ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/306 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/306
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 306/HC
-
A/2012
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ނަސީމު މޫސާ
* އައި.ޑީ.ކާޑު ނަންބަރު: A062009
ބަދަލުގައި: ޢަލީ ޢަބްދުﷲ ކާމިނީގެ ލ. ފޮނަދޫ
، ދާއިމީ އެޑްރެސް: ފެހިފަރުދާގެ/ ލ. ފޮނަދޫ
ހާރުގެ އެޑްރެސް: ކާމިނީގެ| ލ. ފޮނަދޫ
0
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙުސައިން އިދުރީސް
ދާއިމީ އެޑްރެސް: ހެޕީނައިޓް/ ލ. މާމެންދޫ
އައި.ޑީ.ކާޑު ނަންބަރު: A137356 މިހާރުގެ އެޑްރެސް: ހެޕީނައިޓް/ ލ. މާމެންދޫ
ބަދަލުގައި: ޢަލީ ޝަރީފު، ބީޗްރެސްޓް ލ. އިސްދޫ
0
0
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ޛުލްޙިއްޖާ 1433 ނިމުނު ތާރީޚް: 29 ޖުމާދަލްއޫލާ 1434
7) ނޮވެމްބަރ 2012
10 އޭޕްރީލް 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/O10C/45
ނިންމެވި ކޯޓު: ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ (ދަރަނި)
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 06 މެއި 2010
ޤަޟިއްޔާ ނިމުނު ތާރީޚް: 18 ޖެނުއަރީ 2012
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާދު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/3 06
ދަޢުވާގެ ޚުލާޞާ
މިއީ، ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/O10C/45 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ލ. ފޮނަދޫ، ފެހިފަރުދާގެ މުޙައްމަދު ނަސީމު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ލ. މާމެންދޫ، ހެޕީނައިޓް ޙުސައިން
އިދުރިސްއެވެ.
· 5434
453
އޭގެކެވެންނެތް:
1. ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/O10C/45 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ލ. ފޮނަދޫ، ފެހިފަރުދާގެ މުޙައްމަދު ނަސީމު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
.2
މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/45/010C ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 2009 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭއްވި ޢާއްމު
އިންތިހާބު ދުވަސްވަރު ލ. ފޮނަދޫ ފެހިފަރުދާގެ މުޙައްމަދު ނަސީމު މޫސާ ލ. މާމެންދޫ ހެޕީނައިޓް ޙުސައިން
އިދުރީސްގެ ޕީކުރި ލޯންޗުގައި މުޙައްމަދު ނަސީމު މޫސާގެ ކެމްޕޭން ދަތުރުގެ ގޮތުގައި ލ. މާމެންދޫއިން
އަދި
ލ. ފޮނަދޫއިން ލ. ގާދޫއަށް ކުރި ދަތުރުގެ އަގު -/800ރ. އާއި ފޮނަދޫއިން ލ. މާމެންދޫ
= ހ2 ހއ
އިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/306
-/280ރ.
އަށް ކުރި ދަތުރުގެ އަގަށްވާ -/650ރ. ޙުސައިން އިދުރީސްގެ ތިޔަ ފިހާރައިން ނެގި ތަކެތީގެ އަގަށްވާ
އާއި، ޖުމްލަ -/1730ރ. އެކި ފަހަރު މަތިން ޙުސައިން އިދުރީސް މުޙައްމަދު ނަސީމު މޫސާ
ގާތުގައި އެދުމުންވެސް އެފައިސާ ނުލިބިވާތީ އެފައިސާ ހޯދުމަށް އެދި ޙުސައިން އިދުރީސް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/O10C/45
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ
ބަޔާން ކުރެވިދިޔަ ވާހަކަތަކާއި ފާހަގަ ކުރެވޭ ނުކުތާތަކުގެ މައްޗަށް ވިސްނާ ރިޔާޢަތްކޮށް ބަލާއިރު، މިމައްސަލަ
އަށް ކާފީ ހެކި ލިބިފައިނުވާތީ 1 ގެ ހެކިބަހާއި ދަޢުވާ ކުރި ޙުސައިން އިދުރީސް އަންނަނިވި އިބާރާތުން،
(އަހުރެން ލ. ފޮނަދޫ ފެހިފަރުގޭ މުޙައްމަދު ނަސީމްގެ މައްޗަށް މިކުރާ ދަޢުވާގައި ހެކިންގެ ތެރެއިން
ލ.ފޮނަދޫ މާގިނަ ޢަލީ ޢަބްދުﷲ އެހަދަނީ ދޮގުކަމާއި 2009 ވަނަ އަހަރު އޮތް ރަތްޔިތުންގެ މަޖިލީހުގެ
އިންތިހާބުގެ ކެމްޕޭން ދަތުރުގެ ގޮތުގައި އަޅުގަނޑުގެ ހެޕީކުރި ލާންޗްގައި މުޙައްމަދު ނަސީމް ބުނެގެން އޭނާ
ފައިސާ ދައްކާގޮތަށް މާމެންދޫ އިން ފޮނަދުއަށް، ފޮނަދޫއިން ގާދުއަށް އަދި ފޮނަދޫއިން މާމެންދުއަށް ދަތުރު
ކުރިކަމާއި، އަދި އަޅުގަނޑުގެ ތިޔަނި ފިހާރައިން ކެންޕޭނަށް ޚަރަދު ކުރުމަށް ނަގާފައިވާ ތަކެއްޗަކީ މުޙައްމަދު
ނަސީމް ބުނެގެން، އޭނާ ފައިސާ ދޭގޮތަށް ވާހަކަދައްކައި އެއްބަސްވެ، އަޅުގަނޑުގެ އަތުން ޚަރަދު ކޮށްފައިވާ
-/1730 (އެއްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ) އަކީ ލ.ފޮނަދޫ ފެހިފަރުދާގޭ މުޙައްމަދު ނަސީމް އަޅުގަނޑަށް
ދޭންޖެހޭ ފައިސާއެއް ކަމަށް މާތް ﷲ ގަންދީ ހުވާ ކުރަމެވެ.) ހުވާ ކޮށްފައިވާތީ ލ.މާމެންދޫ ހެޕީނައިޓް
ޙުސައިން އިދުރީސް، ލ. ފޮނަދޫ ފެހިފަރުދާގެ މުޙައްމަދު ނަސީމްގެ މައްޗަށް ދަޢުވާ ކުރާ -/1730 (އެއްހާސް
ހަތްސަތޭކަ ތިރީސް ރުފިޔާ) ގެ ފައިސާގެ މައްސަލަ ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިއަދު 18
ޖެނުއަރީ 2012 ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޙުސައިން އިދުރީސްއާއި ޙަވާލު
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/3 06
ކުރުމަށް، ވ.މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ދަޢުވާލިބޭ ލ. ފޮނަދޫ ފެހިފަރުދާގޭ މުޙައްމަދު ނަސީމަށް
އަންގައި ޙުކުމްކޮށް މައްސަލަ ނިންމީއެވެ" މިފަދައިންނެވެ.
4. ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/45/010C ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ލ. ފޮނަދޫ، ފެހިފަރުދާގެ މުޙައްމަދު ނަސީމު މޫސާގެ ފަރާތުން ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް
އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ދަޢުވާގައި ބުނާ ދަތުރުތައް ޙުސައިން އިދުރީސްގެ "ހެޕީކުރި" ލޯންޗުގައި
ކުރީ މުޙައްމަދު ނަސީމު މޫސާ ބުނެގެންކަމާއި، ޙުސައިން އިދުރީސްގެ "ތިޔަނި" ފިހާރައިން ތަކެތި ނެގީ
މުޙައްމަދު ނަސީމު މޫސާ
އެނގޭނެ އެއްވެސް
ޤަރީނާއެއް ނެތި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3
2
6
2 ހދ
ونس مستر سری
2 20
(ށ) ދެވަނަ ނުކުތާއަކީ: ހުވާގެ މައްޗަށް ބިނާކޮށް މައްސަލައިގެ ޙުކުމް ކުރައްވާފައިވާއިރު
ހުވާކޮށްފައިވާކަން އެނގެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/O10C/45 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ލ. ފޮނަދޫ، ފެހިފަރުދާގެ މުޙައްމަދު ނަސީމު މޫސާގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/3 06
(ހ) ފުރަތަމަ ކަމަކީ، ޙުސައިން އިދުރީސް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/45/010C ޤަޟިއްޔާގައި ހުށަހެޅި ދަޢުވާގައި ހިމެނެނީ ދެކަމެއްކަމާއި،
ފުރަތަމަ ކަމަކީ، މުޙައްމަދު ނަސީމު މޫސާގެ ޚަރަދުގައި މުޙައްމަދު ނަސީމު މޫސާ ބަޔަކު ލައްވައި
ޙުސައިން އިދުރީސްގެ ލޯންޗުގައި ލ. މާމެންދުއިން ލ. ފޮނަދުއަށް، އަދި ލ. ފޮނަދުއިން ލ. ގާދުއަށް
ކުރިކަމަށް ބުނާ ދަތުރަށްވާ -/800ރ. އާއި، ލ. ފޮނަދުއިން ލ. މާމެންދުއަށް ކުރުވިކަމަށް ބުނާ ދަތުރުގެ އަގު
ކަމުގައިވާ -/650ރ. ހޯދުމަށް ހުށަހެޅި ހުށަހެޅުމާއި،
ދެވަނަ ކަމަކީ، މުޙައްމަދު ނަސީމު މޫސާ ބުނެގެން ލ. މާމެންދޫ ފައްކާގޭ އާދަމް ސަޢީދު، ޙުސައިން
އިދުރީސްގެ ފިހާރައިން ނެގިކަމަށް ބުނާ -/280ރ. ހޯދުމަށް ހުށަހެޅި ހުށަހެޅުން ކަމާއި،
ބަޔާންކުރެވިދިޔަ ދަޢުވާ ސާބިތުކުރުމަށް ޙުސައިން އިދުރީސް ހެކި ހުށަހަޅާފައިވާކަމާއި، އަދި މިކަން
ކުރުމަށް ޙުސައިން އިދުރީސާ މުޙައްމަދު ނަސީމާ ދެމެދު ހިނގި މުޢާމަލާތުގެ މެދުވެރިއަކީ ލ. ފޮނަދޫ މާވަނި
ޢަލީ ޢަބްދުﷲ ކަމަށް ޙުސައިން އިދުރީސް 27 ޖޫން 2011 ގައި ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާއިރު،
ޢަލީ ޢަބްދުﷲ ބުނެފައިވަނީ، ޙުސައިން އިދުރީސް އެބުނާ ދަތުރުތައް މުޙައްމަދު ނަސީމު މޫސާ
ބުނެގެން ކުރުވާފައި ނުވާނެކަމަށާއި، އަދި ޙުސައިން އިދުރީސްގެ ފިހާރައިންވެސް އެއްވެސް އެއްޗެއް ޢަލީ
ޢަބްދުﷲ މެދުވެރިވެގެން ނަގާފައި ނުވާނެކަމަށްކަން އެނގޭއިރު،
ޙުސައިން އިދުރީސް ހުށަހެޅި ހެކިންކުރެ އެއްވެސް ހެއްކަކު ޙުސައިން އިދުރީސްގެ ދަޢުވާގައި ބުނި
ފަދައިން ހެކިބަސް ދީފައިނުވާކަމާއި، ޙުސައިން އިދުރީސް ހުށަހެޅި ހެކިންކުރެ އާދަމް ސަލީމުގެ ހެކިބަސް
ލިބިފައިވާކަމަށް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ފާހަގަކޮށްފައިވާއިރު، އާދަމް ސަލީމުގެ ހެކިބަހުގައި
ބުނެފައިވަނީ ޙުސައިން އިދުރީސްގެ ދަޢުވާގައި ބުނެފައިވާ ދަތުރުތަކުގެ ތެރެއިން އެއްމެ ދަތުރެއްގެ ވާހަކަ
ކަމާއި، އެއީ ލ. ފޮނަދޫއިން މާމެންދުއަށް ކުރިކަމަށް ބުނާ ދަތުރުގެ ވާހަކަ ކަމާއި، އާދަމް ސަލީމުގެ ހެކިބަހަށް
ބަލާއިރު، މުޙައްމަދު ނަސީމު މޫސާ ބުނެގެން 2009 ވަނަ އަހަރު ލ. މާމެންދޫ ހެޕީކުރި ލޯންޗުގައި
-ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/306
ލ. ފޮނަދޫއިން ލ. މާމެންދޫއަށް ދަތުރެއް ކޮށްފައިވާނެ ކަމަށް ބުނެފައިވާކަމާއި، ނަމަވެސް މުޙައްމަދު ނަސީމު
މޫސާ އަމިއްލައަށް މިދަތުރު އަދި ދަޢުވާގައި ބުނެފައިވާ އެއްވެސް ދަތުރެއް ކޮށްފައިނުވާކަމަށް މިދަޢުވާކުރި
ޙުސައިން އިދުރީސް ބުނެފައިވާއިރު، ހެކިބަސް ދީފައި މިވާ އާދަމް ސަލީމުގެ ހެކިބަހުންވެސް އެނގެނީ އެދަތުރު
ކުރި މީހަކީ އާދަމް ސަލީމް ކަމާއި، އެހެންކަމުން އާދަމް ސަލީމަކީ މުޙައްމަދު ނަސީމު މޫސާގެ ފަރާތުން އެފަދަ
ދަތުރުތައް ކުރުމުގެ ހައިސިއްޔަތު އޮތް ފަރާތެއްކަން އެނގެން ނެތްއިރު، އާދަމް ސަލީމް ދަތުރެއް ކުރިކަމަށް
ބުނެ އެދަތުރަކީ މުޙައްމަދު ނަސީމު މޫސާ ބުނެގެން ކުރި ދަތުރެއްކަމަށް ބުނިނަމަވެސް އެއީ ޤަބޫލުކުރެވޭނެ
ހެކިބަހެއްކަމުގައި ނުބެލެވޭނެކަމާއި، އާދަމް ސަލީމަކީ އެދަތުރު ކުރި މީހާ ކަމަށްވުމުން، އެދަތުރަކީ މުޙައްމަދު
ނަސީމު މޫސާ ބުނެގެން ކުރި ދަތުރެއްކަމަށް ބުނެ ހެކިބަސް ދިނުމުގައި އާދަމް ސަލީމުގެ މަސްލަހަތެއް
އޮތްކަން ފާހަގަކުރެވޭކަމާއި،
އަދި މިމައްސަލާގައި ހިމެނޭ، ޙުސައިން އިދުރީސްގެ ފިހާރައިން ދޫކުރިކަމަށް ބުނާ ތަކެތީގެ ބަޔަށް
ބަލާއިރު ޙުސައިން އިދުރީސްގެ ފިހާރައިން ދޫކުރި މުދަލެއް ދޫކުރީ މުޙައްމަދު ނަސީމު މޫސާއަށް ނޫންކަން
އެނގޭކަމާއި، އެފިހާރައިން މުދާ ދޫކުރީ ޢަލީ ޢަބްދުﷲ މެދުވެރިކޮށް މުޙައްމަދު ނަސީމު މޫސާ އެދިގެން ކަމަށް
ޙުސައިން އިދުރީސް ބުނެފައިވާއިރު، ޢަލީ ޢަބްދުﷲ އެކަމަށް އިންކާރުކޮށްފައިވާކަމާއި، އެފިހާރައިން 2 (ދޭއް)
ކޭސް މައިކޯލާ ގެންގޮސް ބެހިކަމަށް ބުނެފައިވާ އާދަމް ސަޢީދުގެ ހެކިބަހަށް ބަލާއިރުވެސް އެތަކެތި ގެންގޮސް
ބެހީ މުޙައްމަދު ނަސީމު މޫސާ ބުނެގެން ނޫންކަމާއި، ފިހާރައިން ތަކެތި ނެގުމަށް މުޙައްމަދު ނަސީމު މޫސާ
ބުނެފައިވާކަމަށް ޙުސައިން އިދުރީސް ބުނެ، ޙުސައިން އިދުރީސް އެތަކެތި ދިނުމުންކަމާއި،
ޙުސައިން އިދުރީސް ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް ހެކި ލިބިފައި ނުވާކަން
2
6
2 ހ2 2
އެހެންކަމުން
އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ދަޢުވާ ކުރާ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ދެއްކިފައި
ނުވާޙާލު، ދަޢުވާ ލިބޭ ފަރާތުން އެދަޢުވާއަށް އިޤްރާރުނުވާނަމަ، ދަޢުވާ ކުރާ ފަރާތުން އެދިއްޖެނަމަ އެފަރާތުގެ
ދިވެހިރާa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/3 06
އެދުމުގެ މަތިން ދަޢުވާލިބޭ ފަރާތަށް ހުވައި ދޭންޖެހޭކަމާއި، މިއީ އިސްލާމީ ޝަރީޢަތުގައި އިސްތިޤްރާރުވެފައިވާ
މައްދައެއްކަމާއި، މީގެ އަޞްލަކީ "لللޖާ لل للللل هللهلل لل للللل هلله" (މާނައަކީ: ބައްޔާނާ
(ދަލީލު) ދެއްކުން ވަނީ ދަޢުވާ ކުރާ ފަރާތުގެ މައްޗަށެވެ. ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ވަނީ ހުވައެވެ.)
މިފަދަ ނައްޞުތައްކަމާއި، މިކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2010
ޤަޟިއްޔާގައި ފާހަގަކުރެއްވި ނުކުތާތަކުގެ (ހ) ގައިވެސް ކަނޑައަޅުއްވައި ބަޔާންކުރައްވާފައިވާކަމާއި،
ބަޔާންކުރެވިދިޔަ ގޮތުގެ މަތީން ދަޢުވާ ލިބޭ ފަރާތައް ހުވައި ދިނުމުން އެފަރާތުން ހުވައި ކޮށްފިނަމަ ދަޢުވާ
ސާބިތުނުވާކަމުގައި ކަނޑައަޅަންޖެހޭނެކަމާއި، އަދި އެފަރާތުން ހުވައި ނުކޮށްފިނަމަ، އަދި ދަޢުވާކުރާ
ފަރާތުންވެސް ހުވައި ނުކޮށްފިނަމަ ދަޢުވާ ސާބިތުނުވާކަމުގައި ކަނޑައަޅަންޖެހޭނެކަމާއި، އަދި ދަޢުވާ ލިބޭ
ފަރާތުން ހުވައި ނުކޮށްފިނަމަ އަދި އެޙާލަތުގައި ދަޢުވާ ކުރާފަރާތުން ހުވައިކުރަން ހުރިނަމަ އެފަރާތަށް
ހުވައިދީ، އެފަރާތުން ހުވައިކޮށްފިނަމަ ދަޢުވާ ސާބިތުވާކަމުގައި ކަނޑައަޅަންޖެހޭނެ ކަމާއި، މިއުޞޫލަކީ މިފަދަ
މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައިވެސް ބަލައިގަނެ، ކޯޓުތަކުން ޢަމަލުކުރަމުންދާ
Cecco
އުޞޫލުކަން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފު ކުރެވިފައި މިވާ، ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/45/010C ޤަޟިއްޔާގައި ޝަރީޢަތަށް ޤަބޫލުކުރެވޭފަދަ އެއްވެސް ހެއްކެއް ދަޢުވާ ހުށަހެޅި ފަރާތުން
ދެއްކިފައި ނުވާކަމާއި، އެހެންކަމުން، ބަޔާންކުރެވިދިޔަ އުޞޫލުގެ އަލީގައި މިމައްސަލާގައި ވައި ދީ އެގޮތުގެ
މަތިން މިމައްސަލާގައި ފައިޞަލާކުރަން ޖެހޭކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ، މިމައްސަލާގައި އެއް ހެއްކެއްގެ ހެކިބަސް ލިބިފައިވާކަމަށް
ކަނޑައަޅުއްވައި، ދަޢުވާކުރި ޙުސައިން އިދުރީސަށް ހުވައިދީ، އެހެކިބަހާއި، ހުވައިގެ މައްޗަށް ބިނާކޮށް ދަޢުވާ
ޖެހިރާއްޖޭގެ
99
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/3 06
OU OO
ސާބިތުވާކަމަށް ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އަދި
އެހެންކަމުން އިސްވެ ބަޔާންކުރެވިދިޔަ އުޞޫލުތަކުގެ އަލީގައި މިމައްސަލަ އަލުން ބަލައި މިމައްސަލައާމެދު
ގޮތެއް ކަނޑައެޅުމަށް މިމައްސަލަ ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ތައުވީލުކުރަންޖެހޭ ކަމަށެވެ.
UCO
ޙުކުމް..
==
20 8
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ލ. މާމެންދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2010/45/010C ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ ސާބިތުވާކަމަށް ލ. މާމެންދޫ
މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، ބަޔާންކުރެވިދިޔަ އުޞޫލުތަކުގެ
އަލީގައި ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން މިމައްސަލަ އަލުންބައްލަވައި ނިންމެވުމަށް، ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙުލީލުކުރުމަށް
މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
مع د
ދިވެހިރާއްޖޭގެ
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv