ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/45 ޤަޟިއްޔާގެ ޙުކުމް
ޕޮލިކީން
1
2014HC-A/45
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
با نام انیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖޭ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ:45/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
*ނަން: ޙުސައިން ޢަފީފު
ދާއިމީ އެޑްރެސް: އާރާމްގެ/ ށ. ފޯކައިދޫ
އައިޑީކާޑުނަންބަރ: A148758 * މިހާރުގެ އެޑްރެސް: ގ.ޕާކަރުހައުސް ކ.މާލެ
| އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީކުރެވުނު ތާރީޚް:25 ފެބްރުވަރީ 2014 * ނިމުނު ތާރީޚް: 20 އެޕްރީލް 2014
9,322
• އިސްތިއުނާފުކުރެވުނުޤަޟިނިއްޔާނަންބަރ: 2013/Cr
-
C/651
• ޤަޟިއްޔާގެ ބާވަތް: ފުލުހުންގެ ދައުރު އަދާކުރަންހުރި މީހަކަށް ހަމަލާދިނުން.
• ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ހުށަހެޅުނު ތާރީޚު:03 ޖޫން 2013 ނިމުނު ތާރީޚް:30 އޮކްޓޯބަރ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my
ޕޮލިކީން
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/45
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/Cr-C/657 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެދި ށ.ފޯކައިދޫ އާރާމްގެ ޙުސައިން ޢަފީފް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު :
A148758 ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
22c
0
1- ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/Cr
-
C/657 ޤަޟިއްޔާ އަށް ބަލާއިރު އެޤަޟިއްޔާއަކީ،
ށ.ފޯކައިދޫ އާރާމްގެ ޙުސައިން ޢަފީފް 06 ސެޕްޓެމްބަރު 2012 ދުވަހު 23:30 އެހައި ކަންހާއިރު،
ރަޖިސްޓްރީ ނަންބަރު ޕީ9859 ސީ ސައިކަލުގައި ޝަބްނަމް މަގުން ވަންވޭއާ އިދިކޮޅަށް
ދުއްވާފައި ދަނިކޮށް، އެސަރަޙައްދުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުންގެ ބޭކަލުން ޙުސައިން ޢަފީފަށް
އަނބުރާލާފައި ވަންވޭއާ އެއްކޮޅަށް ދިއުމަށް އެންގުމުން، އަނބުރާލާފައި ނުދާނެކަމަށްބުނެ، ފުލުހުންގެ
ބޭކަލުންނާ ދިމާލަށް ސައިކަލުގައި ގޮސް ކޮންސްޓަބަލް މުޙައްމަދު ޝިހާމްގެ ގައިގައި ސައިކަލުން
ޖައްސާފައިވާތީ ޤާނޫނު ނަންބަރު 5/2008 ( ފުލުހުންގެ ޤާނޫނު)ގެ 73 ވަނަ މާއްދާއާ ޙަވާލާދީ
އެޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ށ.ފޯކައިދޫ އާރާމްގެ ޙުސައިން ޢަފީފުގެ މައްޗަށް ފުލުހުންގެ
ދައުރު އަދާކުރަން ހުރި މީހަކަށް ޙަމަލާދިނުމުގެ ކުށުގެ ދަޢުވާ ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ކަމާއި
އެޤަޟިއްޔާގައި، ށ.ފޯކައިދޫ އާރާމްގެ ޙުސައިން ޢަފީފުގެ މައްޗަށް ދައުލަތުން ކުޅަ
ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ޙަމަލާދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނ.ގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my eiro;
.ކީން
3
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/45
ޙުސައިން ޢަފީފުގެ އަމިއްލަ އިޢުތިރާފުން އެނގެން އޮތްމިންވަރުގެ މައްޗަށާއި ދައުލަތުން ހުށަހެޅި ހެކިންގެ
ހެކިބަހުންނާއި އަނިޔާ ލިބުނު ފަރާތުގެ ބަހުން އެނގެން އޮތްމިންވަރުގެ މައްޗަށް ބިނާކޮށް، ޤާނޫނު
ނަންބަރު 5/2008 ( ފުލުހުންގެ ޤާނޫނު)ގެ 73 ވަނަ މާއްދާ ގެ ދަށުން ފުލުހުންގެ ދައުރު އަދާކުރަން
34
ހުރި މީހަކަށް ޙަމަލާދިނުމުގެ ކުށުން ޙުސައިން ޢަފީފު ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ މިކުށުގެ
އުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ށ.ފޯކައިދޫ އާރާމްގެ ޙުސައިން ޢަފީފު
ދިހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރައްވާފައި އޮންނަކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
06
2- ކްރިމިނަލް ކޯޓުގެ
ނަންބަރު: 2013/Cr
-
C/657 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުން އެދި
ށ.ފޯކައިދޫ! އާރާމްގެ ޙުސައިން ޢަފީފް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 02
(ދޭއް) ނުކުތާއެއް ހުށަހަޅައި އެކަންކަމާއިބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
0 0
<< O
ދ 0
ފުރަތަމަ ނުކުތާ އަކީ، ޙުސައިން އަފީފުގެ އިއުތިރާފުގެ މައްޗަށް ބިނާކޮށްގެން މައްސަލަ
ނިންމާފައިވާކަމަށް ޙުކުމުގައި ބުނެފައިވީނަމަވެސް، ޙުސައިން އަފީފުގެ މައްޗަށް އުފުލުން ދަޢުވާއަށް
ޙުސައިން އަފީފް އިންކާރުކޮށްފައިވާއިރު، އެދަޢުވާ ޙުސައިން އަފީފުގެ މައްޗަށް ސާބިތުވާކަމަށް
ނިންމާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، އަނިޔާ ލިބުނު ފަރާތުގެ ހެކިބަސް ނެގުމަށްފަހު އޭނާގެ ހެކިބަހުގެ މައްޗަށް
ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
3- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/Cr
-
C/657 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ދިވެހިރާއްޖޭގެ ހައިކޯޓް،އްބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my eiro;
ޕޮލިކީން
2014/HC-A/45
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
23
ގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓް އެކުގައިވާ، ލިޔެކިޔުންތަކާއި ބަޔާންތަކާއި މިމައްސަލައާ ގުޅޭގޮތުން
ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާއިގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޙުސައިން ޢަފީފުގެ އިއުތިރާފުގެ މައްޗަށް ބިނާކޮށްގެން މައްސަލަ
ނިންމާފައިވާކަމަށް ޙުކުމުގައި ބުނެފައިވީނަމަވެސް، ޙުސައިން ޢަފީފުގެ މައްޗަށް އުފުލުނު ދަޢުވާއަށް
ޙުސައިން ޢަފީފް އިންކާރު ކޮށްފައިވާއިރު، އެދަޢުވާ ޙުސައިން ޢަފީފުގެ މައްޗަށް ސާބިތުވާކަމަށް
ނިންމާފައިވާކަމަށް ބުނެ މައްސަލަ އިސްތިއުނާފު ކުރިފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި، 03
ޖުލައި 2013 ވަނަ ދުވަހު ޙުސައިން ޢަފީފު ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު، ޙުސައިން
ޢަފީފު އަވަހަށް ދާންވެގެން ވަންވޭއާ އިދިކޮޅަށް ދިޔަ ކަމަށާއި އަދި އެގޮތަށް ދަނިކޮށް ފުލުހުން އޭނާ
މަޑުކުރުވާ އަނބުރާލާފައި ވަންވޭއާ އެއްގޮތަށް ދިއުމަށް އެންގިކަމަށާއި، ޙުސައިން އަފީފު ޤަސްދުގައި
އެވެސް މީހެއްގެ ގައިގާ ޖައްސާފައި ނުވާނެ ކަމާއި ޖެހުނުނަމަ ޖެހުނީ ސައިކަލް އަނބުރާލަން އުޅުމުގެ
ތެރޭގައި ކަމަށްވެސް ބުނެފައިވާއިރު ޙުސައިން ޢަފީފުގެ މިބުނުމުން ޙުސައިން ޢަފީފުގެ ސައިކަލުން
ފުލުހެއްގެ ގައިގައި ޖެހިފައިވާކަން ޙުސައިން ޢަފީފުގެ ބަހުން އެނގޭ ކަމާއި އަދި މިއީ ފުރަތަމަ މައްސަލަ
ކަމަށްވާތީ ލުއިގޮތެއް ހައްދަވާ ދެއްވުމަށް އެދޭ ކަމަށް ޙުސައިން ޢަފީފު ބުނެފައިވާކަން އެނގެން އޮތްއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ބައްލަވާ ޙުކުމް ކުރެއްވުމުގައި ޙުސައިން ޢަފީފުގެ އަމިއްލަ
އިޢުތިރާފުން އެގެންއޮތް، އިސްވެ ދެންނެވިފައިވާ ކަންކަމުގެ އިތުރުން، އެމައްސަލަ ސާބިތުކުރުމުގެ ގޮތުން
ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހުގެ މައްޗަށާއި ހާދިސާގައި އަނިޔާ ލިބުނު
ފަރާތުގެ ބަހުގެ މައްޗަށްވެސް ރިޢާޔަތް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
2 22 22
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނ.ގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my eiro;
ޕޮލިކީން
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/45
މިގޮތުން ބަލާއިރު، މިމައްސަލާގައި ޙުސައިން ޢަފީފުގެ މައްޗަށް ހެކިބަސް ދީފައިވާ
ފ.މަގޫދޫ ކެނެރީގެ ޢަލީ ޘަރާއި ޕޮލިސް ކޮންސްޓަބަލް) ދަށުކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، 06
ސެޕްޓެމްބަރ 2012 ދުވަހު ޕެރޭޑަކަށް މަގުބަންދު ކުރަންޖެހިގެން މަގުބަންދުކޮށްގެން ތިއްބާ ޙުސައިން
ޢަފީފު އެމަގުން ވަންވޭއާ އިދިކޮޅަށް ދުއްވާފައި އައުމުން އަނބުރާލާފައި ދިއުމަށް ބުނުމުން،
ހަޑިއެއްޗެއްބުނެ ދާންނުޖެހޭނެކަމަށް ބުނި ކަމަށާއި އަދި އަނބުރާލާފައި ދިއުމަށް ތަކުރާރުކޮށް ބުނުމުންވެސް
މިއަދު ބޭނުންވަނީ ކަލޭމެންނާ އެކުގައިދާށޭ ޙުސައިން ޢަފީފު ބުނިކަމަށާއި، އަދި މުޙައްމަދު ޝިހާމުގެ
ގައިގާ އެތައް ފަހަރަކު ތަކުރާރުކޮށް ޙުސައިން ޢަފީފު ސައިކަލުން ޖެއްސި ކަމަށާއި ކޮންމެފަހަރަކު ވެސް
ސައިކަލުން ޖައްސާފައި ފަހަތަށް ގޮސް އަނެއްކާ ކިޔަރަށް ލާފައި އައިސް ޖައްސަނީ ކަމަށާއި މިޢަމަލު
ހިންގިއިރު ޢަލީ ޘަރާއު ހުރީ މުޙައްމަދު ޝިހާމުގެ ކައިރީ ކަމަށްވެސް ބުނެފައިވާކަން އެނގޭކަމާއި
އަދި އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ހިމެނޭ ހާދިޘާ ގައި އަނިޔާ ލިބުނު ފަރާތް
ކަމަށްވާ ޏ.ފުވައްމުލައް، ޖޭސްމޭނުގެ މުޙައްމަދު ޝިހާމު (ޕޮލިސް ކޮންސްޓަބަލް) ދަށުކޯޓަށް ދީފައިވާ
ބަޔާނަށް ބަލާއިރު، 06 ސެޕްޓެމްބަރ 2012 ދުވަހު ޕެރޭޑަކަށް ޝަބްނަމް މަގު ބަންދުކޮށްގެން ތިއްބާ
އެމަގުން ވަންވޭއާއި އިދިކޮޅަށް ޙުސައިން ޢަފީފު ވަދެގެން އަންނަނިކޮށް އަނބުރާލާފައި ދިއުމަށް އެންގުމުން
"މިއީ ކަލޭ އަމާ، ބަފާގެ އެއްޗެއްހޭ އަނބުރާލާފަދާން" ޙުސައިން އަފީފު ބުނެފައިވާ ކަމަށާއި އަދި
ޙުސައިން ޢަފީފު ސައިކަލުން މުޙައްމަދު ޝިހާމުގެ ކަނާތު ބޫޓު މައްޗަށް އެރުވި ކަމަށާއި އަދި ކުރިމަތިން
އައިސް ބަނޑުގައި ސައިކަލުން ޖައްސާފައިވާ ކަމަށާއި އަދި ތަކުރާރުކޮށް ސައިކަލުން ޖެއްސުމަށްފަހު
އިތުރަށް ހަމަލާދޭން ޙުސައިން ޢަފީފު މަސައްކަތް ކުރި ކަމަށްވެސް މުޙައްމަދު ޝިހާމު ބުނެފައިވާކަން
އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނ.ގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޕޮލިކީން
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/45
(ށ) ދެވަނަ ކަމަކީ، ޙުސައިން ޢަފީފުގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ
ދެވަނަ ނުކުތާގައި އަނިޔާލިބުނު ފަރާތުގެ ހެކިބަސް ނެގުމަށްފަހު އޭނާގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް
މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވުމުގައި އަނިޔާލިބުނު ފަރާތުގެ ބަހުގެ މައްޗަށް ރިޢާޔަތް
ކުރައްވާފައިވަނީ މައްސަލާގެ ޤަރީނާއެއްގެ ގޮތުގައި ކަން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/657
ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގޭކަމާއި އަނިޔާލިބުނު ފަރާތުން ބުނާ ބުނުމުގެ މައްޗަށް ޝަރީޢަތުން
ރިޢާޔަތް ނުކުރެވޭ ކަމަށް ބެލޭފަދަ ޤާނޫނީ އެއްވެސް ހުއްޖަތެއް ޙުސައިން ޢަފީފުގެ ފަރާތުން ޝަރީޢަތަށް
ހުށަހެޅިފައިނުވާކަން އެނގެއެވެ.
4 22
(ނ) ތިންވަނަ ކަމަކީ، އިސްވެބަޔާންކުރެވިދިޔަ ކަންކަމަށް ބަލާއިރު ކްރިމިނަލް ކޯޓުގައި
ށ.ފޯކައިދޫ، އާރާމްގެ ޙުސައިން ޢަފީފުގެ މައްޗަށް ފުލުހުންގެ ދަޢުރު އަދާކުރަން ހުރި މީހަކަށް
ހަމަލާދިނުމުގެ ކުށުގައި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލި ދަޢުވާ އެކަށީގެންވާ
މިންވަރެއްގެ ޝައްކެތްނެތި ޝަރީޢަތަށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ޤަރީނާ ލިބިފައި ހުރިކަން އެނގެން
އޮތުމުން ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/Cr-C/657 ޤަޟިއްޔާ ގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށްވަނީ އިއްތިފާޤުވެވިފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނ.ގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޕޮލިކީން
7
2{14/HC-A/45
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
/
cu o
ދެންފަހެ ބަޔާންކުރެވިދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު:
2013/Cr-C/657 ޤަޟިއްޔާގައި އެކޯ
ކޯޓުން ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް އެގޮތުގެ މަތިން މައްސަލާގެ ޙުކުމް ކޮށްފީމެވެ.
OX
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނ.ގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv