ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/362 ޤަޟިއްޔާގެ ޙުކުމް
1427
1
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
، ޤަޟިއްޔާ ނަންބަރ: 362/HC
-
A/2009
• އިސްތިޢުނާފު ކުރިފަރާތް:
ނަން: އަޙްމަދު މޫސާ
* ދާއިމީ އެޑްރެސް: ދޫރިޔާމަންޒިލްގއ. ދިޔަދޫ
* ވަކީލު: އގ.އިބްރާހިމް ތަޢުފީޤާ A122667 ދާއިމީ އެޑްރެސް:
A059746
t
02 ހދ
މ. މާންތަޒު
• އިސްތިޢުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
* ދާއިމީ އެޑްރެސް-
* މިހާރުގެ އެޑްރެސް:
..
، ރަޖިސްޓްރީކުރެވުނު ތާރީޚް: 06 މުޙައްރަމް 1431
*ނިމުނު ތާރީޚް: 26 ޖުމާދަލްއޫލާ 1433
18 އޭޕްރިލް 2012
ޑިސެމްބަރ 2009
23
އިސްތިޢުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/1870
• ނިންމިކޯޓް: މަދަނީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ބަދަލު ހޯދުމަށްއެދި
ހުށަހެޅުނު ތާރީޚް: 26 އޮކްޓޯބަރ 2008 ނިމުނު ތާރީޚް: 16 އޯގަސްޓް 2009
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްގެ
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޢަބްދުﷲ ޙަމީދު
މިރާއްޖޭގެ މި
.
އެޖީ،
ވެވީ،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
147
2
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު: 2008/MC/1870 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިޢުނާފުކޮށްދިނުމަށް އެދި
ގއ.ދިޔަދޫ ދޫރިޔާމަންޒިލް އަޙުމަދު މޫސާ ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމު
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިޢުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ހުށަހެޅެމުން
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީކޯޓުގެ ނަންބަރު.
: 2008/MC/1870 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވާ ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިޢުނާފު
ކުރުމަށްއެދި ގއ.ދިޔަދޫ ދޫރިޔާމަންޒިލް އަޙުމަދު މޫސާ ދީދީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
eco
2. މަދަނީކޯޓުގެ ނަންބަރު: 2008/MC/1870ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު
އެޤަޟިއްޔާއަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ގއ.ދިޔަދޫން މީހުން
ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމަވައި ދިޔަދޫ މީހުން އެދިފައިވާ ރަށްރަށުގައި އެމީސްމީހުންނަށް
ގެދޮރު ޢިމާރާތް ކުރައްވަމުން ގެންދަވާ އުޞޫލުން ގއ.ދިޔަދޫ ދޫރިޔާމަންޒިލް އަޙުމަދު މޫސާ ދީދީގެ
ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގއ.ދިޔަދޫ ދޫރިޔާމަންޒިލް އެވެކިޔާ ގޭގެ ބަދަލުގައި ރާއްޖޭގެ
އެއްވެސް ރަށަކުން އަޙުމަދު މޫސާ ދީދީއަށް ގެއެއް ނުދެއްވާގޮތަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް
ނޭޝަނަލް ޑިވެލޮޕްމަންޓުގައި އޮންނަ އާބާދީއާއި ތަރައްޤީއާއިބެހޭ ސިޔާސަތު ކަނޑައަޅުއްވާ ކޮމެޓީން
ކަނޑައަޅުއްވާފައިވަނީ ކަމުގެ ޙަޤީޤަތް ރަނގަޅަށް ނުބައްލަވާ އެމިނިސްޓްރީން އެކޮމެޓީއަށް ފޮނުއްވި
ޙަޤީޤަތާއި ޚިލާފް ދޮގު މަޢުލޫމާތެއްގެ ސަބަބުން ކަމުގައިވާތީ، އެކަމުގައި އެމިނިސްޓްރީން ޒިންމާވެ
ވަޑައިގަންނަވަންޖެހޭނެކަމަށް ބެލެވޭތީއާއި، ގއ.ދިޔަދޫ ރައްޔިތުން ބަދަލުވާން އެދިފައިވާ ރަށްރަށުގައި
ޢިމާރާތް ކުރެވެމުންދާ ދިޔަދޫ ރައްޔިތުންގެ ގޯތިގެދޮރުގެ މަސައްކަތް ނިމުމަކާއި ހަމައަށް
ޙާ8ސ
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
182270
3
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
/
<< O
0
ގެއެއް
ދޫރިޔާމަންޒިލް އެވެ ކިޔާ ގޯތީގެ ބަދަލުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ގެއެއް ޢިމާރާތް
ކުރެވެމުންނުދާތީ، އަޙުމަދު މޫސާ ދީދީ ފަދަ ދިޔަދޫގެ އެހެން ރައްޔިތުންނަށް ސަރުކާރުގެ ޚަރަދުގައި
އެކިރަށްރަށުގައި ޢިމާރާތްކޮށްދެއްވަމުން ގެންދަވާ ގޭގޭގެ ޗާޓާއި އެއްގޮތަށް ޢިމާރާތް
ކޮށްދެއްވުން، ނުވަތަ އަގު ލިބިގަތުމަށް ގއ.ދިޔަދޫ ދޫރިޔާމަންޒިލް (ހުޅުމާލެ ފްލެޓް 02-1-2)
އަޙްމަދު މޫސާ ދީދީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ މައްޗަށް ދަޢުވާކުރުމުން ބެލުނު
ޤަޟިއްޔާއެއްކަން އެނގޭކަމާއި،
22
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ
މައްޗަށް ގއ.ދިޔަދޫ ދޫރިޔާމަންޒިލް (ހުޅުމާލެ ފްލެޓް 02-1-2) އަޙްމަދު މޫސާ
މިދަޢުވާއަށް ޝަރީޢަތުން ބަލާ ނަޒަރުކޮށް އިސްވެ ފާހަގަކުރި ނުކުތާތަކަށް ބެލިއިރު،
29
އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން ގއ.ދިޔަދޫން މީހުން ބަދަލުކުރުމަށް
ސަރުކާރުން ނިންމައި ދިޔަދޫ މީހުން އެދިފައިވާ ރަށްރަށުގައި އެމީސްމީހުންނަށް ގެދޮރު
ޢިމާރާތްކުރުމުން ގެންދާ އުޞޫލުން އަޙުމަދު މޫސާ ދީދީގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ
"ދޫރިޔާމަންޒިލް" އެވެކިޔާ ގޯތީގެ ބަދަލުގައި ރާއްޖޭގެ އެއްވެސް ރަށަކުން އަޙުމަދު މޫސާ ދީދީއަށް
ގެއެއް ނުދޭގޮތަށް ކުރީގެ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުގައި އޮންނަ
އާބާދީއާއި ތަރައްޤީއާއިބެހޭ ސިޔާސަތު ކަނޑައަޅާ ކޮމެޓީން ކަނޑައަޅާފައިވަނީ ކަމުގެ ޙަޤީޤަތް
ރަނގަޅަށް ނުބަލައި އެމިނިސްޓްރީން އެކޮމެޓީއަށް ފޮނުވުނު ޙަޤީޤަތާއި ޚިލާފް ދޮގު މަޢުލޫމާތުގެ
ސަބަބުން ކަމުގައިވާތީ، މިކަމުގައި އެމިނިސްޓްރީ ދިންމާވާންޖެހޭނޭތީ، އަޙުމަދު މޫސާ ދީދީ ފަދަ
ދިޔަދޫގެ އެހެން ރައްޔިތުންނަށް ސަރުކާރުގެ ޚަރަދުގައި އެކިރަށްރަށުގައި ޢިމާރާތްކޮށްދެމުން ގެންދާ
ޗާޓާއި އެއްގޮތަށް ގެއެއް ޢިމާރާތްކޮށްދިނުން ނުވަތަ އަގު ލިބިގަތުމަށް އަޙުމަދު މޫސާ
ދަޢުވާ ހުށަހަޅާފައިވާކަމާއި،
0
އަދި ގއ.ދިޔަދޫ ދޫރިޔާމަންޒިލް އެވެ ކިޔާ ގޯތީގައި ޢިމާރާތެއްނެތްހިނދު އެގޯތީގެ ބަދަލުގައި
ޢިމާރާތެއް ދޭންޖެހޭނެތަނެއް
ދަޢުވާލިބޭ ފަރާތުން ދަޢުވާގެ އަޞްލަށް
.ހ22 2
سرمرادی مسر
ނައްޓު،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
18422
4
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
OXU OXO
ކުރުމުގެ މައްޗަށް ޝަރީޢަތުން ބެލިއިރު، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން
ގއ.ދިޔަދޫ މީހުންނަށް އެހެން ރަށްރަށުން ގޯތި ޢިމާރާތްކޮށްދޭގޮތަށް ހަމަޖެހުނުއިރު، އަޙުމަދު މޫސާ
ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގއ.ދިޔަދޫ ދޫރިޔާމަންޒިލް އެވެކިޔާ ގޯތީގެ ބަދަލުގައި ރާއްޖޭގެ
އެހެން ރަށެއްގައި ގެއެއް ޢިމާރާތްކޮށް ނުދޭގޮތަށް ހަމަޖައްސާފައިވަނީ، އެގޯތީގައިވާ ޢިމާރާތްތައް ބަލައި
ދިރާސާކުރުމަށްފަހު އެގޯތީގައި ދަނޑިފަނުން ހަދާފައިހުރީ 9x9 ފޫޓުގެ ކާށި ގުދަނެއްކަމުގައިވާތީ،
އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެއްރަށުން އަނެއްރަށަށް މީހުން
ބުދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުޞޫލުތައް" ގެ 17ވަނަ ނަންބަރުގައިވާގޮތަށް މީހުން
ދިރިއުޅޭ ގެއެއްގެ ގޮތުގައި ބެލެވޭ ޢިމާރާތެއް އެގޯތީގައިނުވާތީކަމާއި،
އަދި ގއ.ދިޔަދޫ މީހުން އެކިރަށްރަށަށް ބަދަލުކުރުމަށްޓަކައި އެރަށުގައިވާ ގޯތިގެދޮރުގެ
.ލަތުބެލުމަށް މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު އޮފީހަށް
ސިޓީ ފޮނުވާފައިވަނީ، 02 އޭޕްރިލް 2007 ގައި ކަމަށްވާތީ، މިގޯތީގައި އޭގެ އެތަކެއް އަހަރުކުރިން
މީހުން ދިރިއުޅުނުކަމަށް ހެކިން ހެކިބަސްދީފައިވީ ނަމަވެސް، އިސްވެ ދެންނެވި ތާރީޚުގައި މީހުން
ދިރިއުޅޭގޮތަށް ހަދާފައިވާ ގެއެއްހުރިކަން ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން
ޘާބިތުނުވާތީއާއި،
38
އަދި "އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެއްރަށުން އަނެއްރަށަށް
މީހުން ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުޞޫލުތައް" ގެ 07 ވަނަ ނަމްބަރުގެ (ބ)
ގައި "އެމީހަކަށް ލިބިފައިވާ ގޯއްޗެއް ޢިމާރާތްކުރަންފަށާ، ދިރިއުޅޭ ފެންވަރަށް ޢިމާރާތް ނިމިފައި
ނުވާނަމަ، ނުވަތަ ޢިމާރާތް ކުރަން ފަށާފައިވާނަމަ، އެމީހަކުކޮށްފައިވާ މަސައްކަތަށް ޝަރީޢަތް
މެދުވެރިކޮށް ފައިސާއިން ބަދަލުދިނުމާއިއެކު، ބަދަލުވާރަށުން ދޫކުރާ ބޮޑުމިނުގެ ގޯއްޗެއް އެމީހަކަށް
ލިބޭނެއެވެ." މިހެން އޮތުމުން ގއ.ދިޔަދޫ "ދޫރިޔާމަންޒިލް" އެވެކިޔާ ގޯތީގެ ބަދަލުގައި އެގޯތީގެ
ބޮޑުމިނުގެ ގޯއްޗެއް އަޙުމަދު މޫސާ ދީދީއަށް ގއ.ގެމަނަފުނިން ދިނުމަށް ހަމަޖެހިފައިވާކަން
އެނގޭތީއާއި، އަދި އެގޯތީގައިވާ ރުއްގަހަށް ބަދަލު ދިނުމަށްވެސް ހަމަޖެހިފައިވާކަން އެނގޭތީ ސްރޭ ފައި
ނައްޓު،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14278
5
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
04402
ދެންނެވިގޮތަށް ކަންތައް ހުރުމުން، އަޙުމަދު މޫސާ ދީދީ ދަޢުވާކުޅަ ފަދައަކުން، ގއ. ދިޔަދޫން އެހެ
އެހެން
ރަށްރަށަށް ބަދަލުވި ރައްޔިތުންނަށް ޢިމާރާތްކޮށްދޭ ގޭގޭގެ ޗާޓާއި އެއްގޮތަށް ގެއެއް ޢިމާރާތްކުރުމަށް
ނުވަތަ ގެއެއްގެ އަގު ލިބިދިނުމަށް ކުރީގެ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް
ޑިވެލޮޕްމަންޓު. މިހާރުގެ މިނިސްޓްރީ އޮފް ހޯމް އެފެއާރޒް، މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް
އެންވަޔަރަމަންޓުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ."
މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެންއޮވެއެވެ.
90
އިންޑި
3. މަދަނީކޯޓުގެ ނަންބަރު: 2008/MC/1870ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ގއ.ދިޔަދޫ ދޫރިޔާމަންޒިލް އަޙުމަދު މޫސާ ދީދީގެ ފަރާތުން
04 (ހަތަރު) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެބިމާބެހޭ ޤާނޫނުގެ 09 ވަނަ މާއްދާގައި ބުނާގޮތުން
ދިރިއުޅޭނެ ފެންވަރަށް ޢިމާރާތެއްނުކުރެވި ޢިމާރާތާއި، ގޯތީގެ ރަޖިސްޓަރީ ހެދިފައި ނޯންނާނެކަން
އެނގޭއިރު އެގޯތީގެ ޢިމާރާތާއި ރަޖިސްޓަރީއަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ،
(ނ) ދެވަނަ ނުކުތާއަކީ: ދަޢުވާ ލިބުނުފަރާތުން ގއ.ދިޔަދޫ ދޫރިޔާމަންޒިލްގައި ދުވަހަކުވެސް
ބަޔަކު ދިރިއުޅެފައިނުވާކަމަށް ބުނުމުން ތިންހެކިންގެ ބަހުން އެކަން ސާބިތުކޮށްދިނުމުންވެސް ހެކިންގެ
ދެކިބަހަށް ނުބެއްލެވިކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ:އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގައި ޢަމަލުކުރެއްވި
މައިގަނޑު އުޞޫލަކީ ޤާނޫނީ ބާރުލިބިދޭ އުޞޫލަކަށް ނުވާހިނދު އެއުޞޫލަށް ޢަމަލު ކުރެއްވިކަމަށްބުނެ
ހުށަހެޅި ނުކުތާ.
ހައިކޯa
އއޗ،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1877/
6
2009/HC-A/362
2 22 22
(ށ) ދޫރިޔާމަންޒިލްއެވެ ކިޔުނު ގޯތީގައި ދުވަހަކުވެސް މީހަކު ދިރިއުޅެފައި ނުވާޖީގެ ހައި
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ރ) ހަތަރުވަނަ ނުކުތާއަކީ ގއ.ދިޔަދޫން މީހުން ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމަވައި
ގއ.ދިޔަދޫގެ ގޯތިގެދޮރާއި ރުއްގަސް ސަރުކާރުން ކަނޑައެޅުއްވި ކޮމެޓީއަކުން އަގުކުރެއްވީ 1993
ވަނައަހަރު ކަމަށްވީހިނދު އެކަމަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4. މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2008/MC/1870 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއި މެދު ހިތްހަމަނުޖެހޭކަމަށްބުނެ ގއ.ދިޔަދޫ ދޫރިޔާމަންޒިލް އަޙުމަދު މޫސާ ދީދީގެ
ފަރާތުން އިސްތިޢުނާފުކުރުމަށް ހުށަހަޅައިފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުން ހުރި
ލިޔެކިއުންތަކުގެ މައްޗަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) 24 މާރޗް 2011 ވަނަ ދުވަހު ބޭއްވުނު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދަޢުވާކުރާފަރާތުން ހުށަހަޅުއްވާފައިވާ
ހުށަހަޅުއްވާފައިވާ "ހުވަދު އަތޮޅު އުތުރުބުރީ ދިޔަދޫ ރަށްވެހީންގެ ރަޖިސްޓްރީ"
މިލިޔުމުގައި ބަޔާންކޮށްފައިވަނީ، އެލިސްޓްގައިވާ މީހުންނަކީ 1993ވަނަ އަހަރު ގއ.ދިޔަދޫ
ދޫރިޔާމަންޒިލް އެވެ ކިޔުނު ގޯތި ފަޅުކުރުމަށްފަހު މާލެ ދިޔައިރު އެގޭގެ ރަޖިސްޓްރީގައިވާ
މީހުންކަމާއި، އެހެންނަމަވެސް މިމައްސަލައިގައި މަދަނީކޯޓަށް ހާޟިރުކުރެވުނު ހެކިންގެ ތެރެއިން
ގއ.ދިޔަދޫ ވައިޖެހޭގެ އިބްރާހީމް ޙަސަން 02 ޖުލައި 2009ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ބަޔާނުގައިވަނީ، 1995 ވަނަ އަހަރު ރަމަޟާންމަހު ގއ.ދިޔަދޫއަށް ގޮސްހުއްޓާ
އެރަށު ދޫރިޔާ މަންޒިލް އެވެ ކިޔުނު ގޯތީގެކުދިން ރޯދަވީއްލުމަށް ދިން ދަޢުވަތެއްގައި އެގެޔަށް
ދިޔަކަމަށާއި، އެހެންކަމުން ހުވަދު އަތޮޅު އުތުރުބުރީ ދިޔަދޫއޮފީހުން ތައްޔާރުކޮށްފައިވާ "ހުވަދު އަތޮޅު
އުތުރުބުރީ ދިޔަދޫ ރަށްވެހީންގެ ރަޖިސްޓްރީ" ގައި ގއ.ދިޔަދޫ ދޫރިޔާމަންޒިލް އެވެ ކިޔުނު ގޯތީގައި
އެންމެ ފަހުން މީހުން ދިރިއުޅުނުކަމަށް ބަޔާންކޮށްފައިވާ ތާރީޚަކީ ޞައްޙަ ތާރީޚެއްކަމަށް ބެލެވެން
ނެތްކަން.
ދައުލަތުން ވިދާޅުވަނީ އެފަރާތަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައިކަމަށް ވިދާޅުވެފައި
*
ޙާ8ސ
އއޗ،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1427
1
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައްޔާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާކުރާފަރާތްކަމަށްވާ
އަޙްމަދު މޫސާ ދީދީ ބުނެފައިވަނީ އެފަރާތުގެ އާޢިލާއާއެކު މާލެ ބަދަލުވަންދެން އުޅެފައިވަނީ
ދޫރިޔާމަންޒިލްއެވެ ކިޔުނު ގޯތީގައި ދަނޑިފަނުން އަޅާފައިވާ ގެއެއްގައިކަމަށާއި މިބުނާ ބުނުމަށް ބާރު
ލިބިގެން ދަނީ 19 އެޕްރީލް 2009 ވަނަ ދުވަހާއި އަދި 02 ޖުލައި 2009 ވަނަ ދުވަހު މަދަނީކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ހެކިންގެ ގޮތުގައި ޙާޟިރުކުރެވުނު ތިން ފަރާތުން ދީފައިވާ ބަޔާނުންކަމާއި،
ބަންޑާރަ ގޯއްޗާއި ޢިމާރާތް ރަޖިސްޓަރީކުރުމާއި ބެހޭ ޤަވާއިދުގެ09 ވަނަ މާއްދާގައި
ދިރިއުޅޭނެ ފެންވަރަށް ޢިމާރާތެއްނުކުރެވި ޢިމާރާތާއިގޯތީގެ ރަޖިސްޓަރީ ހެދިފައި ނޯންނާނެކަމަށް
ބަޔާންކޮށްފައިވާއިރު، ދައުލަތުން ދޫރިޔާމަންޒިލް އެވެ ކިޔުނު ގޯތީގައި އެއްވެސް ޢިމާރާތެއް
ނެތްކަމަށާއި ހަމަ އެކަނި ހުރީ 09 ފޫޓު 09 ފޫޓުގެ ކާށި ގުދަނެއްކަމަށް އެބުނާ ބުނުމަށް
ދަޢުވާކުރާފަރާތުން އިންކާރުކުރަނީ އެފަރާތުގެ ނަމުގައި ހަދާދީފައިވާ ދޫރިޔާމަންޒިލްއެވެ ކިޔުނު
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް ރިޢާޔަތްކޮށްކަން އެނގެން އޮންނަކަން.
2c3e
(ނ) ގއ.ދިޔަދޫއިން މީހުން ބަދަލުކުރުމުގައި އެއްހަމައަކުން ކަންތައްތައް ކުރުމުގެ ބަދަލުގައި
މީހުންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅެފައިވާކަމަށް ދަޢުވާކުރާފަރާތުން ބުނާ ބުނުމަށް ޝަރީޢަތުން
ބެލިއިރު، ގއ.ދިޔަދޫ މީހުންގެ ތެރެއިން ގެ ލިބޭ ފަރާތްތަކުގެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ގެ
ލިބިފައިވާ މިންގަނޑަށް ބަލާއިރު މީހުން ދިރިނޫޅޭ ގެތަކަށް، ބަދަލުގައި ގެއެއް ލިބިފައިވަނީ އެގެޔަކީ
ރާނާހިޔާކޮށްފައިވާ ގެއަކަށްވާތީކަމާއި، ދަނޑިފަނުން ހަދައިފައިވާ ގެތަކަށް ބަދަލުގައި ގެއެއް ލިބިފައިވަނީ
ގއ.ދިޔަދޫއިން މީހުން ބަދަލުކުރިއިރުވެސް އެގެތަކުގައި މީހުން ދިރިއުޅޭ ގެތަކެއްކަމަށްވާތީކަން
ލިސްޓުން އެނގެން އޮންނަކަމާއި،
/2 މ
ދޅުހދު
!ފަރާތުގެ ގޯތިކަމަށްވާ "ދޫރިޔާމަންޒިލް" އެވެ ކިޔުނު ގޯތީގައި އަޅާފައިވާ ގެޔަކީ
ދަނޑިފަނުން ހަދާފައިވާ ގެއެއްކަމަށާއި ގއ.ދިޔަދޫ އިން މީހުން ބަދަލުކުރިއިރު އެގޭގައި މީހުން
ދިރިނޫޅޭކަން ދަޢުވާކުރާފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނާތީ، ގއ.ދިޔަދޫއިން
. ހައިކް
އއޗ،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14/23
8
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މީހުން ބަދަލުކުރުމަށް ޢަމަލުކޮށްފައިވާ ގޮތަކީ ތަފާތުކުރުންތަކެއް އޭގައި އެކުލެވޭ އުޞޫލެއްކަމަށް
ބެލެވެން ނެތްކަން.
(ރ) ގއ.ދިޔަދޫ ދޫރިޔާމަންޒިލް އެވެ ކިޔުނު ގޯއްޗާއި ބެހޭގޮތުން އަޙްމަދު މޫސާ
19 މާރޗް 2008 ގައި ލިޔެ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީއަށް އެއޮފީހުގެ ނަންބަރު:
4303
/
2008-PRS (24 ޖޫން 2008) ސިޓީން ދެއްވާފައިވާ ޖަވާބުގައިވަނީ، "ގެއެއް ލިބެނީ
އެމީހަކު ދިރިއުޅެފައިވާ ނުވަތަ ދިރިއުޅޭގޭގެއަށްކަމަށާއި، އެމީހަކު ދިރިއުޅެފައިވާ ނުވަތަ ދިރިއުޅޭ ގެއަކީ
ކިތަންމެ ނިކަމެތިކޮށް ހުރިގެއެއްކަމުގައި ވިޔަސް ގެއެއް ލިބިލައްވާނެކަމަށް" ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި، ގއ.ދިޔަދޫއިން މީހުން ބަދަލުކުރި އިރު ދޫރިޔާމަންޒިލްއެވެ ކިޔުނު ގޯއްޗަކީ
މީހުން ދިރިނޫޅޭ ގޯއްޗަކަށްވެފައި، އަޙްމަދު މޫސާ ދީދީ ގއ.ދިޔަދޫގައި އުޅުނު އިރު ދޫރިޔާމަންޒިލްއެވެ
ކިޔުނު ގޯތީގައި ދިރިއުޅުމަށްޓަކައި އަޅާފައިވާ ގެއަކީ ދަނޑިފަނުން ހަދާފައިވާ ގެއެއްކަމާއި
އެހެންނަމަވެސް ގއ.ދިޔަދޫއިން މީހުން ބަދަލުކުރިއިރު އެގޯތީގައި ދަނޑިފަނުން އަޅާފައިވާ ގޭގެ
ޙާލަތުހުރީ ކޮންގޮތަކަކަށްކަން އިނގޭނެ އެއްވެސް ގޮތެއް އަދި ހެއްކެއްވެސް ހުށަހެޅިފައި ނުވާކަން
އެނގެން އޮންނަކަމާއި،
404
މަރަމާތުންކުރެވޭ
އަޙްމަދު މޫސާ ދީދީގެ ފަރާތުން ދަށުކޯޓުގައި ހުށަހަޅުއްވާފައިވާ ހެކިން ހެކިބަސް
ދެއްވާފައިވަނީ އެއްވެސް ޒަމާނެއްގައި ދޫރިޔާމަންޒިލްއެވެ ކިޔުނު ގޯތީގައި މީހަކު ދިރިނޫޅޭކަމަށް
ދައުލަތުން ބުނާބުނުން އެއީ ޞައްޙަ ބުނުމެއް ނޫންކަން ސާބިތުކޮށްދިނުމަށްކަމަށާއި، ދަނޑިފަނުން
ހަދާފައިވާ ގެއަކީ އޭގެ
ޒާތުގައި
ނަމަ ވުޖޫދުގައި މާގިނަ ދުވަހު
ހުންނާނެ ކަމަށް ބެލެވޭ ތަނެއް ނޫންކަމުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީއަށް އެއޮފީހުގެ
ނަންބަރު: 4303
/
2008-PRS (24 ޖޫން 2008) ސިޓީން ދެއްވާފައިވާ ޖަވާބުގައިވާ، "ދިރިއުޅޭ
ގެއަކީ ކިތަންމެ ނިކަމެތިކޮށް ހުރި ގެއެއްކަމުގައިވިޔަސް ގެއެއް ލިބެންވާނެކަމަށް" އެވިދާޅުވެފައިވާ
ޙާލަތަށް ގއ.ދިޔަދޫއިން މީހުން ބަދަލުކުރިއިރު ދޫރިޔާމަންޒިލްއެވެ ކިޔުނު ގޯތީގައި އަޅާފައިވާ ގެ ފެތޭނެ
އެއްވެސް ހަމައެއް ނެތްކަން.
ދިވެހިރާއްޖޭގެ
އޭކުه
އއޗ،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
142778
9
2009/HC-A/362
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ބ) ދޫރިޔާމަންޒިލްއެވެ ކިޔުނު ގޭގެ ބަދަލުގައި ރާއްޖޭގެ އެއްވެސް ރަށަކުން އަޙްމަދު މޫސާ
ދީދީއަށް ގެއެއް ނުދެއްވާގޮތަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓުން
ނިންމާފައިވީ ނަމަވެސް ދޫރިޔާމަންޒިލްއެވެ ކިޔުނު ގޯތީގެ ބަދަލުގައި އެގޯތީގެ ބޮޑުމިނުގެ ގޯއްޗެއް
ގއ.ގެމަނަފުށީން ދިނުމަށް ހަމަޖެހިފައިވާކަމާއި ހަމައެހެންމެ އެގޯތީގައިވާ ރުއްގަސް ފަދަ ތަކެއްޗަށްވެސް
ބަދަލުދިނުމަށް ހަމަޖެހިފައިވާކަން އެނގެން އޮންނަކަން.
ޙުކުމް:
ވީމާ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ގއ.ދިޔަދޫން މީހުން
ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމަވައި ގއ.ދިޔަދޫ މީހުން އެދިފައިވާ ރަށްރަށުގައި އެމީސްމީހުންނަށް
ގެދޮރު ޢިމާރާތް ކުރައްވަމުން ގެންދަވާ އުޞޫލުން ގއ.ދިޔަދޫން އެހެން ރަށްރަށަށް ބަދަލުވި
ރައްޔިތުންނަށް ޢިމާރާތްކޮށްދޭ ގޭގޭގެ ޗާޓާއި އެއްގޮތަށް ގެއެއް ޢިމާރާތްކުރުމަށް ނުވަތަ ގެއެއްގެ އަގު
ލިބިދިނުމަށް ކުރީގެ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް، މިހާރުގެ
މިނިސްޓްރީ އޮފް ހޯމް އެފެއާރޒް، މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓުގެ
މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް މަދަނީކޯޓުގެ ނަންބަރު 2008/MC/1870 ޤަޟިއްޔާއިން
ބައްލަވާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް
ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
6
ދިވެހިރާއްޖޭގެ
އއޗ،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv