ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/355 ޤަޟިއްޔާގެ ޙުކުމް
1
2{ ] 3H{-A:355
ގެ ސްދޭން
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 355/HC-A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: އިބްރާހީމް ޢަލީ
އައިޑީ ކާޑު ނަންބަރު: A047743
.
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު ރސ 2370/މާލެ
އިސްތިއުނާފް ރައްދުވި ފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: އަލްއުސްތާޛު އާދަމް ޢާރިފް
* ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 މުޙައްރަމް 1435
• ނިމުނު ތާރީޚް: 28 މުޙައްރަމް 1435
2 ޑިސެމްބަރު 2013
21 ނޮވެމްބަރު 2013
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2013/9932(J/MD-145
• ޤަނިއްޔާގެ ބާވަތް: ކޯޓުއަމުރު
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 18 ނޮވެމްބަރު 2013 ނިމުނު ތާރީޚް: 18 ނޮވެމްބަރު 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ހިރާއްޖެ
ހައިކޯޑީ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:1
33649
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ގެ ސެޕެން
ނިމުނު ގޮތުގެ ޚުލާޞާ
{ 3/HC-A:355
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9932(J(MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ދަފްތަރު ނަންބަރު ރސ 2370/މާލެ، އިބްރާހީމް ޢަލީ (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A047743) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
މައްޗަށް
[. ކްރިމިނަލް ކޯޓުގެ ނަންބަރު J
(
MD2013
/
9932-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ، ދަފްތަރު ނަންބަރު ރސ 2370/މާލެ، އިބްރާހީމް ޢަލީގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މަކަރާއި ޙީލަތް ހެދުމުގެ މައްސަލާގައި އޭނާ މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރެއްޖެނަމަ އޭނާގެ
ތުހުމަތުކުރެވޭ މައްސަލާގައި ހެކި ފޮރުވުމުގެ ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް
ނުފޫޒުފޯރުވުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް ޤަބޫލުކުރެވޭތީއާއި، އޭނާ ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ، އިބްރާހީމް ޢަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކްރިމިނަން ކޯޓަށް ހުށަހެޅުމާގުޅިގެން، އިބްރާހީމް ޢަލީ
"ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ފެންނާތީއާއި ހެކި ނައްތާލަފާނެކަމަށް
ބެލެވޭތީ" ކަމަށްބުނެ، 18 ނޮވެމްބަރު 2013 ވަނަ ދުވަހުގެ 19:30 އިން ފެށިގެން 15 (ފަނަރަ)
ދުވަހުގެ މުއްދަތަށް ދަފްތަރު ނަންބަރު ރސ 2370/މާލެ، އިބްރާހީމް ޢަލީ، މިނިސްޓްރީ އޮފް
ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ
އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029/ފެކްސް/233647
އީމެއިލް: [email protected] ވެބް ސުއިޓް: www.highcourt.gov.mv
4
2[)13/HC-A355
محرمی کی
92
93 ޑޖ
ބަންކރވ
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ގޮތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރާ ސަބަބެއް އޮތް
އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ
މީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތުގެމަތިން،
އިބްރާހީމް ޢަލީ 15 (ފަނަރަ) ދުވަހަށް ބަންދުކުރެއްވުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ
އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަކަރާއި ހީލަތް ހެދުމުގެ މައްސަލާގައި އޭނާ "ދޫކޮށްލައިފިނަމަ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ފެންނާތީއާއި ހެކި ނައްތާލަފާނެކަމަށް ބެލެވޭތީ" ކަން
އެނގޭކަމާއި، އެސަބަބުތަކަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުގެ ތެރޭގައި ހިމެނޭ ދެ ސަބަބުކަމާއި،
¢93 84 4
އަމުރެއް
e22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްންދި471)+33
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8C (%ން
5
2(13)I(F-/1355
, للއް
سرم می
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، އިބްރާހީމް ޢަލީގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި
އެސަރވިސްގެ ނަންބަރު 100022/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި
ބަޔާންކޮށްފައިވާ، އިބްރާހީމް ޢަލީގެ މައްޗަށް ތުހުމަތުކުރެވިފައިވާ، އޭނާއާއި އިތުރުބަޔަކު ބައިވެރިވެގެން
މަކަރާއި ހީލަތުން، ހައްދުންމަތީ ގަން ސިނާޢީ ސަރަޙައްދުން އެކިއެކި މީސްމީހުންނަށް ދޫކޮށްފައިވާކަމަށް
ބުނާ ގޯތިތަކެއް ވިއްކުމާއި، އަދި އެމީސްމީނުންނަށް ގޯތީގެ ރަޖިސްޓްރީތަކެއް
ހަދައިދީފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން އިބްރާހީމް ޢަލީއާ ދެކޮޅަށް ލިބިފައިވާ ހެކި
ޤަރީނާތަކުގެ ތެރެއިން، އިބްރާހީމް ޢަލީގެ ބަންދުގެ މުއްދަތު އިތުރުކުރެވުނު ޝަރީޢަތުގެ މަޖިލީހަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބަލާއިރު،
އިސްވެމިދެންނެވުނު މައްސަލާގައި ހިމެނޭ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ތުހުމަތު އިބްރާހީމް ޢަލީގެ
މައްޗަށް ރެވޭވަރުގެ ހެކި ޤަރީނާ މޯލްޑިވްސް ޕޮލިސް ސަރިވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހަޅާފައިވާކަން އެނގޭކަމާއި، އަދި އިބްރާހީމް ޢަލީގެ މައްޗަށް ތުޙުމަތުކުރެވިފައިވާ ކުށުގެ
ތަށްބަލާއިރު، އެފަދަ ކުށެއް ކުރިކަމުގެ ތުޙުމަތުގައިވާ މީހަކު މުޖްތަމައުގެ ތެރެއަށް ދޫވެފައިހުރެއްޖެ
> 40 ހއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:(i647
އީމެއިލް infiuzhighcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
6
2[13!
I-:553
މައްޗަށް
އެމީހެއްގެ ސަބަބުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލަންޖެހޭކަމާއި، އަދި އިބްރާހީމް
ޢަލީގެ މައްޗަށް ތުޙުމަތުކުރެވިފައިމިވާ ކުށުގެ ޙާދިސާ ހިނގާފައިވާ ގޮތަށާއި އެމައްސަލާގައި ހިމެނޭ
މީހުންގެ ޢަދަދަށާއި، މައްސަލާގެ ތަޙްޤީޤު ގޮސްފައިވާ ހިސާބަށާއި، މައްސަލާގެ ވަށައިގެންވާ އެހެނިހެން
ކަންކަމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އެމައްސަލައިގެ ތަޙްޤީޤު ނުނިމެނީސް ދޫކޮށްލައިފިނަމަ
މައްސަލާގައި ހެކިބަސްދޭން ތިބި
ބަޔަކަށް ނުފޫޒު ފޯރުވުމާއި، ހެކި
މަސައްކަތްތަކެއް ކުރުމުގެ ފުރުސަތުވެސް އޭނާއަށް ހުޅުވިގެންދާނެކަން އެނގޭކަމާއި،
ކުށެއްގެ ތުހުމަތުގައިވާ މީހަކު މުޖްތަމައުގެ ތެރެއަށް ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން
މުޖްތަމައަށް ނުރަކާތެރިވެދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ނުވަތަ އޭނާގެ
ތުހުމަތުކުރެވިފައިވާ ކުށުގެ މައްސަލާގައި ހެކިބަސްދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވުމަށާއި، ހެއްކާކުޅެ
ހެކި ނައްތާލުމަށް އޭނާގެ ފަރާތުން މަސައްކަތްތަކެއް ކޮށްފާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި،
އެމީހެއްގެ ކުށުގެ ރެކޯޑާއި އެމީހެއްގެ މައްޗަށް ތުހުމަތުކުރެވި ތަޙުޤީޤުކުރެވެމުންދާ އެހެނިހެން
މައްސަލަތަކާބެހޭ މަޢުލޫމާތު ފަދަ ކަންކަމަކީ އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރަށް
ރިޢާޔަތްކުރެވިދާނެ ކަންކަން ކަމުގައި ވީނަމަވެސް، އެމީހެއްގެ ކުށުގެ ރެކޯޑެއް ނެތުމަކީ ނުވަތަ އެމީހަކީ
ބަންދުގައި ބަހައްޓަންޖެހޭފަދަ ކަމެއް ކޮށްފައިވާ ނުވަތަ ކޮށްފާނެކަމަށް ޤަބޫލުކުރެވޭފަދަ ޙުއްޖަތްތަކެއް
ކުރިން އެމީހެއްގެ ފަރާތުން ފެނިފައިނުވުމަކީ، އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅިފައިވާ
މައްސަލާގެ ބާވަތަށާއި އެމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކި!ޤަރީނާތަކުގެ މައްޗަށް ބިނާކޮށް
އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުން މަނާކުރާ ސަބަބެއް ނޫންކަމެވެ.
4 22
(ނ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްކަމަށް ނުވަތަ ނެތްކަމަށް ކަނޑައަޅުއްވަނީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ. ދިވެހިރާއްޖެ، ފޯން: 33254429، ފެކްސް: 547
އީމެއިލް [email protected]
>
v.mv
ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނމުނު ގޮތުގެ
2{)13&IHC-A335
އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައަކާއި އެމައްސަލައަކާ ގުޅިގެން
ހައްޔަރުކުރެވިފައިވާ މީހަކު ނުވަތަ ބަޔަކާ ބެހޭގޮތުން، މައްސަލަ ތަޙްޤީޤުކުރާ ފަރާތްކަމުގައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން އެފަނޑިޔާރަކަށް ހުށަހަޅާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށްގެންކަމަށްވީއިރު
އަދި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކު ބަންދުގައި ބަހައްޓަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް
ބައްލަވާ، އެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރެވޭ ޙާލަތްތަކުގައި އެމީހެއްގެ ބަންދުގެ މުއްދަތު
އިތުރުކުރެވުނު ޙާލަތު ނެތިކޮށްލާ، އެމީހަކު ބަންދުކުރެވުނު މަޤްޞަދު އެންމެ އެކަށީގެންވާ ގޮތުގައި
ޙާސިލުކުރެވޭކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކުރެވެނީވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ކަމަށްވީއިރު، އެމީހަކު ބަންދުކުރެވުނު މަޤްޞަދު ޙާސިލުކުރެވޭނޭ ގޮތެއްގެ މަތިން، އެމީހަކު
ބަންދުކޮށްފައި ބަހައްޓަންޖެހުނު ޙާލަތު އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ނައްތާލެވޭނީ އެމީހަކު ކޮންތާކު
ކޮންގޮތަކަށް ބަންދުކޮށްގެންކަން ކަނޑައަޅަން އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކަށްވާނީ މޯލްޑިވްސް
ޕޮލިސް ސަރވިސްކަމާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ
ދަށުން ހިނގަމުންދާ މުއައްސަސާއެއްކަމާއި،
މީގެއިތުރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ
ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
ދަށުން ބަންދުކުރެވޭ މީހަކު ބަންދުގައި ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް
ހޯމްއެފެއާޒްއަށް ކޯޓުތަކުން ދޭ ބާރަކީ އެއްވެސް އިމެއްނެތް މުތްލަޤުބާރެއް ނޫންކަމާއި، މިނިސްޓްރީ އޮފް
ހޯމް އެފެއާޒަށާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ
ބޭނުންކުރުމުގައި
އެފަރާތްތަކުގެ ޢަމަލުތައް ބެހެއްޓޭނެ ގޮތްތަކާއި އިންތައް،
އަސާސީގައާއި، ކަމާބެހޭ ޤާނޫނުތަކާއި، ޤަވާޢިދުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށް
ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ ދަށުން ބަންދުކުރެ
4 **
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 472
2/331
އީމެއިލް [email protected]
ވެބް ސައިޓް: www.highcourt.gov.mv
ދިވެހި އައިޖީ
8
ޤަޟިއްޔާ ނމުނު ގޮތުގެ
2013II-A:55
މީހަކު ބަންދުގައި ބަހައްޓާނެ ތަނެއް ކަނޑައެޅުމުގައިވެސް އެފަރާތްތަކުން ޢަމަލުކުރަންވާނީ މިދެންނެވުނު
ޤާނޫނުތަކުން ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައިކަމާއި އަދި، އެފަރާތްތަކަށް ލިބިފައިވާ ބާރެއް
ބޭނުންކުރުމުގައި މިދެންނެވިފަދަ ޤާނޫނަކާ ޚިލާފަށް އެފަދަ އެއްވެސް މުއައްސަސާއަކުން ޢަމަލުކުރުމުގެ
ސަބަބުން އެއްވެސް މީހަކަށް ލިބިފައިވާ ޙައްޤަކަށް އުނިކަމެއް އަތުވެއްޖެނަމަ ނުވަތަ ގެއްލުމެއް
ލިބިއްޖެނަމަ އެކަމުގެ ސަބަބުން އެމީހަކަށް ލިބިފައިވާ ގެއްލުމެއްގެ ބަދަލު ހޯދުމުގެ ޙައްޤަކީ ހަމަ ކޮންމެ
މީހަކަށްވެސް ލިބިފަވައިވާ ޙައްޤެއްކަމާއި،
އެހެންކަމުން، ކުށުގެ ތުހުމަތުގައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން
ކަނޑައަޅާ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭކަމަށް ކޯޓުން ކަނޑައަޅާ މުއްދަތުގައި
އެމީހަކު ބަންދުގައި ބަހައްޓާނެތަނެއް ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް
ދިނުމަކީ، ނުވަތަ އެމީހަކު ވަކިތާކު ވަކި ގޮތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުނުކުރުމަކީ،
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގެ (5) ނުވަތަ އެޑްމިނިސްޓްރޭޓިވް ލޯ (އިދާރީ ޤާނޫނު) ގެ
އުސޫލުތަކާ ޚިލާފުކަމެއްކަމަށް ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/9932(J
(
MD-145 ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އިބްރާހީމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ
ސަބަބެއް އޮތްކަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަކަށް ނުފެނުނެވެ.
CO2
9
مدیر برتر مستر اسی و
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން. ތީމުގޭ 3 ނަންބަރު ދޮރާށީ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33162471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected] mom
9
ޤަޟިއްޔާ ~ނމުނު ގޮތުގެ ޚުލާޞާ
2[13/HC-A:55
ܚ ܀ ܘ ܕ ܀ ܕ ܕ
ބަޔާންކުރެވުން
(
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު
ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9932(J
(
MD-145 ކޯޓުއަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ދަފްތަރު ނަންބަރު ރސ
2370/މާލެ، އިބްރާހީމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް، އެއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
،ފަނޑިޔާރު)
،ފަނޑިޔާރު)
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ. މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.g
{
ov.lv