ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/246 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/246
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
i
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
:ޟިއްޔާ ނިމުނުގޮތުގެ ޚުލާ
• ޤަޟިއްޔާ ނަންބަރ 246/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުﷲ އުނައިސް
* އައި.ޑީ.ކާޑް ނަންބަރ: A295016
* ދާއިމީ އެޑްރެސް:ރައިޙާނުގެ / ސ.ފޭދޫ
މިހާރުގެ އެޑްރެސް: ރައިޙާނުގެ ސ.ފޭދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ނަންބަރ:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: -
k
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ރަމަޟާން 1433
13 އޯގަސްޓް 2012
ނިމުނު ތާރީޚް: 27 ރަމަޟާން 1433
15 އޯގަސްޓް 2012
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2012/6457(J
(
MD-145
ނިންމިކޯޓް: ކްރިމިނަލް ކޯޓު
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް: 04 އޯގަސްޓް 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/246
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6457(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކުރުމަށް އެދި، ސ.ފޭދޫ / ރައިޙާނުގެ ޢަބްދުﷲ އުނައިސް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A295016) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
<
ކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6457(J
/
MD-145 ކޯޓުއަމުރު، އެކޯޓުން
ނެރެފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށް ބުނެ އެކޯޓު އަމުރު
އިސްތިއުނާފުކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މައްޗަށް | ރައިޙާނުގެ
ޢަބްދުﷲ އުނައިސް ފަރާތުން ހުށަހަޅާފައިވެއެވެ.
222
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6457(J
(
MD-145 ކޯޓުއަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 04 އޯގަސްޓް 2012 ވަނަ ދުވަހުގެ 15:00 އިން ފެށިގެން 15 ދުވަހުގެ
މުއްދަތަށް ޢަބްދުﷲ އުނައިސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް ކަމަށާއި، މިގޮތަށް ޢަބްދު
އުނައިސް ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ، "ފުލުހުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް
ބަލާއިރު މީނާގެ މައްޗަށް މިކަމުގައި ތުޙުމަތުކުރެވޭތީ، މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަމަށް" މިއަމުރަށް
ބެލުމުން އެނގެން އޮވެއެވެ.
3. ކްރިމިނަލްކޯޓުގެ ނަންބަރު 2012/6457(J
(
MD-145 ކޯޓުއަމުރު އިސްތިއުނާފު
ކުރުމަށް ސ.ފޭދޫ | ރައިޙާނުގެ ޢަބްދުﷲ އުނައިސްގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށައަޅާ
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި
ޑ&2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/246
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ހ) ފުރަތަމަ ނުކުތާއަކީ: ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ނ) ގެ (5) އާއި
ޚިލާފަށް، ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
(ށ) ދެވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް އެކަށީގެންވާ މިންވަރަށް
ރިޢާޔަތް ކުރެއްވުމެއްނެތި ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
2 20
(ނ) ތިންވަނަ ނުކުތާއަކީ: އެޑްމިނިސްޓްރޭޓިވް ލޯ ނުވަތަ އިދާރީ ޤާނޫނުގެ އުޞޫލުތަކާއި
ޚިލާފަށް އަމުރު ނެރުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/6457(J
(
MD-145 ކޯޓު އަމުރު ޢަބްދު
އުނައިސްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(4.1) ކުށެއްގެ ތުޙުމަތުގައިވާ މީހަކު ބަންދުކޮށްދިނުމަށް އެދި ހުށައަޅާ މައްސަލަތަކުގައި،
ކުށުގެ ތުޙުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ކުށެއްގެ
ތުޙުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުޙުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/246
2
24 ޑ ތ ލ0
سرورر ماده
ޖޭގެ ހައި
ނިމުނު ގޮތުގެ ރިޕޯޓް
ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، އެމީހެއްގެ ކިބައިގައި އިސްވެ ބަޔާންކޮށްފައިވާ ސަބަބުތަކުން
ސަބަބެއް އެމީހެއްގެ ކިބައިގައި ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު
ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަކަށް މީހަކު ބަންދުކުރުމުގައި، ތުޙުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
އެކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަން ކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ހަމައެކޯޓުގެ 33/SC
-
A/2011 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ
ނަންބަރުގެ (ނ) ގައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި އާއި އޭގެ ބޭނުން ކުރުމުގެ
ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢުއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި،
ނުރައްކާތެރިކަން ބޮޑުކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށާއި، އަދި އެއީ
މުތްލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަމާއި، އެކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި
ހިމެނޭ ކުށެއްކަމަށް ފާހަގަކުރައްވާފައިވާކަން އެނގެން އޮތުމުން، ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވިފައިވާ
މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުންގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި އެމީހަކު
ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ
ތަނެއްގައިކަމަށް މިމައްސަލަ ބަލާ ފަނޑިޔާރުންނަށް
ތަޙްޤީޤް މަރްޙަލާގެ
ދައްކާލުމުގެ
ه2 ހ2
ޤަބޫލުކުރެވޭކަމެއް
ބަނދިކަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/246
2 20
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މީހުންނާއި ޙުކުމް ތަންފީޒް ކުރުމުގައި އަރުވާލެވޭ މީހުންނާއި، ގޭބަންދުކުރާ މީހުންނާއި، ޖަލު
ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމުގެ އިޙްތިޞާސް ލިބިފައިވާ ފަރާތަކީ މިނިސްޓްރީ އޮފް ހޯމް
އެފެއާޒްއާއި އެމިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާތައްކަން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވައިދުގެ 12 ވަނަ
މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 4768 ޖީ ގެ 06 ވަނަ މާއްދާއަށް ބެލުމުންވެސް އެނގެން
އޮންނަކަމާއި، އެހެންކަމުން ބަންދުގައި ބަހައްޓަން ކޯޓުން ނެރޭ އަމުރުގައިވާ ގޮތުގެ މަތިން މިނިސްޓްރީ
އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަކީ ޤާނޫނީ ބާރުގެ ދަށުން ކުރެވޭ
ކަމެއްކަމަށް ބެލެވެން އޮތުމުން ސ.ފޭދޫ ! ރައިޙާނުގެ ޢަބްދުﷲ އުނައިސް ބަންދުކުރުމަށް އަމުރު
ކުރައްވާފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން އެނގެން އޮންނަކަން.
ވީމާ، 4 އޯގަސްޓް 2012 ވަނަ ދުވަހުގެ 16
:
00ގައި، ކްރިމިނަލް ކޯޓުން ނެރެފައިވާ
ނަންބަރު 2012/6457(JMD-145 އަމުރުން ސ.ފޭދޫ | ރައިޙާނުގެ ޢަބްދުﷲ އުނައިސް 15
ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ ޢަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ޚިލާފަށް ކުރައްވާފައިވާ އަމުރެ
އަމުރެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv