ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/144 ޤަޟިއްޔާގެ ޙުކުމް
1
1)10/HC-A/444
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ:144/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް
މިނަން:މުޙައްމަދު އަސްލަމް
އައިޑީ ކާޑު ނަންބަރު:
073209-A
* ދާއިމީ އެޑްރެސް:ރޯޒީ ބޭންކް، ނ.ހޮޅުދޫ
މިހާރުގެ އެޑްރެސް: މއ.ވައްފަރު
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ރަޟިއްޔާ މޫސާ
އައިޑީ
ކާޑުނަންބަރު: 038282-A
*ދާއިމީ އެޑްރެސް: މއ.ޗެރިޓީ
މިހާރުގެ އެޑްރެސް: މއ. މަޖްރާ
*
1432
، ރަޖިސްޓްރީ ތާރީޚް: 15 ރަޖަބް 1431
27 ޖޫން 2010
ނިމުނު ތާރީޚް: 30 ޝައްވާލު
28 ސެޕްޓެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2009/MC/2234
• ނިންމެވި ފަރާތް:މަދަނީކޯޓް
މައްސަލައިގެ ބާވަތް ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 29.09.2009
، ނިމުނު ތާރީޚް:27.05.2010
މައްސަލަ ބެއްލެވި ފަނޑިޔާރުން.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ހަމީދު
ފަނޑިޔާރު ޢަބްދުއްރައޫފް އިބް
އިބްރާހިމް
t
ވީ، ދިވެހިރެއްޖެ
2
20-C-A/144
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެނިންމެވުން އިސްތިއުނާފުކޮށް ދިނުމަށް އެދި ނ.ހޮޅުދޫ ރޯޒީބޭންކް
މުޙައްމަދު އަސްލަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި
އިސްތިއުނާފު ރައްދުވާފަރާތަކީ މއ.ޗެރިޓީ ރަޟިއްޔާ މޫސާ އެވެ.
01- މިއި،
ފާހަގަކުރެވުނު ނުކުތާތައް:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234 ޤަޟިއްޔާގައި، މއ.ޗެރިޓީ ރަޟިއްޔާ
މޫސާއާއި ނ.ހޮޅުދޫ ! ރޯޒީބޭންކް މުޙައްމަދު އަސްލަމްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ
(ށ) އާ މުޙައްމަދު އަސްލަމް ޚިލާފުވެފައިވާކަމަށް ކަނޑައަޅުއްވައި އެ އެއްބަސްވުން 27 މެއި 2010 އިން
ފެށިގެން ބާޠިލުވީކަމަށާއި، އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު އަސްލަމް، ރަޟިއްޔާ މޫސާއަށް ދައްކަން ޖެހޭ
81781
/
90ރ (އަށްޑިހަ އެއްހާސް ހަތްސަތޭކަ އަށްޑިހަ އެއް ރުފިޔާ ނުވަދިހަ ލާރި) 04 (ހަތަރެއް)
މަސްދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކާ ޚަލާސް ކުރުމަށާއި، މއ.ޗެރިޓީ އެވެ ކިޔާ ގޯއްޗާއި، އެގޯތީގައިވާ
ޢިމާރާތް 27 މެއި 2010 އިން ފެށިގެން 15 ދުވަހުގެ ތެރޭގައިރަޟިއްޔާ މޫސާއާއި ޙަވާލުކުރުމަށް މުޙައްމަދު
އަސްލަމްގެ މައްޗަށް މަދަނީ ކޯޓުން ޙުކުމް ކުރައްވާފައިވާ ޤަޟިއްޔާއަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ އެނިންމެވުން އިސްތިއުނާފްކޮށްދިނުމަށް އެދި މުޙައްމަދު
އަސްލަމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234 ޤަޟިއްޔާގެ ޝަރީއަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، މއ.ޗެރިޓީ ރަޟިއްޔާ މޫސާ އާއި ނ.ހޮޅުދޫ ( ރޯޒީބޭންކް
މުޙައްމަދު އަސްލަމްއާއި ދެމީހުންގެ މެދުގައި 23 އޯގަސްޓް 2007 ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ 3
ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަޟިއްޔާ މޫސާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ.ޗެރިޓީ އެވެ ކިޔާ
ޢިމާރާތާއި ގޯތި ބޭންކް އޮފް މޯލްޑިވްސް ޕޮލި. ގައި ރަހުނުކޮށް، ދަޢުވާލިބޭ މުޙައްމަދު އަސްލަމްގެ ފަރާތުން
ނަގާފައިވާ ޑިމާންޑް ލޯނުގެ ފައިސާ، އެ ލޯނު އެގްރީމަންޓާއި އެއްގޮތަށް ދައްކާފައިނުވާތީ،
95
O
އޭޖް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް: [email protected] ވެބް ސައިޓް: Www.highcourt.gov.mv
3
2010/HC-A/144
ދަށުން އެ
ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކއިން، ރަޟިއްޔާ މޫސާގެ މައްޗަށާއި، މުޙައްމަދު އަސްލަމްގެ މައްޗަށް
ދަޢުވާކޮށްފައިވާތީ، 23 އޯގަސްޓް 2007 ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 3 ވަނަ މައްދާގެ (ށ) ގެ
އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް
ސްވުމެއްކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށާއި، އެ އެއްބަސްވުމުގެ
6 ވަނަ މާއްދާގެ (ހ) ގެ ދަށުން 2007 ސެޕްޓެމްބަރ އިން ފެށިގެން 2009 ސެޕްޓެމްބަރުގެ ނިޔަލަށް
މުޙައްމަދު އަސްލަމްގެ ފަރާތުން، ރަޟިއްޔާ މޫސާއަށް ކުލީގެ ގޮތުގައި ލިބިދޭންޖެހޭ 136,363
/
75ރ
(އެއްލައްކަ ތިރީސް ހަހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ހަތްދިހަ ފަސް ލާރި) ގެ ތެރެއިން މިހާތަނަށް
ނުލިބިވާ 38,181
/
90ރ (ތިރީސް އަށްހާސް އެއްސަތޭކަ އަށްޑިހަ އެއް ރުފިޔާ ނުވަދިހަ ލާރި) އާއި
ޑިސްވުމުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން މއ.ޗެރިޓީ އެވެ ކިޔާ 6 (ހައެއް) ބުރީގެ ޢިމާރާތުން
ރަޟިއްޔާ މޫސާއާއި ޙަވާލުކުރަންޖެހޭ ފަންގިފިލާ މުޙައްމަދު އަސްލަމްގެ ފަރާތުން، ރަޟިއްޔާ މޫސާއާއި
ޙަވާލުކޮށްފައިނުވާތީ، ސްވުމުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން 25 ފެބްރުއަރީ 2009 އިން
ފެށިގެން 30 ސެޕްޓެމްބަރ 2009 ގެ ނިޔަލަށް، ދުވާލަކަށް -/200ރ (ދުއިސައްތަ ރުފިޔާ) ގެ މަގުން،
ހިނގާދިޔަ 218 (ދުއިސައްތަ އަށާރަ) ދުވަހަށް، މުޙައްމަދު އަސްލަމްގެ ފަރާތުން، ރަޟިއްޔާ މޫސާއަށް
ލިބެންޖެހޭ ނުލިބިވާ -/43,000ރ (ސާޅީސް ތިންހާސް ހަސަތޭކަ ރުފިޔާ) އާއި، ޢިމާރާތް ނިންމުމަށް
އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާލިބޭ ފަރާތަށް ދީފައިވާ 18 (އަށާރަ) މަސްދުވަހުގެ
ތެރޭގައި ޢިމާރާތް ހަދާ މުޅިން ނިންމާފައިނުވާތީ، ދަޢުވާ ހުށަހެޅި ތާރީޚާ ހަމައަށް ނުނިމި ހުރި މަސައްކަތަށާއި،
ދަޢުވާލިބޭ ފަރާތުން ޢިމާރާތްކުރުމުގެ ތެރޭގައި ޢިމާރާތުގެ ދެފަރާތުން ޖެހިފައިހުރި ދެ ޢިމާރާތުގެ ފުރާޅަށް
ލިބިފައިވާ ގެއްލުން މަރާމާތުކުރުމަށް ރަޟިއްޔާ މޫސާގެ އަތުން ހިނގާފައިވާ ޚަރަދަށްވާ -/211,700ރ (ދެލައްކަ
އެގާރަހާސް ހަތްސަތޭކަ ރުފިޔާ) އާއެކު ޖުމްލަ 293,481190ރ (ދެލައްކަ ނުވަދިހަ ތިންހާސް ހަތަރުސަތޭކަ
އަށްޑިހަ އެއް ރުފިޔާ ނުވަދިހަ ލާރި) އެކީ އެއްފަހަރާ ހޯދުމަށް ރަޟިއްޔާ މޫސާގެ ފަރާތުން މަދަނީ ކޯޓުގައި
މުޙައްމަދު އަސްލަމްގެ މައްޗަށް ދަޢުވާކުރުމުން
ރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާއި ދެމެދު 23 އޯގަސްޓް
2007 ދުވަހު ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން 18 (އަށާރަ) މަސްދުވަހުގެ
ތެރޭގައި ޢިމާރާތް ހަދާ މުޅިން ނިންމާފައިނުވާތީ، އެމައްސަލަ ނިންމެވި ތާރީޚް ހަމައަށް ނުނިމި ހުރި
މަސައްކަތަށާއި، ދަޢުވާލިބޭ ފަރާތުން ޢިމާރާތް ކުރުމުގެ ތެރޭގައި ޢިމާރާތުގެ ދެފަރާތުން ޖެހިފައިހުރީ
ޑ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި ވާވެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
201O/HC-A/44
ޢިމާރާތުގެ ފުރާޅަށް ލިބިފައިވާ ގެއްލުން މަރާމާތުކުރުމަށް ރަޟިއްޔާ މޫސާގެ އަތުން ހިނގާފައިވާ ޚަރަދުކަމުގައި
ބުނެ ހުށަހަޅާފައިވާ -/211,700ރ (ދެލައްކަ އެގާރަހާސް ހަތްސަތޭކަ ރުފިޔާ) ނަގާދޭނެތަނެއް ނެތްކަމުގައާއި،
23 އޯގަސްޓް 2007 ދުވަހު ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން 2007 ސެޕްޓެމްބަރ
އިން ފެށިގެން 2009 ސެޕްޓެމްބަރުގެ ނިޔަލަށް ރަޟިއްޔާ މޫސާއަށް ކުލީގެ ގޮތުގައި ލިބިދޭންޖެހޭ ފައިސާގެ
ތެރެއިން މިހާތަނަށް ނުލިބިވާ 38,181
/
90ރ (ތިރީސް އަށްހާސް އެއްސަތޭކަ އަށްޑިހަ އެއް ރުފިޔާ ނުވަދިހަ
ލާރި) އާއި، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން އއ.ޗެރިޓީއެވެ ކިޔާ 6 (ހައެއް) ބުރި ޢިމާރާތުން
ރަޟިއްޔާ މޫސާއާއި ޙަވާލުކުރަންޖެހޭ ފަންގިފިލާ ޙަވާލުނުކޮށްފައިވާތީ، އެ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ނ)
ގެ ދަށުން 25 ފެބްރުއަރީ 2009 އިން ފެށިގެން 30 ސެޕްޓެމްބަރ 2009 ގެ ނިޔަލަށް، ދުވާލަކު -/200ރ
(ދުއިސައްތަ ރުފިޔާ) ގެ މަގުން، ހިނގާދިޔަ 218 (ދުއިސައްތަ އަށާރަ) ދުވަހަށް، ލިބެންޖެހި ނުލިބިވާ
-/
43,600ރ (ސާޅީސް ތިންހާސް ހަސަތޭކަ ރުފިޔާ) އާއިއެކު ޖުމްލަ 81,781
/
90ރ (އަށްޑިހަ އެއްހާސް
ހަތްސަތޭކަ އަށްޑިހަ އެއް ރުފިޔާ ނުވަދިހަ ލާރި) އަކީ މުޙައްމަދު އަސްލަމްގެ ފަރާތުން ރަޟިއްޔާ މޫސާއަށް
ލިބިދޭންޖެހޭ ފައިސާކަމުގައާއި،މުޙައްމަދު އަސްލަމްގެ ފަރާތުން (ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް
މެދުވެރިކޮށް، ނަގާފައިވާ ލޯނަށް ފައިސާ ނުދައްކާވާތީއާއި، ލޯނު ފައިސާ ދެއްކުމަށް ޕޭމަންޓް ޕްލޭނެއް
ބޭންކް އޮފް މޯލްޑިވްސް ޕލކ
އާއެކު ވަކި އެއްބައި ވެފައިވާކަން، ނުވަތަ ފައިސާ
ދައްކާފައިވާކަން އެނގޭފަދަ އެއްވެސް ހެއްކެއް މުޙައްމަދު އަސްލަމްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ،
މުޙައްމަދު އަސްލަމްގެ ފަރާތުން އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) އާއި ޚިލާފުވެފައިވާކަމުގައި ބަލައި، އެ
މާއްދާގެ ދަށުން 23 އޯގަސްޓް 2007 ދުވަހުމުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާ އާއި ދެމެދު ވެފައިވާ
އެއްބަސްވުން، 27 މެއި 2010 އިން ފެށިގެން ބާޠިލުކުރައްވައިފި ކަމުގައި ކަނޑައަޅުއްވައި، މުޙައްމަދު
އަސްލަމްގެ ފަރާތުންރަޟިއްޔާ މޫސާއާއި ޙަވާލުކުރަންޖެހޭ 81,781
/
90ރ (އަށްޑިހަ އެއްހާސް ހަތްސަތޭކަ
އަށްޑިހަ އެއް ރުފިޔާ ނުވަދިހަ ލާރި) ޙަވާލުކުރުމަށްޓަކައި 27 މެއި 2010 ދުވަހުން ފެށިގެން 4 (ހަތަރެއް)
މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ، އެމީހަކަށް ޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް މަދަނީ ކޯޓަށް ދައްކާ
ޚަލާސްކުރުމަށާއި، މއ.ޗެރިޓީއެވެ ކިޔާ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތް 27 މެއި 2010 ދުވަހުން ފެށިގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި ރަޟިއްޔާ މޫސާއާއި ޙަވާލުކުރުމަށް މުޙައްމަދު އަސްލަމްގެ މައްޗަށް އަންގަވައި ޙުކުމް
ކުރައްވާފައެވެ.
4
3 މވ ހ2
| އ 8
7
6
އެބަސްވެވެއެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން.ތީމުގެ 3ވަނަދޮރޯށި މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 *
އީމެއިލް info
{
ahighcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
5
2010/HC-A/144
03- މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމެވުން އިސްތިއުނާފުކު
.ފުކުރަމުން، މުޙައްމަދު އަސްލަމްގެ ފަރާތުން
އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
Oxuc
• ފުރަތަމަ ނުކުތާއަކީ: މުޙައްމަދު އަސްލަމް އާއި ރަޟިއްޔާ މޫސާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 3
ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކޮށް ޢިމާރާތް ޙަވާލުކުރުމަށް އަންގަންވާނީ ރަހުނު ކުރެވިފައިވާ ޢިމާރާތް
ވިއްކާލުމަށްޓަކައި ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ބޭންކުން ބޭނުންވެއް ހިނދެއްގައި ކަމަށްވާއިރު،
3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތު ނެތްހިނދެއްގައި އެމާއްދާގެ ދަށުން
އެއްބަސްވުން ބާޠިލުކުރައްވާފައިވާކަމަށް
ބާޠިލުކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 3 2 0 0 7 2
3
• ދެވަނަ ނުކުތާއަކީ: މުޙައްމަދު އަސްލަމް އާއި ރަޟިއްޔާ މޫސާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ
ދަށުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތަކާއި އިލްތިޒާމްތަކެއް ރަޟިއްޔާ މޫސާގެ އެދުމުގެމަތީން އޭނާގެ ރުހުމާއެކު
ވިއު ބިލްޑާރސް ޕވޓ ލޓޑިއަށް ބަދަލުކުރެވިފައިވަނިކޮށް އަދި މިގޮތުގެމަތީން ވިއު ބިލްޑާރސް ޕވޓ
ލޓޑއިންނާއި ރަޟިއްޔާ މޫސާ ޢަމަލުކުރަމުން ގެންދަނިކޮށް، އަދި އެއްބަސްވުމަށް ދެން މުޙައްމަދު އަސްލަމް
ޢަމަލުކުރަން ނުޖެހޭނެކަމަށް މުޙައްމަދު އަސްލަމަށް ޤަބޫލުކުރެވިފައިވަނިކޮށް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ
ދަށުން، މުޙައްމަދު އަސްލަމްގެ އަތުން ކުލި ނަންގަވައިދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ: މުޙައްމަދު އަސްލަމް އާއި ރަޟިއްޔާ މޫސާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ
ދަށުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތަކަކާއި އިލްތިޒާމްތަކެއް ރަޟިއްޔާ މޫސާގެ އެދުމުގެމަތީން އެނާގެ
ރުހުމާއެކު ވިއު ބިލްޑާރސް ޕވޓ ލޓޑިއަށް ބަދަލު ކުރެވިފައިވަނިކޮށް އަދި މިގޮތުގެމަތީން ވިއު ބިލްޑާރސް
ޕިވޓ ލޓޑއިންނާއި ރަޟިއްޔާ މޫސާ ޢަމަލުކުރަމުން ގެންދަނިކޮށް، ރަޟިއްޔާ މޫސާ އާއި ވިއު ބިލްޑާރސް
ޕީވޓ ލޓޑ އާއި ދެމެދުގައި އެއްބަސްވުމެއް ނެތް ކަމުގައި ބައްލަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
OX
ކުއިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2010HC-A/144
• ހަތަރުވަނަ ނުކުތާއަކީ: މުޙައްމަދު އަސްލަމް އާއި ރަޟިއްޔާ މޫސާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ
ދަށުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތަކާއި އިލްތިޒާމްތަކެއް ރަޟިއްޔާ މޫސާ އެދުމުގެމަތީން އޭނާގެ ރުހުމާއެކު
ވިއު ބިލްޑާރސް ޕވޓ ލޓޑިއަށް ބަދަލު ކުރެވިފައިވަނިކޮށް އަދި މިގޮތުގެ މަތީން ވިއު ބިލްޑާރސް ޕވޓ
ލޓޑއިންނާއި ރަޟިއްޔާ މޫސާ ޢަމަލުކުރަމުން ގެންދަނިކޮށް، އެއްބަސްވުމުގެ ދަށުން ރަޟިއްޔާ މޫސާއާ
ޙަވާލުކުރަންޖެހޭ ފަންގިފިލާ ޙަވާލުކުރަންޖެހެނީ މުޙައްމަދު އަސްލަމްކަމަށް ބައްލަވާފައިވުމާއި، އަދި މިގޮތުން
މުޙައްމަދު އަސްލަމް ދެންނެވުނު ފަންގިފިލާ ޙަވާލުކޮށްފައި ނުވާތީ މުޙައްމަދު އަސްލަމް އެއްބަސްވުމުގެ ދަށުން
ޖޫރިމަނާ ކުރައްވާފައިވުމާއި، އަދި ކުލި ދެއްކުމަށް މުޙައްމަދު އަސްލަމަށް އަންގަވައި ޙުކުމް ކުރައްވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
• ފަސްވަނަ ނުކުތާއަކީ: މއ.ޗެރިޓީގައި ޢިމާރާތްކުރުމަށްޓަކައި ނަގާފައިވާ ލޯނަކީ ރަޟިއްޔާ މޫސާއާއި ވިއު
ބިލްޑާރސް ޕވޓ ލޓޑއާއި ބޭންކް އޮފް މޯލްޑިވްސް ޕޮލިކިއާމެދު ވާހަކަ ދެކެވިގެން މއ.ޗެރިޓީ
ޢިމާރާތްކުރުމަށްޓަކައި ވިއު ބިލްޑާރސް ޕވޓ ލޓޑއިން ނަގާފައިވާ ލޯނަކަށްވާއިރު، މި ލޯނަކީ މުޙައްމަދު
އަސްލަމްގެ ފަރާތުން ނަގާފައިވާ ލޯނެއްކަމަށް މައްސަލައިގެ ޙުކުމުގައި ބަޔާންކުރައްވައި ބައްލަވާފައި
ހުށަހެޅި ނުކުތާ.
ދިވެހމެނ
• ހަވަނަ ނުކުތާއަކީ: މުޙައްމަދު އަސްލަމް އާއި ރަޟިއްޔާ މޫސާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ
ދަށުން އއ.ޗެރިޓީގައި ޢިމާރާތްކޮށްފައިވަނީ ވިއު ބިލްޑާރސް ޕވޓ ލޓޑއިން ކަމަށްވާއިރު، އަދި އެ
އެއްބަސްވުމުގެ ދަށުން ލޯނު ނަގާފައިވަނީ ވިއު ބިލްޑާރސް ޕވޓ ލިޓޭޑިއަށް ކަމަށްވާއިރު، ލޯނު
ދޫކޮށްފައިވަނީ ރަޟިއްޔާ މޫސާ ބޭންކް އޮފް މޯލްޑިވްސް ޕލކއަށް އިޢުތިރާޟުނެތް ކަމުގެ ސިޓީ ދީގެންކަމަށް
ވާއިރު، އަދި އެ އެއްބަސްވުމުގެ ދަށުން ޢިމާރާތް ކޮށްފައިވަނީ ވިއު ބިލްޑާރސް ޕވޓ ލޓޑއިން ކަމަށްވެފައި
ރަޟިއްޔާ މޫސާއަށް ކުލި ދައްކަމުން ގެންދަނީ ވިއު ބިލްޑާރސް ޕވޓ ލޓޑއިން ކަމަށްވާއިރު، އަދި ރަޟިއްޔާ
މޫސާ ކުލި ބަލައިގެންފައިވަނީ ވިއު ބިލްޑާރސް ޕވޓ ލޓޑއިން ދޭ އެއްޗެއްކަން އެނގިހުރެ ކަމަށްވާއިރު، އަދި
މިޢިމާރާތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން ގެންދަނީ ވިއު ބިލްޑާރސް ޕވޓ ލޓޑއިން ކަން
"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމު ގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
200/HC-A/144
އެނގެން އޮންނައިރު އެ އެއްބަސްވުމުގައި ބަޔާންކުރާ އެންމެހާ ޒިންމާތަކާއި އިލްތިޒާމްތައް ބަދަލުކޮށްފައިވާކަން
އެނގެން ނެތްކަމަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ 6 ވަނަ ނުކުތާގައި ބަޔާންކުރައްވައި އެކަމަށް ރިޢާޔަތް
ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތްވަނަ ނުކުތާއަކީ: މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާ އާއި ދެމެދު ވެފައިވާ އެއްބަސްވުން
ބާޠިލުވެފައިވާކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވާއިރު، އެއްބަސްވުމުގެ ދަށުން މުޙައްމަދު އަސްލަމްގެ
ޙައްޤަށް އުނިކަން ލިބޭގޮތަށް ޙުކުމް ކުރައްވާފައިވާކަމަށް
OXUC
42 3
އަވާކަމަށް ބުނެ ހުށަހެޅި
އެކުه.
04- މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި މުޙައްމަދު އަސްލަމްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި އިސްވެ ބަޔާން ކުރެވުނު ނުކުތާތަކަށް
ޖަވާބުދާރީވުމުގެ ގޮތުން، އިސްތިއުނާފް ރައްދުވާ ރަޟިއްޔާ މޫސާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މއ.ޗެރިޓީ އެވެ ކިޔާ ގޯތީގައިވާ ޢިމާރާތްކޮށް ކުއްޔަށް ހިފުމާ ބެހޭގޮތުން
އެގްރީމަންޓް ކުރެވިފައިވަނީ މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާއި ދެމެދުކަމަށާއި، މިއެގްރީމަންޓްގެ 3
ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޟިއްޔާ މޫސާ، މުޙައްމަދު އަސްލަމަށް ލޯނުނެގުމުގެ ފުރުސަތު
ދީފައިވާނެކަމަށާއި، މިގޮތުން ފުރަތަމަ މަސައްކަތްކޮށްފައިވަނީ މުޙައްމަދު އަސްލަމްގެ ނަމުގައި ލޯނު ނެގުމަށް
ކަމާއި، އެހެން ނަމަވެސް މުޙައްމަދު އަސްލަމްގެ ކިބައިގައި ބޭންކް ގެރެންޓީ ދޭނެ އެއްވެސް ފެސިލިޓީއެއް
ނެތިގެންނާއި، އަދި މުޙައްމަދު އަސްލަމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކއިން ލޯނު ނަގާފައިވާތީވެ،
މުޙައްމަދު އަސްލަމް 90 ޕަސެންޓް ހިއްސާވާ ވިއު ބިލްޑާރސް ޕވޓ ލޓޑގެ ނަމުގައި ލޯނު ނެގުމަށް އެދިގެން
ވިއު ބިލްޑާރސް ޕވޓ ލޓޑިއަށް ރަޟިއްޔާ މޫސާ ރަހުނު ދީފައިވާނެ ކަމާއި، ދެފަރާތުގެ މެދުގައިވެވިފައިވާ
އެއްބަސްވުމުގެ 3 ވަނަ މާއްދާގައި އިޝާރާތްކޮށްފައިވާ ލޯނު ކަންތައް ފަހި ކޮށްދިނުމަށްފަހު މުޙައްމަދު އަސްލަމްގެ
މައްޗަށް 4 ކަމެއް ލާޒިމްވާކަމަށާއި، ފުރަތަމަ ކަމަކީ ފޯނުގެ އެއްބަސްވުމުގައި ކުއްޔަށްދޭ ފަރާތުން ސޮއިކުރަން
ޖެހޭނެކަމަށް ދެފަރާތުން އެއްބަސްވުމާއި، ދެވަނަކަމަކީ ކުއްޔަށް ހިފާފަރާތުން ލޯނު ދައްކަމުންދާ ގޮތް ބަރާބަރަށް
ކުއްޔަށް ދޫކުރާފަރާތަށް އެންގުން ކަމާއި، މުޙައްމަދު އަސްލަމް މިކަންކޮށްފައިނުވާކަމާއި، ތިންވަނަ ކަމަކީ ކުއްޔަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647 *
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2010/HC-A/144
ہی کی
43 4443
مرمروومک
32
443
2 43 44
ހިފާފަރާތުން ލޯނުދެއްކު
ދެއްކުމަށް ފަހު . ރިސިޕްޓް ދައްކާތާ ތިންދުވަހުގެ ތެރޭގައި ކުއްޔަށް ދޭފަރާތަށް ދިނުން
ކަމާއި، ހަތަރުވަނަކަމަކީލޯން އިންސްޓޯލްމަންޓް ނުދެއްކި ވިދިވިދިގެން 3 (ތިނެއް) މަސް ފާއިތުވެއްޖެނަމަ ކުއްޔަށް
ހިފާފަރާތާ ހަވާލު ކޮށްފައިވާ ފްލޯތަކުގެ ތެރެއިން ބޭންކަށް މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓް ކަވަރ
ކުރިލިބޭ މިންވަރަށް ފްލޯތައް ޙަވާލުކުރުންކަމާއި،މިކަންތައްވެސް މުޙައްމަދު އަސްލަމް ކޮށްފައި
ނުވާކަމާއި، މި ލޯނު ނުދެއްކިގެން ބޭންކް އޮފް މޯލްޑިވްސް ޕލކއިން ރަޟިއްޔާ މޫސާއާއި، މުޙައްމަދު އަސްލަމް
އާއި ވިއު ބިލްޑާރސް ޕވޓ ލޓޑގެ މައްޗަށް ދަޢުވާ ކޮށްފައިވާކަމާއި، މިއިން އިނގެނީ ދެފަރާތުގެ
ދެމެދުގައިވެވިފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނެވިފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް
މެދުވެރިވެފައިވާކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234 ޤަޟިއްޔާ މަދަނީ ކޯޓުގައި
ހިނގަމުންދަނިކޮށް މުޙައްމަދު އަސްލަމްގެ ފަރާތުން ހުށެހެޅި ބަޔާނެއް
ފޯނެއްގެ 8 ވަނަ ނަންބަރުގައި ބުނެފައިވަނީ
"މުޅި ދަޢުވާ އޭގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުން ކުރިއަށް ގެންދަން މުޙައްމަދު އަސްލަމް ބޭނުމެއްނުވެއޭ"،
މިއިން އެނގެނީ މުޙައްމަދު އަސްލަމް ބޭނުންވަނީ މި އެގްރިމަންޓް ބާޠިލުކުރަންކަމަށާއި، މަދަނީ ކޯޓުގެ
ނަންބަރު2009/MC/2234 ޤަޟިއްޔާގައި މިއެއްބަސްވުން ބާޠިލުވެއްޖެކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް
ކަމުގައާއި، އަދި ރަޟިއްޔާ މޫސާއާއި މުޙައްމަދު އަސްލަމްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ އެއްވެސް
ޒިންމާއަކާއި އިލްތިޒާމްތަކެއް ވިއު ބިލްޑާރސް ޕވޓ ލޓޑިއަށް ބަދަލުކުރުމަށް ރަޟިއްޔާ މޫސާ އެއްވެސް
އިރެއްގައި ރުހުން ދީފައި ނުވާނެ ކަމަށާއި، އެއީ މުޙައްމަދު އަސްލަމްގެ ޒިންމާއެއްކަމާއި، އަދި މަދަނީ ކޯޓުގެ
ނަންބަރު 2009/MC/2234 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި މިޢިމާރާތްކުރުމާ ބެހޭގޮތުން ވިއު ބިލްޑަރސް
ޕިވޓ ލޓޑއިން މުޙައްމަދު އަސްލަމަށް ދީފައިވާ ބީ.އޯ.ކިއު ހިމަނާފައިވާއިރު، މި ބީ.އޯ.ކިއު ގައި ކޮންޓްރެކްޓަރ
އަކީ ވިއު ބިލްޑާރސް ޕވޓ ލިޓް، ކަމާއި، ޕްރޮޖެކްޓަކީ މއ.ޗެރިޓީ ކަމާއި، އަދި ކްލައިންޓަކީ މުޙައްމަދު
ބަޔާންކޮށްފައިވާކަމާއި، މިއިންވެސް އިނގެނީ ވިއު ބިލްޑާރސް ޕވޓ ލޓޑއާއި ރަޟިއްޔާ
މޫސާއާއި ދެމެދު ކޮންޓްރެހް ނުވާކަމާއި، މުޙައްމަދު އަސްލަމް އޭނާގެ ފަރާތުން ވިއު ބިލްޑާރސް ޕވޓ
ލިޓީޑިއަށް ޙަވާލުކޮށްގެން
އެއީ އެއްވެސް ޙާލަތެއްގައި ވިއު ބިލްޑާރސް ޕވޓ ލޓޑއާއި
ރަޟިއްޔާ މޫސާއާއި ދެމެދު ކޮންޓްރެކްޓެއް އޮތްކަމަށް ދަލާލަތުކުރާ ކަމެއްނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކޮށްފައިވެއެވެ.
އަސްފަޚުކަމަށް
ރކeއ
ކަމެއް ކޮށްދިނުމަކީ
¢¢ ¢ ¢
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން.ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2010/HC-A/144
05- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) 23 އޯގަސްޓް 2007ގައި މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ
3ވަނަ މާއްދާގެ (ށ)އަށް ނަޒަރުކުރާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ ކުއްޔަށްހިފާ ފަރާތުން ރަހުނުހިފި
ފަރާތަށް ދައްކަންޖެހޭ ދަރަނި ނުދެއްކިގެން ނުވަތަ އެފަރާތާއިއެކު ވެފައިވާ ދަރަނީގެ ރަހުނުގެ އެއްބަސްވުމާއި
ޚިލާފުވެގެން ރަހުނު ކުރެވިފައިވާ ޢިމާރާތް ވިއްކާލުމަށްޓަކައި ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ރަހުނުހިފި
ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، ޢިމާރާތް ވަގުތުން ހުސްކުރުމަށްފަހު ކުއްޔަށް ދޫކުރާ ފަރާތަށް ޙަވާލުކުރުމަށް
ކުއްޔަށް
ހިފާ ފަރާތުން އެއްބަސްވާކަމާއި އަދި މިފަދަ ޙާލަތެއްގައި
އެއްބަސްވުން
ބާޠިލުވާނެކަމަށް ބަޔާންކޮއް
ރެކޮށްފައިވާކަން އެނގެން އޮތުން
ކުއްޔަށް ދިނުމުގެ
(ނ) މއ. ޗެރިޓީއެވެ ކިޔާ ބަންޑާރަ ގޯތި ރަހުނުކޮށް ވިޔު ބިލްޑަރސް ޕވޓ. ލޓޑއިން ނެގި ޑިމާންޑް
ލޯނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ހޯދުމަށް މަދަނީ ކޯޓުގެ ނަންބަރު 2009/MC/2065 ޤަޟިއްޔާއިން
ރަޟިއްޔާ މޫސާއާއި މުޙައްމަދު އަސްލަމްއާއި އަދި ވިޔު ބިލްޑަރސް ޕވޓ ލޓޑ ގެ މައްޗަށް ބޭންކް އޮފް
މޯލްޑިވްސް ޕލކއިން ދަޢުވާކޮށްފައިވީ ނަމަވެސް، ދަޢުވާ ފޯމުގައި ބޭންކުން ނަގާފައިވާ އެހެނިހެން ލޯނުތަކަށް
އިސްވެ ބަޔާންކުރެވުނު ފަރާތްތައް ނޫން އެހެން ފަރާތްތަކަކަށްވެސް އެ ފޯމުގެ ދަށުން ދަޢުވާ އުފުލާފައިވާތީވެ،
އަދި މިކަމަށް ވިޔު ބިލްޑަރސް ޕވޓ. ލޓޑއިން އިޢުތިރާޟް ކުރާތީވެ، އެ މައްސަލަ އެގޮތަށް ކުރިއަށް
ގެންދެވެން ނެތްކަމަށް އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެފައި، އަދި މަދަނީ ކޯޓުގެ
ނަންބަރު 2009/MC/2065 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ 17 ސެޕްޓެމްބަރ 2009 ގައިކަން
އެނގެން އޮވެފައި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234 ޤަޟިއްޔާ 27 މޭ 2010 ގައި
ނިންމެވިއިރުވެސް ބޭންކް އޮފް މޯލްޑިވްސް ޕލކއިން ޗެރިޓީއެވެ ކިޔާ ބަންޑާރަ ގޯތި ރަހުނުކޮށްގެން
#
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 331647/
ވެބް ސައިޓް www.highcourt.gov.mv
[email protected]
10
2010/HC-A/144
ނަގާފައިވާ ފައިސާ ނުދައްކައިގެން އަލުން ދަޢުވާ އުފުލާފައިނުވާކަން ސިވިލް ކޯޓުގެ ނަންބަރު
95
/
2011
/
27/A3B-144 ސިޓީއިން އެނގެން އޮތުން
48
(ނ) ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ރަޟިއްޔާ މޫސާއަށް 09 ފެބްރުއަރީ 2009ގައި ކޮޕީކޮށްފައި
ފޮނުވާފައިވާ އެންމެ ފަހުގެ ނޯޓިސްގައި ބަޔާންކޮށްފައިވަނީ އެސިޓީ ފޮނުވި ތާރީޚުން ފެށިގެން ފަނަރަ ދުވަހުގެ
ތެރޭގައި ވިޔު ބިލްޑަރސް ޕވޓ ލޓޑއަށް ދޫކުރެވިފައިވާ ކްރެޑިޓް ފެސިލިޓީތަކަށް 9 ފެބްރުއަރީ 2009 ގެ
ނިޔަލަށް ދައްކަންޖެހިފައިވާ މުޅި ޖުމްލަ، 4,394,068
/
64ރ (ހަތަރު މިލިޔަން ތިންލައްކަ ނުވަދިހަ ހަތަރުހާސް
ފަސްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ވިޔު ބިލްޑަރސް ޕވޓ ލޓއިން ދެއްކުމަށް
އަންގައި، އަދި ބޭންކް އޮފް މޯލްޑިވްސް ޕލކއިން ދީފައިވާ މުހުލަތުގެ ތެރޭގައި އެފައިސާ ނުދެއްކިއްޖެނަމަ ވިޔު
ބިލްޑަރސް ޕވޓ ލޓޑިއަށް ބޭންކް އޮފް މޯލްޑިވްސް ޕޮލިކޯއިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ފެސިލިޓީތަކަށް
(އެއީ ޖުމްލަ 12,689,365
/
52ރ (ބާރަ މިލިޔަން ހަލައްކަ އަށްޑިހަނުވާހާސް ތިންސަތޭކަ ފަސްދޮޅަސް ފަސް
ރުފިޔާ ފަންސާސް ދެލާރި) އަނބުރާ ބޭންކް އޮފް މޯލްޑިވްސް ޕޮލިކިއަށް އެއްކޮށް ލިބިގަތުމަށްޓަކައި އިތުރު
އެންގުމަކާ ނުލައި ޝަރީޢަތަށް މައްސަލަ ހުށަހަޅާނެ ވާހަކަކަން އެނގެން އޮތުން
4 3
(ރ) ދިވެހިރާއްޖޭގައި ބަންޑާރަ ގޯތި ރަހުނުކޮށްފައި ބޭންކުން ނަގާ ލޯނުތަކާއިގުޅޭ މައްސަލަތަކުގައި
އާންމުކޮށް ޢަމަލުކުރާ އުޞޫލަކީ، ބޭންކުން އެންމެ ފުރަތަމަ މަރުހަލާގައި ފޯނާއި ދަރަނި ސާބިތުކުރުމަށް
ދަޢުވާކުރުންކަމަށް ވެފައި، އަދި ދަރަންޏާއި ރަހުނު ކޯޓަށް ސާބިތުވުމުން، ލޯނު ނަގާ ފަރާތުން ދައްކަންޖެހޭ
ފައިސާ ކޯޓުން ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ކަނޑައެޅުންކަމަށް ވެފައި، އަދި އެ މުއްދަތުގެ
ތެރޭގައި ފޯނުނަގާ ފަރާތާއި ޔަޤީންކަންދޭ ފަރާތަށް (ގެރެންޓަރ) އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެނަމަ،
ދެވަނަ މަރުހަލާގައި ރަހުނު ތަންފީޒުކުރަން އެމައްސަލަ ވަކި ޤަޟިއްޔާއެއް ގޮތަށްހުށަހެޅުން ކަމުގައިވުން
(ބ) މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ 3ވަނަ މާއްދާގެ (ނ)
މާނަކުރުމުގައި، އެ މާއްދާގައި ބުނާ ފަދަ ޙާލަތެއް އަންނާނީ އެންމެ ފުރަތަމަ ބޭންކް އޮފް މޯލްޑިވްސް ޕލއިން
ލޯނުނެގި ފަރާތްކަމުގައިވާ ވިޔު ބިލްޑަރސް ޕވޓ. ލޓޑިއާއި، ޔަޤީންކަންދޭ ފަރާތްތައް ކަމުގައިވާ ރަޟިއްޔާ
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި) މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2010/HC-A/144
މޫސާއާއި، މުޙައްމަދު އަސްލަމް އާއި އަޙްމަދު މުޙައްމަދުގެ މައްޗަށް އެލޯނަށް ނުދެއްކިވާ ފައިސާ ހޯދުމަށް ދަޢުވާ
އުފުލުމަށްފަހު، ކޯޓުން އެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ކަނޑައެޅުމަށްފަހު، އެ ފައިސާ ނުލިބުމުން
އެ ފައިސާ ހޯދުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕޮލިކޯއިން ރަހުނު ތަންފީޒުކުރުމަށް މައްސަލަ ކޯޓަށް
ހުށަހެޅުމުން ކަމަށް މައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އަދި ބޭންކް އޮފް މޯލްޑިވްސް
ޕީލކއިން 09 ފެބްރުއަރީ 2009 ގައި ރަޟިއްޔާ މޫސާއަށް ކޮޕީކޮށްފައި ފޮނުވި އެންމެ ފަހުގެ ނޯޓިސްގައި ވިޔު
ބިލްޑަރސް ޕވޓ ލޓޑއިން ލޯނު ފައިސާ ނުދައްކައިފިނަމަ ބޭންކް އޮފް މޯލްޑިވްސް ޕލކއިން އެފައިސާތައް
ހޯދުމަށްޓަކައި މައްސަލަ ކޯޓަށް ހުށަހަޅާނެކަމަށް ބަޔާންކޮށްފައި އޮތްއޮތުން މިކަން އިތުރަށް ދަލީލުކޮށްދޭ ހިނދު،
މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ)ގައި ބަޔާން
ޗެރިޓީ ވިއްކާލުމަށްޓަކައި ނުވަތަ އެނޫންވެސް ސަބަބަކީ
ބަބަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް
ޕިލކއިން ބޭނުންވުން) އައިސްފައި ނުވާކަން ޤަބޫލުކުރެވުން
ކުރާ ޙާލަތު (އެއީ
ގއ.
(ޅ) 23 އޯގަސްޓް 2007ގައި ޗެރިޓީއެވެ ކިޔާ ބަންޑާރަ ގޯތީގައި ހަބުރި ފައުންޑޭޝަނެއް އަޅައި
އެތަނުގައި ހަބުރި ޢިމާރާތްކޮށް އެ ޢިމާރާތުން ފުސްބުރި ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުމެއްގައި މުޙައްމަދު
އަސްލަމްއާއި ރަޟިއްޔާ މޫސާ ސޮއިކޮށްފައިވާކަން އެނގެން އޮވެފައި، މިއެއްބަސްވުމުގެ ދަށުން މުޙައްމަދު
އަސްލަމްގެ ޒިންމާތަކާއި އިލްތިޒާމްތައް ވިޔު ބިލްޑަރސް ޕވޓ ލޑިއަށް ތަޙުލީލު ކުރެވިފައިވާ ކަމުގެ އެއްވެސް
ލިޔެކިޔުމެއް ހުށަހެޅިފައި ނުވާކަމަށް ފާހަގަކުރެވުމުގެ އިތުރުން، މުޙައްމަދު އަސްލަމް ދިވެހިރާއްޖޭގެ
ހައިކޯޓުގައިވެސް އަދި މަދަނީ ކޯޓުގައިވެސް އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު އަސްލަމްގެ ޒިންމާތަކާއި
އިލްތިޒާމްތައް ވިޔު ބިލްޑަރސް ޕވޓ ލޓީޑިއަށް ތަޙުލީލުކޮށްފައިވާކަމުގެ ހުއްޖަތެއްކަމުގައި ބަޔާންކޮށްފައިވަނީ
ބޭންކް އޮފް މޯލްޑިވްސް ޕލކއިން މއ. ޗެރިޓީ ރަހުނުކުރުމަށްފަހު އެ ގޯތި ޢިމާރާތްކުރުމަށްޓަކައި ލޯނު
ދޫކޮށްފައިވަނީ ވިޔު ބިލްޑަރސް ޕވޓ ލޓޑިއަށް ކަމަށާއި އަދި މިކަން މިހެން ހިނގާދިޔަ ސަބަބަކީ މުޙައްމަދު
އަސްލަމްގެ އެސެޓް ނެތަތީވެ ބޭންކް އޮފް މޯލްޑިވްސް ޕލކއިން މުޙައްމަދު އަސްލަމްއަށް ލޯދުދޫނުކުރުމުން، ވިޔު
ބިލްޑަރސް ޕވޓ ލޓޑއިން މި ލޯނު ނެގުމުގެ ކަންކަން ހަމަޖައްސައި، ވިޔު ބިލްޑަރސް ޕވޓ ލޓޑއިން
ލޯނު ނެގުމަށް ރަޝިއްޔާ މުސްގެ އިޢުތިރާސެއްނެތް ކަމުގެ ސިޓީއެއް ދީފައިވުމުގެ އިތުރުން، ޗެރިޓީ
ޢިމާރާތްކޮށްފައިވަނީ ވިޔު ބިލްޑަރސް ޕވޓ ލޓޑއިންކަމަށް ވެފައި، ޢިމާރާތާއި ގުޅިގެން ކުރަންޖެހޭ އެންމެހަ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 *
ވެބް ސައިޓް: www.highcourt.gov.mv
[email protected]
12
2010/HC-A/144
ކަންކަން ކުރަމުން ގެންދަނީ ވިޔު ބިލްޑަރސް ޕވޓ ލޓޑއިން ކަމަށްވެފައި، 23 އޯގަސްޓް 2007ގައި
މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާ ދެމެދު ވެވުނު އެއްބަސް
ބަސްވުމުގެ ދަށުން ވިޔު ބިލްޑަރސް ޕވޓ
ލޓޑއިން ރަޟިއްޔާ މޫސާއަށް ދެމުންގެންދާ ކުލި ރަޟިއްޔާ މޫސާ ޤަބޫލުކޮށްފައިވުމުން ކަމުގައި ބުނެފައިވާކަން
އެނގެން އޮތުން
Ox
(ކ) 23 އޯގަސްޓް 2007ގައި މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާ ދެމެދު ވެވުނު އެއްބަސްވުމުގެ
3ވަނަ މާއްދާގެ (ހ)ގެ ދަށުން މއ. ޗެރިޓީއެވެ ކިޔާ ގޯތީގައި ޢިމާރާތް ކުރަން ފެނުމަށްފަހު ޢިމާރާތުގެ
މަސައްކަތަށް ކޮމާރޝަލް ބޭންކަކުން ލޯނެއް ނެގުމަށް ގޯއްޗާއި ގޭގެ ރަޖިސްޓަރީ ރަހުނު ކުރުމަށް ކުއްޔަށް ހިފާ
ފަރާތުން އެދިއްޖެނަމަ، އެކަން ކުރުމަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުން ކުއްޔަށްދޭ ފަރާތަށް ލާޒިމު ވާކަން
އެނގެން އޮވެފައި، އަދި މިގޮތުން ނެގޭ ލޯނު އެއްބަސްވުމުގައި ކުއްޔަށްދޭ ފަރާތުން ސޮއިކުރަންޖެހޭނެކަމަށް
އޮތުމުގެ އިތުރުން މިގޮތަށް ނަގާ ލޯނުގެ ޒިންމާ އުފުލަންޖެހޭނީ ކުއްޔަށް ހިފާ ފަރާތުންކަން އެ މާއްދާގައި
ބަޔާންކޮށްފައި އޮތުމުން، މުޙައްމަދު އަސްލަމް ގެ އެދުމުގެ މަތިން ވިޔު ބިލްޑަރސް ޕވޓ ލޓޑއިން ލޯނު
ނެގުމަށްޓަކައި ކޮށްދޭން ޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްދިނުން ރަޟިއްޔާ މޫސާގެ މައްޗަށް އެއްބަސްވުމުގެ 3
ވަނަ މާއްދާގެ (ހ)ގެ ދަށުން ލާޒިމުވާކަން މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ބޭންކް
އޮފް މޯލްޑިވްސް ޕލކގެ ރަހުނުގެ އެއްބަސްވުމުގައި، ވިޔު ބިލްޑަރސް ޕވޓ ލޓޑއަކީ ލޯނު ނަގާ
ފަރާތްކަމުގައި ވީނަމަވެސް، އަދި ރަޟިއްޔާ މޫސާއަކީ ވިޔު ބިލްޑަރސް ޕވޓ ލޓޑގެ ޔަޤީންކަންދޭ
ފަރާތްކަމުގައި ވީނަމަވެސް، އެކަމަކީ މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ
ދަށުން މުޙައްމަދު އަސްލަމްގެ ޒިންމާތަކާއި އިލްތިޒާމްތައް ވި ބިލްޑަރސް ޕވޓ ލޓޑިއަށް ތަޙުލީލުކުރުންކަން
ޤާނޫނީ ގޮތުން ބެލެވޭނެ
ލެވޭނެ ކަމެއްނޫން ކަމާއި، ރަޟިއްޔާ މޫސާ ބޭންކް އޮފް މޯލްޑިވްސް ޕލކގެ ރަހުނުގެ
އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރަޟިއްޔާ މޫސާއާއި މުޙައްމަދު އަސްލަމް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ
3 ވަނަ މާއްދާގެ (ހ)ގެ ދަށުން، ރަޟިއްޔާ މޫސާ އުފުލަންޖެހޭ އިލްތިޒާމެއްގެ ގޮތުންކަން އެންގޭކަމާއި، އަދި
ހަމަ އެމާއްދާގެ ދަށުން އެ ލޯނުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ މުޙައްމަދު އަސްލަމްކަން އެނގޭކަމާއި، ވިޔު
ބިލްޑަރސް ޕވޓ ލޓޑއިން މއ. ޗެރިޓީ ޢިމާރާތްކޮށް ދިނުމާއި، 23 އޯގަސްޓް 2007ގެ އެއްބަސްވުމުގެ
ދަށުން މުޙައްމަދު އަސްލަމް ރަޟިއްޔާ މޫސާއަށް ދައްކަން ޖެހޭ ކުލި ވިޔު ބިލްޑަރސް ޕޮވިޓީ ލިއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.ITv
13
2010/HC-A/44
ދެއްކުމާއި އަދި އެކުލި ރަޝިއްޔާ މޫސާ ބަލައިގަތުމާއި، އަދި މއ. ޗެރިޓީ ޢިމާރާތްކުރުމުގައި މިނޫންވެސް
އެހެނިހެން ކަންކަންވިޔު ބިލްޑަރސް ޕވޓ ލޓޑއިން ކޮށްދިނުމަކީ، 23 އޯގަސްޓް 2007ގައި މުޙައްމަދު
އަސްލަމް އާއި ރަޟިއްޔާ މޫސާއާއި ދެމެދު ވެވުނު އެއްބަސްވުމުގައި މުޙައްމަދު އަސްލަމްގެ ޒިންމާތަކާއި
އިލްތިޒާމްތައް ވިޔު ބިލްޑަރސް ޕވޓ ލޓޑ އަށް ތަޙުލީލު ކުރެވުނީ ކަމަށް ޤާނޫނީ އަދި ޝަރުޢީގޮތުން ބެލެވޭނެ
ކަންތައްތަކެއް ނޫން ކަމާއި، އަދި 23 އޯގަސްޓް 2007ގައި މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ މޫސާ
އެއްބަސްވެފައިވާ ގޮތްނޫން އެހެންގޮތަކަށް އެދެފަރާތުން އެއްބަސްވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި
ނެތުމުން، 23 އޯގަސްޓް 2007ގައި ރަޟިއްޔާ މޫސާއާއި މުޙައްމަދު އަސްލަމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ
ދަށުން އެދެފަރާތުން އުފުލަންޖެހޭ ހުރިހާ ޒިންމާތަކަކާއި އިލްތިޒާމްތައް ޤާނޫނީ ގޮތުން އުފުލަން ޖެހޭނީ
މިފަރާތުންކަމާއި އަދި ވިޔު ބިލްޑަރސް ޕވޓ ލޓޑިއަށް މުޙައްމަދު އަސްލަމްގެ ޒިންމާތަކާއި އިލްތިޒާމްތައް
ތަޙުލީލުކުރެވިފައިވާކަން ޝަރީޢަތަށް ސާބިތުވެފައިނުވާތީވެ، 23 އޯގަސްޓް 20497ގައި ރަޝިއްޔާ މޫސާއާއި
މުޙައްމަދު އަސްލަމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މުޙައްމަދު އަސްލަމްގެ
ޒިންމާތަކާއި އިލްތިޒާމްތަކަށް
ޤާނޫނީ ގޮތުން ވިޔު ބިލްޑަރސް ޕވޓ ލޓޑ ބަނދެވޭނެ ގޮތެއްނެތްކަން (privity of contract)ޝަރީޢަތުން
4 · ދރީ 2 ޖީދީ
ހދA
ދެކޭކަން
(އ) އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2009/MC/2234 ޤަޟިއްޔާގައި 23 އޯގަސްޓް 2007ގައި މުޙައްމަދު އަސްލަމްއާއި ރަޝިއްޔާ މޫސާއާއި
ދެމެދު ވެވުނު އެއްބަސްވުމުގެ 3ވަނަ މާއްދާގެ (ހ)ގެ ދަށުން އެ އެއްބަސްވުން ބާޠިލުކުރެވޭނެ ފަދަ ޙާލަތެއް
އައިސްފައިވާކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ރަނގަޅުކަމަށް ބަލާނެ ތަނެއްނެތް
ކަމަށާއި، އެހެންނަމަވެސް ދެން އިސްތިއުނާފަށް ހުށަހަޅައިފައިހުރި އެހެން ހުރިހާ ނުކުތާތަކުގައި މަދަނީ ކޯޓުން
ނިންމަވާފައިހުރީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުން އިއްތިފާޤުވުން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.rny
2010HC-A/ j44
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމުން، މަދަނީ ކޯޓުގެ
ނަންބަރު 2009/MC/2234 ޤަޟިއްޔާގައި 23 އޯގަސްޓް 2007 ދުވަހު މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ
މޫސާ އާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޙާލަތު
މެދުވެރިވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެވި ފަނޑިޔާރުންނަށް އެއްބަސްވެވިފައިނުވާތީ
މަދަނީ ކޯޓުގެ ނަންބަރު 2009/MC/2234 ޤަޟިއްޔާގެ ޙުކުމުގައި މުޙައްމަދު އަސްލަމްއާއި ރަޟިއްޔާ
މޫސާއާއި ދެމެދު ވެވިފައިވާ އެއްބަސްވުން ބާޠިލުވެއްޖެކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން
ބާޠިލުކުރުމާއިއެކު، މުޙައްމަދު އަސްލަމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބަލައި، އެ ޤަޟިއްޔާގެ ޙުކުމަށް އިތުރު ބަދަލެއް ގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ ތަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325429، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv