ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/319 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/319
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 319/HC-A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޖާބިރު
އައިޑީ ކާޑު ނަންބަރު: A037546
* ދާއިމީ އެޑްރެސް: ހ.ތިމާވެށި/ މާލެ
* ދާއިމީ އެޑްރެސް: ފ.މޫކައިސްވީޓް |މާލެ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 06 މުޙައްރަމް 1434
ނިމުނު ތާރީޚް: 15 މުޙައްރަމް 1434
29 ނޮވެމްބަރ 2012
20 ނޮވެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012
/
536-MD
• ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 1316/1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
• ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
536-MD
ކޯޓު އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ
:ޟިއްޔާއެކެވެ. ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ، ހ.ތިމާވެށި)މާލެ، ޢަބްދުﷲ ޖާބިރު
(ދ.ރ.ކާޑު ނަންބަރު A037546) އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
.1
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2012
/
536-MD
ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 17 ނޮވެމްބަރ 2012 ވަނަ ދުވަހުގެ 01:00
އިން ފެށިގެން ޢަބްދުﷲ ޖާބިރު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޢަބްދުﷲ ޖާބިރު
ބަންދުން ދޫކޮށްލުމަށް އަމުރު ކުރެއްވި ސަބަބަކީ، "ހުށަހެޅިފައިވާ މައްސަލާގައި ޢަބްދުﷲ ޖާބިރު އިތުރަށް
ބަންދުގައި ބަހައްޓަން ބޭނުންވަނީ ހަމައެކަނި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް
ކޮށްފާނެތީކަމަށް ފުލުހުން ބުނެފައިވާއިރު ހެއްކާ ޤަރީނާ ހުރީ ހަމައެކަނި ފުލުހުންގެ ފަރާތުގައި ކަމަށްވާތީ،
ފުލުހުންގެ މައްޗަށް އެފަދަ ނުފޫޒެއް ފޯރުވިދާނެކަމަށް ޤަބޫލުނުކުރެވޭތީއާއި، އަދި ޢަބްދުﷲ ޖާބިރަކީ
ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއް ކަމަށްވާތީ، މަޖިލީހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކޮށް މިވަގުތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އަދި ސިވިލް
ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން މަޤާމުޓްސްޓްރެންޑް
މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްކަން އެނގޭތީ މުޖުތަމަޢުގެ ހަމަޖެހު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/319
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ރައްކާތެރިކަމަށްޓަކައި މިވަގުތު ޢަބްދުﷲ ޖާބިރު މިމައްސަލާގައި އިތުރަށް ބަންދުގައި ބަހައްޓަން
ނުފެންނާތީ ކަމަށް" މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
MD-2012/536
02- ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
ކޯޓު އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހު ގެ ފަރާތުން އިސްތިއުނާފު
ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި މައިގަނޑު 04 ނުކުތާ ފާހަގަކޮށް އެ ހަތަރު ނުކުތާއާއި މެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
0
22 23 24
ފުރަތަމަ ނުކުތާއަކީ: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2012
/
536-MD ކޯޓު އަމުރުގައި ޢަބްދުﷲ ޖާބިރުގެ މައްޗަށް ތުހުމަތުކުރެވުނު
މަސްތުވާތަކެތި
އެތަކެތި ގެންގުޅުމާއި ބަނގުރާ ބޭނުންކޮށް
އެތަކެތި ގެންގުޅުނުކަމަށް
ތުހުމަތުކުރެވުނު
މައްސަލައެއްގައި، ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ތުހުމަތުގައި، މީނާ އިތުރަށް ބަންދުގައި
ބަހައްޓަން ނުފެންނަކަމަށް ފާހަގަކުރައްވައި، 17 ނޮވެމްބަރ 2012 ދުވަހު ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް
ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި
ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް
ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ފާހަގަކުރައްވާފައިވާ ނުކުތާއެވެ.
އ ހދ މމ ކތ ދ
-094ނކރއވ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
0
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި
20 ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވައި، މިމައްސަލައިގައި ތުހުމަތުކުރެވުނު ރައްޔިތުންގެ މަޖިލީހުގެ
މެންބަރު، ޢަބްދުﷲ ޖާބިރު ދޫކުރައްވާފައިވުންކަމަށް ބުނެ ފާހަގަކުރައްވާފައިވާ
ން ކުهއވެ.
ތިންވަނަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ނުވަތަ ބަންދުކުރެވޭ
މީހަކު، ބަންދުގައި ބެހެއްޓުމަށްޓަކައި ފަނޑިޔާރުން ރިޢާޔަތްކުރައްވަންވާނީ، ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއަށް ކަމަށްވާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދާއިރާގެ ބޭރުން، ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 202 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާފައިވުންކަމަށް ބުނެ ފާހަގަކުރައްވާފައިވާ ނުކުތާއެވެ.
0
ޤާނޫނުއަސާސީގެ
ހަތަރުވަނަ ނުކުތާއަކީ: ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ރ) އަކީ
މީގެ 88 ވަނަ މާއްދާގެ (ހ) އިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުގެ އިމުގެ ބޭރުން
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ހިމަނާފައިވާ މާއްދާއެއްކަމުގައިވުންކަމަށް ބުނެ އެ މާއްދާ ބާޠިލް
ކޮށްދިނުން އެދި ފާހަގަކުރައްވާފައިވާ ނުކުތާއެވެ.
03- ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2012
/
536-MD ކޯޓު އަމުރަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެއަމުރު އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުން ވިސްނައި ބެލި ހިނދު، މިމައްސަލަ
ނިންމަން ފެންނަގޮތާއިމެދު ފަނޑިޔާރުންގެމެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. މިއީވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 26471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/319
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބިނާކުރެވިފައިވާ އަސާސްތައް ތިރީގައި
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ ރައުޔާއި އަދި ރައުޔުތައް
ބަޔާންކުރެވިފައި އެވަނީއެވެ.
ފުރަތަމަ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމްގެ ރައުޔާއި އެރައުޔު ބިނާކުރެވިފައިވާ
އަސާސްތައް؛
cu o
(ހ) ފުރަތަމަ ކަމަކީ: މި ރިޕޯޓުގައި، މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ރައުޔުގައި ފާހަކޮށްފައިވާ ފުރަތަމަ 5 (ފަހެއް) (ރިޕޯޓުގެ 3
ވަނަ ނަންބަރުގެ(ހ) އިން (ބ) އާ ހަމައަށް) ކަންތަކަކީ، އެކަންކަމުގައި އަހުރެން (ޢަބްދުއްރައޫފު
އިބްރާހީމް) ގެ ރަޢުޔުވެސް ހުރި ގޮތްކަމަށް ބަޔާންކުރައްވާފައިވާ ކަންކަމެވެ.
ގެންގުޅުމުގެ ކުށުގައި
(ށ) ދެވަނަ ކަމަކީ: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD047359 ގެ "ހައްޔަރު
ކުރެވޭ މީހާގެ މަޢުލޫމާތު ފޯމު" އަށް ބަލާއިރު، ހ. ތިމާވެށި ޢަބްދުﷲ ޖާބިރުގެ މައްޗަށް ތުހުމަތު
ކުރެވިފައިވަނީ، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި، ބަނގުރާ ބޭނުންކުރުމާއި ގެންގު
ކަމާއި، ޢަބްދުﷲ ޖާބިރު ބަންދުކުރި ސަބަބެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު" ގައި ބަޔާންކޮށްފައިވަނީ، ހެކިބަސް ދޭން ބަޔަކަށް ނުފޫޒު
ފޯރުވައިފާނެކަމަށް ފެންނާތީކަމަށް ވާއިރު، 17 ނޮވެމްބަރު 2012 ދުވަހުގެ 1:00 ގައި ޢަބްދުﷲ ޖާބިރު
ބަންދުން ދޫކޮށްލުމަށް އަމުރުކުރެއްވި ސަބަބަކީ، "މިމައްސަލާގައި ޢަބްދުﷲ ޖާބިރު
ބަހައްޓަން ބޭނުންވަނީ ހަމައެކަނި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވުމަ
ތިހޭ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
ކޮށްފާނެތީކަމަށް ފުލުހުން ބުނެފައިވާއިރު ހެއްކާ ޤަރީނާ ހުރީ ހަމައެކަނި ފުލުހުންގެ ފަރާތުގައި ކަމަށްވާތީ
ފުލުހުންގެ މައްޗަށް އެފަދަ ނުފޫޒެއް ފޯރުވިދާނެކަމަށް ޤަބޫލުނުކުރެވޭތީއާއި އަދި ޢަބްދުﷲ ޖާބިރަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށްވާތީ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އަށް
ރިޢާޔަތްކޮށް މިވަގުތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އަދި ސިވިލް
ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން މަޤާމުން ދުރުކުރުމުގެ
މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްކަން އެނގޭތީ މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި މިވަގުތު ޢަބްދުﷲ ޖާބިރު މިމައްސަލާގައި އިތުރަށް ބަންދުގައި ބަހައްޓަން
ނުފެންނާތީ" ކަން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
536-MD
(17 ނޮވެމްބަރު 2012) ކޯޓު އަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
2 ހއ
م مريع حتي
(ނ) ތިންވަނަ ކަމަކީ: މިމައްސަލައިގައި ހދ. ހޮނޑައިދޫން ފުލުހުން ހައްޔަރުކުރި
ހިލިހިލާގޭ މުޙައްމަދު ޙަމްދާން ޒަކީއާއި ހުޅުދޫ، ރަފްސައިޑް ޖާދުﷲ ޖަމީލުގެ ބަންދުގައި
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
534-MD
(17 ނޮވެމްބަރު 2012) ކޯޓު އަމުރުގައާއި، އެކޯޓުގެ ނަންބަރު 2012
/
538-MD (17 ނޮވެމްބަރު
2012) ކޯޓު އަމުރުގައި، ނިންމަވާފައިވަނީ އެދެމީހުން 17 ނޮވެމްބަރު 2012 ވަނަ ދުވަހުގެ 01:10
އިން ފެށިގެން 22 ނޮވެމްބަރު 2012 ވަނަ ދުވަހުގެ 01:09 އާއި ހަމައަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް
ޢަމުރު ކުރައްވާ 17 ނޮވެމްބަރު 2012 ވަނަ ދުވަހުގައިކަމާއި، އެދެމީހުން ބަންދުގައި ބެހެއްޓުމަށް
އަމުރުކުރެއްވި ސަބަބަކީ، އެމީހުންގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ މައްސަލައިގެ ބާވަތުން ތަޙްޤީޤު
މަރުޙަލާ ނުނިމެނީސް ދޫކޮށްލައިފިނަމަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް
8 392
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 36471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
29.
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
ouo.
, 24 8
ކޮށްފާނެކަމަށްޓަކައި
ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެދެމީހުންގެ ފަރާތުން އެދެއަމުރު
އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލާގައި، އިސްވެ އިޝާރަތްކުރެވުނު
ނަންބަރު 323/HC-A/2012 ޤަޟިއްޔާއިންނާއި، ނަންބަރު 320/HC-A/2012 ޤަޟިއްޔާއިން
ތާއީދުކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތު ކުރެވިފައިވާ
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް
ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލައިފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ،
އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެވިދާނެކަން އެނގޭކަމާއި، އަދި އެފަދަ އަމުރެއް ނެރުމުގެ
ބާރާއި އިޚުތިޔާރު ލިބިގެންވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަމާއްދާގެ (ރ) އަށް ބެލުމުން
އެނގެން އޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން އޮންނަ އޮތުމާ ބަންދުކުރެވިފައިވާ މީހާގެ ބަންދުގެ މުއްދަތު
އިތުރުކުރުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން އޮންނަ އޮތުމާ ބެހޭގޮތުން، ޤާނޫނު އަސާޗްގެއި
49 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި މެނުވީ އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ޞަރީޙަ ނައްޞުން
އަމުރުކޮށްފައި އޮންނަކަން އެމާއްދާއަށް ބެލުމުން އެނގެން އޮންނައިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނުވަތަ
ސަބަބުތަކެއް އޮތްތޯ ބެލުމުގެ ޒިންމާއަކީ ފަނޑިޔާރަށް މަތިކޮށްފައިވާ ޒިންމާއެއްކަން އެނގޭކަމާއި،
އެހެންކަމުން ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދޭއިރު، ހުށަހަޅާ
ސަބަބު ނުވަތަ އެނޫން އެހެން ސަބަބެއް އޮތްކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެސަބަބަކަށްޓަކައި އެމީހަކު
ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ހުރަސްއަޅާ ކަމެއް ނޫންކަމާއި،
އަދި މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 181/HC-A/2012 ޤަޟިއްޔާގެ ފާހަގަ ކުރެވުނު
ނުކުތާތަކުގެ
ކުގެ ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަން އެނގޭކަމާއި،
މީހަކު ބަންދުކުރުމުގައި ތުހުމަތު ކުރެވޭ ކުށް ސާބިތުވުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް
ޝައްކު ކުރެވޭ ކުށުގެ ނުރައްކާތެރި ކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤު ކުރުމުގައި ހުރީ ކިހާ
މިންވަރެއްގެ އުނދަގޫ ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ
ކޮބައިކަމާއި، ޝައްކު ކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާއި ކުޅެ
ހެކިތަށް ނައްތާލުމުގެ ބިރުއޮތީ ކިހާވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ 09 (ނުވައެއް) ނުކުތާގައި ބަޔާންކޮށްފައި
އޮންނަކަމެވެ.
ދިވެހިރާއްލު)
(ބ) ފަސްވަނަ ކަމަކީ: މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަ ތަކަށާއި ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު ހދ. ހޮނޑައިދޫގަ
ހައިކޯ
1ނވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
1/
ތަކެއްޗާއި ބަނގުރާ ބޭނުންކޮށް ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ކޯޓު އަމުރެއްގެ ދަށުން
އެރަށަށް ފުލުހުންއަރާ އެރަށުގެ ތަންތަން ބަލާ ފާސް ކުރި ކުރުމުގައި، ހ. ތިމާވެށި ޢަބްދުﷲ ޖާބިރުގެ
އަތުން ރާކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިވާ ބިއްލޫރި ތައްޓެއް އެއްލާލިކަމަށާއި ޢަބްދުﷲ ޖާބިރު
އެވަގުތު ހުރީ މަސްތުހާލުގައިކަމަށް ބުނާ ހެކިން ތިބިކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި،
މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުން ކުރުމުގެ ތުހުމަތު ތަކާއި އެފަދަ ކުށްތަކަކީ އެކުށުގެ
ޒާތާއި ބާވަތުން މުޖުތަމަޢުއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލު
ތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށާއި އަދި އެއީ މުޢްލަޤް މަސްޢޫލިއްޔަތު އުފުލަންޖެހޭ
ކުށެއް ކަމަށާއި އެކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ދިވެހިރާއްޖޭގެ
ސްޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން އެނގޭކަމާއި، އަދި
އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަށާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ސަބަބުތަކުގެ ރިޢާޔަތްކޮށް، މަސްތުވާތަކެތީގެ މައްސަލަތަކުގައި
ތުހުމަތުކުރެވޭ މީހުން
ބަންދުކުރުމަށް މިކޯޓުގެ ނަންބަރު 248/HC-A/2012 ޤަޟިއްޔާއާއި، ނަންބަރު 277/HC-A/2012
ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާކަމާއި، އަދި ދަށު ކޯޓުން އެފަދަ ކުށުގެ ތުހުމަތުކުރެވޭ މީސްމީހުން
ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރުތަކަށް ތާއީދުކޮށް މިކޯޓުގެ ނަންބަރު 264/HC-A/2012
ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
މައްޗަށް
(ޅ) ހަވަނަ ކަމަކީ: ހ. ތިމާވެށި ޢަބްދުﷲ ޖާބިރުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ،
މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުމާއި ގެންގުޅުމުގެ ކުށުގައި ކަމާއި، މަސްތުވާތަކެތީގެ ވި
ހަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 6471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
34
އޭގެ
ބޭނުން ކުރުމުގެ ކުށްތަކަކީ އެކުށުގެ ޒާތާއި ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި
ލުންތަކަށްޓަކައި ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލު ތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް
ކަމަށާއި އަދި އެއީ މުތްލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ކަމާއި އެކުށަކީ އެންމެ މަތީ ދަރަޖައިގެ
ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011
ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާތީއާއި، މިބާވަތުގެ މައްސަލަތަކަކީ، އެމައްސަލަތަކުގެ ކުށުގެ ޒާތާއި
ބާވަތުން މުޖްތަމަޢަށް ނުރައްކާތެރިކަން ބޮޑު ބާވަތުގެ ކުށުގެ މައްސަލަތަކެއްކަން އެނގޭއިރު، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި، ތުހުމަތު ކުރެވޭ ކުށް ސާބިތުވުމަށް
ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް ޝައްކު ކުރެވޭ ކުށުގެ ނުރައްކާތެރި ކަމަކީ ކޮބައިކަމާއި، އަދި އެކުށް
ތަޙްޤީޤު ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫ ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ޝައްކު ކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ
ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާއި ކުޅެ ހެކިތަށް ނައްތާލުމުގެ ބިރުއޮތީ ކިހާވަރަކަށްކަން ވަޒަންކުރުމުގެ
ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަމާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ 09 (ނުވައެއް) ނުކުތާއަށް ބެލުމުން
އެނގޭތީއާއި މިމައްސަލައަކީ ހދ. ހޮނޑައިދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި ބޭނުންކުރުމުގެ
ކުށުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރުކުރެވުނު މައްސަލައެއްކަން އެނގޭކަމާއި މިމައްސަލާގައި
ހައްޔަރުކުރެވުނު މީސްމީހުންގެ ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ސަބަބަކީ، އެއް
ސަބަބެއްކަން އެނގެން އޮންނައިރު، އެމީހުންގެ ތެރޭގައި ހިމެނޭ ހިލިހިލާގޭ މުޙައްމަދު ޙަމްދާން
ޒަކީއާއި ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލު ބަންދުގައި ބެހެއްޓުމަށް އަމުރުކުދެއްވި ޚިޠާބާ
"އެމީހުންގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ މައްސަލައިގެ ބާވަތުން ތަޙްޤީޤު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
14
ދޫކޮށްލައިފިނަމަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި” ކަން
އެނގޭއިރު، މިމައްސަލާގައި ހިމެނޭ ތިމާވެށި ޢަބްދުﷲ ޖާބިރު ބަންދުން ދޫކޮށްލުމަށް
އަމުރުކުރައްވާފައިވަނީ، މިމައްސަލާގައި ޢަބްދުﷲ ޖާބިރު އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވަނީ
ހަމައެކަނި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެތީކަމަށް ފުލުހުން
ބުނެފައިވާއިރު ހެއްކާ ޤަރީނާ ހުރީ ހަމައެކަނި ފުލުހުންގެ ފަރާތުގައި ކަމަށްވާތީ ފުލުހުންގެ މައްޗަށް އެފަދަ
ނުފޫޒެއް ފޯރުވިދާނެކަމަށް ޤަބޫލުނުކުރެވޭތީއާއި އަދި ޢަބްދުﷲ ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
ކަމަށްވާތީ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތު އެވަގުތު އޮތްކަން
އެނގޭތީ މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެވަގުތު ޢަބްދުﷲ ޖާބިރު އިތުރަށް
ބަންދުގައި ބަހައްޓަން ފެނިވަޑައިން ނުގަންނަވާތީކަން އެނގެން އޮންނަކަމާއި، މިމައްސަލައިގެ ޒާތާއި
ބާވަތަށާއި މައްސަލައިގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ތަޙްޤީޤުކުރުމަށް ހުރި އުނދަގޫތަކުގެ މައްޗަށް
ބަލައި ނަޒަރުކުރާއިރު، ޢަބްދުﷲ ޖާބިރު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ތިލަދުންމަތީ ދެކުނުބުރީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއިރު ވެސް އަދި މިހާރުވެސް ހެކިންނަށް ނުފޫޒު
ފޯރުވުމުގެ އިޙްތިމާލު އޮތްކަން މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ބެލުމުން
އެނގޭތީ، ޢަބްދުﷲ ޖާބިރު ބަންދުން ދޫކޮށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2012
/
536-MD (17 ނޮވެމްބަރު 2012) ކޯޓު އަމުރުގައި، އަމުރު ކުރައްވާފައިވަނީ
ރަނގަޅަށް ކަމަށް ޤަބޫލުނުކުރެވޭތީ، އެއަމުރު ބާޠިލުކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިފައިވާ
ގޮތުގެ މަތިން އެމުއްދަތަށް ހ. ތިމާވެށި ޢަބްދުﷲ ޖާބިރު ބަންދުގައި ބެހެއްޓުމަށް އަމުރުކުރަށްލެވެއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2012/HC-A/319
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަޣުލަބިއްޔަތު ރައުޔު: ފަނޑިޔާރު ޢަލީ ސަމީރު، އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ބިނާކުރެވިފައިވާ އަސާސްތައް:
ގެ ރައުޔާއި
ހ29
އއ#
MD-2012536
(ހ) ފުރަތަމަ ކަމަކީ: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
ކޯޓު އަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާއަކީ،
ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުގެ ބޭރުން
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ހިމަނާފައިވާ މާއްދާއެއްކަމަށާއި، އެމާއްދާއަކީ ޤާނޫނުއަސާސީގެ 88
ވަނަ މާއްދާގެ (ހ) އާއި ފުށުއަރާ މާއްދާއެއްކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގައި ޤަވާޢިދުގެ 202 ވަނަ
މާއްދާ ބާޠިލްކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި
އެދިފައިވާ އެދުމާއި ގުޅިގެން ބެލިބެލުމުން، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅުނު ޢަބްދުﷲ ޖާބިރުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލާގައި އެއްވެސް ފަރާތަކުން
ޤާނޫނުއަސާސިގެ 88 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގައި ޤަވާޢިދުގެ 202 ވަނަ
މާއްދާއާއި ތަޢާރުޟުވާކަމަށްބުނެ އެނުކުތާ އެފަދައިން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 202
ވަނަ މާއްދާގެ ދުސްތޫރިއްޔަތާމެދު ވާހަކަ ދައްކާފައި ވާކަން އެނގެން ނެތުމުންނާއި، އިސްތިއުނާފް މިކުރެވޭ
އަމުރަށް އެދި ހުށަހެޅި މަޖިލީހުގައި ދެކެވިފައިވާ ނުވާ އަދި ހުށަހެޅިފައިނުވާ ކަމަކާއި މެދު އެއަމުރު
އިސްތިއުނާފް ކުރެވޭ މަޖިލީހުން ގޮތެއް ކަނޑައެޅެން ނޯންނާނެތީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
536-MD ކޯޓު އަމުރު އިސްތިއުނާފް ކުރެވޭ މިޤަޟިއްޔާގައި
އިސްތިއުނާފް ނުކުތާއެއްގެ ގޮތުގައި އެނުކުތާ ބަލައިގަތުމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް
OCX
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2012/HC-A/319
ކުރެވިދާނެކަމާއި، އަދި އެއީ ޤާނޫނު ނަންބަރު 5/2008 ފުލުހުންގެ ޤާނޫނުން، ފުލުހުންޖްމާޢީ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުފެނުނު ހިނދު، އެ ނުކުތާ ބަލައި ނުގަތުމަށް ނިންމާ، އެކަން މައްސަލާގައި ހިމެނޭ ދެފަރާތަށް
އެންގިފައިވާކަން ފާހަގަކުރެވެއެވެ
(ށ) ދެވަނަ ކަމަކީ: ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތީން
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާއި އެއްގޮތްވާ ގޮތުގެ މަތީން މެނުވީ، އެއްވެސް މީހެއްގެ
ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނޭކަމަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މީހަކު ހިފައި ހައްޔަރުކޮށް، ބަންދުކުރެވޭނެ
ޙާލަތުތައް ބަޔާންކޮށްދީފައިވަނީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައިކަމާއި،
މިގޮތުން ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް
ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ
ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ
ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މީހަކު ހިފައި
ހައްޔަރުކުރެވިދާނެކަން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންވެގެން
އޮންނައިރު، ޤާނޫނުގައިވާ ގޮތުގެ މަތިން ކުށުގެ ތުހުމަތުގައިވާ މީހުން ހިފައި ހައްޔަރުކުރުމާއި ތަންތަން
ބަލާ ފާސްކުރުމާއި، ކުށުގެ ތުހުމަތުގައިވާ މީހާގެ ހަށިގަނޑުން ސާމްޕަލް ނަގައި، ހެއްކާ ޤަރީނާ ހޯދައި،
އެތަކެތި ހިފަހައްޓައި، ރައްކައުތެރިކުރުމާއި، ޖިނާއީ ޢަމަލުތައް ތަޙްޤީޤުކުރުމުގެ ބާރަކީ ފުލުހުންނަށް
ލިބިގެންވާ ބާރެއްކަން ފުލުހުންގެ ޤާނޫނުގެ 8 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ކުށެއްގެ ތުހުމަތުގައިވާ މީހަކު
ހައްޔަރުކޮށް ބަންދުކުރެވޭ ފަދަ ޙާލަތެއް އޮތް ނަމަ އެފަދަ ޙާލަތެއްގައި މީހަކު ހިފައި
4
ކުށެއްކުރަންކަމަށް
cu o
ހައްޔަރުކޮށް ބަންދު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މެނުކަންތައްތަށް
އް
14
2012/HC-A/319
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބާރެއްކަން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 19/SC
-
A/2010 ނަންބަރު ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ
ނުކުތާތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މުޖްތަމަޢުގެ މަސްލަޙަތާއި ހަމަޖެހުން ޙިމާޔަތްކުރުމަށްޓަކައި
ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީ ކުރުމަކީ އެކަމަށް އިސްލާމްދީން ނުހަނު ބާރު
އަޅުއްވާ އަމުރު ކުރައްވާފައިވާކަމެއްކަން އެނގޭކަމާއި،
އަމުރުކޮށް މުންކަރާތްތައް
ނަހީކުރުމަކީ މި އުންމަތުގެ ސިފައެއްކަމުގައި ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާކަމާއި، މުޖުތަމައެއްގައި
ހިނގަމުންދާ މުންކަރާތެއް ހުއްޓުވުމަށްޓަކައި ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވާފައިވާ
އިރުޝާދު ފުޅުތަކުގެ އަލީގައި ބަލާއިރުވެސް މުންކަރާތެއް ފެނިއްޖެނަމަ އެމީހަކަށް ކުޅަދާނަވީ މިންވަރުކަން
ހުއްޓުވުމަށް މަސައްކަތް ކުރުމަށް އަމުރުކުރައްވާފައިވާކަމާއި، އަދި "އެއަމަލަކާއި ނުލައި
އެވާޖިބެއް ފުރިހަމަ ނުކުރެވޭނެ ކޮންމެ ޢަމަލަކީވެސް ވާޖިބެއްކަން" (هلله للهللޖ |$ ޕީ2 swé
هللل) މި ޝަރުޢީ ޤާޢިދާއަށް ނަޒަރުކުރުމުންވެސް އެނގޭކަމާއި، އެހެންކަމުން އެއްވެސް މުންކަރާތެއް
މީހަކު ކުރަމުންދާނަމަ ނުވަތަ މީހަކު ޖިނާއީކުށެއް ކުރަނިކޮށް ފެންނަހިނދު އެކަން ހުއްޓުވުމަކީ
އެމަސްއޫލިއްޔަތު މަތިކުރެވިފައިވާ ފަރާތެއްގެ ޝަރުޢީ ގޮތުން ވާޖިބުވެގެންވާކަމެއް
އެނގޭކަމާއި،
ޑ 3
4 ހއ ޑ 8
ހންeއ
OCOCC>
ކަން
މުޖްތަމަޢުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި
އުޅޭ އެންމެހާ
މީހުން ޙިމާޔަތްކޮށްދީ އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ދިނުމާއި، ޖިނާއީ ކުށްތައް
ތަޙްޤީޤުކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނޭ
ތައްޔާރީތައް ކުރުމާއި، ޤާނޫނު ނެގެހެއްޓުމަކީ ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދުކަނަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 19/1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
2012/HC-A/319
ދިވެހިރާއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއިން ކަނޑައަޅާފައިވީ ހިނދު، އަދި
މުޖުތަމަޢުގެ ޢާއްމު މަސްލަޙަތާއި އަމަންޢާއްމު ދެމެހެއްޓުމާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަން
ޤާއިމުކޮށް ދެމެހެއްޓުމަކީ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން ފުލުހުންގެ ދައުރާއި
މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަންތައްތައް ކަމަށްވީހިނދު، މި މުޖުތަމަޢުގައި އުޅޭ އެއްވެސް މީހަކު
ޖިނާއީކުށެއް ކުރަނިކޮށް ފެންނަހިނދު އެކަން ހުއްޓުވުމުގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން ފުލުހުންނާ
މަތިކުރެވިފައިވާކަން އެނގޭކަމާއި،
އެހެންކަމުން މީހަކު ޖިނާއީކުށެއް ކުރަނިކޮށް ފެންނަ ހިނދު އެކަން ހުއްޓުވުމަކީ އަދި އެކަން
ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ
ފެމެހާ ފިޔަވަޅުތައް، ޤާނޫނީ އިމުގެ ތެރެއިން އެޅުމަކީ ފުލުހުންގެ ޝަރުޢީ
އަދި ޤާނޫނީ ވާޖިބެއްކަން އެނގޭކަމެވެ.
ތަރުވަނަކަމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާ ,ގެ 88 ވަނަ މާއްދާގެ (ހ)
އަށް ޙަވާލާދީ، އެކުލަވާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ)
އަށްބަލާއިރު އެމާއްދާގައި، "ރައީސުލްޖުމުހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ
މައްޗަށް
މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަޤިއްލު
މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ
މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާ ވަގުތެއްގައި އެމައްސަލައާމެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން
މެންބަރަކު ހައްޔަރުނުކުރެޑޭޑެޑީޖެw
މިފަދައިން އޮންނަކަމާއި،
29
3 ޑ ވ 32
އިތުބާރުނެތްކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
އެހެންކަމުން، މިމާއްދާއަށް ފުރަތަމަ ނަޒަރުން ބަލާއިރު (prima facie} މިމާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތެއް އޮވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުނުކުރެވޭނެ ކަމުގެ
މަފްހޫމް އޮތްކަމަށް
އޮތްކަމަށް ބެލެވުމަކީ އެކަށީގެންވާ ކަމެއްކަމާއި،
COCc
އެހެންނަމަވެސް، ޤާނޫނެއް މާނަކުރުމުގައި، އެޤާނޫނެއް އެކުލަވާލި މަޤްސަދަށް، ނުވަތަ އެޤާނޫނުން
ޙާސިލުކުރަން ބޭނުންވި އަމާޒުތައް ޙާސިލުވާނޭގޮތަށް އެޤާނޫނެއް މާނަކުރުމަށް އިސްކަން ދޭންވާނެކަމަށާއި،
އަދި އެޤާނޫނެއްގެ މަޤްސަދުތައް ޙާޞިލުނުވާނެ ގޮތަކަށް އެޤާނޫނެއްގެ މާނަކުރެވިގެން ނުވާނެކަމަށް ޤާނޫނު
ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންވެފައި އޮންނައިރު،
މިޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ޤާނޫނުގެ މަޤްސަދަށް ބެލުމުގެ އުސޫލަކީ، ކަނޑައެޅިގެން
ވަކިބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތަށް ބެލުމުގެ ބަދަލުގައި، އެޤާނޫނު
ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤްސަދަށް ބަލައި، އެ މަޤްސަދު ދެނެގަތުމަށް
ފަހު، އެމަޤްސަދާއި އެއްގޮތްވާ ގޮތުގެމަތިން، އަދި އެމަޤްސަދު ދިރުވައި އާލާކުރެވޭނެ ގޮތުގެމަތިން،
ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް މާނަ ކުރުންކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ
މަޤްޞަދު އެކަމުގައި އޮތީ ކިހިނެއްކަން ދެނެގަތުމަށްޓަކައި ޤާނޫނު ހުއްދަކުރާ ވަސީލަތްތައް ޝަރީޢަތުގެ
މަޖިލީހުގައި ބޭނުން ކުރެވިދާނެކަމަށް އެމާއްދާގެ (ށ) ގައި އޮންނަކަމާއި،
4
2 ހ4 429
އ32999
P
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ރ) އެފަދައިން
މަޤްސަދު އޮތީ ކިހިނެއްކަން ދެނެގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނުއަސާސީއާއި، އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި އުސޫލުތަކާއި ރައްޔިތުންގެ މަޖިލީހުން މި
ތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
ފާސްކޮށްފައިވާ އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދު ތަކަކީ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ރައްޔިތުންގެ
މަޖިލީހުން ފާސްކުރުމުގެ މަޤްސަދު ދެނެގަތުމަށްޓަކައި ހުއްދަ ވަސީލަތްތަކެއްކަން އެނގޭކަމާއި،
01 3 2 3 4
8ބ ނކން
ހއ#ނކންP
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާތަކަށާއި،
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ޤާނޫނަށާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި
ބަޔާންވެގެންވާ އުސޫލުތަކާއި ހަމަތަކަށްބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ
(ރ) ގައި ރައީސުލްޖުމުހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް
އިތުބާރުނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ
މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް
މަޖިލީހަށް ހުށައެޅިފައިވާ ވަގުތެއްގައި އެމައްސަލައާމެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު
ކުރެވޭނެކަމަށް އޮންނަ އޮތުމަކީ އެއްވެސް ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ
ދަނިކޮށް އެމެންބަރަކު ހިފައި ހައްޔަރުނުކުރެވޭނެކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމެއް
ކަމަށް ނުބެލެވޭކަމާއި، އެއީ އެއަކުރުގެ މަޤްސަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއް
ކުރަމުން ދަނިކޮށް އެމެމްބަރަކު ހިފައި ހައްޔަރުނުކުރެވޭނެކަމަށް
އެކަންވާނީ
އިސްވެދެންނެވިފައިވާ ޝަރުޢީ ޤާޢިދާތަކާ ޚިލާފުކަމެއްކަމަށާއި، އެއާ ޚިލާފަށް އެމާއްދާގެ މަޤްސަދެއް
ކަމުގައި ބެލެވެނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ
ޙާލަތެއް މެދުވެރިވެފައިވާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭގޮތަށް
އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި، ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރި ނުވެވޭ
ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިފައި ހައްޔަރުކުރުމަށްފަހު ބަންދުގައި
ކުށެއް
ރހެން.
ކަނޑައެ
ޑައެޅުންކަމަށްވާނަމަ،
ހ، 9
8 ހއ 2
4
Occo
046
ކޯޓޭޝަން
އި
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
އަދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީކުށެއް ކުރަނިކޮށް ކުށުގެ ވެށިން ފެންނަ
ޙާލަތްތަކެއްގައި ހައްޔަރުނުކުރެވޭނަމަ، އެކަންވެގެން ދާނީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި،
ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ އިތުރަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ އާއި
ފުލުހުންގެ ޤާނޫނާއި، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ މުޖްތަމަޢުގެ ސަލާމާތާއި
ރައްކާތެރިކަން ކުރިއަށް ނެރެ ދެމެހެއްޓުމުގެ މަޤްސަދުތަކާއި ފުށުއަރާ ކަމެއް ކަމުގައި ކަމާއި،
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ރ) ގެ މަޤްސަދަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއް ކުރަމުން ދަނިކޮށް އެމެމްބަރަކު
ހިފައި
ހައްޔަރުނުކުރެވޭނެކަމަށް ކަނޑައެޅުން ނޫންކަމާއި، އެމާއްދާގެ މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހުގެ
ޤަވާޢިދުގެ 202 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެފައިވާނަމަ، ރައްޔިތުންގެ
މަޖިލީހުގެ ޖަލްސާތަކަށާއި، ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރި ނުވެވޭ ގޮތަށް
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިފައި ހައްޔަރުކުރުމަށްފަހު ބަންދުގައި ނުބެހެއްޓުންކަމަށް ބެލެވޭކަމެވެ.
ހއ
(ބ) ފަސްވަނަކަމަކީ، ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއްކުރަނިކޮށް ފެންނަ ހިނދެއްގައި،
މިޔަރުކުރުމަށްފަހު، ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހަކާއި މެދު ޢަމަލުކުރަންވީ ގޮތާއި އެމީހަކަށް
ލިބިގެންވާ ޙައްޤުތައް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި
ވާކަމާއި، މިހެންކަމުން ކުށެއް ކުރަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު
ހައްޔަރުކުރެވިއްޖެ ޙާލަތެއްގައިވެސް އެމެމްބަރަކާއި މެދު ޢަމަލުކުރަންޖެހޭނީ، ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގައިވާ އުސޫލުންކަން އެނގޭކަމާއި،
ގދ ޏ ސ ޑ ޖ ފ ދ ތ
@9ނޤީން
4 6 8 2 3
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، "އެ މީހަކާ މެދު
ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ
ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ
ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި
ބަހައްޓައިގެން ނުވާނެއެވެ" މިފަދައިން ބަޔާން ކޮށްފައިވާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 07 ވަނަ މާއްދާގައި،
ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު ފަނޑިޔާރު ނެރޭނީ އަންނަނިވި ސަބަބުތަކުގެ ތެރެއިން
ސަބަބެއް އޮތްނަމަ ކަމަށް ބަޔާން ކުރުމަށްފަހު، އެ މާއްދާގައި ބަޔާން ކޮށްފައިވާ ސަބަބުތަކަކީ އިސްވެ
ޤާނޫނުއަސާސިގެ
ސާސިގެ 49 ވަނަ މާއްދާގައިވެސް ބުނެފައިވާ ސަބަބުތައްކަން ފާހަގަކުރެވެން
ހއ 2
3
3
1ފބ ފ
އަންނަކަމެވެ.
(ޅ) ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 152/HC
-
A/2009 ޤަޟިއްޔާގައި
ޤާއިމުކޮށްފައިވާ އުސޫލުގެ މައްޗަށްބަލާއިރު، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއްގައި ގޮތެއް
ނިންމުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ކަންތައްތަކަށް
އެކަނިކަމާއި، ފަނޑިޔާރު ކުރިމައްޗަށް ހުށަނާޅާ ކަމެއްގެ މައްޗަށް ފަނޑިޔާރު ރިޢާޔަތްކޮށް
މައްސަލައެއްގައި ގޮތެއް ނިންމުމަކީ ފަނޑިޔާރުން މައްސަލަތައް ބަލާ ޙުކުމްކުރުމުގައި .ގުޅެންޖެހޭ
ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ އުޞޫލާއި ފުށުއަރާކަމެއްކަން އެނގޭކަމާއި، އެހެނީ ކުށެއްކުރިކަމުގެ ދަޢުވާ
އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ
ކެއިކ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/319
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙައްޤާއި އަދި ކުށުން ބަރީއަވުމަށްޓަކައި ދިފާޢު ހުށައެޅުމުގެ ފުރުސަތު ލިބުމަކީވެސް ކުށުގެ ތުހުމަތުގައިވާ
ހަމަ ކޮންމެމީހަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އަދި (ށ)
އަށް ބެލުމުން އެނގެން އޮތްއިރު، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަނޭޅޭ ކަމަކަށް ރިޢާޔަތް ކުރެވެނީ ނަމަ،
ތުހުމަތު ކުރެވޭ މީހާއަށް އެކަމެއްގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފަރުޞަތު ނުލިބޭނެކަމާއި، ތުހުމަތު
ކުރެވޭ މީހާއަށް ތުހުމަތުކުރެވޭ ކުށެއްގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ނުލިބޭގޮތަށް ނިންމޭ
ނިންމުންތަކަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގަ އާއި 43 ވަނަ މާއްދާގައި ބުނެފައިވާ ހަމަތަކާއި
ޚިލާފަށް ނިންމޭ ނިންމުންތަކެއް ކަމަށް ބެލެވޭނެކަމާއި، އެހެންކަމުން ކުށެއްގެ ތުހުމަތުގައިވާ މީހާގެ
ބަންދާއި މެދު ގޮތެއް ނިންމުމަށް ފުލުހުންގެ ފަރާތުން ހުށައަޅާ މައްސަލަތަކުގައިވެސް ކޯޓުން ބަލަން ޖެހޭނީ
ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް ފުލުހުންގެ ފަރާތުން ހުށައަޅާ ސަބަބު އެމީހެއްގެ
ކިބައިގައި ހުރިކަން ނުވަތަ ނެތްކަން ކަމާއި،
ޝައްކުކުރެވޭ
މިކަން ބެލުމުގައި ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި އަދި އެކުށް
ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަދޫތަކެއްތޯއާއި އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައި
ކަމާއި ކުށުގެ ތަބީޢަތަކީ ކޮބައި ކަމާއި ކުށުގެ ބޮޑުކުޑަމިނަކީ ކޮބައިކަމާއި އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި
އަދި ހެކިތަކާ ކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި ކޮންމެ މައްސަލައެއްގައިވެސް
އެމައްސަލައެއްގެ ބާވަތަށް ބަލައި ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ޝަރީޢަތް ކުރުމުގެ ކުރީގައި
ހައްޔަރުގައި ބެހެއްޓުން ޝަރޫރީކަން ނުވަތަ ނޫންކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން
އޮންނަކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 26471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
21 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
(ކ) ހަތްވަނަކަމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ TD047359 ފޯމަށާއި
މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ މައްޗަށް
ބަލާއިރު، ޢަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓަން ބޭނުންވާ ހަމައެކަނި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ
އޭނާ މިވަގުތު ބަންދުން ދޫކޮށްލައިފިނަމަ "ހެކިބަސް ދޭންތިބި ބަޔަކަށް ނުފޫޒު ފޯރުވާފާނެކަމަށްޓަކައި" ކަން
އެނގެން އޮންނަކަމާއި، ޢަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓަންޖެހޭ މިނޫން އިތުރު ސަބަބެއް ފުލުހުންގެ
ފަރާތުން ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓަށް ހުށައަޅާފައިވާކަން އެނގެން ނެތްކަމާއި މިހެންކަމުން
މިމައްސަލައިގައި ޢަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި
ފަނޑިޔާރު ރިޢާޔަތްކުރަން ޖެހޭނީ ޢަބްދުﷲ ޖާބިރުގެ ފުށުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙުތިމާލު
އޮތްތޯ ނުވަތަ ނޫންތޯ ކަމާއި، ޢަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓަންޖެހޭކަމަށް ފުލުހުންގެ ފަރާތުން
ހުށައެޅި ސަބަބުގެ މައްޗަށް ނަޒަރުކުރާއިރު، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓްކޯޓުން ޢަބްދުﷲ ޖާބިރުގެ
ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ ފުށުން ހެކީންނަށް ނުފޫޒެއް ފޯރުވިދާނެކަމުގެ އިޙުތިމާލެއް އޮތްކަމަށް
ނުފެންނާތީކަން ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012
/
536-MD ކޯޓު އަމުރަށް
ބެލުމުން އެނގެން އޮންނަކަމާއި، ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލުމަކީ ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހަކު ބަންދުގައި ބެހެއްޓުމަށް
އެކަށޭނެ ސަބަބެއްކަމަށް ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާއިރު، މިދެޙާލަތަކީވެސް ބައެއް ފަހަރުތަކުގައި އެއް ޙާލަތެއްގެ ގޮތުގައި މާނަކުރުމުގެ
ފުރުސަތު އޮތް ޙާލަތުތަކެއްކަން އެނގޭކަމާއި އެހެނީ ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިޙުތިމާލު އޮތުމަކީ
އޭގެޒާތުގައި ހެކި ނައްތާލުމުގެ ތެރޭގައި ހިމެނޭކަމެއްކަމުން ކުށުގެ ތުހުމަތުގައިވާ މީހަކު ހެކި
ނައްތާލާފާނެކަމުގެ ބިރު އޮވެއްޖެނަމަ އެކަމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ތެރޭގައި ހިމެނޭ ކަމެމްޙައްދަކީ
ބަލައި އެފަދަ މީހަކު ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ޤަބޫލުކުރެވޭކަމާއި، ޢަބްދުﷲ ޖާބި
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:
3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/319
44
(17 ނޮވެމްބަރ 2012) ކޯޓު އަމުރާއި ޚިލާފަށް އިސްތިއުނާފު މިކުރެވޭ ތިލަދުންމަތި އެހާއި
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހެކިންނަށް ނުފޫޒެއް ފޯރުވުމުގެ އިޙުތިމާލެއްނެތްކަމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ފާހަގަކޮށްފައި
ވީނަމަވެސް އޭނާ ޙައްޔަރު ކުރެވުނު ކުށުގެ ތުހުމަތުގެ ބާވަތަށް ބިނާކޮށް ތަޙުޤީޤު ކުރާފަރާތުން ކުޑަކަމުދާ
ތަކެތި ދިނުމަށް އެދުމުން އެކަމަށް އިންކާރު ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ފުލުހުންގެ
ފަރާތުން ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،މިއީ އޭނާ ބަންދުން ދޫކޮށްފިނަމަ
ހެކިނައްތާލުމާއި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެ ކަމުގެ އިހުތިމާލު އޭރު އޮތްކަމެއްކަމަށް
ބެލެވެން އޮތްކަމެއްކަމާ
އެކަމާއި، އަދި މިކަން، މިމައްސަލާގައި އިޝާރާތްކުރެވޭ ޙާދިސާއާ ގުޅިގެން ފުލުހުން
ހައްޔަރުކުރި ގ.ހިލިހިލާގެ މުޙައްމަދު ޙަމްދާން ޒަކީއާއި ސ.ހުޅުދޫ، ރީފް ސައިޑް ޖާދުﷲ ޖަމީލުގެ ބަންދުގެ
މުއްދަތާއި ގުޅިގެން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2012
/
532-MD
(17ނޮވެމްބަރ 2012) ކޯޓު އަމުރުންނާއި، އެކޯޓުގެ ނަންބަރު 2012
/
538-MD (17ނޮވެމްބަރ
2012) ކޯޓު އަމުރުން އެދެމީހުން 17 ނޮވެމްބަރު 2012 ވަނަ ދުވަހުގެ 01:10 އިން ފެށިގެން 22
ނޮވެމްބަރު 2012 ވަނަ ދުވަހުގެ 01:09 އާއި ހަމައަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަށާއި، އެދެމީހުންގެ ފަރާތުން އެދެއަމުރު
އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދެ އަމުރަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 320/HC
-
A/2012 ޤަޟިއްޔާއާއި، ނަންބަރު 323/HC
-
A/2012 ޤަޟިއްޔާގައި
ތާއީދުކުރައްވާފައިވާ ވުމުން އިތުރަށް ޔަޤީން ކޮށްދޭކަމާއި
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު
2012
/
532-MD (17 ނޮވެމްބަރ 2012) ކޯޓު އަމުރާއި، އެކޯޓުގެ ނަންބަރު 2012
/
538-MD
ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012
/
536-MD
އަމުރުން ޢަބްދު1
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
cu OCC
ބަންދުގައި ބެހެއްޓޭނެ ތަނެއްނެތްކަމަށް ކަނޑައެޅުމާއި ގުޅިގެން 17 ނޮވެމްބަރ 2012 ވަނަ ދުވަހުގެ
11:00 އިން ފެށިގެން މިހާތަނަށްވެސް ޢަބްދުﷲ ޖާބިރު ހުރީ މުޖަމަޢުގެ ތެރެއަށް ދޫވެފައިވާކަން
އެނގޭކަމާއި، މިހެންކަމުން ޢަބްދުﷲ ޖާބިރުގެ ފުށުން ހެކިފޮރުވުމަށް، ނުވަތަ ހެކިބަސްދޭންތިބި ބަޔަކަށް
ނުފޫޒު ފޯރުވަފާނެ ކަމަށް ފުލުހުންގެ ފަރާތުން ބުނިނަމަވެސް، ޢަބްދުﷲ ޖާބިރުގެ ފުށުން ހެކިފޮރުވުމަށް،
ނުވަތަ ހެކިބަސްދޭންތިބި ބަޔަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ކުރެވޭ އެއިހުތިމާލަކީ މިހާރު އިތުރަށް އޮތް
އިޙްތިމާލެއްކަމަށް ނުފެންނަކަމާއި، އެހެންކަމުން ހަމައެކަނި އެސަބަބުގެ މައްޗަށް ބިނާކޮށް ޢަބްދުﷲ ޖާބިރު
ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިހާރު އަމުރު ކުރަންޖެހޭ ސަބަބެއް ނެތްކަމާއި،
2
6
2 ހދޑ 8
އެހެނޭންވޭ
.މަވެސް،
ސް، ޢަބްދުﷲ ޖާބިރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއި ގުޅިގެން ބަންދުގައި
ހުންނަންޖެހޭފަދަ ސަބަބުތަކެއް އަދިވެސް ހުރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފެންނަ ނަމަ،
އަދި
އެ ސަބަބު ތަކަކީ ޤާނޫނުއަސާސީގެ ގެ 49 ވަނަ މާއްދާގައި ބުނެފައިވާ ސަބަބުތަކުގައި ތެރޭގައި ހިމެނޭ
(ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ސަބަބު ފިޔަވައި) ސަބަބެއް ނުވަތަ
ސަބަބުތަކެއް ކަމުގައި ދެކޭނަމަ، އެސަބަބެއް ނުވަތަ ސަބަބު ތަކެއްގެ މައްޗަށް ބިނާކޮށް އެފަދަ އަމުރެއް
ހޯދުމަށް ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ފުރުސަތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް
ފުރުޞަތެއްކަން ފާހަގަކުރެވެއެވެ.
8+
ވީމާ، އިސްވެ މި ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ތިލަދުންމަތީ
ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
536-MD ކޯޓު އަމުރަކީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލް ނު،
ހުށަހެޅި ނުކުތާތަކާއި ގުޅިގެން އިސްވެ މި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެއަމުރު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
.204)
24 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/319
ޢަބްދުﷲ ޖާބިރު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައި ވިޔަސް،
މިހާރު އެފަދަ ސަބަބެއް ވުޖޫދުގައިވާކަމަށް
ޤަބޫކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ބެލެވެން
ނެތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން ޢަބްދުﷲ ޖާބިރު ބަންދުގައި ބެހެއްޓުމަށް އަމަރު
ކުރާނެ ތަނެއް އޮތްކަމަކަށް ނުފެނެއެވެ.
ޙުކުމް:
.ތިމީޑި;ނު ކަންތައްތަކަށް
2
22 / ގދ ދވ
ވީމާ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
536-MD
ކޯޓު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ނުކުތާތަކާއި ގުޅިގެން މިމައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ފާހަގަކުރެވުނު އިސްވެ އިޝާރާތްކުރެވުނު ބަލާއިރު،
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އެ އަމުރުގައި، ހެއްކާއި ޤަރީނާ ހުރީ ހަމައެކަނި
ނުކުރެވޭތީއާއި، އަދި ޢަބްދުﷲ ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަމުގައިވާތީ މަޖިލީހުގެ
ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް އެވަގުތު ރައިސުލްޖުމްހޫރިއްޔާ އާއި ސިވިލް
ސަރވިސް ކޮމިޝަނުގެ ރައިސް މަޤާމުން ދުރުކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ފައިވާ
ވަގުތެއްކަން އެނގޭތީ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު ޢަބްދުﷲ ޖާބިރު
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށް ވިދާޅުވެ އޭނާ ދޫކޮށްލުމަށް އަމުރު ކުރެއްވިއިރު، އޭނާ
ބަންދުގައި
ބެހެއްޓުމަށް
މިމައްސަލަބެލި
ފަނޑިޔާރުންނަށް ޤަބޫލުކުރެވުނު ހިނދު އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނެރުއްވާފައިވާ އަމުރެއްކަމަށް ނުފެންނާތީ އެއަމުރު ބާޠިލް ކަމަށް ކަނޑައަޅާ، ފުލުހުންގެ ފަރާތުން )
އަމުރުކުރުމަށް
އެކަށީގެންވާ ސަބަބެއް
މހ4
އހ2ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/319
25 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޖާބިރު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވާ އެސަބަބުގެ މައްޗަށް ބިނާކޮށް ޢަބްދު
ޖާބިރު ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާއިން އަމުރުކުރަން ބަލާއިރު،
ޢަބްދުﷲ ޖާބިރު ގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވައި ހެކިނައްތާލުމަށް މަސައްކަތް ކޮށްފާނެ ކަމުގެ
އިހުތިމާލަކީ މިހާރު އިތުރަށް އޮތް އިހުތިމާލެއް ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެންނާތީ އެ ސަބަބުގެ މައްޗަށް އެކަނި ބިނާކޮށް މިހާރު
ޢަބްދުﷲ ޖާބިރު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާނެ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv