ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/127 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/127
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 127/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
ނަން: އަޙްމަދު އަންވަރު
އައިޑީ ކާޑު ނަންބަރު: A123610
ވަކީލު: އަލްއުސްތާޛް މުޙައްމަދު ޝާހު
ދާއިމީ އެޑްރެސް: ށ. ފޯކައިދޫ މުޝްތަރީގެ
މިހާރުގެ އެޑްރެސް: ޑީ.ޕީ.އާރު.އެސް
.
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުން ތާރީޚް: 14 އޭޕްރީލް 2013
ނިމުނު ތާރީޚް: 19 ސެޕްޓެމްބަރު 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr-C/207
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކައުންޓަރފްޓް ނޫޓް އަތުގައި ބެހެއްޓުން.
ހުށަހެޅުނުތާރީޚް: 18 ޖެނުއަރީ 2011 ނިމުނު ތާރީޚް: 20 މާރޗް 2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/127
ދައުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/207 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ށ.
. ފޯކައިދޫ މުސްތަރީގެ އަޙްމަދު އަންވަރު
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
ceto
ފޯކައިދޫ
40
4 6 8034
ބޮނނކށް3ނ
ރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/207 ޤަޟިއްޔާ އަކީ،
މުސްތަރީގެ އަޙްމަދު އަންވަރު، 01 ސެޕްޓެމްބަރު 2010 ދުވަހުގެ 10:30 އެހައިކަންހާއިރު، ލިލީ
ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި
ހުޅުވާފައިއޮންނަ 002
258410
7704 ނަންބަރު އެކައުންޓުގެ 005942 ނަންބަރުގެ ސައްޙަނޫން ޗެކު
ބޭންކު އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ހުޅުމާލޭ ބްރާންޗުން -/
600000ރ. (ހަލައްކަ
ރުފިޔާ) ނެގި މައްސަލައާއި ގުޅިގެން، ފުލުހުންގެ ބޭކަލުން އަޙްމަދު އަންވަރު އާއި އިތުރު މީހަކު ދިރިއުޅޭ
ކޮޓަރި ބަލާފާސްކުރެއްވިއިރު، އަޙްމަދު އަންވަރު ލައިގެން ހުރި ފަޓްލޫނުގެ ކަނާތްފަރާތުގެ ޖީބުގައި އޮތް
ވޮލެޓް ތެރެއިން ސައްޙަނޫން -/50ރ (ފަންސާސް ރުފިޔާ) ގެ 24 (ސައުވީސް) ނޫޓާއި، ޞައްޙަނޫން
/100ރ. (އެއްސަތޭކަ ރުފިޔާ) ގެ 04 (ހަތަރެއް) ނޫޓް ފެނިފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 96 ވަނަ
މާއްދާގެ ދަށުން، އަޙްމަދު އަންވަރުގެ މައްޗަށް ކައުންޓަރޕީޓް ނޫޓެއްކަން އެނގިހުރެ ޙީލަތްތެރި ގޮތެއްގައި
އެކަށީގެންވާ ފަދަ ކަމެއްކަމަށް ޤަބޫލުކުރެވޭފަދަ ގޮތެއްގައި ކައުންޓަރޕީޓް ނޫޓް އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ފޯކައިދޫ މުސްތަރީގެ އަޙްމަދު
އަންވަރުގެ މައްޗަށް ދަޢުލަތުންކުޅަ ކައުންޓަރފްޓް ނޫޓެއްކަން އެނގިހުރެ ޙީލަތްތެރި ގޮތެއްގައި
ބޭނުންކުރުމަކީ އެކަށީގެންވާ ފަދަ ކަމެއްކަމަށް ޤަބޫލުކުރެވޭފަދަ ގޮތެއްގައި ކައުންޓަރފްޓް ނޫޓް އަތުގައި
ބެހެއްޓުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އަޙްމަދު އަންވަރުގެ މައްޗަށް ކުރެވުނު ތުހުމަތަކާއި
5 5 0
ބ ނކރ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/127
22
4 އދވ
ނެތްކަމަށް
ގުޅިގެން ފުލުހުންގެ ބޭކަލުން މީނާއާއި އިތުރު މީހަކު ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރެއްވިއިރު، މީނާ
ލައިގެން ހުރި ފަޓްލޫނުގެ ކަނާތްފަރާތުގެ ޖީބުގައި އޮތް ވޮލެޓުގެ ތެރެއިން ސައްޙަނޫން -/50ރ
(ފަންސާސް ރުފިޔާ) ގެ 24 (ސައުވީސް) ނޫޓާއި، ސައްޙަނޫން -/100ރ. (ސަތޭކަ ރުފިޔާ) ގެ 04
(ހަތަރެއް) ނޫޓް ފެނިފައިވާތީ އާއި، މިނޫޓްތައް އަޙްމަދު އަންވަރު ލައިގެން ހުރި ފަޓްލޫނުގެ ޖީބުން
ފެނުނުކަމަށް މީނާ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ އާއި، މިނޫޓްތައް އަޅާފައިވާ ވޮލެޓަކީ އަޙްމަދު
އަންވަރުގެ އެއްޗެއް މީނާ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް އެކަން މީނާއަށް
ސާބިތުކޮށްދެވިފައިނުވާތީ، ކައުންޓަރޓް ނޫޓެއްކަން އެނގިހުރެ ޙީލަތްތެރި ގޮތެއްގައި ބޭނުންކުރުމަކީ
އެކަށީގެންވާ ފަދަ ކަމެއްކަމަށް ޤަބޫލުކުރެވޭފަދަ ގޮތެއްގައި ކައުންޓަރފްޓް ނޫޓް އަތުގައި ބެހެއްޓުމުގެ ކުށުން
ފޯކައިދޫ / މުސްތަރީގެ އަޙްމަދު އަންވަރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ
ގޮތުން ޤާނޫނުލްޢުޤޫބާތުގެ 96 ވަނަ މާއްދާގެ ދަށުން، ފޯކައިދޫ / މުސްތަރީގެ އަޙްމަދު އަންވަރު 03
(ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިން ކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
CCCX
ccc
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/207
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަޙްމަދު އަންވަރުގެ ފަރާތުން
ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ: ފޯކައިދޫ މުސްތަރީގެ އަޙްމަދު އަންވަރު ކްރިމިނަލް ކޯޓަށް ދީފައިވާ
ބަޔާނުގައިވެސް އަދި ޝަރީޢަތުގެ މަޖިލީހުގައިވެސް ކުށަށް އިޢުތިރާފްވެފައި ނުވަނީސް ކުށަށް
އިޢުތިރާފުވެއްޖެ ކަމަށް ޝަރީޢަތުން ކަނޑައަޅާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ:
ފޯކައިދޫ މުސްތަރީގެ އަޙްމަދު އަންވަރުގެ މައްޗަށް ދަޢުވާކުރާ
މައްސަލާގައި ދައުލަތުން ސައްޙަނޫން ފައިސާ ތަކެއް ކަމަށް ބުނާ ނޫޓުތަކަކީ ޞައްހަނޫން
ނޫޓްތަކެއްތޯ ޝަރީޢަތުން ބެލުމެއްނެތި އަދި ޞައްޙަނޫން ނޫޓުތަކެއްކަން ސާބިތުކުރެވޭ ފަދަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/127
އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތީސް އަޙްމަދު އަންވަރު ކުށަށް އިޢުތިރާފުވެއްޖެ
ކަމަށް ޙުކުމްކޮށްފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ފޯކައިދޫ މުސްތަރީގެ އަޙްމަދު އަންވަރުގެ ފަރާތުން ޚުލާޞާ ބަޔާނާއި
އަދި އަންވަރުގެ ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައިވީނަމަވެސް އެ ފުރުސަތު
ލިބިދީފައި ނެތުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ދައުލަތުން ހުށަހެޅި ހެއްކާއިމެދު ޝައްކު އުފެދިފައިވުން.
(ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ) [އެ މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ
މިންވަރުގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ، އެމީހަކީ ކުށެއް ނެތް
މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ.“ އާއި ޚިލާފަށް ދައުލަތުން ހުށަހެޅި ހެކީގައި
ޝައްކު އުފެދުމުގެ ފުރުޞަތު އޮތުމާއި، މައްސަލަ ތަޙްޤީޤުކުރި ފުލުހުންގެ ތެދުވެރިކަމާއި
މާނާތްތެރިކަމާއި ޢަދުލުވެރިކަމާއިމެދު ސުވާލު އުފެދިފައިވުން ކަމަށް ބުނެ ފާހަގަ ކުރި
ނުކުތާއެވެ.
އަމުނަ
-03
ޚި
މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/207 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު އަންވަރުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/207 ޤަޟިއްޔާގައި އަޙްމަދު އަންވަރުގެ މައްޗަށް
ދައުލަތުން ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 96 ވަނަ މާއްދާގެ ދަށުން، ކައުންޓަރފްޓް ނޫޓެއްކަން
އެނގިހުރެ ޙީލަތްތެރި ގޮތެއްގައި ބޭނުންކުރުމަކީ އެކަށީގެންވާ ފަދަ ކަމެއްކަމަށް ޤަބޫލުކުރެވޭފަދަ ގޮތެއްގައި
ކައުންޓަރފްޓް ނޫޓް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކަމާއި، އެދަޢުވާއަށް އަޙްމަދު އަންވަރު އިންކާރު
ކޮށްފައިވާކަން އެގެން އޮވެއެވެ.
3
CCCX
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/127
ހ) މިމައްސަލައާއި ގުޅިގެން އަޙްމަދު އަންވަރުގެ އަތުން ފެނުނުކަމަށް ބުނާ ޞައްޙަނޫން
ނޫޓުތަކަކީ އަޙްމަދު އަންވަރުގެ އަތުން ފެނުނު ތަކެތިކަން އެނގޭނެހެން އެނޫޓުތަކުގެ ޗެއިން އޮފް ކަސްޓަޑީ
ހުށަހެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ދައުލަތަށް އެންގުމުން ދައުލަތުގެ
ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ 06 (ހައެއް) ސިޓީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ
01
(އެކެއް) ސިޓީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ”ޞައްޙަނޫން ނޫޓު ބަލައިގަތްކަމުގެ ރަސީދު” ގެ
03 (ތިނެއް) ރަސީދު، ޕްރޮކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 5195
/
2013
/
165-196 (11 ޖޫން
2013) ސިޓީއާއެކު ހުށަހަޅާފައިވާއިރު، އިޝާރާތްކުރެވުނު ސިޓީތަކާއި ރަސީދުތަކުގެ ކޮޕީއެއް
މިމައްސަލައިގާ އިސްތިއުނާފުކުރާ އަޙްމަދު އަންވަރަށް ދިނުމަށްފަހު އެލިޔުންތަކާއި ބެހޭ ގޮތުން ދައްކަން
ބޭނުންވާ ވާހަކަ ދެއްކުމުގެ ފުރުޞަތު ދައުލަތަށާއި އިސްތިއުނާފުކުރާ ފަރާތަށް ޝަރީޢަތުގެ މަޖިލީހުގައި
ދެވިފައިވެއެވެ.
5ދ8ދ9 8
(ނ) އިސްވެ އިޝާރާތްކުރެވުނު ލިޔުންތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ
ޞައްޙަނޫން ނޫޓު ބަލައިގަތްކަމުގެ ރަސީދު” ރެފް ނަންބަރު 218/2010 އާއި 219/2010 އަދި
128/2010 އާއި މި
03 (ތިނެއް) ރަސީދަށް ބަލާއިރު ޞައްޙަނޫން ނޫޓު ހުށަހެޅި ފަރާތަކީ މޯލްޑިވްސް
ޕޮލިސް ސަރވިސްކަން އެނގެން އޮންނަކަމާއި؛
މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުގައި، ކުށުގެ ވެށިން ފެންނަ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ
ތަކެތި ފާހަގަކޮށް އެތަކެއްޗާއިބެހޭ ލިޔުމެއް މައްސަލައިގެ ތުހްމަތުކުރެވޭ ފަރާތަށް ޙަވާލުކުރާނެ ކަމާއި، އަދި
އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައިވެސް އޭގެ ލިޔުމެއް ބާއްވާނެ ކަމަށް ބުނެފައިވާކަން އެނގެން
އޮންނަކަމާއި، އެހެން ނަމަވެސް އަޙްމަދު އަންވަރުގެ އަތުން ފެނުނުކަމަށް ބުނާ ނޫޓުތަކުގެ ޗެއިން އޮފް
ކަސްޓަޑީ ފޯމެއް މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ކްރިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި
cut
cu
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
!ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/127
ހުށަހަޅާފައިނުވާކަމާއި، އަދި އެލިޔުން ހިމެނިފައިވާކަން ފެންނަން ނެތްކަން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު D5
/
196
/
2013
/
483-171 (09 ޖޫން 2013) ސިޓީން އެނގެން އޮވެއެވެ.
(ރ) އިސްވެފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، މިމައްސަލައިގާ އިޝާރާތްކުރެވިފައިވާ ނޫޓުތަކަކީ
ޞައްޙަނޫން ނޫޓުތަކެއްކަން ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ސާބިތުވިކަމުގައިވީނަމަވެސް އެނޫޓުތަކަކީ
އަޙްމަދު އަންވަރުގެ އަތުން ނުވަތަ އޭނަ ޒިންމާވާންޖެހޭ އެއްޗަކުން ފެނިފައިވާ ނޫޓުތަކެއްކަން ޝަރީޢަތަށް
ސާބިތުވާފަދަ ކާފީ ހެކި ހުށަހެޅިފައިނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި މަޖިލީހުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
207/Cr-C}2011
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، ޤާނޫނުލްޢުޤޫބާތުގެ
96 ވަނަ މާއްދާގެ ދަށުން، ށ. ފޯކައިދޫ މުސްތަރީގެ އަޙްމަދު އަންވަރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ
ކައުންޓަރފްޓް ނޫޓެއްކަން އެނގިހުރެ ޙީލަތްތެރި ގޮތެއްގައި ބޭނުންކުރުމަކީ އެކަށީގެންވާ ފަދަ ކަމެއްކަމަށް
ޤަބޫލުކުރެވޭފަދަ ގޮތެއްގައި ކައުންޓަރފްޓް ނޫޓް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައެޅިފައިވާ މިންގަނޑުން ޝަރީޢަތަށް
ސާބިތު ނުވާކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވުނު
ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/207 ޤަޟިއްޔާގައި އަޙްމަދު އަންވަރުގެ މައްޗަށް
ކަނޑައަޅުއްވާފައިވާ ޙުކުމް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލްކޮށް ފީމެވެ.
ce O
cc
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv