ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/03 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/03
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 03/HC-A/2015
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
* ދާއިމީ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ހޫދު ލަޠީފް
އައިޑީ ކާޑު ނަންބަރު: A277924
* ދާއިމީ އެޑްރެސް: ބްލޫބަރޑް ސ. ހިތަދޫ
• ރަޖިސްޓްރީކުރެވުނު ތާރީޚް:
15 ރަބީޢުލްއައްވަލް 1435
6 ޖެނުއަރީ 2015
ނިމުނު ތާރީޚް: 21 ރަބީޢުލްއައްވަލް 1436
12 ޖެނުއަރީ 2015
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2014
/
599/MD
-
S2C
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
ތާރީޚް: 31 ޑިސެމްބަރު 2014 ނިމުނު ތާރީޚް: 31 ޑިސެމްބަރު 2014
) 24.9 2
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
ނިމުނު 1
2015/HC-A/03
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
599/MD
-
S2C
ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ
ކޯޓުއަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ،
ހިތަދޫބްލޫބަރޑް، ހޫދު ލަޠީފް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A277924) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
599/MD
-
S2C
ކޯޓުއަމުރަށް ބަލާއިރު، އެ ކޯޓުއަމުރަކީ، ހިތަދޫބްލޫބަރޑް، ހޫދު ލަޠީފްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލާގައި އޭނާ
ޖެތަމަޢުގެ ތެރެއަށް ދޫކޮށްލާފިނަމަ އެމައްސަލާގައި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަ
ފެންނާތީއާއި، އޭނާގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ،
ހޫދު ލަޠީފުގެ ބަންދާމެދު ގޮތެއް ނިންމައިދިނުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ގުޅިގެން، ހޫދު ލަޠީފް ހައްޔަރުކުރެވޭވަރުގެ ހެއްކާއި ޤަރީނާ
ލިބިފައިނުވާތީއާއި، ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށް ނުބެލެވޭތީއާއި، ވެޑިކޯ ލީގަލް
ރިޕޯޓު ނެތްކަމަށްޓަކައި، އޭނާ ބަންދުން ދޫކޮއްލުމަށް އަމުރުކޮށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން
ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8 42
=32
2015/HC-A/03
و مری
OU OO
3 ޤަޟިއްޔާ ނިމުނު ގޮ
2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
599/MD
-
S2C
ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް)
ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ؟
0 0
<< O
ހ92ކ 2x
• ފުރަތަމަ ނުކުތާއަކީ،
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
599/MD
-
S2C ކޯޓު އަމުރުން ނިންމާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ
22 29 2
ނަކުއވެ
OL OO
22 22 3
eރދުވހއ
• ދެވަނަ ނުކުތާއަކީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
599/MD
-
S2C ކޯޓު އަމުރަކީ ޤާނޫނު ނަންބަރު 41/2014 (ޤާނޫނު ނަންބަރު 17/2010
މާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު އަށް 1 ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާއާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
599/MD
-
S2C ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ
ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހ4 2 ހ2
x
. ހަތަރުވަނަ ނުކުތާއަކީ،
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
599/MD
-
S2C ކޯޓު އަމުރަކީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/03
کی مرکی
ދެވެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާއި ޚިލާފަށް
ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
599/MD
-
S2C
ކޯޓުއަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް)
މާއްދާއާއި
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
މީހުން
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަ
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471"
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
، ދިވެހި
5 ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/13
گمرکی
=32
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
މ 04
4
މާއްދާގައި،
990
(ނ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއްނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭ ޢާންމު މިންގަޑުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު
ނަންބަރު 41/2014 (ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު
އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގައި، އެޤާނޫނުގެ
5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށްވާ މާއްދާތަކުގައި ބަޔާން
ބަޔާންވެފައި
ކުށްތަކަށް
ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމަށް
ލާޒިމްކޮށްފައިވާކަމާއި،
އެގޮތުން ބަލާއިރު، އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި، އެ ޤާނޫނުގެ 5 ވަނަ
މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް
ކުރިކަމުގެ ތުހުމަތުކުރެވޭ މީހެއް، ބަންދުގައި ބަހައްޓައިދިނުން އެދި ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ
ޖެނެރަލް އެދެފިނަމަ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން،
މީހަކު ބަންދުގައި ބެހެއްޓިދާނެ ޙާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ޙާލަތުތަކުގެ ތެރެއިން ޙާލަތެއް
ވުޖޫދުގައިވާނަމަ، ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން އެމީހަކު ބަންދުގައި
ބަހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ނ) ގައި، ޤާނޫނުއަސާސީގެ
49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައިވޭތޯ އެ މާއްދާގެ (ހ) ގެ ދަށުން ކޯޓުން
ކަނޑައެޅުމުގައި ކޯޓުން އިޚްތިޔާރުކުރާ މިންގަނޑަކީ، ޖިނާއީ ކުށެއް ސާބިތުކުރުމަށް ބަލާ މިންގަނޑު
ޤާއިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/03
کرم محترمب
6 ޤަޟިއްޔާ ނިމުނު ގޮ
ކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑު ނޫންކަމަށާއި، އެ
ހއ 2
2
ން26ނވަރު
ޙާލަތުގައި ކޯޓުން ބަލާންވާނީ، ފުލުހުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ އަންނަނިވި
މަޢުލޫމާތަށް ބަލާއިރު، އެއިން ޙާލަތެއް ވުޖޫގައި އޮތުން، އެފަދަ ޙާލަތެއް ވުޖޫދުގައި
ގާތްކަމަށް ބެލުމުގެ މައްޗަށްކަމަށް ބަޔާންކޮށް، އެޙާލަތުތައް ބަޔާންކޮށް
ންކޮށްފައިވާކަމާއި، އެއީ؟
(1) ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ހައްޔަރުކުރެވިފައިވާ
މީހެއްނަމަ އެކަމުގެ ރެކޯޑުގެ
(2) ކުށުގެ ތުހުމަތުކުރެވޭ މީހާއަކީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ދަޢުވާއެއް
އުފުލާފައިވާ މީހެއްނަމަ އެކަމުގެ ރެކޯޑް
(3) ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓުގައި އެމީހަކާ ގުޅޭގޮތުން ހުށަހަޅާ މަޢުލޫމާތު؟
(4) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަސް ޙާލަތުގެ ތެރެއިން ޙާލަތަކާ
ގުޅޭގޮތުން ފުލުހުން ހުށަހަޅާ އެހެނިހެން މަޢުލޫމާތު.
މި ކަންކަންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 41/2014 (ޤާނޫނު ނަންބަރު 17/2010
(ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް 1 ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި، "އެމީހަކާމެދު ތުހުމަތުކުރެވޭ މައްސަލައެއްގެ
ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި
ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ޝަރީޢަތުން
ކުރިން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި
4 27 9 7 2
ހކުމްކުރުމެގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު
2015/HC-A/03
و مری
=32
4 20 27
0 0
ބޭނުންކޮށްގެން
މާއްދާތަކުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހާ ބަންދުން ދޫކޮށްލައިފިނަމަ،
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް
ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ މަރުޙަލާއާއި
ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް
މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް މިޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވެއެވެ"
މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި،
އެޤާނޫނުގެ 5 ވަނަ މާއްދާއަކީ، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް
ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމަކީ ކުށެއްކަމަށް ބަޔާންކުރާ މާއްދާކަމާއި، 6 ވަނަ މާއްދާއަކީ،
ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު
މަރުވެއްޖެނަމަ އެމީހާއެކުރީ ކުށެއްކަމަށް ބަޔާންކުރާ މާއްދާކަމާއި، 7 ވަނަ މާއްދާއަކީ، މީހެއްގެ
ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި
ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެއްކަމަށް ބަޔާންކުރާ މާއްދާކަމާއި، 8 މާއްދާއަކީ،
މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު ނުވަތަ ނުރައްކާތެރި ހަތިޔާރެއް
ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެއްކަމަށް ބަޔާންކުރާ މާއްދާކަމާއި، 9 ވަނަ މާއްދާއަކީ، ތޫނު
އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަކީ ކުށެއްކަމަށް ބަޔާންކުރާ
ދާކަން އެމާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD074405
ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
މައްސަލަ ހުށަހަޅާ ފޯރމް" އަށް ބަލާއިރު، ހޫދު ލަޠީފް ހައްޔަރުކުރެވިފައިވަނީ ގްރޫޕް ހަދައިގެން ތޫނު
ހަތިޔާރާއެކު މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައިކަމާއި، އެ ކުށުގެ ތަބީޢަތަށާއި، އެކުށުގެ
ނުރައްކާތެރިކަމަށް ބަލާއިރު، އެއީ ޤާނޫނު ނަންބަރު 41/2014 (ޤާނޫނު ނަންބަރު 17/2010
8982
1341
މ 04
4
"ކުނޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/03
کی مرگی
=32
8 ޤަޟިއްޔާ ނިމުނު "
(ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް 1 ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް
ބަޔާންކުރެވިފައިވާ ކުށްތަކުގެ ތެރެއަށް ފެތޭ ކުށެއްކަން އެނގެން އޮންނަކަމާއި،
އަދި މީގެ އިތުރުން ހޫދު ލަޠީފުގެ ކުށުގެ ރެކޯޑަށް ބަލާއިރު، އޭނާއަކީ މިހާތަނަށް
ތަފާތު މައްސަލަތަކުގައި 14 (ސާދަ) ފަހަރު ހައްޔަރުކުރެވިފައިވާ މީހެއްކަމާއި، އަދި އޭނާގެ މައްޗަށް
ތުހުމަތު ކުރެވިގެން ހައްޔަރުކުރެވިފައިވާ ކުށްތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ ކުށާއި، ގްރޫޕް
ހަދައިގެން މާރާމާރީ ހިންގުމުގެ ކުށާއި، ތޫނު ހަތިޔާރާއެކު ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ކުށާއި،
މިނޫންވެސް ތަފާތު އެތައް ބާވަތެއްގެ ކުށްތައް ހިމެނޭކަމާއި،
އެހެންކަމުން، ހޫދު ލަޠީފަކީ ޤާނޫނު ނަންބަރު 41/2014 (ޤާނޫނު ނަންބަރު
17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)
އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ އިސްވެދެންނެވިފައިވާ މައްދާތަކުގެ ދަށުން، އޭނާ
ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް، އަދި ހެކި
ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބަލައި
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤު ހިފެހެއްޓިފައިވާ މީހެއްކަމަށް ޝަރީޢަތުން
ބަލަންޖެހޭކަމާއި، އަދި އެސަބަބަށްޓަކައި އޭނާ ހުންނަންޖެހޭނީ ތަޙްޤީޤު މަރުޙަލާ ނިމެންދެން އަދި
ޝަރީޢަތުގެ މަރުޙަލާ ނިމެންދެންވެސް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުގައި ކަމާއި، އެފަދަ ކުށެއްގެ ތުހުމަތުގައިވާ މީހާ
ބަޔާންކުރެވުނު ޤާނޫނު އެއްވެސް މާއްދާއަކުން ހުއްދަކޮށްފައިވާކަން އެނގެން ނެތްކަމާއި،
އެހެންނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ ސަރވިސްގެ ނަންބަރު TD074405 "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
24 2
02 22
0x32
3 ތ
ޏ އ ހ49 4 ތތ
کره ای می ترسی
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވެރިން18 ހައިކޯޓް
9
ޤަޟިއްޔާ ނިމުނު
23
4 43
=32
2015/HC-A/03
کی مرکی
މައްސަލަ ހުށަހަޅާ ފޯރމް" ގައި އެދިފައިވަނީ ހޫދު ލަޠީފް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
ބަންދުކުރުމަށް ކަމަށްވާތީއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންވެސް މިކޯޓުގައި އެދިފައިވަނީ
އެފަދައިން ކަމުގައިވާތީ، މިޤާޟިއްޔާ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިވާނެކަން ފާހަގަކުރަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
TD074405 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް" އިން ހޫދު ލަޠީފުގެ ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން، އޭނާ ހައްޔަރުކުރެވޭވަރުގެ ހެއްކާއި ޤަރީނާ ލިބިފައިނުވާކަމަށާއި،
ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށް ނުބެލެވޭކަމަށް ބައްލަވައި، ހޫދު ލަޠީފް ބަންދުން
ދޫކޮށްލުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
599/MD
-
S2C ކޯޓު އަމުރުން
ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 41/2014 (ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު) ގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިޤަޟިއްޔާބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް
ފހު 0
2942
ބަޔާންކުރެވުނު
02c22
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
599/MD
-
S2C ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް އެކޯޓުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 43
2015/HC-A/03
10 ޤަޟިއްޔާ ނިމުނު
ދެވެ
0x0
ނެރުއްވާފައިވާ އަމުރެއްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މީޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، އެއަމުރު ބާޠިލްކޮށް، ހިތަދޫބްލޫބަރޑް، މޫދު ލަޠީފް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A277924) 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ
11:20 ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv