ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/164 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމު
ނިމުނު ގޮ
2012/HC-A/164
ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
es
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 164/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: C43
/
84
ދާއިމީ އެޑްރެސް: ފެންބިލްޑިންގ/2 ވަނަ ފަންގިފިލާ
! އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ރިޝްވާން ނިޘާމް
އައިޑީ ކާޑު ނަންބަރު: A027036
ދާއިމީ އެޑްރެސް: މ.މ.މ.ދ. ނަންބަރު 5353
..
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ރަޖަބު 1433
27 މެއި 2012
ނިމުނު ތާރީޚް: 28 ޒުލްޤަޢިދާ 1433
14 އޮކްޓޫބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/535
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ނިންމެވި ކޯޓު ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 14 މާޗް 2011
ނިމުނު ތާރީޚް: 8 އޯގަސްޓް 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ
2
| ނިމުނު
2(12)HC-A/164
ދަޢުވާގެ ޚުލާޞާ
535/Cv-C/2011
މިއީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ
ނަންބަރު C43
/
84) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ރިޝްވާން ނިޘާމް،
ނަންބަރު 5353
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A027036) އެވެ.
މ.މ.ދ.ދ.
ފާހަގަކުރެވުނު ނުކުތާތަ
:
535/Cv-C/2011
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، މ.މ.ދ. ދަފްތަރު 5353 (ހ. ދައްރާސާ/1 ވަނަ ފަންގިފިލާ)
ރިޝްވާން ނިޘާމްގެ ފަރާތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގައި -/4,550,000 (ހަތަރުމިލިއަން ފަސްލައްކަ ފަންސާސްހާސް) ރުފިޔާ އަށް އިންޝުއަރ
ކޮށްފައިވާ "ހާބަރ ޕްރިންސަސް" އޭކިޔާ އުޅަނދު (ރަޖިސްޓްރީ ނަންބަރު |P8489-03
[
i0
-
T) ގައި 5
ސެޕްޓެމްބަރ 2010 ދުވަހު ހިނގި އަލިފާނުގެ ޙާދިސާއެއްގައި، އެއުޅަނދު ބޭނުންނުކުރެވޭ ވަރަށް
އަނދައިގެން ގޮސްފައިވާތީ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އެއުޅަނދުގެ ބަދަލު ހޯދުމަށްއެދި، އެތަކެއް ފަހަރުމަތިން ދަންނަވާފައިވީނަމަވެސް، އެއްވެސް ޢަމަލީ ސިފައެއް
އައިސްފައިނުވާތީ ކަމުގައިބުނެ، "ހާބަރ ޕްރިންސަސް" ގެ ފުރިހަމަ އަގުކަމުގައި އެލައިޑް އިންޝުއަރެންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ -/4,550,000 (ހަތަރު މިލިއަން
ފަސްލައްކަ ފަންސާސްހާސް) ރުފިޔާ ހޯދުމަށް ރިޝްވާން ނިޘާމްގެ ފަރާތުން އެލައިޑް އިންޝުއަރެންސް
ކޮމްޕެނީ އޮފް ދަ މޯލްދިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން، ސިވިލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދަޢުވާކުރާ ފަރާތުގެ އުޅަނދުގެ ބައެއް
އަނދައިގެން ދިއުމަށްފަހު، މުޅި އުޅަނދުހަލާކުވެ ނެތިގޮސްފައިވަނީ ދަޢުވާކުރާ ފަރާތުގެ އިހުމާލުންކަމުގައި
އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެކޭތީ، ދައުވާކުރާ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4ކމަށް
3
23
متری و
2012HC-A/164
OXO
- ނިމުނު
ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާއަކީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމުގައިބުނެ ދަޢުވާއަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް
ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގޭކަމާއި،
އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު
1000/40/403/2010/2265 ޕޮލިސީ އިން "ހާބަރ ޕްރިންސަސް" އިން ޝުއަރ ކޮށްފައިވާކަން
އެނގޭކަމާއި، "ހާބަރ ޕްރިންސަސް" އިންޝުއަރ ކޮށްފައިވާ ޖުމުލަ އަގަކީ -/
4,550,000ރ. (ހަތަރު
މިލިއަން ފަސްލައްކަ ފަންސާސްހާސް ރުފިޔާ) ކަމާއި، އިންޝުއަރަންސް ޕޮލިސީގެ ދަށުން ޕެރިލްސް އޮފް ދަ
ސީ ނުވަތަ ކަނޑުގައި ދިމާވާ އެކްސިޑެންޓްތަކާއި ގެއްލުންތަކުން އަދި އަލިފާނުގެ ޙާދިސާތަކުން "ހާބަރ
ޕްރިންސަސް" އިން ޝުއަރ ކުރެވި، އުޅަނދު ސެލްވޭޖްކުރަންޖެހިއްޖެ ޙާލަތެއްގައި އެކަމުގެ ޚަރަދު (އެކުގައި
ނުވަތަ ބައެއް) ލިބިގަތުމުގެ ޙައްޤު އިންޝުއަރަންސް ނެގި ފަރާތަށް ލިބިގަނެވޭކަން ބަޔާންކޮށްފައިވާކަމާއި،
05 ސެޕްޓެމްބަރ 2010 ދުވަހު "ހާބަރ ޕްރިންސަސް" ގައި އަލިފާން ރޯވެ، އުޅަނދު ފެތިފައިވާކަމާއި،
"ހާބަރ ޕްރިންސަސް" އޮތީ
ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިކަމާއި، "ހާބަރ ޕްރިންސަސް" ގައި އަލިފާން
ރޯވުމުގެ ސަބަބުން ހަލާކުވެފައިވަނީ އެއުޅަނދުގެ ވަކި ބައެއްކަމުގައި އަދި އެ އުޅަނދު ބޭނުންނުކުރެވޭ
ވަރަށް ހަލާކުވެ، އުޅަނދު ސަލާމަތް ނުކުރެވޭވަރު ވެފައިވަނީ ރިޝްވާން ނިޘާމްގެ އިހުމާލުންކަމުގައި އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ފަރާތުން ބުނާއިރު، ރިޝްވާން ނިޘާމްގެ
ފަރާތުން އިހުމާލުވެފައިވަނީ ކޮންކަމަކާއިމެދު، ކިހިނަކުންކަން ބަޔާންކޮށްދީ، އެކަން ޘާބިތުކުރުމަށް އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެކި ހުށަހަޅާފައިނުވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2010
/
59/C2
/
PRE-171 (31 އޮކްޓޯބަރ 2010) ގެ
ޕޮލިސް ރިޕޯޓަށް ބެލުމުން "ހާބަރ ޕްރިންސަސް" ގައި އަލިފާން ރޯވެފައިވަނީ ޤަސްދުގައިކުރި ޖިނާއީ
އެނގޭފަދަ ނުވަތަ އެފަދަ އިޝާރާތެއްވާފަދަ ހެއްކެއް
ފެންނަން
ކޮށްފައިވާކަމާއި، ރިޝްވާން ނިޘާމްގެ ފަރާތުން "ހާބަރ ޕްރިންސަސް" ގައި އަލިފާން ރޯވެ، އުޅަނދު
ފެތުމާއި ގުޅިގެން އެއުޅަނދު ސަލާމަތްކުރުމަށް މަސައްކަތްކޮށް، އެފަރާތުން ކުރަމުންދިޔަ މަސައްކަތް އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަމުން ގޮސްފައިވާކަން އެނގެން
އޮތްކަމާއި، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ރިޝްވާން ނިޘާމް ހުށަހަޅާފައިވާ ކްލެއިމް ފޯމަށް އެދި ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ޖަވާބު ދީފައިވާކަން
ނުވަތަ އެއްވެސް އިޝާރާތެއް ކޮށްފައިވާކަން އެނގެން ނެތްކަން، ޤަޟިއްޔާއާއި ގުޅިގެން ދަޢުވާކުރާ ފަރާތާއި
ދަޢުވާލިބޭ ފަރާތް ހުށަހަޅާފައިވާ ލިޔުންތަކަށާއި ބަޔާންތައް ބެލުމުން އެނގެން އޮތަތީ،
ހހހeހ2
އަޚުކަންކަން
ގއ ތ xތ ﷲ ވ2
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 13
:
6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ 1 ނިމުނު
2012/HC-A/164
کی عمری
ރިޝްވާން ނިޘާމް ގެ ފަރާތުން ކުޅަ ދަޢުވާގައިވާ ފަދައިން ރިޝްވާން ނިޘާމްގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިވާ، އަދި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގައި އިންޝުއަރ ކޮށްފައިވާ "ހާބަރ ޕްރިންސަސް" ގައި އަލިފާނުގެ ޙާދިސާއެއް ހިނގައި،
އެއުޅަނދަށް ލިބުނުކަމަށް ރިޝްވާން ނިޘާމްގެ ފަރާތުން ބުނާ ގެއްލުމަކީ އެ އުޅަނދަށް ހަޤީގަތުގައިވެސް
ވެފައިވާ ގެއްލުން ނޫންކަމުގައި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބުނާހިނދު، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެފަދައިން ބަޔާންކުރާ ބިނާއަކީ ރިޝްވާން ނިޘާމުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ
ހެއްކާއި އަޅާ މިނާއިރު، މަދަނީ މިންގަޑުތަކުން އެކަށޭނެ ބުރަދަނެއް ދެވޭފަދަ ބުނުމެއް ކަމުގައި ޝަރީއަތަށް
ނުފެންނާތީ "ހާބަރ ޕްރިންސަސް އަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެގެ ފަރާތުން ދޫކޮށްފައިވާ ޕޮލިސީގެ ލިމިޓު ކަމުގައިވާ -/
4,550,000ރ. (ހަތަރު މިލިއަން
ފަސްލައްކަ ފަންސާސްހާސް) ރުފިޔާ އަކީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރިޝްވާން ނިޘާމަށް ދޭންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި،
08 އޯގަސްޓް 2011 ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މިފައިސާ
ރިޝްވާން ނިޘާމަށް ރައްދުކުރުމަށްޓަކައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް އެލައިޑް އިންޝުއަރަންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
f
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/535 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް)
ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
0 0
<< O
• ފުރަތަމަ ނުކުތާއަކީ، ދަޢުވާކުރާ ފަރާތުގެ އުޅަނދު "ހާބަރ ޕްރިންސަސް" ގެ ބައެއް
އަނދައިގެން ދިއުމަށްފަހު، މުޅި އުޅަނދު ހަލާކުވެނެތިގޮސްފައިވަނީ ދަޢުވާކުރާ ފަރާތުގެ އިހުމާލުންކަން
އެނގެންއޮތްއިރު އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، "ހާބަރ ޕްރިންސަސް" އޭކިޔާ އުޅަނދަކީ ދަޢުވާކުރާ ފަރާތުން
އޮފް މޯލްޑިވްސްގައި ރަހުނުކޮށްފައިވާ އުޅަނދަކަށް ވީހިނދު، އިންޝުއަރަންސްގެ
ދިވެހިރާއްa
ބޭންކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ممتع ويلي
5
23
2012/HC-A/164
ނިމުނު "
ރައްދުކުރަންޖެހޭނީ ބޭންކް އޮފް މޯލްޑިވްސް އަށްކަމަށް ބަޔާންކޮށްފައިވީނަމަވެސް، ދަޢުވާކުރާފަރާތް،
ރިޝްވާން ނިޘާމަށް އެފައިސާ ރައްދުކުރުމަށް ޙުކުމުކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަކީ އުޅަނދުގައި
އަލިފާން ރޯވުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ބަޔާންކޮށްދޭ ލިޔުންތަކެއް ނޫންކަން ކަނޑައެޅި
ސާފުވިނަމަވެސް، އަދި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ ސަރވޭ ރިޕޯޓުގައި އުޅަނދަށް ލިބިފައިވާ ގެއްލުން ސާފުކޮށް ބަޔާންކޮށް، އަދި އެ
ގެއްލުމަށް ދޭންޖެހޭ ޢަދަދު ދިނުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އިންކާރުނުކުރާކަން ބަޔާންކޮށްފައިވީނަމަވެސް، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް
ރިޢާޔަތްކޮށް "ހާބަރ ޕްރިންސަސް" ގައި އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަކީ
-/4,550,000 (ހަތަރު މިލިއަން ފަސްލައްކަ ފަންސާސްހާސް) ރުފިޔާ ކަމުގައި ކަނޑައަޅާ
ޙުކުމްކުރައްވާފައިވުމީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/535 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އެލައިޑް އިންޝުއަރަންސް ކޮމްޕެނީ
އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ރިޝްވާން ނިޝާމް ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދަޢުވާކުރާ ފަރާތުގެ އުޅަނދު "ހާބަރ ޕްރިންސަސް" ގެ ބައެއް
އަނދައިގެން ދިއުމަށްފަހު، މުޅި އުޅަނދު ހަލާކުވެނެތިގޮސްފައިވަނީ ދަޢުވާކުރާ ފަރާތުގެ އިހުމާލުންކަން
އެނގެންއޮތްއިރު، ސިވިލް ކޯޓުން އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ، އެލައިޑް އިންޝުއަރަންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
މ.މ.ދ. ދަފްތަރު 5353 (ހ. ދައްރާސާ/1 ވަނަ ފަންގިފިލާ) ރިޝްވާން ނިޘާމްގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ހާބަރ ޕްރިންސަސް" އޭކިޔާ އުޅަނދު (ރަޖިސްޓްރީ ނަންބަރު
ދިވެހިރާއްa
އައިކޯއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
متری و
23
ނިމުނު
2(12)HC-A/164
1 0-T
03-P8489A) އަކީ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ނަންބަރު 1000/40/403/2010/2265 ޕޮލިސީއިން -/4,550,000 (ހަތަރު މިލިއަން
ފަސްލައްކަ ފަންސާސްހާސް) ރުފިޔާ އަށް އެކުންފުނީގައި އިންޝުއަރ ކޮށްފައިވާ އުޅަނދެއްކަމާއި، އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިސްވެދެންނެވުނު ޕޮލިސީއަށް
ބަލާއިރު، އެޕޮލިސީގެ ދަށުން ކަވަރކޮށްފައިވާ ކަންކަމުގެ ތެރޭގައި އަލިފާނުގެ ސަބަބުން "ހާބަރ
ޕްރިންސަސް" އަށް ލިބޭ ގެއްލުންތައް (ޕޮލިސީގެ 6.1.2 ގައި) ހިމެނިފައިވާކަން އެނގޭކަމާއި،
2010 ސެޕްޓެމްބަރ 4 ވަނަ ދުވަހުގެ ރޭ ދަންވަރު (5 ސެޕްޓެމްބަރ 2010) ގެ
ވަގުތެއްގައި، ތިލަފުށީ ފަޅުތެރޭގައި އަޅާފައިވަނިކޮށް، "ހާބަރ ޕްރިންސަސް" ގައި އަލިފާނުގެ ހާދިސާއެއް
ހިނގާފައިވާކަމާއި، "ހާބަރ ޕްރިންސަސް" ގައި އަލިފާން ރޯވެފައިވަނީ އެއްވެސް ފަރާތަކުން ޤަސްދުގައި
ކުރި ޖިނާއީ ޢަމަލެއްގެ ސަބަބުންކަން އެނގޭފަދަ ނުވަތަ އެފަދަ އިޝާރާތެއްވާފަދަ ހެއްކެއް
ފެންނަންނެތްކަމަށް، އެހާދިސާ ތަޙްޤީޤުކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ތައްޔާރުކޮށްފައިވާ އެސަރވިސްގެ ނަންބަރު 2010
/
59/C2
/
PRE-171 "ޕޮލިސް ރިޕޯޓް" އަށް ބެލުމުން
އެނގޭކަމާއި،
5 ސެޕްޓެމްބަރ 2010 ގައި "ހާބަރ ޕްރިންސަސް" ގައި ހިނގި އަލިފާނުގެ ހާދިސާގައި
އެއުޅަނދުގެ ބޮޑުބައެއް އަނދައި، އުޅަނދަށް ބޮޑެތި (severe) ގެއްލުންތަކެއް ލިބިފައިވާކަމާއި،
އުޅަނދުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އުޅަނދުހުރީ ފެންމަތީގައި ނޫންކަން، މިހާދިސާގައި
އެއުޅެންދަށް ލިބުނުގެއްލުން އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއަށް ސާރވޭކޮށްދިން މެރިޓަކް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ "އިންސިޑެންޓް ސަރވޭ ރިޕޯޓް
އޮފް ހާބަރ ޕްރިންސަސް" ގެ 4.2 އަދި 3 ވަނަ ނަންބަރަކާއި، އުޅަނދުގެ ވެރިފަރާތުގެ އެދުމުގެ މަތިން،
އުޅަނދަށް ލިބިފައިވާ ގެއްލުން ސަރވޭކުރި، ބެއަރ ޑައިވިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން
ތައްޔާރުކޮށްފައިވާ "ސަރވޭ ރިޕޯޓް އޮފް އެމްވީ ހާބަރ ޕްރިންސަސް" އަށް ބެލުމުން
އެނގޭކަމާއި،
"ހާބަރ ޕްރިންސަސް" ގައި ހިނގި އަލިފާނުގެ ހާދިސާގައި އެއުޅަނދަށް ލިބުނުގެއްލުން
އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ސާރވޭކޮށްދިން މެރިޓެކް
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ "އިންސިޑެންޓް ސަރވޭ ރިޕޯޓް އޮފް ހާބަރ ޕްރިންސަސް" އަށް
ބަލާއިރު، އެހާދިސާގެ ސަބަބުން އުޅަނދުގެ މުޅި އެކޮމަޑޭޝަން އޭރިއާ އާއި، ހަލްގެ ދެފަރާތުން
ގާތްގަނޑަކަށް 5 ފޫޓް x
10 ފޫޓް ބޮޑުމިނުގެ ބައެއް އަނދާފައިވާކަމަށާއި، އިންޖީނާއި ޖެނެރޭޓަން
OOOLC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
ނިމުނު ގޮތުގެ
2012HC-A/164
04 40
2 ހ2 3
4
3
2
އަޑިއަށް ދިއުމުގެ ސަބަބުން ހަލާކުވެފައިވާކަމަށް އެރިޕޯޓުގެ 5 ވަނަ ނަންބަރުގައި ބަޔާންކުރުމަށްފަހު،
އެއުޅަނދުގެ މަރާމާތަށް ޚަރަދުވާނީ ގާތްގަނޑަކަށް -/2,750,000 (ދެމިލިއަން ހަތްލައްކަ ފަންސާސްހާސް)
ރުފިޔާ ކަމަށާއި، އެއުޅަނދުއޮތީ ސެލްވޭޖްކޮށް މަރާމާތުކުރެވޭނެ ޙާލަތުގައިކަމަށާއި، އުޅަނދު ސެލްވޭޖް
ކުރެވިއްޖެނަމަ އުޅަނދުގެ އިންޖީނާއި، ޖެނެރޭޓަރާއި، ބުރަފައްޗާއި، ޝާފްޓް ސަލާމަތްކުރެވިދާނެކަމަށް
އެރިޕޯޓުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް، މެރިޓެކް މެނޭޖްމަންޓް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހަދާފައިވާ އިސްވެދެންނެވިފައިވާ ސަރވޭއަކީ އެއުޅަނދުގެ ދެބައިކުޅަ އެއްބައި އަޑިއަށް
ގޮސްފައިވަނިކޮށް (ރިޕޯޓުގެ 2.1 ވަނަ ނަންބަރު މޫދުއަޑިއަށް ފީނުމަކާނުލާ ތައްޔާރުކޮށްފައިވާ ތަމްހީދީ
(preliminary) ރިޕޯޓެއް (ރިޕޯޓުގެ 8 ވަނަ ނަންބަރު) ކަމަށްވެފައި، އެރިޕޯޓު ބިނާވެފައިވާ ސަރވޭ
ކުރެވިފައިވާގޮތުން، އެރިޕޯޓުގައި ހިމެނިފައިވާ ކަންކަމަކީ ވޮރަންޓީއެއް ނުވަތަ ގެރެންޓީއެއްކަމުގައި
ނުދެކުމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން މިފަދަ ރިޕޯޓެއްގައިވާ ކަންކަމުގެ މައްޗަށް
ރިޢާޔަތްކޮށް، އުޅަނދަށް ލިބިފައިވާ ގެއްލުމާއި، އެގެއްލުމުގެ އަގު އެކަށީގެންވާ ފެންވަރަކަށް އަދި އޭގެ
ޞައްޙަކަމާމެދު ސުވާލު ނުއުފެދޭނޭ މިންވަރަކަށް، ވަޒަންކުރެވުމަކީ
ށްވުރެނުވުން ގާތްކަމެއް
(improbable) ކަމަށް މިމައްސަލަ ބެލުމުގައިބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ޤަބޫލުކުރެވޭކަމާއި،
އެއާޚިލާފަށް، "ހާބަރ ޕްރިންސަސް" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން
އެއުޅަނދުގެ ވެރިފަރާތުގެ އެދުމުގެމަތިން، އުޅަނދަށް ލިބިފައިވާ ގެއްލުން ސަރވޭކުރި، ބެއަރ ޑައިވިންގ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރުކޮށްފައިވާ "ސަރވޭ ރިޕޯޓް އޮފް އެމްވީ ހާބަރ
ޕްރިންސަސް" އަށް ބަލާއިރު، "ހާބަރ ޕްރިންސަސް" އަށް ލިބިފައިވާ ގެއްލުމާ އަޅާބެލުމުން، އެއުޅަނދު
މަރާމާތުކުރުމުގެ އަގު، އެފަދަ އާ އުޅަނދެއް ހޯދުމަށްވުރެ ބޮޑުވާނެކަމަށާއި، އުޅަނދު ސެލްވޭޖްކޮށް، އެހެލާ،
ލަކުޑީގެ މަސައްކަތަށާއި، ކަރަންޓުގެ މަސައްކަތަށާއި، މެކޭނިކަލް ސާމާނަށް
ލިބިފައިވާ ގެއްލުން
މަރާމާތުކުރުމަށް ހިނގާނެ ޚަރަދު، އިންޝުއަރެންސް އިން ލިބޭނެ ފައިސާއަށްވުރެ މާބޮޑުތަން
އިތުރުވާނެކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި،
ބެއަރ ޑައިވިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ސަރވޭއަކީ
"ހާބަރ ޕްރިންސަސް އަޑިއަށް ގޮސްފައިވާ ތަނަށް ފީނައިގެން ބެލުމަށްފަހު ހަދާފައިވާ ސަރވޭއެއްކަމާއި،
މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާ، ބެއަރ ޑައިވިންގ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ސަރވޭ ރިޕޯޓަކީ 21 ފެބްރުއަރީ 2011 ގައި ތިލަފުށި ފަޅުތެރެއަށް
ފީނުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް އެރިޕޯޓުގެ ސުރުޚީގައި ބަޔާންކޮށްފައިވީނަމަވެސް
404
ދިވެހި2
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
23
ޤަޟިއްޔާ ނިމުނު
2(12)HC-A/164
0 2 0x2
و سروس کم
0322
xދ ގތ
އެނޫންގޮތަކަށް
.
ކަމާއި،
2xކ 04
19& 9
އެއުޅަނދު ދެވަނަ ފަހަރަށް ސަރވާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމާއި، އެރިޕޯޓުގައި
ބަޔާންކޮށްފައިވާކަންކަން ބަޔާންކޮށްފައިވަނީ 21 ފެބްރުއަރީ 2011 ގައި ކުރެވުނު ސަރވޭގެ އިތުރުން،
އުޅަނދުގައި އަލިފާނުގެ ހާދިސާ ހިނގި 2010 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެސަރަޙައްދަށް
ފީނުމަށްފަހު ކުރެވުނު ސަރވޭގެ މައްޗަށްވެސް އިގެންކަމާއި، އެހެންކަމުން،
އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްނުދެވޭހާ ހިނދަކު، "ހާބަރ ޕްރިންސަސް" އަށް ދިމާވި އަލިފާނުގެ
ހާދިސާގައި އެއުޅަނދަށް ލިބުނު ގެއްލުމުގެ އަސްލު މިންވަރާއި، އެގެއްލުމުގެ އަސްލު އަގު ކަނޑައެޅުމުގައި،
މަދަނީ މިންގަނޑުން ބަލާއިރު، އިސްވެދެންނެވިފައިވާ ދެރިޓެކް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ
"އިންސިޑެންޓް ސަރވޭ ރިޕޯޓް އޮފް ހާބަރ ޕްރިންސަސް" އަށްވުރެ ބެއަރ ޑައިވިންގ ސަރވިސަސް
ޕްރައިވެޓް ލިމިޓެޑް އިން ކޮށްފައިވާ ސަރވޭގެ ޞައްޙަކަން ބޮޑުވާނޭކަމަށް ބެލެވޭކަމަށް މިމައްސަލަ
ބެލުމުގައިބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާ
މީގެއިތުރުން، "ހާބަރ ޕްރިންސަސް" ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެއުޅަނދުގެ
އަނދައި، ތިލަފުށި ފަޅުތެރެއަށް އެއުޅަނދު އަޑިއަށް ދިޔުމާގުޅިގެން އެއުޅަނދު
ސަލާތްކުރުމަށްޓަކައި، އެއުޅަނދުގެ ވެރިފަރާތަކަށްވާ ރިޝްވާން ނިޘާމް މަސައްކަތްތަކެއް ކޮށްފައިވާކަމާއި
އަދި މިގޮތުގެމަތިން އެފަރާތުން ކުރަމުންދިޔަ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެލައިޑް އިންޝުއަރެންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހިއްސާކުރަމުން ގެންގޮސްފައިވާކަން، މިމައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެންއޮތްކަމާއި، މިގޮތުން، "ހާބަރ ޕްރިންސަސް" ގައި
އަލިފާނުގެ ހާދިސާ ހިނގިކަން އެނގުމާއެކު، އެކަން ފަޔަރ އެންޑް ރެސްކިއުއަށާއި މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް އަންގާފައިވާކަމާއި، އަދި ޖެހިގެން އައިދުވަހު ހެނދުނު އެކަން އެލައިޑް އިންޝުއަރެންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށްވެސް އަންގާފައިވާކަމާއި، އަދި އުޅަނދުގެ އިންޖީނު
ސަލާމަތްކުރުމަށް، އޭނާއާއި އުޅަނދުގެ މުވައްޒަފުންނާއި އޭނާގެ ރައްޓެހިން ކުރި މަސައްކަތުން އެކަންވާގޮތް
ވެފައިނުވުމާއެކު، އުޅަނދު ސެލްވޭޖްކޮށް އިންޖީނު ސަލާމަތްކުރެވޭނީ ބަޔަކަށް އަގު ދީގެންކަމަށާއި،
އެކަންކުރުމަށް ޚަރަދުވާނެކަމަށް ލަފާކުރާ އަގުއަންގައިދޭ ކޯޓޭޝަން
ޝަންތަކެއްވެސް، އެލައިޑް އިންޝުއަރަންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ރިޝްވާން ނިޘާމް ފޮނުވާފައިވާކަމާއި، އަދި އުޅަނދު
ލާމަތްކުރުމަށާއި އުޅަނދު މަރާމާތުކުރުމުގެ ޚަރަދު އޭނާއަށް ދޫކޮށްދިނުން އެދޭކަމަށްވެސް އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ރިޝްވާން ނިޘާމް
އަންގާފައިވާކަމާއި، އަދި އެޕޮލިސީގެ ދަށުން އިންޝުއަރކުރެވިފައިވާ އުޅަނދު ސެލްވޭޖް ކުރަންޖެހިއްޖެ
ޙާލަތެއްގައި އެކަމުގެ ޚަރަދު (އެކުގައި ނުވަތަ ބައެއް) ލިބިގަތުމުގެ ޙައްޤު އެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤުހއް
9
23
2012HC-A/164
404 40
. ނިމުނު "
އިންޝުއަރަންސް
ނެގި ފަރާތަށް ލިބިގެންވާކަން، "ހާބަރ ޕްރިންސަސް" އަށް އެލައިޑް އިންޝުއަރަންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދޫކޮށްފައިވާ އެކުންފުނީގެ ނަންބަރު
1000/40/403/2010/2265 ޕޮލިސީގެ 11.1 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮތްނަމަވެ. ،
ރިޝްވާން ނިޘާމްގެ އެއްވެސް ސިޓީއަކަށް އެކުންފުނިން އެއްވެސް ޖަވާބެއްދީފައިވާކަން އެނގެންނެތްކަމާއި،
އަދި، "ހާބަރ ޕްރިންސަސް" ގެ ބައެއް އަނދައިގެން ދިއުމަށްފަހު، މުޅި އުޅަނދު
ހަލާކުވެނެތިގޮސްފައިވަނީ ދަޢުވާކުރާ ފަރާތުގެ އިހުމާލުންކަން އެނގެންއޮތްކަމަށް އެލައިޑް އިންޝުއަރަންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިކަމުގައިވީނަމަވެސް، އިސްވެދެންނެވިފައިވާ
ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، "ހާބަރ ޕްރިންސަސް އަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން
އަދި އެއަށްފަހު އެއުޅަނދަށް ލިބިފައިވާ އެއްވެސް ގެއްލުމަކީ އެއުޅަނދުގެ ވެރިފަރާތުގެ އިހްމާލުން ލިބިފައިވާ
މިކަމަށް ބެލެވެން ނެތްކަމާއި، އަދި މިކަން ނަފީކުރެވޭވަރު ހަރުދަނާ ހެއްކެއް، އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށްވެސް އަދި
ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅިފައިނުވާކަމާއި،
އެހެންކަމުން، ހާބަރ ޕްރިންސަސް" ގެ ބައެއް އަނދައިގެން ދިއުމަށްފަހު، މުޅި
އުޅަނދު ހަލާކުވެނެތިދިއުމުގައި ދަޢުވާކުރާ ފަރާތުގެ އިހުމާލެއް ނެތްކަމަށް ސިވިލް ކޯޓުން ބައްލަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
04
3
04 ހ22
ގެއެވެއޮއެކުP
ވަވާރގެ
(ނ) ދެވަނަ ކަމަކީ، "ހާބަރ ޕްރިންސަސް" އޭކިޔާ އުޅަނދަކީ ދަޢުވާކުރާ ފަރާތުން
ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކޮށްފައިވާ އުޅަނދަކަށް ވީހިނދު، އިންޝުއަރަންސްގެ ފައިސާ
ރައްދުކުރަންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްއަށް ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ރިޝްވާން ނިޘާމަށް
އެފައިސާ ރައްދުކުރުމަށް ޙުކުމްކުރައްވާފައިވާކަމަށްބުނެ އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު،
މ.މ.ދ. ދަފްތަރު 5353 (ހ. ދައްރާސާ/1 ވަނަ ފަންގިފިލާ) ރިޝްވާން ނިޘާމްގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ހާބަރ ޕްރިންސަސް އޭކިޔާ އުޅަނދު (ރަޖިސްޓްރީ ނަންބަރު
03-P8489A) އަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރަހުނުކުރެވިފައިވާ އުޅަނދެއްކަން،
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އެނގޭކަމާއި، އަދި، "ހާބަރ ޕްރިންސަސް"
ރަހުނުކުރުމަށްފަހު، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ނަގާފައިވާ ޑިމާންޑް ލޯނަށް ފައިސާ ދަ
10-T
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ދު
;ޤު ސިއްޔާ ﷲ ނިމުނު
2012HC-A/164
Ooec
/ ބ 2
سر درد کی
އެއްބަސްވެފައިވާ އުސޫލުން ފައިސާ ނުދެއްކުމުގެ ސަބަބުން، އެއުޅަނދުގެ ވެރިފަރާތްކަމަށްވާ ރިޝްވާން
މައްޗަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން މަދަނީ ކޯޓުގައި ދަޢުވާކުރުމުން، އެއުޅަނދަށް
ނަގާފައިވާ ޕޮލިސީ ނުވަތަ ޕޮލިސީތަކުގެ ދަށުން ލިބޭ ފައިސާ ބޭންކް އޮކް މޯލްޑިވްސް ޕލކ ގައިވާ
ރިޝްވާން ނިޘާމްގެ އެކައުންޓަށް ޖަމާކުރުމަށް މަދަނީ ކޯޓުގެ ނަންބަރު 2010/MC/1832 ޤަޟިއްޔާގައި
ރިޝްވާން ނިޘާމްގެ މައްޗަށް އެކޯޓުން އަމުރުކުރައްވާފައިވާކަމާއި،
އަދި މަދަނީ ކޯޓުގެ މީޙުކުމާ ގުޅިގެން، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން "ހާބަރ ޕްރިންސް" އަށް ނަގާފައިވާ ޕޮލިސީގެ ދަށުން ލިބޭ ފައިސާ
ރިޝްވާން ނިޘާމްގެ އެކައުންޓަށް ޖަމާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ފޮނުވައިދިނުމަށް
އެބޭންކުގެ ނަންބަރު 2010
/
2240/BML
/
LEGAL (16 ޑިސެމްބަރ 2016) ސިޓީން އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެދިފައިވާކަމާއި، ބޭންކް
އޮފް މޯލްޑިވްސް ޕލކ ގެ މިބުނެވުނު ސިޓީއާގުޅިގެން، 21 ޑިސެމްބަރ 2010 ގެ ތާރީޚުގައި އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ބޭންކް އޮފް މޯލްޑިވްސް ޕލކ
އަށް ފޮނުވާފައިވާކަމަށް ބުނާ (މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ކޮޕީއެއް
ހިމެނިފައިވާ) އެކުންފުނީގެ ނަންބަރު 2010
/
3202/AI
/
UW ސިޓީއަށް ބަލާއިރު، "ހާބަރ ޕްރިންސަސް"
އަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރަކީ -/2,700,000 (ދެމިލިއަން ހަތްލައްކަ) ރުފިޔާކަމަށް
އެކުންފުނިން ނިންމާފައިވާކަމަށާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ރިޝްވާން ނިޘާމް ހުޅުވާފައިވާ
އެކައުންޓަށް ޖަމާކުރުމަށްޓަކާއި އެސިޓީއާއެކު އެޢަދަދަށް ފައިސާ ފޮނުވާކަމަށް ބަޔާންކޮށްފައިވާކަން
އެނގޭކަމާއި، އެހެންނަމަވެސް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެފައިސާ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ފޮނުވާފައިވާކަން ނުވަތަ ބޭންކް އޮފް
މޯލްޑިވްސް ޕލކ ގައި ރިޝްވާން ނިޘާމް ހުޅުވާފައިވާ އެކައުންޓަށް އެފައިސާ ޖަމާކޮށްފައިވާކަން
ކަށަވަރުވާނޭފަދަ (އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ބޭންކް
އޮފް މޯލްޑިވްސް ޕލކ އަށް ފޮނުވާފައިވާ ޗެކުގެ ކޮޕީ ނުވަތަ އެފައިސާ ޖަމާވެފައިވާކަން ދައްކުވައިދޭ
ބޭންކް ސްޓޭޓްމަންޓް) އެއްވެސް ހެއްކެއް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާއި،
"ހާބަރ ޕްރިންސަސް" އަކީ ބޭންކް އޮފް މޯލްޑިވްސް ޕޮލިކީ ގައި ރަހުނުކުރެވިފައިވާ
އުޅަނދެއް ކަމުގައިވީނަމަވެސް، އެއުޅަނދު އިންޝުއަރކުރުމަށްޓަކައި އުޅަނދުގެ ވެރިފަރާތާއި އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސޯލަ
404
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
e ,
ދަ ނިމުނު
2(12)HC-A/164
گمرکی
<< O
ހަމައެކަނި އެދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމެއްކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ އަކީ
އެއެއްބަސްވުމުގެ ބައިވެރިއެއް ނޫންކަމާއި، އަދި އިންޝުއަރ ކުރެވިފައިވާ، ބޭންކެއް ނުވަތަ ފައިނޭންޝަލް
އިންސްޓިޓިއުޓެއްގައި ރަހުނުކޮށްފައިވާ މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކުންފުނިން ބަލާނީ،
ޙަޤީޤަތުގައިވެސް އެފަރާތުގެ މުދަލަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެގެއްލުމުގެ ބަދަލުގައި ދޭންޖެހޭ
ފައިސާއެއް ދައްކަންޖެހެނީ އެންމެ ފުރަތަމަ ބޭންކަށްކަމަށް، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހާބަރ ޕްރިންސް" އަށް ދޫކޮށްފައިވާ އިންޝުއަރަންސް ޕޮލިސީގައި
ބަޔާންކޮށްފައިވާނެކަމަށް އެކުންފުނީގެ ފަރާތުން ބުނިނަމަވެސް، އެޕޮލިސީގައި އެފަދައިން ބަޔާންކޮށްފައިވާ
ތަނެއް އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކިފައިނުވާކަމާއި، އަދި މިމައްސަލައާ ގުޅިގެން
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާ "މެރިން ހަތް ޕޮލިސީ" ގައިވެސް އަދި
"އިންސްޓިޓިއުޓް ޓައިމް ކްލޯސަރސް" ގައިވެސް އެފަދައިން
ހިމެނިފައިނުވާކަމާއި،
އެހެންކަމުން، ހާބަރ ޕްރިންސަސް" އަށް ލިބުނު ގެއްލުމާ ގުޅިގެން އެލައިޑް
އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ރިޝްވާން ނިޘާމްއަށް
ދޭންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ ފައިސާ، އެއުޅަނދުގެ ވެރިފަރާތްކަމަށްވާ ރިޝްވާން
ނިޝާމްއަށް ރައްދުކުރުމަށްޓަކައި ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ
އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެކޯޓުން އަންގަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބެލެވެންނެތްކަ
ތްކަމެވެ.
ހ20/
0 2 04
މާއްދާއެއް
(ނ) ތިންވަނަ ކަމަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަކީ އުޅަނދުގައި
އަލިފާން ރޯވުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ބަޔާންކޮށްދޭ ލިޔުންތަކެއް ނޫންކަން ކަނޑައެޅި
ސާފުވިނަމަވެސް، އަދި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ ސަރވޭ ރިޕޯޓުގައި އުޅަނދަށް ލިބިފައިވާ ގެއްލުން ސާފުކޮށް ބަޔާންކޮށް، އަދި އެ
ގެއްލުމަށް ދޭންޖެހޭ ޢަދަދު ދިނުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން އިންކާރުނުކުރާކަން ބަޔާންކޮށްފައިވީނަމަވެސް، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް
ރިޢާޔަތްކޮށް "ހާބަރ ޕްރިންސަސް" ގައި އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަކީ
-/4,550,000 (ހަތަރު މިލިއަން ފަސްލައްކަ ފަންސާސްހާސް) ރުފިޔާ ކަމުގައި ކަނޑައަޅާ
ހުކުމް ކުރައްވާފައިވުމީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެލައިޑް އިންޝުއަރަންސް ކޮމްޕެ
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ދު
ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/164
XLC
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްވެދެންނެވިފައިވާފަދައިން، "ހާބަރ ޕްރިންސަސް" ގައި ހިނގި އަލިފާނުގެ ހާދިސާއާ
ގުޅިގެން އެއުޅަނދުގެ ވެރިފަރާތުގެ އެދުމުގެމަތިން، އުޅަނދަށް ލިބިފައިވާ ގެއްލުން ސަރވޭކުރި، ބެއަރ
ޑައިވިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ސަރވޭއަކީ، އެއުޅަނދަށް
ލިބުނުގެއްލުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް
ސާރވޭކޮށްދިން މެރިޓެކް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ ސަރވޭއާ ޚިލާފަށް، "ހާބަރ
ޕްރިންސަސް" އަޑިއަށް ގޮސްފައިވާ ތަނަށް ފީނައިގެން ބެލުމަށްފަހު ހަދާފައިވާ ސަރވޭއެއްކަމާއި،
މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާ، ބެއަރ ޑައިވިންގ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ސަރވޭ ރިޕޯޓަކީ 21 ފެބްރުއަރީ 2011 ގައި ތިލަފުށި ފަޅުތެރެއަށް
ފީނުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް އެރިޕޯޓުގެ ސުރުޙީގައި ބަޔާންކޮށްފައިވީނަމަވެސް، އެއީ
އެއުޅަނދު ދެވަނަ ފަހަރަށް ސަރވާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމާއި، އެރިޕޯޓުގައި
ބަޔާންކޮށްފައިވާކަންކަން ބަޔާންކޮށްފައިވަނީ 21 ފެބްރުއަރީ 2011 ގައި ކުރެވުނު ސަރވޭގެ އިތުރުން،
އުޅަނދުގައި އަލިފާނުގެ ހާދިސާ ހިނގި 2010 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެސަރަޙައްދަށް
ފީނުމަށްފަހު ކުރެވުނު ސަރވޭގެ މައްޗަށްވެސް ބިނާކޮށްގެންކަންވެސް އެރިޕޯޓަށް ބެލުމުން އެނގޭކަމާއި،
އެހެންކަމުން، "ހާބަރ ޕްރިންސަސް" އަށް ދިމާވި އަލިފާނުގެ ހާދިސާގައި އެއުޅަނދަށް ލިބުނު ގެއްލުމުގެ
އަސްލު މިންވަރާއި، އެގެއްލުމުގެ އަސްލު އަގު ކަނޑައެޅުމުގައި، މަދަނީ މިންގަނޑުން ބަލާއިރު، މެރިޓެކް
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ "އިންސިޑެންޓް ސަރވޭ ރިޕޯޓް އޮފް ހާބަރ ޕްރިންސަސް" އަށްވުރެ
އެރިޕޯޓުގެ ސައްޙަކަންބޮޑުވާނޭކަމަށް ބެލެންޖެހޭނެކަމަށް މިމައްސަލަ ބެލުމުގައިބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި،
އެހެންކަމުން، "ހާބަރ ޕްރިންސަސް" އަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން
އެއުޅަނދަށް ލިބިފައިވާ ގެއްލުމާއި، އެގެއްލުމުގެ މިންވަރު ކަނޑައެޅުމުގައި، "ހާބަރ ޕްރިންސަސް" ގައި
ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއުޅަނދުގެ ވެރިފަރާތުގެ އެދުމުގެމަތިން، އުޅަނދަށް ލިބިފައިވާ
ގެއްލުން ސަރވޭކުރި، ބެއަރ ޑައިވިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ސަރވޭގެ
ރިޕޯޓަށް ސިވިލް ކޯޓުން ރިޢާޔަތްކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް
ކަމެވެ.
22
22
22 ހއ
ބޅަނނAކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ
2
| ނިމުނު
2(12)HC-A/164
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/535 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް އެލައިޑް އިންޝުއަރަންސް
ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv-C/535 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ނުކުތާތަކުގައި
ހ2 22
22
2
ބަޔާންކުރެވުން
ބަޔާންކުރ
OX
ދެންފަހެ،
އިސްވެފާހަގަކުރެވުނު
ކަންކަން
ންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/535 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ އިސްތިއުނާފުކުރުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/535
ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/535 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv