ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/168 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/168
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 168/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
ނަން: އާދަމް އިބްރާހީމް
ދާއިމީ އެޑްރެސް: ހާވިލާގެ / ޅ. ހިންނަވަރު
* އައިޑީކާޑު ނަންބަރު: 085111
A ، މިހާރުގެ އެޑްރެސް: މ. ސްޓާރލައިޓް | ކ. މާލެ
ވަކީލް: އަލްއުސްތާޛު ޢަބްދުލްޙަކީމް ރަޝާދު (A052846} މއ. ކެލާގެއާގެ / މާލެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:
* އައިޑީކާޑު ނަންބަރު:
އެޑްރެސް: -
* ހުށަހެޅުނު ތާރީޚް: 11 ޖުލައި 2011
ނިމުނު ތާރީޚް: 15 ޖެނުއަރީ 2012
• އިސްތިއުނާފުކުރެވުނު ކޯޓު ނިންމުން.
* ނަންބަރު: 2011
/
06/Cv
-
C
/
DFJ
* ނިންމެވި ކޯޓް: ސިވިލް ކޯޓު
ނިންމެވި ތާރީޚް: 30 ޖޫން 2011
• މައްސަލަބެލި ފަނޑިޔާރުންގެ މަޖްލިސްގެ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
މިހިރާއްޖޭގެ މި
*
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީލްގޭ 3 ނަންބަރު ދޮރާށި ލާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/168
ދަޢުވާގެ ޚުލާޞާ
2އ)
ސިވިލް ކޯޓުގެ ނަންބަރު 2011
/
06/Cv
-
C
/
DFJ (30 ޖޫން 2011) ރަޖިސްޓްރާރގެ
ނިންމުން އަލުން ބަލައި ދިނުމަށްއެދި ހުށަހެޅި ފޯމުގެ ޖަވާބު، އެކޯޓުން ދެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ އެނިންމުން އިސްތިއުނާފުކުރުމަށް ހިންނަވަރު ހާވިލާގެ (މ. ސްޓާރލައިޓް)
އާދަމް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2011
/
06/Cv
-
C
/
DFJ (30 ޖޫން 2011) ރަޖިސްޓްރާރގެ
ނިންމުން އަލުން ބަލައި ދިނުމަށްއެދި ހުށަހެޅި ފޯމުގެ ޖަވާބު، އެކޯޓުން ދެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ އެނިންމުން އިސްތިއުނާފުކުރުމަށް ޅ.ހިންނަވަރު ހާވިލާގެ (މ.ސްޓާރލައިޓް)
އާދަމް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ceco
0
<<
24 2
2- ސިވިލް ކޯޓުގެ ނަންބަރު 2011
/
06/Cv
-
C
/
DFJ (30 ޖޫން 2011) ރަޖިސްޓްރާރގެ
ނިންމުން އަލުން ބަލައިދިނުމަށްއެދި ހުށަހެޅުމުން އެކަން ބައްލަވައި، އެކޯޓުން ދެއްވި ޖަވާބުގައިވަނީ،
"ޅ. ހިންނަވަރު ހާވިލާގެ (މ. ސްޓްރލައިޓް، އާދަމް އިބްރާހީމްގެ ފަރާތުން މިކޯޓުގެ ރަޖިސްޓްރާރގެ
ނިންމުން އަލުން ބަލައި ދިނުމަށްއެދި ހުށަހެޅި ފޯމުގައިވާ ސަބަބުތަކަށާއި ދަޢުވާ ހުށަހެޅި ފޯމަށް ބެލިއިރު،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ ދަށުން ބާރުލިބިގެން ހަދާފައިވާ "ހިބައިން
ނުވަތަ ވަޞިޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ދިރިއުޅުމަށް
ދޫކުރުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ
ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް
ހުށަހަޅާނީ ކަމާއިބެހޭ ޝަރުޢީ ކޯޓަށެވެ." މިފަދައިން ކަމަށްވުމުން، އާދަމް އިބްރާހީމްގެ ފަރާތުން
ހުށަހަޅުއްވާފައިވާ ދަޢުވާ ފޯމުގައި އިސްވެ ދެންނެވުނު ޤަވާޢިދުގައިވާ ފަދައިން ވަޞިއްޔަތް ކުރެވިފައިވާކަން
އަންގައިދޭ ލިޔުމެއް ނެތްކަން ފާހަގަކޮށް، އިސްވެ ދެންނެވުނު ޤަވާޢިދުގައިވާ ގޮތްނޫން ގޮތަކަށް ވަޞިއްޔަތުން
ދިނުމުގެ މައްސަލަ ކުރިޔަށްގެންދެވޭނެ ތަނެއް ނެތަތީ، ޤަވާޢިދުގައިވާ ފަދައިން ވަޞިއްޔަތުން ދީފައިވާކަން
އަންގައިދޭ ލިޔެކިޔުން ހުށަހަޅުއްވައިފިނަމަ، ވަޞިއްޔަތް ތަންފީޒު ކުރުމުގެ މައްސަލަ ހުށަހެޅުއްވުމުން ކުރިޔަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-A/168
އްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ
ގެންދެވޭނެ ވާހަކަ ދަންނަވައި، ރަޖިސްޓްރާރގެ ނިންމުން ބަދަލު ކުރެވޭނެ ތަނެއްނެތް ކަމުގައި ދެންނެވީމެވެ."
މިފަދައިންނެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2011
/
06/Cv
-
C
/
DFJ (30 ޖޫން 2011) ނިންމުން،
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެނިންމުން އިސްތިއުނާފުކުރުމަށް
ހިންނަވަރު ހާވިލާގެ (މ. ސްޓާރލައިޓް) އާދަމް އިބްރާހީމްގެ ފަރާތުން 4 (ހަތަރެއް) ނުކުތާއެއް
ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މި ގޮތުން ހުށަހެޅި:-
325/Cv-C/2010
(111/MC/2010)
(ހ) ފުރަތަމަ ނުކުތާއަކީ: އާދަމް އިބްރާހީމް 17 ޖެނުއަރީ 2010 ގައި ސިވިލް ކޯޓަށް ހުށަހެޅި
މައްސަލަ
އެކޯޓުގެ
ނަންބަރު
ޤަޟިއްޔާގައި
ހިންގަވަމު
.ގަވަމުންގެންދަވައި، 11 މަހާއި ދުވަސް ކޮޅަކު ހިންގެވުމަށްފަހު، 15 ޑިސެމްބަރު 2010 ގައި އާދަމް
އިބްރާހީމް ކޯޓަށް ޙާޟިރުވާން ލިބިފައިވާ ކޯޓު އަމުރަށް ޙާޟި ޟިރުވެވެންނެތް ސަބަބު ލިޔެ ކޯޓަށް ސިޓީއެއް
ލުމަށްފަހު އެދުވަހު ޙާޟިރު ނުވުމުން 15 ޑިސެމްބަރު 2010 ގައި މައްސަލަ ބާޠިލު ކުރައްވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: މައްސަލައެއް ކޯޓުން ބާޠިލު ކުރައްވާތާ 03 (ތިނެއް) މަސް ވުމަށް ފަހު،
އެމައްސަލަ ހުށަހެޅުމުން އެމައްސަލައަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވެންނެތް މައްސަލައެއް ކަމަށް
އަންގަވައި، ދަޢުވާފޯމް އަނބުރާ ރައްދު ކުރިކަމަށް ބަޔާންކޮށް 8 ޖޫން 2011 ގައި ސިވިލް ކޯޓުން
ދެއްވާފައިވާ ޖަވާބަކީ މައްސަލައެއް ބާޠިލްވުމަށްފަހު، ދެވަނަ ފަހަރަށް އެމައްސަލައެއް ހުށަހެޅުމަށް އޮންނަ
ޤަވާޢިދާ ފުށުއަރާ ގޮތަށް ދެއްވާފައިވާ ޖަވާބެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުން 08 ޖޫން 2011 ގެ ސިޓީގެ ޖަވާބުގައި ދައްކަވާފައިވާ
ހުއްޖަތަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ
ޤަވާޢިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާ އިޖުރާތު ފުރިހަމަ ވެފައިވާކަން ދަޢުވާ ފޯމުން އެނގެން ނެތްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ދ) ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުން ދެއްވާފައިވާ ޖަވާބަކީ ޝަރުޢީ އަދި ޤާނޫނީ
މިންގަނޑުތަކާ ޚިލާފު އަދި އާދަމް އިބްރާހީމްގެ އަސާސީ ޙައްޤުތައް ނިގުޅައިގެންފައިވާ ގޮތަށް އައެވެ
ޖަވާބެއް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/168
4- ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އާދަމް އިބްރާހީމުގެ ފަރާތުން ހުށަހެޅި ނުކުތާތަކާއި
އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ސިވިލް ކޯޓުގެ ނަންބަރު 2011
/
06/Cv
-
C
/
DFJ (30 ޖޫން 2011) ނިންމުމަށާއި، މައްސަލައާ ގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
މ އ ވ2
(ހ) ފުރަތަމަ ކަމަކީ: ހިންނަވަރު ހާވިލާގެ (މ. ސްޓާރލައިޓް) އާދަމް އިބްރާހީމް ކޮއި
17 ޖެނުއަރީ 2010 ގައި ކުރީގެ މަދަނީ ކޯޓަށް ހުށަހެޅި މައްސަލައިގެ ޓީޝާގައިވަނީ " މިއީ މ. ސްޓާރ
ލައިޓް އަލްމަރުޙޫމް އަޙްމަދު ޤާސިމް ދުނިޔޭގައި ހެޔޮޙާލުގައި ހުރެ ހެކިންގެ ޙާޟިރުގައި އެހެކިން ހެކިކޮށް
އޭނާއަކީ އެއްވެސް ވާރު ވެރިއަކު ނެތް މީހަކަށްވާތީ އޭނާ ބަލައި ދިނުމަށާއި، އޭގެ ބަދަލު އޭނާ އަޅުގަނޑަށް
ވުރެ ކުރީން ނިޔާވެއްޖެނަމަ ސްޓާރލައިޓް ކިޔާ ގޯތި ދެބައިކޮށް އެއްބައި އޭނާގެ އަންހެނުންނަށް ބައެއް
ދިނުމަށް ވާބައިގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަން އޭނާ އަޅުގަނޑަށް މިލްކުވާ
ގޮތަށް ދޭން ބުނެފައިވަނިކޮށް އަދި އޭނާގެ އަންހެނުންނަށް ދެބައިކުޅަ އެއްބައި ދިނުމަށްފަހު މިގޯތިބައި ކުރުމުގެ
ކުރިން އޭނާގެ އަންހެނުން އޭނާއަށް ވުރެ ކުރިން ނިޔާވެފައިވާތީއާއި އަދި އަޙްމަދު ޤާސިމް ޝަރީޢަތަށް މިކަން
ހަމަޖެއްސުމަށް ދާން އުޅެނިކޮށް އޭނާ ވެސް ނިޔާވެފައިވާތީ މ. ސްޓާރލައިޓް ކިޔާ ބަންޑާރަ ގޯތީގެ އަޙްމަދު
ޤާސިމްއަށް ވީބައިގައި ހުރި އެންމެހައި ޢިމާރާތްތަކާއި ވަޅު ފަދަތަންތަނަކީ އަޅުގަނޑަށް ހެކިން ހެކިކޮށް އަޙްމަދު
ޤާސިމް (އެއްވެސް ވާރިސަކު ނެތް) އޭނާ ނިޔާވަންދެން އަޅުގަނޑު ބެލެހެއްޓުމުން އަޅުގަނޑަށް މިލްކުވާނެ
ތަންތަންކަމަށްވެފައި އަދި ހެކީންގެ ޙާޟިރުގައިވެސް އަޙްމަދު ޤާސިމް މިގޮތަށް ބުނެފައިވާތީ ޝަރުޢީ ގޮތުން
އެމައްސަލަ ބައްލަވައި ދެއްވައި، އާދަމް އިބްރާހީމް ކޮއިއަށް ލިބެންޖެހޭ ބައިލިބޭނެގޮތް ހައްދަވައި ދެއްވުންއެދި
އެކަން ސާބިތުކުރުމަށް ހުށަހެޅި މައްސަލައެއް ކަމާއި، އެމައްސަލަ ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2010
)
325
/
Cv
-
C/111) ޤަޟިއްޔާގައި ބައްލަވައި، އާދަމް އިބްރާހީމް 15 ޑިސެމްބަރ
2010 ގައި ކޯޓަށް ޙާޟިރުވުމަށް އެންގި އަމުރަށް މަޤުބޫލު އުޒުރެއްނެތި ޙާޟިރުވެފައިނުވާތީ އެމައްސަލައިގެ
ދަޢުވާފޯމް 15 ޑިސެމްބަރ 2010 ގައި ބާޠިލްކޮށްފައި އޮންނަކަމާއި،
20 8
އެމައްސަލަ ބާޠިލްކުރުމުން އާދަމް އިބްރާހީމް ފަރާތުން 02 ޖޫން 2011 ތާރީޚުގައި ލިޔެފައިވާ
ފޯމުގައި ދަޢުވާގެ ޞިޔާގައި ވަނީ، "އަޙްމަދު ޤާސިމުގެ އަންހެނުންނަށް މ. ސްޓަރލައިޓް ކިޔާ
ދެބައިކުޅަ އެއްބައި ދިނުމަށްފަހު މިގޯތި ބައިކުރުމުގެ ކުރިން އޭނާގެ އަންހެނުން ނިޔާވެފައިވާތީއާއި
، ސްޓަރވައި ކިޔާ 9 «
ހައިކޯa
A
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/168
އަޙްމަދު ޤާސިމް ކުޅު މިވަޞިއްޔަތް ޝަރީޢަތަށް ސާބިތުކުރުމަށް ހަމަޖެއްސުމަށް އޭނާ ދާންއުޅެނިކޮށް އަޙްމަދު
ޤާސިމް ވެސް ނިޔާވެފައިވާތީ ސްޓާރލައިޓް ކިޔާ ބަންޑާރަ ގޯތީގެ އަޙްމަދު ޤާސިމަށްވީ ބައިގައިހުރި
އެންމެހާއި ޢިމާރާތްތަކާއި ވަޅުފަދަތަންތަން ހެކިން ހެކިކޮށް އަޙްމަދު ޤާސިމް އޭނާ ނިޔާވުމަށްފަހު އެތަންތަން
އާދަމް އިބްރާހީމް ކޮއި މިލްކުވާގޮތަށް ވަޞިއްޔަތުންދީ މިވަޞިއްޔަތް ހެކިންގެ ޙާޟިރުގައި އަޙްމަދު ޤާސިމް
މިކުޅަ މިވަޞިއްޔަތް ސާބިތުކޮށް އޭނާގެ ގެދޮރު އާދަމް އިބްރާހީމް ކޮއި އަށް ލިބިގަތުމަށް ހުށަހެޅި
މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން
ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ހިބައިން
ނުވަތަ ވަޞިއްޔަތުން ދިނުމަށް ހުށަހަޅާނީ ކަމާއިބެހޭ ޝަރުޢީ ކޯޓަށް ކަމަށް ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، އާދަމް އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ
މައްސަލައަކީ މ. ސްޓާރލައިޓް ކިޔާ ގޯތީގެ ޢިމާރާތުން ބައެއް އޭނާއަށް ދީފައިވާކަން ސާބިތު ކުރުމުގެ
މައްސަލަ ކަމަށްވެފައި އެމައްސަލައަކީ ކުރީގެ މަދަނީ ކޯޓުން ބަލައިގަނެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވި،
ނިންމުމަކާ ހަމައަށް ގޮސްފައިވާ މައްސަލައެއްކަމަށް އާދަމް އިބްރާހީމްގެ ފަރާތުން ބުނެފައި އޮންނަކަމެވެ.
ouc
(ނ) ތިންވަނަ ކަމަކީ: ކޯޓުން ހިންގަމުން ގެންދާ މައްސަލައެއްގައި ކޯޓަށް ޙާޟިރުވުމުގެ އަމުރުލިބި
މަޤުބޫލު އުޒުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާކުރާ ފަރާތުން ކޯޓަށް ޙާޟިރު ނުވެއްޖެނަމަ
އެމައްސަލަ ބާޠިލްކުރުމުގެ އިޚްތިޔާރު، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ
29 ވަނަ މާއްދާއިން ލިބިދީފައިވާއިރު، އެމާއްދާގެ ދަށުން ބާޠިލްކުރާ މައްސަލައެއް ބާޠިލް ކުރެވުނު ތާރީޚުން
ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން ކޯޓަށް ހުށަހަޅާނަމަ ފޯމު ބަލައިގަތުމުގެ ފީގެ އިތުރުން
މައްސަލަ ހުށަހެޅުމުގެ ފީއެއްގެ ގޮތުގައި -/500 ރ (ފައްސަތޭކަ ރުފިޔާ) ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް
އެޤަވާޢިދުގެ 33 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮތުމުން، ކޯޓުގައި ހިނގަމުންދާ މައްސަލައެއް ދަޢުވާކުރާ
ފަރާތް ޙާޟިރުނުވެގެން، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ
(ހ) ގެ ދަށުން ބާޠިލްކުރާ މައްސަލައެއް އަލުން ހުށަހެޅުމުގެ ޙައްޤު އެފަރާތަށް ލިބިދީފައި އޮންނަކަމެވެ.
3
(ހ) ހަތަރުވަނަ ކަމަކީ: އާދަމް އިބްރާހީމުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް
މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، އޭނާ ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ހިންގުމަށްފަހު، ޝަރީޢަތުގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި ވޯލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011/HC-A/168
އަޑުއެހުންތައް ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް، ޝަރީޢަތް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް
އޭނާ ޙާޟިރުނުވުމުން ކޯޓުން އެމައްސަލަ ބާތިލްކުރުމުން އޭނާ އަލުން އެމައްސަލަ ހުށަހެޅުމުން، އެކޯޓުން
އެމައްސަލަ ބަލައިނުގަނެ ދެއްވާފައިވާ ޖަވާބުގެ ސަބަބުން އަލުން އެމައްސަލަ ހުށަހެޅުމަށް ޤަވާޢިދުން
ލިބިދީފައިވާ ޙައްޤު އޭނާއަށް ގެއްލޭތީކަން އެނގެން އޮތްއިރު، ސިވިލް ކޯޓުގެ ޖަވާބަކީ ކޯޓަށް މީހުން ޙާޟިރު
ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާޠިލްކުރާ މައްސަލައެއް އަލުން
ހުށަހެޅުމަށް އޮންނަ ޙައްޤާއި ތަޢާރުޒުވާ ގޮތަށްދެއްވާފައިވާ ޖަވާބެއްކަން އެނގޭތީއާއި، މިމައްސަލާގައި
ޢަދުލުވެރިކަމާ އެންމެ ގާތް އިންޞާފުވެރި ގޮތަކީ އާދަމް އިބްރާހީމް ހުށަހެޅި މައްސަލަ ކޯޓަށް މީހުން ޙާޟިރު
ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން އަލުން ބަލައިގަތުމަށް ފަހު، މިމައްސަލަ ކޯޓުން ބައްލަވައި
މައްސަލައިގައި ޙުކުމެއް ކުރުންކަން މިމައްސަލަ ބެލުމުގައި ބައިވެރި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤުވެވޭ
ކަމެވެ.
ހުކުމް
0 4ހ2 0
2
24
22x2
گرم کر
ދެންފަހެ، އިސްވެބަ
ކުރެވުނު ކަންތައްތައް މަތިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2010
)
325
/
Cv
-
C/111) ޤަޟިއްޔާ ބާޠިލްކުރައްވާފައިވަނީ މަޤްބޫލުއުޒުރެއްނެތި އާދަމް
އިބްރާހީމް ކޯޓަށް ޙާޟިރުވެފައިނުވާތީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާޢިދުގެ
29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ކަމަށްވެފައި، އެމާއްދާގެ ދަށުން ބާޠިލްކުރާ
މައްސަލައެއް އަލުން ހުށަހެޅުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް އެޤަވާޢިދުން ލިބިދީފައިވާތީ، އެޤަޟިއްޔާގައި
ބެލެވުނު މައްސަލައިގެ ޓީޝާގެ ދަށުން އަލުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ، އެމައްސަލަ ކޯޓުން
ބަލައިގަންނަންޖެހޭ މައްސަލައެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށި ވޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv