ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/171 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/171
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 171/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
* އައިޑީ ކާޑު ނަންބަރު: 793
/
2008-C
* ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ
މިހާރުގެ އެޑްރެސް:އެޗް.ޑީ.ސީ ބިލްޑިންގ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން. އިބްރާހީމް ޢާމިރު
ދާއިމީ އެޑްރެސް: މއ.ފްރީޕާރކް
އައިޑީ ކާޑު ނަންބަރު: A038689
މިހާރުގެ އެޑްރެސް: މއ.އަންޑާޕޫލްމާގެ
• ރަޖިސްޓްރީ ތާރީޚް: 13 ޝަޢުބާން 1431
25 ޖުލައި 2010
* ނިމުނު ތާރީޚް: 26 ރަބީޢުލްއާޚިރު 1433
މާރޗް
19
2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2010/MC/450
ނިންމެވި ފަރާތް: މަދަނީ ކޯޓް
މައްސަލައިގެ ބާވަތް: ހުޅުމާލޭގެ
ޅުމާލޭގެ ނަންބަރު 10078 ގޯތި ވިއްކުން
ހުށަހެޅި ތާރީޚް: 10.02.2010
ނިމުނު ތާރީޚް: 26.05.2010
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/171
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/450 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މއ.ފްރީޕާރކް މާލެ އިބްރާހީމް
ޢާމިރުއެވެ.
CCC.
0
(l
450/MC/2010
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ
އަމިއްލަ ބިމުން، ހުޅުމާލޭގެ ނަންބަރު 10078 ގޯތީގެ 152.04 އަކަމީޓަރުގެ އަމިއްލަ ބިން -/1,284,260
(އެއްމިލިޔަން ދެލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ގެ އަގަށް ހުޅުމާލެ، ގޭގެ
ނަންބަރު 10078 މއ.ފްރީޕާރކް މާލެ އިބްރާހީމް ޢާމިރުއަށް ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދަޢުވާ ހުށަހެޅުމުން، މަދަނީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި
ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ އަމިއްލަ ބިމުން، ހުޅުމާލޭގެ ނަންބަރު 10078 ގޯތީގެ 152.04 އަކަމީޓަރުގެ
އަމިއްލަ ބިން -/1,284,260ރ. (އެއްމިލިޔަން ދެލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް
ރުފިޔާ) ގެ އަގަށް މއ.ފްރީޕާރކް އިބްރާހީމް ޢާމިރުއަށް ވިއްކުމުން މިއަގަށް މިބިން މއ.ފްރީޕާކް އިބްރާހީމް
ގަނެ، މިވިޔަފާރި ޢަޤުދުކޮށް، މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރި ޞައްޙަކަމަށާއި، މިވިޔަފާރީގެ
ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ
އަމިއްލަ ބިމުން، ހުޅުމާލޭގެ ނަންބަރު 10078 ގޯތީގެ 152.04 އަކަމީޓަރުގެ އަމިއްލަ ބިމުގެ މިހާރު
މިލްކުވެރި ފަރާތަކީ މއ.ފްރީޕާރކް އިބްރާހީމް ޢާމިރުކަމަށް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
CCCX
ދިވެހިރާއްޖެ
ހައިކޯޓް
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
2010/HC-A/171
(2
މަދަނީ ކޯޓުގެ ނަންބަރު 2010/MC/450 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
> <ދިޗ 2
3
އެންކެތަކެ9ދ
ccc
ފުރަތަމަ ނުކުތާއަކީ، 10 ފެބްރުއަރީ 2010 ދުވަހު ހުށަހެޅުނު
މައްސަލަ، ނިންމަން ހުށަހެޅުނު ގޮތަށް ނިމެން ނެތިގެން، 11 މެއި 2010 ދުވަހު ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު 144
/
2010
/
10/HDC
/
(
161
)
-L ސިޓީއިން މި
މައްސަލައާއި މި
މައްސަލައާއެކު ހުށަހެޅުނު އިތުރު 15 މައްސަލަ އަނބުރައި ގެންނަން ބޭނުންވާކަން
ކޯޓުގައި ދަންނަވާފައިވަނިކޮށް މައްސަލަ ހުށަހެޅި ގޮތާ ޚިލާފަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
0
ދެވަނަ ނުކުތާއަކީ، ޝަރީޢަތަށް ހުށަހެޅުނު "ފައިސާ ދައްކާފައިވާ ގޮތުގެ
ތަފްސީލު" މި ކަރުދާހުން 31 ޑިސެމްބަރ 2009 ގެ ނިޔަލަށް ގޯއްޗަށް ދެއްކިފައިވަނީ
1,310,012
/
76 ރުފިޔާ ކަމާއި، އެހާތަނަށް 101,641
/
05 ރުފިޔާ ނުދެއްކިވާކަން އެނގެން
އޮތްއިރު ގޯތީގެ އަގު ލިބިފައިވާކަމަށް ބައްލަވައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2010/MC/450 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މަދަނީ ކޯޓުގެ ނަންބަރު 2010/MC/450 ޤަޟިއްޔާގެ މައްސަލަ ހުށަހެޅުނު
ތާރީޚަކީ 10 ފެބްރުއަރީ 2010 ކަމާއި، އެ މައްސަލަ ނިންމެވި ތާރީޚަކީ 26 މެއި 2010 ކަން އެ
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ލޯވީ، ޖީ
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/171
އަގު
މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، އެ މައްސަލައިގައި ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެކޯޓަށް ޙާޟިރުވި ނ.ވެލިދޫ ސަދުބަރަކާގެ ޢާއިޝަތު
ޝިފާ 26 މެއި 2010 ގައި މަދަނީ ކޯޓަށް ދީފައިވާ ބަޔާނުގައި، ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ އަމިއްލަ ބިމުން، ހުޅުމާލޭގެ ނަންބަރު
10078 ގޯތީގެ 152.04 އަކަމީޓަރުގެ އަމިއްލަ ބިން -/
1,284,260ރ. (އެއްމިލިއަން ދެ ލައްކަ
އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ގެ އަގަށް މއ.ފްރީޕާރކް އިބްރާހީމް އާމިރަށް
ވިއްކައި، އެ ވިޔަފާރި އަޤުދުކޮށްފައިވާކަމާއި، އެ ވިޔަފާރީގެ އަގެއްގެ ގޮތުގައި އެއްބަސްވެފައިވާ
އަގުކަމުގައިވާ -/
1,284,260ރ. (އެއްމިލިއަން ދެ ލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް
ރުފިޔާ) ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ނަޤުދުން ލިބި
ޚަލާޞްވެފައިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މަދަނީ ކޯޓުގެ ނަންބަރު
2010/MC/450 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން،
11 މެއި 2010 ގައި މަދަނީ ކޯޓަށް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ނަންބަރު
144
/
2010
/
12/HDC
/
(
161
)
-L ސިޓީ ފޮނުވުނުކަމާއި، އެ ސިޓީގައި ބަޔާންކޮށްފައި އޮތީ އެ
ސިޓީއާއި އެކު ފޮނުވުނު ލިސްޓުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މަދަނީ
ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިއަށް ގެންދަން ހަމަޖެހުނު ގޮތަށް ކުރިއަށް ގެންދަން ހުރަސްތަކެއް
ހުރުމުގެ ސަބަބުން އެ މައްސަލަތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން އަނބުރާ
ގެންނަން ބޭނުންވާކަމަށާއި، އިސްވެ ބުނެވުނު ސިޓީއާއިއެކު ފޮނުވުނު ލިސްޓުގައި 16 މައްސަލައެއް
އޮތްއިރުގައި، އެ ތަނުން 4 މައްސަލައެއްގައި އެ މައްސަލަތަކުގެ ޤަޟިއްޔާ ނަންބަރުތައް
އެނގިފައިނުވާކަމަށް ބުނެފައިވާކަމާއި، އަދި މި 4 މައްސަލައިގެ ތެރޭގައި މއ.ފްރީޕާރކް އިބްރާހީމް
ޢާމިރާއަށް ރައްދުވާ ހުޅުމާލެ ގޯތި ނަންބަރު 10078 ގެ މައްސަލަވެސް ހިމެނިފައި އޮތްކަން
ހަގަކުރެވެއެވެ.
ދިވެހިރާއްa
މާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/171
މަދަނީ ކޯޓުގެ ނަންބަރު 2010/MC/450 ޤަޟިއްޔާގެ ޝަރީއަތުގެ
މަޖިލިހުގައި އިބްރާހީމް ޢާމިރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ދައްކަންޖެހޭ
-/1,284,260ރ. (އެއްމިލިއަން ދެ ލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ވަނީ
ދައްކާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ނަޤުދުން ލިބި އަގު ޚަލާޞްވެފައިކަމަށް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެކޯޓަށް ޙާޟިރުވި ޢާއިޝަތު ޝިފާ
ބުނެފައިވީނަމަވެސް،
ޢާއިޝަތު ޝިފާ މަދަނީ ކޯޓަށް ދީފައިވަނީ ސައްޙަ މަޢުލޫމާތު ނޫންކަމަށާއި،
އިބްރާހީމް ޢާމިރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ދައްކަންޖެހޭ -/
1,284,260ރ.
(އެއްމިލިއަން ދެ ލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ދައްކާ ޚަލާސްކޮށްފައިނުވާކަމަށާއި، އިބްރާހީމް ޢާމިރު
ދައްކަންޖެހޭ ޢަދަދު 30 ޖެނުއަރީ 2012 ގެ ނިޔަލަށް ސާފުކުރިއިރު، ބާކީ 92,923
/
58ރ. (ނުވަދިހަ
ދެހާސް ނުވަސަތޭކަ ތޭވީސް ރުފިޔާ ފަންސާސް އަށް ލާރި) ދައްކަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީއަތުގެ މަޖިލިހުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަމާއި
އަދި މިޢަދަދަކީ އިބްރާހީމް ޢާމިރު ދައްކަންޖެހޭ ޢަދަދުކަމަށް އިބްރާހީމް ޢާމިރުވެސް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ
ނަންބަރު 2010/MC/450 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2010/MC/450 ޤަޟިއްޔާގައި ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިއޮތް ހުޅުމާލޭގެ އަމިއްލަ ބިމުން، ހުޅުމާލޭގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
6
2013/HC-A/171
CU O
ނަންބަރު 10078 ގޯތީގެ އަމިއްލަ ބިން -/
1,284,260ރ. (އެއްމިލިއަން ދެ ލައްކަ އަށްޑިހަ ހަތަރުހާސް
ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ގެ އަގަށް މއ.ފްރީޕާރކް އިބްރާހީމް ޢާމިރު (އައިޑެންޓިޓީ ކާޑު ނަންބަރު
A038689) އަށް ވިއްކުމުން، އެ ވިޔަފާރީގެ އަގު އިބްރާހީމް ޢާމިރު ޚަލާސްކޮށްފައިވާކަމަށް ބުނެވިދިޔަ
ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވީނަމަވެސް، އެ އަގު ދައްކާ ޚަލާސްނުކުރާކަމަށް ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުންނާއި، އަދި އިބްރާހީމް ޢާމިރުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި އިޢުތިރާފުވެފައިވާތީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި
ރަޖިސްޓްރީކޮށްފައިއޮތް ހުޅުމާލޭގެ އަމިއްލަ ބިމުން، ހުޅުމާލޭގެ ނަންބަރު 10078 ގޯތީގެ އަމިއްލަ ބިން
-/
1,284,260ރ. (އެއްމިލިއަން ދެ ލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ގެ އަގަށް
އިބްރާހީމް ޢާމިރާއަށް ވިއްކުމުން، މި އަގުގެ ބާކީ ނުދެއްކިވާ 92,923
/
58ރ. (ނުވަދިހަ ދެހާސް ނުވަސަތޭކަ
ތޭވީސް ރުފިޔާ ފަންސާސްއަށް ލާރި) މިއަދުން ފެށިގެން 10 (ދިހައެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު
އެމަހަކަށްޖެހޭ މިންވަރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ޚަލާސްކުރުމަށް އިބްރާހީމް
ޢާމިރާއަށް އަންގައި، މަދަނީ ކޯޓުގެ ނަންބަރު 2010/MC/450 ޤަޟިއްޔާގެ ދަށުން ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިއޮތް ހުޅުމާލޭގެ ނަންބަރު 10078 ގޯތީގެ
އަމިއްލަ ބިން އިބްރާހީމް ޢާމިރުއަށް ވިއްކުމުގެ މުޢާމަލާތުގައި އެ ވިޔަފާރީގެ އަގު އިބްރާހީމް ޢާމިރު
ޚަލާސްކޮށްފައިވާކަމަށް އެޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
Ooxc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv