ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/287 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
A027101
ޤަޟިއްޔާ ނަންބަރ: 287/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޒާލިފް
* ދާއިމީ އެޑްރެސް: ގ.ގްރީންޕާލްމާލެ
އައިޑީ ކާޑު ނަންބަރ:
* މިހާރުގެ އެޑްރެސް: ގ.ގްރީންޕާލް!މާލެ
ވަކީލު: އޏ.އަނަސް ޢަބްދުއް ސައްތާރު
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕޮލިކޮމް އިންވެސްޓްމަންޓް ޕޮވޓ ލޓޑ
އައިޑީ ކާޑު ނަންބަރ:
މިހާރުގެ އެޑް
ދާއިމީ އެޑްރެސް:
*
• ހުށަހެޅުނު ތާރީޚް: 19/10/2008 ނިމުނު ތާރީޚް: 29/04/2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު:2007/MC/1149
ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ޙައްޤު ހޯދުމަށްއެދި
ށަހެޅުނުތާރީޚް:
ނިމުނު ތާރީޚް: 24/07/2008
023
0
18/01/2007 :
ވެހިރާއްޖޭގެ ހައިކޯޓް، އާބު ނުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2008/HC-A/287
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓްގެ ނަންބަރު 2007/MC/1149 ގެ ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދެއްވުން އެދި ގ. ގްރީންޕްލް އަޙްމަދު ޒާލިފު ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވުނު ޤަޟިއްޔާއެކެވެ.
2ދ29 0
ހުށަހެޅުމުނޭ
• ފާހަގަކުރެވުނު ނުކުތާތައް:
0
0 0 2 0 0 2 0
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށާއި މަދަނީކޯޓްގެ ނަންބަރު 2007/MC/1149 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ
މައްޗަށާއި މިމައްސަލައާއި ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ބަޔާންތަކާއި އަދި
މިމައްސަލައާއި ގުޅޭގޮތުން ފެންނަންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަކަމަކީ، މަދަނީކޯޓުގެ ނަންބަރު 2007/MC/1149 ގެ ޤަޟިއްޔާއަށް
ގްރީންޕާލް އަލްމަރްޙޫމް ޢައްބާސް މުޙައްމަދުގެ ވާރިޘުންގެ ފަރާތުން އަޙްމަދު ޒާލިފު ހުށަހަޅާފައިވާ
ދަޢުވާގެ ޖަވާބުގައި އެޤަޟިއްޔާގެ ދަޢުވާރައްދުވި ޕޮލިކޮމް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އއ. ވެލިދޫގައި ޕޮލިކޮމް އިންވެސްޓްމެންޓްއިން ޓޫރިސްޓް
ރިސޯރޓެއް ހަދާފައިވަނީ ޢައްބާސް މުޙައްމަދާއި ޕޮލިކޮމްއާއި ދެމެދު ކޮށްފައިވާ އެގްރިމެންޓެއްގެ
ދަށުންނޫންކަމަށާއި އއ. ވެލިދޫގައި ރިސޯރޓެއްބިނާކުރީ، 19 ސެޕްޓެމްބަރ 1988 ގައި، ޑިޕާޓްމަންޓް
އޮފް ޓޫރިޒަމްއާއި، ޕޮލިކޮމްއާ ދެމެދު ކޮށްފައިވާ އެގްރިމަންޓްގެ ދަށުން ޕޮލިކޮމްއިން ކަމަށާއި ވުމާއެކު
ދިވެހިސަރުކާރު ގެ ރަށެއް ދިވެހިސަރުކާރުން ޕޮލިކޮމްއަށް ކުއްޔަށް ދެއްވައިގެން ޕޮލިކޮމްގެ މައްޗަށް
ދަޢުވާއެއްނުކުރެވޭނެކަމަށް އެވާހަކަތަކުގައި ޕޮލިކޮމް އިންވެސްޓްމަންޓްގެ ފަރާތުން ބުނެފައިވާކަން
އެނގެންއޮންނައޮތުމެވެ.
• ދެވަނަ ކަމަކީ، މަދަނީކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަޢުވާގައި
އަޙްމަދު ޒާލިފުގެ ފަރާތުން ޙަވާލާދީފައިވާ، އަޙްމަދު ޒާލިފުގެ ބައްޕަ އަލްމަރުޙޫމް ޢައްބާސް މުޙައްމަދާއި
ޕޮލިކޮމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު 1981/2/23 ގައި ކުރެވިފައިވާކަމަށްބުނާ
2 0 0 2 0 0 2 0
OOOOO
ވެހިރާއްޖޭގެ ހައިކޯޓް، އާބު ނުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2008/HC-A/287
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
32
އެގްރިމަންޓްގެ 3 ވަނަ މާއްދާގައި މިއެގްރިމަންޓްގެ ދަށުން އ. ވެލިދޫގައި ޕޮލިކޮމް އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ކުރާހުރިހާ އިންވެސްޓްމެންޓެއްގެ 115 އަކީ ޕޮލިކޮމް އިންވެސްޓްމަންޓް
ލިމިޓަޑްގެ ފަރާތުން ރަށްވެހިފަރާތަށް މިލްކުކޮށްދޭ ހިއްޞާއެއްކަމަށާއި އަދި އެ އެގްރިމަންޓްގެ 4 ވަނަ
މާއްދާގައި ރަށުގައި ޓުއަރިސްޓުން ގެންގުޅެން ފުރަތަމަ ފަށާތާރީޚުން ފެށިގެން ކޮންމެއަހަރަކުވެސް ރަށުން
ލިބޭފައިދާއެއްގެ 1/5 އަކީ، ރަށްވެރި ފަރާތަށް ލިބެންވާނެއެއްޗެއްކަމަށް ބަޔާންވެފައިވީނަމަވެސް 1984
ވަނަ އަހަރުގެ ޑިސެމްބަރ މަހުގެތެރޭގައި ޢައްބާސް މުޙައްމަދު ނިޔާވެފައިވާކަމާއި ޢައްބާސް މުޙައްމަދު
ނިޔާވިތާ 3 އަހަރަށް ވުރެ ވެސް ގިނަދުވަސްވެފައިވަނިކޮށް 19 ސެޕްޓެމްބަރ 1988 ގައި
ދިވެހިދައުލަތުގެ ޑިޕާރޓްމެންޓް އޮފް ޓޫރިޒަމް އާއި ޕޮލިކޮމް އިންވެސްޓްމަންޓް ލިމިޓެޑާ ދެމެދު އ. ވެލިދޫ
އެކުންފުންޏަށް ކުއްޔައް ދޫކުރުމާބެހޭގޮތުންނާއި އެރަށުގައި ޓޫރިސްޓް ރިޒޯޓެއް ޢިމާރާތްކޮށް ތަރައްޤީ
ކުރުމުގެ ލައިސަންސް (ހުއްދަ ދިނުމަށްޓަކައި ލީސްއެގްރިމެންޓެއް ކުރެވިފައިވާކަމާއި އެއެގްރިމެންޓުގައި
ޢައްބާސް މުޙައްމަދާއި ޕޮލިކޮމް އިންވެސްޓްމެންޓާއިމެދު 23 ފެބްރުއަރީ 1981 ގައި ކުރެވިފައިވާ
އެގްރިމެންޓަށް ޙަވާލާދީފައި ވީނަމަވެސް 23 ފެބްރުއަރީ 1981ގެ އެގްރިމެންޓްގެ ދަށުން ޢައްބާސް
މުޙައްމަދަށް ލިބިފައިވާ ރިޒޯޓުގެ 115 މިލްކުވެރިކަމުގެ ޙައްޤާއި ރިޒޯޓް ހިންގައިގެން ލިބޭފައިދާގެ 1/5
ގެ ޙިއްސާއަށް ޙަވާލާދީ އެކަން ބަލައިގަނެ އެކްނޮލެޖްކޮށްފައި ނުވާކަމާއި މިކަންކަން މަރުޙޫމް ޢައްބާސް
މުޙައްމަދުގެ ވާރިޘުންގެ ފަރާތުން އަޙްމަދު ޒާލިފު ބުނެވުނު މަދަނީކޯޓްގެ ނަންބަރ
2007/MC/1149 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށްދީފައިވާ ބަޔާންތަކަށް ބެލުމުގެ އެނގެން
ތ2
x
22
"3261-
fr
04 07
ތިންވަނަ ކަމަކީ ވެލިދޫ ޕޮލިކޮމް އިންވެސްޓްމެންޓުގެ ކުއްޔަށް
ދެއްވިއިރު އެރަށުގައިވާ އިންވެސްޓްމެންޓްގެ މިލުކުވެރިކަމުގެ ތެރެއިން ޢައްބާސް .ޙައްމަދުގެ
މިލުކުވެރިކަން ގެއްލޭގޮތަށް އެހާތަނަށް އއ. ވެލިދޫގައިވާ އިންވެސްޓް މެންޓުގެ ވެރިފަރާތުގެ ތެރެއިން
ހަމައެކަނި ޕޮލިކޮމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު
ވެލިދޫ ކުއްޔަށްދޫ
ކުއްޔަށްދޫކުރުމުގެ
އެގްރިމެންޓްގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ސޮއިކުރުމުން ވެލިދޫގައިވާ ޢައްބާސް މުޙައްމަދުގެ
މިލްކުވެރިކަންވަނީ ބީވެގެއްލިގެން ގޮސްފައެވެ." މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް އަޙްމަދު ޒާލިފުގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވުމުން އަޙްމަދު ޒާލިފުވެސް
ޤަބޫލުކުރާގޮތުގައި 19 ސެޕްޓެމްބަރ 1988 ގައި ޕޮލިކޮމް އިންވެސްޓްމެންޓާއި ދިވެހިދައުލަތުގެ ފަރާތުން
ޑިޕާޓްމަންޓް އޮފް ޓޫރިޒަމްއާއި ދެމެދު އ. ވެލިދޫ އެކުންފުންޏަށް ކުއްޔަށް ދިނުމުގެ ސަބަބުން
ވެލިދޫގައި އޮތްކަމަށް އަޙްމަދު ޒާލިފުބުނާ ޢައްބާސް މުޙައްމަދުގެ މިލްކުވެރިކަން ގެއްލިފައިވާކަމަށް
2x 223
29&
ވެހިރާއްޖޭގެ ހައިކޯޓް، އުބު ނުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2008/HC-A/287
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
33
0
އަޙްމަދު ޒާލިފު ޤަބޫލުކުރާކަން އެނގެން އޮތުމުން، އެރަށުގައިވާ އިންވެސްޓްމަންޓާއި އަދި
އެއިންވެސްޓްމަންޓުން ލިބޭ އާމްދަނީގައި ޢައްބާސް މުޙައްމަދުގެ ޙައްޤެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގައި
ގޮތެއް ކަނޑައެޅެންއޮތީ 19 ސެޕްޓެމްބަރ 1988 ގައި ޕޮލިކޮމް އިންވެސްޓްމަންޓާއި ދިވެހިދައުލަތުގެ
ފަރާތުން ޑިޕާޓްމަންޓް އޮފް ޓޫރިޒަމްއާއި ދެމެދު އ. ވެލިދޫ ޕޮލިކޮމްއަށް ކުއްޔައް ދިނުމާބެހޭގޮތުން
ކުރެވިފައިވާ އެގްރިމަންޓާއި މެދު ޝަރީޢަތުން ނިންމާގޮތެއްގެ މައްޗަށްކަން އެނގެންއޮތްއޮތުމެވެ.
ހަތަރުވަނަ
ކަމަކީ،
އަޙްމަދު ޒާލިފުގެ ބައްޕަ ޢައްބާސް
ޙައްމަދަށްވަރުވާއަށް ލިޔެދެއްވާފައިވާ ވެލިދޫ ގައި ޓޫރިޒަމްގެ މަސައްކަތްކުރުމަށް ދެއްވާފައިވާ
ހުއްދައިގެ ދަށުން އެރަށުގައި ޓޫރިސްޓް ރިޒޯޓެއް ހެދުމުގެ މަސައްކަތް ޕޮލިކޮމް އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑާއި އަލްމަރުޙޫމް ޢައްބާސް މުޙައްމަދާދެމެދު ކުރެވިފައިވާ އެއްބަސްވުމުގެދަށުން، އެރަށުގެ
އިންވެސްޓްމަންޓްގެ 1/5 ގެ މިލްކުވެރިއަކީ ޢައްބާސް މުޙައްމަދުކަމުގައި ކަނޑައެޅިގެން ކުރަމުންދަނިކޮށް،
ޢައްބާސް މުޙައްމަދު ނިޔާވުމުން ޢައްބާސް މުޙައްމަދުގެ ނުވަތަ ޢައްބާސް މުޙައްމަދުގެ ވާރިޘުންގެ ޙައްޤު
ނުހިމެނޭގޮތަށް 19 ސެޕްޓެމްބަރ 1988 ގައި ހަމައެކަނި ޕޮލިކޮމް އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑާއެކު އޭރުގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމުން އެރަށް ކުއްޔަށް ދޫކުރުމުގެ އެގްރިމަން
މަންޓެއްކުރައްވައި،
އެއެގްރިމަންޓްގެ ދަށުން އެރަށް ޕޮލިކޮމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދެއްވާފައިވާތީ
އެއެގްރިމަންޓް ކުރެއްވުމުގެ ސަބަބުން އއ. ވެލިދޫއާއި ގުޅިގެން ޢައްބާސް މުޙައްމަދުގެ ވާރިޘުންގެ ޙައްޤު
ގެއްލިފައިވާތީ އެޙައްޤު ހޯދުމަށާއި
އަދި ޕޮލިކޮމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޢައްބާސް މުޙައްމަދާ ދެމެދު 23
ފެބްރުއަރީ 1981 ގައިކުރެވިފައިވާ އެގްރިމަންޓްގެ ދަށުން އ. ވެލިދޫގައިވާ އިންވެސްޓްމަންޓްގެ 115 ގެ
މިލްކުވެރިއަކީ، ޢައްބާސް މުޙައްމަދު ކަމުގައި ވީނަމަވެސް ޢައްބާސް މުޙައްމަދު ނިޔާވުމުން ޢައްބާސް
މުޙައްމަދުގެ (ނުވަތަ ޢައްބާސް މުޙައްމަދުގެ ވާރިޘުންގެ) ޙައްޤުނުހިމެނޭގޮތަށް ހަމައެކަނި ޕޮލިކޮމް
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ޑިޕާޓްމަންޓް އޮފް ޓޫރިޒަމުން އެރަށް ކުޔަށް ދޫކުރުމުގެ
އެގްރިމަންޓެއްކުރައްވައި އެއެގްރިމަންޓުގެ ދަށުން އެރަށް ޕޮލިކޮމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަށް
ކުއްޔަށް ދެއްވާފައިވަނީ، ރަނގަޅަށް ނޫކަމަށާއި އެލީސްއެގްރިމަންޓް ކުރެވެންޖެހޭނީ ޢައްބާސް މުޙައްމަދުގެ
ވާރިޘުން (އ. ވެލިދޫގައިވާ އިންވެސްޓްމަންޓްގައި އެފަރާތް އިއްސާވާމިންވަރަށް) ހިމެނޭ ގޮތަށް ކަމަށް
ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވައި އެކަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަނަށް
އަންގަވައި ދެއްވުންއެދި މަދަނީކޯޓްގެ ނަންބަރު 2007/MC/1150 ގެ ޤަޟިއްޔާގައި މިނިސްޓްރީ އޮފް
ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަންގެ މައްޗަށް ގްރީންޕާލް ޢައްބާސް މުޙައްމަދުގެ ވާރިޘުންގެ ފަރާތުން
އީމެއިލް: [email protected] ވެބް ސައިޓް:
www.highcourt.gov.my iemand
5
2008/HC-A/287
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގްރީންޕްލް އަޙްމަދު ޒާލިފު ދަޢުވާކޮށްފައިވާކަން ބުނެވުނު މަދަނީކޯޓުގެ ޤަޟިއްޔާއިން އެނގެންއޮންނަ
2 2 2x
އެeވ"
ޢައްބާސް
ފަސްވަނަ ކަމަކީ އިސްވެ ބުނެވުނުގޮތުގެ މަތިން އަލްމަރުޙޫމް
މުޙައްމަދުގެ ވާރިޘުންގެ ފަރާތުން އަޙްމަދު ޒާލިފު ބުނެވުނު މަދަނީކޯޓްގެ ނަންބަރު 2007/MC/1150
ގެ ޤަޟިއްޔާއަށް ހުށަހެޅި ދަޢުވާ އެކޯޓުން ބެއްލެވުމަށްފަހު އެޤަޟިއްޔާ ނިންމަވާފައިވަނީ އ. ވެލިދޫ
(މިހާރު އއ. ވެލިދޫ ) އެވެ ކިޔާ ރަށް ޓޫރިސްޓް ރިސޯޓެއް ހެދުމަށް ޕޮލިކޮމް އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓަޑަށް އޭރުގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމުން ކުއްޔަށް ދިނުމަށް އެގްރިމަންޓްކޮށްފައިވަނީ
އެރަށް ވަރުވާއަށް ލިޔެގެން އުޅުނު ފަރާތްކަމުގައިވާ ގ. ގްރީންޕާލް ޢައްބާސް މުޙައްމަދު 1984 ވަނަ
އަހަރު ނިޔާވެފައިވާތީ، ޢައްބާސް މުޙައްމަދުގެ ކިބައިން 10 ޖެނުއަރީ 1985 ގައި އެރަށް ވަކިކުރައްވައި
ޑިޕާޓްމަންޓް އޮފް ޓޫރިޒަމްއާއި މިނިސްޓްރީ އޮފް އެގްރިކަލްޗާއިން އެރަށް ހަވާލުކޮށްފައިވާތީކަން
ޝަރީޢަތަށް ސާބިތުވާކަމަށް ވިދާޅުވެ އ. ވެލިދޫ (މިހާރު އއ. ވެލިދޫ) އެވެ ކިޔާ ރަށް ޕޮލިކޮމް
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ޑިޕާޓްމަންޓް އޮފް ޓޫރިޒަމް (މިހާރު މިނިސްޓްރީ އޮފް ޓޫރިޒަމް
ސިވިލްއޭވިއޭޝަން) އިން ކުއްޔަށްދީފައިވަނީ ރަގަޅަށް ނޫންކަމަށް ކަނޑައެޅެން ނެތްކަމަށް
ޙުކުމްކުރައްވާފަކަން ބުނެވުނު މަދަނީކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
އެންޑް
44 2x
24
2
224
• ހަވަނަކަމަކީ، އިސްވެއިޝާރާތް ކުރެވުނު މަދަނީކޯޓްގެ ނަންބަރު
2007/MC/1150 ގެ ޤަޟިއްޔާ ބުނެވިދިޔަ ގޮތުގެ މަތިން ނިމިފައިވާތީ އެކަމާމެދު ހިތްހަމަ
ނުޖެހޭކަމަށްބުނެ އަޙްމަދު ޒާލިފުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިޢުނާފަށް
.ޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެމައްސަލަ ބަލާ ނިންމި ހައިކޯޓުގެ ނަންބަރު -HC/2008
286/A ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، ބުނެވުނު މަދަނީކޯޓްގެ ނަންބަރު
2007/MC/1150 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އަޙްމަދު
ޒާލިފުގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރ 286/HC
-
A !2008 ގެ ޤަޟިއްޔާގެ
ޝަރީޢަތަށް ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާތަކަކީވެސް މަދަނީ ކޯޓުގެ ނަންބަރ
2007/MC/1149ގެ ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އަޙްމަދު ޒާލިފުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓްގެ މިޤަޟިއްޔާ (287/HC
-
A 20081ގެ ޤަޟިއްޔާ) ޝަރީޢަތަށް
ހުށަހަޅާފައިވާ ނުކުތާތައްކަން އެނގެން އޮތްހިނދު ދިވެހިރާއްޖޭގެ ހައިކޯޓްގެ އިސްވެ އިޝާރާތް
ކުރެވުނު ނަންބަރ 286/HC
-
A !2008ގެ ޤަޟިއްޔާ ނިމިފައިވަނީ މަދަނީ ކޯޓުގެ ނަންބަރ
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-A/287
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/MC/1150ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ތާއިދުކޮށްގެން ކަމާއި އަދި ހައިކޯޓްގެ
މިބުނެވުނު ޤަޟިއްޔާގެ ޙުކުމުގައި 1988 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު
ޕޮލިކޮމް އިންވެސްޓްމަންޓާއި، ޑިޕާރޓްމަންޓް އޮފް ޓޫރިޒަމާ ދެމެދު ކުރެވުނު އެގްރީމެންޓްގެ ދަށުން
ޕޮލިކޮމް އިންވެސްޓްމަންޓާއި އެރަށް ޙަވާލުވުމާއި ގުޅިގެން އެކުންފުނީގެ ފަރާތުން އއ.ވެލިދޫގައި
ބިނާކުރި ޓޫރިސްޓް ރިޒޯޓްގައި ޢައްބާސް މުޙައްމަދުގެ ޙައްޤެއް ހިމެނިފައިވާ ކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ޝަރީޢަތަށް ޘާބިތުވެފައި ނުވާކަމަށް ބަޔާންކޮށްފައިވާ ކަމާއި މިކަންކަން ހައިކޯޓުގެ
މިބުނެވުނު ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮންނައޮތުމެވެ.
• ހަތްވަނަ ކަމަކީ އިސްވެ މިބަޔާންކުރެވުނު ކަންކަން މިބަޔާންކުރެވުނު
ކުރެވުނު ގޮތުގެ
މަތިން ހުރުމުން މަދަނީ ކޯޓްގެ ނަންބަރ 2007/MC/1149ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށާއި
އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެނެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިޙްތިފާޤު ވެވިފައިވާކަމެވެ.
0422
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު
މަދަނީ ކޯޓްގެ ނަންބަރ2007/MC/1149 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބެލެވޭނެ ތަނެ
ތަނެއް ނެތްކަމަށް
ދިވެހިރާއްޖޭގެ
ހައިކޯޓްގެ މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޢިއްތިފާޤު ވެވުނު ހިނދު
އެޤް ޝިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ތާއިދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޓެހި
.އި
:4 އަށް
އާދަމް މުޙައްމަދު ޢަބްދު
(ފުނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ޙަމީދު
،ފަނޑިޔާރު)
ވެހިރާއްޖޭގެ ހައިކޯޓް، އާބު ނުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv