ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/139 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009HC-A/139
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 139/HC-A/2009
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު ފަޒްނާ އަޙްމަދު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސްނާ ޒަކަރިއްޔާ
، ދާއިމީ އެޑްރެސް: މ. ރީފްސައިޑް މާލެ
* އައި.ޑީ.ކާޑު ނަންބަރު: A050424 * މިހާރުގެ އެޑްރެސް:
ވައިޓްޕާރލް/ މާލެ
ވަކީލް: އދ. ޢަބްދުﷲ ޒުޚައިރު، މ. ސަބްރާތު/ މާލެ
*
9
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ޖުމާދަލްއޫލާ 1430
މެއި
ނިމުނު ތާރީޚް: 29 ޛުލްޙިއްޖާ 1433
14' ނޮވެމްބަރ 2012
21
2009
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/JC/1140
• ނިންމިކޯޓު: ޖިނާއީ ކޯޓު
• ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
ހުށަހެޅުނު ތާރީޚް: 19 ޖޫން 2008
0
ތާރީޚް: 09 ފެބްރުއަރީ 2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާދު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2009/HC-A/139
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1140 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ
މަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޑ 8 «2
9/ ހދ E30
އެއެޤީބޮންވާކަމަށް
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މ. ރަފްސައިޑް، ޙުސްނާ ޒަކަރިއްޔާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1140 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1140 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ، 24 ޖުލައި 2007 ވަނަ ދުވަހާއި، 25 ޖުލައި 2007 ވަނަ ދުވަހު ހުސްނާ ޒަކަރިއްޔާ
ދިރިއުޅޭ ގެ ކަމުގައިވާ ވައިޓްޕާރލްއަށް، ޙުސްނާ ޒަކަރިއްޔާގެ ދަރިފުޅު އިސްމާޢީލް ޞަބާޙު ކުޑަ
ދެއަންހެން ކުދިން ގެނައުމުން، އެދެކުދިން ވައިޓްޕާރލްއަށް އައިސްގެން އުޅެނީ އެކުދިން ދިރިއުޅޭ ގެއިން
ނުކުމެގެންކަން އެނގިހުރެ، އެތައްދުވަހެއް ވަންދެން މިދެއަންހެންކުދިންނަށް ކާންދީ، އެގޭގައި ނިދުމުގެ
މަގުފަހިކޮށްދީ އަދި މިދެއަންހެންކުދިން ޙުސްނާ ޒަކަރިއްޔާގެ ދަރިފުޅު އިސްމާޢީލް
އެއްކޮޓަރިއެއްގައި ނިދާހަދާކަން އެނގިހުރެ އެކަން ނުހުއްޓުވައި އެކަން ކަމާބެހޭ ފަރާތަށް އަންގާފައިނުވާތީ،
ޤާނޫނުލްޢުޤޫބާތުގެ ވަނަ މާއްދާގެ (ހ)ގެ ދަށުން
ޙުސްނާ ޒަކަރިއްޔާގެ
މައްޗަށް
އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
04
4 ޑ 3
ޞަބާޙްއުއެކު
88
3. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1140 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަގޮތުގެ މައްޗަށް ރިޢާޔަތްކޮށް ރީފްސައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2009HC-A/139
ޙުސްނާ ޒަކަރިއްޔާގެ މައްޗަށް ދައުލަތުން ކުޅި އަމުރަށްނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، 24 ޖުލައި 2007 ވަނަ ދުވަހާއި، 25 ޖުލައި 2007 ވަނަ ދުވަހު މީނާ ދިރިއުޅޭ
ވ.ވައިޓްޕާލްއަށް މީނާގެ ދަރިފުޅު އިސްމާޢީލް ޞަބާޙް ކުޑަ ދެއަންހެން ކުދިން ގެނެސް އެދެކުދިންނަކީ
އެދެކުދިން ދިރިއުޅޭ ގެއިން ނިކުމެގެން އުޅޭ ދެކުދިންކަން އެނގިހުރެ އެކުދިންނަށް ކާންދީ މީނާގެ ދަރިފުޅު
އިސްމާޢީލް ޞަބާޙް އެކުދިންނާއެކު އިސްމާޢީލް ޞަބާޙުގެ ކޮޓަރީގައި ނިދާހަދާކަން އެނގިހުރެ އެކަން
ނުހުއްޓުވައި އަދި ކަމާބެހޭ ފަރާތަށް އަންގާފައިނުވާތީކަމަށް ބުނެ ޙުސްނާ ޒަކަރިއްޔާގެ މައްޗަށް ދައުލަތުން ކުޅަ
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާގެ އަޞްލަށް ޙުސްނާ ޒަކަރިއްޔާ އިންކާރުކޮށްފައިވާތީ، މީނާ
މިޢަމަލު ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީހެކި ހުށަހަޅާފައިނުވާތީ، ދައުލަތުން ޙުސްނާ
ޒަކަރިއްޔާގެ މައްޗަށް ކުޅު އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ މައްސަލަ ސާބިތުނުވާކަމަށް ޙުކުމްކޮށް
މީޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
COCC
4. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1140 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ނޫންކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިނެއް)
ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ
, އ ހއ ¢0
02
ހަމަތަކާއެއްގޮތް
437 ޑ 4
ނުކުތާއެއް
ވެއެވެ.
19
(ހ) ފުރަތަމަ ނުކުތާއަކީ، ޙުސްނާ ޒަކަރިއްޔާ ދިރިއުޅޭ ވައިޓްޕާރލްއަށް، ޙުސްނާ ޒަކަރިއްޔާގެ
ދަރިފުޅު އިސްމާޢީލް ޞަބާޙު ކުޑަ ދެއަންހެން ކުދިން ގެނައުމުން، އެދެކުދިން ވ. ވައިޓްޕާރލްއަށް އައިސްގެން
އުޅެނީ އެކުދިން ދިރިއުޅޭ ގެއިން ނުކުމެގެންކަން އެނގިހުރެ، އެތައްދުވަހެއް ވަންދެން މިދެއަންހެންކުދިންނަށް
ކާންދީ، އެގޭގައި ނިދުމުގެ މަގު ފަހިކޮށްދީ އަދި މިދެއަންހެންކުދިން ޙުސްނާ ޒަކަރިއްޔާގެ ދަރިފުޅު އިސްމާޢީލް
އެއްކޮޓަރިއެއްގައި ނިދާހަދާކަން އެނގިހުރެ އެކަން ނުހުއްޓުވައި، އެކަން ކަމާބެހޭ ފަރާތަށް
އަންގާފައިނުވާކަމަށް ތަޙްޤީޤުގައި ޙުސްނާ ޒަކަރިއްޔާ އިޢުތިރާފުވެފައިވާއިރު މި އިޢުތިރާފަކީ ޤާނޫނުއަސާސީ
ތަސްދީޤުވުމުގެ ކުރިން ވެފައިވާ އިޢުތިރާފެއް ކަމަށްވާއިރު މިކަމަށް ރިއާޔަތްނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހި484 > <
(ނ) ދެވަނަ ނުކުތާއަކީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ހާޟިރުނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2009/HC-A/13g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
(ނ) ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1140 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން
މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ
ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
43
19
49
(ހ) ފުރަތަމަ ކަމަކީ، ޙުސްނާ ޒަކަރިއްޔާ ދިރިއުޅޭ ވައިޓްޕާރލްއަށް، ޙުސްނާ ޒަކަރިއްޔާގެ
ދަރިފުޅު އިސްމާޢީލް ޞަބާޙު ކުޑަ ދެއަ
ދެއަންހެންކުދިން ގެނައުމުން، އެދެކުދިން
ކުދިން ވައިޓްޕާރލްއަށް އައިސްގެން
އުޅެނީ އެކުދިން ދިރިއުޅޭ ގެއިން ނުކުމެގެންކަން އެނގިހުރެ، އެތައްދުވަހެއް ވަންދެން މިދެއަންހެންކުދިންނަށް
ކާންދީ، އެގޭގައި ނިދުމުގެ މަގު ފަހިކޮށްދީ އަދި މިދެއަންހެންކުދިން ޙުސްނާ ޒަކަރިއްޔާގެ ދަރިފުޅު އިސްމާޢީލް
އެއްކޮޓަރިއެއްގައި ނިދާހަދާކަން އެނގިހުރެ އެކަން ނުހުއްޓުވައި އެކަން ކަމާބެހޭ ފަރާތަށް
އަންގާފައިނުވާކަމަށް ތަޙްޤީޤުގައި ޙުސްނާ ޒަކަރިއްޔާ އިޢުތިރާފުވެފައިވާއިރު މި އިޢުތިރާފަކީ ޤާނޫނުއަސާސީ
ތަސްދީޤުވުމުގެ ކުރިން ވެފައިވާ އިޢުތިރާފެއް ކަމަށްވާއިރު މިކަމަށް ރިއާޔަތްނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު،
/ c
3
ބޮޗެއައެވެ
ކުށުގެ ޢަމަލެއް ކުރުމާއި އެކުށްކުރިމީހާގެ މައްޗަށް ޙުކުމް ކުރުމާ ދެމެދު ޤާނޫނަށް ގެނެވޭ ބަދަލަކުން
ލުޔެއްދީފައިވާނަމަ ޤާނޫނުން ލިބިދިން ލުއިގެ ފައިދާ އެމީހާއަށް ލިބެންވާނެކަން އެނގޭކަމާއި،
7 އޯގަސްޓް 2008 އިން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާގައި، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި،
އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލޭނެކަމަށް ބަޔާންކޮށްފައިވާއިރު،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009HC-A/139
އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް ފައިދާހުރި ނުވަތަ މަސްލަޙަތު ރަނގަޅު
ޤާނޫނެއްކަމުގައި ވާނަމަ އެ ޤާނޫނެއް ކުރީގައި ހިނގާފައިވާ ޖިނާއީ ވާޤިޢާތައް ސާބިތުކުރުމުގައި "ރަޖްޢީ" ކޮށް
ތަޠުބީޤު ކުރެވުމުގެ އުޞޫލަކީ ޖިނާއީ ޤާނޫނުތައް "ރަޖްޢީ" ކޮށް ތަޠުބީޤު ނުކުރުމުގެ މައްދައާ ގުޅިލާމެހިފައިވާ،
އަދި ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ މައްދައެއްކަމަށާއި،
ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް ކުރީގައި ޢަމަލުކުރަމުންދިޔަ ޤާނޫނެއްގެ ދަށުން ހުއްދަ
އިޖްރާއާތަކީ ނުވަތަ ވަސީލަތަކީ އެފަދަ މައްސަލައެއް ސާބިތުކުރުމަށް ޤަބޫލުނުކުރެވޭ އިޖްރާއާތަކަށް ނުވަތަ
ވަސީލަތެއްކަމުގައި އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކުން ކަނޑައެޅިއްޖެނަމަ، އެ ޤާނޫނަށް ޢަމަލުކުރަން
ފަށާފަހުން ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ކުރީގައި ޢަމަލުކުރަމުން އައި ޤާނޫނު ތަޠުބީޤުކުރުމަކީ މަންތިޤު
ޤަބޫލުނުކުރާ، ޖިނާއީ ޝަރްޢިއްޔަތުގެ އުސޫލާ ޚިލާފުކަމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
23/SC-A/2011 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، ޙުސްނާ ޒަކަރިއްޔާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޙާދިސާ ހިނގާފައިވަނީ، އަދި
އޭނާ ތަޙްޤީޤަށް ބަޔާން ދީފައިވަނީ 7 އޯގަސްޓް 2008 އިން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ
ޤާނޫނުއަސާސީ ތަސްދީޤުވުމުގެ ކުރިންކަމަށްވާއިރު، ޖިނާއީ ކޯޓަށް ދައުލަތުގެ ފަރާތުން މިމައްސަލަ
ހުށައަޅާފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީ ތަސްދީޤުކުރެވި އެއަށް ޢަމަލުކުރަންފެށުމުގެ
ންކަމުގައިވީނަމަވެސް، އެމައްސަލަ ޖިނާއީ ކޯޓުން ބައްލަވައި ނިންމަވާފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ
ޤާނޫނުއަސާސީ ތަސްދީޤުކުރެވި އެއަށް ޢަމަލުކުރަންފެށުމުގެ ފަހުންކަން އެނގެން އޮންނަކަމާއި، ޙުސްނާ
ޒަކަރިއްޔާގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި ހުސްނާ ޒަކަރިއްޔާ
އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އެހެންކަމުން، ޙުސްނާ ޒަކަރިއްޔާ ތަޙްޤީޤުގައި ވެފައިވާކަމަށް ބުނާ އެ
އިޢުތިރާފަކީ އެމައްސަލަ ސާބިތުކުރުމަށް އޮތް ފުރިހަމަ ހެއްކެއް ކަމުގައި ބެލެވޭނެ އިޢުތިރާފެއް
6 24
32
2 ހ2
سرسریز
4ހ 4
އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ހާޟިރުނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ
ހެކިންކަމުގައިވާ ގދ. ވާދޫ އެންދެރިމާގެ ޝާނީ އިބްރާހީމާއި، ށ. މެލަވަހި (ހ. ސައިންޓްލޮސް) ފާޠިމަތު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/13g
*
ވައިޓްޕާރލް އިސްމާޢީލް ޞަބާޙުގެ ހެކިބަސް ދިވެހިރާއްޖޭގެ ހައި ކޯޓުން
ސާރާ އަލީ މުސްޠަފާ އަދި
ނެގިފައިވާކަމާއި،
ސަބަހެމެނޭ
ޝާނީ އިބްރާހީމުގެ ހެކިބަހަށް ބަލާއިރު، ޙުސްނާ ޒަކަރިއްޔާ ދަންނަކަމަށާއި، އެއީ އިސްމާޢީލް
ޞަބާޙުގެ މަންމަކަމަށާއި، މީގެ ވަރަށް ކުރިން، 2005 ވަނަ އަހަރު ނުވަތަ 2006 ވަނަ އަހަރު ހާތާނގައި،
އިސްމާޢީލް ސަބާޙްމެން ގެއަށް ގޮސްފައިވާނެކަމަށާއި، އެގެއަށް ދިޔައީ ޝާނީގެ ރައްޓެއްސެއްކަމުގައިވާ
ސާރާއާއިއެކުގައިކަމަށާއި، އިސްމާޢީލް ޞަބާޙުމެން ގޭގައި 1 ދުވަހަށް ވުރެން ގިނަ ދުވަހު ނިދައި ކައިބޮއި
ވާނެކަމަށާއި، އިސްމާޢީލް ގޭގައި ހުރިހުރުމުގައި ކެއުމާއި ނިދުމުގެ ކަންތައްތައް
ހަމަޖެހިފައިވަނީ އެގެއިންނޭވެސް ބުނެވިދާނެކަމަށާއި، އެގެއަށް ގޮސް އުޅުނު އުޅުމުގައި ކާންދެނީ ޙުސްނާ
ޒަކަރިއްޔާ ނޫންކަމަށާއި، ޙުސްނާ ޒަކަރިއްޔާގެ ދަރިފުޅު ޞަބާހް ކަމަށާއި، އެކަމަކު ޙުސްނާ
މިއްޔާއަށްވެސް އެކަން އެގޭނެކަމަށާއި އަދި އެގޭތެރެއިންވެސް ފެންނާނެކަމަށާއި، ކާންތިއްބާވެސް ފެންނާނެ
ކަމަށާއި، އެގެއަށްގޮސް އުޅުނީ ޞަބާހުގެ ކޮޓަރީގައިކަމަށާއި، ސާރާއާއި ޝާނީއާ ދެމީހުން އެތާނގައި ތިބޭއިރު
ޞަބާހްވެސް އޮންނަކަމަށާއި، ކޮޓަރި ތެރޭގައި އެތިބޭ ތިބުމުގައި އެކަން ޙުސްނާ ޒަކަރިއްޔާއަށްވެސް
އެނގޭނެކަމަށް ޝާނީގެ ހެކިބަހުގައި ބުނެފައިވާކަން އެނގެން އޮތްއިރު،
ކަ
cec
އެގޭގެ
އިސްމާޢީލް ޞަބާޙުގެ ހެކިބަހަށް ބަލާއިރު، އޭނާ ކައިރިއަށް ވައިޓްޕާރލްއަށް ފާޠިމަތު ސާރާ
ޢަލީ މުސްޠަފާއާއި ޝާނީ އިބްރާހީމްއާ ދެކުދިން ގޮސްއުޅުނުއިރު އެއްދުވަހު އެގެއިން ކެއުން ފިޔަވައި،
ސާރާއާއި ޝާނީ އެގެއިން ކައިބޮއި، ނިދާ، ނުވަތަ އެކަހަލަ އެހެން އެއްވެސްކަމެއް ނުކުރާކަމަށާއި، އެގެއިން
އެދެކުދިން ކެއި ދުވަހުވެސް ޞަބާޙުގެ މަންމަ ޙުސްނާ ޒަކަރިއްޔާއަށް އެދެކުދިން އެގެއިން އެގަޑީގައި
އެގެއަށް އެދުވަސްވަރު އެކުދިން ގޮސް އުޅުނުކަމެއްވެސް އިސްމާޢީލް ޞަބާޙުގެ
މަންމަ ޙުސްނާ ޒަކަރިއްޔާއަށް ނޭނގޭނެކަމަށް އިސްމާޢީލް ޞަބާޙުގެ ހެކިބަހުގައި ބުނެފައިވާކަމާއި،
ه8
4
2
4 ކ އ އޗ
ނޭކުމެއެނޫނޭގޭކަމަށްއ
އަދި ފާޠިމަތު ސާރާ އަލީ މުސްތަފާގެ ހެކިބަހަށް ބަލާއިރު، ޙުސްނާ ޒަކަރިއްޔާއަކީ ފާޠިމަތު ސާރާ
ޢަލީ މުސްޠަފާގެ ވަރަށް ގާތް ރައްޓެއްސެއް ކަމުގައިވާ އިސްމާޢީލް ޞަބާޙުގެ މަންމަކަމަށާއި، އިސްމާޢީލް
ޞަބާޙުމެންގެކަމުގައިވާ ފ. ވައިޓްޕާރލްއަށް ވަރަށް ގިނައިން ގޮސް އުޅޭކަމަށާއި، އެގޭގައި ފާޠިމަތު ސާރާ
ޢަލީ މުސްތަފާ ނުނިދާކަމަށާއި، އެކަމަކު އެގެއަށް ގޮސް ހެދިކަން އަދި ފާތިމަތު ސާރާ އަލީ މުސްތަފާމެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2009/HC-A/139
އެގެއަށް ވަދެ ނުކުމެ އުޅޭކަން ޙުސްނާ ޒަކަރިއްޔާއަށްވެސް އެނގޭނެކަމަށް ފާޠިމަތު ސާރާ ޢަލީ މުސްތަފާގެ
ހެކިބަހުގައި ބުނެފައިވާކަން އެނގެން އޮތްކަމާއި،
ބަޔާންކުރެވިދިޔަ ހެކިބަސްތަކުގެ މައްޗަށް ބަލާއިރު، ޙުސްނާ ޒަކަރިއްޔާގެ މައްޗަށް ދައުލަތުން
ހުށަހެޅި ދަޢުވާގައި ބުނެފައިވާ ކުށުގެ ޢަމަލު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ
މިންވަރަށް ސާބިތުވާން ނެތްކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ، ދައުލަތުން ޙުސްނާ ޒަކަރިއްޔާގެ މައްޗަށް ކުޅު އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ
ދަޢުވާ ސާބިތުނުވާކަމަށާއި، އަދި އެދަޢުވާ ސާބިތުނުވާކަމަށް، އިސްތިއުނާފްކުރެވިފައިމިވާ ޖިނާއީކޯޓުގެ ނަންބަރު
2008/JC/1140 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެ
ލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް
ނުފެންނަކަމުގައެވެ.
ކެވެ-
(2ނ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމާއެކު،
ޙުސްނާ ޒަކަރިއްޔާގެ މައްޗަށް ދައުލަތުން ކުޅި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަ
ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1140 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ތަނެއްނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މ 34 ޑ ވ 4 ·
ބދީ/3ނނަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv