ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/135 ޤަޟިއްޔާގެ ޙުކުމް
1
2011HC-A/135
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 135/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
ވަކީލު: އަލްއުސްތާޛު ޙުސައިން އިބްރާހީމް * ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ. ޓަވަރ މާލެ
*
a
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އިބްރާހިމް ރިޔާޝް
އައިޑީ ކާޑު ނަންބަރު: A099720
*
* ދާއިމީ އެޑްރެސް: ލުނބޯގަސްދޮށުގެ ށ. މަރޮށި
ސްޓްރީކުރެވުނު
09 ޖުމާދަލްއާޚިރާ 1432
7 ޖޫން 2011
ނިމުނު ތާރީޚް: 12 ރަބީޢުލްއައްވަލް 1433
30 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2010/VTR/214
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
އެޅުނު ތާރީޚް: 26 ސެޕްޓެމްބަރު 2010 ނިމުނު ތާރީޚް: 15 މާޗް 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ޖެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރަރީ، މެލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011HC-A/135
ޤަޟިއްޔާ ނިމުނު ގޮތު
24 2 /
ދެޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/214 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 680) ފަރާތުން ދިވެހިރާއްޖޭގެ
ޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ލުބޯގަސްދޮށުގެ ށ. މަރޮށި، އިބްރާހިމް
ރިޔާޝް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A099720) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/214
މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، އިބްރާހީމް ރިޔާޝް މޯލްޑިވްސް ޓްރާންސްޕޯޓް
ކޮންޓުރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގައި ބަސްކޮންޑަކްޓަރެއްގެ މަޤާމުގައި
ވަޒީފާއަދާކުރަމުން ދަނިކޮށް، އޭގެކުރިން އެއްވެސް ނަސޭޙަތެއް އިންޒާރެއްދިނުމަކާނުލާ 15 ސެޕްޓެމްބަރު
2010 ގައި ވަޒީފާއިން ވަކިކުރުމުގެ ލިޔުން ޙަވާލުކޮށްފައިވާތީ، އެއްވެސް އިޝާރާތެއްނެތި ވަޒީފާއިން
ވަކިކުރުމުން ލިބުނު ގެއްލުމާއި، ވައްކަމުގެ ބަދުނާމު ބޮލުގައި އަޅުވާފައި ވަޒީފާއިން ވަކިކުރުމުން ލިބުނު
ބަދުނާމުގެ ބަދަލު އަދި އެއްވެސް އެންގުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާ އަނބުރާހޯދުމަށް
އެދި އިބްރާހިމް ރިޔާޝްގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ
މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ، "... އިބްރާހީމް ރިޔާޝް، މޯލްޑިވްސް ޓްރާންސްޕޯޓް
އެންޑް ކޮންޓިރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހުޅުމާލެ ބަސް ސާރވިސް ޔުނިޓްގެ ބަސްކޮންޑަކްޓަރެއްގެ
މަޤާމުން 15 ސެޕްޓެމްބަރު 2010 ގައި ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލރ. އަށް ސާބިތުކޮށްދެވިފައި ނުވާތީ،
މައްސަލަ ހުށަހެޅި އިބްރާހީމް ރިޔާޟް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނުގެ) 27 ވަނަ މާއްދާގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބެއްނެތިކަމަށް
މައްސަލަބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނުގެ) 27 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ ދަށުން އޭނާ ހުރި ވަޒީފާގައި
22 22
22
0
2 ދތ
ހ84އށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
2{11/HC-A/135
ޑ ރ ބ 2
4
އެންޑް
OLOOX
8/8/
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުވަތަ އެމާއްދާގެ
2 ވަނަ ނަމްބަރުގެ ދަށުން އޭނާ އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި ނުވަތަ
އެކަށީގެންވާ އެހެންވަޒީފާއެއްގައި ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވާ
މޯލްޑިވްސް ޓްރާންސްޕޯޓް
ޓިންގ ކޮމްޕެނީ ޕލކ. ގެ ވަޒީފާއިން ވަކިވެފައިވާ
މީހެއްކަމުގައި ނުބެލިމަށާއި، އޭނާގެ ވަޒީފާއާގުޅޭ އެންމެހާކަންތައް މިއަދު (15 މާރޗް 2011) އިން
ފެއްޓިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުކަމަށްވާ 15
ސެޕްޓެމްބަރު 2010 ން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭދުވަހާއި
ހަމައަށް ލިބެންވާ
މުސާރައާއި އެލަވަންސް، އަދި އެހެނިހެން ޢިނާޔަތްތަކުގެތެރޭގައި ދޭންޖެހޭ ފައިސާގެތެރެއިން 1 (އެކެއް)
މަސްދުވަހުގެ ނޯޓިސްގެ ގޮތުގައި ދީފައިވާ ފައިސާއިން އުނިކުރުމަށް ފަހު ޖެހޭފައިސާ، މައްސަލަ ހުށަހެޅި
އިބްރާހީމް ރިޔާޝް އަށް މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ
ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެކަން އެންގުމަށް، މައްސަލަ ރައްދުވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕީލކ. އަށް އަންގައި އަމުރުކޮށް" އެގޮތުގެމަތިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން
އެގެން އޮންނަކަމެވެ
ކަމެވެ.
OOOX
214VTR2010
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އިބްރާހިމް ރިޔާޝް ޓްރައިބިއުނަލަށް ހުށަހެޅުމުން
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލާގައި ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ
ލިޔެކިޔުންތަކަށާއި، މައްސަލާގައި ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހަށް އެއްވެސް ގޮތަކަށް
ހިޢާޔަތްކުރުމެއްނެތި މައްސަލަ ބައްލަވަންވީވަރަށް ނުބައްލަވައި ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
2 4 2 22
/eއ"
• ދެވަނަ ނުކުތާއަކީ، އިބްރާހިމް ރިޔާޝް ވަޒީފާއިން ވަކިކުރުމަށް ކުންފުނީން
ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ
ނުވަތަ 23 މާއްދާއާ ޚިލާފު ކަމެއްކަމަށް ޓްރައިބިއުނަލްއިން ކަނޑައެޅުއްވި ޝަރުޢީ އަދި ޤާނޫނީ
އިކުރައްވާފައި ހުށަހަޅާފައިވާ ނުކުތާއެވެ.
ހ 0
2 2ތ 2
ހމައެއް 19$
22 ދ ތ 0
2
4
ނުވާކަމަށeނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
،
4
2{11/HC-A/135
ޤަޟިއްޔާ ނިމުނު ގޮތު
C
3
2 ބ 2
2 ބ 2
242&
ތިންވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އާއި އެކުންފުނީގެ އެތައްހާސް
ޙިއްސާދާރުންގެ މަސްލަޙަތަށް އެވެސްގޮތަކަށް ރިޢާޔަތް އެއްނެތި އެކަނިފަރުދަކަށް
ވަޒީފާއިން ވަކިކުރުމުން ލިބިދާނެ ގެއްލުމަކަށް ހަމައެކަނި ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބު
ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްސާވާ ވިޔަފާރި ކުންފުންޏަކަށްވާ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
ޢަމަލެއްކަމުގައިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް
ރައްކައުތެރި ކޮށްދިނުމަކީ، ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓާރސް އަށް ލިބިގެންވާ ޙައްޤަކަށްވެފައި
އެޙައްޤުގެ ބޭނުންހިފުން މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/214 މައްސަލަގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލަ އިސްތިއުނާފު ކުރަމުން
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ އިބްރާހިމް ރިޔާޝްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރިހަމަ ކަމަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕީލކ (އެމް.ޓީ.ސީ.ސީ.) ގެ ކުންޑަކްޓަރެއްގެ މަޤާމުގައި ވަޒީފާއަދާކުރަމުން ގެންދިޔަ
މަރޮށި ލުބޯގަސްދޮށުގެ، އިބްރާހިމް ރިޔާޟް، 15 ސެޕްޓެމްބަރު 2010 އިން ފެށިގެން
އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެމް.ޓީ.ސީ.ސީ. އިން ހުޅުމާލޭގައި ދެމުން ގެންދިޔަ
ބޭނުންކުރަމުން ދިޔަ ބަސްތަކުގެ ކޮންޑަކްޓަރެއްގެ ވަޒީފާ، އިބްރާހިމް ރިޔާޝް
އަދާކުރަމުން ދަނިކޮށް، އެބަސްތަކުން ދަތުރުކުރާ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ޓިކެޓު ނުދޭކަމުގެ
ގިނަ ޝަކުވާތަކެއް އަންނަމުންދާތީ، އެމައްސަލަ ބެލިބެލުމުގައި އިބްރާހިމް ރިޔާޝް މިކަމުގައި
އިޚްމާލުވާކަމަށް އެމް.ޓީ.ސީ.ސީ. އަށް ފެނިގެން، އިބްރާހިމް ރިޔާޝް ކުންފުންޏަށް އިޚްމާލުވެފައިވާކަމަށް
ބަސް
ބަހުގެ ޚިދުމަތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: PA316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2{11/HC-A/135
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަލައި، ކުންފުނީގެ ވަޒީފާގައި އިބްރާހިމް ރިޔާޝް އިތުރަށް ބެހެއްޓުމަކީ، ކުންފުންޏަށް އިތުރު
ގެއްލުންތަކެއް ކުރިމަތި ވެދާނެކަމެއްކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ. އިން އަޙްމަދު މުޙައްމަދަށް
އެޑްރެސްކޮށް 14 ސެޕްޓެމްބަރ 2010 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
2010
/
638/MTCC
-
HR
/
MIS ސިޓީގައި ބަޔާންކޮށްފައިވާކަމާއި،
އެމް.ޓީ.ސީ.ސީ. ގެ ނަންބަރު 2010
/
638/MTCC
-
HR
/
MIS ސިޓީ އިބްރާއިމް
ރިޔާޝްއަށް ލިބުމާގުޅިގެން އެކަމުގެ ޝަކުވާ، 16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ.
ގްރީވަންސް ކޮމިޓީއަށް އިބްރާހިމް ރިޔާޝް ހުށަހަޅާފައިވާކަމާއި،
16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ ގްރީވަންސް ކޮމިޓީއަށް އިބްރާހިމް
ރިޔާޝް ފޮނުވި ސިޓީއާގުޅިގެން، އިބްރާހިމް ރިޔާޟް ވަޒީފާއިން ވަކިކުރެވިފައިވާ ގޮތާމެދު
އެމް.ޓީ.ސީ.ސީ. އިން ދެވަނަ ވިސްނުމަކަށް ދިއުމަށްފަހު، މިހާރު ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ
22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް އަޙްމަދު މުޙައްމަދަށް
ދިނުންކަމަށް، އެމް.ޓީ.ސީ.ސީ. އިން އިބްރާހިމް ރިޔާޟްއަށް އެޑްރެސްކޮށް 26 ސެޕްޓެމްބަރ 2010
ވަނަ ދުވަހުގެ ތާރީޚުގައި ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
656/MTCC
-
HR
/
MIS
ސިޓީގައި ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން، އިބްރާހިމް ރިޔާޝް އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކުރެވިފައިވަނީ،
ކުންފުނީގެ ވަޒީފާގައި އިބްރާހިމް ރިޔާޝް އިތުރަށް ބެހެއްޓުމަކީ، ކުންފުންޏަށް އިތުރު ގެއްލުންތަކެއް
ކުރިމަތި ވެދާނެކަމެއްކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް
ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ. އިން މިހާރު ބުނިކަމުގައި ވީނަމަވެސް، މިމައްސަލަގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އިބްރާހިމް ރިޔާޝް
ވަޒީފާއިން ވަކިކުރުމަށް އެމް.ޓީ.ސީ.ސީ. އިން ނިންމާފައިވާ ނިންމުން، އިބްރާހިމް ރިޔާޝްގެ އެދުމަކަށް،
އަލުން މުރާޖަޢާ ކުރުމަށްފަހު، އެނިންމުން ބަދަލުކޮށް އިބްރާހިމް ރިޔާޟް ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް
ދިނުމަށްފަހުގައިކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތު ފިޔަވާ އެހެން ޙާލަތުތަކުގައި، އެޤާނޫނާ އެއްގޮތްވާގޮތު
ޤުގޮތުގެމަތިން،
އެޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
2c2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2{11/HC-A/135
04 ﷲ 0
2
64
4
އެއްބަސްވުމުއޤާ
4 22
8 ތ ފ ދ ތ 2
2
.ވެސްމެވެ
ޤަޟިއްޔާ ނިމުނު ގޮތު
ދަށުން ވަޒީފާއަދާކުރަމުންގެންދާ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން،
އެމުވައްޒަފަކު ވަޒީފާއަދާކޮށްފައިވާ މުއްދަތަށް ބަލައި، އެމުވައްޒަފަކަށް ދޭންޖެހޭ ނޯޓިސްގެ މުއްދަތު
ބަޔާންކުރާ މާއްދާކަމާއި، މިމާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރާ މުވައްޒަފުން
ވަޒީފާއިން ވަކިކުރަންޖެހޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނެ ޢާންމު އުޞޫލު ކަނޑައަޅާ ބަޔާންކޮށްފައިވާ، އެޤާނޫނުގެ
21 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، މުވައްޒަގެ
އިޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ
އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ
އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން
ވަކިކޮށްގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
(ށ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ،
ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުން ބަލައިގަނެ، އެޤައުމުތަކުގެ
ޤާނޫނުތަކުގައި ހިމަނާފައިވާ އުޞޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެގޮތުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް
ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޓަނަލް ލޭބަރ އޮގަނިޒޭޝަން (އައިއެލްއޯ.) ގެ ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ޤާނޫނު ނަންބަރު 2008!2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އިސްވެދެންނެވުނު އުސޫލަކީ އެޤާނޫނުގައިވެސް އެކުލެވިފައިވާ އުސޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު
ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
4 22
2 0 0 *
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2011/HC-A/135
24 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ފަހުގައިކަން އެނގޭކަމާއި،
މަޢުޞޫއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، މިގޮތުންބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ
ނުވަތަ އެމުވައްޒަގެ
އެމުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެމުވައްޒަފެއްގެ ކިބައިގައި ނެތުމަކީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްކަމަށް
ބެލެވޭކަމާއި، އަދި، އެމާއްދާގެ (ށ) ގެ (1) އިން (7) އަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި
ހިމެނޭ ސަބަބަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ނުބެލެވޭނެކަމާއި،
އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢީތަކީ ޢަދުލުވެރި އިޖްރާޢުތަކަށް ވުންކަމާއި،
މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ
ފަރާތަކުން ނިންމުމުގައި، އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅޭނީ، ވަޒީފާދޭ
ފަރާތުން، އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިންގެ
1. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ
ތަފްސީލަކާއެކު) ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަންކަމާމެދު
ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހު،
2. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ
ކޮބައިކަން އެމުވައްޒަފަކަށް އެންގުމަށްފަހު،
3. އެކަންކަން ރަނގަޅުކުރުމަށް އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި،
އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު އޮތްކަން އެމުވައްޒަފަކަށް
3 ހކ ދވ
އެންގުމަށްފަހު;
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
2{11/HC-A/135
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4. އެމުވައްޒަފަކު ރަނގަޅު ކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު
ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ
ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އެމުވައްޒަފަކަށް ދިނުމަށްފަހުގެ
5. އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް
ނިންމުމަށްފަހު،
6. އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން،
ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
ކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުތަކުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމުވައްޒަފަކަށް
ދެވިފައިވާނަމަކަމާއި، މިއީ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުގައިވެސް މިބާވަތުގެ މައްސަލަތަކުގައި
ޢަމަލުކުރެވެމުންދާ ޢާންމު އުސޫލުކަން، އިސްވެދެންނެވިފައިވާ ޤައުމުތަކުގެ ވަޒީފާއާބެހޭ ޤާނޫނުތަކަށާއި،
އައި.އެމް.އޯ. ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ
އާޓިކަލް 7 އަށާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭ
މެންޑޭޝަން 1982 (ނަންބަރު 166) ގެ
ނަންބަރު 7، 8، އަދި 9 އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން، އެމުވައްޒަފަކު ހުށަހަޅާފައިވާ ޝަކުވާއެއް
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ
ނުވަތަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ސާބިތުކޮށްދިނުމަކީ، އެޤާނޫނުގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެން ޙާލަތުތަކުގައި ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭ ފަރާތަށް
ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމާ ނިންމުންތަކުގެ ތެރެއިން، އެނިންމުމެއްގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކޮންމެ ނިންމުމަކީ އޭގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފަށް ޤާނޫނީ ޙައްލެއް ޙައްޤުވާނެ ނިންމުމެއްކަމާއި، މިގޮތުންބަލާއިރު، މިޙާލަތުގައިވާ
މުވައްޒަފުންނަށް ލިބިދެވޭނެ ޤާނޫނީ ޙައްލު ވަޒީފާއާބެހޭ ޤާނޫނުގެ ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމެވެ.
9
02 30
29
OXO
Pg
ދިވެހިރާއްa
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2{11/HC-A/135
ece
ޤަބޫލުކުރެވޭ ޙާލަތު
ﷲ0
224
4
جمع کر کے
ޒިންމާ
4
2 ބ ޅ ކ އ ވ2 2
ہیری مہم
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ފަރުމާކުރެވިފައިވާ
ގޮތުން، އެމާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ
މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަމަށް ވަޒީފާދޭ ފަރާތަށް
ޙާލަތުގައި؛
1. އެ
މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު
ރަނގަޅުކުރުމަށް ފިޔަވަޅުއެޅުން، އަދި
2. އެ ފިޔަވަޅު އެޅުމުންވެސް އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ނުވަތަ އޭނާ
ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ
އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބެއް އޮތުން
ކަން އެނގޭކަމާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ
އްޒަފަކާމެދު އެޅޭނެ އިސްލާޙީ ފިޔަވަޅުތައް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފަކު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ
މިންގަނޑުތަކަށް ތަބާނުވާނަމަ، އެމާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެމުވައްޒަފަކާމެދު
އަޅަން ފެންނަ އެކަށިގެންވާ އިޞްލާޙީ ފިޔަވަޅެއް އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ ދަށުން
އިސްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި، ނަސޭހަތްދިނުމާއި، ލިޔުމުން އިންޒާރު ދިނުމާއި، ވަޒީފާގެ
މަސައްކަތަށް ނިކުތުން 14 (ސާދަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުމާއި،
ހުރިމަޤާމަށްވުރެ ދަށްމަޤާމަކަށް ބަދަލުކުރުން ހިމެނޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ)
ގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު،
އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން އިބްރާހިމް ރިޔާޝް ވަކިކުރެވުނުއިރު އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ ފެންވަރު ދައްވެގެންކަމެއް ނުވަތަ މަސައްކަތުގެ އަޚްލާޤީ
މިންގަނޑު ރަނގަޅު ނުވެގެންކަމެއް، 26 ސެޕްޓެމްބަރ 2010 ގެ ތާރީޚުގައި އެމް.ޓީ.ސީ.ސީ. އިން
އިބްރާހިމް ރިޔާޞްއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
656/MTCC
-
HR
/
MIS
ސިޓީއަށް ބެލުމުން ސާފުކޮށް އެނގެން ނެތްކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ ދަށުން އިބްރާހިމް ރިޔާޟް ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިންކަން
ޤާއިމުކުރެވިފައިވާކަން އެނގެންނެތްކަމާއި،
4 2&2
/2 22 22
އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{11/HC-A/135
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަމަވެސް އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް
ވާސިލުވުމަށްޓަކައި، އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން އިބްރާހިމް ރިޔާޝް ވަކިކޮށްފައިވަނީ އޭނާގެ
މަސައްކަތުގެ ފެންވަރު ދައްވެގެންކަމައް ނުވަތަ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު
ނުވެގެންކަމަށް ޝަރީޢަތުން ބެލި (assume) ކަމުގައިވިއަސް، މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
ދެކެވިފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، އިބްރާހިމް ރިޔާޝްގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް
ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެމް.ޓީ.ސީ.ސީ. ގެ ފަރާތުން
އަޅާފައިވާކަން އެންގެން ނެތްކަމާއި، އަދި، އިބްރާހިމް ރިޔާޟް ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެގޮތުން، އިސްވެދެންނެވިފައިވާފަދަ އެއްވެސް
ފިޔަވަޅެއް އެމް.ޓީ.ސީ.ސީ. އިން އަޅާފައިވާކަން އެނގެން ނެތްކަމާއި،
އެހެންކަމުން، އެމް.ޓީ.ސީ.ސީ، ގެ ވަޒީފާއިން އިބްރާހިމް ރިޔާޝް ވަކިކޮށްފައިވަނީ،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްޞާވާ ވިޔަފާރި ކުންފުންޏަކަށްވީ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
ޢަމަލެއްކަމުގައިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް ރައްކާތެރި
ކޮށްދިނުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ޙައްޤަކަށްވެފައި އެޙައްޤުގެ ބޭނުންހިފުން
މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު ރައްޔިތުން ޙިއްޞާވާ ވިޔަފާރި
ކުންފުންޏެއް ކަމުގައިވީނަމަވެސް، އެކުންފުނީގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން
ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންނާ ދޭތެރޭގައި އެކުންފުނިންވެސް
ޢަމަލުކުރަންޖެހޭނީ އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 34 ވަނަ މާއްދާއިން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ މުވައްޒަފުން ފިޔަވާ އެކުންފުނީގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 41316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްaނޑީޔާރު)
2{11/HC-A/135
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަސައްކަތްކުރާ އެހެން މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ، އެމުވައްޒަފަކު ކުރާ ނުވަތަ ނުކޮށްދޫކޮށްލާ
ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް ކަނޑައެޅިގެން ގެއްލުމެއް ވަމުންދާކަމަށް ނުވަތަ އެމުވައްޒަފަކު ކުރި
ކަމަކީ ޚިޔާނާތުގެ ގޮތުގައި ބެލިވިދާނެ ކަމެއްކަމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޤަބޫލުކުރެވިގެން
ކަމުގައިވީނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ
ގޮތަށް އަދި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމާއި، އެނޫންގޮތެއްގެމަތިން ޢަމަލުކުރުމުގެ އިޚްތިޔާރު
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށްވެސް ލިބިގެންނުވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް
ހުރުމުން،
ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011
:
0;VTR;214 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ހ2 22
22
2
18ނކރވނ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/214
މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް އޮތްކަމަށް ނުފެންނަކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/214 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ތާޢީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ޔޫސުފް ޙުސައިން
ޢަބްދުއްރައޫފު އިބްރާހިމް
ފަނޑިޔާރު)
ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ ދުރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv