ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/228 ޤަޟިއްޔާގެ ޙުކުމް
1
2jj5HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 228/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު ޝިޔާމް
ދާއިމީ އެޑްރެސް: ކާނޭޝަންވިލާ/ ސ.ހުޅުދޫ
: އައިޑީކާޑު ނަންބަރު: A092550
މިހާރުގެ އެޑްރެސް: ހ.ފްރީވިންޑް މާލެ
i
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ހުޅުމާލެ. ނޫރާނީފެހި މާލެ
ރެޖިސްޓްރޭޝަން ނަންބަރު: 0018
/
2011-FC
* މިހާރުގެ އެޑްރެސް: ހުޅުމާވެ. ރެއިންވިއު ބިލްޑިންގ/ މާލެ
*
ނިމުނު ތާރީޚް: 28 ފެބުރުވަރީ 2017
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ޖޫން 2015
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ:
0
ނަންބަދު: 2014/VTR/93
ނިންމި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 03 ޖުލައި 2014
0
* ނިމުނު ތާރީޚް: 02 މާރިޗް 2015
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2015/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
0
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/93
މައްސަލަ އެ
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ
މައްސަލަ އިސްތިއުނާފު ކުރުމަށް ސ.ހުޅުދޫ ކާނޭޝަންވިލާ، މުޙައްމަދު ޝިޔާމުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/93 މައްސަލަ އެޓްރައިބިއުނަލުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ މައްސަލަ
އިސްތިއުނާފު ކުރުމަށް ސ.ހުޅުދޫ/ ކާނޭޝަންވިލާ، މުޙައްމަދު ޝިޔާމުގެ ފަރާތުން ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/93 މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ ސ.ހުޅުދޫ/ ކާނޭޝަންވިލާ، މުޙައްމަދު ޝިޔާމް،
ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގައި، ވެއަރހައުސް ކަމް ޕަރޗޭސް މެނޭޖަރގެ މަޤާމުގައި 20 ޖޫން
2013 ދުވަހުން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، ޕަރޗޭސް ޑިޕާޓްމަންޓް ރީސްޓްރަކްޗަރ ކުރުމާއި
ގުޅިގެން، "ޕަރޗޭސް މެނޭޖަރ" ގެ މަޤާމު އުވިފައިވާކަމަށް ބުނެ، 01 ޖޫން 2014 ގައި ވަޒީފާއިން
ވަކިވާނެކަމަށް ދެ މަސް ދުވަހުގެ ނޯޓިސް ދީފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ
ޤާނޫނާ ޚިލާފަށްކަމަށްވާތީ، ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ލިބުނު ގެއްލުމުގެ މާލީ ބަދަލު ނަގައިދިނުމަށް
..
i
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j5/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ މައްޗަށް ރައްދުވާގޮތަށް މުޙައްމަދު ޝިޔާމް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއް ކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ ދެންފަހެ، މި މައްސަލައާއި ގުޅިގެން މައްސަލަ ހުށަހެޅި
ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، މައްސަލައިގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި މުޙައްމަދު ޝިޔާމް، މައްސަލަ ރައްދުވި
ފަރާތްކަމުގައިވާ ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ވެއަރހައުސް ކަމް ޕަރޗޭސް މެނޭޖަރގެ މަޤާމުގައި
2013 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަޒީފާއަދާކުރަމުން ދަނިކޮށް، ކުންފުނީގެ
ޕަރޗޭސް ޑިޕާޓްމަންޓް ރީސްޓްރަކްޗަރ ކުރުމާއިގުޅިގެން ޕަރޗޭސް މެނޭޖަރކަމުގެ މަޤާމު އުވިފައިވާކަމަށްބުނެ،
01 ޖޫން 2014 ގައި ވަޒީފާއިން ވަކިވާނެކަމަށް ނޯޓިސް ދީފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ
ޤާނޫނާއި ޚިލާފަށްކަމަށާއި، އަބުރާ އިއްޒަތަށް އަރައިގަނެ އަގު ވައްޓާލާފައިވާތީ، އަބުރުގެ ބަދަލާއި، ވަޒީފާއިން
ވަކިކުރުމުގެ ސަބަބުން ލިބުނު މާލީ ބަދަލާއި، އެކޮމޮޑޭޝަން ހަމަޖައްސައިދޭނެކަމަށް ބުނެ އެކޮމޮޑޭޝަން
ހަމަޖައްސައިދީފައި ނުވާތީ ބަދަލުގެ ގޮތުގައި މަހަކަށް 15000.00 (ފަނަރަ ހާސް) ރުފިޔާ ނަގައިދިނުމަށާއި،
ވަޒީފާ އަނބުރާ ލިބިދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލާގައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކޮށްފައިވަނީ މައްސަލަ ރައްދުވި ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާ ގުޅިގެން އޭނާ އަދާކުރަމުން
ދިޔަ ވަޒީފާ އުވާލެވިފައިވާތީ ކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، ކުންފުނި ރީސްޓްރަކްޗަރ
ކުރަންޖެހޭފަދަ ޙާލަތެއް ދިމާވެފައިވާކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދެވިފައި ނުވާކަމަށާއި،
ނަމަވެސް މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކި ކުރުމުގައި އޭނާގެ ފަރާތުން ހިނގާފައިވާ ކަންތައްތަކެއްގެ
ރިޢާޔަތްކޮށްފައިވާކަން އެނގޭތީ، މައްސަލަ ހުށަހެޅި ފަރާތަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުކުރާނެ
ތަނެއް އޮތްކަމަށް ނުފެންނަކަމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ
އިޖުރާޢަތުތަށް އެންމެ ރަނގަޅު ގޮތުގައި ފުރިހަމަކޮށްފައި ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ
(ށ) އަށް ރިޢާޔަތްކޮށް ބަދަލުގެ ގޮތުގައި 21,588.00 (އެކާވީސްހާސް ފަސް ސަތޭކަ އަށްޑިހަ
2އށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/228
8 0 4 6 8
44
UC
(ށ) ދެވަނަ ނުކުތާއަކީ: މުޙައްމަދު ޝިޔާމްއާއި ޕްރައިމަސީ އިންވެސްޓްމަންޓްދިވެހިރާއްa
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލަ ހުށަހެޅި މުޙައްމަދު ޝިޔާމަށް ދިނުމަށް، މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން
ކަނޑައަޅުއްވައި، މިއަދު، 02 މާރިޗް 2015 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެފައިސާ އެކީ
އެއްފަހަރާ ދިނުމަށް ފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
3- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/93 މައްސަލަ އެ ޓަރައިބިއުނަލުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ
އިސްތިއުނާފުކުރުމަށް ސ.ހުޅުދޫ ކާނޭޝަންވިލާ، މުޙައްމަދު ޝިޔާމްގެ ފަރާތުން 03 (ތިނެއް) ނުކުތާ
ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
ފުރަތަމަ
މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ ޕްރައިމަސީ
އިންވެސްޓްމަންޓް ލިމިޓެޑް ގެ ވަޒީފާއިން ވަކިކުރި ހަމައެކަނި ސަބަބަކީ ރިޑަންޑަންސީގެ ޙާލަތު
މެދުވެރިވެގެންކަމަށް ވަޒީފާއިން ވަކިކޮށް އެނގި ލިޔުމުގައި ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން
މައްސަލަ ނިންމެވިއިރު، ރިޑަންޑަންސީގެ ޙާލަތު މެދުވެރި ނުވާކަމަށް ކަނޑައެޅުމަށް ފަހު، މައްސަލަ ނިންމެވި
މެންބަރުން އަމިއްލަފުޅަށް މުޙައްމަދު ޝިޔާމް ވަކިކޮށްފައިވަނީ އޭނާކުރި ޖިނާއީ ޢަމަލެއްގެ ސަބަބުންކަމަށް
(ޖިންސީ ގޯނާ ކުރިކަމަށް ބަލައި) ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބޭރުން މުޙައްމަދު
ޝިޔާމްގެ ޙައްޤުތަކަށް އެއްވެސް މިންވަރަކަށް ނެތި ޢަދުލު އިންސާފުގެ ހަމަތަކުން
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއާ ޚިލާފަށްކަމަށް ހުށަހެޅިނުކުތާ.
ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެކޮމޮޑޭޝަންގެ
އިނާޔަތް
1033
ތެވެ
2
8
6
7
sވ
01742އ
.ރަން،
ބުނެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2015/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔާންކޮށްފައިވާއިރު، އެކޮމޮޑޭޝަންގެ އިނާޔަތް ނުދީގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޝަކުވާ
ޑޭޝަންގެ އިނާޔަތް ދީފައިނުވާތީ އޭގެ ބަދަލު ދޭން ނުޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ މުޙައްމަދު
ޝިޔާމްއާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ
އެއްބަސްވުމާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި
& ==ه
އކ
453
ންe.
(ނ) ތިންވަނަ ނުކުތާއަކީ: ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް ބުނެ ވަޒީފާއިން
ވަކިކުރުމުން ހުށަހެޅޭ މިބާވަތުގެ މައްސަލަ ތަކުގައި، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާކަން ސާބިތުނުވާ
ޙާލަތުގައި ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމާއި، ވަޒީފާ އަނބުރާ ރުޖޫޢަކުރާ ތާރީޚަށް ލިބެންޖެހޭ މުސާރައާއި
އިނާޔަތްތައް ނަގައިދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން
ޢަމަލުކުރެވޭ އުޞޫލެއް ކަމަށްވާއިރު، އެއާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
etc
4- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/93 މައްސަލަ އިސްތިއުނާފު
ކުރުމަށް ސ.ހުޅުދޫ ކާނޭޝަންވިލާ، މުޙައްމަދު ޝިޔާމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅޭގޮތުން މުޙައްމަދު ޝިޔާމްގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ޕްރައިމަސީ އިންވެސްޓްމަންޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ
ވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ
ސާބިތުކޮށްދިނުމަކީ ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމަށާއި އެމުވައްޒަފަކު ވަޒީފާއިން ވަކިކުދި
ހ) sތ
ޝަކުވާއެއް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/228
24
އ
44 / 4
މެދުވެރިވެގެން މުވައްޒަފަކު ދޫކޮށްލާންޖެހިއްޖެ ނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންކައި)
އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، ވަޒީފާއިން ވަކިކުރީ
އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެ ކަމަށާއި، މި އުސޫލު ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތު އިސްތިސްނާކޮށްފައިވާކަން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27
ވަނަ މާއްދާއަށް ބެލުމުން އެނގޭއިރު، ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގައި ސ.ހުޅުދޫ/ ކާނޭޝަންވިލާ،
މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ އެކުންފުނީގެ ޕާޗޭސިންގ ޑިޕާޓްމަންޓް
ރީސްޓަރަކްޗަރ ކުރިއިރު، މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ ޕާޗޭސިންގ މެނޭޖަރގެ މަޤާމް އުވިފައިވާތީ
01 ޖޫން 2014 ގައި މުޙައްމަދު ޝިޔާމް ވަޒީފާއިން ވަކިކުރިކަން އަންގައި އޭނާއަށް އެކުންފުނީގެ ފަރާތުން
ފޮނުވާފައިވާ، ވަޒީފާގެ އެއްބަސްވުން ކެންސަލްކުރިކަމުގެ ނޯޓިސްއަށް ބެލުމުން އެނގޭކަމާއި އެހެންކަމުން
ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑްގެ ވަޒީފާއިން މުޙައްމަދު ޝިޔާމް ވަކިކޮށްފައިވަނީ އޭނާ ވަޒީފާއިން
ވަކިކޮށް ފޮނުވާފައިވާ ނޯޓިސްގައިވާ ސަބަބަށްޓަކައިކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އުފުލަންޖެހޭނީ އޭނާ
ވަޒީފާއިން ވަކިކުރި ފަރާތުންކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައިވެސް އަދި
އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދެއްގައިވެސް "ރިޑަންޑަންސީ" އާގުޅޭ ގޮތުން އެއްވެސް އުސޫލެއް
ޤާއިމްކޮށްފައިނުވިނަމަވެސް، އަދި ރިޑަންޑަންސީގެ ހާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ
ސަބަބެއްކަމުގައި ބަޔާންކޮށްފައިނެތް ނަމަވެސް، ރިޑަންޑަންސީ" ގެ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 86/HC-A/2011 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ކަމާއި، އެގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ވިޔަފާރީގެ ނަފާ
ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް
J
J
ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2015/HC-A/228
2
8
6
4
2 ހދ8
ދޭނޭކަމަށް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބެލެވިދާނެކަމާއި، ނަމަވެސް އެ ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޙަޤީޤަތުގައި ވެސް
އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ކުންފުނީގެ ހެޔޮނިޔަތުގައިތޯއާއި އަދި އެއީ ވަކި
މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން ވަކިކުރުމަށްޓަކައި ކޮށްފައިވާ
ކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނު ގޮތާއި، އެ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ އަދުލުވެރިކަމާއި (substantive fairmess) އިޖްރާއީ
ޢަދުލުވެރިކަން (procedural fairness) ޤާއިމްކޮށްފައިވޭތޯ ބަލައި އެކަން ކަށަވަރު ކުރަންޖެހޭނެ
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމަކީ،
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި،
އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ
ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއަތަކީ ޢަދުލުވެރި އިޖްރާއަތަކަށް ވުންކަން އެނގެން އޮންނަކަމާއި،
ޢާންމު އުސޫލެއްގެ ގޮތުން، ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ
ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް
މުވައްޒަފުން ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ
އިޤްތިޞާދީ (economic) ސަބަބުތަކަށްޓަކައި، ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް
ވާނަމަ ކަމާއި،
އަދި، ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ
އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން
ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުމާއި، ޑިމާންވުން
މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މައްޗަން
ecco >>
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j5/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް
ކުރިއާލައި އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވޭނީ،
ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ
ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ
ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22
ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި
ފައިސާ ދީފައިވާނަލަކަމާއި،
މީގެ އިތުރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ
ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް
ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވާނަމަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
183/HC
-
A/2012 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
އިސްތިއުނާފުކުރެވިފައި މިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލާގައި ޕްރައިމަސީ
އިންވެސްޓްމަންޓް ލިމިޓެޑްގެ ވަޒީފާއިން މުޙައްމަދު ޝިޔާމް ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތު
މެދުވެރިވެގެން ނޫންކަމަށް ކަނޑައަޅުއްވާފައިވާކަމާއި އަދި އޭނާ ވަޒީފާއިން ވަކިކުރުމުގައި އޭނާގެ ފަރާތުން
ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް ރިޢާޔަތްކޮށްފައިވާ ކަމާއި އެހެންކަމުން އޭނާއަށް އަނބުރާ
ވަޒީފާދިނުމަށް އަމުރުކުރާނެ ތަނެއްނެތްކަމާއި، އޭގެ އިތުރުން މުޙައްމަދު ޝިޔާމް ވަޒީފާއިން ވަކިކުރުމުގައި
ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް އެންމެ ރަނގަޅު ގޮތެއްގައި ފުރިހަމަ ކޮށްފައިނުވާކަމަށް
ބަޔާންކޮށްފައިވާކަން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭއިރު، އެނިންމުމާމެދު
ހިތްހަމަނުޖެހިގެން އެނިންމުން އިސްތިއުނާފުކުރުމަށް ޕްރައިމަސީ އިންވެސްޓްމަންޓް ޕްރައިވެޓް
ފަރާތުން ހުށަހަޅާފައިނުވާތީ، އެކުންފުނީގައި މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ ވަޒީފާ
ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ނޫންކަމާއި އަދި އޭނާ
...o co
*
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވަމުން
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/228
ވަކިކުރުމުގެ އިޖްރާޢަތުތައް ފުރިހަމަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ބަލަންޖެހޭކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގައި މުޙައްމަދު ޝިޔާމް
އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް އޭނާ
ވަޒީފާއިން ވަކިކުރިކަން އަންގައި ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ފަރާތުން މުޙައްމަދު ޝިޔާމަށް
ފޮނުވާފައިވާ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމުގައި ބަޔާންކޮށްފައި އޮންނަކަމާއި، މި މައްސަލާގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލުގައި ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް
ބަލާއިރު،
މުޙައްމަދު ޝިޔާމް ވަޒީފާއިން ވަކިކުރެވިފައިވަނީ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ގޮތުން
ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއިގުޅިގެން މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ މަޤާމް އުވާލުމުގެ
ސަބަބުން ރިޑަންޑަންސީގެ ހާލަތު މެދުވެރިވެގެން ކަމަށާއި، އޭގެ ބަދަލެއްގެ ގޮތުގައި 2 (ދޭއް) މަސްދުވަހުގެ
މުސާރައަށްވާ ވަރުގެ އަދަދެއްގެ ފައިސާ މުޙައްމަދު ޝިޔާމަށް ދީފައިވާނެ ކަމަށާއި، މުޙައްމަދު ޝިޔާމް
ވަޒީފާގެ މަސްޢޫލިއްޔަތުން ދުރުކުރެވިފައިވަނީ އެފަރާތަށް ރައްދުވާ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެއްގެ
މައްސަލަ އެކުންފުންޏަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވުމާއެކު އެކަމުގައި އެންމެ
މަސްލަހަތު ރަނގަޅު ގޮތަކީ މައްސަލައިގެ ތަޙްޤީޤު ނިމެންދެން އެފަރާތް ވަޒީފާއަށް ނުނެރުންކަމުގައި
އެކުންފުންޏަށް ފެނިގެންކަމަށާއި، އެފަރާތް ވަޒީފާއަށް ނުނެރިހުރި ދުވަސްތަކުގެ މުސާރައާއި އެހެނިހެން
ޢިނާޔަތްތައް ދީފައިވާނެ ކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މުޙައްމަދު ޝިޔާމުގެ މައްޗަށް ހުށަހެޅި ތަޙްޤީޤު ކުރެވެ ދިޔަކަމަށް
މައްސަލަ ތަޙްޤީޤުކޮށް އެކުންފުނިން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމި ގޮތެއް
ނެތްއިރު، މުޙައްމަދު ޝިޔާމް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބިނާވެފައިވަނީ
ބުނާ
މާއްޖާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/22
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޝިޔާމާ ބެހޭ ގޮތުން ހުށަހެޅިފައިވާ ޖިންސީ ގޯނާކުރި މައްސަލައާ ނޫންކަން މި މައްސަލާގައި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުންނާއި ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން
އެޕާޓްމަންޓެއް
4722
(ބ) ހަތަރުވަނަ ކަމަކީ: މުޙައްމަދު ޝިޔާމާއި ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑާ ދެމެދު
ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އެކަމަޑޭޝަން އިނާޔަތް މުޙައްމަދު ޝިޔާމަށް ލިބިދީފައިނުވާތީ އޭގެ
ބަދަލުގެ ގޮތުގައި ކޮންމެ މަހަކު -/15،000ރ (ފަނަރަހާސް ރުފިޔާ) ލިބިދެއްވުމަށް މުޙައްމަދު ޝިޔާމުގެ
ފަރާތުން އެދިފައިވާ ނުކުތާގައި ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށް ބަލާއިރު، އެއްބަސްވުމުގައިވާ ގޮތުގެމަތިން މުޙައްމަދު ޝިޔާމަށް ދޭން އެކުންފުނިން
އެއްބަސްވެފައިވަނީ ޝެއަރިންގ އެކަމަޑޭޝަން (ސިންގަލް ރޫމެއް ކަމަށާއި، އެގޮތަށް ހުށަހެޅުމުން މުޙައްމަދު
ޝިޔާމުގެ ފަރާތުން އެކަން ޤަބޫލުނުކޮށް ވަކި
ބޭނުންވާތީ
އެކަމަޑޭޝަން
ހަމަޖެހިފައިނުވަނީކަމަށާއި، އެފަރާތުން އެފުރުސަތުގެ ބޭނުންކޮށްފައިނުވާތީ މި މައްސަލާގެ ތެރޭގައި
ގޮތުން ދަޢުވާނުކުރެވޭނެ ކަމަށް ބުނެފައިވާކަން އެނގޭއިރު،
މުޙައްމަދު ޝިޔާމް ބޭނުންވަނީ ސިންގަލް ރޫމް އެޕާޓްމަންޓެއްކަމާއި އެވަރުގެ އެޕާޓްމަންޓެއް
ލިބެނީ -/15،000ރ (ފަނަރަހާސް ރުފިޔާ) އަށް ކަމަށްވާތީ އެޢަދަދުން ފައިސާ ހޯދުމަށް އެދިފައިވަނީ ކަމަށާއި
މުޙައްމަދު ޝިޔާމަށް ވަޒީފާ ދިންދުވަހުން ފެށިގެންވެސް އެކަމަޑޭޝަން ހަމަޖައްސާ ދީފައިނުވާކަމަށާއި،
މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ ވަޒީފާއާ އެއްފެންވަރުގެ ވަޒީފާގައި އުޅޭ އެހެން މުވައްޒަފުން އެމީހުންގެ
ޢާއިލާއާއެކު ދިރުއުޅޭއިރު، އެލަވަންސެއް ދޭކަމަށާއި ނަމަވެސް އެއެލަވަންސްވެސް މުޙައްމަދު ޝިޔާމް
ނުލިބޭކަމަށް މުޙައްމަދު ޝިޔާމުގެ ފަރާތުން ބުނެފައިވާއިރު، މިދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާއާބެހޭ
އެއްބަސްވުމުގައި މުޙައްމަދު ޝިޔާމަށް އެކަމަޑޭޝަން ދިނުމަށް އެއްބަސްވެފައިވަނީ ޝެއަރިންގ ސިންގަލް
ރޫމެއްގައިކަން އެއެއްބަސްވުމުގެ ޝެޑިއުލް 2 އަށް ބެލުމުން އެނގެން އޮންނަކަމާއި އަދި،
OCOC
އެނޫން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
jl5/HC-A/228
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގޮތަކަށް މުޙައްމަދު ޝިޔާމަށް އެކަމަޑޭޝަން ހަމަޖައްސައިދިނުމަށް ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ
ފަރާތުން އިޢުތިރާޟް ކުރާކަން އެފަރާތުގެ ބަހުން އެނގެން އޮންނަކަމެވެ.
(ޅ) ފަސްވަނަ ކަމަކީ: ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 21 ވަނަ
މާއްދާއަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި
ބަޔާންވެގެން އޮންނަކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ
ކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ
27 ވަނަ މާއްދާގައި
ބަޔާންވެގެންވާކަން އެނގޭކަމާއި، މީގެ އިތުރުން މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމަށާއި، ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (Substantive fairness) އާއި އިޖްރާއީ
ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
208/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
42
ކނP/22
50
(ށ) ހަވަނަ ކަމަކީ: މި މައްސަލާގައި ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގައި
ސ.ހުޅުދޫ ވާނޭޝަންވިލާ، މުޙައްމަދު ޝިޔާމް އަދާކުރަމުންދިޔަ ޕާޗޭސިންގ މެނޭޖަރގެ މަޤާމުން
ވަކިކޮށްފައިވަނީ އެކުންފުނީގެ ޕާޗްސިންގ ޑިޕާޓްމަންޓް ރީސްޓަރަކްޗަރ ކުރިއިރު، އެމަޤާމް އުވިފައިވާތީކަން
މުޙައްމަދު ޝިޔާމް ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ލިޔުމަށް ބެލުމުން އެނގެން އޮންނަކަމާއި،
އެކުންފުނި ރީސްޓްރަކްޗަރ ކުރެވުނީ ބޭނުމެއްގައިކަން އެނގެން ނެތްކަމާއި، އެކުންފުނި
އާޑްގެ
4 *
#
"ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A}228
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6 24
ކޮށް ނިމުނުއިރު، އުވިގެން ގޮސްފައިވަނީ ހަމައެކަނި މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ މަޤާމުކަން
އެނގެން އޮންނަކަމާއި، އަދި އެކުންފުނީގެ ޕާޗޭސިންގ ޑިޕާޓްމަންޓް އަލުން ރީސްޓްރަކްޗަރކޮށްފައިވާ ގޮތަށް
ބަލާއިރު، މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ މަޤާމާ އެއްފެންވަރެއް
ވަރެއްގެ އިތުރު ތިން މަޤާމް އުފައްދާފައިވާކަން
އެނގެން އޮތުމުން މުޙައްމަދު ޝިޔާމް އެކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް
އޮވެގެންކަމަށް ނުބެލެވޭ ކަމާއި، މީގެ އިތުރުން މުޙައްމަދު ޝިޔާމުގެ ވަޒީފާއިން ވަކިކުރުމުގައި އޭނާގެ މައްޗަށް
ހުށަހަޅާފައިވާ ޖިންސީގޯނާކުރުމުގެ މައްސަލައަށް ރިޢާޔަތްކޮށްފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި
މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވާ ނުކުތާގެ މައްޗަށް ބަލާއިރު، މުޙައްމަދު ޝިޔާމް ޕްރައިމަސީ
އިންވެސްޓްމަންޓް ލިމިޓެޑުގައި ވަޒީފާއަދާކުރަމުން ދިޔަ އަންހެން މުވައްޒަފަކާމެދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް
ބުނެ އަންހެން މުވައްޒަފެއްގެ ފަރާތުން އެ މައްސަލަ އެކުންފުންޏަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ހުށަހަޅާފައިވާކަން މި މައްސަލައާއެކު
އެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނައިރު، މުވައްޒަފެއްގެ
އަޚްލާޤު ދައްވުމަކީ ވަޒީފާއިން ވަކިކުރުމަށް ޖާއިޒު ސަބަބެއްކަން މުޙައްމަދު ޝިޔާމާއި ޕްރައިމަސީ
އިންވެސްޓްމަންޓް ލިމިޓެޑާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމަށް ބެލުމުން އެނގެން އޮތްނަމަވެސް، އެ
މައްސަލައާގުޅިގެން އެކުންފުނީގެ ފަރާތުން އޭނާ ވަޒީފާއަށް ނުނެރިގޭގައި މަޑުކުރުމަށް އެންގިކަމާއި އަދި އެ
މައްސަލަ ބަލައި އޭނާއާމެދު އެމައްސަލައާގުޅިގެން އެކުންފުނީގެ ފަރާތުން އިތުރު ފިޔަވަޅެއް އަޅާފައިވާކަން
އެކުންފުނީގެ ބަހުން އެގެން ނެތުމާއި އަދި އެކުންފުނީގެ ވަޒީފާއިން މުޙައްމަދު ޝިޔާމް ވަކިކޮށްފައިވަނީ އެ
މައްސަލައާގުޅިގެން ނޫންކަން އޭނާ ވަޒީފާއިން ވަކިކުރި ލިޔުމަށް ބެލުމުން އެނގެން އޮންނާތީ، ޕްރައިމަސީ
އިންވެސްޓްމަންޓް ލިމިޓެޑުގައި މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަ އިޖުރާޢަތާއި އުސޫލުތަކާ
އެނގެން
/33 އ ސ ޑ هل
(1ކރަންޖެހޭ
ޑ =ހ2
އއ 03ނ
« 2 ހ2
އޮންނަކަމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/22
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަބަބުން
8 0 4 6 8
(އ) ހަތްވަނަ ކަމަކީ މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ޝިޔާމާއި މި މައްސަލައިގެ
އިސްތިއުނާފު ރައްދުވާ ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑާ ދެމެދު 20 ޖޫން 2013 ގައި ސޮއިކޮށްފައިވާ
އެއްބަސްވުމަކީ 2 (ދޭއް) އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމާއި، އެއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ
ކުރިންވެސް މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ދައްވުމުގެ އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެކަން އެނގެން އޮންނައިރު،
ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ވަޒީފާއިން މުޙައްމަދު ޝިޔާމް ވަކިކުރި ސަބަބުގައި
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަމަށް ބަޔާންކޮށްފައި ވީނަމަވެސް،
އެފަދަ ޙާލަތެއް މެދުވެރިވެފައި ނުވާކަން އެނގޭކަމާއި، އޭގެ އިތުރުން އޭނާއާމެދު ހުށަހެޅިފައިވާ ޖިންސީ
ގޯނާކުރުމުގެ މައްސަލައަކީ އެ މައްސަލައިގެ މައްޗަށް ބަލައި އޭނާ ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއްކަމުގައި
ވީނަމަވެސް، މުޙައްމަދު ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ އެ މައްސަލައާ ގުޅިގެން ނޫންކަން އެނގެން
އޮންނާތީ، އެކުންފުނީގެ ވަޒީފާއިން މުޙައްމަދު ޝިޔާމް ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމާއި ވަޒީފާއިން މީހަކު ވަކިކުރުމުގައި ޢަމަލު ކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް
ޤަބޫލުކުރެވޭ ހިނދު، މި މައްސަލާގައި މުޙައްމަދު ޝިޔާމް އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢު
ކުރަން ބެލިއިރު، އޭނާއާއި އެކުންފުން ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ
އޭނާއަށް ވަޒީފާ އަނބުރާ ދޭން އަންގާނެ ތަނެއް ނެތްކަމާއި، ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
އެކަށީގެންވާ ސަބަބެއްނެތި އަދި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާޢަތުތަކާއެއް ގޮތަށް
ޢަމަލުނުކޮށް ކަމުގައިވާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި، މުޙައްމަދު ޝިޔާމަށް އެހެން ވަޒީފާއެއް ލިބި
އެވަޒީފާއަށް ނުކުތް ދުވަހަކާ ހަމައަށް، ނުވަތަ އެހެން ވަޒީފާއެއް އެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާ
ހަމައަށް ހަމަނުޖެހިހުރި ނަމަ، އެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަކަށް މުޙައްމަދު ޝިޔާމް ޕްރައިމަސީ
އިންވެސްޓްމަންޓް ލިމިޓެޑުގެ ވަޒީފާގައި ހުރި ނަމަ ލިބޭނޭ މުސާރައާއި އިނާޔަ އެކީ އެއްފަހަރާ މުޙައްމަދު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2015/HC-A/228
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަންގަންޖެހޭ ކަމަށް
ޤަޟިއްޔާ
ޝިޔާމަށް ލިބިދިނުމަށް ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ މައްޗަށް އަންގަންޖެހޭ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
އެހެންކަމުން، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/93 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމަށް
ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.
ޙުކުމް
0/= 05
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ނަޒަރުކުރުމުން،
ސ.ހުޅުދޫ ކާނޭޝަންވިލާ، މުޙައްމަދު ޝިޔާމް 10 ޖޫން 2014 މި ތާރީޚުގައި، ވެއަރހައުސް ކަމް ޕަރޗޭސް
މެނޭޖަރގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރަންޖެހޭ އުޞޫލުތަކާ
ކަމުގައިނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2014/VTR/93 މައްސަލައިގައި، ނިންމަވާފައިވާ ނިންމުންތަކުގެ ތެރެއިން، އެކަމަޑޭޝަންގެ ހަމަޖައްސައި
ނުދިނުމުގެ ސަބަބުން ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް މުޙައްމަދު ޝިޔާމުގެ ފަރާތުން އެދިފައިވާ ބަދަލު
ނަގައިދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމުމަށް ތާއީދުކޮށް، އެ މައްސަލާގައި
ނިންމަވާފައިވާ އެހެނިހެން ނިންމެވުންތައް ބާޠިލްކޮށް، ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ވަޒީފާއިން
މުޙައްމަދު ޝިޔާމް ވަކިކުރުމުން އެހެންވަޒީފާއެއް ހަމަޖެހި އެވަޒީފާއަށް ނުކުތް ދުވަހާހަމައަށް، ނުވަތަ
ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް (މިދެ މުއްދަތުން ކުރެ އެންމެ ކުރިން ބައްދަލުކުރި
ދުވަހަކަށް) މުޙައްމަދު ޝިޔާމް ވަޒީފާގައިހުރި ނަމަ، އޭނާއަށް ލިބޭނޭ މުސާރައާއި އެހެނިހެން އިނާ
ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުން މުޙައްމަދު ޝިޔާމަށް ދޭންޖެހޭނެކަމަށް ކަނޑައަޅައި، މިއަދު
4
އޭނާގެ
"ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/228
ފެބުރުވަރީ 2017 ދުވަހުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެފައިސާ އެކީ އެއްފަހަރާ މުޙައްމަދު
ޝިޔާމަށް ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑުގެ ފަރާތުން ދެއްކުމަށް ފަހު، އެކަން ހަމަޖެހޭތާ 7 (ހަތެއް)
ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ޕްރައިމަސީ އިންވެސްޓްމަންޓް ލިމިޓެޑަށް
އަންގައި، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv