ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2009/SC-C/27 ޤަޟިއްޔާ
ސަފްޙާ14ގެ1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޤާޅ
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 27/SC
-
C/2009
ދަޢުވާކުރާ ފަރާތް: ޢުމަރު ނަޞީރު، ހ. ދޮންޖޭމުގެ / މާލެ
.
ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު މުޞްޠަފާ، މ. ސީވޯލް | މާލެ
• މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
• ހުށަހެޅުނު ތާރީޚް: 13 އޮގަސްޓް 2009
• ނިމުނު ތާރީޚް: 20 ފެބްރުއަރީ 2012
• މައްސަލަ ނިންމި ގަޑި: 15:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދު
ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
އަޙްމަދު ޢަބްދު
ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960
ސަފްޙާ2314
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ
ނަންބަރާއި ޙަވާލާދީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތ. ތިމަރަފުށީ ދާއިރާގެ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ޚިލާފް އުފެދިފައިވާކަމަށްބުނެ، ތިމަރަފުށީ
ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މުޙައްމަދު މުޞްޠަފާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ
މަޤާމުން ވަކިކުރަން ޖެހިއްޖެތޯ ބަލައިދިނުމަށާއި، ޝަރީޢަތަށް ހުށަހަޅާފައިވާ ހެކީގެ އަލީގައި ރައްޔިތުންގެ
މަޖިލީހުގެ މެމްބަރުކަމުގެ މަޤާމުން ތ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ ވަކިކުރަން
ޖެހިއްޖެކަމަށް ކަނޑައެޅުމާއިއެކު، މުޙައްމަދު މުޞްޠަފާ އެ މަޤާމުން ވަކިކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ދޮންޖޭމުގޭ ޢުމަރު ނަޞީރުގެ ފަރާތުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިހުށަހެޅުމަކާ ގުޅިގެން ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަންގެ
މައްސަލައެއްގެ ގޮތުގައި ބެލެވިފައިވާ މައްސަލައެކެވެ.
55
ފާހަގަ ކުރެވުނު
މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ އިތުރުން
މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވިސްނާ
ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
A?
Supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާ14 3
(ހ) ފުރަތަމަކަމަކީ، މ. ސީވޯލް މުޙައްމަދު މުޞްޠަފާއަކީ ތ. ތިމަރަފުށީ ދާއިރާގެ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް މެމްބަރަކު ދެވަނަފަހަރަށް އިންތިޚާބުކުރުމަށްޓަކައި، މީލާދީ ސަނަތުން
2009 ވަނަ އަހަރުގެ 07 ވަނަ މަހުގެ 11 ވަނަ ދުވަހު އެދާއިރާގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގައި ވާދަކޮށް އެއިންތިޚާބު ކާމިޔާބުކުރުމާއި ގުޅިގެން މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ
07 ވަނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މުޙައްމަދު މުޞްޠަފާއަކީ ރައްޔިތުންގެ މަޖިލީހުގެ
މެމްބަރެއްގެގޮތުގައި އިންތިޚާބުވެފައިވާ ފަރާތެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުމާ
ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެގޮތުގައި ހަމަޖެހިފައިވާ ފަރާތެއްކަން މިމައްސަލައާ ގުޅިގެން
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދެފަރާތުގެ ބަހުން އެނގެން އޮތްއިރު، އިންތިޚާބަށް
ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކުވެސް އެއިންތިޚާބަކަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް
ހުށަހަޅަންޖެހޭ މަޢުލޫމާތުގެ ތެރޭގައި އެމީހެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، އެ އިންތިޚާބަކަށް
ކުރިމަތިލާއިރު ދިރިއުޅޭ އެޑްރެހާއި އަދި އެންމެ ފަހުން ދިރިއުޅުނު އެޑްރެސް ފަދަ، އެމީހަކީ ކާކުކަން
އޮޅުންނާރާނެފަދަ ގޮތަކަށް އެމީހެއްގެ މަޢުލޫމާތު ހާމަކޮށްދޭ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނަށް
ހުށަހަޅާ، އެމަޢުލޫމާތަކީ އޭގައި އޮޅުވާލުމެއް ނުހިމެނޭ ޞައްޙަ މަޢުލޫމާތުކަމަށް އިޤްރާރުވުން، ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން ލާޒިމްކޮށްފައިވާކަން އެ ދެ
ޤާނޫނުން ރަނގަޅަށް އެނގެން އޮންނާތީ، އެމީހަކު ދިރިއުޅޭ ތަފާތު ތަންތަން ހުރުމާއެކު އެތަންތަން
އެމީހެއްގެ އެޑްރެހުގެގޮތުގައި ބޭނުންކުރާނަމަ ނުވަތަ އެމީހެއްގެ އަމިއްލަ ނަމުގެ އިތުރަށް އިތުރު އެހެން
ނަމަކުން މަޝްހޫރުވެފައިވާނަމަ، އެކަންކަން އިލެކްޝަން ކޮމިޝަނަށް އެންގުމަކީވެސް ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބަކަށް ކުރިމަތިލާ ކޮންމެފަރާތަކުން ޤާނޫނީގޮތުން އުފުލަންޖެހޭނެ މަސްއޫލިއްޔަތެއްކަން
ފާހަގަކުރެވިފައިއޮންނައޮތުމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
A?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާ14ގެ4
/
<
ކެންޑިޑޭޓުންގެ ކިބައިގައި އެކެންޑިޑޭޓަކު ކުރިމަތިލާ އިންތިޚާބަކަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވޭތޯ
ނުވަތަ ނޫންތޯ ބެލުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްޢޫލިއްޔަތަކަށްވިޔަސް، ދިވެހިރާއްޖޭގައި ޤާނޫނުގެ
ވެރިކަން ނަގަހައްޓާ ދެމެހެއްޓުން ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ
ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކުކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީ އާއި
ނުވަތަ ޤާނޫނަކާ ޚިލާފްވާނަމަ، އެކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލުމަށްފަހު، އެ ޚިލާފްވާ
މިންވަރު އެއީ ބާޠިލްއެއްޗެއްކަމަށް ނުވަތަ ބާޠިލްކަމެއް ކަމުގައި ކަނޑައެޅުމުގެ ބާރު ދީމުޤްރާޠީ އުޞޫލުން
ވެރިކަން ހިންގާ އެހެނިހެން ދީމިޤްރާޠީ މުޖުތަމަޢުތަކެކޭވެސް އެއްފަދައަކުން ދިވެހިރާއްޖޭގެ ކޯޓުތަކަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާކަން ފާހަގަކުރެވިފައިވާއިރު، އެކިއެކި
އިންތިޚާބުތަކުގެ ތެރޭގައި ޤާނޫނީގޮތުން ސުވާލު އުފެދޭ ޝަކުވާތަކާއިބެހޭ މައްސަލަތައް ބަލާ
ފައިޞަލާކުރަނިވި ނިންމުންތައް ނިންމުމުގެ ބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 172
ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދީފައިވާއިރު، ދިވެހިރާއްޖޭގައި ބޭއްވޭ އެއްވެސް
އިންތިޚާބަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ކެންޑިޑޭސީއާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ
ނިންމުންތަކާއި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މެމްބަރެއްގެ ކިބައިގައި ފުރިހަމަވޭތޯ
ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މަޖިލީހުގެ މެމްބަރުކަމުން ވަކި ކުރަންޖެހިއްޖެތޯ ބެލުމާއި،
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ޚިލާފު އުފެދޭ ފަދަ ޙާލަތްތަކުގައި
އެފަދަ މައްސަލަތައް ބަލައި އެކަމާމެދު ނިންމަންޖެހޭ ނިންމުން، ނިންމުމުގެ ބާރު ޤާނޫނުއަސާސީގެ 74
ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާކަމާއި، މިފަދަ އެއްވެސް ކަމަކާގުޅިގެން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ކޮންމެ ނިންމުމަކީ ދިވެހި ސަރުކާރާއި ދިވެހި ދައުލަތުގެ
އެންމެހައި މުއައްސަސާތަކުންނާއި، ކަމާބެހޭ އެންމެހައި ފަރާތްތަކުން އެނިންމުމާ
0ކ9
މެމްބަރުކުއްޖެ
2ތ xވ ހހ22 2
4
رہ کر کرسی بر ما رس
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
A?
supreme court of the Maldives|Theemuge | Orchid Nlagu | Nlale'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ސަފްޙާ5514
ce O
ލާޒިމްވާ އެންމެ ފަހުގެ ނިންމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ
(ނ) އިން ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
یک متر
2
0
4 ވ 2
އެތެވެކަން
(ނ) ތިންވަނަކަމަކީ، ޤާނޫނީ ނަޒަރަކުން ބަލާއިރު ކުންފުންޏަކީ އޭގެ ޒާތުގައި
އެކުންފުންޏެއްގެ ޙިއް ޞާދާރުންނާ ތަފާތު، ވަކި ޤާނޫނީ ކިޔާނަކާއެކު ޤާއިމްވެފައިވާ ޤާނޫނީ ޝަޚްސެއްކަން
އެނގޭކަމާއި، އަސްލުގައި މީގެ މާނައަކީ ކުންފުނީގެ ޤާނޫނީ ކިޔާން އެކުންފުނީގެ މެމްބަރުން ނުވަތަ
ޙިއްޞާދާރުންނާ ދެމެދު ދަމާލެވޭ ފެއިލްއެއް ނުވަތަ ފަރުދާއެއް އޮތުންކަމާއި، ނަމަވެސް ޙަޤީޤަތުގައި
ކުންފުންޏާ ކުންފުނީގެ ޙިއްޞާދާރުންގެ އިޤްތިސާދީ މަސްލަޙަތު ވަކިކުރެވިފައި ނޯންނަކަމާއި، ކުންފުނީގެ
މެމްބަރުން ނުވަތަ ޙިއްޞާދާރުންނަކީ ކުންފުނީގެ މިލްކިއްޔާތުން ފައިދާ ލިބިގަންނަ މިލްކުވެރިންކަމާ،
ޙިއްޞާދާރުންނާއި ކުންފުނީގެ
އިޤްތިޞާދީ މަސްލަޙަތު
އެނގެންއޮންނައޮތުމަށާއި، ޝަރުޢީ އަދި ޤާނޫނުގެ އުޞޫލުތަކަށާއި، ތަފާތު ޖުރިސްޑިކްޝަނުގެ ކޯޓުތަކުގެ
ނިންމުންތަކަށް ބަލާއިރު، ކުންފުންޏެއްގެ އިޤްތިޞާދީ ޙަޤީޤަތްތަކުގެ މައްޗަށް ބަލައި ކޯރޕަރޭޓް
އެންޓިޓީއެއްގެ ބުނެވިދިޔަ ފަރުދާ އުޞޫލެއްގެގޮތުން ކަހާނުލެވޭ ކަމުގައިވިޔަސް، ކޯރޕަރޭޓް އެންޓިޓީގެ
ބުނެވިދިޔަ ފަރުދާގެ ބޭނުންކުރެވިފައިވަނީ
ކުރެވިފައިވަނީ މަކަރާ ހީލަތެއް ހެދުމަށް ނުވަތަ ޙަޤީޤަތް އޮޅުވާލުމަށް ނުވަތަ
އަޚްލާޤީގޮތުން ގޯސް
އަމަލެއްކުރުމަށް ނުވަތަ އާއްމު މަސްލަޙަތާ ޚިލާފު އަމަލެއްކުރުމަށް ނުވަތަ ނިޒާމް
ޚިލާފު އަމަލެއްކުރުން ފަދަ މަޤްޞަދެއްގައިކަމަށް ޝައްކުކުރެވޭނެ މަޤްބޫލު ސަބަބުތަކެއް
ހުރެއްޖެނަމަ އެފަރުދާގެ ނިވައިފަތްގަނޑު ކަހާލައި ނުވަތަ މެއިލް ލިފްޓްކޮށް މިފަދަ ޟަރޫރީ ޙާލަތްތަކުގައި
ކޯރޕަރޭޓް އެންޓިޓީގެ މަފްހޫމް ދޫކޮށް ޙިއްސާދާރުންގެ ޒިންމާތަކަށް ބަލައި، މައްސަލަ ނިންމުމުގެ ބާރު
ކޯޓަށް ލިބިގެންވާކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
244
(ރ) ހަތަރުވަނަކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގައި އެއްވެސް
އޮޅުމެއްނެތްގޮތުގައި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދަރަނިލިބިގަތުމަށްއެދި ދަޢުވާކޮށްފައިވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ14ގެ6
މުޙައްމަދު މުޞްޠަފާގެ މައްޗަށްކަމާއި އަދި އެޤަޟިއްޔާގައި އެކޯޓުން ޙުކުމްކުރިއިރު ޙުކުމްކޮށްފައިވަނީވެސް
މުޙައްމަދު މުޞްޠަފާގެ މައްޗަށްކަމަށްވާތީއާއި، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން މުޙައްމަދު މުޞްޠަފާގެ
މައްޗަށްކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ފައިސާގެތެރެއިން އިންޓަރެސްޓާއި ސާރވިސް ޗާރޖް ނުހިމެނޭ
ޕްރިންސިޕަލް ޢަދަދަކީ މުޙައްމަދު މުޞްޠަފާ ދައްކަންޖެހޭ ފައިސާއެއްކަން މުޙައްމަދު މުޞްޠަފާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެނގެން
އޮންނާތީ، މުޙައްމަދު މުޞްޠަފާ ޝަރީޢަތުގެ މަޖިލީހުގައިވެފައިވާ އިޤުރާރުގެ މައްޗަށް ބިނާކޮށް
އެފައިސާއާމެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިންމާއުފުލަންޖެހޭ ފަރާތަކީ މުޙައްމަދު މުޞްޠަފާ
ކަމަށްކޮށްފައިވާ ޙުކުމުގައި ބުނެފައިވާ ފައިސާއަކީ މުޙައްމަދު މުޞްޠަފާ ބައިވެރިވާ ކުންފުންޏެއްގެ
ދަރަންޏެއްކަމަށާއި، އެދަރަންޓާމެދު ޒިންމާއުފުލަންޖެހޭނީ އެކުންފުނިންކަމަށް މުޙައްމަދު މުޞްޠަފާގެ
ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަކީ، ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއްނޫންކަން ފާހަގަކުރެވިފައި
2 0 2 0 2 0
24 2x0 0x
އަނެތުމެވެ
4
2 ބ 2
0
2
މެމްބަރުންގެ
(ބ) ފަސްވަނަކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު
މުޞްޠަފާގެ ކިބައިގައި ރައްޔިތުންގެ މަޖިލީހުގެ ކިބައިގައި ހުރުން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ ޝަރުޠުތައް ފުރިހަމަނުވާކަމަށް
ބުނެ، ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރު ހުށަހަޅާފައިވާ މިމައްސަލައަކީ މުޙައްމަދު މުޞްޠަފާގެ ކެންޑިޑޭސީއާ
މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ޤާނޫނުއަސާސީއާއި އެއްގޮތް ނުވާކަމަށް ދެކި
އިލެކްޝަންސް ކޮމިޝަނުގެ ބުނެވުނު ނިންމުން ޗެލެންޖްކުރުމުގެ ގޮތުން ހުށަހަޅާފައިވާ
މައްސަލައަކަށްވިޔަސް، ނުވަތަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލިއިރު އެމަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު
މުޙައްމަދު މުޞްޠަފާގެ ކިބައިގައި ފުރިހަމަވޭތޯ ބަލައިދިނުމަށްއެދި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ14ގެ7
990
ދަށުން ހުށަހެޅިފައިވާ މައްސަލައަކަށްވިޔަސް، މިފަދަ ކޮންމެ ޙާލަތެއްގައިމެ، އެ މައްސަލައާމެދު
ފައިޞަލާކުރަނިވި ނިންމުމެއް ނިންމުމުގެ ބާރާއި އިޚްތިޔާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން
ލިބިދޭފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަން ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
4 22
(ޅ) ހަވަނަކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު
މުޞްޠަފާއަކީ ސާބިތު ދަރަންޏެއް އޮވެ، ޙުކުމާއި އެއްގޮތަށް އެދަރަނި ދައްކަމުން ނުދާ މީހެއްކަމަށާއި، އަދި
އެ ސަބަބަށްޓަކައި މުޙައްމަދު މުޞްޠަފާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޙައްޤު
ގެއްލިފައިވާކަމަށް ބުނެ، އެކަން ސާބިތުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ޗެލެންޖްކޮށް
ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ ކޯޓުގެ ނަންބަރު 139/MC/97
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، މުޞްޠަފާ ސީފުޑްގެ ފަރާތުން، ބޭންކް އޮފް ކްރެޑިޓް
އެންޑް ކޮމާރސް އަށް ދައްކަންޖެހި،ނުދައްކާވާކަން 1997 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ
ނިޔަލަށް ނުދައްކާވާކަން މުޞްޠަފާގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެފައިވާ 31231.66$،
(އެއްތިރީސް ހާސް ދުއިސައްތަ ތިރީސް އެކެއް ޕޮއިންޓް ހައެއް ހައެއް) 28 އޮގަސްޓް 1997 އިން
ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި، ދައްކާ ޚަލާސްކުރާ ތާރީޚާއި ހަމަޔަށް އަރަމުންދާ އިންޓްރެސް
އިންޓްރެސްޓާއެކު
އެދަރަނީ ދައްކާ ޚަލާސްކުރުމަށް މުޙައްމަދު މުޞްތަފާ ސީފުޑް އިންޓަނޭޝަލްގެ މައްޗަށް
ޙުކުމްކޮށްފައިވާކަން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން ރަނގަޅަށް އެނގެން އޮތްއިރު، އެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ މުޙައްމަދު
މުޞްޠަފާގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާކަމާއި، އަދި އެ
ޤަޟިއްޔާ އިސްތިއުނާފްކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 132/HCA/97 ޤަޟިއްޔާ
އިސްތިއުނާފުކޮށް ދިނުންއެދި މުޙައްމަދު މުޞްޠަފާ ހުށަހެޅި ނަންބަރު 97/124 ދަޢުވާ ފޯމުގައި، އެދަޢުވާ
އިސްތިއުނާފުކޮށްދިނުން އެދި ހުށަހަޅާ ފަރާތުގެ ގޮތުގައި ގ. ޝަފަގް މުޙައްމަދު މުޞްޠަފާގެ ނަން، އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
A?
Supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ8514
މުހއެ
ދަޢުވާ ލިބޭ ފަރާތެއްގެ ގޮތުގައި، އެޓަރނީ ޖެނެރަލްގެ އޮފީސް މިފަދައިން ލިޔެފައި އޮތުމުން، މަދަނީ
ކޯޓުން ކޮށްފައިވާ ޙުކުމަކީ މުޙައްމަދު މުޞްޠަފާއާ ގުޅުމެއްނެތް ޙުކުމެއް ކަމަށް ޚުދު މުޙައްމަދު މުޞްޠަފާ
އަށްވެސް ޤަބޫލު ނުކުރެވޭކަމާ
ވޭކަމާއި، މިއީ މިކަމުގައި އޮތް ހަޤީޤަތަކަށް ނުވާނަމަ ނުވަތަ އެދަރަންޏަކީ
އެމަދު މުޞްޠަފާއާ އެއްވެސް ގުޅުމެއްނެތް، ހަމައެކަނި މުޙައްމަދު މުޞްޠަފާ ބައިވެރިވާ ލިމިޓެޑް
ލައިބިލިޓީ ކުންފުންޏެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއްކަމަށް މުޙައްމަދު މުޞްޠަފާއަށް ކިރިޔާވެސް
ޤަބޫލުކުރެވޭނަމަ އެޤަޟިއްޔާ އިސްތިއުނާފުކުރާ ފަރާތެއްގެ ޙައިޘިއްޔަތުން މުޙައްމަދު މުޞްޠަފާގެ ނަންޖަހާ،
މުޙައްމަދު މުޞްޠަފާގެ އަމިއްލަ ނަމުގައި އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި މުޙައްމަދު މުޞްޠަފާ
ތިއުނާފުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން، އެއީ ޤާނޫނީގޮތުން ޖަދަލުކުރެވޭ ވަރަށްވުރެ
ޙަޤީގަތެއްކަން ރަނގަޅަށް އެނގެންއޮންނައޮތުމެވެ.
ދީ / 23
2
2x
(ފާޅުކަންބޮޑު
(ކ) ހަތްވަނަކަމަކީ، މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 139/MC/97 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ މުޙައްމަދު މުޞްޠަފާ އެ ޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ރަނގަޅު ނޫންކަމަށް މުޙައްމަދު މުޞްޠަފާ ދެކޭ ސަބަބުތައްކަމަށް ބުނެ މުޙައްމަދު މުޞްތަފާ ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު:-
1- ފުރަތަމަ ސަބަބެއްގެ ގޮތުގައި މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވަނީ 1997 ޖޫން
30 ގެ ނިޔަލަށް އިންޓެރެސްޓާއި އެކު 31231 $ (އެއްތިރީސް ހާސް ދުއިސައްތަ އެއްތިރީސް ޔޫ އެސް
ޑޮލަރު) ދައްކަންޖެހޭކަމަށް މުޙައްމަދު މުޞްޠަފާ އިންކާރު ކޮށްފައި ވަނިކޮށް، އެ ޢަދަދަށް ފައިސާ
ދައްކަންޖެހޭ ކަމަށް މުޙައްމަދު މުޞްޠަފާ އިޢުތިރާފުވާ ކަމުގައި މަދަނީ ކޯޓުން ޙުކުމްކޮށްފައިވުމެވެ.
2- ދެވަނަ ސަބަބެއްކަމަށް މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވަނީ 1991 ވަނަ އަހަރު
ބަންދުވިއިރު،
އިޢްތިރާފްވެފައިވާ 12557.74 $ (ބާރަހާސް
Ooec
02
ބަނ
ބިނާކޮށް
02c 24ވ 200
2
در سه ما سره سر
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
?
Supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ14ގެ
ފައްސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ހަތެއް ހަތަރެއް ޔޫއެސް ޑޮލަރު) ބޭންކުން ވިޔަފާރީގެ އެއްވެސް
ޚިދުމަތެއް ނުދީ ޚިދުމަތުގެ އަގަށް، ބޭންކް ބަންދުވިފަހުން ފެށިގެން އޭގެ ފަހުންވެސް އިންޓްރެސްޓް
ދޭންޖެހޭކަމަށް ޙުކުމްކޮށްފައިވުމެވެ.
0 024
3- ތިންވަނަ ސަބަބެއް ކަމަށްބުނެ މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވަނީ ބޭންކް
ބަންދުވިއިރު، 12557 $ (ބާރަހާސް ފައްސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ހަތެއް ހަތަރެއް ޔޫ އެސް
ޑޮލަރު) ދަރަންޏެއްގެ ގޮތުގައި އަތުލަން ނޫޅެ، 06 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން އިތުރު ފައިސާ
އަތުލަން ކުރި ދަޢުވާގެ މައްޗަށް ޝަރީޢަތް ނިންމާފައިވުމެވެ.
4 ހަތަރުވަނަ ސަބަބެއްކަމަށް ބުނެ މުޙައްމަދު މުޞްތަފާ ހުށަހަޅާފައިވާ ސަބަބަކީ،
ބަންދުވީ ބޭންކްގެ އަމިއްލަ އަމަލެއްގެ ސަބަބުން ކަމަށްވެފައި، ލޯނު ދިނުމަށްފަހު ބޭންކުން ދެވޭ
ޚިދުމަތެއް ނުލިބުމުން މުޙައްމަދު މުޞްޠަފާއަށް ލިބުނު ގެއްލުމަކީ، ވިޔަފާރި އެބޭންކްގެ ތެރެއިން
ހިންގުމުގެ ފުރުޞަތު ނުލިބިގެން ލިބުނު ގެއްލުމެއް ކަމުގައިވާއިރުވެސް އެ ގެއްލުމާއި ބޭންކް
ޒިންމާކުރުވުމަކާނުލައި މުޙައްމަދު މުޞްޠަފާގެ އަތުން ދައްކަންޖެހޭ ޢަދަދަށްވުރެ ގިނަ ފައިސާ ޚިދުމަތުގެ
އަގޭ ބުނެ ނަގާ، މުޙައްމަދު މުޞްޠަފާއަށް ފައިސާގެ ޚިދުމަތްނުދީ އޮތުމާއެކުވެސް އެފައިސާ
އަތުލާދީ، މަދަނީ ކޯޓުން މައްސަލަ ނިންމާފައިވުންކަމަށްބުނެ މި ހަތަރު ނުކުތް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށްފަހު، މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާ
ނިމިފައިވާގޮތާމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ ނުކުތާތަކުގެ މައްޗަށް އިތުރަށް އަލިއަޅުވާލަމުން
މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 97/MC/139 ޤަޟިއްޔާގައި ކުރައްވާފައިވާ ދަޢުވާގައި ބުނެފައިވާ
ފައިސާގެ ޢަދަދާއިމެދު މުޙައްމަދު މުޞްޠަފާ އިންކާރުކޮށްކޮށް ހުއްޓާ %16 އިންޓެރެސްޓާއި އެކު
މުޙައްމަދު މުޞްޠަފާއެދަޢުވާއަށް އިޢުތިރާފުވެފައިވާކަމަށް ހަދައި، މައްސަލަ ބަލަންވީ ވަރަށް
ނުބަލައި 31231.66 $ (އެއްތިރީސްހާސް ދުއިސައްތަ އެއްތިރީސް ޕޮއިންޓް ހައެއް
ބަންކުރ
oo
ހ 04
ހައެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
A?
Supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ސަފްޙާ10
:
14
ޑޮލަރު) އިންޓްރެސްޓާއިއެކު ދެއްކުމަށް ޙުކުމްކުރުމުން މައްސަލަ ނިމުނު ގޮތާމެދު މުޙައްމަދު މުޞްޠަފާ
ހިތްހަމަނުޖެހޭތީ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދޭކަމަށް ބުނުމަށްފަހު މުޙައްމަދު މުޞްޠަފާގެ
ބަޔާނުގައި ޚިދުމަތުގެ އަގު ހިމަނައިގެން އެއްތިރީސް ހާސް ޑޮލަރު މުޙައްމަދު މުޞްޠަފާ އަތުން
ލިބެންޖެހޭކަމަށް ޙުކުމްކޮށްފައިވުމަކީ މުޙައްމަދު މުޞްޠަފާއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކޭ" މިފަދައިން
ބުނެ ހައިކޯޓުގެ ނަންބަރު 132/HC
-
A/97 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާނެއްދީ އެބަޔާނުގައި
މުޙައްމަދު މުޞްޠަފާ އަމިއްލަ އިޚްތިޔާރާއި ރުހުމުގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވިފައި އޮތުމުން،
މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާ ފައިސާ ދެއްކުމަށް މުޙައްމަދު
މުޞްޠަފާގެ މައްޗަށް ކުރައްވާފައިވާ ޙުކުމަކީ މުޙައްމަދު މުޞްޠަފާ އިއުތިރާޒުކުރާ ޙުކުމެއް ނޫންކަމާއި، އެ
ޙުކުމާއިމެދު މުޙައްމަދު މުޞްޠަފާ އިއުތިރާޒުކުރާ ސަބަބަކީ ހަމައެކަނި ބޭންކް ބަންދުކުރި ފަހުންވެސް
ލޯނަށް އިންޓަރެސްޓް އަރަމުން ގޮސްފައިވުމާއި އަދި އެއިންޓަރެސްޓް ހިމަނައިގެން ލޯނު ފައިސާ
ދައްކަންޖެހުންކަން ރަނގަޅަށް އެނގެންއޮންނާތީ މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 97/MC/139
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި އެފައިސާ ދެއްކުމަށް މުޙައްމަދު މުޞްޠަފާގެ މައްޗަށް ޙުކުމްކޮށްފައި
އެއިން ރުޖޫޢުނުވެވޭނެފަދަގޮތަކަށް މުޙައްމަދު މުޞްޠަފާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ޤަބޫލުކޮށްފައިވާ ކަމެއްކަން ރަނގަޅަށް އެނގެންއޮންނައޮތުމެވެ.
3ވ
هر فردا
(އ) އަށްވަނަކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ތ. ތިމަރަފުށީ ދާއިރާއަށް
ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު މުޞްޠަފާގެ މައްޗަށް ޖީ.ސީ.ސީ.އައި އިން ނަގާފައިވާ ލޯނެއްގެ
ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ވަކި ޤަވާޢިދަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދައްކާ
ޚަލާސްކުރުމަށް ޙުކުމްކޮށްފައިވާކަމަށް ބުނާ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅިފައިވާކަމަށްބުނެ އެކަމާބެހޭ ތަފްޞީލް ހޯދުމަށްއެދި އިލެކްޝަންސް ކޮމިޝަންގެ ނަންބަރު -38
98
/
2009
/
5/F (28 ޖުލައި 2009) ގެ ސިޓީއިން ދެންނެވުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ11
:
14
ނަންބަރު 38
/
2009
/
2/LS-98 (09 ޖުލައި 2009) ގެ ބޯޓުގައި ބުނެފައިވަނީ މުޞްޠަފާ، ސީފުޑް
އިންޓަރނޭޝަނަލްގެ ފަރާތުން ބީ.ސީ.ސީ.އައި އިން ނަގާފައިވާ ލޯނުގެ ފައިސާ 30 ޖޫން 1997 ގެ
ނިޔަލަށް އިންޓްރެސްޓާއިއެކު 31231.66 ޔޫއެސް ޑޮލަރު، އެޤަޟިއްޔާގައި ޙުކުމް އިއްވި ތާރީޚުން
ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމާ ތާރީޚާ ހަމަޔަށް އަރަމުންދާ އިންޓްރެސްޓާއެކު ދައްކާ
ޚާލާސްކުރުމަށް މުޞްޠަފާ، ސީފުޑްގެ މައްޗަށް ޙުކުމްކޮށްފައިވާކަމަށާއި، އަދި އެޤަޟިއްޔާ ނިމިފައިވާގޮތް
ރަގަޅުނޫންކަމަށް ބުނެ މުޙައްމަދު މުޞްޠަފާ އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ
ނަންބަރު 132/HC-A/97 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ މަދަނީ ކޯޓުގެ ޙުކުމަށް ތާއީދުކޮށްކަމަށާ،
އެހެންނަމަވެސް އެޙުކުމާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ފައިސާއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް
ދައްކާފައިނުވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިޔުޓީ ގަވަރުނަރު ޢާއިޝަތު ޒާހިރާ
ސޮއިކޮށްފައިވާ އިސްވެ ބުނެވުނު ނޯޓުގައި ސާފުބަހުން ބުނެފައިވާކަން ފާހަގަކުރެވިފައި އޮންނައިރު، މަދަނީ
ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްގައި ބުނެފައިވާ ފައިސާ މުޙައްމަދު
މުޞްޠަފާ ދެއްކުމަށް އޮތްއޮތުމަކީ މުޙައްމަދު މުޞްޠަފާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ޤަބޫލުކޮށްފައިވާ ކަމެއްކަމާއި މަދަނީ ކޯޓުގެ ޙުކުމާމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ މައިގަނޑު
ސަބަބަކީ އިންޓްރެސްޓް ހިމަނައިގެން އެފައިސާ ދެއްކުމަށް ޙުކުމްކޮށްފައި އޮތުންކަން މުޙައްމަދު މުޞްޠަފާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށްދީފައިވާ ބަޔާނުން ރަނގަޅަށް އެނގެންއޮވެއެވެ.
(ވ) ނުވަނަކަމަކީ، އިސްތިއުނާފަކުންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް ޠަޢުނުކުރުމުގެ
ޙައިޘިއްޔަތު ނެތިފައިވާ އަދި ފައިޞަލާކުރަނިވި ނިޔާއެއްގެ ފުރިހަމަ ޙުއްޖިއްޔަތު ލިބިފައިވާ ޙުކުމަކީ
އެޙުކުމަކުން ނިޔާކަނޑައެޅިފައިވާކަމެއްގެ މައްޗަށް އޮންނަ މުޠުލަޤު ޙުއްޖަތްކަމަށްވެފައި، މަދަނީ ކޯޓުގެ
ނަންބަރު 91/MC/139
ޤަޟިއްޔާގައި މުޙައްމަދު މުޞްޠަފާގެ މައްޗަށް ދައުލަތުގެ ބަންޑާރަނައިބުގެ
ފަރާތުންކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ދަރަނީގެ ފައިސާއަކީ ބީ.ސީ.ސީ.އައި އިން މުޙައްމަދު މުޞްޠަފާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
A?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ14 12
"139/MC/97
91/HC-A/132
މެދުވެރިވެ ސީފުޑް އިންޓަރނޭޝަލުން ނަގާފައިވާ ލޯނެއްގެ ފައިސާކަމުގައިވިޔަސް، އެ ދަޢުވާގެ ޣާއަށް
ބަލާއިރު ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާފައިވަނީ މުޞްޠަފާގެ މައްޗަށްކަމާއި އަދި އެޤަޟިއްޔާގައި
ޙުކުމްކޮށްފައިވަނީވެސް މުޞްޠަފާގެ މައްޗަށްކަން
މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައިކޮށްފައިވާ ޙުކުމުން އެނގެންއޮތްއިރު، އެޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
ޤަޟިއްޔާ
މުޙައްމަދު
މުޞްޠަފާގެ
އަމިއްލަ ނަމުގައި
އިސްތިއުނާފުކުރިއިރުވެސް މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގެ ޙުކުމުގައި އެދަރަންޏަކީ
މުޙައްމަދު މުޞްޠަފާ ޒިންމާވާންޖެހޭ އަދި މުޙައްމަދު މުޞްތަފާ ދައްކާ ޚަލާޞްކުރަންޖެހޭ ދަރަންޏެއްކަމަށް
ކަނޑައަޅާފައި އޮތުމާއެކުވެސް އެނުކުތާ މުޙައްމަދު މުޞްޠަފާ އިސްތިއުނާފުކޮށްފައިނުވާ ކަމާއި އަދި އެއީ
ދަށު ކޯޓުގެ ޙުކުމާއިމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ ނުކުތާއެއްވެސް ނޫންކަން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު މުޞްޠަފާ ދީފައިވާ ބަޔާނުން ރަނގަޅަށް އެނގެން އޮންނައިރު، ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު ދަރަނިވެރިޔާ އާއި އަދި އެދަރަންޏަކަށް
ޖާމިނުވާ ފަރާތާއި މިދެފަރާތުގެ މައްޗަށް ދަރަންޏެއް އަދާކުރުން ލާޒިމްވާ ޙުކުމެއް އޮތްނަމަ
އެދެފަރާތުގެތެރެއިން ކޮންމެ ފަރާތަކީވެސް އަރަނިވެރިޔާގެ ކުރިމަތީގައި ޝަރުޢީ އަދި ޤާނޫނީގޮތުން
އެދަރަންޏާ ޒިންމާވާންޖެހޭ ފަރާތެއްކަމަށް ބެލެވޭނެތީ ފައިޞަލާކުރަނިވި ބާރު (RES JUDICATA
ލިބިފައިވާ މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގެ ޙުކުމް ދެމިއޮތްހާ ހިނދަކު ނުވަތަ
އެދަރަނި އެޙުކުމުގައި ބުނެފައިވާ އުޞޫލުން ދައްކާ ޚަލާސް ނުކުރާހާ ހިނދަކު ސީފުޑް
އިންޓަރނޭޝަނަލްގެ މުޞްޠަފާ ނުވަތަ މުޙައްމަދު މުޞްޠަފާއަކީ އެދަރަނިން ބަރީއެއް ޒިންމާވެފައިވާ
ބެލެވިދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ދަތުމެވެ.
އ ހ އ ބ
ފަރުތައްކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
A?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާ14 13
ޙުކުމް:
02
4 20 0
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް،
މުޙައްމަދު މުޞްޠަފާގެ މައްޗަށް ދަޢުލަތުގެ ބަންޑާރަނައިބުގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރި ލޯނުގެ
ފައިސާ ލިބިގަތުމުގެ ދަޢުވާއާ ގުޅިގެން، މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގައި
ޙުކުމްކޮށްފައިވަނީ އެފައިސާ ދައްކާ ޚަލާސްކުރުމުގެ ޒިންމާ، މުޙައްމަދު މުޞްޠަފާ އުފުލަންޖެހޭގޮތަށްކަން
އެޤަޟިއްޔާގައިކޮށްފައިވާ ޙުކުމުން ރަނގަޅަށް އެނގެން އޮންނާތީއާއި އަދި މުޙައްމަދު މުޞްޠަފާގެ މައްޗަށް
އެޤަޟިއްޔާގައި ޙުކުމްކޮށްފައި އޮންނައޮތުމަކީ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމަތަކާ ޚިލާފަށްކޮށްފައިވާ
ޙުކުމެއްކަމަށް މުޙައްމަދު މުޞްޠަފާ ނުދެކޭކަން، މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާ
މުޙައްމަދު މުޞްޠަފާ އަމިއްލަ ނަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު ބުނެވިދިޔަ
ލޯނާއި ބެހޭ ޒިންމާ މުޙައްމަދު މުޞްތަފާއުފުލަންޖެހޭގޮތަށް ޙުކުމްކޮށްފައި އޮންނައޮތުމަކީ މުޙައްމަދު
މުޞްޠަފާ ހިތްހަމަނުޖެހޭ ސަބަބެއްގެ ގޮތުގައި އެނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާތީއާއި،
އެޙުކުމާމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ ބުނެވިދިޔަ ލޯނު ދޫކުރި ބޭންކް
ބަންދުވިފަހުންވެސް ލޯނަށް އިންޓްރެސްޓް އަރަމުން ދިޔުމާއި، ލޯނު އިންޓްރެސްޓް ހިމަނައިގެން އެފައިސާ
ދެއްކުމަށް ދަށު ކޯޓުން ޙުކުމްކޮށްފައި އޮންނަ އޮތުންކަމާއި، އިންޓްރެސްޓް ނުހިމެނޭގޮތަށް ލޯނުގެ ޒިންމާ
އުފުލަންޖެހުމަކީ މުޙައްމަދު މުޞްޠަފާ ޤަބޫލުކޮށްފައިވާ ކަމެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް މުޙައްމަދު މުޞްޠަފާ ދީފައިވާ ބަޔާނުން (މަޙްޝަރު 96 ގެ ޞަފްހާ 329) އެނގެން އޮންނާތީ
މިކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާ ވިސްނުމަށްފަހު، މަދަނީ ކޯޓުގެ ނަންބަރު
97/MC/139 ޤަޟިއްޔާގައި ދަޢުވާލިބުނު މުޙައްމަދު މުޞްޠަފާއަކީ އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި
ބުނެފައިވާ ލޯނުގެ ފައިސާ ދެއްކުމާމެދު ބަރީއެއް ޒިންމާވާފަދަ ޙާލަތެއްގައި ހުރި ފަރާތެއްކަމަށް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެމަތިން ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރުމާއެކު، ފައިޞަލާކުރަނިވި ޙުކުމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ14514
ނަންބަރު
OXO
139/MC/97
ދެމިއޮތުމުގެ ސަބަބުން ތަންފީޒީ ބާރު (RES JUDICATA) ލިބިގެންވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
132/HC
-
A/97 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވާ، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މުޙައްމަދު މުޞްޠަފާ ދައްކާ ޚަލާޞްކުރުމަށް ޙުކުމްކޮށްފައިވާ ލޯނުގެ
ފައިސާގެ އެއްވެސް މިންވަރެއް، އެޙުކުމުގައި ބުނެފައިވާ ހަމަތަކުގެ މަތިން މުޙައްމަދު މުޞްޠަފާ
ދައްކާފައިނުވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ LS138
/
2009
/
2-98 (09 ޖުލައި 2009) ގެ
ނޯޓުން ރަނގަޅަށް އެނގެންއޮންނައިރު، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރަކު ރައްޔިތުންގެ
މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ޙާލަތްތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވެފައިވާ މީހަކު
މެމްބަރުކަމުން ވަކިވާނެ ފުރަތަމަ ޙާލަތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެފައި އެދަރަނި އުކުމާއި
އެއްގޮތަށް އަދާކުރަމުންނުދާ މީހަކުކަމުގައިވުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73
ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ސާފުބަހުން ބުނެފައިވާތީ، މިއަދު (20 ފެބްރުއަރީ 2012)
ގައި މި ޤަޟިއްޔާގައި ޙުކުމްކުރާ ވަގުތުން ފެށިގެން ތ. ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ
ސީވޯލް (މ. ޝަފަގު) މުޙައްމަދު މުޞްޠަފާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން
ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މެމްބަރު މ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
A?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާ4ގެ1
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިންއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ތަފާތުވި ރަޢުޔު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ
ނަންބަރަށް ޙަވާލީދީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތ. ތިމަރަފުށި ދާއިރާގެ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ޚިލާފު އުފެދިފައިވާކަމަށް ބުނެ، އެދާއިރާގެ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މ. ސްވޯލް މުޙައްމަދު މުޞްޠަފާ އަކީ ރައްޔިތުންގެ
މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދެމިހުރުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ބުނެ، ރައްޔިތުންގެ
މަޖިލީހުގެ މެންބަރުކަމުން ވަކިކުރަންޖެހިއްޖެކަމަށް ކަނޑައެޅުމާއެކު އެމަޖިލީހުގެ މެންބަރުކަމުން
ވަކިކޮށްދިނުމަށް އެދި ހ. ދޮންޖޭމުގެ ޢުމަރު ނަޞީރު ދަޢުވާ ކޮށްފައިވެއެވެ.
ޢުމަރު ނަޞީރުގެ މިދަޢުވާ ބިނާކޮށްފައިވާ، ސީވޯލް މުޙައްމަދު މުޞްޠަފާގެ މައްޗަށް
ސާބިތުވެފައިވާ ދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުން ގޮސްފައި ނުވާކަމަށް ބުނާ،
މަދަނީކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، މުޞްޠަފާ ސީފުޑް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޖީ.ސީ.ސީ.އައި މާލޭ ގޮފިން ދޫކޮށްފައިވާ ލޯނުގެ ފައިސާ އެބޭންކު
ބަންދުކުރި ތާރީޚުކަމަށްވާ 1991 ވަނަ އަހަރު ޖުލައި މަހުގެ 06 ވަނަ ދުވަހާ ހަމައަށް، އަދި މުޞްޠަފާ
ސީފުޑް އިންޓަރނޭޝަނަލް ގެ ފަރާތުން އެޢަދަދާމެދު އެއްބަސްވާ ޢަދަދު، އެހާތަނަށް ނުދައްކާ އޮތުމެގެ
ސަބަބުން، 1997 ވަނައަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ
އިންޓްރެސްޓާއެކު ދައްކާފައި ނުވާކަން މުޞްޠަފާ ސީފުޑް އިންޓަރނޭޝަލް ޕްރައިވެޓް ލިމިޓެޑްގެ
އިޢުތިރާފުނާއި އެޤަޟިއްޔާއަށް ހުށަހެޅުނު ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށާއި، މުޞްޠަފާ ސީފުޑް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބީސީސީއައި މާލޭ ގޮފިން ނަގާފައިވާ ލޯނުގެ ފައިސާ
1997 ވަނަ އަހަރުގެ ޖޫންމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް އިންޓްރެސްޓާއެކު، 1997 ވަނަ އަހަރުގެ
22 / 0 2 0 0
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
A?
Supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާގެ2
އޮގަސްޓު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް
މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމް ކުރައްވާފައިވެއެވެ.
4 22
139/MC/97
މަދަނީކޯޓުގެ ނަންބަރު
97/MC/139 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރެވިފައިވާކަމާއި މަދަނީކޯޓުގެ އެޤަޟިއްޔާގައި ޙުކުމްކޮށްފައި އޮތްގޮތުގެ ސަބަބުން،
އެކަމާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިފަރާތަކީ މުޙައްމަދު މުޞްޠަފާ
ކަމަށްވިއަސް، އިތުރު ޙުކުމެއް ހައިކޯޓުން ނުކޮށް، ދަށުކޯޓުގެ ޙުކުމަށް ތާއީދުކޮށް ނިންމަވާފައިވާތީ، ލޯނުގެ
ފައިސާ ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށްފައި ވަނީ ކޮންފަރާތެއްގެ މައްޗަށްކަން ދެނެގަތުމަށްޓަކައި
ރުޖޫޢާވާންޖެހެނީ ދަށުކޯޓުގެ ޙުކުމަށެވެ.
4 22
ބީ.ސީ.ސީ.އައި މާލޭގޮފިން އެކިފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން ފައިސާ ނުލިބިވާ
ފަރާތްތަކުގެ ކިބައިން ލިބެންޖެހޭ ލޯނުގެ ފައިސާ ހޯދުމުގެ މަސައްކަތް ޝަރުޢީ ކޯޓުތައް މެދުވެރިކޮށް
ކުރަމުން ގޮސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންކަމާއި އެގޮތުން " މުޞްޠަފާ ސީފުޑް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" މިގޮތަށް ދައުލަތުގެ ފަރާތުން ދަޢުވާ ކޮށްފައިވާކަމާއި ލޯނު
ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ލޯނު ދޫކުރިފަރާތް ކަމުގައިވާ ޓީ.ސީ.ސީ.އައިގެ
އެއްވެސް ލިޔުމެއް ހުށަހަޅާފައިވާކަން މަދަނީކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެންނެތްކަމާއި
އެހެން ނަމަވެސް ލޯނު ސާބިތުކުރުމުގައި ޚަޞްމުންގެ ވާހަކަތަކުގެ އިތުރުން މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީގެ ލިޔުންތަކަށް ރިޢާޔަތް ކުރެވިފައި ވާކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 1 ސެޕްޓެމްބަރ
1991 މިތާރީޚުގެ ލިޔުމުން އެނގޭގޮތުގައި ލޯނުދޫކުރެވުނު އެކައުންޓް ނަންބަރު 512 $ CD އަކީ
ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އޮޕްރޭޓްކުރެވުނު އެކައުންޓެއްކަމާއި އެއޮތޯރިޓީގެ
ލިޔުންތަކުން އެނގޭގޮތުގައި ލޯނު ނެގިފަރާތަކީ ސީފުޑް އިންޓަރނޭޝަނަލްކަމާއި ނަމަވެސް ދައުލަތުން ކުރި
ދަޢުވާގައި ދަޢުވާލިބޭފަރާތެއްގެ ގޮތުގައި ލިޔެފައި ވަނީ މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ354
ލިމިޓެޑްކަމާއި މަދަނީކޯޓުގެ ޤަޟިއްޔާގައިވެސް ލިޔެފައި ވަނީ އަދި ދަޢުވާ ސާބިތުކޮށްފައި ވަނީވެސް
މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކަމާއި މަދަނީކޯޓުގެ ޙުކުމަށް
ބަލާއިރު، މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ އެންމެ ފަރާތެއްގެ ގޮތުގައި ސިފަ
ވާކަމާއި ނަމަވެސް ޤާނޫނީގޮތުން ބަލާއިރު މުޞްޠަފާ އަދި ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ
ޤާނޫނީ ވަކި ދެ ޝަޚުޞްކަމާއި މަދަނީކޯޓުގެ ޤަޟިއްޔާގެ އެޙުކުމަކީ އެޙުކުމުގެ ދަށުން ސާބިތު ކޮށްފައިވާ
ލޯނުގެ ފައިސާ ދެއްކުމުގެ ޒިންމާއޮތް ފަރާތަކީ އެންމެ ފަރާތެއް ކަމުގައި ނުވަތަ އެއީ ދެފަރާތެއް ކަމުގައި
ބެލުމުގެ އިހުތިމާލު އޮތް ޙުކުމަކަށްވެފައި އެޙުކުމް ޞަރީޙަ ނުވާތީ، މިމައްސަލަ ބެލުމުގައި މަދަނީކޯޓުގެ
ޤަޟިއްޔާގައި ސާބިތުކޮށްފައިވާ ލޯނުގެ މައްޗަށް ބެލިފައިވެއެވެ.
ceco
މަދަނީކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގެ ދަށުން ސާބިތުކޮށްފައިވާ ލޯނުގެ
ފައިސާ ދައްކަން އަންގަވާފައިވަނީ މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ކަމަށްވާއިރު، ލޯނަކީ " ކޯޕަރޭޓިވް ޑެޓެއް " ކަން މަދަނީކޯޓުގެ ޤަޟިއްޔާގައި ހިމަނާފައިވާ މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީން 01 ސެޕްޓެމްބަރ 1991 ގައި ސީފުޑް ޓްރޭޑް އިންޓަރނޭޝަނަލް އަށް ފޮނުވާފައިވާ
ސިޓީން އެނގޭކަމާއި މިލޯނުގެ ފައިސާ ހޯދުމަށް ދަޢުވާ ކޮށްފައި ވަނީ 05 ޖޫން 1997 ގައި ކަމާއި
މިހާރު ޢަމަލުކުރެވޭ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 07 ނޮވެމްބަރު
1996 ގައި ކަމާއި ކުންފުންޏަކީ ލީގަލް އެންޓިޓީއެއްކަމުގައިވާއިރު، ކުންފުނީގެ ނަމުގައި އެކިފަރާތް
ތަކާއެކު ކުރެވޭ މުޢާމަލާތްތަކަކީ ކުންފުނީގެ މުޢާމަލާތްތައް ކަމަށްވެފައި ކުންފުނިންކުރާ މުޢާމަލާތްތަކާ
ގުޅިގެން އަދާކުރާންޖެހޭ ފައިސާގެ މުޢާމަލާތްތަކަކީ، ކުންފުނީގެ ނިވާފަތްގަނޑު ނެގޭ ޙާލަތެއްގައި ފިޔަވާ،
ކުންފުނި ޖާމިނުވާ ދަރަނިކަމާއި ކުންފުނީގެ ނަމުގައި ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން ނިންމުންތައް ނިންމަނީ
ކުންފުނީގެ ޙިއްޞާދާރުން ކަމަށްވިއަސް އެފަރާތްތަކަކީ ކުންފުނިންކުރާ އެފަދަ ކަންކަމުގައި ބައިވެރިން
ކަމަށްނުވާތީ އެފަރާތްތަކުގެ ޝަޚުޞީ ޒިންމާއެއް ނޯންނާނެކަމާއި ޤާނޫނުގެ ކުރިމަތީގައި ކުންފުނީގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ4ގެ4
ޙިއްޞާދާރުން ކުންފުނި ތަމްޘީލް ކުރާ ޙާލަތުގައި އަދާކުރާ ދައުރަކީ އެޖެންޓްގެ ދައުރުކަމަށް ވަތީ
އެޙާލަތުގައި ކުންފުނީގެ އުޞޫލުތަކުގެ މަތިން މެނުވީ ކުންފުނީގެ ދަރަނީގެ މައްޗަށް ޙިއްޞާދާރަކު އަމިއްލަ
ޙައިޘިއްޔަތުން ޒިންމާ ނަގަންނުޖެހޭނެއެވެ.
ވީމާ، ތ. ތިމަރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެފައިވާ
ސީވޯލް މުޙައްމަދު މުޞްޠަފާއަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ
(ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގެ މަތީން މުޙައްމަދު މުޞްޠަފާގެ އަމިއްލަ ދަރަންޏެއް
* **
އަޅަމުk
އުޅުމާއެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހެއްކަމަށް ބަލައި، ޤާނޫނުއަސާސީގެ 74 ވަނަ
މާއްދާގައިވާ ގޮތުގެމަތި
ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން މުޙައްމަދު މުޞްޠަފާ
ވަކިވެއްޖެކަމަށް ޤާނޫނީގޮތުން ކަނޑައަޅާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
A?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާ117
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ތަފާތުވި ރަޢުޔު
އެއްގޮތަށް
4 22
.
Puc
ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރު، 18 އޯގަސްޓް 2009 ދުވަހު، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް ހުށަހެޅި މައްސަލައަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު، ޙުކުމާ
ދަރަނި އަދާކުރަމުން ނުދާނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރި ނުވެވޭނެ ކަމަށް
އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ރައްޔިތުންގެ
މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ
މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި އޮތަތީ، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74
ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު
މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ޚިލާފެއް
އުފެދިއްޖެނަމަ، އެ މައްސަލައެއްބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ވެސް
އޮތަތީ، އަދި ތ. ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ޚިލާފު
އުފެދިފައިވާތީ، ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް އިންތިޚާބް ވެފައިވާ މ. ސީވޯލް މުޙައްމަދު
މުޞްޠަފާރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން ވަކިކުރާން ޖެހިއްޖެތޯ ބަލައިދިނުމަށާއި
ހުށަހެޅިފައިވާ ހެކިތަކުގެ އަލީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން ތ. ތިމަރަފުށީ
ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ވަކިކުރާން ޖެހިއްޖެކަމަށް ކަނޑައަޅައި ދިނުމަށާއި ވަކިކޮށް
ދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި، މައްސަލަ ހުށަހެޅިފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ދަޢުވާ ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔުންތަކަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މި މައްސަލައާގުޅޭ ޤާނޫނުތަކުގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
A?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާ257
މައްޗަށާއި ކުންފުންޏާބެހޭ ޤާނޫނު ކަނޑައަޅާ ލިމިޓެޑް ލައިބިލިޓީ ކޮންސެޕްޓްގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލާގައި، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަކުރެވެއެވެ.
22 0 2 /
މީހަކު، ޙުކުމާ
2ތ ތތ
ޗެކެމު އެއްގ.ތށް
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ
(ނ) ގެ 1 ވަނަ ނަންބަރަށް ބަލާއިރު، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް
އެ ދަރަނި އަދާކުރަމުން ނުދާނަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ މީހަކަށް ބައިވެރި ނުވެވޭނެ
ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މީހަކު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއަށް
ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން
ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް
އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅަން ޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަން
އެނގެން އޮންނަ އޮތުމެވެ.
ކަމަށް ބުނަނީ،
(ނ) ތިންވަނަ ކަމަކީ، ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރު ހުށަހެޅި ދަޢުވާ ބިނާކުރާ ސަބަބު
ސީވޯލް މުޙައްމަދު މުޞްޠަފާ އަކީ މަދަނީ ކޯޓުގެ ނަންބަރު 97/MC/139
ޤަޟިއްޔާއިން ދަރަނި ސާބިތުވެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވާ މީހަކު ކަމުގައި ނުވުމާއި ޙުކުމާ
އެއްގޮތަށް ފައިސާ ދައްކަންޖެހެނީ މުޙައްމަދު މުޞްޠަފާކަން މަދަނީ ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮތުމާއި ސާބިތު ދަރަނި އެއީ މުޙައްމަދު މުޞްޠަފާ އަދާ ކުރަންޖެހޭ ދަރަންޏެއްކަމުގައި
ވުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރަށް
ރިޢާޔަތް ކުރާއިރު، މުޙައްމަދު މުޞްޠަފާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދެމިހުރުމުގެ
ޝަރުޠު ފުރިހަމަ ނުވާތީ މިބުނި މުޙައްމަދު މުޞްޠަފާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ31
ޖެހިއްޖެކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކޮށް ދިނުން އެދި ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރު ހުށަހެޅި މައްސަލާގައި
ޙަވާލާދެނީ މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ކަމަށްވުމުން، އެ ރިޕޯޓު ބެލިއިރު، އެ ޤާޟިއްޔާގައި، އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައިގެ
ދަޢުވާގެ ޚުލާޞާގައިވަނީ: "މި މައްސަލައަކީ، މުޞްޠަފާ، ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ކުރީގެ ބީސީސީއައި މާލޭ ގޮފީގެ އެކައުންޓް ނަންބަރު 512 $ CD ގެ ދަށުން އަނބުރާ
ދައްކާގޮތަށް ދަރަންޏަށް ފައިސާނަގައި އެ ފައިސާ މުޙައްމަދު މުޞްޠަފާ ނުދެއްކުމުގެ ސަބަބުން 1997
ޖޫން 30 ގެ ނިޔަލަށް އިންޓްރެސްޓާ އެކު 31,231.66 ޔޫ އެސް ޑޮލަރު (އެއްތިރީސްހާސް ދުއިސައްތަ
އެއްތިރީސް ޕޮއިންޓް ހައެއް ހައެއް) މުޙައްމަދު މުޞްޠަފާ ދައްކަންޖެހި މިފައިސާ ނުދައްކައިވާތީ، ޖޫން
1997 ގެ ނިޔަލަށް މުޙައްމަދު މުޞްޠަފާ އެ ބޭންކަށް (އެ ބޭންކުގެ ކަންތައްތައް ބަލަހައްޓަވާ މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީއަށް) އިންޓަރެސްޓާ އެކު ދައްކަންޖެހި ނުދައްކާވާ 31،231.66 ޔޫ އެސް ޑޮލަރު
(އެއްތިރީސްހާސް ދުއިސައްތަ އެއްތިރީސް ޕޮއިންޓް ހައެއް ހައެއް ޔޫ އެސް ޑޮލަރ) ހޯއްދެވުމަށް ދައުލަތުގެ
އެޓަރނީ ޖެނެރަލްގެ ފަރާތުން ދަޢުވާ ކުރެއްވުމުން ބެލުނު މައްސަލައެކެވެ.
24 0 2
(ބ) ފަސްވަނަ ކަމަކީ، މަދަނީކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓުގައި ދަޢުވާލިބޭ ފަރާތްކަމަށް ލިޔެފައިވަނީ "މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑް" ކަމާއި ނަމަވެސް، އެ ރިޕޯޓުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުން ދަޢުވާ ހުށަހަޅުއްވަމުން ދެއްކެވި
ވާހަކަތަކަށް ބަލާއިރު، ބައެއް ފަހަރު "މުޞްޠަފާ ސީފުޑް، އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ބޭނުން
ކުރައްވާފައިވާ ކަމާއި އަނެއްބައި ފަހަރު "މުޙައްމަދު މުޞްޠަފާ ސީފުޑް އެންޑް ޓްރޭޑް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑް" ބޭނުން ކުރައްވާފައިވާ ކަމާއި މުޙައްމަދު މުޞްޠަފާގެ ވާހަކައިގައި، ދަޢުވާލިބޭފަރާތުގެ
OLCO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ7ގެ4
Oeco
8ނޑު
cecom
02ހ/0
ނިމެއެކު9ށ
ނަން ބޭނުން ކުރުމުގައި "ސީފުޑް އެންޑް އިންޓަރނޭޝަނަލް" ނުވަތަ އަމިއްލައަށް މުޙާތަބްވާއިރު،
"ކުންފުނި" މިހެން މުޚާތަބް ކޮށްފައި އެބަހުރި ކަމާއި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރެވުނުއިރު، ދަޢުވާ ހުށަހަޅާ މީހާގެ ފުރިހަމަ ޖަހާފައިވަނީ މުޙައްމަދު
މުޞްޠަފާ ކަމާއި އެޑްރެހެއް ކަމަށް ޖަހާފައިވަނީ ހ. ޝަފީޤް، ކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެޓަރނީ
ޖެނެރަލްގެ އޮފީހުން މުޚާޠަބް ކޮށްފައިވަނީ "ގ.ޝަފަޤް މުޙައްމަދު މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުއްވި މައްސަލަ" އަކަށް ކަމާއި ނަންބޭނުންކުރުމުގައި މި ދެ ރިޕޯޓުގެ
އެކިތާ އެކި ގޮތަށް މުޚާތަބް ކޮށްފައި ހުރުމުން ނަން ބޭނުން ކުރުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަ
ކުރަމެވެ.
(ޅ) ހަވަނަ ކަމަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުން މަދަނީ ކޯޓުގެ ނަންބަރު
97/MC/139 ޤަޟިއްޔާ ހުށަހަޅުއްވަމުން ޙަވާލާދެއްވާފައި ވަނީ މުޙައްމަދު މުޞްޠަފާ ސީފުޑް އެންޑް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަކަށް ކަމާއި އެކައުންޓް ނަންބަރު ޖެހުމުގައިވެސް
މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ތަފާތު ހުރިކަން
02 *
8ނޑު
ފާހަގަ ކުރަމެވެ.
(ކ) ހަތްވަނަ ކަމަކީ، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ އޮފީހުން 7 ޖުލައި 2009 ވަނަ
ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީއަށް، 8 ޖުލައި 2009 ގައި، ފޮނުއްވި އެ ކޮމިޝަންގެ ނަންބަރު 98
/
2009
/
5/F-38
ސިޓީގައި ވަނީ، "ތ. ތިމަރަފުށީ ދާއިރާ އަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން
ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް މ. ސީވޯލް އަލްފާޟިލް މުޙައްމަދު މުޞްޠަފާގެ މައްޗަށް ދިވެހިރާއްޖޭގައި
ކުރިން ހިންގި ބޭންކެއް ކަމަށްވާ ބި.ސީ.ސީ.އައި. އިން އޭނާ ނަގާފައިވާ ލޯނެއްގެ ފައިސާ ވަކި މުއްދަތެއްގެ
ތެރޭގައި ވަކި ގަވާއިދަކުން ތިޔަ އޮތޯރިޓީއަށް ދައްކާ ޚަލާސް ކުރުމަށް ޙުކުމް ކުރައްވާފައިވާ ކަމަށް ބުނާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ
ސަފްޙާ557
ހ22 02
ޝަކުވާއެއް
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މި ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. ވީމާ،
ސީވޯލް އަލްފާޟިލް މުޙައްމަދު މުޞްޠަފާގެ މައްޗަށް އެފަދަ ޙުކުމެއް ކޮށްފައިވާނަމަ، އަދި ފައިސާ
ގަވާއިދުން ދައްކަމުންދާކަން ނުވަތަ ނޫންކަން އެކަމާގުޅޭ ތަފްޞީލު ހިމެނޭ ލިޔުންތަކާއެކު ވީ އެންމެ
އަވަސް ފުރުޞަތެއްގެ ތެރޭގައި މި ކޮމިޝަނަށް އަންގަވައި ދެއްވުން އެދެމެވެ." މިފަދައިން ކަމާއި މި
ސިޓީގެ ޖަވާބުގައި، 09 ޖުލައި 2009 ގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން، އެ އޮތޯރިޓީގެ ނަންބަރު
38
/
2009
/
2/LS/98 ސިޓީއިން، އިލެކްޝަންސް ކޮމިޝަނަށް ޖަވާބު ދެއްވާފައިވަނީ، "އަލްފާޟިލް
މުޙައްމަދު މުޞްޠަފާ، މ. ސީވޯލްގެ މައްޗަށް ޙަވާލާދީފައިވާ ސިޓީގައި ވިދާޅުވެފައިވާފަދަ ޙުކުމެއް
ކުރައްވާފައިވާކަން މި އޮތޯރިޓީގެ ލިޔެ ކިޔުންތަކުން އެގެން ނެތްކަމުގައި ދަންނަވަމެވެ." މިހެންނެވެ.
09
(އ) އަށްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި
ލިޔެކިޔުންތަކަށް ބަލާއިރު، އޭރުގެ ބީ.ސީ.ސީ.އައި. އިން މުޙައްމަދު މުޞްޠަފާ ނުވަތަ މުޙައްމަދު މުޞްޠަފާ
ޙިއްޞާވާ ސީފުޑް އެންޑް ޓްރޭޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ލޯނެއްނަގައިފައި އޮވެދާނެކަމަށް
ބެލެވުނު ހިނދު، މ. ސީވޯލް މުޙައްމަދު މުޞްޠަފާ ޙިއްޞާވާ ކުންފުންޏެއްކަމަށްވާ ސީފުޑް އެންޑް ޓްރޭޑް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި ދިވެހިރާއްޖޭގައި ހިންގި ބޭންކެއް ކަމަށްވާ ބީ.ސީ.ސީ.އައި. އާ
ދެމެދު ލޯނު އެގްރީމަންޓެއް ކުރެވިފައި އޮތްނަމަ އެ އެގްރީމަންޓްގެ ކޮޕީއެއް ހޯދުމަށާ، އަދި މ. ސީވޯލް
މުޙައްމަދު މުޞްޠަފާ އާއި ބީ.ސީ.ސީ.އައި. އާ ދެމެދު ވަކި ލޯނު އެގްރީމަންޓެއް ކުރެވިފައި އޮތްނަމަ އެ
އެގްރީމަންޓެއްގެ ވެސް ކޮޕީ ހޯދުމަށް، އެ ބޭންކްގެ ކަންތައްތައް މިހާރު ބަލަހައްޓަވަމުން ގެންދަވާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި، މި ކޯޓުގެ ނަންބަރު B3
/
98
/
2011
/
4/197 (19 ސެޕްޓެމްބަރ
2011) ސިޓީއިން ދެންނެވި ކަމާއި އެ އޮތޯރިޓީގެ ނަންބަރު 197
/
2011
/
2/LS/98 ސިޓީއިން ޖަވާބު
ދެއްވާފައިވަނީ، "ކުރީގެ ބީ.ސީ.ސީ.އައި މާލޭ ގޮފިން ސީފުޑް އެންޑް ޓްރޭޑް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ދޫކުރައްވާފައިވަނީ ޓެމްޕަރަރީ އޯވަރޑްރާފްޓެއްކަމުގައިވެފައި، ބީ.ސީ.ސީ.އައި މާލެ ގޮފިން
ou o
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ7ގެ6
04 0 2 04
ޓެމްޕަރަރީ އޯވަރޑްރާފްޓަށް
ފްޓަށް ފައިސާ ދޫކުރައްވާއިރު އާއްމު ގޮތެއްގައި އެގްރީމަންޓެއް
ކުރައްވާފައި
ނުހުންނާތީ، ސީފުޑް އެންޑް ޓްރޭޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ކުރީގެ ބީ.ސީ.ސީ.އައި
އާދެމެދު ކޮށްފައިވާ ލޯނު އެގްރީމަންޓެއް މި އޮތޯރިޓީން ބަލަހައްޓަމުންދާ ޖީ.ސީ.ސީ.އައި ގެ ލިޔުންތަކުން
ފެންނަން ނެތްކަމުގައި ދެންނެވީމެވެ. އަދި ދ. ސީވޯލް މުޙައްމަދު މުޞްޠަފާ އާއި ބީ.ސީ.ސީ.އައި އާދެމެދު
ލޯނު އެގްރީމަންޓެއް ކުރެވިފައިވާކަން މި އޮތޯރިޓީން ބަލަހައްޓަމުން ގެންދާ ބީ.ސީ.ސީ.އައި ލިޔެކިޔުންތަކުން
އެނގެން ނެތްކަމުގައި ވެސް ދަންނަވަމެވެ." މިހެންނެވެ.
9 020
ބޭންކް
(ވ) ނުވަވަނަ ކަމަކީ، ބީ.ސީ.ސީ.އައި އަކީ ރާއްޖޭގައި އޮޕަރޭޓްކު
ޓްކުރި
ކެއްކަމާއި އެ
ބަނގުރޫޓު ވެފައިވާކަމާއި އެ ބޭންކުގެ ކަންތައްތައް މިހާރު ބަލަހައްޓަވަމުން ގެންދަވަނީ މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީއިން ކަމާއި މަދަނީ ކޯޓަށް ހުށަހެޅުނު އެ ކޯޓުގެ ނަންބަރު 97/MC/139
ޤަޟިއްޔާ، އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ
އެދިވަޑައިގަތުމުގެ މަތިންކަމާއި މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާ އާއި ގުޅިގެން
އެއްވެސް ފައިސާއެއް ލިބޭނަމަ ލިބޭނީވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ކަމާއި މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީ އިން ވިދާޅުވަނީ މުޙައްމަދު މުޞްޠަފާ، މ. ސީވޯލްގެ މައްޗަށް ކުރީގެ ބީ.ސީ.ސީ.އައި އިން އޭނާ
ނަގާފައިވާ ލޯނަކާ ގުޅިގެން އެއްވެސް ޙުކުމެއް ކުރެވިފައިވާކަން އެ އޮތޯރިޓީއަށް އެނގިފައިނުވާ ކަމަށާއި
މުޙައްމަދު މުޞްޠަފާ އާއި ކުރީގެ ބީ.ސީ.ސީ.އައި އާދެމެދު އެއްވެސް ލޯނު އެގްރީމަންޓެއް ކުރެވިފައިވާކަން
އެ އޮތޯރިޓީއިން ބަލަހައްޓަމުން ގެންދާ ބީ.ސީ.ސީ.އައި ގެ ލިޔެކިޔުންތަކުން އެނގެން ނެތްކަމަށެވެ.
(މ) ދިހަވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުންމެ
ދެއްކި ވާހަކަތަކުންނާއި މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުންނާ
އަދި ކުރީގެ ބީ.ސީ.ސީ.އައި ގެ ކަންތައްތައް ބަލަހައްޓަވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވިދާޅުވާ
އެއްޗަކަށް ބެލުމުން، އަހުރެންނަށް ސާފުވަނީ ކުރީގެ ބީ.ސީ.ސީ.އައި މާލޭ ގޮފިން ސީފުޑް އެންޑް ޓްރޭޑް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::300gggo Tel %
860، ދިވެހިޓްޏ
ސަފްޙާ7ގެ7
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޓެމްޕަރަރީ އޯވަރޑްރާފްޓެއް ދޫކޮށްފައިވާކަމާއި މުޙައްމަދު
މުޞްޠަފާ އަށް ފަރުދީ ގޮތުން އެއްވެސް ފެސިލިޓީއެއް ދޫކޮށްފައި ނުވާކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ލިމިޓެޑް ލައިބިލިޓީ ކުންފުންޏަކަށް ދޫކޮށްފައިވާ ލޯނެއް ނުވަތަ
އޯވަރޑްރާފްޓް ފެސިލިޓީއަކާ ގުޅިގެން، ކުންފުނީގެ ޑިރެކްޓަރުން ނުވަތަ ކުންފުނީގެ ހިއްޞާދާރުން،
ޝަރުޢީ ކޯޓަކުން "ކޯޕަރޭޓް ވޭލް ލިފްޓް" ނުކުރާހާ ހިނދަކު، ފަރުދީ ގޮތުން ޒިންމާވާން ނުޖެހޭނެކަމާއި
ކުންފުންޏަކީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ނަމުން އެ ގަވާއިދުތަކުގައިވާ
ކަންތައްތައް ހިންގުމާއި، ދަޢުވާކުރުމާއި ދަޢުވާލިބިގަތުމާއި ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން އުފުލޭ މުދަލާއި
ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި މިކަންކަމުގެ ޙައްޤާއި ވަކި
ސިއްކައެއް އޮންނަ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީގޮތުން އަމިއްލަ ފަރާތެއްކަން އެނގެން އޮންނަ
443
3244
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުގުތާތަށް އެހެން ހުރުމާއިއެކު، ސީވޯލް
މުޙައްމަދު މުޞްޠަފާ، ކުރީގެ ބީ.ސީ.ސީ.އައި އަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަމަށް
ކަނޑައަޅާނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާ އަހުރެންގެ ރަޢުޔު
އިއްވީމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
A?
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::300gg90 Tel
860،
ދިވެހިރާއްޖެ