ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/251 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/251
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ޤަޟިއްޔާ ނަންބަރ: 251/HC
-
A/2010
•އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ވާޞިފް
އައިޑީ ކާޑު ނަންބަރ: A122227
* ދާއިމީ އެޑްރެސް: ފިނިފެންމާގެ، މ.ކޮޅުފުށި
މިހާރުގެ އެޑްރެސް: ގ.ސަލާމަތު
ބައިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ސިވިލްސަރވިސް ކޮމިޝަން
ދާއިމީ އެޑްރެސް: ހ. ވެލާނާ ބިލްޑިންގ
2010
* ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ޑިސެމްބަރ
4
ނިމުނު ތާރީޚް: 09 އޮކްޓޯބަރ 2013
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: ނަންބަރު 2010/VTR/151
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
، ހުށަހެޅި ތާރީޚް: 21 މެއި 2010 ނިމުނު ތާރީޚް: 23 ސެޕްޓެމްބަރ 2010
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު އަބްދުﷲ ޙަމީދު
ދިވެހިރާ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/251
ދަޢުވާގެ ޚުލާޞާ
22 ދ ތތ 3
2
ވާކަމަށް2
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު2010/VTR/151 މައްސަލަ
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަ
އެމައްސަލަ އިސްތިއުނާފު
ކުރުމަށް އެދި މ.ކޮޅުފުށި ފިނިފެންމާގެ އަޙްމަދު ވާޞިފް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ މައްސަލައެކެވެ.
މިމައްސަލާގެ އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ، ސިވިލް ސަރވިސް ކޮމިޝަން އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
24 2 0322
ދޫކޮށްލަންޖެހޭ
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/151 މައްސަލައަކީ، އަޙްމަދު
ވާޞިފް (A122227)، ފިނިފެންމާގެ، ލ.ކޮޅުފުށި 18 އޯގަސްޓް 2001 އިން ފެށިގެން ޑިޕާޓްމަންޓް އޮފް
ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސް ގެ ޕްރިޒަންސް އޮފިސަރ (ޓްރޭނީ)ގެ މަޤާމުގައި ވަޒީފާ
އަދާކުރަމުން ދަނިކޮށް، އަޙްމަދު ވާޞިފަށް އެނގުމަކާ ނުލާ، ޖަލުގައި ހުރި ކުށްވެރިއަކު،
މުއްދަތުން 1 (އެކެއް) ދުވަސް ބާކީ އޮއްވައި ދޫކޮށްލި މައްސަލައިގައި، އެ މައްސަލަ ތަޙުޤީޤުކޮށް ބެލުމަކާއި
ނުލައި، އަޙްމަދު ވާޞިފް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ
ނަންބަރުގައިވާ ގޮތުގެ މަތީން ކޮށްފައިވާ ޢަމަލެއްކަމަށްބަލައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ،
ވަޒީފާއިން ވަކިކުރި ކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް،
ހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ ހައްޤުތަކުން މަޙްރޫމު ވާގޮތަށް ކަމަށް
ދެކި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި ވާގޮތުގެ މަތިން ބަލައިދިނުމަށް އެދި، ސިވިލް
ސަރވިސް ކޮމިޝަން އަށް ރައްދުވާގޮތަށް 27 މެއި 2010 ގައި އަޙްމަދު ވާސިފްގެ ފަރާތުން ވަޒީފާއާއި ބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
ދިވެހިރާއް18 ވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2{010/HC-A/251
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44 04
އެމައްސަލަ ނިންމަވާފައިވާ ގޮތަށް ބަލާއިރު، "ދެންފަހެ މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު،
އަޙްމަދު ވާޞިފް، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ގެ ޕްރިޒްންސް
އޮފިސަރ (ޓްރެނީ) އެއްގެ މަޤާމުން 10 މެއި 2010 ވަނަ ދުވަހު ވަކިކޮށްފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އާއި 51 ވަނަ މާއްދާ އިން ލިބިދޭ ޙައްޤުތަކުން މަޙުރޫމްވާގޮތަށް
ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވީނަމަވެސް، އަޙްމަދު ވާޞިފް ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާ
ޑިއުޓީ އޮފިސަރަކަށް ހުރެ، މާލޭޖަލުން ޤައިދީއަކު ދޫކޮށްލަންޖެހޭ މުއްދަތުން 1(އެކެއް) ދުވަސް ބާކީ އޮއްވައި
ޤައިދީއަކު ދޫކޮށްލިކަން ސާބިތުވެފައިވާތީ، އެކަމުގެ ސަބަބުން އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ
އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނޭކަމެއް ނޫންކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފެންނާތީ، ޤާނޫނު
ނަންބަރު: 05/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ
ނަންބަރުގައިވާގޮތުގެ މަތީން، ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23ވަނަ މައްދާއަށް
ރިޢާޔަތްކޮށް ނޯޓިހެއް ދިނުމަކާއިނުލާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާތީ އާއި، އަޙްމަދު
ވާޞިފް ވަޒީފާއިން ވަކިކުރި ސަބަބަކީ ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ
މާއްދާ އިން ލާޒިމްކުރާ، އެކަށީގެންވާ ސަބަބެއް ކަން ސިވިލް ސަރވިސް ކޮމިޝަނުން ސާބިތުކޮށްދީފައިވާތީ،
އަޙްމަދު ވާޞިފްއަށް އަލުން އަނބުރާ ވަޒީފާދޭން އަމުރު ކުރާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މި މައްސަލަ ނިންވަމެވެ." މިފަދައިންކަން އެރިޕޯޓުން އެނގެން އޮންނަކަން
ފާހަގަކުރެވެއެވެ.
2 22 3 0 20
-02
ބަޔާންކުރެވެން
އިސްވެ
ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2016/VTR/151 މައްސަލަ ނިންމެވުމުން އެނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެ
މ.ކޮޅުފުށި ފިނިފެންމާގެ އަޙްމަދު
0 0 2
2
22 2ތ
އެޤީe
ނަންކެނނ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2010/HC-A/251
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OX
22 422
ވާޞިފްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ، އަޙްމަދު ވާޞިފް، ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް
ދަޢުވާލިބޭގޮތަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަގައި އަޙްމަދު ވާޞިފް ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ޚިލާފަށް ކަމަށްވާއިރުވެސް އެކަންކަމުގެ މައްޗަށް
ބެއްލެވުމެއްނެތި މައްސަލަ ބަލާ މަޖިލީހުން ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ، އަޙްމަދު ވާޞިފް ވަޒީފާއިން ވަކިކޮށްފައިވަނީ ޖަލު ޙުކުމެއްގައި ހުރި
މީހަކު މުއްދަތުގެ އެއްދުވަސް ކުރިން ދޫކޮށްލުމުންކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނާއިރު،
ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހަށާއި، އަދި ދޫކޮށްލިކަމަށްބުނާ ގައިދީ ދޫކޮށްލިފަރާތް ޝަރީޢަތުގެ މަޖްލީހުގައި
އިއުތިރާފު ވެފައިވާއިރުވެސް، މިކަންކަމުގެމައްޗަށް ނުބައްލަވާ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
*ތިންވަނަ ނުކުތާއަކީ، އަޙްމަދު ވާޞިފް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީގެ ވަޒީފާގައި ހުރެގެން
ޤަވާޢިދާއި ޚިލާފަށް ބަންދު މީހަކު ދޫކޮށްލާފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނާއިރު،
އަޙްމަދު ވާޞިފް އެކަން ކޮށްފައިވާކަން ސާބިތުވާފަދަ އެއްވެސް ހެއްކެއް ލިޔުމެއް ދެއްކިފައި ނުވާއިރުވެސް،
މިކަންކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
#
ހަތަރުވަނަ ނުކުތާއަކީ: މާލޭ ޖަލު ޙުކުމެއްގައި ހުރި އިގުރައިދޫ! ސަނީސައިޑް މޫސާ
ފަތުޙީ ބަންދުގެ މުއްދަތުން 1 ދުވަސް ބާކީ އޮއްވާ އަޙްމަދު ވާޞިފް އޭނާ ދޫކޮށްލިކަމަށް ބުނާއިރު، މޫސާ
ފަތުޙީ ދޫކޮށްލާފައިވަނީ ކޮންމުވައްޒަފެއްކަމާއި، އަދި އެއީ ކޮން ތާރީޚެއްގައިކަން ލިޔެކިޔުމުން އެނގެން ހުރި
އިރުވެސް އެކަންކަމުގެ މައްޗަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހެޅި
44
ނުކުهއވެ.
ދިވެހިރާ2 ވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2010/HC-A/251
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ފަސްވަނަ ނުކުތާއަކީ މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި، އަޙްމަދު ވާޞިފްގެ
ވަޒީފާ ބަޔާނަށް ބަލާއިރު، ބަންދުމީހުން ދޫކުރުމާއި މިފަދަ ކަންކަމަކީ އަޙްމަދު ވާޞިފް
ކަމެއްކަން އެގެންނެތްއިރު، އަދި އެފަދަ ބާރެއް އަޙްމަދު ވާޞިފަށް ދީފައިވާކަން ސާބިތު ނުވާއިރުވެސް،
ކުރަންޖެހޭ
މިކަންކަމުގެ މައްޗަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
22 4
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2016/VTR/151 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އަޙްމަދު ވާޞިފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި،
އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މ. ކޮޅުފުށި ފިނިފެންމާގެ އަޙްމަދު ވާޞިފުއަކީ ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ
އެންޑްރިހެބިލިޓޭޝަން ސަރވިސްގެ ޖަލު ގޭގެ ޤާޑުގެ ވަޒީފާގައި 18 އޮގަސްޓް 2001 އިން ފެށިގެން
އުޅެމުން އައިމީހެއް ކަމާއި، އަދި އޭނާ އެ ވަޒީފާއިން ވަކިކުރެވިފައިވަނީ 10 މެއި 2010 ގައި ކަމާއި،
ވަޒީފާއިން ވަކިކުރެއްވިއިރު އޭނާހުރީ ޕްރިޒަން އޮފިސަރ (ޓްރޭނީ) އެއްގެ މަޤާމުގައި ކަން އެނގޭ ކަމާއި އަދި
އަޙްމަދު ވާޞިފު ވަޒީފާއިން ވަކިކުރި ސަބަބަކީ އޭނާ މާލެ ޖަލުގައި ހުރި ޤައިދީއެއް ބަންދުގެ މުއްދަތު
ހަމަވުމުގެ އެއްދުވަސްކުރިން ގައިދީން ދޫކުރުމަށް ހަމަޖެހިފައިވާ ޤަވާއިދާއި ޚިލާފަށް ދޫކޮށްލައިފައި ވާތީ،
ވަޒީފާއިން ވަކިކޮށްދެއްވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒްއިން އެދިވަޑައިގަތުމާއި ގުޅިގެން އަޙްމަދު
ވާޞިލް ކޮށްފައިވާ ޢަމަލަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ
ނަންބަރުގައި ވާގޮތުގެ މަތީން ވަޒީފާއާއި ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) (ށ) ގެ ދަށުން އެމާއްދާއަށް
ރިޢާޔަތްކޮށް ނޯޓިސް ދިނުމަކާއި ނުލާ ވަޒީފާއިން ވަކިކުރެވޭނެ ކަމަކަށްވާތީ ކަމަށް އަޙްމަދު ވާޞިފު ވަޒީފާއިން
ވަކިކުރެއްވި ޗިޓްގައި ބަޔާން ކުރެވިފައިވާކަން އެނގެއެވެ.
2c4
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{010/HC-A/251
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 0
ޖަލުން މީހަކު ދޫކޮށްލުމުގައި ޢަމަކުރާގޮތް" މި ސުރުޚީގައި ޑިޕާޓްމަންޓް އޮފް
ޕެނިޓެންޝަރީ އެންޑް ރިހެ ބިލިޓޭޝަން ސަރވިސަސް އެލިޔުމެއްގައި ވަނީ " ޖަލުގައި ހުރި މީހެއްގެ ޙުކުމް
ހަމަވާނަމަ ދޫކޮށްލާއިރު ދޫކުރަން ހަމަޖެހިފައިވާ ދުވަހު ސޮއިކުރުވާ ލިޔުމާއި ޖަލުން މީހާ ނެރުމަށް ހުއްދަދޭ
ލިޔުން ތައްޔާރު ކުރުމަށްފަހު ހެޑް އޮފީހުގެ އޮފިސަރުން އެލިޔުން ގެންގޮސް އެދުވަހަކު ދޫކުރަން ހަމަޖެހިފައިވާ
މީހާ ދޫކުރަމުން ގެންދާނެއެވެ. މިގޮތަށް ޢަމަލުކުރަމުން ގެންދަނީ ހަމައެކަނި މާލޭ ޖަލުގައި ތިބޭ މީހުންނާ
4c
4
4
کرم تر کریم
މާލެއިން ބޭރު ޖަލެއްގައި ހުރި މީހަކު މުއްދަތު ހަމަވެގެން ދޫކުރާ ނަމަވެސް އެމީހަކު ގެންދަނީ މާލެ
ޖަލަށެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚްގައި އެމީހަކު ދޫކުރާނީވެސް އިސްވެދެންނެވިފައިވާ ގޮތުގެ މަތިން
ޑިޕާޓްމަންޓުން އޮފިސަރުން މާލެ ޖަލަށް ގެންގޮސް އިޤުރާރު ފޯމުގައި ސޮއިކުރުމަށްފަހުގައެވެ.
ބަންދުން ދޫކުރަންޖެހޭ މީހާ ދޫކުރަންޖެހެނީ ބަންދު ދުވަހެއްގައި ކަމަށް ވަނީ ނަމަ ބަންދު ދުވަހުގެ
ކުރިން އޮފީސްހުޅުވިފައި ހުންނަ ދުވަހު، ދޫކުރާމީހާއާއި ބެހޭ ހުރިހާ ލިޔުމެއް މާލެ ޖަލަށް ފޮނުވޭނެއެވެ.
މިލިޔުން ފޮނުވޭއިރު މާލެއިން ބޭރު ޖަލެއްގައި ހުރި މީހަކު ނަމަ އެމީހާ ދޫކުރާ ތާރީޚަކަށް މާލޭ ޖަލަށް
ގެނައުމުގެ ހުރިހާ އިންތިޒާމްވެސް ކުރެވޭނެއެވެ. ނަމަވެސް ބަންދު ދުވަހެއްގައި ދޫކުރާމީހާ ދޫކުރާނީ މާލެ
ޖަލުގެ އޮފިސަރުންނެވެ. ޖަލުން އެއްވެސް މީހަކު ނެރެވޭނީ އޮފީސް ހިންގެވުމާއި ހަވާލުވެހުންނަވާ ބޭފުޅެއްގެ
ހުއްދަ ލިޔުމަކުން ލިބުމަށް ފަހުގައެވެ. " މިފަދައިން ކަމާއި ރ.އިނގުރައިދޫ ސަނީ ސައިޑް މޫސާ ފަތުޙީ
ޖަލުން ނެރުމަށް އެދޭފޯމްގައި އޭނާ ނެރުމަށް އެދޭ ސަބަބު ކަމަށް ލިޔެފައިވަނީ " 22-01-2010 ދުވަހު
މުއްދަތު ހަމަވާތީވެ ދޫކުރުމަށް ތަކެއްޗާއެކު މާލޭ ޖަލުން" މިފަދައިން ކަމާއި އެފޯމަކީ 2010-1-19 ވަނަ
ދުވަހުގެ 9:10 ގައި ތައްޔާރު ކުރެވިފައިވާ ފޯމެއްކަންވެސް އެނގޭ ކަމާއި އެފޯމުގައި ޤައިދީ ދޫކޮށްލަންޖެހޭ
ތާރީޚެއް އަދި ގަޑިއެއް ލިޔެފައި ނުވާކަންވެސް ފާހަގަކުރެވެއެވެ.
(ނ) މިމައްސަލާގައި ޑީޕީ.އާރް.އެސް ގެ ފަރާތުން ސްޕެރިޑެންޓް އޮފް ޕެނިޓެންޝަރީ މޫސާ
އާޒިމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު ޖަލުން ގައިދީ އަކު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{010/HC-A/251
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2&
ދޫކޮށްލާނަމަ ޑީ.ޕީ.އާރް.އެސް އިން ޖަލުން ދޫކޮށްލުމަށް ޗިޓެއް ތައްޔާރު ކުރާނެ ކަމަށާއި އެއީ ޑިރެކްޓަރ
ޖެނެރަލް ސޮއިކުރައްވާފައި ފޮނުވާ ޗިޓެއް ކަމަށާއި އެޗިޓުގައި ދޫކޮށްލަންޖެހޭ ތާރީޚާއި ގަޑި އޮންނާނެ ކަމަށާއި
އެޖަލުތަކަށް ފޮނުވީމާ އެޖަލުތަކުގައި ތިބޭ ޑިއުޓީ އޮފިސަރުން އެޗިޓް އެޕްރޫވްކޮށްފައި ދޫކުރުމުން ދާނެކަމަށާއި
އަދި ޗިޓްތައް އެއްދުވަސް ކުރިން ފޮނުވޭނެ ކަމަށާއި މިމައްސަލާގައި ހިމެނޭ މޫސާ ފަތުޙީ އަކީ 22 ވަނަ
ދުވަހު ދޫކުރަންޖެހޭ މީހެއް ކަމަށާއި ނަމަވެސް އޭނާ ދޫކޮށްލާފައިވަނީ 21 ވަނަ ދުވަހުގައި ކަމަށްވުމުން އޭނާ
ދޫކޮށްލާފައި އެވަނީ އެއްދުވަސް ކުރިން ކަމަށާއި އެދުވަހު ޑިއުޓީ ގައި ހުރީ އަޙްމަދު ވާޞިފު ކަމަށާއި އެއީ
ބަންދު ދުވަހަކާއި ދިމާވެފައި އޮތީމާ ޑިއުޓީ އޮފިސަރ އަޙްމަދު ވާޞިފު ފިޔަވައި އިތުރު ސީނިއަރ އޮފިސަރަކު
ނުހުންނާނެ ކަމަށް ބުނެފައިވާކަންވެސް އެނގޭކަމާއި
އަދި މިއިސްތިއުނާފް މައްސަލާގެ ދަޢުވާ ލިބޭ ފަރާތް ކަމަށްވާ ސވިލް ސަރވިސް
ކޮމިޝަންގެ ފަރާތުން މިކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު ޑިއުޓީ އޮފިސަރުންނަކީ އެވަގުތެއްގައި ޖަލުގައި ހިގާ
ހުރިހާ ކަމެއް ސްޕީރިއެންޓަކާ ގުޅިގެން ކުރިއަށް ގެންދަވަން ތިއްބަވާ މުވައްޒަފުން ކަމަށާއި ގައިދީން ދޫކުރުމަށް
ޢަމަލު ކުރަމުންދާ އުސޫލަކީ ގައިދީއަކު ބަންދު ދުވަހެއްގައި ދޫކުރަން ޖެހޭނަމަ ބަންދު ދުވަހުގެ ކުރީ ދުވަހު
އެގައިދީ ދުކޮށްލުމާ ބެހޭ ހުރިހާ ލިޔެ ކިއުން ތަކެއް ހެޑް އޮފީހުން ފޮނުއްވުމުން އެގައިދީ ދޫކޮށްލުމާބެހޭ ހުރިހާ
ނިންމުމެއް ނިންމާނީ އެދުވަހެއްގެ ޑިއުޓީގައި ހުރި ޑިއުޓީ އޮފިސަރަކު ކަމަށާއި މިމައްސަލާގައި ހިމެނޭ ގައިދީ
ދޫކޮށްލެވިފައިވަނީ ބަންދު ދުވަހެއްގައި ކަމަށް ވުމުން އަދި 22 ޖެނުއަރީ 2010 ގައި ޑިއުޓީ އޮފިސަރަކަށް
އަޙްމަދު ވާޞިފު ހުރުމުން އެދުވަހު ގައިދީ ދޫކޮށްލުމުގެ ގޮތުން ހުރިހާ ނިންމުން ތަކެއް ނިންމަނީ އަޙްމަދު
ވާޞިފު ކަމަށް ފާހަގަކުރެވޭ ކަމަށް ބުނެފައިވާކަންވެސް އެނގެއެވެ.
(ހ) މޫސާ ފަތުޙީ ޖަލުން ނެރުމަށް އެދޭ ފޯމް ޑީ.ޕީ. އާރު.އެސް އިން ޖަލަށް ފޮނުވާފައިވަނީ
ބުރާސްފަތި ދުވަހު ކަމާއި އެއީ 21 ޖެނުއަރީ 2010 ވަނަ ދުވަސް ކަމާއި އަދި އެދުވަހަކީ ބަންދު ދުވަހެއް
ނޫންކަންވެސް ބަޔާން ތަކުންނާއި ހުށަހެޅިފައި ހުރި ލިޔުން ތަކުން އެނގޭކަމާއި
44 4
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2010/HC-A/251
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަންދު ދުވަހެއްގައި ގައިދީ އަކު ޖަލުން ދޫކުރަންޖެހޭނަމަ ބަންދު ދުވަހުގެ ކުރީ ދުވަހު
ދޫކޮށްލަންޖެހޭ ކަން އަންގާ ޗިޓު ޖަލަށް ފޮނުވޭނެ ކަމަށާއި
މޫސާ ފަތުޙީ ދޫކޮށްލަންޖެހެނީ 22 ޖެނުއަރީ 2010 ވާހުކުރު ދުވަހުގައި ކަމަށާއި އެދުވަހު އެންމެ އިސްކޮށް
ތިބޭނީ ޑިއުޓީ އޮފިސަރުން ކަމަށާއި އެހެންކަމުން ގައިދީން ދޫކޮށްލުމާއި އެކަމާބެހޭ ހުރިހާ ކަމެއްގެ ޒިންމާއެއް
އުފުލަން ޖެހޭނީ ޑިއުޓީ އޮފިސަރުން ނަށް ކަމަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު މޫސާ
ފަތުހީ ޖަލުން ދޫކޮށްލައިފައިވަނީ ބަންދު ދުވަހެއްގައި ނޫންކަމާއި އޭނާ ދޫކޮށްލާފައިވަނީ 21 ޖެނުއަރީ
2010ގައި ކަން ބަޔާން ތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި ބަންދުނޫން ދުވަސް ތަކުގައި
ދޫކުރެވޭ ގައިދީން ދޫކުރުމާބެހޭ ގޮތުން ނިންމަންޖެހޭ ނިންމުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ޑިއުޓީ
އޮފިސަރުންނަށް ނޫންކަންވެސް މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ބަޔާންތަކުން
އެނގޭއިރު، އަދި މިމައްސަލާގައި ގައިދީ ދޫކޮށްލި ކަމަށް ބުނާ އަޙްމަދު ވާޞިފު އަކީ ޑިއުޓީ އޮފިސަރެއްގެ
ވަޒީފާގައި ހުރެ މަސައްކަތް ކުރަމުންދާ މީހެއްކަންވެސް އެނގެން ނެތް އިރު އަދި ޑިއުޓީ އޮފިސަރ އަކަށް
ހުންނަ މީހަކީވެސް ސްޕްރިންޑެންޓުންގެ ދަށުން މަސައްކަތްކުރަން ޖެހޭ މީހެއް ކަން ބަޔާންތަކުން އެނގޭއިރު
އަދި ގައިދީ މޫސާ ފަތުޙީ 2010-01-21 ވަނަ ދުވަހު 13:15 ގައި 10 ނަންބަރު ގޮޅިން އޭނާ
ތަންފީޒުކުރަމުންދިޔަ ހުކުމުގެ މުއްދަތު ހަމަވެގެން ދޫކޮށްލުމަށްޓަކައި ގޮޅިން ނެރެފައިވަނީ ޑީ.ޕީ އާރް އެސް ގެ
ޕްރިޒަންސް އޮފިސަރ ޓްރޭނީ ޝިރާޒް ކަން ޖަލުގައި ތިބޭ މީހުންނާމެދު އެޅޭ ފިޔަވަޅުތައް ނޯޓުކުރާ
(އޮކިއުރެންސް) ފޮތުން އެނގޭއިރު ޝިރާޒު ގެއެއްވެސް ބަޔާނެއް މިމައްސަލާގެ ތަޙްޤީޤުގަށް ނެގިފައި ނުވާކަން
ފާހަގަ ކުރެވޭ ކަމާއި
ޖަލު ހުކުމް
އަދި މޫސާ ފަތުޙީ މިނިވަންވެގެން ޖަލުން ނެރުނު ކަމަށް އެދުވަހުގެ 13:35 ގައި ނެރުނު
މުވައްޒަފު ކަމަށް ސޮއިކޮށްފައިވަނީ ހުސައިން ނަދީމް ކަން "
މިފޮތުން އެނގޭ ކަމާއި އަދި
އެފޮތުގައި ލިޔެފައިވާ ތާރީޚު މަތީގައި ފަޅާފައި 21 ޖެނުއަރީ 2010 ގައި ކަމަށް އޮތް ދުވަސް 22 އަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{010/HC-A/251
ބަދަލު ކުރަން ނުވަތަ 22 ޖެނުއަރީ 2010 ގައި އޮތް ދުވަސް 21 ގެ ތާރީޚަށް ބަދަލު ކުރަން މަސައްކަތް
ކޮށްފައިވާކަމުން ފޮތުގައިވާ ޞައްޙަ ތާރީޚު ކަނޑައެޅި ގެން އެނގެން ނެތް ނަމަވެސް މައްސަލަ އިސްތިއުނާފު
ކޮށްފައިވާ އަޙްމަދު ވާޞިފު ވަޒީފާއިން ވަކިކުރެވުނު މައްސަލަ އުފެދިފައިވަނީ 2010 ޖެނުއަރީ 22 ވަނަ
ދުވަހު ޖަލުން މިނިވަން ކުރަންޖެހޭ މީހަކު އޭގެ އެއްދުވަސް ކުރިން މިނިވަސް ކޮށްފައިވާ ކަމަށްބުނެ އުފެދުނު
މައްސަލައާއި ގުޅިގެން ކަން އެނގޭއިރު
ޖަލުން ދޫކޮށްލުމުގައި އަޙްމަދު ވާޞިފު ޒިންމާ އުފުލަންޖެހޭ
ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެނގެއެވެ.
މޫސާ ފަތުޙީ
ކަމަށް
އެހެންކަމުން އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހާ ކަންކަން
އެގޮތުގެ މަތިން ހުރުމާއެކު ވަޒީފާ އާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/151 މައްސަލާގައި
އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ ހަމަތަކާއެއް ގޮތަށް ނިންމަވާފާ ނިންމެވުމެއް ކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް:
0
ހުރުމާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު:VTR2010:151 މައްސަލާގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2010/151VTR މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާތިލުކޮށް ޑިޕާޓްމަންޓް
އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގައި އަޙްމަދު ވާޞިފު އަދާކުރަމުންދިޔަ ފެންވަރުގެ
ވަޒީފާއެއް މިއަދު (09 އޮކްޓޯބަރ 2013) އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
2{010/HC-A/251
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 8 2
އަނޑީ
ވާޞިފައަށް ދިނުމަށާއި އަޙްމަދު ވާޞިފު އަކީ އެއްވެސް ޙާލަތެއްގައި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ
ރިހެބިލިޓޭޝަން ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި 2010 މެއި 10 ވަނަ
ދުވަހުން ފެށިގެން އަޙްމަދު ވާޞިފު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގެ
ވަޒީފާ ދިނުމާ ހަމައަށް އެމުއްދަތުގައި އަޙްމަދު ވާޞިފައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް މިއަދު
(09އޮކްޓޯބަރ 2013) އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަޙްމަދު ވާޞިފު އަށް ލިބިދިނުމަށް
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއަށް އަންގައި މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާ-2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv