ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/84 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/84
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 84/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: އެންޓިކޮރަޕްޝަން ކޮމިޝަން
* ޤާނޫނީ ވަކީލު
* ދާއިމީ އެޑްރެސް: ހުރަވީ ބިލްޑިންގ2 ވަނަ ފަންގިފިލާ
! އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ފަރުޙަތު ނަސީމް
* އައި.ޑީ. ކާޑް ނަންބަރު: A149110
ދާއިމީ އެޑްރެސް: މަލަ/ރ. މާކުރަތު
..
ރަޖިސްޓްރީކުރެވުނު ތާރީޚް: 7 ޖޫމާދުލްއޫލާ 1432
10 މެއި 2011
ނިމުނު ތާރީޚް: 9 ރަޖަބު 1433
30 މެއި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1576
ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ (ވަޒީފާއިން ވަރުކުރުން)
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުން ތާރީޚް: 2 ޑިސެމްބަރު 2010 ނިމުނު ތާރީޚް: 2 ފެބްރުއަރީ 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2011/HC-A/84
مل من *
ދަޢުވާގެ ޚުލާޞާ
OX
ނަންބަރު 2010/Cv
-
C/1576 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ފަރުޙަތު ނަސީމް، މަލަރ.
މާކުރަތު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A149110) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1576
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ،
އެއްވެސް ސިޔާސީ އިންތިހާބެއްގައި ބައިވެރިނުވެވޭނެކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށާއި، އަދި ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ޤާނޫނުގެ ރޫޙާ ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށްބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މިނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި
ދިނުމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފެއްގެ ގޮތުގައިހުރެ ލޯކަލް ކައުންސިލް އިންތިޚާބަށް
ކުރިމަތިލުމަށް ލިބިދޭ ޙައްޤު ހޯދައިދިނުމަށްއެދި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ފަރުޙަތު
ނަސީމް ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
0 /
<< O
އެޤްޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 199 ވަނަ މާއްދާއަށް ބެލުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަކި ފަރާތަކަށް
ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެއްކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވާޖިބުތަކާއި
މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީންކަމާއި، ދައުލަތުގެ އެންމެހައި ދާއިރާތަކުން
ކޮރަޕްޝަން ނައްތާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޖެހިލުންވުމެއްނެތި މަސައްކަތްކުރައްވާނެކަން
އެނގޭކަމާއި، މިގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވާޖިބާއި މަސްއޫލިޔަތަށް ނަޒަރުކުރާއިރު،
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2011/HC-A/84
کی عمری
ދެވެ
ޤަޟިއްޔާ ނިމުނު ގޮ
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޝާމިލްވާ ފަރާތްތަކަކީ މިމަސްޢޫލިއްޔަތު
އަދާކުރުމުގެ އަޚްލާޤާއި ސިފަތައް އެފަރާތްތަކުގައި ހުންނަންޖެހޭ އަދި މިގޮތުން އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ މަސައްކަތުގެ ބާވަތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް
އެނގޭ ނުވަތަ އެނގިދާނެ މަޢުލޫމާތުތައް ރައްކާތެރިކަމާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭ، ސިއްރު
ހިފެހެއްޓޭ، އަދި އެހެންމެ މިނިވަންކަމާއި ތެދުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސިފަ އެބައެއްގައި
ހުންނަންޖެހޭނެ ބައެއްކަމަށް ވާންޖެހޭކަމާއި،
ޤާނޫނު ނަންބަރު 13/2010 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 17
ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަޑަށް ޙަވާލާދީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން
ބަޔާންކުރާ ވާހަކަތަކަށް ބަލާއިރު، ޤާނޫނު ނަންބަރު: 13/2010 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
ޤާނޫނު) ގެ 17 ވަނަ މާއްދާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންގައި ހުންނަންޖެހޭ ސުލޫކީ
މިންގަޑުތައް ބަޔާންކުރާ މާއްދާއެއްކަން މާއްދާއަށް ބެލުމުން އެނގޭކަމާއި، މި މާއްދާގައި އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގައި ހުންނަންޖެހޭ ސުލޫކީ މިންގަޑެއް ބަޔާންކޮށްފައިނުވާކަމާއި،
ދީ 8 ދު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބު (އަސާސީ ހައްޤުތަކާއި
މިނިވަންކަން) ގެ 26 ވަނަ މާއްދާގައި މިޤާނޫނުއަސާސިގައި އެހެންގޮތަކަށް ނުވާހައި ހިނދަކު ޢުމުރުން
އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ
ޙައްޤު ލިބިގެންވާކަން ބަޔާންކޮށްފައިވާކަމާއި،
0 0
<< O
0 2 0
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބު (އަސާސީ
ޙައްޤުތަކާއި މިނިވަންކަން) ގެ 16 ވަނަ މާއްދާގެ (ހގައިވަނީ މިބާބުގައި ބަޔާންކޮށްފައިވާ އެންމެހައި
ހައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ
ލިބިގެންވާކަން މިޤާނޫނުއަސާސީގެ ކަށަވަރުކޮށްދޭކަމަށާއި އަދި މިއިން އެއްވެސް ހައްޤެއްގެ ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިޤާނޫނުއަސާސީއާއި ތަޢާރުޟުނުވާ ގޮތެއްގެ މަތީން،
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް
އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާތީ
މުޖުތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުގެ
މިންވަރަކަށްކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2011/HC-A/84
مری
=32
4 ޤަޟިއްޔާ ނިމުނު ގޮތު
ޤާނޫނު ނަންބަރު 13/2010 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގައި
ލޯކަލް ކައުންސިލް އިންތިޚާބު ނުވަތަ މިފަދަ އިންތިޚާބުތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
މުވައްޒަފުން ބައިވެރިވުން ނުވަތަ ކުރިމަތިލުން މަނާކުރާ މާއްދާއެއް ނުވާކަން މިޤާނޫނަށް ބެލުމުން
އެނގޭކަމާއި،
މިޝަން
ބަންކުން،
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި
ކުރިމަތިލެވޭނީ ވަޒީފާއިން ވަކިވެގެންކަމަށް އެންޓި-ކޮރަޕްޝަނުން ނިންމާފައިވަނީ ޤާނޫނު ނަންބަރު
13/2010 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް ރިޢާޔަތްކޮށް މިޤާނޫނުގެ 36 ވަނަ މާއްދާގައި
މިޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، ޤަވާއިދުތަކަށް އުނިއިތުރު ގެނައުމާއި،
އިޞްލާޙުކުރުމުގެ ބާރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލިބިފައިވާކަމުން، އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ޤާނޫނާއި ޤަވާއިދުގައި ބަޔާންކޮށްފައިނެތްކަމެއް ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާއިދާއި
ޚިލާފުނުވާނޭ ގޮތުގެމަތިން ނިންމުމުގެ ބާރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާތީކަމަށް އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ބުނާ ބުނުމަށް ބަލާއިރު، ޤާނޫނު ނަންބަރު: 13/2010 (އެންޓި-ކޮރަޕް
ކޮމިޝަނުގެ ޤާނޫނު) އާއިގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހަދައި އިޞްލާޙުކުރުމުގެ ބާރު އެންޓި-
ކޮރަޕްޝަން ކޮމިޝަނަށް ލިބިފައި އޮތްނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަމެއް
އެކަމާމެދު ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ނުވަތަ ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާ ގޮތްނޫންގޮތަކަށް އެކަންކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމުން،
އިންތިޚާބުތަކުގައި ބައިވެރިވުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ
ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
ހަވަރުކޮށްދީފައިވާހިނދު، އަދި މިޙައްޤު ހަނިކުރެވޭނީ ޤާނޫނުއަސާސީގައިވާ ފަދައިން ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން ޤާނޫނުއަސާސިގައި ބަޔާންކު
ބަޔާންކުރާހިނދު، މި
ނޫންގޮތަކަށް މިޙައްޤު
ހަނިކުރުމުގެ ބާރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންނުވާކަމަށާއި، މިގޮތުން އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ނަންބަރު 2010
/
614/A
/
MIS-123 (29 ސެޕްޓެމްބަރ 2016) ސިޓީ މެދުވެރިކޮށް
ރ.މާކުރަތު(މަލަ ފަރުޙަތު ނަސީމަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއްކަމަށާއި، އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާގައި ދެމިހުރެ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު ރ.
މާކުރަތު!މަލަ ފަރުޙަތު ނަސީމަށް ލިބިގެންވާކަމަށް ކަނޑައަޅައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2 2
2 0
ކނޗިކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮ
2011/HC-A/84
کی مرکی
ދެވެ
1576/Cv-C/2010
2. ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލެވޭނީ
ކޮމިޝަނުގެ ވަޒީފާއިން ވަކިވެގެންކަމަށް ނިންމާފައިވާ ނިންމެވުން އެކޮމިޝަނުގެ ނަންބަރު
2010
/
614/A
/
MIS-123 ސިޓީން ރ. މާކުރަތުމަލަ ފަރުޙަތު ނަސީމަށް އަންގާފައިވަނިކޮށް، އެ
ނިންމުން ބާޠިލްކުރުމަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާގައި ދެމިހުރެ ލޯކަލް ކައުންސިލް
އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު ހޯދުމަށްއެދި ރ.މާކުރަތު!މަލަ ފަރުޙަތު ނަސީމް ސިވިލް ކޯޓަށް ހުށަހެޅި
އެ ކޯޓުގެ ނަންބަރު 2010/Cv
-
C:1576 ޤަޟިއްޔާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން
ރ.މާކުރަތު މަލަ ފަރުޙަތު ނަސީމަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއްކަމަށާއި، އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ ވަޒިފާގައި ދެމިހުރެ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު
ރ.މާކުރަތު/މަލަ ފަރުޙަތު ނަސީމަށް ލިބިގެންވާކަމަށް ކަނޑައަޅައި، ކޮށްފައިވާ ޙުކުމްގައި އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ ނިންމުމަށް ވާސިލުވި ގޮތާބެހޭގޮތުން ޝަރީޢަތުން ބައްލަވާފައި ނުވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
0
• ދެވަނަ ނުކުތާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ މުސްތަޤިއްލު
ކޮމިޝަނަކަށްވެފައި، އެކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިޚުލާސްތެރިކަން
ދެމެހެއްޓުމައްޓަކައި ސިޔާސީ ހަރަކާތްތަކާއި ސިޔާސީ އިންތިޚާބުތަކުން އެކޮމިޝަނުގެ މުވައްޒަފުން
އެއްކިބާވެތިބުމަކީ މުހިންމު ކަމަކަށްވީހިނދު، ޝަރީޢަތުން އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، މުސްތަޤިއްލު މުޢައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކަކީ
ސިޔާސީ ކަންތައްތަކުން އެއްކިބާކުރެވި، ވަކި ފަރާތަކަށްނުޖެހި މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ
ޔަކަށް ވެގެންނޫނީ މުސްތަޤިއްލު މުޢައްސަސާތަކާއި މުސްތަޤިއްލު މަޤާމުތައް އުފެއްދި މަޤުޞަދުގައި
ހަރަކާތް ނުކުރެވޭއިރު، ދީމިޤްރާތީ މުޖުތަމަޢުތަކުގައި ޤަބޫލުކުރާ އުޞޫލުތަކަކީ ސިޔާސީ ޙަރަކާތްތަކުން
މުސްތަޤިއްލު މުޢައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ
ބަnވެ.
04
7ހ4 90
0
މުވައްޒަފުން
އއކބކުރީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2011/HC-A/84
6 ޤަޟިއްޔާ ނިމުނު ގޮތު
کی عمری
=32
ޤަބޫލުކުރާ
ނިޒާމުތަކަށް ޖާގަ ދިނުންކަމަށްވާއިރު، މި މައްސަލައިގައި ދީމިޤްރާތީ މުޖުތަމަޢުތަކުން
އުސޫލުތަކަށް ޝަރީޢަތުން ރިޔާޢަތްކޮށްފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1576
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން
މައްސަލަ ރައްދުވާ ފަރުޙަތު ނަސީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
20,
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނެއް
އޮންނަންވާނޭކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު
މުއައްސަސާއެއްކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ
އެއްގޮތްވާގޮތުގެ މަތީންކަމަށާއި، ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަށް އެންޓި-
ކޮރަޕްޝަން ކޮމިޝަނުން ޖެހިލުންވުމެއްނެތި މަސައްކަތްކުރައްވާނެކަމަށް ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
2 2 0 220 2
ترحم کر اور کی
އަދި، ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2008
(އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެކޮމިޝަނުގެ
މަސްއޫލިއްޔަތުތަކާއި ބާރުތަކަށް ބަލާއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގެ ސިވިލް ކޯޓުގެ
އުކުމުގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންނެކޭ
އެއްފަދައިން، އެކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޝާމިލްވާ އެހެން ފަރާތްތަކަކީވެސް
އެކޮމިޝަނާ ޙަވާލުކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރުމުގެ އަޚްލާޤާއި ސިފަތައް
އެފަރާތްތަކުގައި ހުންނަންޖެހޭ، އަދި ފަރާތްތަކުގެ މަސައްކަތުގެ ދާއިރާގެތެރެއިން އެފަރާތަކަށް އެނގޭ
ނުވަތަ އެނގިދާނެ މަޢުލޫމާތުތައް ރައްކާތެރިކަމާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭ، ސިއްރު ހިފެހެއްޓޭ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2011/HC-A/84
مری
ދެވެ
ޤަޟިއްޔާ ނިމުނު 1
އަދި ހަމައެހެންމެ މިނިވަންކަމާއި ތެދުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސިފަ އެބައެއްގައި ހުންނަންޖެހޭނެ
ބައެއްކަމަށް ވާންޖެހޭކަމާއި،
އަދި، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާފަދަ، ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްކަން ކަށަވަރުކުރެވޭނީ،
އެކޮމިޝަންގެ މެންބަރުންނެކޭ އެއްފަދައިން، އެކޮމިޝަންގެ މުވައްޒަފުންނަކީވެސް އެމީހުންގެ
މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި، އެމީހުންނަށް ލިބިފައިވާ ޤާނޫނީ ބާރުތައް ބޭނުންކުރުމުގައި އެއްވެސް
ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން
އެއްކިބާވެތިބެ މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާ، އަދި އެމީހުން ކުރާ ކަމަކުން ނުވަތަ ބައިވެރިވާ
ބައިވެރިވުމަކުން، ނުވަތަ ދައްކާވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން
ގޮތަކުން، އެމީހުންގެ މުސްތަޤިއްލުކަމާމެދު ސުވާލުއުފެދޭނެ އެންމެހާ ކަންކަމުން އެއްކިބާވެތިބެ
މަސައްކަތްކުރާ ބަޔަކަށް ވެގެންކަމަށް ވީހިނދު، ކޮމިޝަންގެ މެންބަރެކޭ އެއްފަދައިން، ކޮމިޝަންގެ
މުވައްޒަފަކުވެސް ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިވުމަކީ، ނުވަތަ ސިޔާސީ ޙަރަކާތެއްގައި
ބައިވެރިވުމަށްފަހު އަނބުރާ ކޮމިޝަންގެ މަސައްތަކަށް ނިކުތުމަކީ، އެމުވައްޒަފަކީ އިސްވެދެންނެވިފައިވާ
ގޮތުގެމަތިން އެމީހެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި،
ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެތިބެ މުސްތަޤިއްލުކަމާއެކު
މަސައްކަތްކުރާ ބައެއްކަމާމެދު ރައްޔިތުންގެ ހިއްތަކުގައި
ދިމާވުމަކީ
އެކަށީގެންވާކަމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
0
90 ހ
3 ވ މ 24
ސުވާލެއްފެދި
ޤަބޫލުކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު،
ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް
ކުރިމަތިލުމުގެ ޙައްޤު ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވީނަމަވެސް، އަދި
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ
ޚިލާފުނުވާނޭ
ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީ
ކަށަވަރުކޮށްދޭކަމަށާ
ކަމަށާއި އަދި މިއިން އެއްވެސް ހައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ޤާނޫނުއަސާސީއާއި ތަޢާރުޟުނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2011/HC-A/84
ދެވެ
ޤަޟިއްޔާ ނިމުނު
ޤާނޫނަކުންކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާތީ މުޖުތަމަޢެއްގައި މިފަދަ
ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްކަމަށް ޤާނޫނުއަސާސީގެ
16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް،
2 22 22
22 4 20 0
ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ އެހެން މިނިވަން މުއައްސަސާތަކެކޭ
އެއްފަދައިން، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީވެސް، ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު
މުއައްސަސާއަކަށް ވާންޖެހޭނެކަމަށް ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ) ގައި ލާޒިމުކޮށްފައިވާ
ހިނދު، އަދި އެކޮމިޝަން އެގޮތުގެމަތީގެ ދެމެހެއްޓޭނީ، އެކޮމިޝަނުގެ މެންބަރުންނެކޭ އެއްފަދައިން
އެކޮމިޝަނުގެ މުވައްޒަފުންނަކީވެސް، އެމީހުންގެ މަސައްކަތުގެ، އިސްވެދެންނެވިފައިވާ ގޮތްތަކުގެ މަތިން
ޢަމަލުތައް ބަހައްޓާ ބަޔަކަށްވެގެން ކަމަށްވީހިނދު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަކީ،
އެކޮމިޝަންގެ މުވައްޒަފުންގެ ގޮތުގައިތިބެ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިނުވެނޭނެ ނުވަތަ ސިޔާސީ
އިންތިޚާބުތަކުގައި ވާދަނުކުރެވޭނޭ ބައެއްކަމުގައި ކަނޑައެޅުމަކީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން
ދިވެހިރައްޔިތުންނަށް ލިބިދީފައިވާ އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤުން،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށް، ބަޔަކު މަޙުރޫމުކުރުންކަމަށް ނުބެލެވޭކަމާއި،
29
2010
ނޮވެމްބަރ ގެ ތާރީޚުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ، އެއިދާރާގެ ނަންބަރު 31/2010 ޢާންމު ސިޓީއަށް ބަލާއިރު،
އިސްވެދެންނެވިފައިވާ އުސޫލަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނެކޭ އެއްފަދައިން މިނިވަންކަމާއި
މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރަންޖެހޭނެކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ، ދިވެހިރާއްޖޭގެ
ޝަރުޢީ ދާއިރާއިންވެސް ބަލައިގެންފައިވާ އުސޫލެއްކަން އެނގޭކަމާއި،
އެހެންކަމުން، ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ށ) ގައި ލާޒިމުކޮށްފައިވާ
ގޮތުގެމަތިން، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު މުއައްސަސާއެއްގެ
ގޮތުގައި ދެމެހެއްޓުމުގެ މަޤްޞަދުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ
(ށ) އިން، އެކޮމިޝަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، ވަޒީފާއިން ވަކިކުރުމަށް ލިބިދީފައިވާ
ބާރާއި، އެޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން، އެޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަށް ހެދުމަށް
އެކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން، އެކޮމިޝަންގެ މުވައްޒަފަކު، އެކޮމިޝަނުގެ މަޤާމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 *3
=32
2011/HC-A/84
و مری
9 ޤަޟިއްޔާ ނިމުނު
ހުރެގެން ސިޔާސީ އެއްވެސް އިންތިޚާބަކަށް ކުރިމަތިނުލެވޭކަމަށް ކަނޑައަޅައި، އެކޮމިޝަނުގެ
ޤަވާޢިދުގައި ހިމެނުމަކީ، ނުވަތަ އެފަދަކަމެއް ޤަވާޢިދުގައި ބަޔާންވެގެން ނުވާ ޙާލު، ކޮމިޝަނުން
ކަމެއްނިމުމަށް ކަނޑައެޅިފައިވާ ޤާނޫނީ އުސޫލާއެއްގޮތްވާ ގޮތުގެމަތިން، އެގޮތަށް ނިންމުމަކީ
ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަށް ބެލެވެންނެތްކަމެވެ.
ކޮމިޝަންގެ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އިންތިޚާބުތަކުގައި
ބައިވެރިވުމުގެ ޙައްޤަކީ ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ
ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާހިނދު، އަދި މިޙައްޤު
ހަނިކުރެވޭނީ ޤާނޫނުއަސާސީގައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން
ޤާނޫނުއަސާސިގައި ބަޔާންކުރާހިނދު، މި ނޫން ގޮތަކަށް މީޙައްޤު ހަނިކުރުމުގެ ބާރު އެންޓި-ކޮރަޕްޝަން
ކޮމިޝަނަށް ލިބިގެންނުވާކަމަށާއި، މިގޮތުން އެންޓި-ކޮރަޕްޝަން
ނަންބަރު
2010
/
614/A
/
MIS-123 (29 ސެޕްޓެމްބަރ 2016) ސިޓީ މެދުވެރިކޮށް ރ.މާކުރަތު މަލަ ފަރުޙަތު
ނަސީމަށް އަންގާފައިވާ އެންގުމަކީ ބާޠިލް އެންގުމެއްކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާގައި
ދެމިހުރެ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު ރ. މާކުރަތު/މަލަ ފަރުޙަތު ނަސީމަށް
ލިބިގެންވާކަމަށް ކަނޑައަޅުއްވައި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1576 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ
މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
822 އ ވ2
އެމެއްކަމަށް
• ޙުކުމް
ދެންފަހެ،
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، އިންތިޚާބުތަކުގައި ބައިވެރިވުމުގެ ޙައްޤަކީ ޢުމުރުން އަށާރަ އަހަރުން
މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
ކަށަވަރުކޮށްދީފައިވާހިނދު، އަދި މިޙައްޤު ހަނިކުރެވޭނީ ޤާނޫނުއަސާސީގައިވާ ފަދައިން ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން ޤާނޫނުއަސާސިގައި ބަޔާންކުރާހިނދު، މި ނޫންގޮތަކަށް މިޙައްޤު
ހަނިކުރުމުގެ ބާރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންނުވާކަމަށާއި، މިގޮތުން އެންޓި-ކޮރަޕްޑަން
ކޮމިޝަންގެ ނަންބަރު 2010
/
614/A
/
MIS-123 (29 ސެޕްޓެމްބަރ 2016) ސިޓީ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2011/HC-A/84
92
ރ.މާކުރަތު/މަލަ ފަރުޙަތު ނަސީމަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއްކަމަށާއި، އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާގައި ދެމިހުރެ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ޙައްޤު
ރ. މާކުރަތު/މަލަ ފަރުޙަތު ނަސީމަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައި، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1576 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1576
ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
0
<< O
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv