ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/175 ޤަޟިއްޔާގެ ޙުކުމް
1
2{14/HC-A/175
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
* *ވ ·
އްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 175/HC
-
A/2014
އިސްތިއުނާފު ކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފް ރައްދުވާ ފަރާތް:
* ނަން: އަޙްމަދު ޙަސަން
އައި.ޑީ.ކާޑު ނަންބަރު: A043839
އެޑްރެސް: ފިޔާތޮށިގެ / ގދ. ގައްދޫ
މިހާރުގެ އެޑްރެސް:
ފިޔާތޮށިގެ
ޚަ0
کر گر کر ہی کی
:
• ރަޖިސްޓްރީ ކުރެވުނު
ނިމުނު ތާރީޚް: 09 ރަމަޟާން 1435
ތާރީޚް: 02 ރަމަޟާން 1435
ޖޫން 2014
30
06 ޖުލައި
2014
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2014/5783(J
(
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 24 ޖޫން 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ،
ދިއިރާa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2{14/HC-A/175
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
އއ،
ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5783(J
(
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ގދ. ގައްދޫ | ފިޔާތޮށިގެ، އަޙްމަދު ޙަސަން
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A043839)އެވެ.
ހަގަކުރެވުނު ނުކުތާ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5783(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ، ގދ. ގައްދޫ | ފިޔާތޮށިގެ އަހްމަދު ޙަސަންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ
މައްސަލައަކާ ގުޅިގެން، މިވަގުތު މީނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭފަދަ ސަބަބެއް އޮތް ކަމަށް
ނުފެންނާތީ ކަމަށްބުނެ އަޙްމަދު ޙަސަން ޝަރުތުކޮށް، 2014 ޖޫން 24 ދުވަހު ބަންދުން ދޫކޮށްލުމަށް
ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެން އޮވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5783(J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށް
މަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅާފައިވާ؟
މިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/175
، ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5783(J
(
MD-145 ކޯޓު
އަމުރުގައި އަޙްމަދު ހަސަންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން،
މިވަގުތު އަޙްމަދު ޙަސަން ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުފެންނާތީ، އަޙްމަދު ޙަސަން
ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް 2014 ޖޫން 24 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި
12 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް
ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހަޅާފައިވާ
ނެކެޗއިވާ"
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ށ) ގައި "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 33:SC
-
A;2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް،
ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި ނިންމަވާފައިވާކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/5783(J
(
MD-145 ކޯޓު އަމުރު، އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2014/HC-A/175
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ
xތ ﷲހ2
އެޗުކަމަށް
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2014/5783(J
(
MD-145 ކޯޓު އަމުރަކީ، ގދ.ގައްދޫ ފިޔާތޮށިގެ އަޙްމަދު ޙަސަން ދިރިއުޅޭ ކޮޓަރި
2014 މެއި 08 ވަނަ ދުވަހު ފުލުހުން ޗެކު ކުރަމުން ދަނިކޮށް އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގައި ހުރި
ސްޕީކަރ ޖޯޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓް
ފެނިފައިވުމާއެކު އަޙްމަދު ޙަސަން 2014 ޖޫން 25 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް
ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ގުޅިގެން މިވަގުތު މީނާ އިތުރަށް ބަންދުގައި
ބަހައްޓަންޖެހޭ ފަދަ ސަބަބައެއް
ކަމަށް ނުފެންނާތީ، 2014 ޖޫން 24 ދުވަހުން ފެށިގެން 02
މަސްދުވަހުގެ މުއްދަތަށް މާލޭ ސިޓީން ބޭރަށް ދާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމަކުން
ހުށަހެޅުމަށާއި އަދި އުޅޭ އެޑްރެސް ބަދަލު ވެއްޖެނަމަ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ޝަރުތުކޮށް 2014 ޖޫން 24 ދުވަހުގެ 15:50 ގައި އަޙްމަދު ޙަސަން ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ
އަމުރެއްކަން އެނގެން އޮންނަކަމާއި، އެއަމުރު
ނެރުއްވާފައިވަނީ، އަޙްމަދު ޙަސަންގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ މައްސަލާގައި އޭނާގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް
ފެންނާތީ އަޙްމަދު ޙަސަން 2014 ޖޫން 25 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި
ބެހެއްޓުމުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 112473/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން ކަން އެނގެން އޮވެއެވެ.
2
0
2 ހއ
އެންގުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{14/HC-A/175
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) ދެވަނަ ކަމަކީ: މައްސަލައެއް ތަޙްޤީޤުކުރެވުމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުހަލާގައިވެސް، ތުހުމަތުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލަކީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުން ކުރެ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯ
ފަނޑިޔާރު ބެލުންކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭ ކަމާއި
Puc
0
<< O
އަދި މީހަކު ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި
އެޙާދިސާ ތަޙްޤީޤުކުރުމުގައި ގޮންޖެހުންތައް ހުރި މިންވަރަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި،
ކުށުގެ ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑު މިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، ޝައްކުކުރެވޭ
މީހާ ފިލާފާނެ ކަމުގެ ބިރުއޮތް މިންވަރަށާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތް މިންވަރަށް
ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަންވެސް އެގެއެވެ.
(ނ) ތިންވަނަ ކަމަކީ: އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ މައްސަލާގައި ކަންހިނގާފައިވާ
ގޮތަށް ބަލާއިރު ، އަޙްމަދު ޙަސަން މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލާގައި އަޙްމަދު ޙަސަން އެންމެ
ފުރަތަމަ ބަންދު ކުރެވިފައިވަނީ 2014 މެއި 08 ދުވަހު ގައި ކަމާއި، އަޙްމަދު ޙަސަންގެ ބަންދުގެ
ދިވިހިރާއްޖޭގެ
ޢާއިއާޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/175
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
42 0
ec ec
މުއްދަތު އިތުރު ކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން 2014 ޖޫން 24 ގައި
ހުށަހެޅިއިރު، އަޙްމަދު ޙަސަންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލާގައި އަޙްމަދު ޙަސަން
47(ސާޅީސް ހަތެއް) ދުވަސް ވަންދެން ބަންދުގައި ބެހެއްޓިފައިވާ ކަމާއި، މިމައްސަލާގައި އަޙްމަދު ޙަސަން
އިތުރަށް ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވާ ސަބަބަކީ
މިމައްސަލައިގައި އަޙްމަދު ޙަސަން ދިރިއުޅޭ ކޮޓަރި ތެރެއިން ފެނުނު ތަކެތި ތަޚްލީލު ކުރެވި އޭގެ ނަތީޖާ
ލިބިފައި ނުވުމުގެ ސަބަބުން ތަޙްޤީޤު ފުރިހަމަ ވެފައިނުވާތީ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްލީލުކުރާ މެޝިންގައި މައްސަލަ ޖެހިފައި ހުރުމުގެ ސަބަބުން ތަހުލީލުގެ ނަތީޖާ ލިބޭނޭ ވަކި
މުއްދަތެއް ބަޔާންކުރެވިފައި ނުވާކަން ފާހަގަކުރެވޭ ކަމާއި،
އަޙްމަދު ޙަސަންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައާއި ގުޅޭ ގޮތުން މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ލިބިފައިވާ ހެކި ނުވަތަ ޤަރީނާތަކަކީ، އަޙްމަދު ޙަސަން ދިރިއުޅޭ ކޮޓަރި ތެރޭގައި
ހުރި ސްޕީކަރެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއް) ހުރި 20 ރަޕަރު ޕެކެޓާއި
ސީންއަށް ދިޔަ ފުލުހުން ބުނާބުނުން ކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 112473/MF
ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން އެނގެން އޮންނަކަމާއި، މިމައްސަލާގައި އަޙްމަދު
ޙަސަންގެ ފަރާތުން ނަގަންޖެހޭ ތަޙްޤީޤު ބަޔާންތައް ނެގިފައިވާ ކަމަށާއި އަދި މިމައްސަލާގައި ފެނުނު ތަކެތި
ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި މިމައްސަލާގައި ހެކިބަސް ދޭން ތިބީ ފުލުހުން ކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިޤާޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު އަޙްމަދު
ޙަސަންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައަށް އަޙްމަދު ޙަސަންގެ ކިބައިން ނުފޫޒު ފޯރުވުމުގެ
އިޚްތިމާލެއް ނެތްކަމަށް
މަށް ޤަބޫލުކުރެވެއެވެ.
02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/175
2 20
(ށ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންތާޏެ"
އިވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 33;SC
-
A;2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް،
ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި ނިންމަވާފައިވާކަމަށް ބުނެ
އިސްތިއުނާފު ކުރާފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
42 0 /
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) ގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން
ކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި،
ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށާއި، އަދި އެއީ
މުޢްލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަމަށާއި، އެކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި
ހިމެނޭ ކުށެއްކަމަށް ފާހަގަ ކުރައްވާފައިވާކަން އެނގެން އޮންނަކަމާއި
އިސްވެ ހަވާލާދެވުނު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011
ޤަޟިއްޔާއަށް ބަލާއިރު އެ ޟިއްޔާއަކީ ކުށެއްގެ ތުހުމަތުގައި ބަންދުގައި ބެހެއްޓުމަށް ކޯޓުން
އަމުރުކޮށްފައިވަނިކޮށް އެތުހުމަތު ކުރެވުނު މައްސަލައިގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ޝަރީޢަތަށް ހުށަހެޅިފަހުން އޭނާ ދޫކޮށްލުމަށް ކުރައްވާފައިވާ އަމުރެއް އިސްތިއުނާފު ކުރުމަށް އެދި
ދައުލަތުން ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއް ކަމާއި،
އެހެންނަމަވެސް މިޟިއްޔާގެ ދަށުން އިސްތިއުނާފު މިކުރެވޭ މައްސަލައަކީ އަދި ތަހްޤީޤް
މަރުހަލާ ފުރިހަމަވެފައިނުވާ މައްސަލައެއްކަމާއި، މިމައްސަލައިގައި އަޙްމަދު ޙަސަންގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށްވީނަމަވެސް މިމައްސަލައިގައި އަޙްމަދު
ޙަސަން މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ބެލުމުގެ ދަށުގައި ހައްޔަރުގައި ހުންނަތާ ދިގު މުއްދަތެއް
ވެފައިވާއިރުވެސް، އަޙްމަދު ޙަސަން ދިރިއުޅޭ ކޮޓަރިން ފެނުނު ކަމަށް ބުނާ ތަކެއްޗަކީ މަސްތުވާތަކެތިކަން
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2{014/HC-A/175
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިހާތަނަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަހްޤީގަށް ޔަޤީން ކުރެވިފައިވާ ނުވާކަމަށް ފުލުހުންގެ
ފަރާތުން ބުނެފައިވާކަމާއި، އަދި މިމައްސަލައަކީ ތަޙްޤީޤް ނިމޭނެ ދުވަހެއް އެނގެންނެތް މައްސަލައެއްކަމާއި،
އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެނަންގަނެވުނު ޤަޟިއްޔާއާއި މިކޯޓުން ބަލަމުންދާ
މިޤަޟިއްޔާއަކީ ތަފާތު ތަކެއް ހުރި އެއްގޮތް ނޫން ދެމައްސަލަކަން އެނގެއެވެ.
ވީމާ އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު
2014/5783(J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ވަނީ ޤަބޫލުކުރެވިފައެވެ.
މިރުމާއެކު ކްރިމިނަލް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު
ކޯޓުގެ ނަންބަރު 2014/5783(JMD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ
ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv