ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/13 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/j3
4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
0)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 13/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ޙަމީދު
އައިޑީ ކާޑު ނަންބަރު: A021493
ދާއިމީ އެޑް
އެޑްރެސް: ސްނޯފީލްޑް | ކ. މާލެ
މިހާރުގެ އެޑްރެސް: މ. ސްނޯފީލްޑް / ކ. މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު.
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: -
ރަޖިސްޓްރީ ތާރީޚް: 21 ރަބީޢުލްއައްވަލް 1436
ޖެނުއަރީ
ނިމުނު ތާރީޚް: 05 ރަބީޢުލްއާޚިރު 1436
ޖެނުއަރީ 2015
12
2015
26
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
229/J
/
MD-145 ކޯޓު
އަމުރު
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދުގެ އަމުރު
ހުށަހެޅި ތާރީޚް: 07.01.2015
*
ނިމުނު ތާރީޚް: 07.01.2015
ދިވެހިރާއްޖޭގެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2015/HC-A/13
0
CCCO
0
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުނީ
ދަޢުވާގެ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
229/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި، ކ. މާލެ / މ. ސްނޯފީލްޑް އިބްރާހީމް ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
229/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެއަމުރަކީ
ކ. މާލެ { ސްނޯފީލްޑް އިބްރާހީމް ޙަމީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ
މައްސަލައާ ގުޅިގެން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 08 ޖެނުއަރީ 2015 ގެ 14:07 އިން
ފެށިގެން 18 ޖެނުއަރީ 2015 ގެ 14:06 ގެ ނިޔަލަށް އިބްރާހީމް ޙަމީދު މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
229/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން،
މ.ސްނޯފީލްޑް އިބްރާހީމް ޙަމީދުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
229/J
/
MD-145 ކޯޓު
އަމުރުގައި، ކްރިމިނަލް ކޯޓުން އިބްރާހީމް ޙަމީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ދިވެހިރާއްޖޭގެ
.
ނުކުތާތަކާމެދު
ccc
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2015/HC-A/j3
ދެވަނަ ނުކުތާއަކީ، އިބްރާހީމް ޙަމީދުގެ ބަންދާއިމެދު ގޮތެއް ނިންމެވުމުގައި ކްރިމިނަލް
ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޢާންމު ޤަވާޢިދުގެ 54 ވަނަ މާއްދާއާ ޚިލާފަށް ފުރިހަމަކޮށްފައިވާ
އިޖުރާޢަތެއްގެ މައްޗަށް ނިންމަވާފައިވާކަމަށް
އިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، އިބްރާހީމް ޙަމީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޝަރީޢަތަށް
ޙާޟިރުކުރުމުގައި ތުހުމަތުކުރެވޭ ފަރާތުގެ ވަކީލަށް އެންގުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ޢަމަލުކުރަމުން އަންނަ އުޞޫލާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4ނމުކޮށް
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
/ 201 ޏ ސ ޑ 4
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
ގައި، ހައްޔަރު ކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު
ލިބިގެންވާކަން އެމީހަކަށް އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން 2
ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޢާންމު ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) ގައި، ހިނގަމުންދާ
ތަޙްޤީޤެއްގައި
ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުމަށް ބޭނުންވާ ވަގުތުގެ 18 ގަޑިއިރުގެ ކުރިން އަންޔަންވެފައިވާ
ޤާނޫނީ ވަކީލު ޙާޟިރުވާންޖެހޭ ތަނަކާއި ގަޑިއެއް އެ ވަކީލަށް އަންގަން ވާނެކަމަށާއި އަދި އެ މާއްދާގެ (ށ) ގައި
އެ މާއްދާގެ (ހ) ގައި އެހެން ބުނެފައިވީނަމަވެސް، ތަޙްޤީޤު ކުރަން ބޭނުންވާ މައްސަލާގެ ކުޑަބޮޑު މިނަށާއި،
އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކޮށް، ތަޙްޤީޤު ފެށުމުގެ 10 ގަޑިއިރަށްވުރެ ލަސްނުކޮށް އެ ވަކީލަށް
ޙާޟިރުވާންޖެހޭނެ ތަނަކާއި ގަޑިއެއް އެންގިދާނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
1
ދިވެހިރާއްޖޭގެ
ހެއިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2015/HC-A/j3
(ނ) ދެވަނަ ކަމަކީ، އިބްރާހީމް ޙަމީދުގެ ފަރާތުން ޢައްޔަން
ޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް ބަންދުގެ
މުއްދަތު އިތުރުކުރުމުގެ މަޖިލިހަށް ޙާޟިރުވާން އެންގީ އިސްތިއުނާފުކުރެވޭ އަމުރު ނެރުއްވި ތާރީޚް، 7 ޖެނުއަރީ
2015 ގެ 14:07 ގައި އެސް.އެމް.އެސްއަކުންކަމަށާއި، އެ މެސެޖުގައި އިބްރާހީމް ޙަމީދުގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް 7 ޖެނުއަރީ 2015 ގެ 14:30 އަށް ކްރިމިނަލް ކޯޓަށް ޙާޟިރުވުމަށް އަންގާފައިވާކަމަށާއި،
އެހެންކަމުން، އިބްރާހީމް ޙަމީދުއަށް ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު ނިގުޅިގެން ގޮސްފައިވާކަމަށް
އިބްރާހީމް ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަމާއި،
އިބްރާހީމް ޙަމީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ
މައްސަލާގައި އޭނާ އެންމެ ފުރަތަމަ ބަންދުކުރެވިފައިވަނީ 05 އޮކްޓޯބަރު 2014 ގައި ކަމަށާއި، އޭގެ ފަހުން
ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އިބްރާހީމް ޙަމީދުގެ ބަންދުގެ މުއްދަތު އިތުރުކުރެވިފައިވާކަމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
އެގޮތުން، އިބްރާހީމް ޙަމީދުގެ ފަރާތުން ޤާނޫނީ ވަކީލުންގެ ގޮތުގައި ކ.ދިއްފުށި | އޮނުފިނިގެ، ޝަހީމް
އަޙްމަދާއި، މ.މުލައް | ކޯޒީވިލާ، އިސްމާޢީލް މުޙައްމަދު ހަމަޖައްސާފައިވާއިރު، ހުރިހާ މުއްދަތު
މަޖިލިސްތަކަށްވެސް ޙާޟިރުވަމުން ދިޔައީ ޝަހީމް އަޙްމަދުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ބުނެފައިވާއިރު، މިކަމަށް އިބްރާހީމް ޙަމީދުގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި، އަދި މުއްދަތު މަޖިލިސްތަކަށް
އިސްމާޢީލް މުޙައްމަދު ގަވާއިދުން ޙާޟިރުނުވާކަން މި މައްސަލާގައި ދެފަރާތުންވެސް ދައްކާފައިވާ ވާހަކަތަކުން
އެނގޭކަމާއި،
އިބްރާހީމް ޙަމީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިބްރާހީމް ހަމީދު 07 ޖެނުއަރީ 2015
ގައި ކްރިމިނަލް ކޯޓަށް ޙާޟިރުކުރެވޭނެކަމަށް 06 ޖެނުއަރީ 2015 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ޝަހީމް އަޙްމަދުއަށް ފޯނުން އަންގާފައިވާކަމަށާއި، އަދި އެކަން ހަނދާންކޮށްދިނުމަށް މުއްދަތުގެ މަޖިލިސް
ހަމަޖެހިފައިއޮތް ދުވަހުގެ ހެނދުނުވެސް ޝަހީމް އަޙްމަދުއަށް އަންގާފައިވާނޭކަމަށާއި، ނަމަވެސް،
މުއްދަތުގެ މަޖިލިސް ފެށެން ގާތްގަނޑަކަށް 40 މިނިޓަށްވެފައި ވަނިކޮށް، 13:48 ގައި ޝަހީމް އަޙްމަދު
ވަކީލުކަމުން ވަކިވެފައިވާކަން . މައްސަލާގެ އިންވެސްޓިގޭޓިން އޮފިސަރއަށް އެނގުމުން، 14:30 ގައި މުއް
284 ހއ
@އފަ2ނ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2015/HC-A/j3
މަޖިލިސް އޮތްކަން މެސެޖަކުން އިސްމާޢީލް މުޙައްމަދުއަށް އަންގާފައިވާކަމަށާއި، ނަމަވެސް އެވަގުތު އިސްމާޢީލް
މުޙައްމަދު މާލޭގައި ނެތްކަމަށް ބުނެ އިސްމާޢީލް މުޙައްމަދު މެސެޖް ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި،
އިބްރާހީމް ޙަމީދުގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ޝަހީމް އަޙްމަދު ވަކީލުކަމުން
ވަކިވެފައިވަނީ، އިބްރާހީމް ޙަމީދުއާއި އިބްރާހީމް ޙަމީދުގެ އާއިލާގެ ފަރާތުން ޝަހީމް އަޙްމަދުއާ މެދު
ހިތްހަމަނުޖެހޭތީކަމަށާއި، އަދި ހިތްހަމަނުޖެހޭކަން 2014 ޑިސެމްބަރު 29 ދުވަހުގެ ކުރިން ޝަހީމް އަޙްމަދުއަށް
އަންގާފައިވާކަމަށް އިބްރާހީމް ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވީނަމަވެސް، ޝަހީމް އަޙްމަދު ވަކީލުކަމުން ވަކިވެފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ރަސްމީކޮށް އަންގާފައިވަނީ 07 ޖެނުއަރީ 2015 ގެ 13:48 ގައިކަން އެނގެން އޮންނަކަމާއި، އަދި އިސްވެ
ބުނެވުނު ތާރީޚުގެ ކުރިން، ޝަހީމް އަޙްމަދު، އިބްރާހީމް ޙަމީދުގެ ވަކީލުކަމުން ވަކިވެފައިވާކަން އިބްރާހީމް
ޙަމީދުގެ ފަރާތުންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރަސްމީކޮށް އަންގާފައިނުވާކަން ފާހަގަކުރެވޭކަމާއި،
މީހަކު ބަންދުގައި ބަހައްޓާފައިވާ މުއްދަތު އިތުރުކުރުމަށް އެމީހަކު ކޯޓަށް ޙާޟިރުކުރުމުގެ
ކުރިން، އެ މީހަކު ޤާނޫނީ ވަކީލެއް ޢައްޔަންކޮށްފައިވާނަމަ، އެ ވަކީލެއް ކޯޓަށް ޙާޟިރުވުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއިން އަންގަންވާނީ ކޯޓަށް ޙާޟިރުވާން އޮންނަ ވަގުތުގެ ކުރިން، އެކަށީގެންވާ ވަގުތު
ދިނުމަށްފަހުކަމާއި، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓުމަށް ނުވަތަ އެފަދަ މީހެއްގެ ބަންދުގެ މުއްދަތު
އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ އޭގެ ޒާތުގައި އަވަސް ފިޔަވަޅު އަޅަންޖެހޭ މައްސަލަތައް
ކަމުގައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި، މައްސަލާގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަ ށްފަހު،
ޤާނޫނީ ވަކީލަށް މުއްދަތުގެ މަޖިލިހަށް ޙާޟިރުވާން އަންގަންވާނީ، އެ މައްސަލައެއްގައި ނުވަތަ އެ ޙާލަތުގައި
ކޯޓަށް ޙާޟިރުވުމުގެ ކުރިއަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމާއި،
ބަންދުގެ
ދުގެ މުއްދަތު އިތުރުކުރުމަށް ބަންދުގައިވާ މީހާ ކޯޓަށް ޙާޟިރުކުރަންޖެހޭ ވަގުތުގެ 20
ނުވަތަ 15 ވަރަކަށް މިނިޓް ކުރިން ބަންދުގައިވާ މީހާގެ ޤާނޫނީ ވަކީލަށް ކޯޓަށް ޙާޟިރުވުމަށް އެންގުމަކީ ޢާންލުއީން ގައި
04ކނމށފހ4
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
އެންގުމަށް
6
2015/HC-A/j3
އުޞޫލެއްގެ ގޮތުން ވަކީލަކު ކޯޓަށް ޙާޟިރުވުމުގެ ކުރިއަށް ދެވޭ އެކަށީގެންވާ (reasonable) މުއްދަތެއްކަމަށް
މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމާއި، އަދި އެގޮތަށް ޢަމަލުކުރުމަކީ ޤާނޫނޫއަސާސީގެ 48
ވަނަ މާއްދާގެ (ށ) ގައި ބުނާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، ދެމެހެއްޓުމުގެ ޙައްޤަށް އުނިކަން އަންނަ
ފަދަ ގޮތަކަށް ޢަމަލުކުރުން
ކުރުންކަމާއި،
އެހެންނަމަވެސް، ހުށަހެޅިފައިމިވާ މައްސަލާގެ ކަންހިނގާދިޔަ ގޮތަށް ބަލާއިރު، އިބްރާހީމް
ޙަމީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމާއިބެހޭ މަޖިލިސްތަކަށް، އިބްރާހީމް ޙަމީދުގެ ޤާނޫނީ ވަކީލުންގެ ތެރެއިން
ޝަހީމް އަޙްމަދުއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިންވެސް އަންގަމުން ގެންދިޔަ އުޞޫލުން
އަންގާފައިވާކަމާއި، އަދި އެ މަޖިލިސްތަކަށް ޝަހީމް އަޙްމަދު ޙާޟިރުވެފައިވާކަން ދެފަރާތުގެ ބަހުންވެސް
އެނގެން އޮތްއިރު، އިސްތިއުނާފުކުރެވޭ އަމުރުގެ ޝަރީޢަތުގެ މަޖިލިހަށް ޝަހީމް އަޙްމަދު ޙާޟިރުވެފައިނުވަނީ
އިބްރާހީމް ޙަމީދުގެ ފަރާތުން ޝަހީމް އަޙްމަދު މީނާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހުރުމަށް ނޭދޭތީކަން
އެނގޭކަމާއި، އަދި ޝަހީމް އަޙްމަދު އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވަނީ ބަންދުގެ މުއްދަތު
އިތުރު ކުރުމަށް ބޭއްވުނު މަޖިލިސް އޮތް ގަޑީގެ 45 މިނިޓަށް ވުރެ ކުޑަ ވަގުތު ކޮޅެއް އޮއްވަކަން އެނގޭއިރު،
މުއްދަތުގެ މަޖިލިހަށް އިބްރާހީމް ޙަމީދު ޙާޟިރުކުރަން އޮތް ދުވަސްނޫން އޭގެ ކުރީ ދުވަހު، 6 ޖެނުއަރީ 2015
ގައި، 7 ޖެނުއަރީ 2015 ގައި މުއްދަތު އިތުރުކުރުމާއި ބެހޭ މަޖިލިހަށް އިބްރާހީމް ޙަމީދު ޙާޟިރުކުރެވޭނެ
ވާހަކަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޝަހީމް އަޙްމަދުއަށް އަންގާފައިވާކަމާއި،
7 ޖެނުއަރީ 2015 ގެ 13:48 ގައި ޝަހީމް އަޙްމަދު، އިބްރާހީމް ޙަމީދުގެ ވަކީލުކަމުން
ވަކިވެފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު، އިސްމާޢީލް މުޙައްމަދުއަށް، އިބްރާހީމް ޙަމީދު އެދުވަހު ކޯޓަށް
ޙާޟިރުކުރެވޭނެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަގުތުން އެންގިކަން އެނގެން އޮންނަކަމާއި،
ބުނެވިދިޔަ ޙާލަތުގައި، އިބްރާހީމް ޙަމީދުގެ ޤާނޫނީ ވަކީލު މުއްދަތު މަޖިލިހަށް
ޙާޟިރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވާކަން
ފާހަގަކުރެވޭކަމާއި، އެހެންކަމުން، މައްސަލާގައި، ޤާނޫނުއަސާސީގެ
މީގެ 48 ވަނަ މާއްދާގެ (ށ) ގައި ބުނާ ޤާނޫނިއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
/8
6
4
84 ޑ ނޫންގނީ
1
2015/HC-A/j3
ވަކީލެއްގެ އެހީތެރިކަން ހޯދައި ދެމެހެއްޓުމުގެ ފުރުޞަތު އިބްރާހީމް ޙަމީދުއަށް ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިބްރާހީމް ޙަމީދުގެ ބަންދާއިމެދު ގޮތެއް ނިންމަވާފައިވަނީ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ އާންމު ޤަވާޢިދުގެ 54 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ އިބްރާހީމް ޙަމީދުގެ ފަރާތުން
ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
އިސްވެ އިޝާރާތްކުރެވުނު މާއްދާއަކީ މައްސަލައެއް ތަޙްޤީޤުކުރަމުންދާއިރު ޢައްޔަންކޮށްފައިވާ
ޤާނޫނީ ވަކީލަށް ވަގުތު ދިނުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލުތައް ކަނޑައަޅާފައިވާ މާއްދާއެއް ކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަކީ އިބްރާހީމް ޙަމީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލާގެ ތަޙުޤީޤާ ގުޅުންހުރި
މައްސަލައަކަށް ނުވެފައި، އެއާ ޚިލާފަށް އެއީ އިބްރާހީމް ޙަމީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ މަރުޙަލާއާ
ގުޅުންހުރި މައްސަލައެއްކަމުން، އިބްރާހީމް ޙަމީދުއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމުގައި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ޢާންމު ޤަވާޢިދުގެ 54 ވަނަ މާއްދާއަކީ މި ޙާލަތަށް ތަޠުބީޤުކުރަންޖެހޭ
އެނގޭކަމެވެ.
2/ = 6
eyށް
އިސްވެ ބަޔާންވެދިޔަ ސަބަބުތައް ހުރުމާއި އެކު، އިބްރާހީމް ޙަމީދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
229/J
/
MD-145 ކޯޓުއަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާއި ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ
ވެ،
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2015/HC-A/j3
35
އެންމެ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
229/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ
ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
ޚިލާފަށްކަމަށް ބަލާނެ ތަނެއް
ޑިހެއްޖޭގެ ހަ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv