ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/147 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 147/HC
-
A/2013
އިސްތިއުނާފު ކުރި ފަރާތް:
* ނަން: ނާސިފް މުޙައްމަދު
ދާއިމީ އެޑްރެސް: މިންވަރު ކ. ގާފަރު
އައި.ޑީ.ކާޑު ނަންބަރު: A145490 * މިހާރުގެ އެޑްރެސް: -
* ވަކީލް: އދ. އިބްރާހީމް ޝަކީބު ޝެޕްރަންވެލީ، ކ. ކާށިދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު މުޙައްމަދު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ޖުމާދަލްއާޚިރާ 1434
28 އޭޕްރިލް 2013
ނިމުނު ތާރީޚް: 17 ޝަޢުބާން 1434
26 ޖޫން 2013
04
0
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/H2MC/10
ނިންމިކޯޓު: މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ބިރުދައްކައި އިންޒާރުދީ އެފަދަކަމެއް ޢަމަލީގޮތުން ކުރުން
ހުށަހެޅުނު ތާރީޚް: 14 މެއި 2012 * ނިމުނު ތާރީޚް: 07 އޭޕްރީލް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ތަމެންބަދޭ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
ދަޢުވާގެ ޚުލާޞާ
2/ = 0
އެޤަޟިއްޔާ
މިއީ، މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/10
/
2MC ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި ދަޢުވާލިބުނު ކ. ގާފަރު/ މިންވަރު، ނާސިފް މުޙައްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
1. މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/10 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
އެޤަޟިއްޔާގައި ދަޢުވާ ލިބުނު ގާފަރު މިންވަރު، ނާސިފް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
.
2. މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/H2MC/10 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ކ. ގާފަރު މިންވަރު ނާސިފް
މުޙައްމަދު 2009 ވަނަ އަހަރު ޖޫން މަހުގެ ކުރީކޮޅުގެ ދުވަހެއްގެ (ވަކިތާރީޚެއް ނޭނގޭ)، 21:30 ހާއިރު،
ކ. ގާފަރު އަސްރަފީގެ ފާޠިމަތު އުނާ، ކ. ގާފަރު ދޫނިހުރާގެ ކައިރިން ދަނިކޮށް ނާސިފް މުޙައްމަދު ފާޠިމަތު
ޒިއުނާ ކައިރިއަށްގޮސް ފާޠިމަތު ޒިއުނާގެ ކަނާތު ލޮލަށް އިގިލި ކޮށްޕައި މާރާމާރީ ހިންގުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެތިން
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
ހޗތ ދه
"ޖު2ފން(
މަގަކުން ފެނިއްޖެއްޔާ މަރާލާނަމޭ" ބުނެ ފާޠިމަތު ޒިއުނާއަށް އިންޒާރު ދީފައިވާކަމަށާއި، އެއްރޭ (ވަކި ތާރީޚެއް
ނޭނގޭ) ފާޠިމަތު އުނާ ކ. ގާފަރު ތަނޑިރަތްމާގެ ޖޯލިފަތީގައި އިންދައި ނާސިފް މުޙައްމަދު އެތަނަށްގޮސް
ބުނެ ބިރުދައްކައި، ފާތިމަތު ޒިދުނާގެ ވާތްފަރާތު ކަންކަށިމަތީގައި ޖަހައި މާރާމާރީ
ހިންގާފައިވާކަމަށާއި، 18 ޖޫން 2011 ދުވަހު 19:45 ހާއިރު ފާޠިމަތު ޒިއުނާ ކ. ގާފަރު ދޫރެސް ގޭގެ
ކައިރިން ދަނިކޮށް މީނާ އެތަނަށްގޮސް "މިފަހަރު މަރާލާނީއޭ" ބުނެ ބިރުދައްކައި ފާޠިމަތު ޒިދުނާގެ ވާތްފަރާތު
ކޮނޑުމަތީގައި 03 ފަހަރު ޖަހައި މާރާމާރީ ހިންގާފައިވާކަމަށް ފާޠިމަތު ޒިއުނާ ބުނާތީއާއި، 2011 ވަނަ
އަހަރުގެ ޖޫން މަހުގެ ދުވަހެއްގެ (ވަކި ތާރީޚެއް ނޭނގޭ) 21:30 އެހައިކަންހާއިރު، ކ. ގާފަރު އިރުމަތީގެ
ރިފާޝާ ޢަބްދުލްޤާދިރާއި، އެގޭ ޒިހުނާ ޢަބްދުލްޤާދިރާއި، ފާޠިމަތު ޒިއުނާ ކ. ގާފަރު ދޫނިހުރާ ކައިރިން
ހިނގާފައިދަނިކޮށް، ނާސިފް މުޙައްމަދު އެތަނަށްގޮސް ފާޠިމަތު ޒިއުނާގެ ކަނާތު ލޮލަށް އިނގިލި ކޮށްޕާލައި
ފާޠިމަތު ޒިއުނާއާ ދިމާއަށް "އަނދިރިމަގަކުން ފެނިއްޖެއްޔާ މަރާލާނަމޭ" ބުނި އަޑު އެހިކަމަށް ރިފާޝާ
ޢަބްދުލްޤާދިރާއި، ޒިހުނާ ޢަބްދުލްޤާދިރު ބުނާތީއާއި، 2011 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހެއްގައި
ވަކިތާރީޚެއް ނޭނގޭ) 22:00 އެހައިކަންހާއިރު ގާފަރު ތަނޑިރަތްމާގެ ޙަބީބާ ޔޫސުފާއި، ފާޠިމަތު
ޒިއުނާއާ ދެމީހުން ގާފަރު ތަނޑިރަތްމާގެ ޖޯލިފަތީގައި ތިއްބާ ނާސިފް މުޙައްމަދު އެތަނަށްގޮސް
ޒިއުނާއާ ދިމާލަށް "ޖަހާނަމޭ" ބުނެ ފާޠިމަތު ޒިދުނާގެ ވާތްފަރާތު ކަންކަށިމަތީގައި ޖެހިތަން ދުއްކަމަށް ޙަބީބާ
ޔޫސުފް ބުނާތީއާއި، ގާފަރު ތަނޑިރަތްމާގޭ ސާފިޔާ ޢުމަރާއި، ފާޠިމަތު ޒިއުނާ ގާފަރު ދޫރެސްގެ
ކައިރިން ހިނގާފައިދަނިކޮށް، ނާސިފް މުޙައްމަދު ފާޠިމަތު ޒިއުނާއާ ދިމާއަށް "މިފަހަރު މަރާލާނީއޭ" ބުނެ
ފާޠިމަތު ޒިދުނާގެ ވާތްފަރާތު ކޮނޑުމަތީގައި ނާޞިފާ މުޙައްމަދުގެ ކަނައަތުން 03 ފަހަރު ޖެހިތަން ދުއްކަމަށް
ސާފިޔާ ޢުމަރު ބުނާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި
ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން
ނާސިފް މުޙައްމަދުގެ މައްޗަށް ބިރުދައްކައި އިންޒާރުދީ އެފަދަކަމެއް ޢަމަލީގޮތުން ކުރުމުގެ ކުށުގެ ދަޢުވާ
ދައުލަތުން ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
19
ނަށްގޮސް ފާޠިމަތު
.1
*
އިއްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/147
3. ޤަޟިއްޔާއާ ގުޅިގެން މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/H2MC/10
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
"ދެންފަހެ، ކ. ގާފަރު މިންވަރު ނާޞިފް މުޙައްމަދު (އައިޑީކާޑް ނަންބަރު: A145490) މައްޗަށް ދަޢުލަތުން
ހުށަހަޅާފައިވާ ކ.ގާފަރު އަސްރަފީގެ ފާޠިމަތު ޒިދުނާ އަށް ބިރުދައްކައި އިންޒާރުދީ އެފަދަކަމެއް ޢަމަލީގޮތުން
ކުރުމުގެ ކުށުގެ ދަޢުވާގެ އަސްލަށް، ނާޞިފް މުޙައްމަދު އިންކާރު ކުރިނަމަވެސް 2009 ޖޫން މަހުގެ
ކުރީކޮޅުގެ ދުވަހެއްގެ (ވަކިތާރީޚެއްނޭނގޭ) 21:30 އެހައިކަންހާއިރު، ކ.ގާފަރު އަސްރަފީގެ ފާޠިމަތު ޒިއުނާ،
ކ.ގާފަރު ދޫނިހުރާ ގޭ ކައިރިން ދަނިކޮށް، ފާތިމަތު ޒިއުނާ ކައިރިއަށްގޮސް ފާޠިމަތު ޒިއުނާގެ ކަނާތު ލޮލަށް،
ނާޞިފް މުޙައްމަދު އިގިލި ކޮށްފައި މަރާމާރީ ހިންގުމަށްފަހު "އަދިރި މަގަކުން ފެނިއްޖެއްޔާ މަރާލާނަމޭ" ބުނެ
ފާޠިމަތު ޒިއުނާއަށް އިންޒާރު ދީފައިވާކަމަށާއި، އެހެންރެއެއްގައި (ވަކިތާރީޚެއް ނޭނގޭ) ފާޠިމަތު ޒިއުނާ މިރަށު
ތަނޑިރަތްމާގެ ޖޯލިފަތީގައި އިންދައި ނާފް މުޙައްމަދު އެތަނަށްގޮސް "ޖަހާފާނަމޭ" ބުނެ ބިރުދައްކައި،
ފާޠިމަތު ޒިދުނާގެ ވާތްފަރާތު ކަންކަށިމަތީގައި ނާޞިފް މުޙައްމަދު ޖަހައި މާރާމާރީ ހިންގާފައިވާކަމަށާއި، 18
ޖޫން 2011 ދުވަހު 18:45 އެހައިކަންހާއިރު ފާޠިމަތު ޒިއުނާ ގާފަރު ދޫރެސް ގޭގެ ކައިރިން ދަނިކޮށް
މީނާ އެތަނަށްގޮސް "މިފަހަރު މަރާލާނީއޭ" ބުނެ ބިރުދައްކައި ފާޠިމަތު ޒިދުނާގެ ވާތްފަރާތު ކޮނޑުމަތީގައި 03
ފަހަރު ޖަހައި މާރާމާރީ ހިންގާފައިވާކަމަށް ފާޠިމަތު ޒިއުނާ ބުނާތީއާއި، 2011 ވަނަ އަހަރުގެ ޖޫން މަހުގެ
ދުވަހެއްގައި (ވަކި ތާރީޚެއް ނޭނގޭ) 21:30 އެހައިކަންހާއިރު، ގާފަރު އިރުމަތީގެ ރިފާޝާ
ޢަބްދުލްޤާދިރާއި، އެގޭ ޒިހުނާ ޢަބްދުލްޤާދިރާއި، ފާޠިމަތު ޒިއުނާ ގާފަރު ދޫނިހުރާ ކައިރިން
ހިނގާފައިދަނިކޮށް، ނާޞިފް މުޙައްމަދު އެތަނަށްގޮސް ފާތިމަތު ޒިއުނާގެ ކަނާތު ލޮލަށް ނާޞިފް މުޙައްމަދުގެ
އިނގިލި ކޮށްޕާލައި ފާޠިމަތު ޒިއުނާއާ ދިމާއަށް "އަނދިރިމަގަކުން ފެނިއްޖެއްޔާ މަރާލާނަމޭ" ބުނި އަޑުއެހިކަމަށް
ރިފާޝާ ޢަބްދުލްޤާދިރާއި، ޒިހުނާ ޢަބްދުލްޤާދިރު ބުނާތީއާއި، 2011 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހެއްގެ
(ވަކިތާރީޚެއް ނޭނގޭ) 22:00 އެހައިކަންހާއިރު ކ.ގާފަރު ތަނޑިރަތްމާގެ ޙަބީބާ ޔޫސުފާއި، ފާޠިމަތު ޒިއުނާ
ޢާ ދެމީހުން ކ.ގާފަރު ތަނޑިރަތްމާގެ ޖޯލިފަތީގައި ތިއްބާ ނާޞިފް މުޙައްމަދު އެތަނަށްގޮސް ފާޠިމަތު ޒިއުނާއާ
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
ދިމާއަށް ޖަހާނަމޭ"
ޖަހާނަމޭ" ބުނެ ފާޠިމަތު ޒިދުނާގެ ވާތްފަރާތު ކަންކަށިމަތީގައި ޖެހިތަން ދުއްކަމަށް ޙަބީބާ ޔޫސުފް
ބުނާތީއާއި، ކ.ގާފަރު ތަނޑިރަތްމާގެ ސާފިޔާ ޢުމަރާއި، ފާތިމަތު ޒިއުނާ ކ.ގާފަރު ދޫރެސްގެ ކައިރިން
ހިނގާފައިދަނިކޮށް، ނާޞިފް މުޙައްމަދު ފާޠިމަތު ޒިއުނާއާ ދިމާއަށް "މިފަހަރު މަރާލާނީއޭ" ބުނެ ފާތިމަތު
ޒިދުނާގެ ވާތްފަރާތު ކޮނޑުމަތީގައި ނާޞިފާ މުޙައްމަދުގެ ކަނައަތުން 03 ފަހަރު ޖެހިތަން ދުއްކަމަށް ސާފިޔާ
ޢުމަރު ބުނާތީ، ކ.ގާފަރު މިންވަރު ޙާޞިފް މުޙައްމަދު، ކ.ގާފަރު އަސްރަފީގެ ފާޠިމަތު ޒިދުނާ އަށް
ބިރުދައްކައި އިންޒާރުދީ، އެފަދަކަމެއް ޢަމަލީގޮތުން ކޮށްފައިވާކަމުގެ ފުރިހަމަ ހެކި ޝަރީޢަތަށް
ލިބިފައިވާކަމަށްޓަކައި، ކ. ގާފަރު މިންވަރު ޙާޞިފް މުޙައްމަދު، ކ. ގާފަރު އަސްރަފީގެ ފާޠިމަތު ޒިއުނާއަށް
ބިރުދައްކައި އިންޒާރުދީ، އެފަދަކަމެއް ޢަމަލީގޮތުން ކޮށްފައިވާކަމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅާއި،
އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު
އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ
ދަށުން ގާފަރު މިންވަރު ނާޞިފް މުޙައްމަދު 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް
ކޮށްފީމެވެ" މިހެންނެވެ.
#
.
4. މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/H2MC/10 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، .. ގާފަރު މިންވަރު، ނާސިފް މުޙައްމަދުގެ
ފަރާތުން 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: 28 ޖުލައި 2011 ވަނަ ދުވަހު ގާފަރު އަސްރަފީގެ ފާތިމަތު ޒިއުނާ
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ބަޔާނުގައި ނާސިފް މުޙައްމަދު ތިން ފަހަރެއްގެ މަތިން ފާޠިމަތު
ޒިއުނާގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ސަބަބެއް އޭނާއަށް ނޭނގޭކަމަށާއި ނާސިފް މުޙައްމަދު ފާޠިމަތު
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
ޒިއުނާ އާއި ދިމާއަށް ބުނެފައިވަނީ ނާޞިފް މުޙައްމަދުގެ އަނބިމީހާ އަށް ފާޠިމަތު ޒިއުނާ ފޯނުން ގުޅައި
ޖެއްސުން ކުރާތީ ކަމަށާއި ދެވަނަ ރޭގައި ފާޠިމަތު ޒިއުނާގެ ގައިގައި ނާސިފް މުޙައްމަދު ޖެހީ ފާޠިމަތު ޒިއުނާ
ނާސިފް މުޙައްމަދާ ދިމާއަށް ކަރުކެހުނީއޭ ކިޔާފައި ކަމަށާއި ތިންވަނަ ރޭގައި ނާސިފް މުޙައްމަދު ފާޠިމަތު
ޒިއުނާގެ ގައިގައި ޖެހި ސަބަބެއް ނޭނގޭ ކަމަށް ބުނުމުން ފާޠިމަތު ޒިއުނާގެ ހިތުގައި ނާސިފް މުޙައްމަދުގެ
އަނބިމީހާއާއި މެދު ޙަސަދަވެރިކަމެއް އޮންނަކަން ދޭހަވުމާއި އެކަމުގެ ސަބަބުން ނާސިފް މުޙައްމަދުގެ
އަނބިމީހާއަށް ގެއްލުމެއް ދިނުމުގެ ގޮތުން ނާޞިފް މުޙައްމަދުގެ މައްޗަށް ދަޢުވާއެއް އުފުލުމުގެ ރޭވުންތެރިކަން
އުފެދިފައި އޮވެދާނެކަން ދޭހަވުމާއި އަދި ނާޞިފް މުޙައްމަދުގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށްފާނެ ކަމުގެ
ޝައްކު އުފެދޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
48
(ނ) ދެވަނަ ނުކުތާއަކީ: 2011 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅުގެ ރެއެއްގައި (ވަކި ދުވަހެއް
ނޭނގޭ) ނާސިފް މުޙައްމަދުގެ ކަނާތު ޝަހާދަތް އިނގިލި ފާޠިމަތު ޒިއުނާގެ ލޮލާ ދިމާއަށް ދިއްކޮށް ފާޠިމަތު
ޒިއުނާގެ ކަނާތު ލޮލަށް ކޮށްޕާލި ކަމުގައި ހެކިބަސްދޭ ޒިހުނާ ޢަބްދުލްޤާދިރާއި ރިފާޝާ ޢަބްދުލްޤާދިރު
ބުނާއިރު، ފާޠިމަތު ޒިއުނާގެ ބޭބެ އިނދެގެން އުޅެނީ ރިފާޝާ ޢަބްދުލްޤާދިރު އާއި ކަމުގައިވުމާއި ޒިހުނާ
ޢަބްދުލްޤާދިރު އަކީ ރިފާޝާ ޢަބްދުލްޤްދިރުގެ އުޙްތު ކަމުގައިވުމުން މިދެމީހުންނާއި ފާޠިމަތު ޒިއުނާއާއި ދެމެދު
ޅިޔަން ފަހަރި ކަމުގެ ގޮތުން ގާތްގުޅުމެއް އުފެދިފައި އޮތުމާއެކު އިނގިލި ކޮށްޕާލި ކަމަށްބުނާ ލޮލަށް އެއްވެސް
ކަހަލަ ގެއްލުމެއް ލިބިފައި ނުވުމާއި ޑޮކްޓަރަކަށް ދައްކާފައި ނުވުމުން އެވާހަކައަކީ މިޙާދިޘާ ސާބިތުވާވަރުގެ
ހެކިބަހަކަށް ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ ކުރީގައި ހިނގިކަމަށް ބުނާ ހާދިޘާއަކަށްފަހު ދުވަސްކޮޅެއްފަހުން ވަކި
ތާރީޚެއް ނޭނގޭ ރެއެއްގެ 22:00 ގައި ނާސިފް މުޙައްމަދު ފާޠިމަތު ޒިދުނާގެ ވާތްފަރާތު ކަންކަށި މަތީގައި
ވަރަށް ބާރަށް ޖެހިކަމަށް ބުނާއިރު އެކަން ކަމާބެހޭ އެއްވެސް ފަރާތަކަށް އަންގާފައި ނުވުމާއި ޑޮކްޓަރަކަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
ދައްކާފައިނުވުމާއި ކަންކަށި މައްޗަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާކަން ސާބިތުވެފައި ނުވާތީ ފާޠިމަތު
އިނާގެ މިބުނުމަށް އެކަމަށް ހެކިބަސްދޭ އެންމެ އަންހެނެއް ކަމުގައިވާ ފާޠިމަތު ޒިއުނާގެ އަވަށްޓެރި ގާތް
ރަހުމަތްތެރި ޙަބީބާ ޔުސުފްގެ ހެކިބަހަކީ އެޙާދިޘާ ސާބިތުކުރެވޭ ވަރުގެ ހެކިބަހަކަށްނުވާ
މަހިކަށްނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
(ށ) ހަތަރުވަނަ ނުކުތާއަކީ: 18 ޖޫން 2011 ވަނަ ދުވަހުގެ 18:45 ގައި ފާޠިމަތު ޒިއުނާގެ
ވާތްފަރާތު ކޮނޑުމަތީގައި ނާސިފް މުޙައްމަދުގެ ކަނާތުން ތިންފަހަރު ޖެހިކަމަށް ބުނާއިރު ޑޮކްޓަރަކަށް ދައްކާ
ފަރުވާއެއް ހޯދާފައި ނުވުމާއެކު ފާޠިމަތު ޒިއުނާ ބުނާ ބުނުމަށް ހެކިބަސްދޭ ފާޠިމަތު ޒިއުނާގެ އަވަށްޓެރި ގާތް
ރަހުމަތްތެރި ޙަބީބާ ޔުސުފްގެ ދަރިއެއް ކަމުގައިވާ ސާފިޔާ ޢުމަރުގެ ހެކިބަހަކީ މިޙާދިޘާ ސާބިތުވާ ވަރުގެ
ހެކިބަހަކަށް ށްބުނެ ހުށަހެޅި ނުކުތާއެވެ.
4 މހ28
ނުވާކަމަށް
(ބ) ފަސްވަނަ ނުކުތާއަކީ: ދަޢުވާގައި ބަޔާންކޮށްފައިވާ ތިން ޙާދިޘާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ
ގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތްމިންވަރަށް
ޝަރީޢަތަށް ސާބިތު ކުރެވިފައިވާކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
CC
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، އަދި މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/10
/
2MC ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ގާފަރު މިންވަރު، ނާސިފް
މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/147
(ހ) ފުރަތަމަ ކަމަކީ، ނާސިފް މުޙައްމަދު ތަފާތު ތިން ދުވަހެއްގެމަތިން ފާޠިމަތު ޒިއުނާއަށް
ބިރުދައްކައި އިންޒާރުދީ މާރާމާރީ ހިންގާފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ނ) އާ
ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ނާސިފް މުޙައްމަދުގެ މައްޗަށް ބިރުދައްކައި އިންޒާރުދީ އެފަދަކަމެއް
ޢަމަލީގޮތުން ކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލެވިފައިވާ މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/H2MC/10 ޤަޟިއްޔާގައި ނާސިފް މުޙައްމަދު އެދަޢުވާއަށް އިޢުތިރާފްވެފައި ނުވާތީ ނާސިފް
މުޙައްމަދުގެ މައްޗަށް ދައުލަތުން ހެކި ހުށަހަޅައި ހެކިބަސް ނެގިފައިވާކަން އެނގޭއިރު، ނާސިފް މުޙައްމަދުގެ
ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށް ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު،
ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށްކަމާއި، އެއީ އެ ހެކިންނަކީ ފާޠިމަތު ޒިއުނާއާ
އޮންނަ ބައެއްކަމަށްވާއިރު، ފާޠިމަތު ޒިއުނާއާމެދު ނާސިފް މުޙައްމަދު މާރާމާރީ ހިންގިކަމަށް ބުނާ
އެއްވެސް ފަހަރަކު ފާޠިމަތު ޒިއުނާ ޑޮކްޓަރަށް ދައްކައި ފަރުވާއެއް ހޯދާފައިނުވާތީ އެހެކިންގެ ހެކިބަހަކީ
ހިނގިކަމަށް ބުނާ އެޙްދިސް ސާބިތުވާވަރުގެ ހެކިބަހަކަށް ނުވާކަމަށާއި، ދަޢުވާގައި ބަޔާންކޮށްފައިވާ ތިން
ޙާދިސާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެ
މިންވަރަށް ޝަރީޢަތަށް ސާބިތު ކުރެވިފައިވާކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި
ޑ ވ މ އ ހވ
އެނެކެeށް
ދުހި8
03ގJ/0އ
COCO
ނުކުތާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ފާޠިމަތު ޒިއުނާއާމެދު ނާސިފް މުޙައްމަދު މާރާމާރީ ހިންގިކަމަށް ބުނާ
އެއްވެސް ފަހަރަކު ފާޠިމަތު ޒިއުނާ ޑޮކްޓަރަށް ދައްކައި ފަރުވާއެއް ހޯދާފައިނުވާތީ، ފާޠިމަތު ޒިއުނާގެ ބުނުމާ
އެއްގޮތަށް ދީފައިވާ އެހެކިންގެ ހެކިބަހަކީ، ހިނގިކަމަށް ބުނާ އެޙާދިސާ ސާބިތުވާވަރުގެ ހެކިބަހަކަށް ނުވާކަމަށް
ބުނެ ނާސިފް މުޙައްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
ދިވެހިރާއްޖެ
ދިވެހިރެޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
ހިންގޭ ޙާލަތުގައި ޑޮކްޓަރަށް ދެއްކުން އެއީ އެކަމެއް ހިނގިކަން ސާބިތުކުރުމަށް
ލާޒިމުކަމެއް ނޫންކަމާއި، ޑޮކްޓަރަށް ދެއްކުން ބިނާވެފައިވާނީ ލިބުނު އަނިޔާގެ ކުޑަބޮޑުމިނުގެ މައްޗަށްކަމާއި،
އެހެންކަމުން ޑޮކްޓަރަށް ދައްކާފައިނުވުމަކީ އެޙާދިސާ ނުހިނގާކަމުގައި ކަނޑައެޅިގެން ބެލެވޭނެކަމެއްނޫންކަން
އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، މިމައްސަލާގައި ހެކިބަސް ދީފައިވާ ހެކިންނާއި ފާޠިމަތު ޒިއުނާއާ އޮތް
ގުޅުމަކީ އެގުޅުމުގެ ސަބަބުން، ފާޠިމަތު ޒިއުނާއަށް ބިރުދައްކައި، އިންޒާރުދީ، މާރާމާރީ ހިންގިކަމަށް ބުނާ
ނާސިފް މުޙައްމަދާ ދެކޮޅަށް އެހެކިން ދޭ ހެކިބަސް ޤަބޫލުނުކުރެވޭފަދަ ގުޅުމެއްނޫންކަމާއި،
ހެކިބަސްދެވިފައިވަނީ ނާސިފް މުޙައްމަދުގެ މައްޗަށް ކަމުގައިވާއިރު، މިއިން އެއްވެސް ހެއްކަކީ
ނާސިފް މުޙައްމަދާމެދު ޢަދާވާތްތެރިކަމެއް އޮތް މީހަކުކަން ހެތްކަމާއި، އަދި ނާސިފް މުޙައްމަދުގެ
ފަރާތުން އެފަދަކަމެއް ފާހަގަކޮށްފައިވެސް ނުވާކަން އެނގޭކަމާއި،
އެނގެންނެތްކަ
ހެކިބަސްދީފައިވާ ހެކިންނާއި، މިމައްސަލާގައި ބަޔާންކޮށްފައިވާ ކުށުގެ ޙާދިސާ އެފަރާތަކާމެދު
ހިންގުނު ފާޠިމަތު ޒިއުނާއާ އޮންނަ ގުޅުމަށްބަލާއިރު، ހެކިބަސްދީފައިވާ ކ. ގާފަރު އިރުމަތީގެ ޒިހުނާ
ޢަބްދުލްޤާދިރަކީ ފާޠިމަތު ޒިއުނާގެ ބޭބެގެ އަނބިމީހާކަމުން، މިދެފަރާތުގެ ދެމެދުގައިވަނީ ޅިޔަންފަހަރިކަމުގެ
ގުޅުމެއްކަމާއި،
ހެކިބަސްދީފައިވާ ކ. ގާފަރު އިރުމަތީގެ ރިފާޝާ ޢަބްދުލްޤްދިރަކީ ނަންގަނެވިދިޔަ ޒިހުނާ
ޢަބްދުލްޤްދިރުގެ އުޚުތެއްކަމަށްވާއިރު، ހެކިބަސްދީފައިވާ މި ޒިހުނާ ޢަބްދުލްދިރާއި، ކ. ގާފަރު ތަނޑިރަތްމާގެ
ޙަބީބާ ޔޫސުފާއި، ކ. ގާފަރު ތަނޑިރަތްމާގެ ސްފިޔާ ޢުމަރާއި މި ތިން ހެކިންނަކީ ފާޠިމަތު ޒިއުނާއާ ޢާއިލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
އަދި ޅިޔަން ފަހަރިކަމުގެވިޔަސް ގުޅުމެއްއޮތް ބަޔަކު ނޫންކަމާއި، މިހެކިންނާއި ފާޠިމަތު ޒިއުނާއާ އޮތް ގުޅުމަކީ
ރައްޓެހިކަމާއި އަވައްޓެރިކަމުގެ ގުޅުމެއްކަމާއި،
ވުމާއެކު، މިހެކިންގެ ހެކިބަހުން އެމީހުންނަށް ލިބެންއޮތް މަންފާއެއް، ނުވަތަ ދުރުކުރެވެން އޮތް
ގެއްލުމެއް ފެންނަން ނެތްއިރު، އަދި އެހެކިބަހުގައި އެމީހުންގެ މައްޗަށް ތުހުމަތެއްކޮށް އިނގިލި ދިއްކުރެވޭނެ
އެކަށޭނަ ސަބަބެއް ނުވަތަ ޙާލަތެއް ފެންނަން ނެތްއިރު، މިހެކިންނާއި ފާޠިމަތު ޒިއުނާއާ އޮތްކަމަށް ބުނާ
ގުޅުމަކީ، އެގުޅުމުގެ ސަބަބުން އެހެކިންގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ގުޅުމެއްނޫންކަމާއި،
އެހެންކަމުން،
ހެކިންގެ ހެކިބަސް މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުން ޤަބޫލުކޮށް، އެކޯޓުގެ ނިންމެވުން އެހެކިންގެ
ހެކިބަހުގެ މައްޗަށް ބިނާކުރައްވާފައިވަނީ ރަނގަޅަށްކަން ފާހަގަކުރެވޭކަމެވެ.
cu o
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، އަދި
ނާސިފް މުޙައްމަދު އޭނާގެ ދިފާޢުގައި މާލެއަތޮޅު ގާފަރު މެޖިސްޓްރޭޓް ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، އަދި މިމައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް
ބަލާއިރު، މިއީ ފާޠިމަތު ޒިއުނާގެ ހިތުގައި ނާޞިފް މުޙައްމަދުގެ އަނބިމީހާއާއި މެދު އޮތް ޙަސަދަވެރިކަމެއްގެ
ސަބަބުން ނާޞިފް މުޙައްމަދުގެ އަނބިމީހާއަށް ގެއްލުމެއް ދިނުމުގެ ގޮތުން ނާޞިފް މުޙައްމަދުގެ މައްޗަށް
ދަޢުވާއެއް އުފުލުމަށް ރޭވިގެން، ނާޞިފް މުޙައްމަދުގެ މައްޗަށް ފާޠިމަތު ޒިއުނާ ކޮށްފައިވާ ދޮގު
ތަކެއްކަމުގައި ބަލާނެތަނެއް އޮތްކަމަށް ނުފެންނަކަމާއި،
3
2 ހ2 ދ 6
2 ހ3ތ
ހe2ކ
މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ލިބިފައިވާ ހެކިބަސްތަކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ
ހެކިބަސްތަކަކަށްވާއިރު، އެހެކިންގެ ހެކިބަހުން، މިމައްސަލާގައި ހުށަހެޅިފައިވާ ދަޢުވާ ނާސިފް މުޙައްމަދުގެ
މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަން ފާހަގަކުރެވޭކަ
(1ކމެވެ.
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/147
055
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާލެއަތޮޅު ގާފަރު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/10 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv