ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/232 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/22
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 232/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް
ނަން: ޢަބްދުﷲ ރަޝީދު
އައިޑީ
ކާޑު ނަންބަރ: A234698
ދާއިމީ އެޑްރެސް: ހދ. ކުޅުދުއްފުށި އުއްދަޑިމާގެ
މިހާރުގެ އެޑްރެސް: ހދ. ކުޅުދުއްފުށި އުއްދަޑިމާގެ
#
*
އިސްތިއުނާފް ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
*
ހުށަހެޅުނު ތާރީޚް: 06 އޯގަސްޓް 2009
ނިމުނު ތާރީޚް: 15 ޑިސެމްބަރ 2009
42 24346
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/648
• ނިންމެވިކޯޓް: ޖިނާއީކޯޓް
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުން
މަހެޅުނުތާރީޚް: 04 މާރޗް 2009 * ނިމުނު ތާރީޚް: 01 ޖުލައި 2009
aނންކުރެވެއ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.tmv
2
2009/HC-A/232
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފިހުރިސްތު
ޞަފްޙާ ނަންބަރ 03
01- ދަޢުވާގެ ޚުލާޞާ:
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
03-07
IF
01-08
04-މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފު ކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ޢަބްދުﷲ ރަޝީދު ހދ. ކުޅުދުއްފުށި އުއްދަނޑިގެ ފަރާތުން
ވަކީލު: އޖ. މޫސާ ޤާސިމް މ. ފޮނިހެލެބެލިމާގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 05-01 :HC
-
A
-
232 Mpg-2009
ޢަބްދުﷲ ރަޝީދު
ހދ. ކުޅުދުއްފުށި! އުއްދަނޑިގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 13-12 :HC
-
A
-
232 Mpg-2009
ވަކީލު: އގ. މޫސާ ޤާސިމް މ. ފޮނިހެލެބެލިމާގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 20-14 :HC
-
A
-
232 Mpg-2009
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢާއިޝަތު ފަޒުނާ އަޙްމަދުގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 07-06 :HC
-
A
-
232 Mpg-2009
މަޙްޝަރު ނަންބަރ: 11-08 :HC
-
A
-
232 Mpg-2009
05-މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1- ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/648 ޤަޟިއްޔާގެ ރިޕޯޓް (ރިޕޯޓްގައި ނުހިމަނާ)
05.2- އާދަމް މަސްޢޫދު މޫސާ ހދ. ކުޅުދުއްފުށި ހިޔާފިނިގެ، މޯލްޑިވްސް ޕޮލިސް ސަރވިސް
އަށް 2005 ޖުލައި 21 ވަނަ ދުވަހު ދީފައިވާ ބަޔާން.
05.3- ޙާދިސާ ހިނގިތަނަށް ދިޔަމީހުންނާއި، ބަލާފާސްކުރި މީހުންގެ ބަޔާން.
05.4– ޢަބްދުﷲ ރަޝީދުގެ (ނަންބަރު A234698) އައި. ޑީ ކާޑު.
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:31
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/232
• ދައުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/648 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި މެދު
ހިތްހަމަ ނުޖެހިގެން، ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ ޢަބްދުﷲ ރަޝީދު އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް) އެވެ.
0
23
0
02ޑه
ސަ16ކއްޗަ20
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/648 ޤަޟިއްޔާގައި ޢަބްދުﷲ ރަޝީދުގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 17/17 (މަސް ޤާނޫނު) ގެ 02 ވަނަ
މާއްދާގެ (ހ)ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށުގެ ދަޢުވާ ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޢަބްދުﷲ ރަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ
ދަޢުވާގައިވާ ފަދައިން 04 ޖޫން 2005 ދުވަހު ހދ. ކުޅުދުއްފުއްޓަށް ދިޔަ ސިކަންދަރު ބޯޓުން އެރަށަށް
މަސްތުވާތަކެތި ގެންދާކަމަށް ތިލަދުންމަތީ ދެކުނުބުރި ޕޮލިސް ސްޓޭޝަނަށް ޢާއްމު ފަރާތަކުން ދިން
މަޢްލޫމާތަކާއި ގުޅިގެން މިތަކެއްޗާ ޙަވާލުވާ ބައެއް ހޯދުމަށް ފުލުހުންގެ ބޭކަލުން ހދ. ކުޅުދުއްފުށި
ބަނދަރު ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދަނިކޮށް އެދުވަހު 11:00 އެހައިކަންހާއިރު، މަޢުލޫމާތު ދިން
ފަރާތުން ބުނި ގޮތަށް ހުރި ބިސްކޭހެއް ޢަބްދުﷲ ރަޝީދު ”ސިކަންދަރު، ބޯޓުން ބާލައިގެން ދަނިކޮށް،
ޢަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޢަބްދުﷲ ރަޝީދު ހިފައިގެންހުރި ބިސް ކޭސް
ޗެކްކުރި ކުރުމުގައި ބިސް ކޭސް ތެރެއިން 01 ބްލެޓް ފެނިފައިވާކަން ޢަބްދުﷲ ރަޝީދުގެ އިޢްތިރާފުން
ޝަރީޢަތަށް ސާބިތުވާތީ އާއި އަދި މިފެނުނު ބްލެޓްގައި 2.8 ގްރާމް ހެރޮއިން ހުރިކަން ލެބޯޓްރީ ތަޙްލީލް
ރިޕޯޓުން އެނގެން އޮތުމުން، ޢަބްދުﷲ ރަޝީދުގެ އަމިއްލަ އިޢްތިރާފުންނާއި އިސްވެދިޔަ ޤާރީނާތަކުގެ
މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ)
އާއި (ނ) އާއި ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/232
ބަޔާންކުރެވުން
73
2
0
5
6 ދ.
8428 ހވ
ކުށުން ޢަބްދުﷲ ރަޝީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވާ، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ
ޤާނޫނުގެ 02 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޢަބްދުﷲ ރަޝީދު އުމުރަށް ޖަލަށް ލުމަށް ޙުކުމް
ކުރައްވާފައިވާކަމާއި، ޢަބްދުﷲ ރަޝީދުގެ މައްޗަށް އުމުރަށް ޖަލަށް ލުމަށް ޙުކުމް ކުރެވިފައިވާތީ،
ދައުލަތުގެ ފަރާތުން ކުރައްވާފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށަށް އަދަބު
ކަނޑައަޅާނެ ތަނެއް ނެތްކަމަށް އަންގަވާފައިވާކަން، އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން
އިގެން އޮވެއެވެ.
02- އިސްވެ ބަޔާންކުގެ ގޮތުގެމަތީން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/648
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ޢަބްދުﷲ ރަޝީދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ފަސް ނުކުތާ ފާހަގަކޮށް އެނުކުތް ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: 04 ޖޫން 2005 ދުވަހު ހދ. ކުޅުދުއްފުއްޓަށް އައި ސިކަންދަރު
ބޯޓުން ޢަބްދުﷲ ރަޝީދު ބާލައިގެން ގެންދިޔަ ބިސްކޯހަކީ
ނޭގޭ ދެކުއްޖަކު ހދ.
ކުޅުދުއްފުށި ހުވަފެނީއައްސޭރިއަށް ރައްދުކުރުމަށް ހދ. ކުޅުދުއްފުށި ހިޔާފިނިގޭ އާދަމް މަސްޢޫދު މޫސާއާއި
ޙަވާލުކުރި ބިސްކޭހެއް ކަމަށާއި، ހުވަފެނީއައްސޭރީ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ
ވިޔަފާރިކުރާ މީހުން އުޅޭ ކަމުގެ ވާހަކަ ރަށުތެރޭގައި ދެކެވޭ އަޑުއަހާ ކަމަށް ބުނެފައިވުމާއި 4 ޖޫން
2005 ދުވަހު ސިކަންދަރު ބޯޓުން ބޭލި ބިސްކޭހަކީ ހދ. ކުޅުދުއްފުށި ހުވަފެނީ އައްސޭރި ފަތުޙުﷲ ޙަސަން
ބުނެގެން ރަޙްމަތްތެރިއަކު ބުނިކަމެއް ކޮށްލައިދިނުމުގެ ގޮތުން އެބިސްކޭސް ބޯޓުން ގެއަށް ގެންގޮސްދިނުމުގެ
ގޮތުން ކުރިކަމެއް ކަމަށް ޢަބްދުﷲ ރަޝީދު ބުނާތީ އާއި މިކަމުގައި ޢަބްދުﷲ ރަޝީދު ބުނާ ބުނުމުގެ
މައްޗަށް ގިނަގުނަ ޤަރީނާ ތަކެއް ހުރިއިރު ޝަރީޢަތުން އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ބުނެ
ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: 04 ޖޫން 2005 ދުވަހު ޢަބްދުﷲ ރަޝީދު ސިކަންދަރު ބޯޓުން
ބާލައިގެން ގެންދިޔަ ބިސްކޯހަކީ ދެމީހަކު ހދ. ކުޅުދުއްފުނި ހުވަފެނީއައްސޭރިއަށް ރައްދުކުރުމަށް ޙަވާލުކުރި
ބިސްކޭހެއް ކަމަށް މިބިސްކޭހާއި ޙަވާލުވި ހދ. ކުޅުދުއްފުށި ހިޔާފިނިގޭ އާދަމް މަސްޢޫދު މޫސާ
ތަޙްޤީޤުގައި ބުނާއިރު، މިބިސްކޭސް ރައްދުކުރަންޖެހޭ ފަރާތަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-A/232
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
11117
ބޭނުންކުރާ ފަރާތެއްކަން އާދަމް މަސްޢޫދު މޫސާއަށް ރަށުތެރޭގައި މީހުން ދައްކާ ވާހަކައިން އެގިފައިވާއިރު
ކޮންބައެއްކަން ނޭނގޭ ބަޔަކު ޙަވާލުކުރި މިފަދަ އެއްޗަކާއި ޙަވާލުވުމާއި، ޙަވާލުކުރި ފަރާތުން
ރައްދުކުރުމަށް ބުނި ފަރާތްނޫން ފަރާތަކާ ޙަވާލުކޮށްފައިވާތީ ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު)ގެ ދަށުން ދަޢުވާ ކުރެވެން ޖެހޭނީ އާދަމް މަސްޢޫދު މޫސާގެ މައްޗަށް
ކަމާއި، މަސްއަލާގެ ތަޙްޤީޤަށް ބަލާއިރު ޢަބްދުﷲ ރަޝީދުގެ މައްޗަށް މިކުށުގެ ދަޢުވާ ކުރެވޭނެ ކަމަށް
ނުބެލެވޭ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: 04 ޖޫން 2005 ދުވަހު ޢަބްދުﷲ ރަޝީދު، ސިކަންދަރު ބޯޓުން
ބާލައިގެން ގެންދިޔަ ބިސްކޭހުގައިވާ މަސްތުވާ ތަކެތި ހޯދުމުގެ މަސައްކަތް ތިލަދުންމަތީ ދެކުނުބުރީ ޕޮލިސް
ސްޓޭޝަނުން ހިންގާފައިވަނީ ޢާއްމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތެއްގެ މައްޗަށްކަމާއި،
ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތުގެ ތެރޭގައި މިބިސްކޭހުގައި ”މިނިވަންއައްސޭރި/ ހދ. ކުޅުދުއްފުށި“
މިހެން ލިޔެފައިވާކަމާއި، ފުލުހުންނަށް ލިބުނު މިމަޢުލޫމާތުގެ މައްޗަށް ސިކަންދަރު ބޯޓުން ގެންނަ
ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ތަކެއްޗާއި ޙަވާލުވާ ފަރާތެއް ބެލުމަށް ފާރަލައި ބަލަމުން ދަނިކޮށް
އުއްދަނޑިމާގެ ޢަބްދުﷲ ރަޝީދު މިބިސްކޭސް ހިފައިގެން ދަނިކޮށް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސް ޗެކްކުރިކަމަށް ތަޙްޤީޤުކުރި ފަރާތުގެ ބަޔާނުގައި ބުނެފައިވާއިރު، ޢަބްދުﷲ ރަޝީދު މިބިސްކޭސް
ގެންދާތަނެއް ފުލުހުން ބަލާފައިނުވާ ކަން ފާހަގަކުރެވޭ ކަމަށާއި، އެހެނީ ރާއްޖޭގެ އާދަކާދަ އޮންނަގޮތުން
މާލޭން ރަށްރަށަށް ގެންނަ ބައެއް ތަކެތި ގެއަށް ގެންދިއުމަށް އަސްލު ވެރިފަރާތްނޫން މީހަކުވެސް އައުމަކީ
އެކަށޭނެ ކަމަކަށްވެފައި، އަދި އަމުދުން މިފަދަ ގޮތަކަށް ގެނެވޭ އެއްޗަކާ ޙަވާލުވުމަށް އަޞްލުވެރިފަރާތް
އައުމަށްވުރެ އެހެން މީހަކު ފޮނުވުން އެކަށީގެންވާ ކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު އެކަށޭނަ ކަމަށް
ފެންނަ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ޢަބްދުﷲ ރަޝީދު މަސްތުވާ ތަކެތީގެ ބޭނުން ނުކުރާ ކަމަށާއި،
މަސްތުވާތަކެތީގެ ވިޔަފާރި ނުކުރާކަމަށް މައްސަލާގެ ތަޙްޤީޤުގައްޔާއި ޝަރީޢަތުގެ މަޖިލީހުގައި ބުނެ
ދަޢުވާއަށް އިންކާރުކޮށްފައިވާއިރު، މިޤަޟިއްޔާގެ ޙުކުމުގައި ޢަބްދުﷲ ރަޝީދުގެ އިޢްތިރާފުން ސާބިތުވާ
ކަމަށް ބުނެފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A232
9
ފަސްވަނަ ނުކުތާއަކީ: 04 ޖޫން 2005 ދުވަހު ހދ. ކުޅުދުއްފުއްޓަށް މުދާ ހިފައިގެން
އައި ސިކަންދަރު ބޯޓުން ހދ. ކުޅުދުއްފުށި އުއްދަނޑިމާގެ ޢަބްދުﷲ ރަޝީދު ބާލައިގެން ގެންދިޔަ
ކުކުޅުބިސް ކޭހެއްގެ ތެރެއިން ފުލުހުން ޗެކްކުރި ކުރުމުގައި މަސްތުވާތަކެތި ފެނުމާއި ގުޅިގެން ޢަބްދު
ރަޝީދުގެ މައްޗަށް ކުރެއްވި މިދަޢުވާގައި ޝަރީޢަތުން ޙުކުމް ކުރެއްވުމުގައި ޝަރީޢަތުން ބަލަންޖެހޭ
ގިނަގުނަ ކަންތައްތަކެއް ނުބައްލަވާ ދޫކޮށްލާފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި، އެއީ ފުލުހުންގެ
މިއޮޕަރޭޝަން ހިންގި ގޮތާއި، މިމައްސަލާގެ ގުޅުން ހުރި ފަރާތްތަކާ ގުޅުން ހުރި މިންވަރާއި، ޝަރީޢަތުން
ކުށް ކަނޑައެޅުނު ފަރާތް ކުށުގައި ޝާމިލްވާ މިންވަރު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/648 ޤަޟިއްޔާގެ ރިޕޯޓަށާއި އެޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޢަބްދުﷲ ރަޝީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) 2005 ޖޫން 03 ވަނަ ދުވަހުގެ 19:00 ހާއިރު އާދަމް މަސްޢޫދު މޫސާ ބޯޓުގައި
އުޅެނިކޮށް ދެކުއްޖަކު އައިސް ބިސް ކޭހެއް ޙަވާލުކޮށް، އެއަށް ނާލު ދެއްކުމަށްފަހު ހދ. ކުޅުދުއްފުށި
ހުވަފެނީއައްސޭރިއަށް އެބިސްކޭސް ރައްދުކޮށްދިނުމަށް ބުނިކަމަށް، ސިކަންދަރު ބޯޓުގެ ކެޕްޓަން ހދ.
ކުޅުދުއްފުށި ހިޔާފިނިގޭ އާދަމް މަސްޢޫދު މޫސާ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް 2005 ޖުލައި 21
ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، ހަމަ އެބަޔާނުގައި، 2005 ޖޫން 04 ވަނަ ދުވަހު ރަށަށް
ބޯޓު ލެފިތާ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ތެރޭގައި ކާކުކަން ނޭނގޭ މީހަކު އައިސް މިއައީ
ހުވަފެނީއައްސޭރިއަށް ފޮނުވާފައި ހުރި ބިސްކޭސް ބަލައޭ ބުނުމުން އޭނާއާއި އެބިސްކޭސް ޙަވާލުކުރިކަމަށް
އާދަމް މަސްޢޫދު މޫސާ ބުނެފައިވެއެވެ.
(ށ) މިމައްސަލައިގެ ޙާދިސާ ހިނގިތަނަށް ދިޔަމީހުންނާއި، ބަލާފާސްކުރި މީހުންގެ ބަޔާނަށް
ބަލާއިރު، ބިސްކޭހުގައި ޖަހާފައިވާ ނަމަކީ "ހުވަފެނީއައްސޭރި، ކަން އެނގެންއޮތްއިރު، މިމައްސަލައިގާ
ދަޢުވާކުރެވިފައިވާ ޢަބްދުﷲ ރަޝީދު ރަޖިސްޓްރީ ކުރެވިފައިވަނީ ހދ. ކުޅުދުއްފުށި/ އުއްދަނޑިގޭގެ
އެޑްރެހުގައިކަން ޢަބްދުﷲ ރަޝީދުގެ ނަންބަރު A234698 އައިޑީ ކާޑުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2009/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ނ) މިމައްސަލައިގެ ޙާދިސާ ހިނގިއިރު، (04 ޖޫން 2005 ގައި) ޢަބްދުﷲ ރަޝީދުއަކީ
ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 10 އެޗްގައި ކިޔަވަމުންދާ ދަރިވަރެއްކަން، މިމައްސަލައިގެ ތަޙްޤީޤު
ބަޔާނުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުގެ އިތުރުން، ޢަބްދުﷲ ރަޝީދަކީ އޭރު ބަޔަކަށް ޚަރަދު ކުރުމާއި
ކާން ބޯންދީ ހެދުމުގެ ނުވަތަ ބަޔަކު ބެލުމުގެ ޒިންމާ އުފުލަންޖެހިފައިވާ ފަރާތެއް ނޫންކަން މައްސަލައިގެ
ދެޚައްޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެފައި، ޢަބްދުﷲ ރަޝީދު ހިފައިގެން ދިޔަ
ބިސްކޭސް ހިފަހައްޓައި ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މަގުމަތިން ކަމަށް ވުމުން،
އެބިސްކޭހުގެ އަތުގެ ވެރިޔަކީ ޢަބްދުﷲ ރަޝީދު ކަމުގައިވީނަމަވެސް އެއިގެ މިލްކުވެރިޔަކީ ޢަބްދު
ރަޝީދުކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ރ) ޢަބްދުﷲ ރަޝީދުގެ މައްޗަށް ދަޢުވާކުރެވިފައިވާ މިމައްސަލައިގާ ހިމެނޭ ބިސްކޯހަކީ، ހދ.
ކުޅުދުއްފުށީގެ ހުވަފެނީއައްސޭރި“ އަށް ރައްދުކުރުމަށް، ނާދެއްކުމަށްފަހު "ސިކަންދަރު، ބޯޓުގެ ކެޕްޓަނާއި،
ހަވާލުކުރެވިފައިވާ ބިސްކޭހަކަށްވެފައި، ނާލު އޮޑިފަހަރުން ރަށްރަށަށް ގެންދާ މުދަލާއި މިފަދަ ތަކެތި ބާލާ
ގެޔަށް ގެންދިއުމުގައި އެމުދަލުގެ ވެރިފަރާތަށް އެހެން ފަރާތްތަކުންވެސް އެހީތެރިވެދީ، އެފަދަ ތަކެތި ގެޔަށް
ގެންގޮސްދީ ހަދާ އުޅުމަކީ، ރަށްފުށުގެ އާދަކާދައަކަށްވީ ހިނދު، ބިސްކޭސް އުފުލި އުފުލުމަކީ، އެބިސްކޭސް
އަދި އެބިސްކޭހުގައި ހުރި ތަކެއްޗަކީ ޢަބްދުﷲ ރަޝީދުގެ ތަކެތިކަން ކަށަވަރުވާ ކަމެއް ނޫންކަން
އެނގެއެވެ.
0
ޙުކުމް:
ދެންފަހެ، ޖިނާއީކޯޓުގެ ނަންބަރު 2009/JC/648 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ)ގެ ދަށުން، ހދ. ކުޅުދުއްފުށި އުއްދަނޑިގެ
ޢަބްދުﷲ ރަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ބެލިއިރު، ސިކަންދަރު، ބޯޓުގެ ކެޕްޓަން ހދ. ކުޅުދުއްފުށި! ހިޔާފިނިގެ އާދަމް މަސްޢޫދު މޫސާ 2005
ޖޫން 03 ވަނަ ދުވަހުގެ 19:00 ހާއިރު ބޯޓުގައި އުޅެނިކޮށް ދެކުއްޖަކު އައިސް ބިސް ކޭހެއް ޙަވާލުކޮށް،
އެއަށް ނާމު ދެއްކުމަށްފަހު ހދ. ކުޅުދުއްފުށި ހުވަފެނީއައްސޭރިއަށް ރައްދުކޮށްދިނުމަށް އެދިފައިވާކަން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.higlicourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A232
އާދަމް މަސްޢޫދު މޫސާގެ ބަހުން އެނގެން އޮންނާތީ އާއި، ބިސްކޭހުގައި ޖަހާފައިވާ ނަމަކީ
"ހުވަފެނީއައްސޭރި، ކަން މިމައްސަލައިގެ ޙާދިސާ ހިނގިތަނަށް ދިޔަމީހުންނާއި، ބަލާފާސްކުރި މީހުންގެ
ބަޔާނުން ސާބިތުވާތީ އާއި، މިމައްސަލައިގާ ދަޢުވާކުރެވިފައިވާ ޢަބްދުﷲ ރަޝީދު ރަޖިސްޓްރީ
ކުރެވިފައިވަނީ ހދ. ކުޅުދުއްފުށި އުއްދަނޑިގޭގެ އެޑްރެހުގައިކަން ޢަބްދުﷲ ރަޝީދުގެ އައިޑީ ކާޑުން
އެނގެން އޮންނާތީ އާއި، މުދައު ބާލާ ގޭގެއަށް ގެންގޮސްދިނުމަކީ އެމުދަލަކީ އެގެންގޮސްދޭ މީހާގެ
މުދަލެއްކަން ކަނޑައެޅިގެން ސާބިތުކުރެވޭނެ ކަމަކަށް ނުވާތީ އާއި، ނާލު އޮޑިފަހަރުން ރަށްރަށަށް ގެންދާ
މުދަލާއި އެފަދަ ތަކެތި ގެޔަށް ގެންގޮސްދީ، އެކަމުގައި އެހީތެރިވެ އުޅުމަކީ، ރަށްފުށުގެ އާދަކާދައެއް
ކަމަށްވާތީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށް ޢަބްދު
ރަޝީދުގެ މައްޗަށް ސާބިތުވާކަމަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި
ނުވާތީ، ޖިނާއީކޯޓުގެ ނަންބަރު 2009/JC/648 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 17177
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި ޙަވާލާދެއްވާ މަނާކުރެވިފައިވާ
ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށުން ޢަބްދުﷲ ރަޝީދު ކުށްވެރިވެއްޖެ
ކަމަށް ކަނޑައަޅުއްވާ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލް ކޮށްފީމެވެ.
މަސްތުވާއެއްޗެއް