ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/04 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010-HC-A-04
سنت اوریم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 04/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުލްމުޢީދު ޙަސަން މމ.ޚާއްޞަދަފްތަރު 8754
އައިޑީ ކާޑު ނަންބަރ: A056051 * މިހާރުގެ އެޑްރެސް: މއ. ބަހާރުގެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާމިނަތު ޝިބާނާ
އައިޑީ ކާޑުނަންބަރު: A151309
* ދާއިމީ އެޑްރެސް: ފ. ފެންރިނބުދޫގެ
މިހާރުގެ އެޑްރެސް: ބ. ފެންރިނބުދޫގެ
1431
ހުށަހެޅުނު ތާރީޚް: 18 މުޙައްރަމް 1431
04 ޖެނުއަރީ 2010
ނިމުނު ތާރީޚް: 6 ޖުމާދަލްއާޚިރާ
20 މެއި
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/AC/956
ނިންމެވި ފަރާތް: ޢާއިލާއާބެހޭކޯޓް
ބާވަތް: ދަރިންގެ ޚަރަދު ހޯދުން
• ހުށަހެޅި ތާރީޚް: 26 މެއި 2009 ނިމުނުތާރީޚް:
11 އޮކްޓޯބަރ 2009
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010-HC-A-04
ދައުވާގެ ޚުލާޞާ
2 0 2 0
މިއީ
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/956 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް މމ ދަފްތަރު 8754، މއ. ބަހާރުގެ ޢަބްދުލްމުޢީދު ޙަސަންގެ ފަރާތުން
ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
ޢަބްދުލްމުޢީދު ޙަސަން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ފެންރިނބުދޫގެ އާމިނަތު ޝީބާނާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
(1) ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހުރި ބައެއް ލަފުޒުތަކާއިމެދު ޢަބްދުލްމުޢީދު
ޙަސަން ފާހަގަކުރި ނުކުތާތަކަށް ބަލާއިރު އެއި މާއްދީ ކުށުގެ ގޮތުގައި ބެލެވޭ ކަންތައްކަމާއި އެގޮތަށް
ޝިބާނާގެ ބަދަލުގައި ޝަބާނާ ޖެހިފައިވުން ނުވަތަ ޤަވާޢިދު ލިޔަންވާތަނެއްގައި ގަޢަދު ލިޔެވިފައި
އޮތުމާއި މިކަންކަމަކީ ލިޔުމުގެ ކުށްތަކެއްކަމާއި އެކަންކަން އެއީ އިޞްލާޙު ކުރެވިދާނެކަންތަކެއްކަމާއި
އެކަމުގެ ސަބަބުން ކޯޓުގެ ނިމުމަށް އަސަރުކުރާނެކަން
ރުކުރާނެކަންތަކެއް ނޫންކަން
ޝަރީޢަތް ކުރުމުގެ ނިޒާމު
ހަމަޖެހިފައިވާއިގޮތަށް ބަލާއިރު އެނގެން އޮންނަކަން،
(2) ދަރިފުޅުގެ ޚަރަދުގެ މައްސަލަތަކުގައި ކޯޓުން ރިޢާޔަތް ކުރަންޖެހެނީ ޚަރަދު ދޭންޖެހޭ
ކުއްޖާގެ ބައްޕަގެ އާމްދަނީއާއި ތަނަވަސްކަމުގެ މައްޗަށްކަމާއި ދަރިފުޅުގެ މަންމަގެ ތަނަވަސްކަން
ނުވަތަ ދަރިފުޅުގެ މަންމަ ދިރިއުޅެނީ އާއިލާއާއި އެކުގައިތޯ ނުވަތަ ނޫންތޯ ބެލުމަށް ޤާނޫނު އަދި
ޤަވާޢިދުވެސް ލާޒިމުކޮށްފައި ނުވާކަމާއި، ޢަބްދުލްމުޢީދު ޙަސަން އާއި އާމިނަތު ޝިބާނާ އާއި
202
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010-HC-A-04
Ocox
ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅު މުޙައްމަދު ހައިކަލް ޢަބްދުﷲ އަށް ޚަރަދު ދިނުމާއި
އަދި އެދަރިފުޅު ބެލުމުގެ ޚަރަދު ދިނުމަކީ ޢަބްދުލްމުޢީދު ޙަސަން އަށް ޤާނޫނީގޮތުން
ލާޒިމުކަމެއްކަމަށްވާއިރު ދަރިފުޅުގެ މަންމަގެ ތަނަވަސްކަމަށް ނުވަތަ އޭނާ ދިރިއުޅޭ ތަނަކަށް
ރިޢާޔަތްކުރުމުގެ ވާހަކައަކީ މި މަޤާމުގައި ދެކެވޭނެ ވާހަކައެއްނޫންކަމާއި، އެހެންކަމުން ޢަބްދުލްމުޢީދު
ޙަސަންގެ ފަރާތުން މިމޭރުމުން ދައްކާފައިވާ ވާހަކައަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ އަސާސެއް
އޮތްވާހަކަތަކެއް ނޫންކަން،
(2.1) ޢަބްދުލްމުޢީދު ޙަސަން 23 އޮގަސްޓް 2009 ދުވަހު ޢާއިލާއާއިބެހޭ ކޯޓަށް
ދީފައިވާ ބަޔާނުގައި ޤަވާޢިދު ހަމަޖެހިފައިވާ ގޮތުގެމަތިން ނިންމެވުމާއިމެދު އިޢުތިރާޟް ނުކުރާކަމަށް
ބުނެފައިވާކަމާއި ކުއްޔަށް ދިރިއުޅޭ މީހެއްކަމަށާއި މަންމަގެ ޞިއްޙީ ޙާލަތު ހުރިގޮތުން އެކަމަށް
ބޮޑުޚަރަދު ކުރަންޖެހުމާއި ޢާއިލާއެއް ބަލަހައްޓަންޖެހިފައިވުމުން ދިރިއުޅުމުގެ ޚަރަދުތަކާއި
އަޅާބަލާއިރު މާބޮޑު އާމްދަނީއެއް ނުލިބޭތީ މިކަންކަމުގެ މައްޗަށް ރިޢާޔަތްކުރައްވައި ދަރިންގެ
ޚަރަދަށް ކުއްޖަކަށް މަހަކު ކޯޓުންލައްވާ ޚަރަދު ހަމަޖައްސައި ދިނުމަށްއެދިފައިވާކަމާއި، ޢާއިލާއާއިބެހޭ
ކޯޓުން ބެލިބެލުމުގައި ޢަބްދުލްމުޢީދު ޙަސަން އަށް -/10535 (ދިހަހާސް ފަސްސަތޭކަތިރީސް
ފަހެއް) ރުފިޔާގެ އާމްދަނީއެއް ލިބޭކަމުގެ ލިއުން އެކޯޓަށް ހުށަހެޅިފައިވުމުން އަދި ޢަބްދުލްމުޢީދު
ޙަސަން ވެސް އެކަމާއި އިންކާރުކޮށްފައި ނެތްހިނދު ޤާނޫނު އަސާސީގެ 34 ވަނަ މާއްދާގެ (ށ)
ގައި ދަރިންނަށް ލިބެންޖެހޭ ޚަރަދަކީ ދަރިންނަށް ލިބެންޖެހޭ ޚާއްޞަ ރައްކާތެރިކަމުގެ ތެރޭގައި
ހިމެނި ޤާނޫނުގައި ކަނޑައެޅިފައިވާ އެއްޗަކަށްވުމުން ކުއްޖާގެ ބައްޕަގެ ތަނަވަސްކަމަށް ރިޢާޔަތްކޮށް
-/500 (ފަސްސަތޭކަ) ރުފިޔާއަކީ ދަރިބެލުމަށް ފުދޭނެ މިންވަރެއް ނޫންކަމަށާއި ދަރިފުޅަށް ހިނގާ
ޚަރަދަށް ބަލައިގެން އެވަރުގެ ކުޑަކުއްޖަކަށް ބޭނުންވާނެ ކަންތައްތަކަށް ރިޢާޔަތް ކުރެއްވުމަށް ކުއްޖާގެ
08
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010-HC-A-04
މަންމަގެ އެދުމުގެ މަތިން ކުއްޖާއަށް ޚަރަދު ކަނޑައެޅުމުގައި ޢާއިލާއާއިބެހޭ ޤަވާޢިދުގެ 65 ވަނަ
މާއްދާގެ އިތުރުން 66 ވަނަ މާއްދާގައިވާ ކަންތައްތަކަށް އިޝާރާތްކޮށް ޢާއިލާއާއިބެހޭ ކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށާއި
އެޙުކުމަށް ބަދަލެއް ގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް
މި
މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަކަން،
453
ވީމާ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/956 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ފެންރިނބުދޫގެ އާމިނަތު ޝިބާނާ އާއި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 8754
ޢަބްދުލްމުޢީދު ޙަސަން އާއި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅު މުޙައްމަދު ހައިކަލް
ޢަބްދުﷲ ގެ ޚަރަދު ކަނޑައަޅައި ޢަބްދުލްމުޢީދު ޙަސަން އަށް އެ ދަރިފުޅުގެ ޚަރަދު ދިނުމަށް އަންގާ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް
ބަލާނެތަނެއް އޮތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
afi
(a
އައް
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު
އިސްފަނޑިޔާރު
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 5472
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv