ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/01 ޤަޟިއްޔާގެ ޙުކުމް
www.highcourt gov.myentos
1
2{11/HC-A/01
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ޤަޟިއްޔާ ނަންބަރ: 01/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ސިވިލްސަރވިސްކޮމިޝަން ދާއިމީ އެޑްރެސް: ހ.ވެލާނާގެ
އައިޑީ ކާޑު ނަންބަރ:
މިހާރުގެ އެޑްރެސް: ވެލާނާ ބިލްޑިންގ
•އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުއްރަޝީދުޢަބްދުލްޤާދިރު * ދާއިމީ އެޑްރެސް: އިރަމާގެ ނ.މަނަދޫ
އައިޑީ ކާޑުނަންބަރު: A074538 މިހާރުގެ އެޑްރެސް: އިރަމާގެނ.މަނަދޫ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޑިސެމްބަރ 2010 * ނިމުނު ތާރީޚް: 27 މެއި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/105
ހުށަހެޅި ތާރީޚް: 04 އޭޕްރީލް 2010 ނިމުނު ތާރީޚް: 28 ޖޫން 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު އިސްފަނޑިޔާރު: އަޙްމަދު ޝަރީފު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާ ދިވެ.
އިރާތު 4
25329، ފެކްސް 1
331647
އީމެއިލް [email protected]"
*
ދިވެހިރާއްa
މައިކްa
2
2011/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/105 މައްސަލަ ނިންމަވާފައިވާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނު ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ، ނ.މަނަދޫ! އިރާމާގެ، ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު (އައި.ޑީ.ކާޑް
ނަންބަރު: A074538) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
-01
މިއީ،
ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/105 މައްސަލަ
ނިންމަވާފައިވާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނު ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ، ނ.މަނަދޫއިރާމާގެ، ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު (އައި.ޑީ.ކާޑް
ނަންބަރު: A074538) އެވެ.
02- ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/105 މައްސަލަ ނިންމި ގޮތުގެ
ރިޕޯޓަށް ބެލިއިރު އެމައްސަލައަކީ، ނ.މަނަދޫއިރާމާގެ، ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު (އައި.ޑީ.ކާޑް ނަންބަރު:
A074538) ނ.މަނަދޫ އޮފީހުގެ ވޮޗަރެއްގެ މަޤާމުގައި 02 އަހަރާއި 11 މަހާއި 17 ދުވަހު އުޅެފައި
ވަނިކޮށް، ސިވިލް ސާރވިސްގެ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު އަދާކުރަމުންދިޔަ
މަސައްކަތް ނުވަތަ މަސައްކަތުން ބައެއްވިޔަސް އުވިދިޔުމަކާނުލައި، އަދި ވަޒީފާ އަދާކުރަމުން ގެންދިޔަ އޮފީސް
ނުވަތަ އޮފީހުން ބައެއްވިޔަސް އުވިދިޔުމަކާނުލައި، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ހުށަހެޅި ހުށަހެޅުމެއްގެ
މައްޗަށް ބިނާކޮށް ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު ވަޒީފާއިން ވަކިކުރުމަށްފަހު އޭނާ ކުރަމުން ގެންދިޔަ
މަސައްކަތް އެހެން ފަރާތަކާއި ޙަވާލު ކުރުމުން، އެ ޙަވާލު ކުރި ކުރުމަކީ ސިވިލް ސާރވިސް ޤާނޫނާޤިއްޖޭގެ
S
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2011/HC-A/31
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަވާޢިދާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށްބުނެ، އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާގައި އެވަޤުތު ލިބެމުންދިޔަ
މުސާރައާއި ޢިނާޔަތްތަކާ އެއްފެންވަރުގެ މުސާރައާއި އިނާޔަތްތައް ލިބޭ ސިވިލް ސާރވިސްގެ އެހެން
އިދާރާއަކުން ހަމަޖައްސައި ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމަށްފަހު އަނބުރާ ވަޒީފާ ދިނުމާ ދެމެދު ހިނގާ
ދުވަސްތަކަށް އޭނާ ކުރިންހުރި މަޤާމުގައި ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކުން ލިބެންޖެހޭ މިންވަރު ހޯދަވައި
ދެއްވުން އެދި ސިވިލް ސާރވިސް ކޮމިޝަނުގެ މައްޗަށް ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވާ
މައްސަލައެއްކަން އެނގެން
ނގެން އޮންނަކަމާއި،
އެމައްސަލަ ނިންމަވާފައިވާ ގޮތަށް ބަލާއިރު، "...މައްސަލަ ހުށަހެޅި ޢަބްދުއްރަޝީދު
ޢަބްދުލްޤާދިރު، ނ،މަނަދޫ އޮފީހުގެ ވޮޗަރެއްގެ މަޤާމުން 11 މާރޗް 2010 ގައި ވަކިކޮށްފައިވަނީ،
1 ޖެނުއަރީ 2010 އިން ފެށިގެން މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ ދާއިރާގައިވާ އޮފީސްތަކުގެ ސެކިއުރިޓީ
ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސް ކުރުމަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން، އެމަޤާމު މިނިސްޓްރީ
އޮފް ހޯމްއެފެއާރޓްގެ ދާއިރާއިން އުވާލައި، ސިވިލް ސާރވިސް ކޮމިޝަނުން އެއިރު ޢަމަލު ކުރަމުންދިޔަ ދިވެހި
ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެ 4 ވަނަ ބައިގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން
މައްސަލަ ހުށަހެޅި ޢަބްދުއްރަޝީދު ޢަބްދުވްޤާދިރަށް އަދާކުރެވޭފަދަ ވަޒީފާއެއް ނ.މަނަދޫ އޮފީހުގައި ނެތުމުން،
ސިވިލް ސާރވިސް ކޮމިޝަންގެ ނަންބަރު 2009/10 (4 މެއި 2009) ސަރކިއުލަރ ގައިވާ ގޮތުގެ މަތީން
ދޭންޖެހިފައިވާ ޢިނާޔަތް ދިނުމަށް ފަހުގައި ކަމަށް މައްސަލަ ރައްދުވާ ސިވިލް ސާރވިސް ކޮމިޝަނުން
ބުނިނަމަވެސް، ދިވެހި ސިވިލް ސާރވިސްގެ ދާއިމީ މުވައްޒަފަކު ހުރި މަޤާމު އުވިގެން އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން އެމުވައްޒަފަކަށް އަދާ ކުރެވިދާނޭ އެހެން ވަޒީފާއެއް އޮފީހުގައި އޮތްތޯބަލައި،
އެފަދަ ވަޒީފާއެއް އޮތްނަމަ އެ ވަޒީފާއަކަށް ބަދަލުކޮށްދޭން ވާނެކަމަށް ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު
(މާރޗް 2008 ) ގެ 4 ވަނަ ބައިގެ 48 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، މައްސަލަ ހުށަހެޅި
ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެފަދަ ވަޒީފާއެއް އޮތްތޯ ބެލިކަން މައްސަލަ
ރައްދުވާ ސިވިލް ސަރވިސް ކޮމިޝަނުން ސާބިތު ކޮށްދީފައި ނުވާތީ، މައްސަލަ ހުށަހެޅި ޢަބްދުއްރަޝިމާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/01
ޢަބްދުލްޤްދިރު ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސާރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސާރވިސްގެ
ޤަވާޢިދު (މާރޗް 2008) އާއި ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ދިވެހި
ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގައި ދާއިމީ މުވައްޒަފަކު ހުރި މަޤާމު އުވާލެވޭ ޙާލަތުގައި
ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލު ކުރަންޖެހޭ އުޞޫލުން ޢަބްދުއްރަޝީދު ޢަބްދުލްޤްދިރު
އިރަމާގެ/ނ.މަނަދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A074538) އާއި މެދު ޢަމަލުކުރުމަށް
މައްސަލަ ރައްދުވާ ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ އަމުރު ކުރަމެވެ." މިފަދައިންކަން އެރިޕޯޓުން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
-03
އިސްވެ
އިކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ
ނަންބަރު:2010/VTR/105 މައްސަލަ ނިންމެވުމުން އެ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެނުކުތާއަކީ ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެ 4 ވަނަ ބައިގެ
48 ވަނަ މާއްދާގައި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކުހުރި މަޤާމެއް އުވިއްޖެ ޙާލަތެއްގައި އެ
އޮފީހެއްގައި އެފަދަ މަޤާމެއް އޮތްތޯ ބަލައި، އެ މުވައްޒަފަކަށް އަދާކުރެވޭނެ ވަޒީފާއެއް ނެތިއްޖެ ޙާލަތެއްގައި،
ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރެވޭނެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވީހިނދު، އެގޮތުގެމަތީން
ވޮޗަރުންގެ މަޤާމު އުވާލުމާއި ގުޅިގެން ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން ހޯމް
މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އެފަދަ މަޤާމެއް ނ.އަތޮޅު އޮފީހުގައި އޮތްތޯ ބައްލަވައި، ސިވިލް
ސަރވިސް ކޮމިޝަނުން މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު އޮފީހުގެ އޮނިގަޑުގައި ޢަބްދުއްރަޝީދު
ޢަބްދުލްޤާދިރަށް އަދާކުރެވޭނެ މަޤާމެއް އޮތްތޯ ބައްލަވައި އެފަދަ މަޤާމެއް ނެތުމުން ވަޒީފާއިން ވަކިކުރުމުގެ
ކުރިން ދޭންޖެހޭ ނޯޓިސްދީ ވަކިކުރެވިފައިވާކަން ސާބިތު ކޮށްދެވިފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިޔުނަމުން
އި
1
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
+
5
2{11/HC-A/01
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OX
042
ނިންމި ނިންމުމަކީ އެއްވެސް އަސާސެއްގެ މައްޗަށް
ބިނާކޮށް
ނިންމާފައިވާ ނިންމު
ނޫންކަމަށް
ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2016/VTR/105 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2016/VTR/105 މައްސަލަ
އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއި،
އެނުކުތާއަކީ، ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެ 4 ވަނަ ބައިގެ 48 ވަނަ މާއްދާގައި
ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކުހުރި މަޤާމެއް އުވިއްޖެ ޙާލަތެއްގައި އެ އޮފީހެއްގައި އެފަދަ މަޤާމެއް
އޮތްތޯބަލައި، އެ މުވައްޒަފަކަށް އަދާކުރެވޭނެ ވަޒީފާއެއް ނެތިއްޖެ ޙާލަތެއްގައި، ނޯޓިސް ދިނުމަށްފަހު ވަޒީފާއިން
ވަކިކުރެވޭނެކަން ބަޔާންކޮށްފައި ވީހިނދު، އަދި ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ނ.އަތޮޅު އޮފީހުގެ އޮނިގަނޑު ބަލާ، ޢަބްދުއްރަޝީދު ޢަބްދުލްޤާދިރަށް އަދާކުރެވޭވަރުގެ މަޤާމެއް އޮތްތޯ
ބަލާފައިވާކަން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސާބިތުކޮށްދީފައިވާއިރު،
އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވަނީކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާކަން އެނގެން
އޮންނާތީ، އެނުކުތާއަށް ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން
ބެލިބެލުމުން،
ޢަބްދުއްރަޝީދު ޢަބްދުލްޤާދިރަކީ ނ.މަނަދޫ އޮފީހުގައި ވެޗަރެއްގެ މަޤާމު އަދާކުރަމުން
ގެންދިޔަ، ޤާނޫނު ނަންބަރު: 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގެ
(1) ވަނަ ނަންބަރުގައާއި، ދިވެހި ސިވިލް ސަރވިސްގެ ގަވައިދު (މާރޗް 2008) 04 ވަނަ ބައިގެ ދެވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުޒު
އީމެއިލް: s
@
jhig birt.gov.mvވެޖިފެން
ފޯން: 29}}3325 ، ފެކްސް 1
331647
އިޓް
www.highcourt.gov.my en
6
2011/HC-A/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
9
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ގިންތި 1 ގޮތުގައި ހިމެނޭ ދާއިމީ މުވައްޒަފެއް
ކަމާމެދަކު އެއްވެސް ފަރާތެއްގެ ދެބަސްވުމެއް ނެތްކަން ފާހަގަކުރެވޭކަމާއި،
ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެ 4 ވަނަ ބައިގެ 48 ވަނަ
މާއްދާގައި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ހުރި މަޤާމު އުވިއްޖެނަމަ، އެމީހަކަށް
އަދާކުރެވިދާނެ އެހެން ވަޒީފާއެއް އޮފީހުގައި އޮތްތޯ ބަލައި، އެމީހަކަށް އަދާކުރެވޭވަރުގެ ވަޒީފާއެއް އޮތްނަމަ،
އެވަޒީފާއަކަށް ބަދަލު ކޮށްދޭންވާނެކަމަށާއި، ބަދަލުކޮށްދޭނެ މަޤާމެއް ނެތިގެން ދާއިމީ މުވައްޒަފަކު ވަޒީފާއިން
ވަކިކުރަން ޖެހިއްޖެނަމަ، ވަކިކުރާނެ ގޮތް އެމާއްދާގެ (ހ)، (ނ)، (ނ) ގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން
ސަރުކާރުގެ ޚިދުމަތުގައި 3 އަހަރު ހަމަނުވާ މުވައްޒަފެއްކަމުގައިވާނަމަ، 1 މަސް ދުވަހުގެ ނޯޓިސް ދިނުމަށާއި،
ސަރުކާރުގެ ޚިދުމަތުގައި 3 އަހަރު ވެ، 6 އަހަރު ހަމަނުވާ މުވައްޒަފެއް ކަމުގައިވާނަމަ 2 މަސް ދުވަހުގެ
ނޯޓިސް ދިނުމަށާއި، ސަރުކާރުގެ ޚިދުމަތުގައި 6 އަހަރު ވެފައިވާ މުވައްޒަފެއް ކަމުގައިވާނަމަ 3 މަސް
ދުވަހުގެ ނޯޓިސް ދިނުމަށް އެމާއްދާގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޙަވާލާދެވުނު ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެ 4 ވަނަ ބައިގެ
48 ވަނަ މާއްދާއަށް ބަލާއިރު، ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ހުރި މަޤާމު އުވިއްޖެނަމަ، އެންމެ
ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެމީހަކަށް އަދާކުރެވިދާނެ އެހެން ވަޒީފާއެއް އޮފީހުގައި އޮތްތޯ ބަލައި، އެމީހަކަށް
ވަޒީފާއެއް އޮތްނަމަ، އެވަޒީފާއަކަށް ބަދަލުކޮށްދިނުންކަމާއި، އެކަން އެގޮތަށް ކުރެވެން ނެތްނަމަ
ދެވަނައަށް ކުރަންޖެހޭކަމަކީ، 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެމުވައްޒަފަށް ނޯޓިސް ދިނުންކަން އެނގެން
އޮތްއިރު، ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެކޮމިޝަނުގެ
ނަންބަރު 2009
/
309/CSC(35) "ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދެއްވި ޗިޓު" ގައިވާގޮތުން
ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން 22 ނޮވެމްބަރ 2009 އިން ފެށިގެން 03
(ތިނެއް) މަސް ދުވަހުގެ ނޯޓިސް ދީފައިވާކަން އެނގޭކަމާއި، މިކަމާއި ދެފަރާތުންވެސް އެއްބަސްވާކަމާއި،
429 437
އަދާކުރެވޭވަރުގެ
އައިކޯޓް
33254429، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު
އީމެއިލް: [email protected] ދިވެހީ3
www.highcourt.gov.my
7
2011/HC-A/01
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20x
34
ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު އޭނާގެ ފަރާތުން މެދުވެރިކުރުވި ސަބަބަކާނުލައި، އަދި އެއާ ޚިލާފަށް ވަގީއްޖޭގެ ހައި"
ނަމަވެސް އިސްވެ މިޙަވާލާދެވުނު 48 ވަނަ މާއްދާގައި، ސިވިލް ސަރވިސްގެ ދާއިމީ
މުވައްޒަފަކު ހުރި މަޤާމު އުވިއްޖެނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭނެކަމަށް ބުނެފައިވާ، އެމީހަކަށް
އަދާކުރެވިދާނެ އެހެން ވަޒީފާއެއް އޮފީހުގައި އޮތްތޯ ބަލައި، އެމީހަކަށް އަދާކުރެވޭވަރުގެ ވަޒީފާއެއް އޮތްނަމަ،
އެވަޒީފާއަކަށް ބަދަލުކޮށްދިނުން، މިކަން އެމާއްދާގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތީން ކޮށްފައިވާ ކަމާމެދު ދެފަރާތުގެ
ދެމެދުގައި ޚިލާފު އުފެދިފައިވާކަމާއި، މިގޮތުން ޢަބްދުއްރަޝީދު ޢަބްދުލްޤާދިރަށް ނޯޓިސް ދިނުމުގެ ކުރީން،
ޙަވާލާ ދެވުނު 48 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އޭނާއަށް އަދާކުރެވިދާނެ އެހެން ވަޒީފާއެއް
ބަލާފައިވާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާއިރު، އެކަމާއި ޢަބްދުއްރަޝީދު
ޢަބްދުލްޤާދިރުގެ ފަރާތުން އިންކާރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަލާއިރު، އެމީހަކު އިޚްތިޔާރުކުރާ
ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ
ޙައްޤެއްކަން އެނގޭކަމާއި،
ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި، "ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި
ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ
އުޞޫލުތަކަށް ރިޢާޔަތްކޮށް އެއުޞޫލުތައް ނަގަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ
ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، 69 ވަނަ މާއްދާގައި،
މިޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ
ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް
ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ
ތަރުޖަމާކޮށްގެނެއް ނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނާތީ، ސިވިލް ސަރވިސްގައި
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
www.highcourt.gov.my evil
8
2011/HC-A/31
ދިން ފަރާތުގެ ސަބަބަކާހެދި ވަޒީފާއިން ވަކިކުރަންޖެހިއްޖެ ޙާލަތެއްގައި، އެމުވައްޒަފަކަށް ޤާނޫނުއަސާސީން
ކަށަވަރު ކޮށްދީފައިވާ ވަޒީފާ އަދާކުރުމުގެ ޙައްޤު އިމާޔަތްކޮށްދެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި
ޙިމާޔަތްކޮށްދެވޭތޯ ބެލުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށްޓަކައި،
ކޮންމެހެން ކުރަންޖެހޭކަމެއްކަމަން ޝަރީޢަތަށް ފާހަގަކުރެވޭއިރު،
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) އަށް ބަލާއިރު،
ޤާނޫނު މާނަކުރުމުގައި، ޙައްލު ހޯދައިދިނުމުގެ އުޞޫލު ބޭނުންކުރަނީ، އެ ޤާނޫނުން ޙައްލު ހޯދައިދިން
މައްސަލަ، އޭގެ ރަނގަޅު މުޙައްލުގައި، އަލަށް ދިމާވަމުން އަންނަ ކަންކަމަށާއި ޙާލަތްތަކުގެ މައްޗަށް
ހިނގާނޭހެން، އެ ޤާނޫނެއް ތަންފީޛުކުރަމުން ދިޔުމަށްކަން އެނގޭކަމާއި،
އަދި ޤާނޫނުތައް މާނަކުރުމުގައި، ޙައްލު ހޯދައިދިނުމުގެ އުޞޫލު ބޭނުންކުރުމުގައި، އެ ޤާނޫނެއް
ތަޢާރަފުކުރުމުގެ ކުރިން ޙާލަތު އޮތް ގޮތެއްގެ މައްޗަށާއި، އެ ޤާނޫނު ތަޢާރަފުކުރި ބޭނުމަކަށާއި، އެބޭނުން
ޙާޞިލް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެކަށައަޅާފައިވާ ޙައްލުތަކަށާއި، އެ ޙައްލުތަކުގެ ޙަޤީޤީ
މަޤްޞަދަށް ރިޢާޔަތްކުރަން ވާނެކަން، އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފ3 4 ·
ﷲކނޮޅައެވެ
مرا لے کر
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު
ފެން (12)3325، ފެކްސް 1
331647
އީމެއިލް: info
/
highcourt.gov.mv
(ރ) ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސަށް އެޑްރެސްކޮށް، މިނިސްޓްރީ އޮފް
ފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ ފޮނުވާފައިވާ އެމިނިސްޓްރީގެ ނަންބަރު 188
/
2010
/
460/C-10
(25 އޭޕްރީލް 2010) ގެ ސިޓީއަށް ބަލާއިރު، "އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތަކުގެ ސެކިއުރިޓީ
މިއަހަރުން ފެށިގެން އައުޓްސޯސްކޮށް ބަލަހައްޓާގޮތަށް ސަރުކާރުން ހަމަޖެއްސުމާގުޅިގެން
ޗަރުންގެ މަޤާމުގައި ތިބި މުވައްޒަފުންނަށް ނޯޓިސްދީ ވަޒީފާއިން ވަކިކުރެއްވިއިރު އެފެންވަރުގެ ވަޒީފާއެއް މި
މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކުގައި ހުސްކޮށް ނެތުމާއެކު، ވަޒީފާއިން ވަކިކުރި ވޮޗަރުންނަށް
މިނިސްޓްރީގެ ދާއިރާގެ އެހެން މަޤާމެއް ހަމަޖެއްސޭނެ ގޮތެއްނުވިއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން
ބެލެހެއްޓުވާ
)
ދިވެހިރާއްޖެގެ
އެނގެން އޮތްއިރު،
9
2011/HC-A/31
ޘާޝިބިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 2 2 4 8 2
ބަދަހިތަރިހީ2
در کره
Box
ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެ 4 ވަނަ ބައިގެ 48 ވަނަ
މާއްދާގައި، "ސިވިލް ސަރިވިސްގެ ދާއިމީ މުވައްޒަފަކުހުރި މަޤާމު އުވިއްޖެނަމަ، އެމީހަކަށް އަދާކުރެވިދާނެ
އެހެން ވަޒީފާއެއް އޮފީހުގައި އޮތްތޯ ބަލައި، އެމީހަކަށް އަދާކުރެވޭވަރުގެ ވަޒީފާއެއް އޮތްނަމަ، އެވަޒީފާއަކަށް
ބަދަލުކޮށްދޭން ވާނެއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ޙަވާލާ ދެވިފައިވާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ސިޓީގައިވާ ޢިބާރާތަށްބަލާއިރު، އަތޮޅު
އޮފީސްތަކާއި ރަށު އޮފީސްތަކުގެ ސެކިއުރިޓީ، އައުޓް ސޯސް ކޮށްގެން
ސަރުކާރުން
ހަމަޖެއްސުމާ ގުޅިގެން ވޮޗަރުންގެ މަޤާމުގައިތިބި މުވައްޒަފުންނަށް އެމިނިސްޓީރީގެ ދާއިރާތަކުން ވަޒީފާއެއް
ހަމަޖައްސައިދެވޭތޯ ބެލިނަމަ ބަލާފައިވަނީ ވޮޗަރުންނާ އެއްފެންވަރެއްގެ މަޤާމެއް އެމިނިސްޓްރީގެ ދާއިރާއެއްގައި
އޮތްތޯކަމާއި، ނަމަވެސް ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެޙަވާލާ ދެވުނު މާއްދާއިން
ލާޒިމްކޮށްފައިވަނީ، އެފެންވަރުގެ މަޤާމެއް އޮތްތޯ ބެލުން ނޫންކަމާއި، އެމާއްދާއިން ލާޒިމް ކޮށްފައިވަނީ،
ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކުހުރި މަޤާމު އުވިއްޖެނަމަ، އެމަޤާމުގައި ހުރި މުވައްޒަފަށް
އަދާކުރެވިދާނެ އެހެން ވަޒީފާއެއް އޮފީހުގައި އޮތްތޯ ބަލައި، އެމީހަކަށް އަދާކުރެވޭވަރުގެ ވަޒީފާއެއް އޮތްނަމަ،
އެވަޒީފާއަކަށް ބަދަލުކޮށްދިނުންކަން އެމާއްދާގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގޭކަމާއި، މުވައްޒަފު
އަދާކުރަމުންދިޔަ ވަޒީފާއާއި އެއްފެންވަރުގެ މަޤާމެއް ހުސްކޮށް އޮތްތޯ ބެލުމާއި، އެމުއްވައްޒަފަށް އަދާކުރެވިދާނެ
އެހެން ވަޒީފާއެއް ހުސްކޮށް އޮތްތޯ ބެލުމާއި، މިއީ މުޅިން ތަފާތު ދެކަމެއްކަމާއި، އެގޮތުން މުވައްޒަފު
އަދާކުރަމުންދިޔަ ވަޒީފާއާއި އެއްފެންވަރެއްގެ ވަޒީފާއެއް އޮތްތޯ ބަލާބެލުމުގައި ބޮޑަށް ބެލިގެންދާނީ މުވައްޒަފު
އޭރު އަދާކުރަމުންދިޔަ ވަޒީފާއާއި ޝަރުތުގެ ގޮތުން އެއްގޮތް އެހެން ވަޒީފާއެއް ހުސްކޮށް އޮތްތޯކަމާއި،
ނަމަވެސް އެމުވައްޒަފަށް އަދާކުރެވިދާނެ އެހެން ވަޒީފާއެއް އޮތްތޯ ބަލާނަމަ، އެމަވައްޒަފު ކުރިން
އަދާކުރަމުންދިޔަ ވަޒީފާގެ ޝަރުޠުތަކާއި ގާތްކުރާ، ތަޢުލީމާ ހުނަރުގެ ގޮތުން އެމީހެއްގެ ޤާބިލުކަމަށާއި،
ޞިއްޙަތަށާއި، ހަށިގަޑުގެ ބާރުވެރިކަމަށް ބުރަވެވޭނެކަމާއި،
xޖ2 ހދ
20x
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 26029ގެ 331471
އީމެއިލް [email protected] ވެބް :
Www Luig hiccart.gmyno
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/31
ޢަބްދުއްރަޝީދު ޢަބްދުލްޤްދިރު ވަޒީފާއިން ވަކިކުރިއިރު، މިނިސްރީ އޮފް ހޯމްއެފެއާޒުގެ
ދާއިރާތަކުގައި ދޯނި ފަޅުވެރިންގެ މަޤާމާއި، ފޯމަން ކަމުގެ މަޤާމާއި، މަސައްކަތު މީހުންގެ މަޤާމުތައް
ކޮންމެވެސް ވަރަކަށް ހުސްކޮށް ހުރިކަން ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/105 މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓުގެ 17 ވަނަ ޞަފްޙާގެ 1.26 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާކަން އެނގޭކަމާއި،
ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދިނުމުގެ ކުރިން، ޙަވާލާ
ދެވުނު މާއްދާއާއި އެއްގޮތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުންވެސް އަދި ނ.އަތޮޅު އޮފީހުންވެސް ޢަމަލު
ކޮށްފައި ނުވާކަން އެނގޭކަމާއި، އަދި އެމާއްދާއާއި އެއްގޮތަށް އެ އިދާރާތަކުން ޢަމަލު ކޮށްފައިވޭތޯ ސިވިލް
ސަރވިސް ކޮމިޝަނުންވެސް ބަލާފައި ނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/105 މައްސަލަ އިސްތިއުނާފު
ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެމައްސަލާގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ
ސަބަބެއް އޮތްކަމަކަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/105 މައްސަލާގައި ނިންމާފައިވާ
ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވޭނެ އެއްވެސް
ސަބަބެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނާތީ،
4
2 ބ 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11
2011/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:VTR2010:105 މައްސަލާގައި ނިންމާފައިވާ ނިންމުމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ
ޢަބްދުލްޣަނީ މުޙައްމަދު
އަޙްމަދު ޝަރީފް
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު)
(އިސް ފަނޑިޔާރު)
ފަނޑިޔާރު)
ޢަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv