފައިވާ 6 ބުރި ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައިވާ
ދެކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ދިނުމަށް މިދެފަރާތުގެ ދެމެދުގައި 15 އޮކްޓޯބަރ 2009 ގައި ލިއެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 331471 *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/405
ސޮއިކޮށްފައިވާ އެއްބަސްވުމާއި ޢާޠިފާ އިބްރާހީމް ޚިލާފުވެ ކުލި ނުދައްކައި، އެ ޢިމާރާތުގައި ޢާޠިފާ
އިބްރާހީމް ދިރިއުޅެމުންދާތީ 2013 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ލިބެންޖެހޭ ކުއްޔާއި
ޖޫރިމަނާއަށްވާ -/90,600ރ. (ނުވަދިހަހާސް ހަސަތޭކަ ރުފިޔާ) އާއި، އެޕާޓްމަންޓް ޢާޠިފާ އިބްރާހީމްގެ
އަތުން ޢަބްދުއްސައްތާރު އިބްރާހީމަށް ލިބޭ ދުވަހާއި ހަމައަށް ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާ ޢާޠިފާ
އިބްރާހީމްގެ އަތުން ހޯދުމަށާއި، ޢާޠިފާ އިބްރާހީމާއި، ޢާޠިފާ އިބްރާހީމް އެތަނުގައި ގެންގުޅޭ މީހުންނާއި
ތަކެއްޗާއެކު އެ އެޕާޓްމަންޓުން ނެރުމުގެ ގޮތުން ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، 15 އޮކްޓޯބަރ 2009 ވަނަ ދުވަހު ޢަބްދުއްސައްތާރު އިބްރާހީމް އާއި
ޢާޠިފާ އިބްރާހީމް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތަކީ 15 އޮކްޓޯބަރ 2009 މިތާރީޚުން
ފެށިގެން 15 އޮކްޓޯބަރ 2013 އަށް އެކުޖުމްލަ 04 އަހަރުކަމާއި، ޢަބްދުއްސައްތާރު އިބްރާހީމްގެ
ފަރާތުން ކުރި ހޯދުމަށް ދަޢުވާކުރި މުއްދަތުގެ ތެރެއިން 2013 އެޕްރީލް މަހުން ފެށިގެން މިދެފަރާތުގެ
ދެމެދުގައިވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚު ކަމުގައިވާ 15 އޮކްޓޯބަރ 2013 މިތާރީޚާއި
ހަމައަށް ޢާޠިފާ އިބްރާހީމްގެ ފަރާތުން ދައްކަންޖެހޭ ކުލި ޢަބްދުއްސައްތާރު އިބްރާހީމް އާއި
ޙަވާލުކޮށްފައިނުވާކަން ޢާޠިފާ އިބްރާހީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު،
މިމުއްދަތުގައި ޢަބްދުއްސައްތާރު އިބްރާހީމް އާއި ކުލި ޙަވާލުކޮށްފައިނުވަނީ ތ. ކަނޑޫކުރިގޭގެ ވެރިފަރާތް
ޢާބިދާ އިސްމާޢީލްއާއި ޢަބްދުއްސައްތާރު އިބްރާހީމް އާއި ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް
އައިސްފައިވާކަމަށް ޢާބިދާ އިސްމާޢީލްގެ ފަރާތުން ބުނާތީކަމަށް ޢާޠިފާ އިބްރާހީމް ބުނެފައިވީނަމަވެސް
އެބިދާ އިސްމާޢީލްއާއި ޢަބްދުއްސައްތާރު އިބްރާހީމްއާއި ދެމެދު ވެވުނު އެއްބަސްވުން އެގޮތުގައި
ބާޠިލްވެފައިވާކަމަށް ޢާބިދާ އިސްމާޢީލް ހަމައެކަނި ބުނާ ބުނުމަކީ އެދެފަރާތުގެ ދެމެދުގައި ވެވުނު
އެއްބަސްވުން ބާޠިލްވެފައިވާކަމަށް ބަލަންޖެހޭ ޙުއްޖަތެއްނޫންކަން އެނގެން އޮތްއިރު، ޢަބްދުއްސައްތާރު
އިބްރާހީމްގެ ފަރާތުން ޢާޠިފާ އިބްރާހީމްގެ އަތުން ކުރި ހޯދުމަށް ދަޢުވާކޮށްފައިވާ މުއްދަތުގައި ޢާޠިފާ
އިބްރާހީމް އާއި ޢަބްދުއްސައްތާރު އިބްރާހީމް އާއި ދެމެދު ވެވުނު އެއްބަސްވުން ބާޠިލްނުވެ ދެމި އޮތްކަން
އެނގެން އޮތުމުން މިއެއްބަސްވުމާއި ޢާޠިފާ އިބްރާހީމްގެ ފަރާތުން ޢަބްދުއްސައްތާރު
އިބްރާހީމްއަށް ކުލި ދެއްކުން ލާޒިމްވާނެކަން އެނގެން އޮންނަކަމެވެ.
2
8 *ދه
އއޤީތަށް
ތިންވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1458 ޤަޟިއްޔާ
އިސްތިއުނާފް ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުނު މިޤަޟިއްޔާއާއި ގުޅިގެން ބޭއްވުމަށް ތާވަލް
ކުރެވުނު ޙުކުމްކުރުމުގެ މަޖްލީހަށް ޙާޟިރުވުމަށް މިމައްސަލައިގައި އިސްތިއުނާފް ކުރާ ފަރާތުގެ ބަދަލުގައްގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
27e
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/405
އަންގާ
ކޯޓަށް ޙާޟިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކަމުގައިވާ ގ.ފުންފަޅު އިބްރާހީމް ޝިޔާމަށް
ފޮނުވުނު މިކޯޓުގެ ނަންބަރު HC
-
B8
/
2017
/
15 (09 ޖެނުއަރީ 2017) "ކޯޓަށް ހާޟިރުވުމުގެ
އަމުރު" އާއި އިބްރާހީމް ޝިޔާމްގެ ފަރާތުން ޙަވާލުވެ މަޤުބޫލު އުޒުރެއްނެތި އެއަމުރުގައިވާ
ގަޑިއަށް ޙާޟިރުވެފައިނުވާތީ މިމައްސަލައިގައި ޙުކުމްކުރެވިފައިވަނީ އޭނާގެ ޣައިރު ޙާޟިރުގައެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1458 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޢާޠިފާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށްބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ނުވާކަމަށެވެ.
ޙުކުމް.
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1458 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ގދ.ވާދޫ،
އަސުރުމާގެ ޢާޠިފާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ގ.ފުންފަޅު އިބްރާހީމް ޝިޔާމްގެ ޣައިރު ޙާޟިރުގައި،
މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv