ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/188 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/188
s
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 188/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ދިވެހި ރައްޔިތުންގެ ޕާޓީ : ދާއިމީ
އެޑްރެސް: ފ. ތެލާ
މިހާރުގެ އެޑްރެސް:
ވަކީލް: ޢަބްދުﷲ ސަޢީދު ތްރީލައިންސް/ .
*
ޒު
--.
ހުޅުދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މިހާރުގެ އެޑްރެސް:
ވަކީލް.
ޢަލީ އިބްރާހީމްމަނިކު ކެލާ|
ދާއިމީ އެޑްރެސް: ފ. އޯކިޑްލޮޖް
އ.
އޯކިޑްލޮޖް
24
ޓްރީކުރި ތާރީ
24 ޝަޢުބާން 1432
ނިމުނު ތާރީޚް: 06 ޒުލްހިއްޖާ 1432
02 ނޮވެމްބަރ 2011
25 ޖުލައި 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2009
)
142
/
Cv
-
C/1490)
ނިންމެވިކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 2009 - 06
ނިމުނު ތާރީޚް: 2011 - 02 - 17
24
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިޔާލީ ވާލީދީދީފާރިވެއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ޖޮބް ސައިޓާ: www.fiighcourt.gov.mv
2
2011/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި،
އެޤަޟިއްޔާގައި ދަޢުވާލިބުނު ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ޢުސޫލުތަކާ އެއްގޮތަށްނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި،
އެޤަޟިއްޔާގައި ދަޢުވާލިބުނު ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ދިވެހި
ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ އަށް ދަރަންޏަށް ދޫކޮށްފައިވާ ކަމަށް ބުނާ ޚިދުމަތްތަކަކަށް އައިލެންޑް
އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ހަދާފައިވާ އިންވޮއިސްތަކުގެ ތެރެއިން ނުލިބިވާކަމަށްބުން
515,845
/
28ރ. (ފަސްލައްކަ ފަނަރަހާސް އަށްސަތޭކަ ސާޅީސް ފަސްރުފިޔާ އަށާވީސް ލާރި ލިބިފައިނުވާތީ
މިފައިސާ ޑީ.އާރު.ޕީގެ ފަރާތުން ހޯދުމަށް އެދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން
ދިވެހިރައްޔިތުންގެ ޕާޓީގެ މައްޗަށް ދަޢުވާ ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490)
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
"ދެންފަހެ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރު.ޕީ) އަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން
ދީފައިވާ ޙިދުމަތްތަކަށް ފައިސާހޯދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން މިކުލަ ދަޢުވާއަށް
ބެލިއިރު، ޑީ.އާރު.ޕީގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ދައްކަންޖެހޭކަމަށް
މިދަޢުވާގައި ޝަރީޢަތަށް ސާބިތުވާ ޢަދަދަކީ 510,497
/
28ރ. (ފަސްލައްކަ ދިހަހާސް ހަތަރުސަތޭކަ ނުވަދިހަ
ފުއްގެ، ފޯން: 3325d29 ފެކްސް: 6471[33
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުލްޓު ހިނަކު
އީމެއިލް [email protected]ދިވެ
www.highcourt.gov.mv
3
2011/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
84=ހ2
ހަތް ރުފިޔާ ގެ އަށާވީސް ލާރި) ކަމުގައި ކަނޑައަޅައި، މިފައިސާ އަދާކުރުމުގެ ގޮތުން މިއަދު 17 ފެބްރުއަރީ
2011 އިން ފެނިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި 510,497
/
28ރ. (ފަސްލައްކަ ދިހަހާސް
ހަތަރުސަތޭކަ ނުވަދިހަ ހަތް ރުފިޔާ { އަށާވީސް ލާރި) ގެ މިދަރަނި އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑަށް ދައްކައި ޚަލާޞްކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ އަށް އަންގައި ދިވެހިރައްޔިތުންގެ
ޕާޓީގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިހެންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ޢުސޫލުތަކާ ނޫންކަމަށްބުނެ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެ ނުކުތާއަކީ ޑީ.އާރު.ޕީގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް
ދައްކަންޖެހޭކަމަށް ސާބިތުވާ އަދަދަކީ 510,497
/
28ރ. (ފަސްލައްކަ ދިހަހާސް ހަތަރުސަތޭކަ ނުވަދިހަ ހަތް
ރުފިޔާ އަށާވީސް ލާރި) ކަމުގައްޔާއި، އެފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމުގެ މުއްދަތަކީ ހުކުމް ކުރި
ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ކަމުގައި ނިންމަވާފައިވަނީ އެންމެ ޢަދުލު، އިންޞާފުވެރިކޮށް
ނޫންކަމަށް ފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އެކަން ދަލީލުކޮށްދޭ ކަންކަމުގެ ގޮތުގައި އަންނަނިވި
ކަންކަން ބަޔާންކޮށްފައިވެއެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާގެ ޙުކުމުގައި
510,497
/
28ރ. (ފަސްލައްކަ ދިހަހާސް ހަތަރުސަތޭކަ ނުވަދިހަ ހަތް ރުފިޔާ އަށާވީސް ލާރި) އެއްކޮށް
ދައްކައި ޚަލާސްކުރުމުގެ މުއްދަތަކީ ޙުކުމްކުރި ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ކަމުގައި
ނިންމަވާފައިވަނީ އެންމެ އަދުލު، އިންސާފުވެރިކޮށްނޫންކަމަށް ޤަބޫލުކުރާކަމަށާއި، މިއީ ގިނަ އަދަދެއްގެ ފައިސާ
ކަމަށްވެފައި ޝަރީޢަތުގައި ހުށަހެޅި ތަފާތު އެކި އިންވޮއިސްތަކާމެދު ދިވެހި ރައްޔިތުންގެ ޕާޓީއިން ސުވާލު
އުފެދިފައިވުމުން އެއަދަދުތައް ބަލައި ދިރާސާކުރަމުންދާތީއާއި، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަން
ސާފުކުރުމަށް ވަގުތު ބޭނުންވާތީ، 1 (އެކެއް) މަސް ދުވަހަކީ މިކުންކުން ބަލައި ދިރާސާ ކުރުމަށާއި، ފައިސާ
ދެއްކުމަށް ދެވުނު މާ ކުރުމުއްދަތެއްކަމަށް ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑް އިން ޑީ.އާރު.ޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް
އާއިއެކު ބޭއްވި ބައްދަލުވުމުގައި 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާގޮތަށް އެއްބަސްވެފައިވީހިނދު
ދަށުކޯޓުން އެއަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އަދި ފައިސާ އަނބުރާ ދެއްކުމާ ގުޅޭގޮތުން ވަކިގޮތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ޖީލުގެ( އާބުރުޒު ހިންގުން)
އިލް
[email protected]
ފޯން: 3325029، ފެކްސް:331647
މާލެވެތީއެވެ www.highcourt.gov.mv
4
2015HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
އެއްބަސްވެފައިވާހިނދު، އެވާހަކަތަކަށް ޝަރީޢަތުގައި ރިޢާޔަތްކޮށްފައި ނުވުމާއި އަދި އެވާހަކަތައް ދަށުކޯޓުގައި
ދައްކާނެ ފުރުސަތުން މަޙްރޫމުވެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ސިވިލް ކޯޓުން މިމައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީގެ ޣައިރު
ޙާޟިރުގައިކަމުން، ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ދައްކަންހުރި ބައެއް ވާހަކަތައް ދެއްކުމުގެ ފުރުސަތު
އެޕާޓީއަށް ލިބިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
(ރ) އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއިން ފޮނުވާފައިވާ ނަންބަރު SR2008
/
1422
އިންވޮއިސް އަކީ އެއްވެސް އޮފިޝަލް ރިކުއެސްޓެއް ނެތި ފޮނުވާފައިވާ އިންވޮއިސް އެއްކަމާއި، އަދި މިކަމަށް
ޝަރީޢަތުން ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅިނުކުތާ.
(ބ) އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއިން ފުރަތަމަ ދަޢުވާކުރި އަދަދަކީ އަސްލު
ދައްކަންޖެހޭވަރު ނޫންކަމަށް ބުނެ މިއަދަދު ފަހުން ބަދަލުކޮށްފައިވުމުން މިފައިސާއާ ގުޅިގެން އިތުރު
އޮޅުންތަކެއް އަރާފައިވާކަމަށާއި، އަދި ސިވިލް ކޯޓުން މައްސަލަނިމުނު ގޮތުގެ ރިޕޯޓު ދޫކުރެއްވިއިރު، އެރިޕޯޓުގެ
5 ގެ (ހ) ގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއިން ދަޢުވާކުރަނީ 5,2573
/
28ރ.
(ފަސްލައްކަ ދެހާސް ފައްސަތޭކަ ހަތްދިހަ ތިންރުފިޔާ އަށާވީސް ލާރި) ކަމަށް ލިޔެފައިވާއިރު، ހަމަ މިރިޕޯޓުގެ
5 ގެ (ބ) ގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއިން ދަޢުވާކުރަނީ 512,573128ރ.
(ފަސްލައްކަ ބާރަހާސް ފައްސަތޭކަ ހަތްދިހަ ތިން ރުފިޔާ އަށާވީސް ލާރި) ކަމަށް ލިޔެފައިވުމުން މިކަންތައް
އިތުރަށް އޮޅިގެންދާނެ މަގު ފަހިވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
5. މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490)
ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ދިވެހި ރައްޔިތުންގެ ޕާޓީގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލައާގުޅޭ ފަރާތްތަކުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައިގެ ލިޔެކިއުންތަކަށް ބަލާއިރު، އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާގައި ދަޢުވާކުރި
ފައިސާއަކީ 2008 ވަނަ އަހަރު ޑީ.އާރު.ޕީ ގެ ފަރާތުން ކޮށްފައިވާ ދަތުރުތަކަކަށާއި ހޯދާފައިވާ ޚިދުމަތްތަކަކަށް
ދައްކަންޖެހޭ ފައިސާ ކަމާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ފޮނުވާފައިވާ
ދިވެހިރާއްގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން މާލެ ދިވެހިރެއްގެ ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]
ވެވަނަwww.highcourt.gove
5
201/HC-A/188
ޤަޞަޝިޢްޔާ ނިމުނު ގޮތުގެ ޙުލާޞާ
44 04
އިންވޮއިސްތަކުގައިވާ ފައިސާއަކީ އެއިންވޮއިސްއެއް ލިބޭތާ 15 ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާކަމަށް
އެއިން ކޮންމެ އިންވޮއިސް އެއްގައި ލިޔެ ބަޔާންކޮށްފައިވާކަމާއި،
އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ޑީ.އާރު.ޕީ ގެ ފަރާތުން ދޭންޖެހޭ މިފައިސާ 06
(ހައެއް) މަސްދުވަހުގެ ތެރޭގައި ދެއްކުމަށް މިދެފަރާތުގެ ދެމެދުގައި 12 ފެބްރުއަރީ 2009 ގައި ބޭއްވުނު
ބައްދަލުވުމުގައި ޑީ.އާރު.ޕީ ގެ ފަރާތުން ހުށަހަޅާފައިވާކަމާއި، ނަމަވެސް މިފައިސާ ދައްކަމުން ނުދާތީ 24 ޖޫން
2009 ގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ 17
ފެބްރުއަރީ 2011 ގައި ނިމުނު އިރުވެސް ޑީ.އާރު.ޕީ ގެ ފަރާތުން އެފައިސާ ދައްކައި ޚަލާސްކޮށްފައިނުވާކަން
އެނގޭކަން.
(ށ) ދެވަނަ ކަމަކީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ޑީ.އާރު.ޕީ ގެ ފަރާތުން
ދޭންޖެހޭ މިފައިސާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދެއްކުމަށް މިދެފަރާތުގެ ދެމެދުގައި 12 ފެބްރުއަރީ
2009 ގައި އެއްބަސްވެވިފައިވާކަމާއި، އެހެންކަމުން އެފައިސާ ދައްކައި ޚަލާޞްކުރަންޖެހޭ މުއްދަތަކީ ހުކުމް
ކުރި ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސްކަމުގައި ނިންމަވާފައި އެވަނީ އެންމެ އިންސާފުވެރިކޮށް
ނޫންކަމަށާއި، އެފައިސާ އަނބުރާ ދެއްކުމާ ގުޅޭގޮތުން ވަކިގޮތަކަށް އެއްބަސްވެފައިވާހިނދު، އެވާހަކަތަކަށް
ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް ޑީ.އާރު.ޕީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު،
އެދެފަރާތުގެ ދެމެދު އެއްބަސްވެފައިވާކަން އެނގޭކަމަށް ބުނެފައިއެވާ ލިއުމަކީ، އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑާއި ޑީ.އާރު.ޕީ އާއި ދެމެދު 12 ފެބްރުއަރީ 2009 ގައި ބޭއްވުނު ބައްދަލުވުމެއްގެ
ޔައުމިއްޔާގެ ޚުލާސާ ކަމާއި، އެޔައުމިއްޔާގެ ޚުލާސާ އަށް ބަލާއިރު، އެނގެނީ، އެހާތަނަށް ޑީ.އާރު.ޕީ ގެ
ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ދައްކަން ޖެހިފައިވާ ފައިސާގެ ތެރެއިން ވަކި
ޢަދަދެއްގެ ފައިސާ އެތާރީޚުގައި ދެއްކުމަށް އެއްބަސްވެފައިވާކަމާއި، އަދި ބާކީ ދައްކަންޖެހޭ ފައިސާ އެތާރީޚުން
ފެށިގެން ކުރިއަށް އޮތް 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކައި ނިންމުމަށް ޑީ.އާރު.ޕީ އިން
ހުށަހަޅާފައިވާކަން ކަމާއި، އެހެންކަމުން ޑީ.އާރު.ޕީ ގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް 12 ފެބްރުއަރީ 2009 ން ފެށިގެން އިތުރު 06 (ހައެއް) މަސް
ދުވަހުގެ މުއްދަތެއް ޑީ.އާރު.ޕީ އަށް ދިނުމާމެދު އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން
އެއްބަސްވެފައިވާކަމެއް އަދި އެމުއްދަތުގެ ތެރޭގައި މިފައިސާ ހޯދުމަށް ދަޢުވާކުރުމަށް އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑަށް ލިބިފައިވާ ޙައްޤުން އެކުންފުނިން ތަނާޒުލުވެފައިވާކަންވެސް އެނގެންނެތްކަން
ފާހަގަކުރެވޭކަން.
18
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޖު ނިގުން މާލެޖީނާ ރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް:
[email protected]=ނޯޓް ސޮއިޓް: Www.highcourt.gov.mv
6
201HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ، ޑީ.އާރު.ޕީ އަށް ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކައި
ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމުގެ ފުރުސަތު ދެވިފައިވާކަމާއި އަދި ޑީ.އާރު.ޕީ ގެ ފަރާތުން ސިވިލް ކޯޓަށް
ޙާޟިރުވެ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ހުށަހެޅި ދަޢުވާއަށް ޖަވާބުދީ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވާކަން އެނގެންއޮތްކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި އެރިޕޯޓާއެކު
ހުށަހެޅިފައިވާ ލިއުންތަކުން އެނގޭކަމާއި، އެމައްސަލަ ޑީ.އާރު.ޕީ ގެ ޣައިރު ޙާޟިރުގައި ނިންމަވާފައިވަނީ
ސިވިލް ކޯޓަށް ހާޟިރުވުމަށް އަމުރުކޮށް ސިވިލް ކޯޓުން ޑީ.އާރު.ޕީ އަށް ފޮނުއްވި ނަންބަރު 2010
/
16/IS
އާއި 2010
/
17/IS އާއި 2010
/
45/IS އާއި އަދި 2010
/
46/IS، ކޯޓަށް ޙާޟިރުވުމުގެ އަމުރާއި
ޑީ.އާރު.ޕީ ގެ ފަރާތުން ޙަވާލުވެ، އެއަމުރުތަކުގައިވާގޮތުގެ މަތިން އެތާރީޚުތަކާއި ގަޑިތަކުގައި ޑީ.އާރު.ޕީ ގެ
ފަރާތުން ސިވިލް ކޯޓަށް ޙާޟިރުވެފައިނުވާތީކަންވެސް ސިވިލް ކޯޓުން އެޝަރީޢަތް ނިންމެވިގޮތުގެ ރިޕޯޓަށާއި
އެރިޕޯޓާއެކު ހުށަހެޅިފައިވާ ލިއުންތަކުން އެނގޭކަމާއި،
މިފަދަ މައްސަލަތަކުގައި ކޯޓަށް ޙާޟިރުވުމަށް އަމުރު ފޮނުވުމުން ކޯޓުއަމުރު ލިބި މަޤްބޫލު އުޒުރެއް
ކޯޓަށް ހުށަހެޅުމަކާއިނުލައި ކޯޓަށް ހާޟިރުނުވިނަމަ، އެފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމަކީ
މިފަދަ މައްސަލަތަކުގައި ޤަވާޢިދުތައް އެކަމަށް ތަންދޭ ކަމެއްކަމާއި، އެފަދަ ޙާލަތުގައި، އެފަރާތަކުން
ދައްކަންޖެހޭ ވާހަކަތައް ދެއްކުމުގެ ފުރުސަތު ނުލިބޭކަމަށް ބެލުމުގެ ޖާގަ އޮތްކަމުގައި ބަލާނެތަނެއް ނެތްކަމާއި،
އަދި ޑީ.އާރު.ޕީ ގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
142
/
Cv
-
C/1490)
ޤަޟިއްޔާ ނިންމަވާފައި އެވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ބަލާނެ ޝަރުއީ ނުވަތަ
ޤާނޫނީ ހަމައެއްވިޔަސް ޑީ.އާރު.ޕީ އަށް ދެއްކިފައިނުވާކަން ފާހަގަކުރެވޭކަން.
(ރ) ހަތަރުވަނަ ކަމަކީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއިން ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާ ހުށަހެޅިއިރު ޑީ.އާރު.ޕީ ގެ ކިބައިން ހޯދުމަށް އެދޭ
ފައިސާގެ އަދަދުކަމުގައި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވަނީ 515845128ރ. (ފަސްލައްކަ ފަނަރަހާސް
އަށްސަތޭކަ ސާޅީސް ފަސްރުފިޔާ އަށާވީސް ލާރި) ކަމުގައިވީނަމަވެސް، އެފަރާތުން އެދޭ ޢަދަދަކީ
512573
/
28ރ. (ފަސްލައްކަ ބާރަހާސް ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ އަށާވީސް ލާރި) ކަމުގައި ފަހުން
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ބުނެ ސިވިލް ކޯޓުގައި ބަޔާންދީފައިވާކަން އެނގޭކަމާއި،
ޑީ.އާރު.ޕީގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ސާބިތުވާކަމަށް
ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ 510497
/
28ރ. (ފަސްލައްކަ ދިހަހާސް ހަތަރުސަތޭކަ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީވުގެ( އާބުރުޒުހިދަގުލްޑް މާލެ ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected]
www.highcourt.gov.tk
]
2011/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
3
334
t
ނުވަދިހަ ހަތް ރުފިޔާ އަށާވީސް ލާރި) އަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ޑީ.އާރު.ޕީ އާއި
ޙަވާލުކޮށްފައިވާކަން އަދި އެޚިދުމަތަށް ޑީ.އާރު.ޕީ ގެ ފަރާތުން އެދިފައިވާކަންވެސް އެނގެންނެތް، ނަންބަރު
2008
/
9006/IAS އިންވޮއިސްގައިވާ -/2076ރ. (ދެހާސް ހަތްދިހަ ހަރުފިޔާ)، 512573128ރ.
(ފަސްލައްކަ ބާރަހާސް ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ އަށާވީސް ލާރި) އިން އުނިކުރުމުން ސާބިތުވި
މިންވަރުކަން އެނގޭކަމާއި،
ސިވިލް ކޯޓުން މައްސަލަނިމުނު ގޮތުގެ ރިޕޯޓު ދޫކުރެއްވިއިރު، އެރިޕޯޓުގެ 5 ގެ (ހ) ގައި
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއިން ޑީ.އާރު.ޕީ ގެ ފަރާތުން ހޯދުމަށް ދަޢުވާކުރަނީ
5,2573
/
28ރ. (ފަސްލައްކަ ދެހާސް ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ އަށާވީސް ލާރި) ކަމަށް ބަޔާންކޮށްފައި
އޮތްއޮތުމަކީ ލިޔުމުގެ ކުށެއް (typographical error) ކަން، އެޢަދަދު ލިޔެވިފައިވާ ގޮތަށާއި އަދި އެ
ޢަދަދު އެރިޕޯޓުގެ އެހެން ތަންތަނުގައި ބަޔާންކޮށްފައިވާގޮތުން އެނގެން އޮތްކަމާއި، އެއަދަދު އެގޮތަށް
ލިޔެވިފައިއޮތް އޮތުމަކީ ޑީ.އާރު.ޕީ ގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް
ދައްކަންޖެހޭކަމަށް ސާބިތުވާކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކުރައްވާފައިވާ ފައިސާގެ އަދަދާމެދު
އެރުމުގެ ޖާގައޮތްކަމެއްނޫންކަން ފާހަގަކުރެވޭކަން.
(ބ) ފަސްވަނަ ކަމަކީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު
SR2008
/
1422 އިންވޮއިސް އަކީ އެއްވެސް އޮފިޝަލް ރިކުއެސްޓެއް ނެތި ފޮނުވާފައިވާ އިންވޮއިސް
އެއްކަމާއި، އަދި މިކަމަށް ޝަރީޢަތުން ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެ ޑީ.އާރު.ޕީ ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅި މިނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު،
މިއިންވޮއިސް ޑީ.އާރު.ޕީ އަށް ލިބިފައިވާކަން އެނގެން އޮތްއިރު، މިއިންވޮއިސްގައި އެއްވެސް މައްސަލައެއް
އުޅޭކަން ޑީ.އާރު.ޕީ ގެ ފަރާތުން ފާހަގަކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އަންގާފައިވާކަން
އެނގެން ނެތްކަމާއި، އަދި ޑީ.އާރު.ޕީ ގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޑީ.އާރު.ޕީ ގެ ފަރާތުން 12 ފެބްރުއަރީ 2009 ދުވަހު އެއްބަސްވެފައިވާކަމާއި،
އެހެންކަމުން މި އިންވޮއިސްއަކީ ޑީ.އާރު.ޕީ ގެ ފަރާތުން ޤަބޫލުކޮށްފައިވާ އިންވޮއިސްއެއްކަން އެނގޭކަމާއި،
އަދި މި އިންވޮއިސްއަކީވެސް ސިވިލް ކޯޓުގައި ބެލެވުނު މައްސަލާގައިވެސް ހުށަހެޅުނު އިންވޮއިސްއެއްކަމާއި
މިއިންވޮއިސްގައިވާ ފައިސާ އަކީވެސް އެމައްސަލާގައި ހުށަހެޅުނު ދަޢުވާގައި ހިމެނިފައިވާ ފައިސާއެއްކަން
އެނގެންއޮތްކަމާއި،
ނަމަވެސް މި އިންވޮއިސްގައި އެއްވެސް މައްސަލައެއް އުޅޭކަމަށް ސިވިލް ކޯޓުގައިވެސް
ޑީ.އާރު.ޕީގެ ފަރާތުން ފާހަގަކޮށް ވާހަކަ ދައްކާފައިނުވާކަން އެނގެންއޮތްކަމާއި، އެހެންކަމުން، މިކަންކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނފުން) ދިވެހިރާއްޖެ، ފޯން 3325029 ފެކްސް: 3316471
އީމެއިލް [email protected] ވޯgބްދިޓީއިލް www.highcourt.gov.mv
8
2011/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
* 8
މައްޗަށް ބަލާއިރު، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަންނަންޖެހޭ ނުކުތާއެއްނޫންކަމާއި އަދި މި
އިންވޮއިސްގައިވާ ފައިސާއަކީ ޑީ.އާރު.ޕީ ގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާއެއްނޫންކަމުގައި ބަލާނެތަނެއް އޮތްކަމަށް ނުފެންނަކަން ފާހަގަކުރެވޭކަން.
އެހެންކަމުން މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ދިވެހި
ރައްޔިތުންގެ ޕާޓީގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ޝަރީޢަތަށް
ސާބިތުވާ ޢަދަދަކީ 510,497
/
28ރ. (ފަސްލައްކަ ދިހަހާސް ހަތަރުސަތޭކަ ނުވަދިހަ ހަތް ރުފިޔާ އަށާވީސް
ލާރި) ކަމުގައި ކަނޑައަޅުއްވައި، އެފައިސާ އަދާކުރުމުގެ ގޮތުން 17 ފެބްރުއަރީ 2011 އިން ފެނިގެން 01
(އެކެއް) މަސްދުވަހުގެ މުއްދަތުގައި 510,497
/
28ރ. (ފަސްލައްކަ ދިހަހާސް ހަތަރުސަތޭކަ ނުވަދިހަ ހަތް
ރުފިޔާ އަށާވީސް ލާރި) ގެ ދަރަނި އައިލެންޑް އޭވިއޭރޝަން ސަރވިސަސް ލިމިޓެޑަށް ދައްކައި ޚަލާޞްކުރުމަށް
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އަށް އަންގަވައި ދިވެހި ރައްޔިތުންގެ ޕާޓީގެ ޣައިރު ޙާޟިރުގައި ސިވިލް
ކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަލާނެތަ
ފ4 2
2
4
2 ހ3 + +
މިތަނެއްނެތްކަމުގައެވެ
• ޙުކުމް
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
142
/
Cv
-
C/1490) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤްޟިއްޔާ ބަލައި ނިޔާކަނޑައެޅީގެ
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ދިވެހިރާއް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުދުޒު އިނގުން) ޅާވެ، މާދެވެހިރާއްޖެ ވޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv