ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/13 ޤަޟިއްޔާގެ ޙުކުމް
1
2jj4/HC-A/j3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
"HE
އަދި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 13/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
ނަންނިޔާޒް ނިޒާރު
އައިޑީ ކާޑު ނަންބަރ: A117394
ދާއިމީ އެޑްރެސް: މުތީލާލު(ގއ.ވިލިނގިލި
މިހާރުގެ އެޑްރެސް: މުތީލާލު!ގއ.ވިލިނގިލި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
އައިޑީ ކާޑު ނަންބަރ:
* ދާއިމީ އެޑްރެސް: ބްލޮޓް ނަންބަރު 1389މާލެ
* މިހާރުގެ އެޑްރެސް: ބްލޮޓް ނަންބަރު 389/މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1439
20 ޖެނުއަރީ 2014
ނިމުނު ތާރީޚް: 28 ރަޖަބު 1435
27 މެއި 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/08
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅި ތާރީޚް: 2017-01-03 = ނިމުނު ތާރީޚް: 2017-10-10
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުއް ރައޫފް އިބްރާހީމް ފަނޑިޔާރު: ޢައްބާސް ޝަރީފް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
• ދަޢުވާ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2013/VTR/08 މައްސަލަ ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގއ.ވިލިނގިލި! މުތީލާލު، ނިޔާޒް ނިޒާރު
(ދރ.ކާޑު ނަންބަރު:A117394) ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ނިޔާޒް ނިޒާރުގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް އެވެ.
CCCO
ފާހަގަކުރެވުނު ނުކުތާތައް:
CO
2289
ޑީ
01 އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2017/VTR/08
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ގައި،
2007 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ނިޔާޒް ނިޒާރު ވަޒީފާ އަދާކުރަމުން
އައިސްފައިވަނިކޮށް، އެ ކުންފުނީގައި އޭނާ އަދާކުރަމުން އައި ވެލްޑަރ ގްރޭޑް 4 ގެ މަޤާމުން، އެއްވެސް
އިންޒާރެއް ނަސޭޙަތެއް ދިނުމެއް ނެތި 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން
ވަކިކޮށްފައިވާތީ، ވަޒީފާގައި ދެމިހުރި މީހެއްކަމަށް ބެލުމަށާއި، ގެއްލިފައިވާ ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާ
އަނބުރާ އިޢާދަވުމާ ހަމައަށް ލިބެންޖެހޭ އުޖޫރައާއި، އެންމެހާ އިނާޔަތްތައް ހޯދުމަށް އެދި ނިޔާޒް ނިޒާރު އެ
ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް
ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ފަރާތް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި އަދާކުރަމުން އައި
ވަޒީފާއިން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ޤާނޫނުއަސާސީގެބީއީBe
ވަނަ މާއްދާއާ ޚިލާފަށް ހަޅުތާލުކޮށް ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓްގެ 07 ވަ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
ޚިލާފްވެފައިވުމުންކަން އޭނާ ވަޒީފާއިން ވަކިކުރިކަން އަންގާ ދިއުމުން އެނގެން އޮވެމެ، ޤާނޫނުއަސާސީން
މުވައްޒަފުންނަށް ލިބިދޭ އިއްތިޖާޖު ކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ
ޙައްޤު ބޭނުން ކުރުމުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރިން
ޢަމަލުކުރާނެ އުސޫލުތައް، "ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން
ޙައްލު ކުރުމުގައި މުޢާމަލާތްކުރުމުގެ ޤަވާއިދު" ގައި ބަޔާންކޮށްފައިވަނިކޮށް، މައްސަލަ ހުށަހެޅި ފަރާތުން
މަސައްކަތް ހުއްޓާވާފައިވަނީ އެ ޤަވާޢިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކުރެވުނު އިޙުތިޖާޖަކާ ގުޅިގެން
ނޫންކަމުން، އޭނާގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ވަޒީފާއަށް އެނބުރި ރުޖޫޢަވުމަށް އޭނާއަށް އެންގުމުގެ
ފުރިހަމަ އިޚްތިޔާރު މައްސަލަ ރައްދުވި ކުންފުންޏަށް ލިބިގެންވީހިނދު، މަސައްކަތް ހުއްޓާލައިގެން، ތިބި
މުވައްޒަފުން މަސައްކަތަށް ރުޖޫޢަވުމަށް މައްސަލަ ރައްދުވި ކުންފުނިން އެންގުމުން އެއަމުރަށް މައްސަލަ
ހުށަހެޅި ފަރާތުން ކިޔަމަން ނުގަތުމުގެ ސަބަބުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން އެނގޭތީއާއި، މައްސަލަ
ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި އާލަތަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ވަކި އިޖުރާއާތުތަކެއް ފުރިހަމަ ކުރުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
އާލަތެއްކަމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް
ކަމަށް ބެލެވެން ނެތުމުން މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތުން އެދުނުފަދަ އަމުރެއް ކުރާނެ ތަނެއް
ނެތްކަމަށް މައްސަލަ ބެވި މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މި މައްސަލަ ނިންމައިފީމެވެ."
މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
02 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2013/VTR/08 މައްސަލަ ނިޔާޒް ނިޒާރުގެ
ފަރާތުން އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި، 23 ވަނަ މާއްޓާގައި ކައިދީ
ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާދޭ ފަރާތްތަކުގެ
އަދާކުރަންޖެހޭ
4
މިއަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
4 3 @ 34
2 4 23,
,ފ ނކeއވެ.
ބަޔާންކޮށްފައިވަނިކޮށް، އެމާއްދާތަކުގައި ބަޔާންކުރާ އުޞޫލުތަކުގެ ބޭރުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެ އިތުރު އުޞޫލުތަކެއް ވަޒީފާގެ އެއްބަސްވުމުގައި ހިމެނުމަށް ޤާނޫނު ތަންނުދޭކަމަށް ވަޒީފާއާބެހޭ
ޤާނޫނުގެ 02 ވަނަ މާއްދާއިން އެނގެން އޮތްހިނދު، މިކަންކަމަށް ރިޢާޔަތްނުކުރައްވައި ކޫއްޑޫ ފިޝަރީޒް
ކުންފުނީގެ ވަޒީފާގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ހަމައެކަނި ރިޢާޔަތްކޮށް ނިޔާޒު ނިޒާރު ވަޒީފާއިން
ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތެއްގެ
ހައިސިއްޔަތުން ކަށަވަރުކޮށްދެވި
ރުކޮށްދެވިފައިވާ ޙައްޤު ޤާނޫނީ އިމުގެ ތެރެއިން ބޭނުންކުރާ ޙާލަތެއްގައި ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިނުވާހިނދު
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-C/2010
ޤަޟިއްޔާގައި ހިމަނުއްވާފައިވާ އަސާސީ ޙައްޤުތަކާއި ބެހޭ ކަންކަމަށް ރިޢާޔަތްނުކުރައްވާ ނިންމަވާފައިވުން އަދި
މައްސަލައިގައި ހުށަހެޅުނު ހެކިންގެ ހެކިބަހަށް އަދި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ރިޢާޔަތްކުރެއްވުމެއްނެތި، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށްކަމަށް ބަޔާންކުރައްވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ނޯޓިސްދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމަކީ އިންސާފުން
އެއްކިބާވެފައިވާ، އަދި ހައިކޯޓުން 24/HC-A/2010 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ހަމަހަމަކަމުގެ އުޞޫލުތަކާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރާ
މަބްދަޢުއާ ފުށުއަރާ ކަމެއްކަމަށްވީހިނދު އަދި މިކަންކަމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާގައި
މުޠާލަޤުކޮށް ބަޔާންކޮށްފައިވާ ކަންކަން ކަމުގައިވީހިނދު މިއިންކަމަކަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
49 ޑ 5
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
282
cox
01
33
0/
އެ
* ފަސްވަނަ ނުކުތާއަކީ: ކުންފުނީގެ އޮޕަރޭޝަންސް ހުއްޓުމަކަށް އައިސްފައިވާކަމަށް
ބަޔާންކުރައްވާފައިވީނަމަވެސް އެކަމަކީ ކަނޑައެޅިގެން ދޮގެއްކަން ސާބިތުކޮށްދިނުމަށް ހުށަހެޅުނު ލިޔުންތަކުން
ފިޝަރީޒް ކުންފުނީގެ ވިޔަފާރި ކުރިޔަށް ދިޔަކަން ސާބިތުކޮށްދެވިފައިވީހިނދު މިއިން އެއްވެސް ކަމަކަށް
* ހަވަނަ ނުކުތާއަކީ: މައްސަލާގައި ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން އަޅުގަނޑުމެން
(އިޙުތިޖާޖު ކުރި ފަރާތްތަކުގެ) ފުށުން ކުންފުނީގެ އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ހެކިބަސް
ލިބިފައިވީހިނދު މިހެކިބަހަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2013/VTR/08 މައްސަލަ ނިންމިގޮތުގެ
ރިޕޯޓަށާއި ނިޔާޒް ނިޒާރުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށާއި، މައްސަލައާއި ގުޅުންހުރި ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށް، ރިޢާޔަތްކޮށް ބަލާއިރު
އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގައި ގއ.ވިލިނގިލި މުތިލާލު،
ނިޔާޒް ނިޒާރު ވަޒީފާ އަދާކުރަމުން ދަނިކޮށް 22 ނޮވެމްބަރ 2012 ގައި އޭނާ އެވަޒީފާ އިން
ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 31 ވަނަ މާއްދާ އާއި ޚިލާފަށް ހަޅުތާޅު
ކޮށްފައިވާތީއާއި، ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓުގެ 7 ވަނަ މާއްދާއާއި ޚިލާފުވެފައިވާތީކަމަށް ނިޔާޒް ނިޒާރު
ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ވަޒީފާއިން
ވަކިކޮށްފައިވަނީ ނޯޓިސް ދިނުމަކާ ނުލައިކަން ދެފަރާތުގެ ބަހުން އެންގެން އޮންނާތީ، ނިޔާޒް ނިޒާރު ވަޒީފާއިން
ވަކިކޮށްފައި އެވަނީ ވަޒީފާއާބެހޭ ޤާނޫނުގެ ވަނަ މާއްދާގެ ދަށުންކަމަށް ޝަރީޢަތުން ބަލަންޖެހޭކަމާއި،
މިގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަ މީގެ
މެދުވެރިފައިވޭތޯ ބެލުމުގައި ފުރިހަމަވާންޖެހޭކަމަށް އެމާއްދާގައި ބަޔާންކުރާ 02 ޢުންޞުރުގެ
987
24
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
މުވައްޒަފުގެ އަޚްލާޤް އެކަށީގެންނުވާކަމަށް ކަނޑައެޅުއްވުމުގައި ޢާންމު އުޞޫލުން މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރެވެންވާނެކަމާއި،
ނިޔާޒް ނިޒާރު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބަށް ބަލާއިރު، ޤާނޫނުއަސާސީގެ 31 ވަނަ
މާއްދާއާއި ޚިލާފަށް ހަޅުތާލުކުރުމާއި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ގެ މުވައްޒަފުންގެ ކޯޑް އޮފް
ކޮންޑަކްޓްގެ
7 ވަނަ މާއްދާއާއި ޚިލާފުވުން ހިމެނޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން
# 2
ގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި،
އިޙްތިޖާޖްކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި
ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރިންނަށް ލިބިގެންވާކަމަށް ޖުމްލަގޮތެއްގައި ބުނެފައިވާ
ބުނުން ތަންޒީމްކޮށް އެކަމަށް މަގުކޮށައިދީ އެކަމަށްޓަކައި އުޞޫލުތަކެއް ކަނޑައަޅާފައިވަނީ "ވަޒީފާދޭ
ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތުކުރުމުގެ
ޤަވާޢިދު" މިނަމުގައި ދިވެހިސަރުކާރުގެ ގެޒެޓްގައި 04 އޭޕްރީލް 2011 ގައި ޝާއިޢު ކޮށްފައިވާ ނަންބަރު:
12-R/2011 ޤަވާޢިދުގައިކަމަށްވާއިރު، ހަޅުތާޅުކުރުމަކީ، ވަޒީފާ އަދާކުރާ ފަރާތަކަށް އަދި ކޮންމެ
މަސައްކަތްތެރިއަކަށް އެފަރާތްތަކުގެ އިޖްތިމާއީ އަދި އިޤްތިޞާދީ ޙައްޤުތައް ހޯދުމަށް އަދި ޙިމާޔަތްކުރުމަށް
ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެއްކަމުގައިވިޔަސް، އެއީ އެއްވެސް އިމެއް، މިނެތް ނެތި މުޢްލަޤް ގޮތެއްގައި
ދީފައިވާ ޙައްޤެއްކަމުގައި ބަލައިގެން ނުވާނެކަމާއި، ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި މަސައްކަތްތެރިން އެ
ޙައްޤު ބޭނުންކުރަންވާނީ ޤާނޫނީ އިންތަކާ މިންތަކުގެ ތެރެއިންކަން ފާހަގަކުރެވޭކަމާއި، އެގޮތުން އެއްވެސް
މީހަކު ހަޅުތާލުގައި ބައިވެރިވުމަށް މަޖްބޫރު ނުކުރުވުމާއި، ވަޒީފާދޭ ފަރާތުގެ ނުވަތަ ވަޒީފާ އަދާކުރާތަނުގެ
ނުވަތަ މުގެ އެއްވެސް މީހެއްގެ ނަފްސަށް ނުވަތަ މުދަލަކަށް ގެއްލުން ނުވާނޭގޮތެއްގެ މަތިން
ޞުލްޙަވެރިކަމާއެކު މަސައްކަތް ހުއްޓާލައިގެން ތިބުމާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި، މިނިވަންކަމާމެa
ޚިޔާލު ފާޅުކުރުންފަދަ ކަންތައްތައް ކުރުން އިޙްތިޖާޖްކުރުމުގެ ތެރޭގައި ހިމެނޭއިރު، އެފަދަ
ހައި9
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
CC
30
2 ހއ
سرسراسر
ޢަމަލީގޮތުން ތަންފީޛު ކުރެވެންވާނީ، އެ ޙަރަކާތެއްގެ ކުރިން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ
ދެމެދު އުފެދިފައިވާ ދެބަސްވުމަށް ޙައްލެއް ހޯދުމަށް ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް، ޙައްލެއް ލިބިފައި
ނުވާނަމަ، އަދި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅުވައިދޭ ބެލެނިވެރި ފަރާތެއް މެދުވެރިކޮށް
ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށްފަހު، އެކަށީގެންވާ ޙައްލެއް ލިބިފައިނުވާނަމަކަމާއި، ނަމަވެސް މިފަދައިން
ކުރާ ހަޅުތާލުގައިވެސް އިޙްތިޖާޖް ކުރާނެ ކަމުގެ އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދިނުމަށްފަހު، އެ އިންތަކުގެ
ތެރޭގައި ކުރާ އިޙްތިޖާޖް ނޫނީ އެފަދަ ޙަރަކާތްތައް ޤާނޫނީގޮތުން ބަލައިނުގަނެވޭނެކަމާއި، ނިޔާޒް ނިޒާރު
ހިމެނޭގޮތުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ގެ މުވައްޒަފުން އިޙްތިޖާޖްކުރުމުގެ ގޮތުން މަސައްކަތް
ހުއްޓާލައިގެން ތިބެ ހިންގާފައިވާ ޙަރަކާތަކީ މިފަދަ އަސާސީ އުޞޫލުތަކަށް ތަބާވެގެން ހިންގާފައިވާ ޙަރަކާތެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2013/VTR/08 މައްސަލާގައި ދެފަރާތުން ދައްކާފައިވާ
ވާހަކައަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
3.3- ތިންވަނަ ކަމަކީ، ޤާނޫނީ އިމުން ބޭރުން މުވައްޒަފަކު މަސައްކަތް ހުއްޓާލައިގެން
ހުރުމުގެ ސަބަބުން މުވައްޒަފެއްގެ ޚިދުމަތް ވަޒީފާދޭ ފަރާތަށް ނުލިބިދާ ޙާލަތުގައި، ވަޒީފާދޭ ފަރާތުގެ
މަސައްކަތުގެ ބާވަތަށާއި މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތުތަކަށް ބަލައި، މުވައްޒަފެއްގެ ފަރާތުން ލިބިދާނެ
ގެއްލުންތަކުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ޤާނޫނު ހުއްދަކުރާކަމާއި، މިގޮތުން ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި ބުނެފައިވާ
އިޙްތިޖާޖްކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ޙައްޤުގެ ބޭނުން ކޮށްފައިވަނީ އެކަމުގައިވެސް
ތަބާވާންޖެހޭ ޤާނޫނީ މިންގަނޑުން ބޭރުންކަމުގައިވާނަމަ، އަދި އެމުވައްޒަފަކު އިޙްތިޖާޖްގައި ބައިވެރިވުމުގެ
ސަބަބުން އެމުވައްޒަފުގެ ޚިދްމަތް މެދުކެނޑިގެން ގޮސްފައިވާނަމަ، ވަޒީފާދޭ ފަރާތަށް އިޙްތިމާލް
ވުޖޫދުވެފައިވާކަމަށް ބަލައި، އެމުވައްޒަފަކަށް ވަޒީފާއަށް ނުކުތުމަށް އެންގުމުގެ ބާރު ވަޒީފާދޭ ފަރާތަށް
ލިބިގެންވާކަމާއި، އަދި އެފަދައިން އަންގާ އެންގުމާއި ވަޒީފާއަށް ނުކުތުމަށް އެމުވައްޖަޕާކު ހައި
4 3 2 0 2 0¢
ގއން ފަހުޤީ
44
2 ހ8|
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
އިންކާރުކޮށްފިނަމަ، އެމުއްވަޒަފަކާމެދު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ
ފުރިހަމަ ބާރާއި އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާނެކަމެވެ.
3.4- ހަތަރުވަނަ ކަމަކީ: ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ ޢާންމު
މިންގަނޑާއި، މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވިކަމަށް ކަނޑައެޅުމަށް ބަލާ
މިންގަނޑުގައި ތަފާތުތަކެއްވާކަމާއި، ޖިނާއީ މައްސަލަތައް ސާބިތުވުމަށް ބަލާ ޢާންމު މިންގަނޑައަކީ
އެކަށީގެންވާ ޝައްކެތް ނެތުން (Beyond Reasonable Doubt) ކަމާއި، މަދަނީ އަދި އިދާރީ ފިޔަވަޅު
އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމުމަށް އޮންނަ މިންގަނޑައަކީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތަކަށް
ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތުގެ މައްޗަށް (Balance of Probabilities) ކަމާއި، މުވައްޒަފަކު ވަޒީފާގައި
އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ
ފަރާތަށް ފެނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން
ވަކިކުރެވޭ ސަބަބެއްކަމާއި، ނަމަވެސް މިމާއްދާގެ ދަށުން ވަޒީފައިން ވަކިކުރާއިރު ވަޒީފާދޭ ފަރާތަށް ނުވަތަ
ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައަކަށް
ވާންޖެހޭނެކަމާއި، ހަމައެފަދައިން ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖްރާއީ ގޮތުން ތަބާވުން
ލާޒިމްވެފައިވާ ކަންތައްތައް ވަޒީފާދޭ ފަރާތުން ފުރިހަމަކޮށްފައިވޭތޯއާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން
ޤާއިމްކުރަންޖެހޭ ޕްރޮސީޖަރަލް ފެއަރނެސް (Procedural fairness ) ނުވަތަ ޑިއު ޕްރޮސެސް
(Due process) ޤާއިމް ކުރަންޖެހޭނެކަމާއި،
ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް ގެ މުވައްޒަފުން އިޙްތިޖާޖް ކުރުމުގެ ގޮތުން މަސައްކަތް
ހުއްޓާލައިގެން ތިބުމުގެ ސަބަބުން އެކުންފުނީގެ އޮޕްރޭޝަންސް ހުއްޓުމަކަށް އައިސް،
އެކުންފުންޏަ
ގެއްލުންތަކެއް ލިބެމުންދިޔަކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ނިޔާޒް ނިޒާރުވެސް
ހިމެނޭގޮތުން ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުން ކުރަމުންދިޔަ ހަޅުތާލާ ގުޅޭގޮތުން ދެފަރާތުން ދައްކާފައިޖާގެ ހައި
ވާހަކައަށް ބަލާއިރު، އެކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެ
ކޫއްޑޫ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
ސަބަބަކީ އެކުންފުނީގެ ފަރާތުން އައްޑޫގައި ކޭނިންގ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް
ބުނެ އެކަން ހުއްޓުވުމުގެ ގޮތުންކަން ފާހަގަކުރެވޭކަމާއި، ހަޅުތާލު ކުރުމުގެގޮތުން
ހިންގި ޙަރަކާތްތައް
ފަށާފައިވަނީ 18 ނޮވެމްބަރ 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުން ފެށިގެންކަމާއި، އެގޮތުން އެދުވަހު
އެކަން ފެށިގެން ގޮސްފައިވަނީ ބޮޑު މުޒާހަރާއެއްގެ ގޮތުގައިކަމާއި، އެގޮތުން އެދުވަހުވެސް ކޫއްޑޫގެ ޖެޓީ އަށް
މަސްކިރުމަށް އައިސްފައިވާ އުޅަނދުތަކުގެ މަސްނުކިރުވި އަނބުރާ ފޮނުވާލަންޖެހިފައިވާކަމާއި، އެހެންކަމުން
މުވައްޒަފުންގެ އެއްވެސް ހިތްހަމަނުޖެހުމެއްވާނަމަ އެފަދަ ކަންކަން ޙައްލުކުރުމަށް އޮންނަ އުޞޫލާއި އެގޮތަށް
ޢަމަލުކުރުމަށާއި، ކުންފުނީގެ މުދަލާއި ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ޢަމަލު ނުކުރުމަށާއި،
އެފަދައިން ޢަމަލުކުރާ މުވައްޒަފުންނާމެދު ހަރުކަށި ފިޔަވަޅުއަޅާނެކަން އަންގާ އެކުންފުނީގެ ފަރާތުން ނަންބަރު
2012
/
289/KFM މެމޯ 19 ނޮވެމްބަރ 2012 ގައި ނެރެ ޢާންމުކޮށްފައިވާކަމާއި، އަދި އޭގެއިތުރުން އެ
ހަޅުތާލާ ގުޅިގެން 20 ނޮވެމްބަރ 2012 ވަނަ ދުވަހު ކޫއްޑޫ ސެންޓަރު ހިންގުމާ ޙަވާލުވެ ހުރި
އެސިސްޓެންޓް ޖެނެރަލް މެނޭޖަރގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ކުންފުނީގެ
ހެޑް އޮފީހަށް ފޮނުވާފައިވާ ފެކްސް މެސެޖްގައި، ހަޅުތާލުގެ ބައިވެރިން ހިންގާ ޙަރަކާތްތަކާއި ކުރަމުންދާ
ކަންތައް ފާހަގަކޮށްފައިވާކަމާއި، އޭގެ ބޭނުމަކަށް ވެފައިވަނީ އެ ހަޅުތާލުގެ ސަބަބުން ކުންފުންޏަށް
ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ފަސޭހަވުންކަމާއި، އެގޮތުން
އެމެސެޖްގައި، މުވައްޒަފުން ހަޅުތާލުކުރަމުންދަނީ އެކުންފުނީގެ ފަރާތުން އައްޑޫގައި ކޭނިންގ ފެކްޓްރީއެއް
އެޅުމުގެ މަސައްކަތްކުރަމުންދާތީ އެސަބަބަށްޓަކައިކަމަށް ބަޔާންކޮށް، މުވައްޒަފުންގެ އެޙަރަކާތުގެ ސަބަބުން
ކުންފުންޏަށް ވަމުންދާ ގެއްލުންތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އަދި
ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެޙަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނާ އެތަކެއް
ފަހަރުމަތިން ވާހަކަ ދެއްކިފައިވިޔަސް އެހާތަނަށް އެއްވެސް ޙައްލެއް ފެނިފައިނުވާކަމަށް ބަޔާންކޮށްފައިވާކަމާއި،
ފެކްސް މެސެޖަށްފަހު، ކުންފުނީގެ ފަރާތުން އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ
ކޭނިންގ ފެކްޓްރީ އެޅުން މަޑުޖައްސާލިކަން އިޙްތިޖާޖް ކުރަމުންދާ މުވައްޒަފުންނަށް އެންގުމުންވެ
ހއ ހދ
ވެންބައެއް
3 3 4 3 2
ބނކރވާން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/13
ކުރަމުން ދިޔަ އިޙްތިޖާޖަށް ބަދަލެއް އައިސްފައިނުވާތީއާއި ހުއްޓުވާފައިވާ ކުންފުނީގެ މަސައްކަތް ފަށާފައިވެސް
އަދި ފެށިޔަދީފައިވެސް ނުވާތީ، އެވަގުތު ކުންފުނި ހިންގުމާ ޙަވާލުވެހުރި އެންމެ އިސްފަރާތުން
21 ނޮވެމްބަރ 2012 ވަނަ ދުވަހު ކޫއްޑޫ އަށް ގޮސް ހަޅުތާލުކުރަމުންދާ މުވައްޒަފުންނާ ބައްދަލުކޮށް،
2012
އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ކޭނިންގ ފެކްޓްރީ އެޅުމުގެ މަސައްކަތް ކުންފުނީން މެދުކަނޑާލާފައިވާ ވާހަކަ
އަންގާ، އެމީހުންގެ ޙަރަކާތުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާތީ ހަޅުތާލު
ހުއްޓާލުމަށް ފަހު މަސައްކަތަށް ނުކުތުމަށް އެންގުމުންވެސް ހަޅުތާލު ކުރަމުން ދިޔަ މުވައްޒަފުންގެ ޙަރަކާތްތަކަށް
އެއްވެސް ބަދަލެއް އައިސްފައިނުވާތީ 22 ނޮވެމްބަރ ނިޔާޒް ނިޒާރުވެސް ހިމެނޭގޮތުން
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިން، ކުރަމުންދާ ހަޅުތާލު
ހުއްޓާލާ މަސައްކަތަށް ނުކުތުމަށް ތަކުރާރުކޮށް އަންގާފައިވާކަމާއި، މިކަމާ ނިޔާޒު ނިޒާރުގެ ފަރާތުންވެސް
އިންކާރު ކޮށްފައިނުވާކަން ފާހަގަކުރެވޭކަމާއި، ނިޔާޒު ނިޒާރުގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ
އެމީހުން ކުރަމުންދިޔަ ހަޅުތާލުގެ ސަބަބުން އެއްވެސް ނޯޓިސްއެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ
އެނުކުތާކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ
ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާނުލައި ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި،
މިގޮތުން ބަލާއިރު، ވަޒީފާއަދާކުރާ ފަރާތެއް ނޯޓިހެއް ދިނުމަކާނުލައި އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އޭނާގެ
މަސައްކަތުގެ އަޚްލާޤް އެކަށީގެން ނުވުމާއެކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނޭ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާނުލައި
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި،
އެއީ: 1. އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤް އެކަށީގެން ނުވުން.
44
6 24
42
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2014/HC-A/13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
ޑ އ މވ ހޑ 8
743ނހއ
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކުން ބަލާއިރު،
ކުރެވޭނޭ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން، ކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ އިސްވެ ދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވެފައިވޭތޯ
ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤް އެކަށީގެންނުވާކަމަށް
ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަ
ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ
ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް
ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤް ރަގަޅުނޫންކަމަށް
ވަޒީފާދޭ ފަރާތުން ނިންމުމުގައި އެނިންމުމަށް ވާޞިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤްކުރި ހަމައަކީ
އެކަށީގެންވާ ހަމައެއްކަމަށް ވާންވާނެތީ، ނިޔާޒް ނިޒާރު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބަކާއި، ނިޔާޒް
ނިޒާރުވެސް ހިމެނޭ" ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައިގެންތިބެ
ކުރަމުންދިޔަ ހަޅުތާލަށާއި، އެކަމުގެ ސަބަބުން ކުންފުންޏަށް ލިބެމުން ދިޔަ ބޮޑެތި ގެއްލުންތަކަށާއި، އެކަން
ޙައްލުކުރުމަށް ތަކުރާރުކޮށް ކުންފުނީގެ ފަރާތުން ކޮށްފައިވާ މަސައްކަތަށާއި، އަދި މުވައްޒަފުން ކުރަމުންދިޔަ
ހަޅުތާލު ދިގުދެމިގެން ގޮސްފައިވާ މުއްދަތަށާއި، ހަޅުތާލުކުރި ސަބަބުކަމަށް އެމުވައްޒަފުން ބަޔާންކުރި ސަބަބު
ކުންފުނީގެ ފަރާތުން ނައްތާލާ އެކަން އެމުވައްޒަ ންނަށް އެންގުމުންވެސް އެމުވައްޒަފުން އެނބުރި މަސައްކަތު
ނުކުމެފައިނުވާ ނުވުމަށް ރިޢާޔަތްކުރާއިރު، ނިޔާޒް ނިޒާރު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް
ނުވަތަ ވަޒީފާ އަދާކުރާތަނަށް ލިބިދާނެކަމަށް ވަޒީފާދިން ފަރާތުން ބަލާ، ނިޔާޒް ނިޒާރުގެ
މަސައްކަތުގެ އަޚްލާޤް ރަގަޅުނޫންކަމަށް
ކަމަށް ވަޒީފާދިން ފަރާތުން ނިންމުމުގައި އެނިންމުމަށް ވާޞިލުވުމަށް
سمير سيد مرت
2
7
8 ހ2
ގެއްލުންތަކެއް
ޓެން
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2014/HC-A/13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން ތަޠްބީޤްކުރި ހަމައަކީ އެކަށީގެންވާ ހަމައެއްނޫންކަމަށް ބެލެވެން ނެތުމާއެކު، ނިޔާޒް ނިޒާރު ވަޒީފާއިން
ވަކިކޮށްފައިވަނީ ރަގަޅަށް ނޫންކަމަށް ބެލެވެން ނެތްކަމެވެ.
ޙުކުމް:
ދެންފަހެ، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް އިން ގއ.ވިލިނގިލި/ މުތީލާލު ނިޔާޒް
ނިޒާރު (ދިރ.ކާޑް ނަންބަރު:A117394) ވަޒީފާ އިން ވަކިކުރުމާ ގުޅިގެން އެކުންފުންޏަށް ރައްދުވާގޮތަށް
ނިޔާޒް ނިޒާރު ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބައްލަވާފައިވާ އެ ޓްރައިބިއުނަލްގެ ނަންބަރު:
2013/VTR/08 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv