ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/265 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/265
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
174
0
ޤަޟިއްޔާ ނަންބަރު:33/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙައްމާދު ސަޢީދު
އައިޑީ ކާޑު ނަންބަރު: A298972
، ދާއިމީ އެޑްރެސް: ޓޯކިޔޯ/ ގދ.
ހޯނޑެއްދޫ
މިހާރުގެ އެޑްރެސް: ޓޯކިޔޯ ގދ. ހޯނޑެއްދޫ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 22 ސެޕްޓެމްބަރ 2014
* ނިމުނު ތާރީޚް: 31 ޖަނަވަރީ 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cr-C/805
ނިންމެވިކޯޓް: ކްރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރު
ހުށަހެޅުނު ތާރީޚް: 03 ޖުލައި 2013
* ނިމުނު ތާރީޚް: 30 އޭޕްރީލް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/265
ދަޢުވާގެ ޚުލާޞާ;
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/805 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ގދ. ހޯނޑެއްދޫ ޓޯކިޔޯ ޙައްމާދު ސަޢީދުގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
CCC.
0
XOC
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/805 ޤަޟިއްޔާއަކީ، ގުރައިދޫ ނަރުގިސްވިލާ
މުޙައްމަދު ނަބީލް އާއި، ގދ. ހޯޑެއްދޫ ޓޯކިޔޯ ޙައްމާދު ސަޢީދު، 2013 ފެބްރުއަރީ 02 ވަނަ ދުވަހުގެ
19:03 އެހައިކަށްހާރު މޯލްޑިވިއަން ފްލައިޓް 551
Q2 ގައި އިންޑިޔާގެ ޗެންނާއި އިން ދިވެހިރާއްޖެއަށް
އައިއިރު، މިދެމީހުން މަސްތުވާތަކެތި ދިރުވައިލައިގެން ދިވެހިރާއްޖެއަށް އެތެރެކުރަން
ތުހުމަތުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން މިދެމީހުން ފުލުހުންނާ ޙަވާލުކުރުމުން 03
ފެބުރުއަރީ 2013 ދުވަހުގެ 10:08 އެހައިކަށްހައިއިރު މިދެމީހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް
މި ދެމީހުންގެ ބަނޑުގެ އެކްސްރޭ ނަގާ ބެލިއިރު މިދެމީހުންގެ ހަށިގަނޑުގައި އެއްޗެހި ތަކެއް
ހުރިކަމަށް މިދެމީހުން ބެލި ޑޮކްޓަރުން މަޢުލޫމާތު ދިނުމުން، މިދެމީހުން ދޫނިދޫ މެޑިކަލް ކްލިނިކަށް ގެންގޮސް
އެޑްމިޓްކޮށްފައި ތިއްބާ، 03 ފެބުރުއަރީ 2013 ދުވަހުގެ 13:28 އެހައިކަށްހައިއިރު މުޙައްމަދު ނަބީލް
ބޮޑުކަމުދިޔައިރު، މުޙައްމަދު ނަބީލް ބޮޑުކަމުދިޔަ އެއްޗެހީގެ ތެރެއިން ނެގުނު 12 (ބާރަ) ބުލެޓުގައި
51.6120 ގްރާމް ޑައިމޯފިން ހުރިކަމަށާއި، 03 ފެބުރުއަރީ 2013 ދުވަހު 17:37 އެހައިކަށްހައިއިރު
މުޙައްމަދު ނަބީލް ބޮޑުކަމުދިޔައިރު މުޙައްމަދު ނަބީލް ބޮޑުކަމުދިޔަ އެއްޗެހީގެ ތެރެއިން ނެގުނު 13 (ތޭރަ)
ބުލެޓުގައި 56.0014 ގްރާމް ޑައިމޯފިން ހުރިކަމަށާއި، 04 ފެބުރުއަރީ 2013 ދުވަހުގެ 08:10
އެހައިކަށްހައިއިރު މުޙައްމަދު ނަބީލް ބޮޑުކަމުދިޔައިރު، މުޙައްމަދު ނަބީލް ބޮޑުކަމުދިޔަ އެއްޗެހީގެ ތެރެއިން
ނެގުނު 2 (ދޭއް) ބުލެޓުގައި 9.2792 ގްރާމް ޑައިމޯފިން ހުރިކަމަށާއި، 03 ފެބުރުއަރީ 2013 ދުވަހުގެ
14:00 އެހައިކަށްހައިއިރު ޙައްމާދު ސަޢީދު ބޮޑުކަމުދިޔައިރު ޙައްމާދު ސަޢީދުގެ ބޮޑުކަމުދިޔަ އެއްޗެހީގެ
ޖެހިރާއްޖޭގެ
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A3265
4
ތެރެއިން ނެގުނު 07 (ހަތެއް) ބުނެޓުގައި 36.0318 ގްރާމް ޑައިމޯފިން ހުރިކަމަށާއި، 03 ފެބުރުއަރީ 2013
ދުވަހުގެ 17:16 އެހައިކަށްހައިއިރު ޙައްމާދު ސަޢީދު ބޮޑުކަމުދިޔައިރު ޙައްމާދު ސަޢީދުގެ ބޮޑުކަމުދިޔަ
އެއްޗެހީގެ ތެރެއިން ނެގުނު 06 (ހައެއް) ބުލެޓުގައި 27.5952 ގްރާމް ޑައިމޯފިން ހުރިކަމަށާއި، 03
ފެބުރުއަރީ 2013 ދުވަހުގެ 18:00 އެހައިކަށްހައިއިރު ޙައްމާދު ސަޢީދު ބޮޑުކަމުދިޔައިރު ޙައްމާދު ސަޢީދުގެ
ބޮޑުކަމުދިޔަ އެއްޗެހީގެ ތެރެއިން ނެގުނު 14 (ސާދަ) ބުލެޓުގައި 67.4016 ގްރާމް ޑައިމޯފިން ހުރިކަމަށާއި،
03 ފެބުރުއަރީ 2013 ދުވަހުގެ 23:45 އެހައިކަށްހައިއިރު ޙައްމާދު ސަޢީދު ބޮޑުކަމުދިޔައިރު ޙައްމާދު
ސަޢީދުގެ ބޮޑުކަމުދިޔަ އެއްޗެހީގެ ތެރެއިން ނެގުނު 02 (ދޭއް) ބުލެޓުގައި 10.0974 ގްރާމް ޑައިމޯފިން
ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގެ 110 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ނަބީލް އާއި ޙައްމާދު
ސަޢީދުގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ތ. ގުރައިދޫ ނަރުގިސްވިލާ މުޙައްމަދު ނަބީލް
އާއި ގދ. ހޯޑެއްދޫ ޓޯކިޔޯ ޙައްމާދު ސަޢީދުގެ މައްޗަށް ދައުލަތުން ކުޅަ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް
ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، 2013 ފެބްރުއަރީ 02 ވަނަ ދުވަހުގެ
19:03 ހާއިރު މޯލްޑިވިއަން ފްލައިޓް 551
Q2 ފުލައިޓުން މުޙައްމަ
ޙައްމަދު ނަބީލްއާއި ޙައްމާދު ސަޢީދު
އިންޑިޔާގެ ޗެންނާއި އިން ދިވެހިރާއްޖެއަށް އައިއިރު، މިދެމީހުން ދިރުވައިލައިގެން ދިވެހިރާއްޖެއަށް
މަސްތުވާތަކެތި އެތެރެކޮށްފައިވާކަން. މިދެމީހުންގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީއާއި، މުޙައްމަދު ނަބީލް
އެކި ފަހަރު މަތީން ބޮޑުކަމުދިޔައިރު، ފެނުނު 27 ބްލެޓްގައި 116.8924 ގްރާމް ޑައިމޯފިންއާއި، ޙައްމާދު
ސަޢީދު އެކި ފަހަރު މަތީން ބޮޑުކަމުދިޔުމުން ފެނުނު 29 ބްލެޓްގައި 141.1260 ގްރާމް ޑައިމޯފިން ހުރިކަން
އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި، ޙައްމާދު ސަޢީދު އެތެރެކުރި 29 ބްލެޓަކީ މުޙައްމަދު ނަބީލް،
ޙައްމާދު
މެދު ސަޢީދު އަށް ބިރުދެއްކުމުގެ ސަބަބުން އެތެރެކުރި އެއްޗެއްކަމަށް ޙައްމާދު ސަޢީދު ބުނިނަމަވެސް
އެކަން ސާބިތުކޮށްދެވޭފަދަ ހަރުދަނާ ހެއްކާއި ޤަރީން ޝަރީޢަތަށް ހުށަހެޅިފައިނުވާތީއާއި، އަދި ޙައްމާދު
ސަޢީދަކީ ނަފްސާނީ ގޮތުން ބަލި މީހެއްކަމަށް ޙައްމާދު ސަޢީދުގެ ފަރާތުން ބުނިނަމަވެސް، ޙައްމާދު ސައީދަކީ
z
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/265
ދާއިމީ ނަފްސާނީ ނުކުޅެދުމެއް ނުވަތަ ސިކުޑީގެ އުނިކަމެއް ހުރުމުގެ ސަބަބުން ހޭ ބުއްދި ފިލާ ދާމީހެއްކަން
ޝަރީޢަތަށް ސާބިތުނުވާތީ، މިކުށުގެ ޒިންމާ މިދަޢުވާލިބޭ ދެމީހުންވެސް އުފުލަންޖެހޭކަން އެނގޭތީ، ޤާނޫނު
ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖަދުވަލު 1
ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުން މުޙައްމަދު ނަބީލްއާއި، ޙައްމާދު ސައީދު
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން، ތ.
ގުރައިދޫ ނަރުގިސްވިލާ މުޙައްމަދު ނަބީލްއާއި، ގދ. ހޯޑެއްދޫ ޓޯކިޔޯ ޙައްމާދު ސަޢީދު ޢުމުރަށް ޖަލަށްލުމާއެކު
-/
100,000ރ. (އެއްލައްކަރުފިޔާ) އިން ޖޫރިމަނާކޮށް، މިޖޫރިމަނާ ފައިސާ މިއަދު (30 އޭޕްރީލް 2014) ން
ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިކޯޓަށް ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު ނަބީލްއާއި،
ޙައްމަދު ސަޢީދުގެ މައްޗަށް ޙުކުމް ކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެގެން އޮވެއެވެ.
ނކީ 8އއ
0
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/805
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ ޚިލާފަށް
ކަމަށް ބުނެ ޙައްމާދު ސަޢީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 03 (ތިނެއް)
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ޙައްމާދު ސަޢީދު ދިރުވާލައިގެން އެތެރެކުރި ބްލެޓްތަކަކީ މިމައްސަލާގައި ޙައްމާދު
ސަޢީދާއެކު ދަޢުވާލިބުނު އެއްފަރާތް ކަމުގައިވާ މުޙައްމަދު ނަބީލް އާއި އިތުރުބަޔަކުވެގެން ބިރުދެއްކުމުގެ
ސަބަބުން ދިރުވާލާފައިވާ ތަކެތިކަމަށް މިމައްސަލައިގެ ތަޙްޤީޤުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާއިރު، ޙައްމާދު ސަޢީދުގެ ފަރާތުން ހުށަހެޅި ހެކީގެ ހެކިބަހަށް ބަލާއިރު، މުޙައްމަދު ނަބީލް ޙައްމާދު
ސަޢީދަށް ބިރުދެއްކިކަމާއި، އަދި އޭގެ ސަބަބުން ޙައްމާދު ސަޢީދު އެ ބްލެޓްތައް ދިރުވާލާފައިވާކަމަށް މުޙައްމަދު
ނަބީލް ދޫނިދޫ ގޮޅީގައި އޮވެގެން ކިޔާދީފައިވާ ކަމަށް ބުނެފައިވާކަމާއި، އަދި މިކަމަށް ޝަރީޢަތުގެ މަޖިލީހުގައި
މުޙައްމަދު ނަބީލް އިޢުތިރާފްވެފައިވީ ހިނދު، މިއިން ކަމަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުން ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެވެ.
OCCX
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/265
0
ދެވަނަ ނުކުތާއަކީ، ޙައްމާދު ސަޢީދުއަކީ ސައިކޮލޮޖިކަލް މައްސަލައެއް ނުވަތަ ނަފްސާނީގޮތުން
ކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ޙައްމާދު ސަޢީދުގެ ފަރާތުން ހުށަހެޅި ލިޔުންތަކުން އެގެންނެތް ކަމަށާއި،
ޙާދިޘާ ހިނގިއިރު ޙައްމާދު ސަޢީދު ހުރީ އެފަދަ ޙާލަތެއްގައިކަން އެނގޭފަދަ ލިޔުންތަކެއް ހުށަހަޅާފައި
ނުވާކަމަށް ފާހަގަކޮށް މައްސަލަ ނިންމާފައިވަނީ ޙައްމާދު ސަޢީދުގެ ފަރާތުން ހުށަހެޅި ޑޮކްޓަރުގެ ލިޔުންތަކަށް
ރިޢާޔަތްނުކޮށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި
ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/805 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙައްމާދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުންނާއި ޙައްމާދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/805 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 17/2011
(މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން
ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާ ޙައްމާދު ސަޢީދުގެ
މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާއިރު، އެ ދަޢުވާއަށް ޙައްމާދު ސަޢީދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ސާފު ޢިބާރާތުން އިޢްތިރާފުވެފައިވާކަން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2013
ސެޕްޓެމްބަރު 22 ވަނަ ދުވަހު ޙައްމާދު ސަޢީދު ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ށ) ޙައްމާދު ސަޢީދު ދިރުވާލައިގެން އެތެރެކުރި ބްލެޓްތަކަކީ މިމައްސަލައިގައި ޙައްމާދު ސަޢީދާއެކު
ދަޢުވާލިބުނު އެއްފަރާތް ކަމުގައިވާ މުޙައްމަދު ނަބީލް އާއި އިތުރު ބަޔަކު ވެގެން ބިރުދެއްކުމުގެ ސަބަބުން
ދިރުވާލާފައިވާ ތަކެތިކަމަށް މިމައްސަލައިގެ ތަޙްޤީޤުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، ޙައްމާދު
ސަޢީދުގެ ފަރާތުން ހުށަހެޅި ހެކީގެ ހެކިބަހަށް ބަލާއިރު، މުޙައްމަދު ނަބީލް ޙައްމާދު ސަޢީދަށް ބިރުދެއްކިކަމާއި،
CCCX
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A3265
Occx
އަދި އޭގެ ސަބަބުން ޙައްމާދު ސަޢީދު އެ ބްލެޓްތައް ދިރުވާލާފައިވާކަމަށް މުޙައްމަދު ނަބީލް ދޫނިދޫ ގޮޅީގައި
ކިޔާދީފައިވާ ކަމަށް ބުނެފައިވާކަމާއި، އަދި މިކަމަށް ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ނަބީލް
އިޢުތިރާފްވެފައިވީ ހިނދު، މިއިން ކަމަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ޙައްމާދު
ސަޢީދުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު؟
މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2013 މާރޗް 14 ވަނަ ދުވަހު ޙައްމާދު
ސަޢީދު ދީފައިވާ ބަޔާނުގައި، އިސްތިލާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/805
ޤަޟިއްޔާގައި ދަޢުވާ ލިބޭ އެއްފަރާތް ކަމުގައިވާ ތ.ގުރައިދޫ ނަރުގިސްވިލާ މުޙައްމަދު ނަބީލް އަކީ 2010
ވަނަ އަހަރުން ފެށިގެން ޙައްމާދު ސަޢީދު ދަންނަ ރައްޓެއްސެއް ކަމަށާއި، 2013 ވަނަ އަހަރުގެ ޖެނުއަރީ
މަސް ތެރޭ ޙައްމާދު ސަޢީދުގެ ގާތުގައި މަޖާކޮށްލުމަށް އިންޑިޔާއަށް ދިޔުމަށް މުޙައްމަދު ނަބީލް އެދުނު
ކަމަށާއި، ފައިސާގެ ކަންތައް މުޙައްމަދު ނަބީލް ހަމަޖައްސާނެ ކަމަށް މުޙައްމަދު ނަބީލް ބުނިކަމަށާއި،
އެގޮތުން މުޙައްމަދު ނަބީލް އާއި ޙައްމާދު ސަޢީދުއާއި ދެމީހުން މާލެއިން އިންޑިޔާގެ ޓްރިވެންޑްރަމަށް
ފުރީ 2013 ޖެނުއަރީ 28 ދުވަހު ކަމަށާއި، ޓްރިވެންޑްރަމްގައި އެއް ދުވަހު ތިބުމަށްފަހު ބަހުގައި ޗެންނާއި
އަށް ދިޔަކަމަށާއި، ޗެންނާއީ އަށް ގޮސް ތިބީ ހޮޓަލެއްގައި ކަމަށާއި، އެތަނުގައި ތިބި ތިބުމުގައި އެއްދުވަހަކު
މުޙައްމަދު ނަބީލް އައިސް ކޮތަޅެއް ދިނުމަށްފަހު އެކޮތަޅުގައި ހުރި އެއްޗެހިތައް ޙައްމާދު ސަޢީދުގެ ހަށިގަނޑުގެ
އެތެރެއަށްލާ ދިރުވާލުމަށް ބުނިކަމަށާއި، އެހެން ބުނުމުން އެކޮތަޅުގައި ހުރި އެއްޗެހިތަކުގެ ދިގުމިނުގައި 03
އިންޗި ހުރުމުން އެތަކެތި ނުދިރުވޭނެކަމަށް ބުނުމުން މާލެއަށް ދާން މަށް ވަންޏާ އެތަކެތި ދިރުވުމަށް
ބުނި ކަމަށާއި، އަދި އެކަން ނުވާނެ ކަމަށް މުޙައްމަދު ނަބީލްގެ ގާތުގައި ބުނުމުން، މުޙައްމަދު ނަބީލް މޭވާކާން
ގެންގުޅޭ ވަޅި ނަގައިގެން ޙައްމާދު ސަޢީދާ ދިމާއަށް އައި ކަމަށާއި، އެގޮތަށް އަންނަން ފެށުމުން އެވަގުތު އެ
ކޮޓަރީގައި ތިބި އިންޑިޔާގެ ތިން މީހުންގެ ތެރެއިން އެކަކު ގޮސް މުޙައްމަދު ނަބީލް ހިފެހެއްޓި ކަމަށާއި،
މުޙައްމަދު ނަބީލް އެގޮތަށް އައުމުން ޙައްމާދު ސަޢީދު ވަރަށް ބިރުގަތް ކަމަށާއި، އަދި ބިރުގަނެފައި ހުރިވަރުން
މުޙައްމަދު ނަބީލް ޙަވާލުކުރި ތަކެތީގެ ތެރެއިން 49 އެތި ފެނާ ލައިގެން ޙައްމާދު ސަޢީދުގެ ހަށިގަނޑުގެ
ތެރެއަށް ދިރުވިކަމަށާއި، ޙައްމާދު ސަޢީދު މާލެއަށް އައިއިރު އެތަކެތި ރައްކާކޮށްގެން ގެނައީ މުޙައްމަދު ނަބީލް
ބޭނުންކަމަށް
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
: ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A265
އެނގެން
އެކި ގޮތް ގޮތުން ޙައްމާދު ސަޢީދަށް ބިރުދައްކާފައިވާތީ އާއި، މާލެއަށް އާދެވޭނީ އެތަކެތި ދިރުވާލައިގެން ކަމަށް
މުޙައްމަދު ނަބީލް ބުނެފައިވާތީކަމަށް ބުނެފައިވާއިރު،
މުޙައްމަދު ނަބީލާ އެކު ޙައްމާދު ސަޢީދު އިންޑިޔާއަށް ދިޔައީ ޙައްމާދު ސަޢީދުގެ ގޭގެ މީހުންނާވެސް
ސިއްރުންކަމާއި، ޙައްމާދު ސަޢީދުގެ ޕާސްޕޯޓަކީ އޭނަގެ ބައްޕަގެ ބެލުމުގައި ދަށުގައި، ވަތްގަނޑެއްގައި އޮންނަ
އެއްޗެއްކަމާއި، ޕާސްޕޯޓްވެސް ނަގާފައިވަނީ ޙައްމާދު ސަޢީދުގެ ބައްޕައަށްވެސް އެނގުމަކާ ނުލައި ސިއްރުންކަން
ޙައްމާދު ސަޢީދު ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި؛
ޙައްމާދު ސަޢީދު މާލެއަށް އައިއިރު އެ (މަސްތުވާ) ތަކެތި ރައްކާކޮށްގެން ގެނައީ މުޙައްމަދު ނަބީލް
އެކި ގޮތް ގޮތުން ޙައްމަދު ސަޢީދަށް ބިރުދައްކާފައިވާތީކަމަށް ތަޙްޤީޤްއި ޝަރީޢަތުގެ މަޖިލީހުގައި ޙައްމަދު
ސަޢީދު ބުނެފައިވާއިރު، މިވާހަކަތަކަކީ ޙައްމާދު ސަޢީދުގެ އަމިއްލަ އިސްނެގުމުން ދައްކާފައިވާ ވާހަކަތަކެއް
ނޫންކަމާއި، އެވާހަކަތައް އެގޮތަށް ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރުމުންކަން
އޮންނަކަމާއި،
ޙައްމާދު ސަޢީދުގެ ފަރާތުން ބުނެފައިވާ ފަދައިން އެތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރީ އޭނައަށް
ބިރުދައްކައިގެން އޭނަގެ އިޚްތިޔާރުން ބޭރުން ކަމަށްވާނަމަ، މިމައްސަލައިގައި ތުހުމަތު ކުރެވިގެން އެއަޕޯޓުން
ޙައްމާދު ސަޢީދު ހިފެހެއްޓުމުގެ ކުރިން އެކަމުގެ މަޢުލޫމާތު ކަމާބެހޭ ރަސްމީ ފަރާތަކަށް ދިނުމުގެ ފުރުޞަތު
ލިބިފައި އޮވެމެ، އެކަން ކަމާބެހޭ އެއްވެސް ފަރާތަކަށް އަންގާފައިނުވާކަން މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙައްމާދު ސަޢީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން،
ޙައްމާދު ސަޢީދު މިމައްސަލައިގައި ހިމެނޭ ތަކެތި ރާއްޖެ އެތެރެކޮށްފައިވަނީ މަޖްބޫރުވެގެން އޭނަގެ އިޚްތިޔާރުން
ބޭރުން ކަމަށް ބެލެވެން ނެތްކަމާއި؟
މިމައްސަލައާ ގުޅިގެން ޙައްމާދު ސަޢީދުގެ ފަރާތުން ދިފާޢީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކޮށްފައިވާ ގދ.ރަތަންދޫ އައްސޭރި ވާފިރު މުޙައްމަދަކީ މިމައްސަލައިގައި
ދަޢުވާލިބޭ އެއްފަރާތް ކަމުގައިވާ މުޙައްމަދު ނަބީލް މިމައްސަލައާ ގުޅިގެން ދޫނިދޫ ޖަލުގައި ބަންދުގައި ހުރިއިރު
އެތަނުން ދިމާވެފައިވާ މީހެއްކަމާއި، ވާފިރު މުޙައްމަދަކީ އެދުވަސްވަރު ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިހުރި
މީހެއްކަމާއި؛
CU O
Oxccc
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/265
OXC
ވާފިރު މުހައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގައި ޙައްމާދު ސަޢީދުއަށް
ބިރުދައްކައިގެން ޙައްމާދު ސަޢީދު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކޮށްފައިވާނެ ކަމަށް މުޙައްމަދު ނަބީލް
ވާފިރު މުޙައްމަދަށް ކިޔައިދީފައިވާ ކަމަށް ބުނެފައިވާއިރު، ހަމަ އެގޮތަށް އެވާހަކަތައް ކިޔައިދީފައިވާނެކަމަށް
2014 ޖެނުއަރީ 30 ވަނަ ދުވަހު މުޙައްމަދު ނަބީލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުގައި ބުނެފައިވީނަމަވެސް، މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މުޙައްމަދު
ނަބީލް ދީފައިވާ ބަޔާނުގައި ޙައްމާދު ސަޢީދަށް ބިރުދައްކައިގެން މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރިކަމަށް
ބުނެފައިނުވާއިރު، މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު ނަބީލާ
ސުވާލުކުރުމުން ހަނުހުރުމުގެ ޙައްޤު ލިބިގަނެފައިވާކަން އެނގެން އޮތުމާއެކު، ކުށުގެ ތުހުމަތު ކުރެވިގެން
ހައްޔަރުކޮށް ތަޙްޤީޤު ނިންމައި ދަޢުވާކުރުމުން، މިހާރު ޝަރީޢަތުގެ މަޖިލީހުގައި އެކަންކުރުވީ ޙައްމާދު
ސަޢީދަށް ބިރު ދައްކައިގެން ކަމަށް ބުނާ ބުނުމަކީ ކުށުގެ ތުހުމަތުގައިވާ އެއްބައިވެރިޔަކު ކުށުން ބައި
ބަރީއަކުރުމުގެ
ބޭނުމުގައި ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ބެލުމުގެ ފުރުޞަތު ބޮޑުކަމާއި،
އަދި ހަމަ އެހެންމެ ދިފާޢީ ހެއްކެއްގެ ގޮތުގައި ޙައްމާދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ
ގދ.ރަތަންދޫ އައްސޭރި ވާފިރު މުޙައްމަދު (A097214) އަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/425 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2013
254/A ޤަޟިއްޔާއިން އެނގެން އޮތުމުން އޭނަގެ ހެކިބަހަކީވެސް މިމައްސަލައިގައި އެމައްޗަށް ބުރަދަނެއް
ކަމުގައި ބެލެވެން ނެތްކަމާއި؛
އެހެންކަމުން، މިމައްސަލައިގައި ދަޢުވާލިބުނު އެއްފަރާތް ކަމުގައިވާ މުޙައްމަދު ނަބީލް ޝަރީޢަތުގެ
މަޖިލީހުގައި ވެފައިވާ އިއްތިރާފާއި ޙައްމާދު ސަޢީދުގެ ފަރާތުން ދިފާޢުގައި ހުށަހެޅި ވާފިރު މުޙައްމަދުގެ ހެކި
ބަހުގެ މައްޗަށް ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވުމުގައި ރިޢާޔަތް ނުކުރެއްވުމަކީ، ޝަރުޢީ ޤާނޫނީ ހަމަތަކާ
ޚިލާފުކަމެއްގެ ގޮތުގައި ބެލެވެން ނެތްކަން އެނގެއެވެ.
(ނ) ޙައްމަދު ސަޢީދުއަކީ ނަފްސާނީގޮތުން ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ޙައްމަދު ސަޢީދުގެ
ފަރާތުން ހުށަހެޅި ލިޔުންތަކުން އެނގެންނެތް ކަމަށާއި، ޙާދިޘާ ހިނގިއިރު ޙައްމާދު ސަޢީދު ހުރީ އެފަދަ
ލަތެއްގައިކަން އެނގޭފަދަ ލިޔުންތަކެއް ހުށަހަޅާފައި ނުވާކަމަށް ފާހަގަކޮށް މައްސަލަ ނިންމާފައިވަނީ ޙައްމާދު
ދެވިދާނެ ހެކި ބަހެއް
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A3265
ސަޢީދުގެ ފަރާތުން ހުށަހެޅި ޑޮކްޓަރުގެ ލިޔުންތަކަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
ހައްމާދު ސަޢީދަކީ ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކުރުމަށްޓަކައި
ހައްމާދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ
އަހަރާ ދެމެދު ސިއްޙީ ފަރުވާ ހޯދާފައިވާކަން އެނގޭނެ ލިޔެކިޔުންތަކެއްކަމާއި، އެލިޔެކިޔުންތަކުން ނަފްސާނީ
ކަމަކަށް ފަރުވާ ހޯދާފައިވާކަން އެނގެން އޮތްނަމަވެސް ޙައްމާދު ސަޢީދު ފަރުވާ ހޯދަމުންދިޔަ ބައްޔަކީ ނުވަތަ
ޙައްމާދު ސަޢީދަށް މެދުވެރިވެފައިވާ ނަފްސާނީ ޙާލަތަކީ، އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ، ބުއްދި
ފިލައިދާފަދަ ނުވަތަ ހައްލާލައިގެން ކަމެއް ކުރުވިދާފަދަ، ކުށުގެ މަސްއޫލިއްޔަތުން ބަރީއަ ކުރެވިދާނެ
ޙާލަތެއްކަން ދަލާލަތުކުރާ އެއްވެސް ލިޔުމެއް ހުށަހަޅާފައިވާކަން އެނގެން ނެތްއިރު، މުޙައްމަދު ނަބީލާއެކު
ޙައްމާދު ސަޢީދު އިންޑިޔާއަށް ގޮސްފައިވަނީ ޙައްމާދު ސަޢީދު ފުރިހަމަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރު
ކަމެއް އޮވެގެން ނޫންކަމާއި، އެއާ ޚިލާފަށް އެދަތުރު ކޮށްފައިވަނީ ޙައްމާދު ސަޢީދުގެ ބެލެނިވެރިޔަކާ ނުވަތަ
ބަލަދުވެރިޔަކަށް އެނގުމެއްނެތި ސިއްރުންކަމުން، ޙައްމާދު ސަޢީދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި
ޑޮކްޓަރުންގެ ލިޔުންތަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި މައްސަލަ ނިންމަވާފައިވަނީ ރަގަޅަށް ނޫންކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/805 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ސަބަބެއް އޮތް ކަމަކަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
UCO o
4 އ
و سرر سے
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/805 ޤަޟިއްޔާގައި ޙައްމާދު ސަޢީދުގެ މައްޗަށް
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް ޙައްމާދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބަލައި، އެޤަޟިއްޔާގައި ޙައްމާދު ސަޢީދުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/265
ޤާނޫނީ ހަމައެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
*
$i;
.d:
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ