ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/66 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/66
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 66/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
މިހާރުގެ އެޑްރެސް: މ. ނިމްސާ، 2 ވަނަ ބުރި
ވަކީލު: އޏ. އަޙްމަދު ރަޝީދު
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އާމިނަތު މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A027411
ވަކީލު: އޏ. މުޙައްމަދު އަނިލް
ދާއިމީ އެޑްރެސް: މ.
މިހާރުގެ އެޑް
ނިމްސާ 8 ވަނަ ބުރި
*
0
ހުށަހެޅުނު ތާރީޚް: 24 މާރޗް 2010
ނިމުނު ތާރީޚް: 19 މެއި 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/3094
ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ށަހެޅުނުތާރީޚް: 15-12-2009 * ނިމުނު ތާރީޚް: 28-02-2010
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
[email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/66
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.ވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/3094 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ މ. ޖީޒާގެ އާމިނަތު މުޙައްމަދު ދީދީ (މ. ނިމްސާ 8 ވަނަ ބުރި) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓްގެ ނަންބަރު 2009/MC/3094 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މ. ނިމްސާ އެވެކިޔާ ގޯތީގައި ކުރެވިފައިވާ 9 ބުރީގެ ޢިމާރާތުގެ ގްރައުންޑް ފްލޯރ ގައި
ހަދާފައިވާ ފިހާރަ އާއި، 1 ވަނަ އަދި 2 ވަނަ ފްލޯރ، އަނގަބަހުން ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން،
ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދެވިފައިވާކަން ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ބަހުންނާއި އާމިނަތު މުޙައްމަދު ދީދީގެ ބަހުން އެނގެން އޮވެއެވެ.
(ނ) ރަން އަކީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ
ޞީޝާއަށް ބަލާއިރު އެދަޢުވާގައި އެދިފައިވަނީ، ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ
ތަނުގެ ކުލި އާމިނަތު ދީދީ ފޮނުވާފައިވާ ސިޓީގައިވާ ގޮތަށް ބޮޑު ނުކުރެވޭނެ ކަމަށް ކަނޑައަޅައި؛
އާމިނަތު ދީދީ އާއި ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވި
އެއްބަސްވުމާ އެއްގޮތަށް ޙުރުމަތްތެރިކޮށް ހިތައިގެ
މިމުޢާމަލާތް ކުރިއަށް ގެންދިޔުމަށް ޝަރީޢަތުގެ ފަރާތުން އާމިނަތު ދީދީގެ މައްޗަށް އަމުރުކޮށް
ދިނުން ކަމަށްވާއިރު،
ex e 4
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2010/HC-A/66
ހ ށ ކ އ ވ 22
ކަންތައްތަކެއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލު
ކުރަމުން ގޮސްފައިވާ ގޮތަކީ ހުށަހެޅިފައިވާ ދަޢުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ
ކަމުގައިވާނަމަ އެގޮތުގެ މަތީން އެދިފައިވާ އެކަންތައް ކުރުމަށް ޙުކުމް ކުރެއްވުން ކަމާއި،
ހަމަ އެހެންމެ ދަޢުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ ކަންތައްތަކެއް ކަމުގައި ވެއްޖެނަމަ،
ދަޢުވާގައި އެދިފައިވާ ގޮތަށް ޙުކުމް ކުރެވެން ނެތް ކަމަށް ނުވަތަ އެކަންކަން ސާބިތު ނުވާކަމަށް ޙުކުމް
ކުރެއްވުން ކަމަށްވުމާއިއެކު، ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާ
ބައްލަވާ ނިންމެވިއިރު،
މަދަނީކޯޓު ނަންބަރު 2009/MC/3094 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި،
އާމިނަތު ދީދީ އާއި ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އަނގަބަހުން ވެފައިވާ
އެއްބަސްވުން ބާޠިލްވެއްޖެކަމަށް ކަނޑައަޅުއްވާ، ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް
ހިފާފައިވާ ތަންތަން ހުސްކޮށް، 2010 ފެބުރުއަރީ 28 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ
ތެރޭގައި އާމިނަތު ދީދީ އާއި ޙަވާލު ކުރުމަށާއި، އެމުއްދަތުގައި ތަނަށް ދައްކަންޖެހޭ ކުލި ޤަވާޢިދުން
ދެއްކުމަށާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމަކީ،
މަދަނީ ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލު ކުރަމުން އައިސްފައިވާ ގޮތާއި ޚިލާފު، އަދި ދަޢުވާކުރި
ފަރާތުން އެދިފައި ނުވާ ކަންކަމެއްގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމެއް ކަން އެނގެއެވެ.
OX
(ނ) އާމިނަތު ދީދީގެ އަތުން، ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުއްޔަ
ހިފާފައިވާ ތަނުގައި އާމިނަތު ދީދީގެ ފަރާތުން ދަގަނޑު ދޮރު ހަރުކޮށް، ތަޅު އަޅުވާ އެތަން ބަންދު
ކުރިކަން ސާބިތުވެފައި، އެތަން ބަންދު ކުރުމުގެ ސަބަބުން ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ލިބުނު ގެއްލުމުގެ ބަދަލު ނަގައި ނުދެއްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ރަން އަކިރި މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުގެ މަރުޙަލާގައި ފާހަގަކޮށްފައިވާ
ނުކުތާއަށް ބަލާއިރު،
ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާގެ ޓީޝާގައިވެސް އަދި
އެކުންފުނީގެ ފަރާތުން ދަޢުވާކުރުމަށް އެދި މަދަނީކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ އެއްވެސް އިބާރާތެއްގައި
އެކުންފުންޏަށް ގެއްލުމެއް ވަމުންދާ ކަމަށްވެސް އަދި ބަދަލެއް ނަގައި ދިނުމަށްވެސް އެދިފައި ނުވާކަން
އެނގެން އޮތުމުގެ އިތުރުން، އަދި ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި، ހުށަހެޅިފައިނުވާ ދަޢުވާއަކަށް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
[email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/66
ނުކުތާއެއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމްކޮށްފައިވާ ކަމަށް ބުނެ އިސްތިއުނާފުގެ ގޮތުގައި ހުށަހަޅާ އެކަމާބެހޭ ގޮތުން ވަކާލާތު
ކުރުމަށްފަހު، ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަންގަވާދެއްވާ
ފައި ނުވާކަމަށް ބުނެ އެކަން ފާހަގަ ކުރި ކުރުމަކީ ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ
ވިސްނުމާއި މެދު ސުވާލު އުފެދޭ ކަމަކަށްވާއިރު، އެބަދަލަކީ ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ކޮށްފައިވާ ދަޢުވާގެ ޞިޝާއަށް ބަލައި މިމައްސަލައިގާ ޝަރީޢަތުން ނަގައިދެވޭނެ ބަދަލެއް ކަމަށް
ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންވެސް ދެކޭ ބަދަލެއް ނޫންކަން އެނގެން އޮވެފައި،
އެބަދަލާއި މެދު ގޮތެއް ކަނޑައެޅުއްވުމަކީ ނުކުރާ ދަޢުވާއަކަށް ޙުކުމެއް ކަނޑައެޅުން ކަން އެނގެއެވެ.
3 434 4
ރިޢާޔަތް
24
(ރ) ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ސާބިތު
ކުރުމަށް ހުށަހަޅާފައިވާ ހެއްކަށް ރިޢާޔަތްކޮށް ބެލެންސް އޮފް ޕްރޮބެބިލިޓީއަށް ބަލައި ނުވަތަ ލިބިފައިވާ
ހެއްކަށް ބަލައި ދަޢުވާކުރާ ފަރާތަށް ހުވާދީގެން މިމައްސަލަ ނިންމުގެ ފުރުޞަތު އޮއްވާ އެކަމުގެ މައްޗަށް
ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށްބުނެ ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނަޒަރު ކުރާއިރު،
ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމަށް އެދި މަދަނީކޯޓަށް
ހުށަހަޅާފައިވާ ދަޢުވާފޯމަށް ބަލާއިރު އެފޯމުގެ 5 ވަނަ ނަންބަރުގައި، ހެކީގެ ގޮތުގައި ހުށަހަޅާ ލިޔުން ތަކާއި
ތަކެތި މިސުރުޚީގެ ދަށުގައި އާމިނަތު ދީދީގެ ފަރާތުން ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ފޮނުވާފައިވާ ދެ ސިޓީއެއް ހިމަނާފައިވާއިރު، އެފޯމުގެ 6 ވަނަ ނަންބަރުގައި ހެކިންގެ ގޮތުގައި ޙާޟިރު
ކުރަން އެދޭމީހުންގެ ނަމާއި އެމީހުންގެ މަޢުލޫމާތު ލިޔުމަށް ކަނޑައެޅިފައިވާ ތަނުގައި އެއްވެސް ފަރާތެއްގެ
ނަމެއް ލިޔެފައި ނުވުމުގެ އިތުރުން މިމައްސަލަ އާއި ގުޅިގެން މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ރަން
އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ބަޔާނެއްގައި އެއްވެސް ހެއްކެއް
ޙާޟިރު ކޮށްދިނުމަށް އެދިފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން، ދެފަރާތުގެ މެދުގައި ވެވިފައިވާ ކަމަށް
ބުނާ އެއްބަސްވުން ވެވުނު އިރު އެޙާޟިރުގައި ތިބިކަމަށް ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބުނެފައިވާ ޑރ. މުޙައްމަދު ޞާލިޙު އާއި ޑރ. ޙަބީބު އާއި އިބްރާހީމް އާތިފް އާއި މުޙައްމަދު
ވަޙީދާއި މިމީސް މީހުންނަކީ މިމައްސަލައިގާ އެބައެއްގެ މަޞްޙަލަތެއް އޮތް ބައެއްކަމާއި، އެފަދަ
ފަރާތްތަކުން އެފަރާތެއްގެ ދިފާޢުގައި ނުވަތަ އެފަރާތްތަކުގެ މަޞްޙަލަތު ހިމެނިފައިވާ ގޮތާއި އެއްގޮތަށް ދޭ
ހެކިބަހަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ކަމެއް ސާބިތު ކުރެވޭނެ ކާފީ ހެއްކަކަށް ނުވުމުގެ އިތުރުން،
ޝަރުޢީ ގޮތުން އިޢްތިބާރެއް ދެވޭނެ ހެކިބަހެއް ނޫންކަން އެނގެއެވެ.
4 22
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
[email protected] ވެބް ސައިޓް: www.highcourt.gov.mv
މާއްޗާ އެކުނ
5
2010/HC-A/66
02 29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ބ) ގޯތި ގެދޮރު ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމުގެ އެގްރީމެންޓަކީ، ކުއްޔަށްދޭ ފަރާތަށް ތަނުގެ
ކުރި ލިބުމާއިއެކު، ކުއްޔަށް ހިފާ ފަރާތަށް ތަނުގެ ބޭނުންކުރުމާއި އެތަނުގެ މަންފާ ލިބިދިނުގެ މައްޗަށް
ކުރެވިފައިވާ އެގްރީމެންޓެއް ކަމަށްވާއިރު، ކުއްޔަށްދޭ ފަރާތުން، ތަން ކުއްޔަށް ދޭން ބޭނުންވާ
ކަނޑައެޅުމަކީ އެފަރާތަށް ލިބިގެންވާ ޙައްޤެއްކަމާއި، މިފަދައިން ކުރެވޭ އެގްރީމެންޓަކީ މުއްދަތެއް
ކަނޑައެޅުމާއިއެކު ނުވަތަ މުއްދަތެއް ކަނޑައެޅުމަކާއި ނުލައިވެސް ކުރެވޭ އެގްރީމެންޓް ތަކެއްކަމާއި،
އެގްރީމެންޓް ނިމުމަކަށް ގެނައުމަށްޓަކައި ނޯޓިސް ދޭނެ މުއްދަތެއް ނުވަތަ ވަކި ގޮތެއް ދެފަރާތުގެ މެދުގައި
ކަނޑައެޅި އެއްބަސްވެވިފައި ނުވާ ޙާލަތް ތަކުގައި، އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު
އެގްރީމެންޓް ނިމުމަކަށް ގެނައުމަކީ ދެފަރާތަށްމެ ލިބިގެންވާ ޙައްޤެއް ކަމާއި، ހަމަ އެހެންމެ އެއީ މިފަދަ
އެގްރީމެންޓުތައް ނިމުމަކަށް ގެނައުމަށްޓަކައި ޢަމަލު ކުރެވޭ ޢާންމު އުޞޫލު ކަމާއި،
ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަދަނީކޯޓަށް ހުށަހަޅާފައިވާ
މިމައްސަލައަށް ބަލާއިރު، ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢިމާރާތުގެ 1 އަދި 2
ވަނަ ފުލޯރ އާއި ގުރައުންޑް ފްލޯރގައި ހުރި ކުޑަ ފިހާރަ ކުއްޔަށް ހިފާފައިވަނީ ވަކި މުއްދަތަކަށް ކަމަށް
އެފަރާތުން ބުނި ކަމުގައި ވީނަމަވެސް، އެކަން ޝަރީޢަތަށް ސާބިތުވާ ފަދަ ކާފީ ހެއްކެއް ހުށަހެޅިފައި
ނުވާއިރު، އެކަށީގެންވާ ނޯޓިސް އެއް ދިނުމަށްފަހު، ތަން ދޫކޮށްލާކަން ނުވަތަ ތަން ހުސްކުރަން އެންގުމަކީ
އެނގެއެވެ.
l
1 0 2 0 28
28
4
2 ބ 2
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަމަށް ބަލާއިރު، ރަން އަކިރި
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވަނީ، ކުއްޔަށް ހިފާފައިވާ
މުއްދަތުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ތަނުގެ ކުލި އާމިނަތު މުޙައްމަދު ދީދީ ފޮނުވާފައިވާ ސިޓީގައިވާ
ގޮތަށް ބޮޑު ނުކުރެވޭނެ ކަމަށާއި، އާމިނަތު މުޙައްމަދު ދީދީ އާއި ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު އެއްބަސްވި އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތައި، އެމުޢާމަލާތް ކުރިއަށް ގެންދިޔުމަށް
ޝަރީޢަތުގެ ފަރާތުން އާމިނަތު މުޙައްމަދު ދީދީގެ މައްޗަށް އަމުރުކޮށް ދިނުން ކަމަށްވާއިރު، އެދަޢުވާ
ބައްލަވާ ނިންމެވިއިރު، އާމިނަތު މުޙައްމަދު ދީދީ އާއި ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
އަނގަބަހުން ވެފައިވާ އެއްބަސްވުން، 2010 ފެބުރުއަރީ 28 ވަނަ ދުވަހުން ފެށިގެން ބާޠިލްވެއްޖެކަމަށް
ކަނޑައަޅުއްވައި، އެތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނިމްސާ އެވެކިޔާ ގޯތީގައި
އެއެއްބަސްވުމުގެ ދަށުން ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ތަންތަން
ކާ"
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2010/HC-A/66
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުސްކޮށް، އާމިނަތު މުޙައްމަދު ދީދީ އާއި ޙަވާލު ކުރުމަށާއި، އެމުއްދަތުގައި ތަނަށް ދައްކަންޖެހޭ ކުލި
ޤަވާޢިދުން ދެއްކުމަށާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ ކުރައްވާފައިވާ
ޙުކުމަކީ ނުކުރާ ދަޢުވާއަކަށް ކުރައްވާފައިވާ ޙުކުމަކަށް ވާތީ އާއި، އެއްބަސްވުން ބާޠިލް ކުރުމުގެ މައްސަލަ
އަކީ، އާމިނަތު މުޙައްމަދު ދީދީގެ ފަރާތުން ހުށަހެޅިދާނެ ވަކި މައްސަލައެއް ކަން އެނގެން އޮންނާތީ،
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ މަދަނީކޯޓުގެ
ނަންބަރު 2009/MC/3094 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ng
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ފިކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
މަދަނީކޯޓުގެ ނަންބަރު 2009/MC/3094 ޤަޟިއްޔާގައި ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދަޢުވާކޮށްފައިވަނީ އާމިނަތު މުޙައްމަދު ދީދީ އާއި ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދު އަނގަބަހުން އެއްބަސްވި އެއްބަސްވުމާއި ޚިލާފަށް ކުއްޔަށް ދޫކުރި ތަނުގެ ކޮންމެ ފްލޯއެއްގެ ކުލި
މަހަކު -/
20,000ރ. (ވިހިހާސް ރުފިޔާ) އަށް ބޮޑު ކުރުމަށްފަހު، 1 މާރޗް 2009 ވަނަ ދުވަހުން
ފެށިގެން ބޮޑުކުރި ކުލި ދެއްކުމަށް އަންގާފައިވާތީ އާއި، އަދި އެގޮތުގެ މަތިން ބޮޑުކުރި ކުލި
ނުދައްކައިފިނަމަ، ކުއްޔަށް ދޫކުރެވިފައިވާ ތަނުގެ ތަޅުއަޅުވައި އެތަން ބަންދު ކުރާނެ ކަމުގެ އިންޒާރު
އާމިނަތު މުޙައްމަދު ދީދީގެ ފަރާތުން ރަން އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާތީ، ކުއްޔަށް
ހިފާފައިވާ މުއްދަތުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ތަނުގެ ކުލި އާމިނަތު މުޙައްމަދު
ދީދީ
ފޮނުވާފައިވާ
ސިޓީގައިވާ ގޮތަށް ބޮޑު ނުކުރެވޭނެ ކަމަށް ކަނޑައަޅައި، އާމިނަތު މުޙައްމަދު ދީދީ އާއި ރަން އަކިރި
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް ޙުރުމަތްތެރިކޮށް ހިތައި،
މަލާތް ކުރިއަށް ގެންދިޔުމަށް ޝަރީޢަތުގެ ފަރާތުން އާމިނަތު މުޙައްމަދު ދީދީގެ މައްޗަށް އަމުރުކޮށް
ދިނުން އެދިގެން ކަމަށް ވީއިރު، އެދަޢުވާ ބައްލަވާ ނިންމެވުމުގައި، 2010 ފެބުރުއަރީ 28 ވަނަ ދުވަހުން
ފެށިގެން ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްވެއްޖެކަމަށް ކަނޑައަޅުއްވާ، އެތާރީޚުން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނިމްސާ އެވެކިޔާ ގޯތީގައި އެއެއްބަސްވުމުގެ ދަށުން ރަން
އަކިރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ތަންތަން ހުސްކޮށް އާމިނަތު މުޙައްމަދު ދީދީ
އާއި ޙަވާލު ކުރުމަށާއި، އެމުއްދަތުގައި ތަނަށް ދައްކަންޖެހޭ ކުލި ޤަވާޢިދުން ދެއްކުމަށާއި، ގެއްލުމުގެ ބަދަލު
ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމަކީ، ނުކުރާ ދަޢުވާއަކަށް ކުރައްވާފައިވާ
އެމުޢާމަލާތް
.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2010/HC-A/66
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
04 37
ހހ
ކަން އެނގެން އޮންނާތީ، މަދަނީކޯޓުގެ ނަންބަރު 2009/MC/3094 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އި
އަން
ޙަމީދު
،ފަނޑިޔާރު)
އިލް
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv