ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/27 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 27/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: ޖުޑީޝަލް ސަރވިސް ކޮމިޝަން
ދާއިމީ އެޑްރެސް: -
އެޑްރެ:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ މުޙައްމަދު
ދާއިމީ އެޑްރެސް: ބަހާރުގެ /ރ.ހުޅުދުއްފާރު
އައިޑީ ކާޑުނަންބަރު: A036218
* މިހާރުގެ އެޑްރެސް: މ.ލިންކްހައުސް މާލެ
• ރަޖިސްޓްރީ ތާރީޚް: 11 ރަބީޢުލްއައްވަލު 1433
24 ޖެނުއަރީ 2012
ނިމުނު ތާރީޚް: 09 ޖުމާދަލްއޫލާ 1433
01 އެޕްރީލް 2012
B-CR-8/2011/35
0
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު:
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު
ހުށަހެޅި ތާރީޚް: 27.11.2011
ނިމުނު ތާރީޚް: 27.11.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯޕީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/27
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR ވަގުތީ އަމުރު،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ
ފަރާތުން އެއަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ.ހުޅުދުއްފާރުބަހާ ޢަބްދު
މުޙައްމަދުއެވެ.
CCCO
0
(l
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR ވަގުތީ
އަމުރަށް ބަލާއިރު، އެ ވަގުތީ އަމުރަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާގައި
ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައި ހުރި ޢަބްދުﷲ މުޙައްމަދު ނުކުރާ ކުށެއް އަދި ޤާނޫނުގައި
ކުށެއްކަމަށް ނެތްކަމެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި 16 ނޮވެމްބަރު 2011 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ ޖަލްސާގައި ސިއްރު ވޯޓަކުން ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ސާބިތުވާކަމަށް
ނިންމަވާފައިވާކަމަށްބުނެ، ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ސާބިތުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން
ފާސްކޮށްފައިވާ ސުލޫކީ މައްސަލައަކީ ޢަބްދުﷲ މުޙައްމަދުގެ މައްޗަށް ސާބިތުވާ މައްސަލައެއް ނޫންކަމަށާއި،
އެމައްސަލާގައި ހިންގާފައިވާ އިޖުރާޢަތުތައް ބާޠިލުކަމަށާއި، ޢަބްދުﷲ މުޙައްމަދުއަށް ދޭން ނިންމާފައިވާ ތަޢުދީބީ
އަދަބަކީ ޢަބްދުﷲ މުޙައްމަދުއަށް ދެވޭނެ އަދަބެއްނޫންކަމަށް ކަނޑައަޅައިދިނުން އެދިގެން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް
ރ.ހުޅުދުއްފާރުބަހާރުގެ (މ.ލިންކްހައުސް) ޢަބްދުﷲ މުޙައްމަދު (ދ.ރ.ކާޑް:A036218) ދަޢުވާކޮށްފައިވާތީ،
އެކަމުގެ މައްޗަށް ޝަރީޢަތުން ޙުކުމް ކުރަންދެން ނުވަތަ ސިވިލް ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން
ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައިހުރި ރ.ހުޅުދުއްފާރުބަހާރުގެ (މ.ލިންކްހައުސް) ޢަބްދު
މުޙައްމަދުއާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ބަލަމުންދާ ނުވަތަ ބަލާނިމިފައިވާ އެކޮމިޝަންގެ
ނަންބަރު 67-S09 މައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ
މައްޗަށް އަމުރުކުރައްވާ ނެރުއްވާފައިވާ ވަގުތީ އަމުރެކެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/27
(2
ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR ވަގުތީ އަމުރު، އެކޯޓުން
ނެރުއްވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން
އެއަމުރު އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޖުޑީޝަލް ސަރވިސް
ސަރވިސް ކޮމިޝަންއަށް
ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދީފައިވާ ބާރާއި އިޚްތިޔާރުތަކާއި ފަނޑިޔާރުންގެ ކަންކަން
ނިންމުމުގައި ޢަމަލުކުރަމުން ގެންދާ އުޞޫލަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
0
ދެވަނަ ނުކުތާއަކީ، ދަޢުވާކުރާ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް
އޮތްއިރު އެޒިންމާ އަދާކޮށްފައިވާކަން ނުވަތަ ނޫންކަން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރެއިން ބެލުން
އެންމެ އެކަށޭނަ މައްސަލައެއް ކަމުގައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
o
ހަތަރުވަނަ ނުކުތާއަކީ، މައްސަލައެއް ބަލައިގަނެ ކުރިއަށް ގެންދިއުމުގެ
ޢާންމު އުޞޫލާ ޚިލާފަށް މައްސަލަ ކުރިއަށް ގެންދަވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR ވަގުތީ އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރަމުން
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
ކޯޓުގެ ނަންބަރު
8
/
2011
/
35-B
-
CR ވަގުތީ އަމުރަށާއި، މައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ މައްޗަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2012/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ޤާނޫނުއަސާސީންނާއި
ޤާނޫނުން ލިބިދީފައިވާ ބާރާއި އިޚްތިޔާރުތަކާއި ފަނޑިޔާރުންގެ ކަންކަން ނިންމުމުގައި ޢަމަލުކުރަމުން
ގެންދާ އުޞޫލަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) ގެ
ދަށުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން
ޢައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ
ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ
މީހުންތައް ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރު
ލިބިފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށްކަން އެނގެން އޮންނަކަމާއި، ޤާނޫނު ނަންބަރު 10/2008
ގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އެއްވެސްކަމެއް ނިންމޭނީ
ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢުލަބިއްޔަތު އެކަމަށް ލިބިގެންކަމުން
ބަޔާންކުރެވިފައިވާކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ކަމެއް ނިންމަނީ އެކޮމިޝަނަށް އެކަމެއްގައި
އެކަށީގެންވާވަރުގެ ހެކިތަކެއް އެކޮމިޝަނަށް ލިބިގެންވާކަމަށް ޤަބޫލުކުރެވޭތީކަމަށް އަދި އިސްވެ
އިޝާރާތްކުރެވުނު ފަދައިން އެގޮތަށް ޢަމަލުކުރުމުގެ ޤާނޫނީ ބާރު އެކޮމިޝަނަށް ލިބިގެންވާކަމަށް ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް،
ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR ވަގުތީ އަމުރުގައި، އެ
އަމުރު ނެރުއްވީ އެ ކޯޓުގެ ނަންބަރު 2011/Cv
-
C/2253 ޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައިގެ
ކަންކަމުގެ މައްޗަށް ބައްލަވައި ފައިޞަލާ ކުރެވޭނެކަންކަން ކުރިއަށް ގެންދިއުމަށް އެއްފަރާތަށް ފުރުޞަތު
ދެވިފައި އޮތުމަކީ އެކަމުގައި ޢަދުލުވެރިކަމާ ގާތްގޮތްކަމުގައި ނުވާނެތީއާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ
16، 19، 20، 27، 42، 43، 59، 61، 65، އަދި 69 ވަނަ މާއްދާއަށާއި، ޤާނޫނު ނަންބަރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/27
ce O
ޑ ތ 3
4
މެނެއެނެގެ
އެއްވެސް
މުޙައްމަދުގެ
ފަރާތުން
13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ ޤާނޫނު) އަށް ރިޢާޔަތް ކުރެއްވުމާއެކު ކަމަށް ބަޔާންކުރައްވާފައި އޮންނަކަމާއި،
ދިވެހިރާއްޖޭގެ ކޯޓުތަކުން ވަގުތީ އަމުރު ނެރެނީ މައްސަލައިގެ ދެ
ޚަސްމުންކުރެ ޚަސްމަކަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމުމުގެ ކުރިން އެއް ފަރާތުން ފިޔަވަޅު
އަޅައިފިނަމަ، އަނެއް ފަރާތަށް އިޢާދަ ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއް ލިބިމުގެ އިޙްތިމާލުއޮތްކަމަށް
ޝަރީޢަތަށް ފެންނަ ޙާލަތްތަކުގައިކަމަށްވާއިރު،
ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުނު ވަގުތީ އަމުރަށް
އެދޭ ފޯމުގައި، ޢަބްދުﷲ މުޙައްމަދުއާއިމެދު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ
އަޢުލަބިއްޔަތުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އެއްވެސް ހަމައެއް އަދި އުޞޫލެއް ނެތި އަދި ޤާނޫނީ
ބުރަދަނެއްނެތި ނިންމާފައިވާ ނިންމުމެއްކަމަށް ޢަބްދު
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން، އެމައްސަލައިގެ ފައިޞަލާ ކުރަނިވި ޙުކުމެއް ސިވިލް ކޯޓުން
ކުރެއްވުމުގެ ކުރިން، އެ މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އިތުރު ފިޔަވަޅެއް
އަޅައިފިނަމަ، ޢަބްދުﷲ މުޙައްމަދުއަށް އިޢާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެތީކަމަށް
ބަޔާންކޮށްފައިވާކަމާއި، އަދި ލިބިދާނެ ގެއްލުމުގެ ތަފްޞީލުގައި، ޢަބްދުﷲ މުޙައްމަދުގެ ވަޒީފާއަށް
އުނިކަމެއް އަންނަ ގޮތަށް ނުވަތަ ޢަބްދުﷲ މުޙައްމަދު ވަޒީފާ އަދާކުރާ ކޯޓުނޫން އެހެން ކޯޓަކަށް
ބަދަލުކޮށް ފިނަމަ ނުވަތަ ޢަބްދުﷲ މުހައްމަދު މިހާރު ހުރި މަޤާމުން އެއަށްވުރެ ދަށް މަޤާމަކަށް
ބަދަލުކޮށްފިނަމަ އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުން ލިބިދާނެކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭތީ،
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅުނު އިސްވެ.
ފާހަގަކުރެވުނު ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 10/2008 ގެ 21
ވަނަ މާއްދާގެ (ށ) އާއި 20 ވަނަ މާއްދާގެ (ށ) އަދި ހުށަހެޅޭ ހެކީގެ މައްޗަށް ބަރޯސާވެ ނިންމުންތައް
ނިންމާކަމަށް ބުނާ
ބުނުމަކީ، ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR ވަގުތީ އަމުރު އެ ކޯޓަށް
ބުތަކެއްނޫންކަމާއި، އަދި އެއަމުރަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް
ނެރުއްވާފައިވާ އަމުރެއް ކަމަށް ބެލެވޭނެ ޙުއްޖަތްތަކެއް ނޫންކަމުގެ އިތުރުން، އެއަމުރު ނެރުއްވުމުގެ
ނުނެރުއްވޭނެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/27
ސަބަބުން ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް އިސްވެ ފާހަގަކުރެވުނު ޤާނޫނީގޮތުން ލިބިފައިވާ ބާރުތަކަށް
އުނިކަމެއް އަންނަފަދަ ކަމެއް
ޝަރީޢަތަށް ޤަބޫލުކުރެވޭކަމާ އަދި އެއީ އިސްވެ
ޝާރާތްކުރެވުނު އަމުރު ބާތިލުކުރަންވީ ސަބަބެއްވެސް ނޫންކަން އެނގެން އޮންނަކަ
.ގދ 2 ތ ދ ތތ
.އެނެކެމަށް
(29އ،
24
3323
ހއދވ
ލިބިގެންނުވާކަމަ
ދެވަނަ ކަމަކީ، ދަޢުވާކުރާ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް
އޮތްއިރު އެޒިންމާ އަދާކޮށްފައިވާކަން ނުވަތަ ނޫންކަން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ
ގުޅިގެން،
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ޤާނޫނުއަސާސީ ގެ 159 ވަނަ މާއްދާގެ (ށ)
އާއި، ޤާނޫނު ނަންބަރު 10/2008 ގެ 21 ވަނަ މާއްދާގެ (ށ) އާއި 20 ވަނަ މާއްދާގެ (ށ) އިން އެ
ކޮމިޝަނަށް ލިބިދޭ ބާރަށް ޙަވާލާދީ، ޤާނޫނުއަސާސީގެ 43 ވަނަ މައްދާގައި ބަޔާންކުރެވިފައިވަނީ އިދާރީ
ފިޔަވަޅެއް އެޅުމަށްފަހު ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ޙައްޤުކަމަށްވީހިނދު، ޢަބްދުﷲ މުޙައްމަދުގެ
އްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އަދި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެކަމަށާ
އެހެންކަމުން ޢަބްދުﷲ މުޙައްމަދުއަށް ބުނެވިދިޔަ މާއްދާގެ ދަށުން ދަޢުވާ ކުރުމުގެ ހައްޤު
ބުނެފައިވާއިރު،
ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ މި
މައްސަލައަށް މަޢުޟޫއީގޮތުން ގޮތެއް ކަނޑައެޅުންކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ބުރަވެވޭކަމާއި،
އަދި މިކަމަކީ ދަށުކޯޓުގައި ވަކިގޮތެއް އަދި ކަނޑަނައަޅާ އޮތް ކަމަކަށްވީހިނދު، ދަށުކޯޓުގައި މިކަމަށް
ފުރިހަމަކޮށް މަޢުޟޫއީގޮތުން ވަކިގޮތެއް ކަނޑަނައަޅަނީސް މިމަރުޙަލާގައި ގޮތެއް ކަނޑައެޅުންވާނީ ޢާންމު
ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފުކަމެއްކަމާއި، އަދި އިސްވެ ބުނެވުނު ނުކުތާގެ މައްޗަށް ބިނާކޮށް
މިހާރު އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
5-B
-
CR ވަގުތީ އަމުރު
ބާޠިލުކުރަންވީ ސަބަބެއް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ދެއްކިފައިނުވާކަން ފާހަގަކުރެވޭކަމެވެ.
ދިވެހިޙާaގެ
ބައިކް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/27
Put OX
ތިންވަނަކަމަކީ، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި 67 ވަނަ މާއްދާގެ
(ބ) ގައިވާ ފަދައިން ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤާނޫނުގެ ވެރިކަން ހިންގުމުގެ
އުޞޫލަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ މީހެއްގެ ވާޖިބެއްކަމަށް ބުނެފައިވާއިރު، ފަނޑިޔާރަކާމެދު
ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އަޅާ އިދާރީ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަމުގެ ސަބަބު
ބަޔާންކޮށް ޤާނޫނު ނަންބަރު 10/2008 ގެ 30 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ އަދި (2) ވަނަ
ނަންބަރުގައިވާ ފަދައިން ލިޔުމުން ނުވަތަ ޝަފަހީގޮތުން އެފަރާތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް
ހުށަހެޅުމަށް އޮންނައިރު، ޤާނޫނުގައި ބުނެފައިވާ ގޮތަށް ޢަބްދުﷲ މުޙައްމަދުގެ ވާޖިބު އަދާކޮށްފައިވޭތޯ
ޝަރީޢަތުން ސާފުކުރައްވާފައިނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް،
މި ނުކުތާއަކީވެސް ޢަބްދުﷲ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި
އެ ކޯޓުގެ ނަންބަރު 2011/Cv-C/2253 ޤަޟިއްޔާގައި މަޢުޟޫއީ ގޮތުން ބެލެވެމުންދާ ކަމެއްކަމަށް
ފާހަގަކުރެވޭކަމާއި، އަދި މިކަމަކީ އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު
8
/
2011
/
35-B
-
CR ވަގުތީ އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި
ޚިލާފަށްކަމަށް ބެލެވޭނެ ސަބަބެއްނޫންކަމާއި އަދި އެއަމުރުގެ ސަބަބުން ޖުޑީޝަލް ސަރވިސް
ކޮމިޝަންއަށްވެސް އިޢާދަ ނުކުރެވޭނެފަދަ ގެއްލުމެއް ލިބިދާނެކަމެއްކަމަށް އެނގެން ނޯންނަކަމެވެ.
ންކު ތައް
ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރެއިން ބެލުން އެންމެ
އެކަށޭނެ މައްސަލައެއް ކަމުގައި ނުވާކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ
ވިދިގެން،
އިސްތިއުނާފުކުރެވިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR
ވަގުތީ އަމުރުކަމާއި، އެގޮތުން، އެ އަމުރުގައި ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2253
ޤަޟިއްޔާގައި ޙުކުމް ކުރައްވަންދެން ނުވަތަ ކޯޓުން ވަކި ގޮތަކަށް ކަނޑައަޅުއްވަންދެން ކްރިމިނަލް ކޯޓުގެ
އިސްޤާޟީގެ މަޤާމުގައިހުރި ރ.ހުޅުދުއްފާރު/ބަހާރުގެ ޢަބްދުﷲ މުޙައްމަދުއާއި ގުޅިގެން ޖުޑީޝަލް
ސަރވިސް ކޮމިޝަންއިން ބަލަމުންދާ ނުވަތަ ބަލާ ނިމިފައިވާ އެ ކޮމިޝަންގެ ނަންބަރު 67-S09
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/27
މައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް
އަމުރުކުރައްވާފައިވާކަން އެއަމުރުގައި ލިޔެވިފައި އޮންނަކަމާއި،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
5-B
-
CR
އަމުރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ސިވިލް ކޯޓުގެ އިޚްތިޞާޞްއާއި ބެހޭ ގޮތުން ދައްކާފައިވާ
ވާހަކަތަކާހުރި ގުޅުމަކީ ކޮބައިކަން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެދެވިފައި ނެތުމުން، މި
ނުކުތާއަކީވެސް އިސްތިއުނާފަށް ހުށަހަޅާފައިވާ ވަގުތީ އަމުރާ ގުޅުންހުރި ނުކުތާއެއް ނޫންކަން
އެކަން މައްސަލަބެލި
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
(.)
44 0.
ފަސްވަނަ ކަމަކީ، ސިވިލް ކޯޓުން ޢަމަލު ކުރައްވާފައިވަނީ މައްސަލައެއް
ބަލައިގަނެ ކުރިއަށް ގެންދިއުމުގެ ޢާންމު އުސޫލާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
މައްސަލައެއް ބަލައިގަނެ ކުރިއަށް ގެންދިއުމުގައި އެންމެ ފުރަތަމަ ބަލަންޖެހޭ
އެއްކަމަކީ، ހުށަހެޅިފައިވާ މައްސަލައަކީ އެކޯޓުން ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއްކަން ނުވަތަ
ނޫންކަމަށްވީއިރު، ސިވިލް ކޯޓުން މިކަމާ މެދު ގޮތެއް ކަނޑަނާޅުއްވައި ދަޢުވާކުރާ ފަރާތުން އެދިފައިވާ
ގޮތަށް އަމުރެއް ނެރެދެއްވާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވީނަމަވެސް،
މިނުކުތާއަކީވެސް އިސްތިއުނާފު ކުރުމަށް މިހާރު ހުށަހެޅިފައި މިވާ ސިވިލް
ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR އަމުރާއި ސީދާ ގުޅުންހުރި ކަމެއްކަމަށް ޖުޑީޝަލް ސަރވިސް
ކޮމިޝަންއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެއްކިފައިނުވާތީ، މިނުކުތާއަކީ ވެސް
އިސްތިއުނާފަށް ހުށަހެޅިފައިވާ އިސްވެ އިޝާރާތްކުރެވުނު އަމުރު ބާޠިލު ކުރަންވީ ސަބަބެއް ނޫންކަމަށް
މައްސަލަބެލި ފަނޑިޔާރުން ދެކޭކަމެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް
ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 8
/
2011
/
5-B
-
CR ވަގުތީ އަމުރު އިސްތިއުނާފުކުރުމަށްޓަކައި
ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ އިސްވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/27
ބަޔާންކުރެވުނު ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް މައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ، ސިވިލް ކޯޓުގެ ނަންބަރު 8
/
2011
/
35-B
-
CR ވަގުތީ އަމުރަށް
ބަދަލު ގެންނަން ނުޖެހޭކަމަށް ކަނޑައަޅައި، މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv