ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/315 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/315
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
.ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 315/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
ނަން: ސަންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް، ޑީ. އެން. ބީ. އެޗް. ޑީ
މިހާރުގެ އެޑް
އެޑްރެސް: ލ.
ލިންކިއާ 5 ވަނަ ބުރި، އެޕާރޓްމަންޓް A
ވަކީލު: މޒ. ޙުސައިން ޝަމީމު، އގ. އިބްރާހީމް ރިފްޢަތު
0 0 0 0
0 0
• އިސްތިއުނާފު ރައްދުވި ފަރާތް: ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
އަލްފާޟިލް އަޙްމަދު ޝާހިދު، މެނޭޖިންގ ޑިރެކްޓަރ
ވަކީލު: އގ. އިބްރާހީމް ނާޞިރު މުޙައްމަދު
• ހުށަހެޅުނު ތާރީޚް: 24 ޑިސެމްބަރ 2008
ނިމުނު ތާރީޚް: 08 މާޗް 2010
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/775
• ނިންމެވި ކޯޓް: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 22-04-2008
ނިމުނު ތާރީޚް: 16-10-2008
*
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2008/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2008/MC/775 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން ބީ.އެޗް.ޑީ
(ސުންޖިން) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް
ލިމިޓެޑް (ޕްރޮކްސީ) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2008/MC/775 ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ސުންޖިން
އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން ބީ.އެޗް.ޑީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ
ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން ބީ.އެޗް.ޑީގެ ފަރާތުން މަދަނީ ކޯޓުގެ
ނަންބަރު 2008/MC/775 ޤަޟިއްޔާ އިސްތިއުނާފުކުރަމުން، ޕްރޮކްސީ ގްރޫޕް ޕްރައިވެޓް
ލިމިޓެޑްއިން ކަނޑުމާ ރިސޯޓުގައި 2008 ވަނަ އަހަރު ޖެނުއަރީ މަހު ކޮށްފައިވާކަމަށް ބުނާ
މަސައްކަތުގެ އަގުގެ ގޮތުގައި ހޯދުންއެދިގެން ހުށަހަޅާފައިވާ ފައިސާ ހިމެނޭ އިންވޮއިސްތަކުގެ
ތެރެއިން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ 015/KAND
/
L
/
SJ
-
PS (31 ޖެނުއަރީ
2008) އިންޓަރިމް ޕޭމަންޓް ސެޓްފިކެޓްގައި، އެސެޓްފިކެޓްގައި ހިމެނޭ ފައިސާ 15 ފެބްރުއަރީ
2008 ގެ ކުރީން ދީ ނިންމާނެކަމަށް ބުނެފައި އޮތްކަމަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައި އޮތްނަމަވެސް، އިސްވެ ދެންނެވި އިންޓަރިމް ޕޭމަންޓް ސެޓްފިކެޓްގައި 15
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2008/HC-A/315
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
COCOCOO X
05e0
ފެބްރުއަރީ 2008 ގެ ކުރިން ދައްކާނެކަމަށް ބުނެފައިވަނީ، މުޅިން އެހެން ކަމަކާއި ގުޅޭ، އެހެން
ފައިސާއެއްކަން ސާފުކޮށް އެނގޭއިރު، ސުންޖަންގެ ފަރާތުން ދައްކާނެކަމަށް ބުނެފައިވަނީ ޖެނުއަރީ
2008 ގެ ފައިސާކަމަށް ބައްލަވައިގެން މައްސަލަ ނިންމަވާފައިވާކަމަށް ސުންޖިންގެ ފަރާތުން
އިސްތިއުނާފުގައި ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ހައިކޯޓުން ބެލި ބެލުމުން؟
ސުންޖިން އާއި ޕްރޮކްސީއާއި ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ސުންޖިންގެ
ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ކަނޑޫމާގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި ޕްރޮކްސީ އިން
މަސައްކަތްކޮށްފައިވާ ކަމާއި، ކުރަމުންދާ މަސައްކަތައް ފައިސާ ދިނުމުގައި ޢަމަލުކުރަމުން
އައިސްފައިވާ ގޮތަކީ ޕްރޮކްސީއިން ޕްރޮގްރެސިވް ކްލެއިމް (ކުރެވުނު މަސައްކަތުގެ އަގު)
ހުށަހެޅުމުން، ހުށަހަޅާފައިވާ އަގުތަކާއި ކުރެވުނު މަސައްކަތް ކަމަށް ބުނާ ކަންކަން ސުންޖިންގެ
ފަރާތުން އެ ކުންފުނީގެ ކުއަންޓިޓީ ސަރވެއަރ، އަދި އިންޖިނިއަރ ބަލާ ވަޒަންކުރުމަށްފަހު،
ސުންޖިން އިން ހަދާ ޕްރޮގްރެސް ރިޕޯޓާއިއެކު އިންޓްރިމް ޕޭމަންޓް ސެޓްފިކެޓް ދޫކުރުމުން،
އެސެޓްފިކެޓްގައިވާ ހިސާބުތަކާއި އެއްގޮތަށް ޕްރޮކްސީއިން ސުންޖިންއަށް އިންވޮއިސް ފޮނުވުމުން،
ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ޕްރޮކްސީއަށް އެފަރާތުން ހުށަހަޅާ
އިންވޮއިސްގައިވާ ޢަދަދުން ރިޓެންޝަން ފައިސާ ކެނޑުމަށްފަހު ބާކީވާ ފައިސާ ދެނީކަން،
ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގޭކަމާއި؛
1 ފެބުރުއަރީ 2008 ގައި ޕްރޮކްސީ އިން ސުންޖިން އަށް ފޮނުވާފައިވާ އިންވޮއިސް
ނަންބަރު: 1007/06/08 އަކީ ސުންޖިން އިން ޕްރޮކްސީއަށް ފޮނުވާފައިވާ ރިފަރެންސް ނަންބަރު:
015/KAND
/
L
/
SJ
-
PX އިންޓްރިމް ޕޭމަންޓާއި ގުޅިގެން ފޮނުވާފައިވާ އިންވޮއިސްއެއްކަން
އެނގެން އޮތްއިރު،
2008 ޖެނުއަރީ މަހުގައި ކުރެވިފައިވާ މަސައްކަތާއި ގުޅިގެން ސުންޖިންއިން ޕްރޮކްސީއަށް
ފޮނުވާފައިވާ އިސްވެ އިޝާރާތް ކުރެވުނު 115 ނަންބަރު އިންޓަރިމް ސެޓްފިކެޓްގައި ވާގޮތަށް
ޕްރޮކްސީއިން ސުންޖިންއަށް ފޮނުވާފައިވާ އިންވޮއިސްގައިވާ ފައިސާ ސުންޖިންއިން ދައްކާފައިވާކަން
އެނގޭނެ ހެއްކެތް ސުންޖިންއަށް ހުށަހެޅިފައި ނެތުމުން، އެފައިސާއަކީ ޕްރޮކްސީއަށް ލިބިދޭންޖެހޭ
ފައިސާއެއް ކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަނުން ޝަރީޢަތަށް ސާބިތުވެއެވެ.
05 0
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2008/HC-A/315
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
Oct
OX OU C
ހ
ދުންނވފއވސ
0¢
(ނ) ޖެނުއަރީ 2008ގައި ކަނޑޫމާ ރިސޯޓުގައި ކޮށްފައިވާ މަސައްކަތުގެ އަގުގެގޮތުގައި
ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ހޯދުން އެދިގެން ހުށަހަޅާފައިވާ 78,683.02 $US
(ހަތްދިހަ އަށްހާސް ހަސަތޭކަ އަށްޑިހަ ތިނެއް ޕޮއިންޓް ސުމެއް ދޭއް) ހޯދުން އެދިފައިވަނީ
ސުންޖިން އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން ބީ.އެޗް.ޑީގެ އިންޓްރިމް ސެޓްފިކެޓުގެ މައްޗަށް
ބައްލަވައިގެން ކަމަށް ވާއިރު، އިންޓަރިމް ޕޭމަންޓް ސެޓްފިކެޓު ހެދުމުގެ ކަންތައް އޮންނަގޮތަކީ،
އެސެޓްފިކެޓު ދޫކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެސެޓްފިކެޓުގައި ބަޔާންކޮށްފައިވާ
މަސައްކަތްތައް އިވެލުއޭޓްކޮށް، އެކަން އެގޮތުގެމަތިން ހުރިކަން ޔަގީންކުރުމަށްފަހު ކަމަށް
ނިކޮށް، އަދި ޖެނުއަރީ 2008ގެ އިންޓަރިމް ޕޭމަންޓު ސެޓްފިކެޓު ދޫކުރި ތާރީޚުގައި،
އެސެޓްފިކެޓުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އިވެލުއޭޓްކޮށް ނިމިފައިވާކަމަށް އޮތް އޮތުމަކީ
ޝައްކު އުފެދޭ ކަމެއްކަމަށާއި، އިވެލުއޭޓްކުރުމަށް އެއް ދުވަސް ނެގުމަކީ ބުއްދި ގަބޫލުކުރެވޭ
މުއްދަތެއް ނޫންކަމަށާއި، އެކަންކަން އިތުރަށް ބައްލަވައިދެއްވައި، ކޯޓުން ކަނޑައަޅުއްވާ ބަޔަކު
އެރިސޯޓުގައި ކޮށްފައިވާ މަސައްކަތް ބައްލަވައި، އެކަމަށް އަދުލުވެރިގޮތުގައި ބައްލަވައިދެއްވުމަށް
އެދިފައިވަނިކޮށް، އެކަން ކުރެއްވުމަކާނުލައި، އަދި އެވާހަކަތަކަށް އެއްވެސް ވަރަކަށް ރިޢާޔަތް
ކުރެއްވުމަކާނުލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ސުންޖިން އިންޖިނިއަރިންގ (އެމް)
އެސް.ޑީ.އެން ބީ.އެޗް.ޑީ އިން ހައިކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއަށް ބެލި ބެލުމުން،
ސުންޖިން އާއި ޕްރޮކްސީ އާއި ދެމެދު ކަނޑޫމާގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި
ސުންޖިންގެ ސަބް
ޕްރޮކްސީއިން މަސައްކަތްކުރާނެ ކަމަށް ވެފައިވާ
އެއްބަސްވުމުގައި ފައިސާ ދޫކުރުމުގައި ޢަމަލުކުރާ ގޮތަކީ، ޕްރޮކްސީއަށް ކުރެވުނު މަސައްކަތުގެ އަގު
(އިންޓަރިމް ޕްރޮގްރެސް ކްލެއިމް) މަސް ނިމުމުން ސުންޖިންއަށް ހުށަހެޅުން ކަމާއި، މިގޮތުން
ހުށަހަޅާ ލިޔުމަކީ ކުރެވުނު މަސައްކަތާ އެއްގޮތަށް ހުށަހެޅިފައިވާ ޞައްޙަ ލިޔުމެއްކަމަށް ސުންޖިންގެ
ފަރާތުން އެމަސައްކަތާއި އިސްކޮށް ހަވާލުވެ ހުރި ފަރާތް ނުވަތަ ސައިޓް އިންޖިނިއަރ ސޮއިކޮށްފައި
އޮންނަންވާނެ ކަމަށް އެގްރީމެންޓުގައި ބަޔާންކޮށްފައިވާކަން އެނގެން އޮތްއިރު،
މި
އެއްބަސްވުމުގެ ދަށުން ދެފަރާތުގެ މެދުގައި ކުރެވުނު މުޢާމަލާތްތަކުގައި ޢަމަލު ކުރަމުން
އައިސްފައިވާ ގޮތަކީ، ޕްރޮކްސީއިން ކުރެވުނު މަސައްކަތުގެ އަގު ސުންޖިންއަށް ހުށަހެޅުމުން،
ސުންޖިންއިން އެ ހުށަހެޅުމުގައިވާ ކަންތައްތައް ބަލާ ވަޒަން ކުރުމަށް ފަހު، އެފަރާތުގެ ރިޕޯޓާއެކު
05 0
02
OXO
*¢¢ 0
¢ ހ 04
سمر مع تميل ع تر و ک
رميم
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2008/HC-A/315
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަގުގެ
)
05 0
އިންޓަރިމް ޕޭމަންޓް ސެޓްފިކެޓް ސުންޖިންއިން ފޮނުވުމުން އޭގައިވާ އަދަދަށް ޕްރޮކްސީ އިން
ސުންޖިން އަށް އިންވޮއިސް ކުރުންކަން އެނގޭކަމާއި،
ޖެނުއަރީ މަހުގައި ކުރެވުނު މަސައްކަތާއި ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮކްސީއިން ހުށަހަޅާފައިވާ ކުރެވުނު މަސައްކަތުގެ
ލިޔުމުގައި ސުންޖިންގެ ފަރާތުން މަސައްކަތާ ހަވާލުވެ ހުރި އެންމެ އިސް ފަރާތް ސޮއިކޮށްފައިވާ
ކަން އެނގެން އޮތުމުގެ އިތުރުން، ޢަމަލުކުރަމުން އައިސްފައިވާ ގޮތާއި އެއްގޮތަށް އިންޓަރިމް
ޕޭމަންޓް ސެޓްފިކެޓް އިޝޫކޮށްފައިވާއިރު، އޭގައިވާ ޢަދަދަށް ޕްރޮކްސީއިން ސުންޖިންއަށް
އިންވޮއިސްކޮށްފައިވާކަން އެނގޭ ކަމާއި؛
އިންޓަރިމް ސެޓްފިކެޓް ދޫކުރަނީ، އެސެޓްފިކެޓު ދޫކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ
ތެރޭގައި އެސެޓްފިކެޓުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އިވެލުއޭޓްކޮށް، އެކަން އެގޮތުގެ މަތިން
ހުރިކަން ޔަގީންކުރުމަށްފަހު ކަމަށް ސުންޖިންގެ ފަރާތުން ބުނަމުން އައި ނަމަވެސް 2007 މާޗް،
އޭޕްރިލް، މެއި، ޖޫން، ޖުލައި، މި ފަސް މަހުގައި ޕްރޮކްސީއިން ކޮށްފައިވާ މަސައްކަތަށް އެ
މަސްތަކުގެ އެންމެ ފަހު ދުވަހުގައި އިންޓަރިމް ޕޭމަންޓް ސެޓްފިކެޓް ދޫކޮށްފައިވާކަން އެނގެން
އޮތުމުން، ޖެނުއަރީ 2008 ގައި ޕްރޮކްސީއިން ކުރި މަސައްކަތުގެ އަގު ހުށަހެޅުމުން ޖެނުއަރީ 31
ގައި އޭގެ އިންޓަރިމް ޕޭމަންޓް ސެޓްފިކެޓް ދޫކުރުމަކީ، އިސްވެ އިޝާރާތް ކުރެވުނު 2007 މާޗް،
އޭޕްރީލް، މެއި، ޖޫން، އަދި ޖުލައި މަހުގައި ސުންޖިންގެ ފަރާތުން އިންޓަރިމް ޕޭމަންޓް ސެޓްފިކެޓް
ދޫކުރުމުގައި، ޢަމަލުކޮށްފައިވާ ގޮތުން ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމަކަށްވާއިރު، އިތުރަށް އެކަން
ޝަރީޢަތުން ނުބެލުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުވާ ކަމެއް ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
މަދަނީކޯޓު ނަންބަރު 2008/MC/775
ޤަޟިއްޔާ އިސްތިއުނާފު
ސުންޖިންގެ ފަރާތުން ފާހަގަ ކޮށްފައިވާ ދެ ނުކުތާ ކަމުގައިވާ
* ކަނޑޫމާ ރިސޯޓުގައި ޕްރޮކްސީގެ ފަރާތުން 2008 ވަނަ އަހަރުގެ ފެބުރުއަރީ މަހާއި
މާޗު މަހު ކޮށްފައިވާކަމަށް ބުނާ މަސައްކަތުގެ އަގުގެގޮތުގައި ދައްކަންޖެހޭކަމަށް ސުންޖިންގެ
ލިޔުންތަކުން ދައްކަނީ 17,996.74 $US (ސަތާރަހާސް ނުވަސަތޭކަ ނުވަދިހަ ހައެއް ޕޮއިންޓް
ހަތެއް ހަތަރެއް ޔޫ.އެސް ޑޮލަރ) ކަން، އެ ކުންފުނީގެ ފައިނަލް ޕޭމަންޓް ސެޓްފިކެޓް ކަމަށްވާ
22
22
22 ހ
ނަފުބރ32އ
0
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
6
2008/HC-A/315
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
04
05 0
KAND
/
L
/
SJ
-
PX
/
FINAL (17 އޭޕްރީލް 2008) ނަންބަރު ސެޓްފިކެޓުން އެނގެން
އޮތްއިރު، އަދި އެފައިސާގެ ތެރޭގައި އެހާތަނަށް ޕްރޮކްސީއިން ކޮށްފައިވާ ހުރިހާ މަސައްކަތަކަށް
ދައްކަންޖެހޭ ފައިސާ ހިމެނިފައިވާކަމަށް ސުންޖިންގެ ފަރާތުން ހުށަހަޅާފައިވަނިކޮށް، އެކަންކަމަށް
ބެއްލެވުމަކާ ނުލައި މައްސަލަ ނިންމަވާފައިވުމާއި
އެގޮތުން މިމައްސަލާގައި ސުންޖިން އިން ދައްކަންޖެހޭ ފައިސާގެ މިންވަރުކަމަށް
ބައްލަވާފައިވަނީ، ހަމައެކަނި ޕްރޮކްސީ އިން ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ ޢަދަދުތައް ކަމާއި،
އެ އިންވޮއިސްތަކާއެކު ސުންޖިން އިން ދޫކުރާ އިންޓަރިމް ޕޭމަންޓް ސެޓްފިކެޓްވެސް
ހުށަހަޅާފައިނުވާއިރު، އަދި ކޮށްފައިވާ މަސައްކަތައް ދައްކަންޖެހޭ ފައިސާގެ މިންވަރާބެހޭ ގޮތުން
ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތަފާތުތަކެއް ހުއްޓާމެ، (ސުންޖިން އިންޖިނިއަރިންގ (އެމް)
އެސް.ޑީ.އެން ބީ.އެޗް.ޑީ އިން ބުނާ އަދަދާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން ބުނާ ޢަދަދާ
ދެމެދު ތަފާތު ހުރިކަން އެނގެން އޮތްއިރު) އެކަންކަމަށް އެއްވެސް ގޮތަކަށް ބެއްލެވުމެއް ނެތި، އަދި
މުޢާމަލާތުގެ ޞައްޙަ އަގަކީ ޕްރޮކްސީ އިން ހުށަހަޅާފައިވާ އަގުކަމަށް ބާރުލިބޭ އިތުރު އެއްވެސް
ޤަރީނާއެއް ނުވަތަ ހެއްކެއްވެސް ނެތީސް، މި މައްސަލައިގައި ދެފަރާތުން ހުށަހަޅާ އަގުގައި
ތަފާތުތަކެއް ހުރީތީ، މިމައްސަލައިގައި ކޯޓުން ކަނޑައަޅުއްވާ އަގު ކޮމިޓީއެއް ނުވަތަ އެނޫންވެސް
ޓެކްނިކަލް ކޮމިޓީއަކުން، ރިސޯޓުގައި ކޮށްފައިވާ މަސައްކަތްތައް ބައްލަވައި، މަސައްކަތުގެ
އަގާމެދު ވަކި ގޮތެއް ކަނޑައަޅުއްވައި ދެއްވުން އެދިފައިވަނިކޮށް، އެކަން
ނެތި
ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އާއި؟
* ސުންޖިން އިން ދޫކުރި ފައިނަލް އިންޓްރިމް ޕޭމަންޓް ސެޓްފިކެޓުގައި، ޕްރޮކްސީގެ
ފަރާތުން ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާގެ ތަފްޞީލު ކަނޑައެޅިފައިވަނިކޮށް، އަދި
އެފައިސާގެ ތަފްޞީލުތައްވެސް ހުށަހެޅިފައިވަނިކޮށް، އަދި އެފައިސާގެ ތެރޭގައި 2008 ވަނަ
އަހަރުގެ ފެބުރުއަރީ އާއި މާޗް މަހު ކޮށްފައިވާ މަސަ ސައްކަތްތައް ވެސް ހިމެނިފައިވަނިކޮށް،
އެކަންކަމަށް ބެއްލެވުމެއް ނެތި، މައްސަލައިގައި ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ
ނުކުތާއަށް ބެލި
ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ އަގަކީ 293,839.52 $US (ދެލައްކަ
ނުވަދިހަތިންހާސް އަށްސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ފަހެއް ދޭއް ޔޫއެސް ޑޮލަރު) ކަމާއި، އޭގެ
ޑ / ހވ ·
در مورد
0 43 04
އެކަންކަމަށް ބއވާމެއ
0724
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޢަބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316477
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
7
2008/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
5
ތެރެއިން 275,842.78 $US (ދެލައްކަ ހަތްދިހަފަސްހާސް އަށްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް
ހަތެއް އަށެއް ޔޫއެސް ޑޮލަރު) ދައްކާފައިވާ ކަމާއި، އެހެންކަމުން ސުންޖިންއިން މިހާރު
ދައްކަންޖެހޭނީ 17,996.74 $US (ފައިނަލް ޕޭމަންޓް ސެޓްފިކެޓް ގައިވާ އަދަދު) ކަމުގައި
ސުންޖިންއިން ބުނަމުން ދިޔަ ނަމަވެސް، މަސައްކަތް ކުރުމުގައި ދެފަރާތުން ޖުމްލަ އަގަކަށް
ފުރަތަމައިން އެއްބަސްވެފައިވާއިރު، ވޭރިއޭޝަން އާއި ހަވާލުކުރެވޭ އިތުރު މަސައްކަތަށް ބަލައި
ކޮންޓްރެކްޓްގެ ޖުމްލަ އަގު ބަދަލުކުރަމުން އައިސްފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިއުންތަކުން އެނގެން އޮންނަކަމާއި،
ސުންޖިންގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ކަނޑޫމާ ރިސޯޓުގައި ޕްރޮކްސީއިން
މަސައްކަތް ކުރުމަށްޓަކައި ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމާއި ހިނގާފައިވާ
މުޢާމަލާތްތަކަށް ބެލުމުން، ކުރާ މަސައްކަތަށް ފައިސާ ދިނުމުގައި 4 ސްޓެޕެއް ފުރިހަމަ
ކުރަމުންގޮސްފައިވާކަން ފާހަގަކުރެވޭ ކަމާއި،
ފުރަތަމަ ކަމަކަށް ކޮންމެ މަހެއްވެސް ނިމުމުން އެމަހެއްގެ ޕްރޮގްރެސް ކުލައިމް (ކުރި
މަސައްކަތުގެ އަގު) ޕްރޮކްސީއިން ސުންޖިންއަށް ފޮނުވަނީ ކަމާއި،
ދެވަނަ ކަމަކަށް، ޕްރޮގްރެސިވް ކްލެއިމްގައި މަސައްކަތް ކުރިކަމަށް ފާހަގަކޮށްފައިވާ
ކަންތައްތައް ބަލާ ވަޒަންކުގެ
ހުކުރުމަށްފަހު ސުންޖިންއިން ޕްރޮގްރެސް ރިޕޯޓާއެކުގައި
އިންޓަރިމް ޕޭމަންޓް ދޫކުރަނީ ކަމާއި،
ތިންވަނަ ކަމަކަށް އިންޓަރިމް ޕޭމަންޓް ސެޓްފިކެޓްގެ މައްޗަށް ބިނާކޮށް ޕްރޮކްސީއިން
ސުންޖިންއަށް އިންވޮއިސް ކުރަނީ ކަމާއި،
އެންމެ ފަހު ކަމަކަށް ޕްރޮކްސީއިން އިންވޮއިސް ކުރުމުން އޭގައިވާ އަދަދުން ރިޓެންޝަން
ފައިސާ ކެނޑުމަށްފަހު ސުންޖިންއިން ޕްރޮކްސީއަށް ފައިސާ ދޫކުރަނީކަން ފާހަގަކުރެވޭ ކަމާއި،
2008 ފެބުރުއަރީ އަދި މާޗު މަހުގައި ކުރެވުނު މަސައްކަތަށްވެސް ޕްރޮކްސީއިން
ސުންޖިންއަށް ފޮނުވަންޖެހޭ ޕްރޮގްރެސް ކުލެއިމް ފޮނުވާފައިވާ ކަމާއި، ޕްރޮގްރެސް ކްލެއިމް
ފޮނުވުމުން އޭގައިވާ މަސައްކަތްތަ އަގުތައް ވަޒަންކޮށް ޔަގީންކުރުމަށް ހަފްތާއެއް ނަގާކަމަށް
ސުންޖިންގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާއިރު،
429 4 0)
o Cox
އއއޗކ ރ
OXo
مرمرا می
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
8
2008/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0 0
15
2008 ފެބުރުއަރީ އަދި މާޗު މަހުގައި ކުރެވުނު މަސައްކަތުގެ ޕްރޮގްރެސް ކުލެއިމް ފޮނުވިތާ
ހަފްތާއަކަށްވުރެ މާގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އެދެމަހުގެ ޕްރޮގްރެސް
ކްލެއިމްގައިވާ ކަންކަން ބަލާ ވަޒަންކޮށް އެދެމަހުގެ ޕްރޮގްރެސް ކުލެއިމްގައިވާ ޢަދަދުތަކުގައި
ޚިލާފުތަކެއްވާކަން ނުވަތަ ނޫންކަން ޕްރޮކްސީއަށް އެންގުމުގައްޔާއި، ސުންޖިންއިން ދޫކުރާ
ޕްރޮގްރެސް ރިޕޯޓާއި އިންޓަރިމް ޕޭމަންޓް ސެޓްފިކެޓް ދޫކުރުމުގައި އެފަރާތުން އިހުމާލުވެފައިވާ
ކަމާއި، އެފަރާތުން ޢަމަލުކުރަމުން އައިސްފައިވާ ގޮތަށް ޢަމަލުކުރެވިފައި ނުވަނީ ކޮންކަހަލަ
ސަބަބެއް މެދުވެރިވެގެންކަން ޕްރޮކްސީއަށް އަންގާފައިނުވާކަން އެނގެންއޮތުމާއެކު، ކޮށް ނިންމާފައިވާ
މަސައްކަތަށް ސުންޖިންއިން ދޭން އެއްބަސްވެފައިވާ އަގުތަށް އަސްލަކަށް ބަލައިގެން ޕްރޮކްސީއިން
ހަދާފައިވާ ޕްރޮގްރެސް ކްލެއިމްތަކުގައި ހުށަހަޅާފައިވާ އަދަދުތަކާއި އެއާ ގުޅިގެން ފޮނުވާފައިވާ
އިންވޮއިސްގައިވާ ޢަދަދަކީ ޞައްޙަ ޢަދަދު ކަމުގައި ގަބޫލުކުރެވޭ ކަމާއި،
ފައިނަލް ޕޭމަންޓުގެ ގޮތުގައި ސުންޖިންއިން ފޮނުވާފައިވާ ޕޭމަންޓް ސެޓްފިކެޓަކީ
އޭޕްރިލް 2008 އާއި ހަމަޔަށް ޕްރޮކްސީގެ ފަރާތުން ކުރި މަސައްކަތުގެ ތަފްޞީލުކަމަށް ބުނެ
ހުށަހަޅާފައިވާ ޑޮކިއުމެންޓުގައި، 2008 ފެބުރުއަރީ އަދި މާޗު މަހުގައި ކުރި މަސައްކަތުގެ
ތަފްޞީލު ހުންނާނެކަމަށް ސުންޖިންއިން ބުނަމުންދިޔަ ނަމަވެސް، އޭގައި ޕްރޮކްސީއިން އެ ދެމަސް
ނިމުމަށް ފަހު ހުށަހަޅާފައިވާ ޕްރޮގްރެސް ކުލެއިމްގައިވާ ޢަދަދާ ވަރަށް ބޮޑު ތަފާތުތަކެއްހުރެފައި،
އެކި މަސްތަކުގައި ކުރި މަސައްކަތުގެ ތަފްޞީލުތައް ވަކި މަސްތަކުގެ ގޮތުގައި ފާހަގަވާނޭގޮތަށް
އެނގެން ނެތުމުން، ފެބުރުއަރީ އަދި މާޗު 2008 ގައި ޕްރޮކްސީއިން ކޮށްފައިވާ މަސައްކަތަށް
ޕްރޮކްސީއިން ހުށަހަޅާފައިވާ ޕްރޮގްރެސް ކްލެއިމްގައިވާ އަގުތައް ފައިނަލް ޕޭމަންޓް ސެޓްފިކެޓް
ކަމަށްބުނެ ސުންޖިންއިން ހުށަހަޅާފައިވާ ޢަދަދުގެ ތެރޭގައި ނުހިމެނޭކަމަށް ދެފަރާތުން ހުށަހަޅާފައިވާ
ލިޔެކިޔުންތަކާއި ދައްކާފައިވާ ވާހަކަތަކުން ޝަރީޢަތަށް ބުރަވެވޭ އިރުގެ
2008 ފެބުރުއަރީ އަދި މާޗް މަހުގެ ޕްރޮގްރެސިވް ކްލެއިމްގައި ކުރިކަމަށް ފާހަގަކޮށްފައިވާ
ކަންތައްތައް ބަލާ ވަޒަންކުރުމަށް ސުންޖިންއަށް ފުރުޞަތު ލިބިފައިވާއިރު، އެކަން ކުރުމަށް
ސުންޖިންގެ ފަރާތުން އިހްމާލުވެފައިވާކަން އެނގެން އޮންނާތީ އާއި، ޕްރޮކްސީއިން ހުށަހަޅާފައިވާ
އަގުތަކަކީ އެމަސައްކަތްތަކަށް ސުންޖިންއިން ދޭން އެއްބަސްވެފައިވާ އަގުތަށް އަސްލަކަށް ބަލައިގެން
ޕްރޮކްސީއިން ހަދާފައިވާ ޕްރޮގްރެސް ކްލެއިމްތަކުގައި ހުށަހަޅާފައިވާ އަގުތަކެއް ކަމަށްވުމުން،
OXO
0c4
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
9
2008/HC-A/315
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
05e0
އެކަންކަން އަލުން އިންޑިޕެންޑެންޓު ކޮންޓިޓީ ސަރވެއަރއެއް އިވެލުއޭޓްކޮށް ބަލާ ވަޒަންކުރުމަށް
އިތުރު ފުރުޞަތެއް ސުންޖިންއަށްދީ ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތަކުން ޕްރޮކްސީގެ ފަރާތުން
ކޮށްފައިވާ މަސައްކަތްތައް ބަލައި އަލުން އިވެލުއޭޓް ކުރަންޖެހޭ ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް ޤަބޫލެއް ނުކުރެވުނެވެ.
*04 ހ
cuc
(ށ) މިމައްސަލައިގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިގެން ހުށަހަޅާފައިވާ ސްޓޭންޑަރޑް
ވިލާގެ މަސައްކަތަށް އިތުރުވި ފައިސާކަމަށްބުނެ ހުށަހަޅާފައިވާ ފައިސާއަށް ބަލާއިރު، އެ މަސައްކަތް
އެފަރާތާއި ޙަވާލުކުރެވިފައިވަނީ އެއްބަސްވުމެއްގެ ދަށުންކަމަށްވެފައި، އެ އެއްބަސްވުމުގެ 9 ވަނަ
މާއްދާގައި، އެއްބަސްވުމުގައި އެއްބަސްވެވިފައިވާ އަދަދަށްވުރެ އިތުރު ފައިސާއެއް، މަސައްކަތަށް
ގެނެވޭ ބަދަލުތައް ނުވަތަ ވޭރިއޭޝަންގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތެއްގައި ނެގޭނީ
ސުންޖިންގެ ކުއަންޓިޓީ ސާރވެއަރގެ ހުއްދައެއް ލިޔުމަކުން ލިބިގެންކަމަށް އޮއްވާ، ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ނޫންކަން ވަރަށް
ސާފުކޮށް އެނގެން އޮތްއިރު، ދެފަރާތުން އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ދަޢުވާކުރާ ފަރާތުން
ކޮށްފައިވާކަމަށް ބުނާ މަސައްކަތެއްގެ އަގުގެ ފައިސާ ކޯޓުން ނަންގަވައި ދެއްވުމަށް ނިންމަވާފައިވާ
ނިންމެވުމުގައި އިންޞާފު ޤާއިމް ކުރެވޭކަމަށް ޤަބޫލު ނުކުރާކަމަށްބުނެ ސުންޖިންގެ ފަރާތުން
އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ނުކުތާއަށް ހައިކޯޓުން ބެލި ބެލުމުން،
ކަނޑޫމާ ރިސޯޓުގައި މަސައްކަތްކުރުމަށް ސުންޖިންއާ ޕްރޮކްސީ އާއި ދެމެދު ކުރެވިފައިވާ
އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ވޭރިއޭޝަން ނުވަތަ މަސައްކަތައް ގެނެވޭ ބަދަލެއްގެ ސަބަބުން
އެގްރީމެންޓު ބާޠިލް ނުވާނޭކަމާއި، އެގޮތުން މަސައްކަތައް ގެނެވޭ ބަދަލުތައް ބަލައި ވަޒަންކުރާނީ
ސުންޖިންގެ ފަރާތުން ސައިޓުގައި ޙަރަކާތްތެރިވާ ކޮންޓިޓީ ސަރވެއަރ ކަމާއި، އެފަދަ ބަދަލެއް
ގެނެވޭނީ ސުންޖިންގެ ފައިނަލް އެޕްރޫވަލް (ހުއްދަ، އެކަމަށް ލިބިގެންކަން ބަޔާންކޮށްފައިވާކަން
އެނގޭ ކަމާއި،
އެހެންނަމަވެސް އެއްބަސްވެވިފައިވާ ޢަދަދަށްވުރެ އިތުރު ފައިސާއެއް، މަސައްކަތަށް ގެނެވޭ
ބަދަލުތައް ނުވަތަ ވޭރިއޭޝަންގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތެއްގައި ނެގޭނީ ސުންޖިންގެ
ކުއަންޓިޓީ ސާރވެއަރގެ ހުއްދައެއް ލިޔުމަކުން ލިބިގެން ކަމަށް ދެފަރާތުގެ މެދުގައި ވެވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33254029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
10
2008/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
O o
US$
ފުރަތަމަ އެއްބަސްވުމުގެ 9 ވަނަ މާއްދާ ނުވަތަ އެހެން މާއްދާއެއްގައިވެސް ބަޔާންކޮށްފައިނުވާ
ކަމާއި، 28 ނޮވެމްބަރ 2007 ގައި ސުންޖިންއިން ޕްރޮކްސީއަށް ފޮނުވާފައިވާ ރިފަރެންސް
ނަންބަރު: KAN
/
L
/
SJ
-
PROXY
/
0001A ސިޓީގެ ސުރުޚީގައި، އެސިޓީއަކީ ސުންޖިން އާއި
ޕްރޮކްސީ އާއި ދެމެދު ކުރެވޭ އެގްރީމެންޓެއްކަމުގައި ބަޔާންކޮށްފައިވާ އިރު،
އެސިޓީގައި ތަނުގެ ޑިޒައިނަށް ގެނެވުނު ބަދަލާއި، މަސައްކަތައް ބޭނުންވާ މުހިއްމު
މެޓީރިއަލް ތަކެއް ފޯރުކޮށްނުދެވިގެން މަސައްކަތް ލަސްވެފައިވާތީ، މަސައްކަތުގެ މުއްދަތު
އިތުރުކޮށްދީ، ދެފަރާތުގެ މެދުގައި ފުރަތަމަ ވެވުނު އެއްބަސްވުމުގައި މަސައްކަތްކުރުމަށް އެއްބަސްވި
ސްޓެންޑަރޑް ވިލާގެ 40 ކޮޓަރި ހެދުމުގެ މަސައްކަތުގެ
އަގު 2,375.00
(ދެހާސްތިންސަތޭކަ ހަތްދިހަ ފަހެއް ޔޫ.އެސް ޑޮލަރ) އިން 4,000.00 $US (ހަތަރު ހާސް
ޔޫ.އެސް ޑޮލަރ) އަށް ބަދަލުކުރުމަށް ސުންޖިންއިން ޕްރޮކްސީއާއެކު އެއްބަސްވުމަކަށް އަންނަން
ބޭނުންވާކަން ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، އެސިޓީ ޕްރޮކްސީއަށް ފޮނުވުމަކީ ސުންޖިންގެ
ފަރާތުން ސިޓީގައި ބަޔާންކުރާ 40 ކޮޓަރީގެ އަގަށް ސުންޖިންއިން ބަދަލުގެނެސް އެއަގު ދޭން
އެއްބަސްވާ ކަމަށް ބެލޭ ކަމަކަށް ވުމުގެ އިތުރުން، އަގަށް ބަދަލު ގެނައުމަށް ހުއްދަ ދިނުމުގެ ގޮތުން
ކަމެއްކަމުގައި ވާނޭ ކަމާއި، އެހެން ކަމުން އަގަށް ބަދަލުގެނައުމުގެ ސަބަބުން އިތުރުވާ
ފައިސާ ދެއްކުމަކީ ސުންޖިންގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވާއިރު، އެފައިސާ މަދަނީކޯޓުން ނަގައި
ދިން ދިނުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ކަމެއް ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
0) 39
ކޮށްފައިވާ ކަމެއްކަމު
4 22
•) މިމައްސަލައިގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރޭގައި ހިމެނޭ
ވޯކަރ ސަޕްލައިގެ ފައިސާ ނުވަތަ މަސައްކަތު މީހުން ފޯރުކޮށްދިނުމުގެ އަގުގެ ގޮތުގައި ދައްކަން
އެއްބަސްވެފައިވާ ފައިސާގެ ތެރެއިން މި މައްސަލައިގައި ހުށަހަޅާފައިވަނީ 2008 ވަނަ އަހަރުގެ
ފެބުރުއަރީ މަހާއި މާޗު މަހަށް ދޭންޖެހޭ ފައިސާ ނަންގަވައި ދެއްވުން ކަމަށްވާއިރު، އަދި
ޝަރީޢަތުން މައްސަލަ ބެލުމުގައި ބައްލަވާ އަޞްލަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ
ކަންތައްތަކަށް ޝަރީޢަތުން ބެއްލެވުންކަމަށްވާއިރު، އެ އަޞްލަށް ބެއްލެވުމެއްނެތި، ދަޢުވާކުރާ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2008/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަރާތުން ހުށަހަޅާފައިވާ ޢަދަދަށްވުރެ އެތައް އެތައް ގިނަ ޢަދަދެއްގެ ފައިސާ ނެންގެވުމަށް ޙުކުމް
ކުރައްވާފައިވާ ކަމަށްބުނެ އިސްތިއުނާފުގައި ފ ހަގަކޮށްފައިވާ ނުކުތާއަށް ބެލުމުން؛
މިމައްސަލައިގައި ޕްރޮކްސީގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރޭގައި ހިމެނޭ ވޯކަރ
ސަޕްލައިގެ ފައިސާ ނުވަތަ މަސައްކަތު މީހުން ފޯރުކޮށްދިނުމުގެ އަގުގެ ގޮތުގައި ދައްކަން
އެއްބަސްވެފައިވާ ފައިސާގެ ތެރެއިން ޕްރޮކްސީން ހުށަހަޅާފައިވަނީ 2008 ވަނަ އަހަރުގެ ފެބުރުއަރީ
މަހާއި މާޗު މަހަށް ދޭންޖެހޭ ފައިސާ ނަންގަވައި ދެއްވުން ކަމާއި، އެދެމަހަށް ލިބެންވާ ފައިސާ
ހޯދުމަށް 2 އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، އެއީ ފެބުރުއަރީ 2008 ގެ މަސައްކަތު މީހުން
ފޯރުކޮށްދިނުމުގެ އަގުގެ ގޮތުގައި 25,110.65$US (ފަންސަވީސްހާސް އެއްސަތޭކަ ދިހައެއް
ޕޮއިންޓް ހައެއް ފަހެއް ޔޫއެސް ޑޮލަރ)ގެ އިންވޮއިސް އަކާއި، މާޗު 2008 ގެ މަސައްކަތު މީހުން
ފޯރުކޮށްދިނުމުގެ އަގުގެ ގޮތުގައި 15,239.66$US (ފަނަރަހާސް ދުއިސައްތަ ތިރީސް ނުވައެއް
ޕޮއިންޓް ހައެއް ހައެއް ޔޫއެސް ޑޮލަރު) ގެ އިސްވޮއިސް އެއް ކަން، 1009/06/08 ނަންބަރު
އިންވޮއިސް އިންނާއި 1010/06/08 ނަންބަރު އިންވޮއިސް އިން އެނގެން އޮތްއިރު،
މި ދެއިންވޮއިސްގައިވާ ޢަދަދުތަކަކީ އެހެން މަސްތަކުގައިވެސް ޢަމަލުކުރަމުން ދިޔަގޮތާއި
އެއްގޮތަށް ލޭބަރުން ރެކްރޫޓްކުރިގޮތުގެ ތަފުޞީލާއި އެއްގޮތަށް ހަދާފައިވާ އިންވޮއިސްތަކެއްކަން
އެގެން އޮތުމުގެ އިތުރުން، މިކަންކަން ނަފީ ކުރެވޭ ވަރުގެ ހެއްކެއް ސުންޖިންއަށް ހުށަހެޅިފައި
ނުވާއިރު، މަސައްކަތު މީހުން ފޯރުކޮށްދިނުމުގެ އަގާއި ގުޅިގެން މަދަނީކޯޓުން ނަންގަވާދެއްވާފައިވަނީ
އިސްވެ އިޝާރާތް ކުރެވުނު ދެ އިންވޮއިސްގައިވާ ފައިސާކަން މަދަނީކޯޓުގެ ނަންބަރު
2008/MC/775 ޤަޟިއްޔާގެ ޙުކުމުގެ ސާފު ޢިބާރާތުން އެނގެން އޮތުމުން، މަދަނީކޯޓުގެ
ނަންބަރު 2008/MC/775 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާ ކަންތައްތަކެއް
.އި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ޢަދަދަށްވުރެ އެތައް އެތައް ގިނަ
ޢަދަދެއްގެ ފައިސާ ނަންގަވައިދެއްވުމަށް ޙުކުމް ކުރައްވާފައިވާ ކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ނެތް ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއިއެކު މަދަނީކޯޓުގެ ނަންބަރު 2008/MC/775 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބައްލަވާފައި
ނުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/315
ބަދަލެއް ގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން
އިއްތިފާޤުވެއެވެ.
02
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް
ކުރުމުން، މަދަނީކޯޓުގެ ނަންބަރު 2008/MC/775 ޤަޟިއްޔާގައި 226,867.17 $US
(ދެލައްކަ ސައްބީސްހާސް އަށްސަތޭކަ ފަސްދޮޅަސް ހަތެއް ޕޮއިންޓް އެކެއް ހަތެއް ޔޫ.އެސް ޑޮލަރ)
އަކީ ކަނޑޫލާ ރިސޯޓުގައި ކޮށްފައިވާ މަސައްކަތަށް، ސުންޖިން އިންޖިނިއަރިންގ (އެމް)
އެސް.ޑީ.އެން ޑީ.އެޗް.ޑީގެ ފަރާތުން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހި ނުދީވާ
ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާކަމަށް ކަނޑައަޅުއްވާ، އެފައިސާ ޕްރޮކްސީ
ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 2008 އޮކްޓޯބަރ 16 ވަނަ ދުވަހުން ފެށިގެން
01 (އެކެއް) މަސްދުވަހުގެ ތެރޭގައި މަދަނީކޯޓަށް ދައްކައި ޚަލާޞްކުރުމަށް ސުންޖިން
އިންޖިނިއަރިންގ (އެމް) އެސް.ޑީ.އެން ބީ.އެޗް.ޑީ އަށް އަންގަވާ ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ، އެޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެނެވެން
ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
09
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
(.
އާދަމް މުޙައްމަދު ޢަބްދު
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު
އަޙްމަދު ޝަރީފް ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
އެއްގެ ވި
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes