ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/273 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/273
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 273/HC
-
A/2014
އިސްތިއުނާފް ކުރިފަރާތް:
* ނަން: އިބްރާހީމް އަމީން
އައިޑީ
ކާޑު ނަންބަރު: A103849
* ދާއިމީ އެޑްރެސް: ގުލްފާމުގެ ރ. އުނގޫފާރު
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އަލްއުސްތާޛު އާދަމް އާރިފް
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 8 ޛުލްޙިއްޖާ 1435
2 އޮކްޓޫބަރު 2014
ނިމުނު ތާރީޚް: 24 ޖުމާދަލްއާޚިރާ 1436
13 އެޕްރީލް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC
/
2010
)
790
/
Cr
-
C/484)
ޤަޟިއްޔާގެ ބާވަތް: ޚިޔާނާތްތެރިވުން
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
* ހުށަހެޅުން ތާރީޚް: 14 ފެބްރުއަރީ 2010 ނިމުނު ތާރީޚް: 14 މެއި 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުލްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2 ޤަޟިއްޔާ ނިމުނު 1
2014/HC-A/273
کمر متر مربع
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
790
/
Cr
-
C/484)
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފް ކޮށްދިނުންއެދި، އިބްރާހީމް އަމީން، ރ. އުނގޫފާރު!ގުލްފާމުގެ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A103849) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
22
29
1. އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު (2010;JC/484)
2010/Cr
-
C/790 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ރ. އުނގޫފާރު ގުލްފާމުގެ، އިބްރާހީމް
އަމީން، 1 މެއި 2004 އިން 2006 އޭޕްރީލް 13 ގެ ނިޔަލަށް، ރ. އުނގޫފަރުގެ ފައިސާއާ
ކަންތައްތައް ބެލެހެއްޓުމުގައި މަސައްކަތް ކުރިއިރު، އެދުވަސްވަރު އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން
ރަށުއޮފީހަށް ދެއްކި ފައިސާގެ ތެރެއިން އިބްރާހީމް އަމީން ޙަވާލުވެ، އިންޖީނުގެއަށް ލިބޭ ފައިސާގެ
ދުވަހުފޮތުގައި ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން -368181 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ)
ރުފިޔާއަށް، އިބްރާހީމް އަމީން ޚީޔާނަތްތެރިވެފައިވާކަމަށް ބުނެ، ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) އާއި، 132 ވަނަ މާއްދާއާއި 146 ވަނަ މާއްދާގެ ދަށުން އިބްރާހީމް އަމީންގެ މައްޗަށް މުދަލާ
ޙަވާލުވެގެންހުރެ ދިހަހާސް ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގެ ކުށުގެ
ދަޢުވާއާއި، އިބްރާހީމް އަމީން ޚިޔާނަތްތެރިވި -/36818 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ
އިބްރާހީމް އަމީންގެ އަތުން ރ. އުނގޫފާރު ރައްޔިތުންނަށް ލިބިދިނުމަށް އެދި އިބްރާހީމް އަމީނުގެ
މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާކުރުމުން ކްރިމިނަލް ކޯޓުން ބައްލަވައި ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3 ޤަޟިއްޔާ ނިމުނު
2014/HC-A/273
کی عمری
.
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، އުނގޫފާރު / ގުލްފާމްގެ
އިބްރާހީމް އަމީންގެ މައްޗަށް ދައުލަތުން ކުޅަ ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީއަތުން ބެލިބެލުމުން،
އިބްރާހީމް އަމީން، 2004 މެއި 01 ން 2006 އޭޕްރީލް 13 ގެ ނިޔަލަށް، ރ. އުނގޫފަރުގެ ފައިސާއާ
ބެހޭ ކަންތައްތައް ބެލެހެއްޓުމުގައި މަސައްކަތް ކުރި ދުވަސްވަރު، އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން
ރަށުއޮފީހަށް ދެއްކި ފައިސާގެ ތެރެއިން އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހު ފޮތުގައި އިބްރާހީމް އަމީން
ޙަވާލުވެ ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން 36818.00 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ)
ރުފިޔާއަށް، އިބްރާހީމް އަމީން ޚީޔާނަތްތެރިވެފައި ނުވާނެކަމަށް ބުނެ މިދަޢުވާގެ އަސްލަށް އިބްރާހީމް
އަމީން އިންކާރުކޮށްފައިވާއިރު، އެކި ދުވަސްވަރު ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއަށް ލިބޭ
ފައިސާގެ ދުވަހު ފޮތުގައި އިބްރާހީމް އަމީން ޙަވާލުވެ ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން 36818.00
(ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ މަދުވާކަމަށާއި އެފައިސާއައް ވީގޮތެއް ބުނެދޭން ނޭނގޭކަމަށް
އިބްރާހީމް އަމީން، އެންޓި-ކޮރަޕްޝަން ބޯޑުގެ ތަޙްޤީޤްގަޔާއި، ޝަރީޢަތުގެ މަޖިލީހުގައި
އިޢްތިރާފްވެފައިވާތީއާއި، މިމައްސަލަ ތަޙްޤީޤް ކުރިއިރު އެންޓި-ކޮރަޕްޝަން ބޯޑުން ކޮށްފައިވާ އޮޑިޓަކީ
ޞައްޙަ އޮޑިޓެއް ނޫންކަމަށް އިބްރާހީމް އަމީނާ ބުނާއިރު އެކަން އިބްރާހީމް އަމީނަށް ޝަރީޢަތަށް
ޘާބިތުކޮށްދެވިފައި ނުވާތީ، އިބްރާހީމް އަމީންގެ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ޚިޔާނަތްތެރިވުމުގެ ކުށުން
އިބްރާހީމް އަމީން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ އިބްރާހީމް އަމީންގެ މައްޗަށް މިބާވަތުގެ ކުށެއް
ޘާބިތުވި ފުރަތަމަފަހަރު ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) ގެ ދަށުން 6 (ހައެއް) މަސް ދުވަސް، އަދި ދިހަހާސް ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ
ފައިސާއިން ޚިޔާނަތްތެރިވެފައިވާތީ، ޤާނޫނުންއުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 03 (ތިނެއް) އަހަރު
ދުވަސް، އަދި އެފައިސާ އަށް ވީގޮތެއް ނޭނގޭ ކަމަށް އިބްރާހީމް އަމީން ބުނާއިރު އެފައިސާއާއި
ޙަވާލުވެހުރި އިބްރާހީމް އަމީން ކަމަށްވާތީ، ޤާނޫނުލްއުޤޫބާތުގެ 146 ވަނަ މާއްދާގެ ދަށުން 1 (އެކެއް)
އަހަރު ދުވަސް، އެކުޖުމްލަ 4 (ހަތަރެއް) އަހަރާއި 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް،
.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު "
2014/HC-A/273
میمن کی عمری
އުނގޫފާރު | ގުލްފާމްގެ އިބްރާހީމް އަމީން އަރުވާލުމަށް ޙުކުމްކޮށް، މިމައްސަލާގައި އިބްރާހީމް އަމީން
ޚިޔާނަތްތެރިވިކަމަށް ސާބިތުވި، 36818.00 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ،
އުނގޫފާރު އޮފީހަށް ދެއްކުމަށްޓަކައި މިއަދު (14 މެއި 2014) ފެށިގެން 01 (އެކެއް) މަސްދުވަހުގެ
ތެރޭގައި ސިވިލްކޯޓަށް ދައްކާ ޚަލާސްކުރުމަށް ރ. ނގޫފާރު | ގުލްފާމް އިބްރާހީމް އަމީނަށް އަންގައި
މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
20
22 23s
އާއެވެ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
790
/
Cr
-
C/484) ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އިބްރާހީމް އަމީންގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 6 (ހައެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އިބްރާހިމް އަމީންގެ މައްޗަށް ޚިޔާނަތްތެރިވުމުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޚިޔާނާތުގެ ކުށް ފަނާކޮށްފައިވާ ޤާނޫނުލް އުޤޫބާތުގެ 149 ވަނަ
މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 99/HC
-
A/2010 ޤަޟިއްޔާ އާއި ނަންބަރު
41/HC
-
A/2010 ޤަޟިއްޔާ އާއި ނަންބަރު 190/HC
-
A/2011 ޤަޟިއްޔާގައި ޚިޔާނާތުގެ ކުށް
މީހެއްގެ މައްޗަށް ޘާބިތުވާކަމަށް ކަނޑައެޅޭނީ ޚިޔާނާތުގެ ކުށުގައި ހިމެނޭ ހުރިހާ
ޘާބިތުވެގެންކަމަށް ކަނޑައަޅާފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ
2
8 ,22 ހ2ތ
سرور مرا
22 233
ނުކުތާއެވެ.
ހިރާއްޖޭގެ ހައިg
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް:
3471$ ދިވެހި29
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5 ޤަޟިއްޔާ ނިމުނު 1
2014/HC-A/273
می هرکی
=32
• ދެވަނަ ނުކުތާއަކީ، އިބްރާހީމް އަމީންގެ މައްޗަށް ކުޅު ޚިޔާނަތްތެރިވުމުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ އިބްރާހީމް އަމީންގެ އިޢުތިރާފުން ކަމަށް ފާހަގަކުރައްވާފައިވާއިރު، އެ
އިޢުތިރާފަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
190/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާފަދަ ޞައްޙަ އަދި ޞަރީޙަ އިޢުތިރާފެއްކަމަށް
މަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އިބްރާހީމް އަމީންގެ މައްޗަށް ޚިޔާނާތުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ކ) އިން
އިބްރާހީމް އަމީނަށް ލިބިގެންވާ އަސާސީ ޙައްޤު ލިބިދިނުމެއްނެތިކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ލިޔުންތައް ބެލުމަށް
އެދުމުން ކޯޓުން އެފުރުސަތު ނުދެއްވައި މައްސަލަ ނިންމަވާފައިއެވަނީ ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤަށާއި އަދި 42 ވަނަ
މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި ޝަރީޢަތްކުރުމަށް
ލިބިދީފައިވާ އަސާސީ ޙައްޤު ލިބިދިނުމެއްނެތިކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، އިބްރާހީމް އަމީންގެ މައްޗަށް ޚިޔާނަތްތެރިވުމުގެ ކުށުގެ
ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި،
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 34/SC
-
A
/
01
،
2011
/
SC
-
A/2012 ޤަޟިއްޔާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 190/HC
-
A/2011 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 4 (ނ)
ގައި ކަނޑައަޅާފައިވާ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު (convince) ވެގެން މެނުވީ ކުށެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 35
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
=32
2014/HC-A/273
ޤަޟިއްޔާ ނިމުނު "
ސާބިތުވާކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމަށް ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލާ
ޚިލާފަށް ކަމަށާއި، އަދި އެކަމަކީ "ޤާރީނަތުލް ބަރާޢު" ގެ މަބްދަޢުއާ ޚިލާފުކަމެއްކަމަށްބުނެ ހުށަހަޅާފައިވާ
22 232
ނުކެނ"
790/Cr-C/2010
• ހަވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު
(2010/JC/484) ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ
ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
(484/JC/2010)
3. މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/790 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން އިބްރާހީމް އަމީނުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2010
)
790
/
Cr
-
C/484) ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި އިބްރާހީމް އަމީންގެ
މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، އިބްރާހީމް އަމީން، 1 މެއި 2004
އިން 13 އޭޕްރީލް 2006 ގެ ނިޔަލަށް، ރ. އުނގޫފާރުގެ ފައިސާއާ ބެހޭ ކަންތައްތައް ބެލެހެއްޓުމުގައި
މަސައްކަތް ކުރިއިރު، އެދުވަސްވަރު ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށުއޮފީހަށް ދެއްކި
OLC
ދިވެހިރާއް5
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ
ނިމުނު
2014/HC-A/273
و مری
=32
0
cޑ
ފައިސާގެ ތެރެއިން އިބްރާހީމް އަދީން ޙަވާލުވެ، އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހުފޮތުގައި
ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން -/36818 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާއަށް،
އިބްރާހީމް އަމީން ޚިޔާނަތްތެރިވެފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު
10/68 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) ގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާ އާއި، 146
ވަނަ މާއްދާގެ ދަށުން އިބްރާހީމް އަމީންގެ މައްޗަށް، މުދަލާ ޙަވާލުވެގެންހުރެ ދިހަހާސް ރުފިޔާއަށްވުރެ
ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، އިބްރާހީމް އަމީން ޚިޔާނަތްތެރިވި
-/36818 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ އިބްރާހީމް އަމީންގެ އަތުން ރ. އުނގޫފާރު
ރައްޔިތުންނަށް ލިބިދިނުމަށް އެދި އިބްރާހީމް އަމީނުގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމާއި، އަދި އެދަޢުވާ
ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ، އެމައްސަލަ އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރައްވާ އެފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި، ރ. އުނގޫފާރު
އޮފީހުގެ ލިޔެކިޔުންތަކަކާއި، އިބްރާހީމް އަމީނުގެ ފަރާތުން މިމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ
ބަޔާންތައްކަން، މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި 20 ޖޫން 2010 ގައި ދައުލަތުގެ ވަކީލު
ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން ސާފުކޮށް އެނގެން އޮތްއިރު،
ދައުލަތުގެ ފަރާތުން އިބްރާހީމް އަމީންގެ މައްޗަށް ކޮށްފައިވާ، އިސްވެމިބުނެވުނު
ޚިޔާނާތުގެ ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، 2004
ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ
ދުވަހުގެ ނިޔަލަށް، ރ. އުނގޫފާރުގެ އޮފީހުގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގައި އިބްރާހީމް
އަމީން މަސައްކަތް ކުރި ދުވަސްވަރު، ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށުއޮފީހަށް ދެއްކި
ފައިސާގެ ތެރެއިން އިބްރާހީމް އަމީން ޙަވާލުވެ، އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހު ފޮތުގައި
ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން -/36818 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ
މަދުވާކަމަށާއި، އެފައިސާއަށް ވީގޮތެއް ބުނެދޭން ނޭނގޭކަމަށް އިބްރާހީމް އަމީން، އެންޓި-ކޮރަޕްޝަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
2014/HC-A/273
کی مرکی
ދެލީ
ޤަޟިއްޔާ ނިމުނު ގޮތު
ބޯޑުގެ ތަޙްޤީޤުގައާއި، ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވާތީއާއި، މިމައްސަލަ ތަޙްޤީޤު ކުރިއިރު
އެންޓި-ކޮރަޕްޝަން ބޯޑުން ކޮށްފައިވާ އޮޑިޓަކީ ޞައްޙަ އޮޑިޓެއް ނޫންކަމަށް އިބްރާހީމް އަމީން ބުނާއިރު
އެކަން އިބްރާހީމް އަމީނަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އިބްރާހީމް އަމީންގެ އިޢުތިރާފުގެ
މައްޗަށް ބިނާކުރައްވާކަން، މިމައްސަލައިގެ ދަށު ކޯޓު މަރުޙަލާގެ (ކްރިމިނަލް ކޯޓުގެ) ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
ނުވަތަ
4
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު
ޗެޕްޓަރ 4) ގެ 149 ވަނަ މާއްދާގެ (ނ) ޚިޔާނާތް މާނަކޮށްފައިވާ ގޮތުން ޚިޔާނާތްތެރިވުމަކީ، ތިމާގެ
ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް، ނުބައި ނިޔަތެއްގައި އޭގެ
ވެރިފަރާތުގެ އިޒްނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން،
އަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުން ކަން އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 190/HC
-
A/2011 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުލްއުޤޫބާތު ޗެޕްޓަރ
ގެ 149 ވަނަ މާއްދާގެ (ނ) ގެ ފަހުބައިގައި، "ޢާންމުތަނަކުން ހޮވާ އެއްޗެއް އެފަދަ ތަކެތި
ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ނާރާ ގޮތަށް ކަރަންޓު ބޭނުންކުރުން ފަދަ ކަންކަމަކީ
ޚިޔާނާތެވެ. މީހަކާ ޙަވާލުކުރެވިފައިވާ މުދަލެއް ހަމައަށްހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް
ނެތިފައި، އެމުދާ ބަލަހައްޓަންޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަން ސާބިތުވުމާއެކު، އެމުދާ
ސާބިތުކޮށް ނުދެވޭނަމަ ބެލެވޭނީ ޚިޔާނާތްތެރިވީ ކަމުގައެވެ" މިފަދައިން
ބަޔާންކޮށްފައިވާ ބަޔާންކުރުމަކީ އެއަކުރުގެ ފުރަތަމަ ޖުމްލައިގައިވާ ޚިޔާނާތްތެރިވުމުގެ މާނައިގެ
ތަފްސީލުދިނުމުގެ ގޮތުން ބަޔާންކޮށްފައިވާ ކަންކަންކަމާއި، އެހެންކަމުން، ޤާނޫނުލްއުޤޫބާތުގައި
ބަޔާންކޮށްފައިވާ ޚިޔާނާތުގެ ކުށަކީ، އެކުށުގެ ތެރޭގައި އެއްބާވަތަށްވުރެ ގިނަ ބާވަތުގެ ޢަމަލުތައް ހިމެނޭ
ހމީދު 0
24
02x3
ترور مر کر می
ކުށެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325.029، ފެކްސް: 386477 ދިވެހިވެ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/273
کی مری مربع
2014/HC-A/239
ކު0
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް
ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނަތުގެ
މާނަކޮށްފައިވާ ގޮތަށްބެލުމުން، ޚިޔާނަތުގެ ސާބިތުކުރުމަ
ކުރުމަށްޓަކައި ތަފާތު 4 (ހަތަރެއް) ޢާންމު
އުންސުރެއް ފުރިހަމަވާންޖެހޭކަމާއި، އެއީ؛
1. އެތަކެއްޗަކީ، ޚިޔާނަތްތެރިވީކަމަށް ތުހުމަތުކުރެވޭ މީހާގެ ބެލުމުގެ ދަށުގައި ނުވަތަ
ޙަވާލުގައިވާ ތަކެއްޗަށް ވުން،
2. ޚިޔާނަތްތެރިވީކަމަށް ތުހުމަތުކުރެވޭ މީހާގެ ނުބައި ނިޔަތެއް އޮތުން؟
3. ތަކެތީގެ ވެރިފަރާތުގެ އިޒުނަނެތުން:
4. އެ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ ކަނޑައަޅާފައިވާގޮތާ ޚިލާފަށް
2
20 ދ ތ 0
2
2
2014ވަނަ
ކަން އެނގޭކަމާއި،
އަދި، އިސްވެބުނެވިފައިވާ ފަދައިން، ޚިޔާނާތުގެ ކުށަކީ، އެކުށުގެ ތެރޭގައި
ގިނަ ބާވަތުގެ ޢަމަލުތައް ހިމެނޭ ކުށެއްކަމުން މީހެއްގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދަޢުވާ
ކުރެވޭ ހިނދު، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޚިޔާނާތުގެ މާނައިގެ ތެރޭގައި ހިމެނޭ ކޮން
ޢަމަލެއް ކުރުންކަން އެމީހަކަށް ސާފުކޮށް އެނގެންޖެހޭނޭކަމާއި، އަދި ޚިޔާނަތްތެރިވެގެންކަމަށް ބުނެ
ދަޢުވާއެއްގައި، އިސްވެބަޔާންވެދިޔަ އުންސުރުތަކުގެ ތެރެއިން އެންމެ
އުންސުރެއްވެސް ތުހުމަތުކުރެވޭ މީހާގެ ކިބައިގައި ފުރިހަމަ ނުވާނަމަ، ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 ގެ
149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޚިޔާނާތުގެ މާނައިގެ ތެރޭގައި، ތުހުމަތުކުރެވޭ މީހާ ކުޅަ
ޢަމަލު ހިމެނިގެން ނުދާނެކަން، މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް
ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 190/HC
-
A/2011 ޤާ
ޤަޟިއްޔާއާއި، ނަންބަރު
239/HC
-
A/2014 ޤަޟިއްޔާފަދަ ޤަޟިއްޔާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ
މީހެއްގެ މައްޗަށް
އުފުލޭ
it
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 21[ tya
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ކަސް ހިތަ·
2014/HC-A/273
و مری
190/Cr-C/2010
10 ޤަޟިއްޔާ ނިމުނު ގޮ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
(2010;JC:484) ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ
މައްސަލައިގައި އިބްރާހީމް އަމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ "ޤާނޫނުލް ޢުޤޫބާތުގެ
131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 146 ވަނަ މާއްދާގެ ދަށުން އިބްރާހީމް
އަމީންގެ މައްޗަށް މުދަލާއި ޙަވާލުވެގެން ހުރެ ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް
ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާ" ކަން މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި ދައުލަތުގެ ފަރާތުން 20
މެއި 2010 ގައި ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮތްއިރު، އިބްރާހީމް އަމީންގެ މައްޗަށް މިދަޢުވާ
ކުރެވިފައިވަނީ، ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނަތް މާނަކޮށްފައިވާ
ގޮތްތަކުގެ ތެރޭގައި ހިމެނޭ، ކަނޑައެޅިފައިވާ ޤަވާއިދުތަކެއްގެ މަތިން މީހަކާއި ބެލެހެއްޓުމަށް ޙަވާލުކުރެވޭ
މުދަލެއް ހުންނަންވީ ވަރަށް ނެތުމާއި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަން
ސާބިތުވުމާއިއެކު، އެމުދާ މަދުވާންޖެހުނު ގޮތެއް އެނގެން ނެތަތީ އެސަބަބުގެ މައްޗަށް ބިނާކޮށްކަން
ދައުލަތުގެ ފަރާތުން މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި، 20 ޖޫން 2010 އަދި 22 ޖުލައި 2010
ގައި ދީފައިވާ ބަޔާންތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި، މިމާނައިގެ ތެރޭގައި މީހެއްގެ
މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅޭނީ، އެމީހަކާ މުދާ ޙަވާލުކުރެވިފައިވާކަމާއި، އެމުދާ
ހަމައަށް ހުރިތޯބަލާއިރު އެމުދާ ހުންނަވީވަރަށް ނެތްކަމާއި، އެމީހަކު އެމުދާ ބަލަހައްޓަން ހަމަޖެހިފައިވާ
ޤަވާޢިދާ ޚިލާފުވެފައިވާކަމާއި، މި ތިންކަންތައް ސާބިތުވުމުގެ އިތުރުން އެމުދާ މަދުވާންޖެހުނު ސަބަބެއް
އެމީހަކަށް ސާބިތުކޮށްނުދެވިއްޖެ ހިނދެއްގައިކަން އެނގޭކަމާއި،
އިސްވެމިބަޔާންކުރެވުނު ޤާނޫނީ އުސޫލުތަކުގެ އަލީގައި އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 2004 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން
ފެށިގެން 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ރ. އުނގޫފާރުގެ އޮފީހުގެ
ހ 22 ه2
2 3 424 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/273
کی مرگی
އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށުއޮފީހަށް ދެއްކި ފައިސާއާ އިބްރާހީމް އަމީން
ޙަވާލުވެފައިވާކަން މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މައްސަލައިގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮތްއިރު، އެފައިސާގެ ތެރެއިން
-368181 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ މަދުވެފައިވާކަމަށް ޤަބޫލުކުރާކަމަށް،
މިމައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ބޯޑުން ކޮށްފައިވާ ތަޙްޤީޤަށް، 16 ޑިސެމްބަރު 2007 ގައި
އިބްރާހީމް އަމީން ދީފައިވާ ބަޔާނުގައި ބުނެފައި ވީނަމަވެސް، އެންޓި-ކޮރަޕްޝަން ބޯޑުގެ ތަޙްޤީޤަށް
ދީފައިވާ، މިބުނެވުނު ބަޔާނުގައި އިބްރާހީމް އަމީން އެފަދައިން ބުނެފައިވަނީ އެންޓި-ކޮރަޕްޝަން ބޯޑުގެ
ފަރާތުން ދެއްކި ލިޔެކިޔުންތަކަށް ބެލި ބެލުމުން އެޢަދަދަށް ފައިސާ މަދުވެފައިހުރިކަމަށް އޭރު
ޤަބޫލުކުރެވިގެންކަމަށާއި، ނަމަވެސް މިހާރު ޤަބޫލުކުރާ ގޮތުގައި އެންޓި-ކޮރަޕްޝަން ބޯޑުގެ ފަރާތުން
ކޮށްފައިވާ އޮޑިޓަކީ ރަނގަޅު އޮޑިޓެއް ނޫންކަމަށާއި، މިމައްސަލަ ރަނގަޅަށް ބަލައިފިނަމަ އެއަށް
ބަދަލުތަކެއް އަންނާނެކަމަށް ޔަޤީންވާކަމަށް، މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި، 20 ޖޫން 2010
ގައި އިބްރާހީމް އަމީން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި،
އަދި، އިބްރާހީމް އަމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، 2004 ވަނަ
އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ
ދުވަހުގެ ނިޔަލަށް، ރ. އުނގޫފާރުގެ އޮފީހުގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގައި އިބްރާހީމް
އަމީން މަސައްކަތް ކުރި ދުވަސްވަރު، އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށުއޮފީހަށް ދެއްކި
ފައިސާގެ ތެރެއިން އިބްރާހީމް އަމީން ޙަވާލުވެ. އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހުފޮތުގައި
ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން -/36818 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާއަށް
ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާކަމަށްވީއިރު، މިމައްސަލައިގައި ޙަވާލާދެވޭ ފައިސާއަކީ ރ. އުނގޫފާރު
ރައްޔިތުންގެ ފައިސާކަން އެނގެން އޮތުމުން އެފައިސާގެ ވެރިފަރާތަކީ ރ. އުނގޫފާރުގެ ރައްޔިތުންކަމާއި،
އަދި ޤާނޫނުލްޢުޤޫބާތުގައި ޚިޔާނަތް މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އިބްރާހީމް
އިބްރާހީމް އަމީން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/273
12 ޤަޟިއްޔާ ނިމުނު
وهي في فيفيت مي کمری
ޗެ
މައްޗަށް
ޚިޔާނާތްތެރިވެފައިވާކަމަށް ދައުލަތުން ތުހުމަތުކުރާ ފައިސާ އޭނާ ނެގުމުގެ ކުރިން އެފައިސާ ނެގުމުގެ
އިޒުނަ އޭގެ ވެރިފަރާތުން ދީފައިވާކަން ނުވަތަ ނޫންކަން ކަށަވަރުވާންޖެހޭ
ރުވާންޖެހޭކަމާއި، އެހެންނަމަވެސް
މިމައްސަލައިގައި އިބްރާހީމް އަމީން ޚިޔާނާތްތެރިވެފައިވާކަމަށް ދައުލަތުން ތުހުމަތުކުރާ ފައިސާގެ
ކަންކަމާއި ގުޅޭގޮތުން ރ. އުނގޫފާރު ރައްޔިތުންގެ ފަރާތުން ނުވަތަ ރައްޔިތުން ތަމްސީލްކުރުމަށް
ޢައްޔަން ކުރެވިފައިވާ އެއްވެސް ފަރާތަކުން ޝަކުވާއެއްކުރިކަމަށް ދައުލަތުގެ ފަރާތުން ބުނެފައިނުވާއިރު
މިފައިސާއާއި ގުޅިގެން އިބްރާހީމް އަމީނުގެ މައްޗަށް އެއްވެސް ޝަކުވާއެއް އޮވެގެން އޭނާގެ
އެއްވެސް ދަޢުވާއެއް ނުވަތަ ޝަކުވާއެއްކުރަން މިފައިސާގެ ވެރިފަރާތްތަކުން ނުވަތަ އެފަރާތްތައް
ތަމްސީލުކުރާ އެއްވެސް ފަރާތަކުންވެސް ކަމާބެހޭ އެއްވެސް ފަރާތެއްގައި އެދިފައިވާކަން އެނގެން
ނެތުމުން، މިމައްސަލައިގައި އިބްރާހީމް އަމީން ޚިޔާނާތްތެރިވެފައިވާކަމަށް ދައުލަތުން ތުހުމަތުކުރާ ފައިސާ
އޭނާ ނަގާފައިވީކަމަށް، ބަހުސްގެ ބޭނުމަށް ބެލިކަމުގައި ވީނަމަވެސް، އެފައިސާ އޭނާ ނަގާފައިވަނީ އެ
ފައިސާގެ ވެރިފަރާތް (ރ. އުނގޫފާރު ރައްޔިތުން) ގެ އިޒުނައާއި އެކުކަން ނުވަތަ ނޫންކަމާއި މެދުގައި
ޝައްކު އުފެދޭކަމާއި،
މީގެއިތުރުން، އުނގޫފާރުގެ އޮފީހުގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގަ
އިބްރާހީމް އަމީން މަސައްކަތް ކުރި ދުވަސްވަރު، ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން
ރަށުއޮފީހަށް ދެއްކި ފައިސާގެ ތެރެއިން އިބްރާހީމް އަމީން ޙަވާލުވެފައިވާ ފައިސާ އިބްރާހީމް އަމީން
ގެންގުޅެންޖެހޭ ޤަވާޢިދާ އިބްރާހީމް އަމީން ޚިލާފުވެފައިވާކަން ސާބިތުކުރުމުގައި، އިބްރާހީމް އަމީން
ޚިލާފުވެފައިވަނީ ކޮން ޤަވާޢިދެއްގެ ކޮންމާއްދާއަކާތޯ ކޯޓުން ބަލަންޖެހޭއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނޭ، އިބްރާހީމް އަމީނުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގައި
އިބްރާހީމް އަމީން ޚިލާފުވެފައިވަނީ ކޮން ޤަވާޢިދާކުކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ބުނެފައިނުވާކަމާއި، އަދި އިބްރާހީމް އަމީނުގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ ދަށުކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މިކަމާބެހޭގޮތުން އެއްވެސް ވާހަކައެއް ދެކެވެފައިވާކަން ނުވަތަ އެއްވެސް ވަރަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 321647
9، 1
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/273
13 ޤަޟިއްޔާ ނިމުނު "
کرم محترمب
کمی کی
404
ބެލެވިފައިވާކަން މައްސަލައިގެ ޝަރީޢަތް ނިމުނުގޮތު ރިޕޯޓުން އެނގެން ނެތްކަމާއި، އެހެންކަމުން
އިބްރާހީމް އަމީނުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގައި އޭނާ ޚިލާފުވެފައިވަނީ ކޮން ޤަވާޢިދެއްގެ ކޮން
މާއްދާއަކާކަމެއް، ނުވަތަ އިބްރާހީމް އަމީނު ޤަވާޢިދާ ޚިލާފުވެފައިވަނީ ކޮންގޮތަކަށްކަމެއް ކްރިމިނަލް
ކޯޓުން ކަނޑައަޅުއްވާފައިނުވާކަން އެނގޭއިރު، އަދި އެފަދަ ޤަވާޢިދެއް އޭރު ވުޖޫދުގައިވާކަން ނުވަތަ
ނޫންކަންވެސް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ދެއްކިފައިނުވާއިރު، އިބްރާހީމް އަމީނު ޙަވާލުވެފައިވާ،
މިމައްސަލާގައި ހިމެނޭ ފައިސާ އޭނާ ގެންގުޅެފައިވަނީ ޤަވާޢިދާއި އެއްގޮތަށްކަން ނުވަތަ ނޫންކަމާމެދު
އޮތް ޝައްކު ފިލާ ގޮސްފައިނުވާކަން އެނގެން އޮންނަކަމެވެ.
22
(ށ) ހަތަރުވަނަ ކަމަކީ، އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު،
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާކަމާއި، ޖިނާއީ މައްސަލަތައް
ނިންމުމުގައި ޤާނޫނީ ޤާރީނާ ފިޔަވައި، ވަކިހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ
މައްޗަށް ލާޒިމްވެގެން ނުވާކަމަށާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ
ދަލީލުތަކާއި އެދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަކަށް
އިޤުތިނާޢުވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ
އިސްތިޤުރާރުވެފައިވާ ޖިނާއީ މައްދައެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
34/SC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، އަދި ޖިނާއީ މައްސަލައެއް
ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ، އެމީހަކު
ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަން ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގޭއިރު، ޖިނާއީ މައްސަލަތައް
22 22
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު "
2014/HC-A/273
کر محلي ممب
ﷲ 24
ހުށަހެޅޭ
ސާބިތުކުރުމަށްޓަކައި ހެކިތަކާއި ދަލީލުތައް މައްސަލަ ބަލައި ފަނޑިޔާރު ތަޤްއީމްކޮށް
ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް
ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިސާޢުވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ
މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ ޤަރީނަތުން ބަރާއާގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ
މުހިންމު އެއް ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށާއި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް
ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި
ޤަރީނާތަކެއްގެ މައްޗަށްކަމަށްކަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެންގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 190/HC
-
A/2011
ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ކުނެއްގެ ދަޢުވާ އުފުލިފައިވާ މީހަކު ވާ އިޢުތިރާފަކީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 34;SC
-
A;2011 ޤަޞިއްޔާގައި ބަޔާންކޮށްފައިވާ
އިސްވެދެންނެވުނު މަބްދައުގައި ބަޔާންކޮށްފައިވާފަދަ ޤާނޫނީ ޤަރީނާއެއްކަމާއި، ނަމަވެސް ކުށެއްގެ ދަޢުވާ
އުފުލިފައިވާ މީހަކު ވާ އިޢުތިރާފަކީ މިފަދަ ޤާނޫނީ ޤަރީނާއެއްކަމަށް ބެލެވޭނީ އެ އިޢުތިރާފަކީ، ކުށުގެ
ދަޢުވާ އުފުލިފައިވާ މީހާ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ޞައްޙަ އަދި ސަރީޙަ އިޢުތިރާފަކަށްވާނަމަ
އެކަނިކަމާއި، ހަމައެހެންމެ، ތުހުމަތުކުރެވޭ މިހާ ބުއްދި ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ
އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނޭކަމަށް ޤާނޫނުއަސާސީގެ 52
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އިސްވެބަޔާންވެދިޔަ ފަދައިން، މިމައްސަލައިގައި، އިބްރާހީމް އަމީނުގެ މައްޗަށް
ޚިޔާނާތުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، 2004 ވަނަ އަހަރުގެ މެއި
މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2006 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް،
އުނގޫފާރުގެ އޮފީހުގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގައި އިބްރާހީމް އަމީން މަސައްކަތް ކުރި
oxo
#
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/273
کی عمری
=32
ގޮތެއް ބުނެދޭން
15 ޤަޟިއްޔާ ނިމުނު ގޮ
ދުވަސްވަރު، ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށުއޮފީހަށް ދެއްކި ފައިސާއާ އިބްރާހީމް
އަމީން ޙަވާލުވެ. އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހުފޮތުގައި ސޮއިކޮށްފައިވާ ފައިސާގެ ތެރެއިން
-/36818 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ މަދުވާކަމަށާއި، އެފައިސާއައް ވީގޮތެއް
ނޭނގޭކަމަށް އިބްރާހީމް އަމީން، އެންޓި-ކޮރަޕްޝަން ބޯޑުގެ ތަޙްޤީޤުގައާއި، ޝަރީޢަތުގެ މަޖިލީހުގައި
އިޢުތިރާފްވެފައިވާތީ، އިބްރާހީމް އަމީންގެ އެ އިޢުތިރާފުގެ މައްޗަށް ބިނާކުރައްވާކަން، މިމައްސަލާގެ
ދަށުކޯޓު މަރުޙަލާގެ (ކްރިމިނަލް ކޯޓުގެ) ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮތްއިރު،
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމެވުނުގައި އެމައްޗަށް ބުރަވެފައިވާ، މިމައްސަލައާ ގުޅިގެން އެންޓި-
ކޮރަޕްޝަން ބޯޑުން ކޮށްފައިވާ ތަޙްޤީޤަށް، 16 ޑިސެމްބަރު 2007 ގައި އިބްރާހީމް އަމީން ދީފައިވާ
ބަޔާނުގައި، އުނގޫފާރުގެ އޮފީހުގެ ފައިސާއާބެހޭ ކަންތައްތައް ލެހެއްޓުމުގައި އިބްރާހީމް އަމީން
މަސައްކަތް ކުރި ދުވަސްވަރު، ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ރަށުއޮފީހަށް ދެއްކި ފައިސާގެ
ތެރެއިން އިބްރާހީމް އަމީން ޙަވާލުވެ، އިންޖީނުގެއަށް ލިބޭ ފައިސާގެ ދުވަހުފޮތުގައި ސޮއިކޮށްފައިވާ
ފައިސާގެ ތެރެއިން -/36818 (ތިރީސް ހަހާސް އައްސަތޭކަ އަށާރަ) ރުފިޔާ މަދުވެފައިވާކަމަށް
ޤަބޫލުކުރާކަމަށް، އިބްރާހީމް އަމީން ބުނެފައި ވީނަމަވެސް، އެންޓި-ކޮރަޕްޝަން ބޯޑުގެ ތަޙްޤީޤުގެ މައްޗަށް
ބިނާކޮށް އިބްރާހީމް އަމީނުގެ މައްޗަށް ހުށަހަޅެފައިމިވާ ދަޢުވާއަށް ތަކުރާކޮށް އޭނާ އިންކާރުކޮށްފައިވުމުގެ
އިތުރުން، އެންޓި-ކޮރަޕްޝަން ބޯޑުގެ ތަޙްޤީޤަށް ދީފައިވާ އިސްވެމިދެންނެވުނު ބަޔާނުގައި އިބްރާހީމް
އަމީން އެފަދައިން ބުނެފައިވަނީ އެންޓި-ކޮރަޕްޝަން ބޯޑުގެ ފަރާތުން ދެއްކި ލިޔެކިޔުންތަކަށް ބެލި
ބެލުމުން އެޢަދަދަށް ފައިސާ މަދުވެފައިހުރިކަމަށް އޭރު ޤަބޫލުކުރެވިގެންކަމަށް ވީނަމަވެސް، މިހާރު
ޤަބޫލުކުރާ ގޮތުގައި އެންޓި-ކޮރަޕްޝަން ބޯޑުގެ ފަރާތުން ކޮށްފައިވާ އޮޑިޓަކީ ރަނގަޅު އޮޑިޓެއް
ނޫންކަމަށާއި، މިމައްސަލަ ރަނގަޅަށް ބަލައިފިނަމަ އެއަށް ބަދަލުތަކެއް އަންނާނެކަމަށް ޔަޤީންވާކަމަށް،
މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި، 20 ޖޫން 2010 އަދި 22 ޖުލައި 2010 ގައި އިބްރާހީމް
އަމީން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާންތަކުގައި ތަކުރާރުކޮށް ބުނެފައިވުމުން، ދައުލަތުގެ ފަރާތުން
ހިޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/273
16 ޤަޟިއްޔާ ނިމުނު "
کی مرگی
3.2
އިބްރާހީމް އަމީންގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާވަރުގެ ބުރަދަންހުރި ޤާނޫނީ
ޤަރީނާއެއްކަމަށް ބެލެވޭފަދަ ޞައްޙަ އަދި ސަރީޙަ އިޢުތިރާފެއް، މިމައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި
އިބްރާހީމް އަމީނުގެ ފަރާތުން ވެފައިވާކަމަށް ނުބެލެވޭކަމެވެ.
2c2 0 22
220 22 22
(ބ) ފަސްވަނަ ކަމަކީ، އިސްވެބުނެވިފައިވާ ފަދައިން، ޚިޔާނަތްތެރިވެގެންކަމަށް ބުނެ
އެއްވެސް މީހެއްގެ މައްޗަށް އުފުލޭ ދަޢުވާއެއްގައި ފުރިހަމަވާންޖެހޭ
ތެރެއިން އެންމެ
އުންސުރެއްވެސް ތުހުމަތުކުރެވޭ މީހާގެ ކިބައިގައި ފުރިހަމަ ނުވާނަމަ، ޤާނޫނުލްއުޤޫބާތުގެ ޗެޕްޓަރ 4 ގެ
149 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ޚިޔާނާތުގެ މާނައިގެ ތެރޭގައި ތުހުމަތުކުރެވޭ މީހާ ކުޅަ ޢަމަލު
ހިމެނިގެން ނުދާނެކަމާއި، މިގޮތުން މިމައްސަލައިގައި ފެންނަން ހުރި ކަންކަމުގެ މައްޗަށް ބެލުމުން،
މިމައްސަލައިގައި ހިމެނޭ، އިބްރާހީމް އަމީން ޚިޔާނާތްތެރިވެފައިވާކަމަށް ދައުލަތުން ތުހުމަތުކުރާ ފައިސާ
މަދުވެފައިވީކަމަށް ބެލިނަމަވެސް، އެ ފައިސާ ގެންގުޅުމުގައި އިބްރާހީމް އަމީން ޚިލާފުވެފައިވަނީ ކޮން
ޤަވާޢިދެއްގެ ކޮން މާއްދާއަކާކަމެއް، ނުވަތަ އިބްރާހީމް އަމީނު ޤަވާޢިދާ ޚިލާފުވެފައިވަނީ ކޮންގޮތަކަށްކަމެއް
އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ސާބިތުކޮށްދެވިފައި ނެތުމުން،
ޤާނޫނުލްއުޤޫބާތުގެ ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޚިޔާނާތުގެ ކުށް
އިބްރާހީމް އަމީނުގެ މައްޗަން
މައްޗަށް ސާބިތުކުރުމަށް ފުރިހަމަވާންޖެހޭ އެންމެހާ އުންސުރުތައް
ފުރިމުވެފައިވާކަމަށް، ޤާނޫނީ ހަމަތަކުގެމަތިން ބެލެވެން ނެތްކަމާއި،
އަދި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި، އިބްރާހީމް އަމީނުގެ މައްޗަށް
ޚިޔާނާތުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، އިބްރާހީމް އަމީންގެ
އިޢުތިރާފުގެ މައްޗަށް ބިނާކުރައްވާކަމަށް އެ މައްސަލައިގެ ޙުކުމުގައި ބަޔާންކުރައްވާފައި ވީނަމަވެސް،
އިސްވެބަޔާންވެދިޔަ ފަދައިން، އިބްރާހީމް އަމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ އޭނާގެ
މައްޗަށް ސާބިތުވާވަރުގެ ބުރަދަންހުރި ޤާނޫނީ ޤަރީނާއެއްކަމަށް ބެލެވޭފަދަ ޞައްޙަ އަދި ސަރީޙަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471"
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23
2014/HC-A/273
17 ޤަޟިއްޔާ ނިމުނު ގޮ
22 2 - 2 2
އިޢުތިރާފެއް، މިމައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި އިބްރާހީމް އަމީނުގެ ފަރާތުން ވެފައިވާކަމަށްވެސް
ބެލެވެން ނެތްކަމާއި،
އެހެންކަމުން،
އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް
ޖުމްލަގޮތެއްގައި ބަލާއިރު،
އިބްރާހީމް އަމީންގެ މައްޗަށް ދައުލަތުގެ ކޮށްފައިވާ ޚިޔާނަތްތެރިވުމުގެ ދަޢުވާ، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 01/SC-A/2012 އާއި ނަންބަރު 34/SC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ޤާނޫނީ ހަމަތަކުގެ މަތިން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ،
އެކަށީގެންވާ ޝައްކެއްނު މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިދާނޭކަމަށް،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމެވެ.
22 22
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
790
/
Cr
-
C/484) ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
• ޙުކުމް
4 22
ބަޔާން
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ރާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
790
/
Cr
-
C/484)
ޤަޟިއްޔާގައި، ރ. އުނގޫފާރު ގުލްފާމުގެ، އިބްރާހީމް އަމީން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A103849) ގެ މައްޗަށް ޚިޔާނަތްތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު "
2014/HC-A/273
کی عمری
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/790
(2010/JC/484) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
<< O
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv