ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/229 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2009/HC-A{229
کی عمری
ދެލި
بم اقم التمر السیسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 229/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
z ނަން: އަޙްމަދު ޖަނާޙް
އެޑްރެސް: ހ. ސޯނަރި / މާލެ
* އައި.ޑީ.ކާޑް ނަންބަރު:A041615
މިހާރުގެ އެޑްރެސް: ވަލުމައިޒާންދޮށުގެ/ މާލެ
ދާއިމީ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ޢަލީ މަނިކު
ދާއިމީ
އެޑްރެސް: ހ. ކާމިނީޕޫލް / މާލެ
* އައި.ޑީ.ކާޑް ނަންބަރު:A03A07
މިހާރުގެ އެޑްރެސް: ހ. ކިނޮޅަސް | މާލެ
*
*
* ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 އޯގަސްޓް 2009 ޔޫ ނިމުނު ތާރީޚް: 26 ފެބްރުއަރީ 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރ: 2008/MC/2081
* ކޯޓު: މަދަނީ ކޯޓު
ނިންމެވި ތާރީޚް:
ޚާ: 22 ޖޫން 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު "
2009{HC-A/229
يمر مني .*
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/2081 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ސޯނަރީ އަޙްމަދު ޖަނާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ކުރުމަށް ހ.
ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ހ. ކާމިނީޕޫލް ޙަސަން ޢަލީ މަނިކުއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
-1
މަދަނީ ކޯޓުގެ ނަންބަރު 2008/MC/2081 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހ. ސޯނަރީ އަޙްމަދު ޖަނާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
މަދަނީ ކޯޓުގެ ނަންބަރު 2008/MC/2081 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް ހ.
ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިން ސައްތަ) ހިއްސާ، 700,000.00$US
(ހަތް ލައްކަ ޔޫ.އެސް ޑޮލަރ) ށް ވިއްކާލުމަށް ހ. ކާމީނީޕޫލް ޙަސަން ޢަލީ މަނިކަށް ހުށަހެޅި ހިނދު،
އަޙްމަދު ޖަނާޙުގެ އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިން ސައްތަ) ހިއްސާ، އެއަގަށް ގަންނަން
ޙަސަން ޢަލީ މަނިކު އެއްބަސްވެ، 08 ފެބްރުއަރީ 2007 ދުވަހު އަޙްމަދު ޖަނާއާއި ޙަސަން ޢަލީ މަނިކާ
ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އަޙްމަދު ޖަރާޙަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ ފުރަތަމަ 02
(ދޭއް) އިންސްޓޯލްމަންޓުގެ ފައިސާ ކަނޑައި ބާކީވާ 400,000.00$USD (ހަތަރު ލައްކަ ޔޫ.އެސް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3316471 (*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު "
کی عمری
=32
2009/HC-A{229
ޑޮލަރު) ދެއްކުމާ ބެހޭ ގޮތުން އެއްބަސްވެފައިވާ ގޮތުގެ މަތިން ޙަސަން ޢަލީ މަނިކު ޢަމަލުކުރަމުން ނުދާތީ
ބުނެވިދިޔަ 400,000.00$USD (ހަތަރު ލައްކަ ޔޫ.އެސް ޑޮލަރު) ގެތެރެއިން ނުދެއްކިވާ
US
$
369,500.00 (ތިންލައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ޔޫއެސް ޑޮލަރ) އާއި
އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާނަމަ، އެއްބަސްވުމުގެ 11 ވަނަމާއްދާގައިވާ ގޮތުގެ މަތިން
ދައްކަންޖެހޭ 36,950.00$US (ތިރީސްހަހާސް ނުވަސަތޭކަ ފަންސާ ޔޫއެސް ޑޮލަރ) އާ އެކުޖުމްލަ
US
$
406,450.00 (ހަތަރުލައްކަ ހަހާސް ހަތަރުސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރ) ޙަސަން ޢަލީ
މަނިކުގެ އަތުން އެއްފަހަރާ ހޯދުމަށް އެދި ހ. ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާހު ދަޢުވާ ކުރުމުން ބެލެވުނު
ޤަޟިއްޔާއެއްކަމާއި،
h/
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގައި އޮތް
ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙްގެ %33 (ތެއްތިރީސް އިން ސައްތަ) ހިއްސާ،
ކާމީނީޕޫލް ޙަސަން ޢަލީ މަނިކަށް 700,000.00$US (ހަތް ލައްކަ ޔޫ.އެސް ޑޮލަރ) އަށް
ވިއްކުމާބެހޭ ގޮތުން އެދެފަރާތުގެ ދެމެދުގައި 08 ފެބްރުއަރީ 2007 ދުވަހު ވެފައިވާ އެއްބަސްވުމުގެ
ދަށުން، އަޙްމަދު ޖަނާއަށް ޙަސަން ޢަލީ މަނިކު ދައްކަންޖެހޭ ފުރަތަމަ 02 (ދޭއް) އިންސްޓޯލްމަންޓުގެ
ފައިސާ ކަނޑައި ބާކީވާ 400,000.00$USD (ހަތަރު ލައްކަ ޔޫ.އެސް ޑޮލަރ) އަދާކުރުމަށް
އެއްބަސްވެފައިވަނީ ދެވަނަ އިންސްޓޯލްމަންޓް ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވާ ތާރީޚް ކަމަށްވާ
08 ސެޕްޓެމްބަރު 2007 ) ދުވަހުން ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކު 3500.00$US (ތިންހާސް
ފައްސަތޭކަ ޔޫ.އެސް ޑޮލަރ) ގެ މަގުން 10 (ދިހަ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައިކަން އެ
އެއްބަސްވުމުގެ 08 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތް ހިނދު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647)
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 ޤަޟިއްޔާ ނިމުނު "
کی عمر مترمربع
2009/HC-A{229
24 2
ބުނެވިދިޔަ 400,000.00$US (ހަތަރު ލައްކަ ޔޫ.އެސް ޑޮލަރ) އަދާ ކުރުމާ
ގޮތުން އެއްބަސްވެފައިވާ ގޮތަށް ޙަސަން ޢަލީ މަނިކު ފައިސާ ދައްކަމުން ނުދާކަމަށްބުނެ، އެފައިސާގެ
ތެރެއިން ދައްކާފައިވާ ފައިސާ ކަނޑައި ބާކީވާ އެންމެހާ ފައިސާ އާއި އަދި އެއްބަސްވުމުގެ 11 ވަނަ
މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ، ޙަސަން ޢަލީ މަނިކުގެ އަތުން އެކީ އެއްފަހަރާ ހޯދުމަށް
އަޙްމަދު ޖަނާހް ދަޢުވާކޮށްފައިވަނީ، އެފައިސާ ދައްކައި ނިމުމުގެ ކުރިން ކުންފުނި ވިއްކާލައިފިނަމަ
އެހާތަނަށް ނުދައްކައިވާ އެންމެހާ ފައިސާއެއް ޙަސަން ޢަލީ މަނިކުގެ ފަރާތުން އަޙްމަދު ޖަނާއަށް ވަގުތުން
ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގެ
ބަސްވުމުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުންފުނީގެ ހިއްސާ އިތުރު
ފަރާތަކަށް މިހާރު ވިއްކާފައިވާކަމަށްބުނެ
ތިބީ ކަމަށްބުނެ އެކަމުގެ މައްޗަށް ބިނާކޮށްގެން
ކަމަށްވެފައި،
އެއްބަސްވުމުގެ 09 ވަނަ މާއްދާގައި "ކުންފުނި ވިއްކުން" ކަމަށް ބުނެފައިއެވަނީ
ކުންފުނީގެ ހިއްސާ އިތުރު އެހެން ފަރާތަކަށް ވިއްކުމުގެ މާނައިގައިކަން އެއެއްބަސްވުމަށާއި ދެފަރާތުގެ
ވާހަކަތަކަށް ބެލުމުން އެނގެން ނެތުމާ އެކު، "ކުންފުނިން ވިއްކުންމި މުޞްޠަލަޙަކީ ޤާނޫނީ ގޮތުން
ތަރުޖަމާކުރެވެން ނެތް ބާޠިލް މުޞްތަލައެއް (އިންވެލިޑް ޓާރމެއް ކަމަށްވާތީ،
އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ އިތުރު ފަރާތަކަށް
ވިއްކާފައި ނުވަތަ ޓްރާންސްފަރ ކޮށްފައި އޮތް ނަމަވެސް، އެކަމުގެ މައްޗަށް ބިނާކޮށްގެން، ބުނެވިދިޔަ
US
$
400,000.00 (ހަތަރު ލައްކަ ޔޫ.އެސް ޑޮލަރ) ގެ ތެރެއިން ދައްކާފައިވާ ފައިސާ ކަނޑައި،
ބާކީވާ ފައިސާއާއި، އެއްބަސްވުމުގެ 11 ވަނަމާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ، ޙަސަން
ޢަލީ މަނިކުގެ އަތުން އެކީ އެއްފަހަރާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި، އަދި ބުނެވިދިޔަ
US
$
400,000.00 (ހަތަރު ލައްކަ ޔޫ.އެސް ޑޮލަރ) ގެ ތެރެއިން އެއްބަސްވުމުގެ 08 ވަނަ މާއްދާއާ
އެއްގޮތަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ހޯދުމަށް ދަޢުވާކޮށްފިނަމަ އަދި އެއްބަސްވެފައިވާ ވީގޮތުގެ މަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471//
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު 1
کی عمری
=32
2009/HC-A/229
02 ތ 0
2
3
4
އެއްބަސްވެލެ ގެ
ފައިސާ ނުދެއްކުމުގެ ސަބަބުން
11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމާނާގެ
ފައިސާ ހޯދުމަށް ތަފްޞީލާއެކު އަލުން ދަޢުވާކޮށްފިނަމަ ބަލައިދެވޭނެކަން އަޙްމަދު ޖަރާޙަށް އަންގަވައިކަން
އެނގެން އޮންނަކަމެވެ.
=2
މަދަނީ ކޯޓުގެ ނަންބަރު 2008/MC/2081 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެގެ ޟިއްޔާ އިސްތިއުނާފު
ކުރުމަށް ސޯނަރި، އަޙްމަދު ޖަނާޙުގެ ފަރާތުން 07 (ހަތެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި؛-
ދ.
(ހ) ފުރަތަމަ ނުކުތާ: ދަޢުވާގެ އަސްލު ބިނާކޮށްފައިވަނީ ކުންފުނީގައިވާ އަޙްމަދު
ޖަނާޙުގެ ޙައްޤު ޙަސަން ޢަލި މަނިކަށް ވިއްކައި އޭނާގެ ނަމަށް މިލްކުވެރިކަން ބަދަލުކުރީ
މިއެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދެއްކުން ވަކިގޮތަކަށް އަދި އުޞޫލަކަށް ޝަރުތުކޮށް ކަމަށްވާއިރު
އެގޮތަށް ފައިސާ ނުދައްކާ ކުންފުނީގައި ހުރި އަޙްމަދު ޖަނާޙުގެ %33 އަށްވުރެން ގިނަ ޕަސަންޓެއް އެހެން
ފަރާތަކަށް ވިއްކާލައި އެފައިސާ ޙަސަން ޢަލީ މަނިކުގެ އެހެން ވިޔަފާރިތަކަށް ބޭނުންކޮށް ދެފަރާތުގެ
ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް އަޙުމަދު ޖަނާޙުގެ އަގު އަދާނުކޮށް އެފައިސާ ދައްކަން އެއްބަސްވިގޮތާ
ޚުދު ޙަސަން ޢަލިމަނިކުގެ އަމިއްލަ ޢަމަލުން ޚިލާފުވެފައިވާތީ އަޙުމަދު ޖަނާޙުގެ ފައިސާ އަކީ އޭނާއަށް
ލިބެންޖެހޭ އެއްޗަކަށް ވީހިނދު، ދެންވެސް ގޮތަކަށް އެއްބަސްވާންޖެ އެކަން އެއްބަސްވެވޭނީ އަޙްމަދު
ޖަލާޙު ޤަބޫލުވެގެން ކަމަށް ވީހިނދު، ކުރިން އެއްބަސްވީގޮތާ ޙަސަން ޢަލީ މަނިކު ޚިލާފުވެފައިވާތީ މިހާރު
މަދު ޖަނާޙު ބޭނުންވަނީ އެއްފަހަރާ އެފައިސާ ލިބުމަށްކަމަށް ވީހިނދު، މަދަނީ ކޯޓުން އިޖުމާލީ ގޮތަކަށް
މިފައިސާ ނަގައި ދެވެން ނެތްކަމަށް ވިދާޅުވެ އަޙްމަދު ޖަނާޙުގެ ޙައްޤު ނަހަމަ ގޮތުގައި ޙަސަން ޢަލީ
4
دوسرے سے صرف
އަޙްމަދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6 ޤަޟިއްޔާ ނިމުނު 1
تیم مجری
=32
2009/HC-A/229
oxuc <
3234ތ
އެންމެ
ووکه
މަނިކަށް ބޭނުންކުރުމުގެ ފުރުސަތު ލިބިދެއްވައި އަޙްމަދު ޖަނާޙުގެ ޙައްޤުން އޭނާ
މިޙުކުމުން މެދުވެރިކުރައްވައިކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާ: ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާގެ 7 ވަނަ ނަންބަރުގައި،
މަހުންމަހަށް ދައްކަންޖެހި ނުދައްކިވާ އިންސްޓޯލްމަންޓްތަކުގެ ފައިސާ މިޤަޟިއްޔާގެ ތެރޭގައި ނަގައި
ދިނުމަކީ، ދަޢުވާ ބިނާކޮށްފައިވާ ގޮތަށް ބަލާއިރު، ކުރަންޖެހޭ ކަމެއްކަމުގައި ބެލެވެން ނެތްކަން އެނގޭކަމަށް
ކޯޓުން ވިދާޅުވެފައިވާއިރު ދަޢުވާގެ ޚުލާސާގައިވަނީ، "އެއްބަސްވުމުގެ 11 ވަނަ މާއްދާގައި ފައިސާ
ނުދައްކާނަމަ ދައްކަންޖެހޭ ފައިސާ" މިފަދައިން ކަމަށްވެފައި ހުށަހެޅި ޑޮކިއުމެންޓުން މިކަން ވަރަށް
ސާފުކޮށް އެނގެން އޮތް އިރު، ރިޕޯޓުގެ ފާހަގަ ކުރެއްވި ނުކުތާތަކުގެ 9 ގައި ޤާނޫނީގޮތުން ހަމަނުޖެހޭ
ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް މިފައިސާ ނަގައި ދިނުމުގެ އަހައްމިއްޔަތެއް އޮތްކަމަކަށް ޝަރީޢަތަކަށް
OX
ނުފެންނަކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
9
(ނ) ތިންވަނަ ނުކުތާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ މިފައިސާއަކީ
ދައްކަންޖެހޭ ފައިސާއެއްކަމަށް ރިޕޯޓުގެ ފާހަގަ ކުރެއްވި ނުކުތާތަކުގެ 18 އަދި 9 ގައި ފާހަގަ ކުރައްވައި
މިފައިސާއަކީ، ދެފަރާތުގެ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން އަޙުމަދު ޖަނާއަށް ލިބެންޖެހޭ
ފައިސާއެއްކަމަށް ފާހަގަ ކުރެވެއޭ ވިދާޅުވެ، (ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވަނިކޮށް) ފާހަގަ ކުރެވުނު
ނުކުތާތަކުގެ 09 ވަނަ ނުކުތާގައި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ހޯދުމަށް ދަޢުވާކުރާ
ޖޫރިމަނާގެ ފައިސާ ލިޤަޟިއްޔާގެ ތެރޭގައި ނަގައި ދިނުމުގެ އަހައްމިއްޔަތެއް އޮތް ކަމަކަށް ޝަރީޢަތަކަށް
ނުފެންނަކަމަށް ފާހަގަ ކުރައްވައި މިފައިސާ ނަންގަވައި ދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2009/HC-A/229
ޤަޟިއްޔާ ނިމުނު ގޮ
(ށ) ހަތަރުވަނަ ނުކުތާ: ޝަރީޢަތުން ޙުކުމް ކުރެއްވުމުގައި އަހައްމިއްޔަތުކަން ކުޑަވުމާއި
އަޙައްމިއްޔަތުކަން ބޮޑުވުމުގެ ޙާލަތްތަކެއް ވާކަމަށް ބަޔާންކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާ: ކުންފުނީގައިވާ އަޙްމަދު ޖަނާޙުގެ ޙައްޤު ޙަސަން ޢަލީ މަނިކަށް
ވިއްކާލުމުގެ އެއްބަސްވުމުގެ 9 ވަނަ މާއްދާގައި މިފައިސާ އަދާކުރުމުގެ ކުރީގައި ކުންފުނި ވިއްކާލައިފިނަމަ
ނުވަތަ ބަންގްރޫޓު ވެއްޖެނަމަ އަޙުމަދު ޖަނާޙުގެ ޙައްޤު ވަގުތުން ދައްކަންޖެހޭކަމަށް ބުނެފައިވާއިރު މިކަމަށް
ރިޢާޔަތް ނުކުރައްވައި މިމާއްދާގައި އެއްބަސްވެފައިވާ ގޮތާ ޚިލާފަށް އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ހިއްސާ އިތުރު ފަރާތަކަށް ވިއްކާފައި ނުވަތަ ޓްރާންސްފަރ ކޮށްފައިއޮތް ނަމަވެސް އެކަމުގެ
މައްޗަށް ބިނާކޮށްގެން، ބުނެވިދިޔަ 400,000.00$US (ހަތަރު ލައްކަ ޔޫ.އެސް ޑޮލަރ) ގެ ތެރެއިން
ދައްކާފައިވާ ފައިސާ ކަނޑައި ބާކީވާ ފައިސާ ޙަސަން ޢަލީ މަނިކުގެ އަތުން ނަގައި ދެވެން ނެތްކަމަށް
ކަނޑައަޅުއްވާފައިވުމަކީ އެއްބަސްވުމުގެ ޞަރީޚީ ނައްޞާ ޚިލާފު ކަނޑައެޅުއްވުމެއް ކަމުގައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާ: ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގައި ބޭނުންކުރާ
މުޞްތަލަޙަކީ އެދެފަރާތުގެ މުޞްތަލަޙައެއް ކަމަށްވެފައި އެއިގައި ޝަރީޢަތުން ނުވަތަ ޤާނޫނީ ގޮތަކުން
ބަލާނަމަ ބަލަންޖެހޭނީ އެދެފަރާތުން ބުނަން އުޅޭއެއްޗަކީ ނުވަތަ މަޤްޞަދަކީ ކޮބައިކަމަށްވެފައި،
ބުނެފައިވާ "ކުންފުނިވިއްކުން" މިމުޞްތަލައަކީ ޤާނޫނީ ގޮތުން ތަރުޖަމާ ކުރެވެން ނެތް
ބާޠިލް މުޞްތަލައެއްކަމަށް (އިންވެލިޑް ޓާމެއް) ވިދާޅުވެ މިލަފްޒާމެދު ޤާނޫނީ އަދި ޝަރުޢީ
ގޮތްނޫންގޮތަކަށް ކޯޓުން ވާހަކަ ދައްކައިފައިވާތީ މިއީ ކޮން މަޤްސަދެއްގައި ކޯޓުން ދެއްކެވި
ވާހަކައެއްކަމާމެދު ޝައްކު އުފެދިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
04 ހ 0
2
3
4
އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2009/HC-A/229
8 ޤަޟިއްޔާ ނިމުނު ގޮ
(ކ) ހަތްވަނަ ނުކުތާ: މީގެ އިތުރުންވެސް މައްސަލައިގައި ކޯޓުން ބައްލަވަންވީ ވަރަށް
ނުބައްލަވައި މައްސަލައިގައި ވަރަށް ޢަދްލު އިންސާފުންބޭރު ޙުކުމެއް ކުރައްވައިފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
4 މަދަނީ ކޯޓުގެ ނަންބަރު 2008/MC/2081 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހ.
ވަލުމައިޒާންދޮށުގޭ އަޙުމަދު ޖަނާޙުގެ ފަރާތުން ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން
އަޙްމަދު ޖަނާޙުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ހ. ކާމިނީޕޫލް ޙަސަން ޢަލީ މަނިކުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/2081 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
.
h/
(ހ) ފުރަތަމަ ކަމަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ދ.
ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙު ހިއްސާވާ 33 (ތެއްތިރީސް އިންސައްތަ) ހިއްސާ
US
$
7,00,000.00 (ހަތް ލައްކަ ޔޫ.އެސް.ޑޮލަރު) އަށް ކާމިނީޕޫލް ޙަސަން ޢަލީ މަނިކަށް
ވިއްކާލުމަށް އަޙްމަދު ޖަނާއާއި ޙަސަން ޢަލީ މަނިކާ ދެމެދު 08 ފެބްރުއަރީ 2007 ގައި
އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމާއި، އެއެއްބަސްވުމުގެ ދަށުން އެ ހިއްސާގެ އަގު ޙަސަން ޢަލީ
މަނިކު ދެއްކުމުގެ ގޮތުން ދެފަހަރެއްގެ މަތިން ދައްކާފައިވާ 3,00,000.00$US (ތިންލައްކަ
ޔޫ.އެސް.ޑޮލަރު) ކަނޑައި ބާކީވާ 4,00,000.00$US (ހަތަރު ލައްކަ ޔޫ.އެސް.ޑޮލަރު) ކޮންމެ މަހަކު
US
$
35,000.00 (ތިރީސް ފަސްހާސް ޔޫ.އެސް.ޑޮލަރ) ގެ މަގުން 10 (ދިހައެއް) އަހަރުގެ ތެރޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 * 32
9 ޤަޟިއްޔާ ނިމުނު ގޮ
2009/HC-A/229
کی مرگی
ދައްކައި ޚަލާޞްކުރުމަށް ޙަސަން ޢަލީ މަނިކު އެއްބަސްވެފައިވާކަން އެނގޭކަމާއި، އެއްބަސްވުމުގައިވާ
ގޮތުގެމަތިން އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތުގައި އެފައިސާ ނުދެއްކި
އިތުރުވާ ކޮންމެ 10 (ދިހައެއް) ދުވަހަކަށް އެއިންސްޓޯލްމަންޓުގެ %15 (ފަނަރަ އިންސައްތަ) އިތުރަށް
ދައްކަން ޖެހޭނެކަމާއި، އެހިއްސާގެ އަގު ޙަސަން ޢަލީ މަނިކު އަޙުމަދު ނާއަށް އަދާކޮށް ނިންމުމުގެ
ކުރިން ކުންފުނި އުވާލައިފިނަމަ، ނުވަތަ ކުންފުނި ވިއްކާލައިފިނަމަ ނުވަތަ ކުންފުނި ބަނގުރޫޓު ވެއްޖެނަމަ،
އެވަގުތު ނުދައްކައި ބާކީ ހުރި ފައިސާއެއް އަޙްމަދު ޖަނާއަށް ޙަސަން ޢަލީ މަނިކުގެ ފަރާތުން ވަގުތުން
ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާކަން އެއެއްބަސްވުމުގެ 8 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއި އަދި
09 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ކާމިނީޕޫލް ޙަސަން ޢަލީ މަނިކުގެ މައްޗަށް
ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަލާޙު ކޮށްފައިވާ ދަޢުވާއަކީ، އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގައި އޮތް، ހ. ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާޙުގެ 33
°
i (ތެއްތިރީސް އިންސައްތަ) ހިއްސާ
US
$
700,000.00 (ހަތް ލައްކަ ޔޫ.އެސްޑޮލަރ) އަށް ވިއްކާލުމަށް ކާމިނީޕޫލް ޙަސަން ޢަލީ
މަނިކަށް ހުށަހެޅި ހިނދު، އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ހިއްސާ އެއަގަށް ގަންނަން
ޙަސަން ޢަލީ މަނިކު އެއްބަސްވެ، 08 ފެބްރުއަރީ 2007 ދުވަހު އަޙްމަދު ޖަނާޒާއި ޙަސަން ޢަލީ މަނިކާ
ދެމެދު އެއްބަސްވުމެއް އެކުލަވާލައި، އޭގައި ސޮއިކޮށް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހު، ބުނެވިދިޔަ %33
(ތެއްތިރީސް އިންސައްތަ) ހިއްސާގެ އަގުގެ ތެރެއިން ފުރަތަމަ 02 (ދޭއް) އިންސްޓޯލްމަންޓުގެ ފައިސާ
އުނދަގުލުން ލިބި، އެ 02 (ދޭއް) އިންސްޓޯލްމަންޓުގެ ފައިސާ ކަނޑައި ބާކީވާ 400,000.00$US
(ހަތަރުލައްކަ ޔޫ.އެސް.ޑޮލަރު) ގެ ތެރެއިން ނުދެއްކިވާ 369,500.00$US (ތިންލައްކަ ފަސްދޮޅަސް
ނުވަހާސް ފައްސަތޭކަ ޔޫ.އެސް.ޑޮލަރ) އާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާނަމަ އެއްބަސްވުމުގެ
11 ވަނަމާއްދާގައިވާ ގޮތުގެ މަތިން ދައްކަންޖެހޭ 36,950.00$US (ތިރީސް ހަހާސް ނުވަ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 516471 +
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތު
2009/HC-A/229
و مرد هم **
ފަންސާސް ޔޫއެސް ޑޮލަރ) އާ އެކު ޖުމްލަ 406,450.00$US (ހަތަރުލައްކަ ހަހާސް ހަތަރުސަތޭކަ
2 22 22
ފަންސާސް ޔޫ.އެސް ޑޮލަރ) ޙަސަން ޢަލީ މަނިކުގެ އަތުން އެއްފަހަރާ ހޯދުމަށް އެދި ކަން އެދަޢުވާގެ
ޞީޝާއަށް ބެލުމުން އެނގެން އޮންނަކަމާއި،
އެދަޢުވާގައިވާ ފަދައިން އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތަށް ފައިސާ
ދެއްކިފައިނުވާކަމަށް ޙަސަން ޢަލީ މަނިކުގެ ފަރާތުން އެއްބަސްވެފައިވާކަން އެނގޭކަމާއި، ނަމަވެސް
އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު މިމައްސަލާގައި މެދުވެރިވެފައިނުވާތީ އަޙްމަދު
ޖަނާޙުގެ އަތުން ޙަސަން ޢަލީ މަނިކު، ގަތް އެޗް.އެމް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ %33
(ތެއްތިރީސް އިންސައްތަ) ހިއްސާގެ އަގަށްވާ ފައިސާއެކީ އެއްފަހަރާ ހޯދުމަށް ދަޢުވާ ނުކުރެވޭނެކަމަށާއި،
އެހެނީ އެމާއްދާގައި ބަޔާންކޮށްފައިވަނީ، މިފައިސާ ދައްކާ ނިމުމުގެ ކުރިން ކުންފުނި އުވާލާ ނުވަތަ ވިއްކާލާ
ނުވަތަ ބަނގުރޫޓުވެއްޖެނަމަ،
އެވަގުތަކު
ތަކު ނުދައްކަވާ ފައިސާއެއް އަޙްމަދު ޖަނާއަށް ޙަސަން ޢަލީ މަނިކު
ވަގުތުން ދައްކަންވާނެކަމަށާއި، ނަމަވެސް އެހާލަތް މެދުވެރިވެފައިނުވާތީ، އެއްފަހަރާ ފައިސާ ހޯދުމަށް ދަޢުވާ
ރެވޭނެކަމަށާއި، ނަމަވެސް ނުދައްކައި އޮތް ފައިސާއެއް ހޯދުމަށް އަޙްމަދު ޖަނާޙަށް ދަޢުވާ ކުރެވިދާނެ
ކަމަށާއި، އަދި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއީ
ދައްކަންޖެހޭ ފައިސާއެއްކަމަށް ނުދޭކަމަށާއި، އެހެނީ ޝަރީޢަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދުގެ 91
ވަނަ ނަންބަރުގައި އެފަދަ ޖޫރިމަނާ ނަގައި ނުދެވޭނެކަމަށް ބަޔާންކޮށްފައިވާތީކަމަށް ޙަސަން ޢަލީ މަނިކުގެ
ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ނުކުރެވެ
(ނ) ތިންވަނަ ކަމަކީ ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަބައެއްގެ
މެދުގައި ޤާނޫނީ ގޮތުން ބަނދެވުމުގެ ނިޔަތުގައި އެއްބަސްވާ އެއްބަސްވުމެއްކަމާއި، އެފަދަ އެއްބަސްވުމަކީ
ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމެއްކަމާއި، އެފަދަ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
کی مرگی
ޗެ
2009/HC-A/229
اسرع تساع ہی کی
11 ޤަޟިއްޔާ ނިމުނު "
ނުވަތަ ޤާނޫނުން ބާރުދޭ އެއްބަސްވުމަކަށް ވާންޖެހޭނެކަމާއި، ކްޓެއްގައި ބައިވެރިވާ މީހުން
ރުހިޤަބޫލުވެ ވާންވާނީ، އެއްވެސް ކަހަލަ މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައިކަމާއި، މިގޮތުގެ މަތިން
އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ތަންފީޒު ކުރުމަކީ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ޤާނޫނީ ގޮތުން
ލާޒިމްވެގެންވާކަމެއްކަން އެނގެން އޮންނަކަމާއި ކުންފުނީގެ ކޮންމެ މެންބަރެއްގެ ހިއްސާއަކީ އުފުލޭ
މުދަލެއްކަމާއި، ކުންފުނީގެ ރައުސުލްމާލުގައި ބައިވެރިވުމަށް އެއްބަސްވުމުގެ ސަބަބުން އެމީހަކަށް ލިބިދޭ
ހިއްސާގެ އަގު ކުންފުންޏަށް ދައްކާ ޚަލާސްކޮށްފައި އޮތަސް އަދި ނޫންކަމުގައި ވީނަމަވެސް ކުންފުނީގެ
ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން އަދި ކުންފުނީގެ ޑިރެކްޓަރުންގެ ހުއްދައާއެކު ހިއްސާއެއް އެހެން
މީހަކަށް ދީ ނުވަތަ ވިއްކިދާނެކަމާއި، އަދި އެގޮތަށް މުޢާމަލާތެއް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ
އެހިއްސާއެއް ލިބުނު ނުވަތަ ގަތް ފަރާތަކުން އެކުންފުންޏެއްގެ މެންބަރަކަށްވުންކަން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 2 އަދި 3 އަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
0 0
(ށ) ހަތަރުވަނަ ކަމަކީ: ދެފަރާތުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުޢާމަލާތެއްގައި، ފައިސާ
ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތެއްގައި ފައިސާ ނުދެއްކުމުގެ ސަބަބުން އިތުރަށް ހިނގާ ދުވަސްތަކަށް
ނަގާ ޖޫރިމަނާއަކީ ޝަރުޢީ އަދި ޤާނޫނު ޤަބޫލުކުރާ ޞައްޙަ މުޢާމަލާތެއްކަމާއި، އެފަދަ ޖޫރިމަނާއަކީ
ދަރަނީގެ މުޢާމަލާތްތަކާއި ގުޅިގެން ނެގޭ އިންޓަރެސްޓްކަމުގައި ނުބެލެވޭނެކަމާއި، އެޗް.އެމް.އެސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް އަޙްމަދު ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ)
ހިއްސާވިއްކުމަށް ކުރި އެގްރީމެންޓުގެ 8 ވަނަ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި އެފައިސާ ދެއްކުމުގެ
ޒިންމާއިންނާއި، އަދި އެގްރީމެންޓުގެ 10 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއަށްވާ ފައިސާއިން
ޙަސަން ޢަލީ މަނިކު ބަރީޢަ ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 20/SC
-
A/2009
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !33647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮ
می هرکی
2009/HC-A/229
=32
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ ހަތަރުވަނަ ކަމުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
440 4 04
در اسرع ممرمرمرم
(ނ) ފަސްވަނަ ކަމަކީ: އެމް.އެޗް.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް އަޙުމަދު
ޖަނާޙުގެ %33 (ތެއްތިރީސް އިންސައްތަ) ހިއްސާ ޙަސަން ޢަލީ މަނިކަށް ވިއްކުމަށް ކުރެވުނު މުޢާމަލާތާއި
ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، އެވިއްކި ހިއްސާގެ އަގު އެއްފަހަރާ
ލަތްތަކަކީ، އެފައިސާ ޚަލާސް ކުރުމުގެ ކުރިން ކުންފުނި އުވާލުން، ބަނގުރޫޓްވުން، ނުވަތަ
ވިއްކާލުންކަން 09 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، އެކުންފުނި ބަނގުރޫޓް ނުވާކަމާއި،
އަދި އުވާލާފައިނުވާކަން އެނގެން އޮންނަކަމާއި، ނަމަވެސް އެކުންފުނީގައި އޮތް ޙަސަން ޢަލީ މަނިކުގެ
ހިއްސާ އެހެން ފަރާތަކަށް ވިއްކާލާފައިވާކަން އެނގޭއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9
ވަނަ މާއްދާގައި ބުނާ ކުންފުނި ވިއްކާލުމަކީ، ޙަސަން ޢަލީ މަނިކުގެ ހިއްސާވާ މިންވަރު އެހެން ފަރާތަކަށް
ވިއްކާލުންކަމަށް ޤަބޫލުކުރެވޭކަމާއި، އަދި ޙަސަން ޢަލީ މަނިކު، އެކުންފުނީގައިވާ ހިއްސާ ވިއްކާލައި
އެކުންފުނިން ވަކިވެފައިވާތީ، އެއެއްބަސްވުމުގެ 09 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެކުންފުނީގައިވާ ޙަސަން
ޢަލީ މަނިކުގެ ހިއްސާ ވިއްކާލުމަކީ ކުންފުނި ވިއްކާލުން ކަމުގައި ބަލަންޖެހޭކަމަށް ޤަބޫލުކުރެވޭ ކަމެވެ.
(ޅ) ހަވަނަ ކަމަކީ މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ހ. ކާމިނީޕޫލް ޙަސަން ޢަލީ
މަނިކުގެ ފަރާތުން ބަދަލުގައި ޢައްޔަންކޮށްފައިވާ ރޭނީސް އަލްއުސްތާޛު މުޙައްމަދު ސަލީމް، 18
އޭޕްރީލް 2010 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ބަޔާންދީފައިވާކަމާއި،
ނަމަވެސް، މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުދާރީވުމަށާއި، އަދި މައްސަލަ ދިރާސާ
ކުރުމަށްޓަކައި ބޭނުންވާ އެއްވެސް މަޢުލޫމާތެއް ޙަސަން ޢަލީ މަނިކުގެ ފަރާތުން ލިބިފައިނުވާކަމަށާއި، އަދި
ޙަސަން ޢަލީ މަނިކު ގުޅަން ކުރި މަސައްކަތްވެސް ނާކާމިޔާބުވެފައިވާކަމަށް ބަޔާންކޮށް، ޙަސަން ޢަލި
އްޖޭގެ އި
ހ2
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
13 ޤަޟިއްޔާ ނިމުނު ގޮ
4 *3
=32
2009/HC-A{229
މަނިކު ބަދަލުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމަށް ހަމަޖައްސާފައިވާ
ހަމަޖެއްސެވުން ދޫކޮށްލައިފިކަމަށް 23 ނޮވެމްބަރު 2011 ގައި މުޙައްމަދު ސަލީމް ދިވެހިރާއްޖޭގެ
ހައިކޯޓަށް އަންގާފައިވާތީއާއި، ޙަސަން ޢަލީ މަނިކުގެ އެޑްރެހަށް ޗިޓް ފޮނުވުމުން އެޗިޓް
ރައްދުކުރެވިފައިނުވާތީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ
(ހ) ގައިވާ ގޮތުގެ މަތިން 23 މެއި 2012 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޙަސަން ޢަލީ
މަނިކު (ކޯޓަށް ޙާޟިރުވުމަށާއި އެމުއްދަތުގެ ތެރޭގައި ޙާޟިރުނުވެއްޖެނަމަ، ޙަސަން ޢަލީ މަނިކުގެ ޣައިރު
ޙާޟިރުގައި މައްސަލަ ހިންގޭނެކަމަށް މިކޯޓުގެ ނަންބަރު 2012
/
2/IUL
)
95
-
B7
/
MBC) (23 މެއި
2012) އިޢުލާނުން ޢާންމުކޮށް އިޢުލާން ކުރުމުން ވެސް ޙަސަން ޢަލީ މަނިކު ނުވަތަ އޭނާގެ ފަރާތުން
އެއްވެސް މީހަކު މިކޯޓަށް ޙާޟިރުވެފައިނުވާތީ، މިޤަޟިއްޔާ ބަލައި ޙުކުމް ކުރެވިފައިވަނީ ހ. ކާމިނީޕޫލް
ޙަސަން ޢަލީ މަނިކުގެ ޣައިރު ޙާޟިރުގައެވެ.
ނަން
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/2081 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓުގެ 09 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،
ޙަސަން ޢަލީ މަނިކާއި އަޙްމަދު ޖަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ޖަނާޙުގެ އަތުން
ޙަސަން ޢަލި މަނިކު ގަނެފައިވާ ހިއްސާގެ އަގު ތެރެއިން ނުދައްކައިވާ ފައިސާއާއި އަދި އެފައިސާ
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 8316471(
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
14 ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
2009/HC-A/229
ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެކު ޖުމްލަ 406,450.00$US
(ހަތަރު ލައްކަ ހަހާސް ހަތަރުސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރ) އަކީ، ކާމިނީޕޫލް ޙަސަން ޢަލީ
މަނިކު، ވަލުމައިޒާންދޮށުގޭ އަޙްމަދު ޖަނާރަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް
ސާބިތުވެއްޖެކަމަށް ކަނޑައަޅައި، އެފައިސާ އަޙްމަދު ޖަނާއަށް ލިބިދިނުމަށްޓަކައި، މިއަދު 26 ފެބްރުއަރީ
2013 އިން ފެށިގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި، އެފައިސާ އެއްކޮށް ސިވިލް ކޯޓަށް ދައްކައި
ޚަލާޞްކުރުމަށް ކާމިނީޕޫލް ޙަސަން ޢަލީ މަނިކަށް އަންގައި، ޙަސަން ޢަލީ މަނިކުގެ ޣައިރު
ޙާޟިރުގައި، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
OXO
ހިރާއްޖޭގެ
ވާ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv