ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/342 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/342
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 342/HC-A/2014
. އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް ( އެޓަރނީ ޖެނެރަލްގެ އޮފީސް)
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްޢަޒީޒް ޢަލީ
ދާއިމީ އެޑްރެސް: ކަނަމާގެ
މިހާރުގެ އެޑްރެސް: ކަނަމާގެ
ބ. ތުޅާދޫ
ތުޅާދޫ
އައިޑީ ކާޑު ނަންބަރު: A107731
19
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޑިސެންބަރު 2014
ނިމުނު ތާރީޚް: 22 ސެޕްޓެންބަރު 2016
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/157
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 09 ސެޕްޓެންބަރު 2013 ނިމުނު ތާރީޚް: 17 އޯގަސްޓް 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ޖެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/342
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/157 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން އެމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ބ. ތުޅާދޫ ކަނަމާގެ، ޢަބްދުލްޢަޒީޒް ޢަލީއެވެ.
0
15
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/157 މައްސަލައަކީ،
ކަނަމާގެ، ޢަބްދުލްޢަޒީޒް ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A107731) ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިއުޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 01 އޮކްޓޯބަރ
2012 އިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާކަން 21 ޖުލައި 2013 ގައި އަންގާފައިވާތީ، އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެން ސަބަބެއް ނެތި ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ އަދާކުރަމުން ދިޔަ
ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރުމުގެ
ސަބަބުން ނުލިބިވާ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން (ދިވެހި ދައުލަތް) އަށް ރައްދުވާގޮތަށް 09 ސެޕްޓެމްބަރ 2013 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި
މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަބެލި މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ
ކަނަމާގެ/ ބ. ތުޅާދޫ ޢަބްދުލްޢަޒީޒު ޢަލީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިއުޓީ
އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 01 އޮކްޓޯބަރ 2012 އިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވަނީ،
މައްސަލަ ހުށަހެޅި ޢަބްދުލްޢަޒީޒް ޢަލީގެ މައްޗަށް ކުރެވުނު ޖިނާއީ ތުހުމަތެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ބެލުމުގެ ދަށަށް މައްސަލަ ހުށަހެޅި ފަރާތް ގެންގޮސް، މައްސަލަ ހުށަހެޅި ފަރާތް 05 (ފަހެއް)
ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވުމުން، މައްސަލަ ހުށަހެޅި
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/342
ފަރާތުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ، މުވައްޒަފުންގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް
ކޮންޑަކްޓް) ގެ 19 ވަނަ މާއްދާގެ (ހ) އަދި (ނ) ޚިލާފުވެފައިވާތީއާއި، އަދި މައްސަލަ ހުށަހެޅި ފަރާތުގެ
މައްޗަށް ތުހުމަތުކޮށްފައިވާ ކަންކަން ރާއްޖޭގެ މީޑިއާގައި ޝާއިޢުކޮށްފައިވުމަކީ، ޝަރުޢީ ދާއިރާއަށް އޮންނަ
އިތުބާރު ގެއްލި ޝަރުޢީ ދާއިރާގެ ނަމަށާއި، ޝަރަފަށް ގެއްލުންވާނެ ކަމަކަށްވާއިރު، އޮފީހަށް ލިބިދާނެ
ގެއްލުމަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން ފިޔަވަޅު އެޅިފައިވާ ކަމަށް މައްސަލަ
ރައްދުވި ފަރާތުން ބުނާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން
ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުލްޢަޒީޒް ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ
(ހ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢަބްދުލްޢަޒީޒް ޢަލީ ވަޒީފާއިން ވަކިކުރުމުގެ ކުރިން
އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށާއި، އޭނާއަކީ
އެއްވެސް ޙާލަތެއްގައި މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ
ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ޢަބްދުލްޢަޒީޒް ޢަލީއަށް ލިބެންޖެހޭ ފައިސާ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17
ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޢަބްދުލްޢަޒީޒް
ޢަލީއަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދިވެހި ދައުލަތް) އަށް އަންގާ
އަމުރުކުރަމެވެ.“ މިފަދައިންކަން އެމައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/157 މައްސަލަ ނިންމެވުމުން، އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށް ދިވެހި ދައުލަތް (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އެމައްސަލަ
ecoc
-02
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2014/HC-A/342
ccc
ފތ ދ ތ ދ
P0ނ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
އިސްތިއުނާފު ކުރުމަށް 03 (ތިނެއް) ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގައި މަނާކަމެއް ކަމަށް
ކަނޑައަޅާފައިވާ ކޮންމެ ކަމެއް ކުރުމަކީ އެ ޤަވާޢިދުގެ 212 ވަނަ މާއްދާގެ (ނ) ގެ 18 ވަނަ ނަންބަރުގެ
ދަށުން އެންމެ ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކަމެއް ކަމުގައި
ކޮށްފައިވަނިކޮށް، ޝަރުޢީ ދާއިރާގެ މުވައްޒަފެއްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތެއްގެ ސަބަބަށްޓަކައި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އަސާސެއް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގައި
ކަނޑައެޅިފައިނުވާކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/157 މައްސަލައިގައި
ކަނޑައަޅުއްވާފައިވަނީ ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް ވަޒީފާއިން ވަކިކުރާއިރު، އެފަދަ
ފަރާތެއްގެ މައްޗަށް އެކުށް އެހާތަނަށް ސާބިތުވެފައި ނެތުމަކީ އެފަރާތެއް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނީ
ހަމައެއް ނެތިކަމަށް ބެލޭނެ ސަބަބެއް ނޫންކަމުގައި ދައުލަތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށް،
ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާއިން މި އުޞޫލު ކަނޑަ އަޅުއްވާފައިވާ ކަމަށް
ބަޔާންކޮށްފައިވަނިކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ
ޑިއުޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާގެ އަޚްލާޤު ހުރިގޮތުން ޝަރުޢީ ދާއިރާއަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފެނުނު ހަމައަކީ
އެކަށީގެންވާ ހަމައެއްކަމަށް ބެލެވެން ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/157
މައްސަލައިގައި ކަނޑައަޅުއްވާފައިވަނީ މި ދެންނެވި ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާ ރިޢާޔަތް
ކުރައްވާފައިވާ ބޮޑަށް ބުރަވެވޭ ގޮތެއް
ބުރަވެވޭ ގޮތެއް (balance of probabilities) ގެ މައްޗަށް ކަމަށް ކަނޑައަޅާފައިވާ
އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޝަރުޢީދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 19 ވަނަ މާއްދާގެ (ށ)
ގައި ”ޝަރުޢީ ދާއިރާގެ މުވައްޒަފުން ރަސްމީ މަސައްކަތުގައާއި، ދިރިއުޅުމުގެ އެހެން ކަންތައްތަކުގައި
R
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/342
އުޅޭއިރު، ޢަމަލުތައް ބަހައްޓަންވާނީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އަބުރާއި،
ޢިއްޒަތާއި، ޝަރަފާއި ޤަދަރު ހިފެހެއްޓޭ ގޮތަށެވެ. ބަޔާންކޮށްފައި އޮތުމުން ޝަރުޢީ ދާއިރާގެ މިނިވަންކަމާއި،
މުސްތަޤިއްލުކަމާއި، އަބުރާއި، ޢިއްޒަތާއި، ޝަރަފާއި ޤަދަރު ގެއްލޭ ގޮތަށް ޝަރުޢީ ދާއިރާގެ މުވައްޒަފަކު
ކޮށްފައިވާ ޢަމަލެއް އޮންނަންވާނެ ކަމަށާއި، އެ ޢަމަލެއްގެ ސަބަބުން ސީދާ ގޮތެއްގައި ޝަރުޢީ ދާއިރާގެ
މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އަބުރާއި، ޢިއްޒަތާއި، ޝަރަފާއި ޤަދަރު ގެއްލޭ ގޮތަށް މެދުވެރިވެފައި
ވާންޖެހޭނެ ކަމަށް އެ މާއްދާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މާނަކުރައްވާފައިވަނީ ޤާނޫނު ނަންބަރު 4/2008
(މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި
4 2 2 99
ހއ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/157 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް ދިވެހި ދައުލަތް (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ޢަބްދުލްޢަޒީޒް ޢަލީގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(.) ބ. ތުޅާދޫ ކަނަމާގެ، ޢަބްދުލްޢަޒީޒް ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
A107731) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިއުޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން
ދަނިކޮށް 01 އޮކްޓޯބަރ 2012 އިން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާކަން 21 ޖުލައި 2013 ގައި
އަންގާފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެން ސަބަބެއް ނެތި ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ
އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި،
ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ނުލިބިވާ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދިވެހި ދައުލަތް) އަށް ރައްދުވާގޮތަށް 09 ސެޕްޓެންބަރު 2013 ގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢަބްދުލްޢަޒީޒް ޢަލީ ހުށަހެޅުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ
etc
އެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/342
ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު
ހުށަހަޅާފައިނުވާކަމަށް ވިދާޅުވެ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާ ޢަބްދުލްޢަޒީޒް
ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެއްލެވި މަޖިލީހުގެ
މެންބަރުންގެ އިއްތިފާޤުން ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ
ނަންބަރަށް ރިޢާޔަތްކުރައްވައި ޢަބްދުލްޢަޒީޒް ޢަލީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ
ވަޒީފާއެއްގައި ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލަތެއްގައި
މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން
ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި ޢިނާޔަތުގެ ގޮތުގައި
ޢަބްދުލްޢަޒީޒް ޢަލީއަށް ލިބެންޖެހޭ ފައިސާ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޢަބްދުލްޢަޒީޒް ޢަލީއަށް
ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދިވެހި ދައުލަތް) އަށް އަންގާ އަމުރުކުރައްވައި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/157 މައްސަލަ ނިންމަވާއިވާކަން އެނގެން އޮވެއެވެ.
CCCX
(ނ) ޢަބްދުލްޢަޒީޒު ޢަލީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިއުޓީ
އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 01 އޮކްޓޯބަރު 2012 އިން ފެށިގެން އެވަޒީފާއިން
ވަކިކޮށްފައިވަނީ، ޢަބްދުލްޢަޒީޒް ޢަލީގެ މައްޗަށް ކުރެވުނު ޖިނާއީ ތުހުމަތެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސް، 05 (ފަހެއް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް
ކޯޓުން އަމުރުކޮށްފައިވުމުން، ޢަބްދުލްޢަޒީޒު ޢަލީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ
މުވައްޒަފުންގެ ސުލޫކީ މިންގަނޑު ކޯޑް އޮފް ކޮންޑަކްޓް) ގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ)
ޚިލާފުވެފައިވާތީއާއި، ޢަބްދުލްޢަޒީޒް ޢަލީގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންކަން ރާއްޖޭގެ މީޑިއާގައި
ޝާއިޢުކޮށްފައިވުމަކީ، ޝަރުޢީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލި ޝަރުޢީ ދާއިރާގެ ނަމަށާއި، ޝަރަފަށް
އެލުންވާނެ ކަމަކަށްވާއިރު، އޮފީހަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/342
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ
ދަށުންކަން މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
CCCX
ކމވ ހދ
އ#ހ2
1ނeނ
(ނ) ޢަބްދުލްޢަޒީޒް ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާގެ މައްޗަށް ކުރެވުނު ޖިނާއީ
ތުހުމަތެއްގެ ސަބަބުން ކަމާއި، ޢަބްދުލްޢަޒީޒް ޢަލީގެ މައްޗަށް ތުހުމަތު ކުރެވުނީ އާއްމު ތަނެއްގައި
އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުކަން އެނގެން އޮންނައިރު، ގުޅިގެން
ތަޙްޤީޤުކުރުމަށް ފަހު ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/723 ގެ ޤަޟިއްޔާގެ ދަށުން ޝަރީޢަތް
ކުރެވި، ޢަބްދުލްޢަޒީޒް ޢަލީގެ މައްޗަށް ޖިނާއީ ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވާކަން އެނގެން އޮންނަކަމާއި؛
ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮން މިންގަނޑާއި މީހެއްގެ މައްޗަށް އިދާރީ
ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީކަމަށް ކަނޑައަޅައި މިންގަނޑުގައި ތަފާތެއްވާކަމާއި ޖިނާއީ
މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވާ ޝަރީޢަތަށް ކުށެއް ސާބިތުވިކަމަށް ބަލާ މިންގަނޑަކީ
އެކަށީގެންވާ ޝައްކެއްނެ
(Beyond Reasonable Dout) ކަމަށްވާއިރު، މަދަނީ އަދި އިދާރީ
ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް
ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ (Balance of Probabilities) މައްޗަށް ބިނާކޮށްގެން ކަމާއި، މީހަކު
ޖިނާއީ ކުރިކަމުގެ ތުހުމަތުގައި އޭނާގެ ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކަމެއް ސާބިތުވޭތޯ ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅު އެޅުމަށްޓަކައި ސާބިތުވާން
އޮންނަ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2010 އާއި -HC/2010
25/A ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަމާއި؛
ޝަރުޢީދާއިރާގެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގައާއި ދިރިއުޅުމުގެ އެހެން ކަންތައްތަކުގައި
އުޅޭއިރު ޢަމަލުތައް ބަހައްޓަންވާނީ ޝަރުޢީދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި، އަބުރާއި، ޢިއްޒަތާއި،
ޝަރަފާއި، ޤަދަރު ހިފެހެއްޓޭފަދަ ގޮތަކަށްކަމާއި، ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކު ޢާންމު ރައްޔިތުންގެ
ކުރިމަތީގައި ޝަރުޢީދާއިރާގެ ޤަދަރު ކުޑަވާފަދަ ޢަމަލެއް ނުވަތަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ވާހަކައެއް
ކުށެއް
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/342
ދައްކައިގެން ނުވާނެކަން ގަވާއިދު ނަންބަރު 18-R/2011 ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011
ގެ، މުވައްޒަފުންގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) ގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އިން
އެނގެން އޮންނަކަމާއި،
އެގޮތުން ބަލާއިރު، ޢަބްދުލްޢަޒީޒް ޢަލީގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ ކުށުގެ ތުހުމަތާ
ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ޕޮލިސް ލާންސް ކޯޕްރަލް ޙަސަން މުޢާޛް ދީފައިވާ
ބަޔާނުގައި، 2012 ސެޕްޓެމްބަރު 06 ވަނަ ދުވަހުގެ (ދަންވަރު) 00:50 ހާއިރު، ބ. ތުޅާދޫ ކަނަމާގެ،
ޢަބްދުލްޢަޒީޒް ޢަލީ އާއި އިތުރު މީހަކު ސަބްދެލިމަގުގެ ކަނާތްފަރާތުގައި ސައިކަލް ޕާކްކޮށްފައި ދެމީހުން
އެކީ ވާތްފަރާތުގައި ޕާކްކޮށްފައިވާ ދެޕިކަޕް ދޭތެރެއަށް ވަނުމުން އެމަޢްލޫމާތު ޝިފްޓް މީހުންނަށް ދިންކަމަށް
ބުނެފައިވާކަމާއިގެ
ޕޮލިސް ލާންސް ކޯޕްރަލް ޢަބްދުﷲ ސާޖިދު ދީފައިވާ ބަޔާނަށް ބަލާއިރު، ޕޮލިސް ލާންސް ކޯޕްރަލް
ޙަސަން މުޢާޛް ބުނެފައިވާ ފަދައިން އެސަރަޙައްދަށް ދިޔައިރު ބ. ތުޅާދޫ ކަނަމާގެ، ޢަބްދުލްޢަޒީޒް ޢަލީ އާއި
ދ.މާއެނބޫދޫ ދިލްކްސާގެ އިބްރާހީމް މުޙައްމަދު އެތާގައި ތިބިކަމަށާއި، އިބްރާހީމް މުޙައްމަދު ހުރީ
ޢަބްދުލްޢަޒީޒް ޢަލީއަށް ކުރިމަތިލައިގެން ކޮޅަށް ކަމަށާއި، ޢަބްދުލްޢަޒީޒް ޢަލީ އިނީ އިބްރާހީމް މުޙައްމަދުގެ
ކުރިމައްޗަށްވާ ގޮތަށް އިބްރާހީމް މުޙައްމަދުގެ ކުރިމަތި ފަރާތާއި ދިމާ ފައިކައިރީ ކުޑަކަކޫ މައްޗަށް ތިރިވެ
އިށީންދެގެން ކަމަށާއި، އެވަގުތު އިބްރާހީމް މުޙައްމަދު ލައިގެންހުރި ނޫކުލައިގެ ޖިންސްގެ ގޮށްތައް ނައްޓައި
އަބްދުލްޢަޒީޒް ޢަލީއާ ދިމާއަށް އޭނާގެ ޒަކަރު ބޭރަށް ނެރެފައި ކަމަށާއި، އަދި އެދެމީހުން ފެނުމާއެކު އިބްރާހީމް
މުޙައްމަދު ޕިކަޕް ބިއްދޮށަށް ވަދެ ޒަކަރު ފޮރުވަން މަސައްކަތްކޮށްފައިވާކަމަށާއި ނަމަވެސް އިބްރާހީމް މުޙައްމަދު
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމަށާއި، އިބްރާހީމް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުއިރުވެސް
އޭނަގެ ޒަކަރު އޮތީ ބޭރަށް ނެރެފައިކަމަށް ބުނެފައިވާކަމާއި، އިބްރާހީމް މުޙައްމަދުގެ ކައިރީގައި ހުރި
ޢަބްދުލްޢަޒީޒް ޢަލީ ބިންމައްޗަށް ތަކުރާރުކޮށް ކުޅުޖަހާފައިވާކަމަށް ބުނެފައިވާކަމާއިގެ
ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ޝަރީފް ދީފައިވާ ބަޔާނުގައި އިބްރާހީމް މުޙައްމަދު ހުރީ
ޢަބްދުލްޢަޒީޒް ޢަލީއަށް ކުރިމަތިލައިގެން ކޮޅަށް ކަމަށާއި، އިބްރާހީމް މުޙައްމަދު ފުލުހުން ފެނިގެން އަނެއް
ފަރާތަށް އެނބުރުމަށްފަހު އޭނަގެ ޒަކަރު ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށާއި، ނަމަވެސް އިބްރާހީމް
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/342
24
މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުއިރުވެސް
އޭނަގެ ޒަކަރު އޮތީ ބޭރަށް ލައިގެން ހުރި ޓީޝާޓު މަތިން އެޅިފައިކަމަށް ބުނެފައިވާކަމާއި؛
ޕޮލިސް ލާންސް ކޯޕްރަލް ޢަލީ މިހާލް ދީފައިވާ ބަޔާނުގައި، އިބްރާހީމް މުޙައްމަދު ހުރީ
ޢަބްދުލްޢަޒީޒް ޢަލީއަށް ކުރިމަތިލައިގެން ކޮޅަށް ކަމަށާއި، އިބްރާހީމް މުޙައްމަދު ފުލުހުން ފެނިގެން އަނެއް
ފަރާތަށް އެނބުރުމަށްފަހު އޭނަގެ ޒަކަރު ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށާއި، ނަމަވެސް އިބްރާހީމް
މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުއިރުވެސް
އޭނަގެ ޒަކަރު އޮތީ ބޭރަށްނެރެ އޭނާ ލައިގެން ހުރި ޓީޝާޓު މަތިން އެޅިފައިކަމަށް ބުނެފައިވާކަމާއިގެ
އިސްވެ ބަޔާންކުރެވުނު ފުލުހުންގެ ބަޔާންތަކަށް ރިޢާޔަތްކުރުމުން ޢަބްދުލްޢަޒީޒު ޢަލީ ޝަރުޢީ
ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ، މުވައްޒަފުންގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) ގެ
19 ވަނަ މާއްދާގެ (ހ) އަދި (ނ) ޚިލާފުވެފައިވާކަމާއި، އެސަބަބަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ ޑިއުޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 01 އޮކްޓޯބަރު 2012 އިން
ފެށިގެން ޢަބްދުލްޢަޒީޒް ޢަލީ އެވަޒީފާއިން ވަކިކޮށްފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
2013/VTR/157 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ފ އއ
ނަންބަރު
ޑ 3
ހުރުމާއެކު،
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/157 މައްސަލައިގައި، ތުޅާދޫ ކަނަމާގެ،
ޢަބްދުލްޢަޒީޒް ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި
*8
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/342
އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
A==
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ