ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/68 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 238/HC
-
A/2013
. އިސްތިއުނާފުކުރި ފަރާތް:
އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ފ. ނީމް 2 ވަނަ ފަންގިފިލާ މާލެ
މިހާރުގެ އެޑްރެސް:
ނީމް 2 ވަނަ ފަންގިފިލާ މާލެ
ރަޖިސްޓްރީ ނަންބަރު: 28
/
2007-C
• އިސްތިއުނާފު ރައްދުވި ފަރާތް:
މޫސާ އާދަމް ފުޅު
އައިޑީ ކާޑު ނަންބަރ: A007326
އެޑްރެސް: އަލިވާގެ/ ރ. އިގުރައިދޫ
މިހާރުގެ އެޑްރެސް: މި ހަލަވެލިގެ/ މާލެ
• ހުށަހެޅުނު ތާރީޚް:
19 ފެބުރުއަރީ 2013
ނިމުނު ތާރީޚް: 18 އޮގަސްޓް 2013
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/99
• ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ށަހެޅުނުތާރީޚް: 28-05-2012
ނިމުނު ތާރީޚް: 20-12-2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
ދަޢުވާގެ ޚުލާޞާ
, 28 ޗެޅހމެވެ
އއ09ނ هل
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/99 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، އިގުރައިދޫ އަލިވާގެ މޫސާ އާދަމް ފުޅެވެ.
#
0
ހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/99 މައްސަލަ އަކީ އިގުރައިދޫ
އަލިވާގެ މޫސާ އާދަމް ފުޅު 2012 ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައި 2012
އެޕްރީލް 30 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމޭ
ދުވަހާއި ހަމައަށް ކޮންމެ މަހަކަށް 15000.00ރ. (ފަނަރަހާސް ރުފިޔާ) އަދި ވަޒީފާއިން ވަކިވި ދުވަހުން
ފެށިގެން މައްސަލަ ނިމެންދެން ކޮންމެ ދުވަހަކަށް 500.00ރ. (ފަސްސަތޭކަ ރުފިޔާ) ލިބިދިނުމަށް އެދި
އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އޭ.އޭ.އޭ
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މިމައްސަލައާއި ގުޅިގެން މައްސަލަ ހުށަހެޅި ފަރާތާއި
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ބަލާއިރު، މައްސަލަ
ހުށަހެޅި މޫސާ އާދަމް ފުޅު، އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ މެދުފުށި
އައިލެންޑް ރިސޯޓުގެ އިންޖިނިއަރގެ މަޤާމުން 30 އެޕްރީލް 2012 ވަނަ ދުވަހު ވަކިކޮށްފައިވަނީ ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގައި ބުނާ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ
މުއްދަތުގައި ކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނި ނަމަވެސް މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި
ފަރާތުގެ ވަޒީފާއާއި ގުޅިފައިވަނީ 04 ޖެނުއަރީ 2012 ގައި ކަމަށްވެފައި އޭނާގެ ޕްރޮބޭޝަން މުއްދަތު ހަމަވާ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
ތާރީޚަކީ 03 އެޕްރީލް 2012 ކަމުން، 30 އެޕްރީލް 2012 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަގުތީ
މުއްދަތުގައި މުވައްޒަފަކު ވަޒީފާގައި ގެންގުޅުމަށް ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއިން ހުއްދަކުރާ 03
މަސް ދުވަހުގެ މުއްދަތު ފާއިތުވީފަހުންކަން އެނގެން އޮތުމާއި، ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާގައި
ގެންގުޅުމަށް ހުއްދަކުރާ މުއްދަތުގެ ފަހުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގައި
ބަޔާންކުރާ ގޮތުގެ މަތީން ޢަމަލުކުރަންޖެހޭ ހިނދު، އެގޮތުގެ މަތީން މޫސާ އާދަމް ފުޅު ވަޒީފާއިން
ވަކިކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ހެއްކާއި ދަލީލު ހުށަހަޅާފައިނުވާތީ،
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް މައްސަލަ ހުށަހެޅި މޫސާ
އާދަމް ފުޅު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން
ކަނޑައަޅައި، މޫސާ އާދަމް ފުޅު އަދާކުރަމުން ދިޔަ ވަޒީފާ ބޭނުންނުވާކަމަށާއި، ބޭނުންވަނީ ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން މައްސަލަ ނިމޭ ދުވަހާ ހަމައަށް މުސާރަކަމަށް އޭނާ ބުނެފައިވާތީ، ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 114,677.41 (ސަތޭކަ
ސާދަހާސް ހަސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓް ހަތަރެއް އެކެއް) ރުފިޔާ އާއި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ބަދަލުގެ ގޮތުގައި 3,500.00 ރުފިޔާ އާއިއެކު ޖުމްލަ 118,177.41
(ސަތޭކަ އަށާރަހާސް އެއްސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓް ހަތަރެއް އެކެއް) ރުފިޔާ މިއަދު، 20 ޑިސެމްބަރު
2012 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި މޫސާ އާދަމް
ފުޅަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަށް، މައްސަލަ ރައްދުވި އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(ރަޖިސްޓްރީ ނަންބަރު
28
/
2007-C) އަށް އަންގާ އަމުރުކުރަމެވެ.“ މިފައިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން
އެގެން އޮވެއެވެ.
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/99 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު
uuu
COC
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
ކުރުމަށް ދެ ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: މޫސާ އާދަމް ފުޅަށް ވަޒީފާ ދިނުމުގައި އެއްބަސްވެ ދެފަރާތުން ސޮއިކޮށްފައިވާ
11 ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި
اسرع مبينا ع د
ނުކުތާއެވެ.
#
• ދެވަނަ ނުކުތާއަކީ: މޫސާ އާދަމް ފުޅު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރުވެސް އޭނާ
ތިލަފުށީގައި ވަޒީފާ އަދާކުރަމުންދާކަމަށް ޓްރައިބިއުނަލްގެ މައްސަލަ ބެއްލެވި މަޖިލީހުގައިވެސް ބުނެ
އިޢްތިރާފުވެފައިވާއިރު މިކަމަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/99 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) މޫސާ އާދަމް ފުޅު، މެދުފުށި އައިލެންޑް ރިސޯޓުގެ އިންޖިނިއަރގެ ވަޒީފާ އަދާކުރުމުގެ ގޮތުން
އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ އާދަމް ފުޅާއި ދެމެދު 2012 ޖެނުއަރީ 04
ވަނަ ދުވަހު 02 (ދޭއް) އަހަރު ދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން
އޮންނަކަމާއި، އެ އެއްބަސްވުމަށް ބަލާއިރު އެއްބަސްވުމުގެ 2.6 ގައި ޕްރޮބޭޝަން މުއްދަތު ކަމަށްވާ ފުރަތަމަ
ތިން މަސް ދުވަހުގެ މުސާރައަކީ މަހަކު 13000.00 (ތޭރަހާސް) ރުފިޔާކަމާއި އަދި އެމުއްދަތު ހަމަވުމަށްފަހު
މުސާރައަކީ މަހަކު 15000.00 (ފަނަރަހާސް) ރުފިޔާކަމަށް ބަޔާންކުރެވިފައިވާކަމާއި،
އެއްބަސްވުމުގެ 4.1 ގައި ޕްރޮބޭޝަން މުއްދަތަކީ 03 (ތިނެއް) މަސްދުވަސް ކަމަށް
ބަޔާންކޮށްފައިވާއިރު، އެ މުއްދަތުގެ އިތުރުން ޕްރޮބޭޝަންގެ މުއްދަތު އިތުރު 03 (ތިނެއް) މަސްދުވަހަށް
40
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
ތުރުކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތުން ބޭނުންވެއްޖެނަމަ އެފަރާތަށް ލިބިގެންވާކަމަށް އެއްބަސްވުމުގެ 4.2
ގައި ބަޔާންކޮށްފައިވާކަމާއިގެ
2008 އޮކްޓޯބަރ 13 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުން އައިސްފައިވަނީ، ވަޒީފާއާބެހޭ
ޤާނޫނުގެ 14 ވަނަ މާއްދާ ހިމެނިގެން އެޤާނޫނަށް އެއްވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ކަމުގައިވާ، ޤާނޫނު
ނަންބަރު 14/2008 (ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް
ގެނައުމުގެ ޤާނޫނު)ގެ 3 ވަނަ ނަންބަރުގައި އެމާއްދާ (14 ވަނަ މާއްދާ) އިޞްލާޙް ކުރެވިފައިވާގޮތުގެ
މަތިންކަން އެނގެން އޮވެފައި، އެނަންބަރަށް ބަލާއިރު،
ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ މުއްދަތުކަމުގައި 3 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް
ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށާއި އެމުއްދަތުގައި އެ އެއްބަސްވުން ނޯޓިހެއް ދިނުމަކާނުލައި،
ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާޠިލްކުރެވިދާނެ ކަމަށް ބަޔާންކުރެވިފައިވުމުން ވަޒީފާގެ އެއްބަސްވުމުގައި
ޕްރޮބޭޝަންގެ މުއްދަތު ތިން މަސްދުވަހަށްވުރެ އިތުރުކުރުމުގެ އިޚްތިޔާރު ވަޒީފާދިން ފަރާތަށް ލިބިގެންވާކަމަށް
އެންކޮށް ލިޔެވިފައި
އޮންނަ އޮތުމަކީ، ޤާނޫނު ނަންބަރު 14/2008 (ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު)ގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ
ގިނަވެގެން ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނެ މުއްދަތު ނުވަތަ ޕްރޮބޭޝަންގެ މުއްދަތު ކަމުގައި
ކަނޑައެޅިފައިވާ 3 މަސްދުވަހުގެ މުއްދަތާއި ޚިލާފަށް އޮންނަ އޮތުމެއް ކަމުން، ދެފަރާތުގެ މެދުގައި ވެވިފައިވާ
ވަޒީފާގެ އެއްބަސްވުމުގެ 4.2 ވަނަ މާއްދާއަކީ ޢަމަލުކުރެވެން ނެތް ބާޠިލް މާއްދާއެއްކަން އެނގެއެވެ.
އއ ވ
ބަޔާން.
cuca
4e0
c &
އޭ.އޭ.އޭ
(ށ) މޫސާ އާދަމް ފުޅަށް ވަޒީފާ ދީފައިވަނީ 2012 ޖެނުއަރީ 04 ގައި ކަމާއި އަދި އޭނާ
ވަޒީފާއިން ވަކިކޮށްފައިވަނީ 2012 އޭޕްރީލް 30 ގައި ކަން މިމައްސަލައާއި ގުޅިގެން
އެންޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 2012 ޖުލައި 05 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އެހެން ކަމުން މޫސާ އާދަމް ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަގުތީ ގޮތުން މުވައްޒަފަކު ގިނަ ވެގެން ގެންގުޅެވޭނެ މުއްދަތު ކަމުގައިވާ 03
މަސްދުވަސް ފާއިތުވުމަށްފަހުގައި ކަން އެނގޭކަމާއި،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
3
ޢާންމު އުޞޫލެއްގެ ގޮތުން ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
އެމުވައްޒަފު ވަޒީފާއަދާކޮށްފައިވާ
ފާއަދާކޮށްފައިވާ މުއްދަތަށް ބަލައި ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ނޯޓިސްއެއް ލިޔުމުން
ދިނުމަށްފަހު ކަމާއި، އެގޮތުން ބަލާއިރު މޫސާ އާދަމް ފުޅުގެ ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި
ވަޒީފާއިން ވަކިކުރާ ޙާލަތުގެ ދޭނެ ނޯޓިސްގެ މުއްދަތުތައް ކަނޑައެޅިފައިވާކަން އެނގެން އޮވެއެވެ.
CCCX
އެންޑް
(ނ) މޫސާ އާދަމް ފުޅަށް ވަޒީފާ ދިނުމުގައި އެއްބަސްވެ ދެފަރާތުން ސޮއިކޮށްފައިވާ
ކޮންޓްރެކްޓްގެ
11 ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް އޭ.އޭ.އޭ
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރުގައި،
މުވައްޒަފު ވަޒީފާގައި ހޭދަކޮށްފައިވާ މުއްދަތަކީ 3 މަހާއި 12 މަހާއި ދެމެދުގެ މުއްދަތެއް
ކަމުގައިވާނަމަ 01 (އެކެއް) މަސްދުވަހުގެ ނޯޓިސްއެއް ލިޔުމުން ދިނުމަށްފަހު މުވައްޒަފު ވަޒީފާއިން
ވަކިކުރެވިދާނެ ކަމަށް މޫސާ އާދަމް ފުޅަށް ވަޒީފާ ދިނުމުގެ ގޮތުން ދެފަރާތުން އެއްބަސްވެ ސޮއިކުރެވިފައިވާ
ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި؛
މޫސާ އާދަމް ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގައި 3 މަސް ފާއިތުވުމަށްފަހު 12 މަސް
ވުމުގެކުރިންކަން މޫސާ އާދަމް ފުޅާއި
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުން ތަކުން އެނގެން އޮންނަކަމާއި،
މޫސާ އާދަމް ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ
ގޮތުގެ މަތީން ނޯޓިސް ދިނުމަށްފަހުގައިކަން އެނގެން ނެތްއިރު، މޫސާ އާދަމް ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ
ނޯޓިސްގެ މުއްދަތަށްވާ މުސާރަޔާއި އިނާޔަތްތަކުގެ ފައިސާ މޫސާ އާދަމް ފުޅަށް ދިނުމަށްފަހުގައި ކަން
ސާބިތުވާނެ ހެއްކެއްވިޔަސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން
ހުށަހަޅާފައިވާކަން އެނގެން ނެތް
ނެތްކަމާއި،
ދެކަމުން މޫސާ އާދަމް ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމާއި
ކަމަށް ބެލެވެން ނެތްކަމާއި، އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލަކީވެސް ޤާނޫނު
ނަންބަރު 4/1991 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ނަގައިދެވޭނެ ބަދަލެއްކަމާއި، އެ
44 4
ޑ0 x ހ4
އނކމ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
O OCOCCC
ބަދަލަކީ ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ މުއްދަތުގެ ފައިސާ އެކަނި ކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ނިންމަވާފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 11
ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވާކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވ
ފަނނކމެނީ
#
(ހ) މޫސާ އާދަމް ފުޅު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރުވެސް އޭނާ ތިލަފުށީގައި
ވަޒީފާ އަދާކުރަމުންދާކަމަށް ޓްރައިބިއުނަލްގެ މައްސަލަ ބެއްލެވި މަޖިލީހުގައިވެސް ބުނެ އިޢްތިރާފުވެފައިވާއިރު
އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު؛
މޫސާ އާދަމްފުޅު އަދާކުރަމުންދިޔަ ވަޒީފާއިން 30 އޭޕްރީލް 2012 ގައި ވަކިކޮށްފައިވާއިރު،
އެމައްސަލަ 28 މެއި 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު މޫސާ އާދަމް ފުޅުގެ
ފަރާތުން އެދިފައިވަނީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމަވައިދެއްވުން ކަން އެނގެން އޮންނައިރު، މޫސާ
އާދަމް ފުޅުގެ ފަރާތުން މައްސަލަ ލަސްކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ފެންނަން ނެތްކަމާއި؛
01 މެއި 2012 އިން ފެށިގެން ކ. ތިލަފުށީގައި ވަގުތީ ގޮތުން މަސައްކަތްކުރަމުންދާ ކަމަށާއި
އެތަނުގައި މަސައްކަތް ކުރަނީ ދުވަހު މަސައްކަތްތެރިއެއްގެ ގޮތުން ދުވަހު މުސާރައަށްކަން މޫސާ އާދަމް ފުޅު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
މޫސާ އާދަމް ފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ބެލޭ މުއްދަތު
ފާއިތުވުމަށްފަހުގައިކަން އެނގެން އޮންނައިރު، ދާއިމީ ވަޒީފާއެއްގައި ހުރި މީހަކު އެވަޒީފާއިން ވަކި
ކުރުމާއިގުޅިގެން ދުވަހު މުސާރަ ލިބޭ ގޮތަށް ވަގުތީ ވަޒީފާއެއް އަދާކުރާ ކުރުމަކީ ދާއިމީ ވަޒީފާ އިން
ވަކިކުރުމުން ލިބޭ ބަދަލަކީ ދާއިމީ ވަޒީފާއިން ވަކިކުރި ތާރީޚާއި ވަގުތީ ވަޒީފާ އަދާކުރަންފެށި ތާރީޚާއި ދެމެދު
ހިނގާފައިވާ މުއްދަތަށް ދެވޭ ބަދަލެއް ކަމަށް ބަލަންޖެހޭ ޤާނޫނީ ޝަރުޢީ ޙުއްޖަތެއް ނެތުމާއިއެކު، މޫސާ އާދަމް
ފުޅު ވަގުތީ ގޮތުން ކ. ތިލަފުށީގައި ވަޒީފާ އަދާކުރުމަކީ މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމެވުން ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ސައްޙަނޫންކަމަށް ބެލެވެނޭ ސަބަބެއް ނޫންކަން
އެނގެއެވެ.
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/68
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/99 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ ބަދަލު ގެންނަންޖެހޭ
ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް
3 ޒ
ފެނުނެވެ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އޭ.އޭ.އޭ
އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ
ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
2012/VTR/99 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
މައްޗަށް
ނަންބަރު
ce O
ދިވެހި
، ހައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv