ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/10 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/10
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 10/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
0
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
*ނަން: އަސްޖަދު އިބްރާހީމް ރަޝީދު
ކާޑު ނަންބަރު: A228419
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 7644
ދާއިމީ އެޑްރެސް: ގ.މުޖުމަރާގެ|ކ.މާލެ
1435
ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ރަބީޢުލްއައްވަލް
16 ޖެނުއަރީ
ނިމުނު ތާރީޚް: 26 ރަބީޢުލްއައްވަލް 1435
ޖެނުއަރީ
2014
27
2014
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014/00497(J
(
MD-145
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
→ ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
• މައްސަލަ ބެލި މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު ފަނޑިޔާރު އޖ.ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަޒީ.ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/10
2 20
7644
ޚައި
ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/00497(J
(
MD-145 ކޯޓު އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ
ދަފްތަރު
ނަންބަރު
(ޅ.މުޖުމަރާގެ ކ.މާލެ) އަސްޖަދު އިބްރާހީމް ރަޝީދެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/00497(J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/00497(JMD-145 ކޯޓު އަމުރަށް ބަލާއިރު
އެކޯޓު އަމުރު ނެރެފައިވަނީ، 14 ޖެނުއަރީ 2014 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ދަފްތަރު
ނަންބަރު 7644 (ގ.މުޖުމަރާގެ ކ.މާލެ) އަސްޖަދު އިބްރާހީމް ރަޝީދު ބަންދުން ދޫކޮށްލުމަށް
އަމުރުކޮށްކަމަށާއި، މިގޮތަށް އަސްޖަދު އިބްރާހީމް ރަޝީދު ބަންދުން ދޫކޮށްލުމަށް އަމުރު ކުރެއްވި
ސަބަބަކީ "ހުށަހަޅާ ކަންތައްތަކަށް ބަލާއިރު މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް
މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
00497/J
/
MD-145 ކޯޓު އަމުރު ނެރެފައިވާ
: * *
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/10
05e04
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު -145
2014/00497(J
(
MD އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ
ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ
ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި ނެރުއްވާފައިވާ
އަމުރަކަށްވުންކަމަށް ހުށަހެޅި
04x
ހ 0
2
24
مسترد کر کمر
0x0
ބުނެ
މެޖެ022ހއ &2ތ * 4
سر ما هو مسمار کر مسلم
4. މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2014/00497(J
(
MD-145
ކޯޓު އަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން އިސްތިއުނާފް ރައްދުވާ ދަފްތަރު ނަންބަރު 7644 އަސްޢަދު
އިބްރާހީމް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ)ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ކުރިމިނަލް ކޯޓުގެ ނަންބަރު
2014/00497(JMD-145 ކޯޓު އަމުރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
061360/TD ފޯމުން ދަފްތަރު ނަންބަރު 7644 (ގ.މުޖުމަރާގެ) އަސްޖަދު އިބްރާހީމް ރަޝީދުގެ
ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުށައެޅުމުން ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން
އެނގޭކަމާއި، އަސްޖަދު އިބްރާހީމް ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަކީ މާރާމާރީ
ހިންގުމާއި ބިރުދެއްކުމާއި މުދަލަށް ގެއްލުން ދިނުންކަމާއި، މިއަމުރުގައި ކްރިމިނަލް ކޯޓުން
ކަނޑައަޅައިފައިވަނީ އަސްޖަދު އިބްރާހީމް ރަޝީދު ބަންދުން ދޫކޮށްލުމަށްކަމާއި، އަސްޖަދު އިބްރާހީމް
ރަޝީދު ބަންދުން ދޫކޮށްލުމަށް އަމުރު ކުރެއްވި ސަބަބެއްގެ ގޮތުގައި އެއަމުރުގައި ފާހަގަކޮށްފައިވަނީ
ހުށަހަޅާކަންތައްތަކަށް ބަލާއިރު މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ"
ކަމަށް ބުނެ
އެސަބަބުގެ މައްޗަށްކަން މިއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2014/HC-A/10
(ނ) ދެވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ހުރިމީހަކު ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް
އެދި ހުށައަޅާ މައްސަލަތަކުގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ
ސަބަބެއް އޮތްތޯކަމާއި،
04x
کر فرم
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ
އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު
ހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ
ކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަން ކުރަންޖެހޭނެކަމަށް ސްޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/10
2 20
(ނ) ތިންވަނަކަމަކީ، އަސްޖަދު އިބްރާހީމް ރަޝީދު ހައްޔަރުކޮށްފައިވަނީ 2014 ޖެނުއަރީ
13 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި މީނާއާއި އިތުރު ބަޔަޔަކުވެގެން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގޮސް
އެތަނުގެ ސެކިއުރިޓީންގެ ނުރުހުމުގައި އެހޮސްޕިޓަލްގެ އެމަޖެންސީ ރޫމަށްވަދެ އެތަނުގައި އެވަގުތު
ތިބި ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނާއި މަސައްކަތު މީހުންނަށް ބިރުދައްކާ އެމީހުންނަށް
އިންޒާރުދީ ހަޑިހުތުރު ބަހުން މުޢާމަލާތްކޮށްފާތީ އެސަބަބުގެ މައްޗަށްކަން އެނގެން އޮތްއިރު، މީނާ
ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި ފުލުހުންގެ ފަރާތުން ބުނެފައިވަނީ މީނާ ދޫކޮށްލާފައި
ހުރެއްޖެނަމަ މައްސަލާގެ ހެކިންނަށް ބިރުދައްކާ ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެތީއާއި، ހެކި
ނައްތާލަފާނެތީ އާއި މީނާގެ ފުށުން މިފަދަ ޢަމަލެއް ތަކުރާރުވެދާނެތީއާއި، މީނާއަކީ ކުށުގެ ރެކޯޑު
އޮންނަ މީހަކަށްވާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމުގައިކަން މިމައްސަލައިގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެސާރވިސްގެ ނަންބަރު
061360/TD "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު"އިން އެނގެން އޮތްއިރު،
މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކޯޓަށް ހުށަހެޅި ހެކިތަކުން
އަސްޖަދު އިބްރާހީމް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރަށް
ހެކި ހުށަހެޅިފައިވާކަން އެނގޭކަމެވެ.
(ރ)ހަތަރުވަނަކަމަކީ، އަސްޖަދު އިބްރާހީމް ރަޝީދުގެ ކުށުގެ ރެކޯޑަށް ބަލާއިރު، އަސްޢަދު
އިބްރާހީމް ރަޝީދަކީ ތަފާތު އެކިފަހަރު މަތިން އެކިބާވަތުގެ ކުށްތަކުގެ ތުހުމަތުގައި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހައްޔަރުކޮށްފައިވާ ފަރާތެއްކަން ފާހަގަކުރެވޭކަމާއި، އޭގެތެރޭގައި
މާރާމާރީއާއި، ފުލުހުންނަށް ޙަމަލާދީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އަދި ތޫނު
ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން ހިމެނޭކަމާއި، މިހެންކަމުން އަސްޖަދު އިބްރާހީމް
ރަޝީދުގެ މައްޗަށް މިހާރު ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަށާއި އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަށާއި އެކުށުގެ ޠަބީޢަތަށާއި އެކުށުގެ ކުޑަބޮޑު މިނަށާއި އަދި މީނާގެ ކުށުގެ ރެކޯޑަށާއި ހުށަހެޅުނު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/10
ހެކިތަކަށްބަލާއިރު އަސްޖަދު އިބްރާހީމް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައި މިވާ ކުށުގެ ޢަމަލަކީ،
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާފަދަ ޢަމަލުތަކެއް ކަމުގައި ބެލެވެން އޮތް ހިނދު، މީނާ ބަންދުން
ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވެން އޮތުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2014/00497(JMD-145 ކޯޓު އަމުރުން އަސްޖަދު އިބްރާހީމް ރަޝީދު ބަންދުން
ދޫކޮށްލުމަށް ކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވޭކަމެވެ.
ޙުކުމް
OXO
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެގޮތަށް ހުރުމާއެކު،
އިރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު2014
/
00497(J
(
MD-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ
އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/00497(J
(
MD-145 ކޯޓުއަމުރުގައި
ހުށަހަޅާކަންތައްތަކަށް ބަލާއިރު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް ބަޔާންކޮށް
އަސްޖަދު އިބްރާހީމް ރަޝީދު ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މިއަދު، 27
14:41 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި، އަސްޖަދު އިބްރާހީމް ރަޝީދު (އައި.ޑީ ނަންބަރު A228419)
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
ޖެނުއަރީ 2014 ގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv