ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/138 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2{{39/HC-A/138
ނިމުނު ގޮތު
گمرکی
ދެވެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
.ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 138/HC-A/2009
• އިސްތިއުނާފު ކުރިފަރާތުގެ
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
އައިޑީ ކާޑު ނަންބަރ :
ދާއިމީ އެޑްރެސް: އެފް.އެޗް.އެސް ކުރީގެ ބިލްޑިންގ
މިހާރުގެ އެޑްރެސް:
ނިމުނު ތާރީޚް: 29 ނޮވެމްބަރ 2011
އެޅުނުތާރީޚް: 18 މެއި 2009
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
# ނަން: އަބޫބަކުރު ޙުސައިން
ކާޑު ނަންބަރ : 076304-A
ދާއިމީ އެޑްރެސް: ލ.މާމެންދޫ ކުރި
މިހާރުގެ އެޑްރެސް: ލ.މާފިނިވާގެއާގެ
ނަން: އާދަމް ޙުސައިން
ދާއިމީ އެޑްރެސް: ލ.މާމެންދޫ ފްލޯރިން
* މިހާރުގެ އެޑްރެސް: ލ.މާމެންދޫ|ފްލޯރިން
އައިޑީ ކާޑު ނަންބަރ : 025277-A
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/JC/221
ނިންމެވިކޯޓް: ޖިނާއީ ކޯޓް
މައްސަލައިޤް ބާވަތް: އަމުރަށްނުކިޔަމަންތެރިވުން
ހުށަހެޅި ތާރީޚް: 05 ފެބްރުއަރީ 2007
0
19 ފެބްރުއަރީ 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، އިސްފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
11
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
فیملی کی مری
8
FP
2{{09/HC-A/138
41- މިއި،
404
ރެވުނު ނުކުތާތައް:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221 ޤަޟިއްޔާ އަކީ، 28 މެއި 2005 ދުވަހު
ލ.މާމެންދޫފްލޯރިން އާދަމް ޙުސައިން ކޯޓަށް ހާޒިރުވުމަށް ކޯޓު އަމުރު ނެރުމާގުޅިގެން އާދަމް ޙުސައިން
ކޯޓުގެ ހުއްދަނެތި ކޯޓުގެ ޝަރީޢަތްކުރާ ބަޔަށްވަދެ، މެޖިސްޓްރޭޓަރ ދިމާއަށް މީނާ ކޯޓަށް ނުގެނެވޭނެ
ކަމަށްބުނެ، ހަޑިހުތުރު ބަހުން އެއްޗެހިގޮވާ ތަނުގެ މަޞްލަޙަތު ނަގާލަން މަސައްކަތްކުރަން ފެށުން، ކޯޓުން
ނުކުތުމަށް ތަކުރާރުކޮށް މީނާއަށް އެންގުމުންވެސް އެ އެންގުމާ ޚިލާފަށް އާދަމް ޙުސައިން ޢަމަލުކޮށް،
ކޯޓުގެ ޙުރުމަތް ކަނޑާލާފައިވާ ކަމަށާއި، އަދި ލ.މާމެންދޫ/ކުރި، އަބޫބަކުރު ޙުސައިން ކޯޓުގެ ސިޓީންގ
ރޫމް ތެރޭގައިހުރެ، އާދަމް ޙުސައިން ކޯޓަށް ނުގެނެވޭނެ ކަމަށާއި، އޭނާ ކޯޓަށް ގެނެސްގެން އެމައްސަލަ
އެކޯޓުގައި ނުހިންގޭނޭކަމަށްބުނެ، މެޖިސްޓްރޭޓާ ދިމާއަށް ނޭދެވޭ ބަސްތައް ރައްދުކޮށް ކޯޓުގެ ޙުރުމަތް
ކަނޑާލާފައިވާކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަބޫބަކުރު ޙުސައިނާއި،
އަދާމް ޙުސައިނުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ޕްރޮސެކިޔުޓަރ ޖެނެރަލްގެ
ފަރާތުން ކުރުމުން ޖިނާއީ ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވާ ނިންމަވާފައިވަނީ، އިސްވެ މިބަޔާންކުރެވުނު އަމުރަށް
ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ލ.މާމެންދޫ/ކުރި، އަބޫބަކުރު ޙުސައިނާއި، ލ.މާމެންދޫ ފްލޯރިން އާދަމް
ޙުސައިންގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅުވައި އެގޮތުގެ މަތީން ޙުކުމް ކުރައްވާފައިކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެންގެން އޮންނަކަން ފާހަގަކުރެވެއެވެ.
އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221
ޤަޟިއްޔާ ގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލް ގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާއާއި މެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
-03
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [[، ދިވެހިހ
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
, s:
3 ޤަޟިއްޔާ ނިމުނު
2{{39/HC-A/138
ދެވެ
* ފުރަތަމަ ނުކުތާއަކީ: އަބޫބަކުރު ޙުސައިނާއި އާދަމް ޙުސައިނުގެ މައްޗަށް ދައުލަތުން
ދަޢުވާކޮށްފައިވާނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ކަމަށްވެފައި، މި ދެމީހުން މިދަޢުވާއަށް
އިންކާރު ކުރުމާއި ގުޅިގެން ޝަރީޢަތަށް ހާޒިރު ކުރެވިފައިވާ ހެކީންގެ ހެކިބަހަށް ރިޢާޔަތް ކުރައްވާފައި
ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.
* ދެވަނަ ނުކުތާއަކީ: ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221 ޤަޟިއްޔާގައި ކުޅަ
ދަޢުވާގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޢަލީ މުޙައްމަދަކީ ދަޢުވާގެ އަޞްލު ކަމަށް ޝަރީޢަތުން ފާހަގަ
ކުރައްވާފައިވާ ފާހަގަކުރެއްވުން ރަގަޅުކަމަށް ނުދެވޭކަމަށާއި، މިމައްސަލާގެ އަޞްލަކީ ކޯޓުގެ ޙުރުމަތް
ކަނޑާލުންކަމަށާއި، އަދި ހަޑިހުތުރު ބަހުން މުޚާތަބު ކޮށްފައިވަނީ ކޯޓުގެ ޤާޟީއާކަން ސާބިތުވާ ވަރުގެ
ހެކި ހުށަހަޅާފައިވާއިރު އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.
* ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވުން.
04- މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221 ޤަޟިއްޔާގައި ލ.މާމެންދޫ/ކުރި،
ޙުސައިންއާއި، ލ.މާމެންދޫ ފްލޯރިން އާދަމް ޙުސައިންގެ މައްޗަށް ކުރި ދަޢުވާއަކީ، އަބޫބަކުރު ޙުސައިނާއި،
އާދަމް ޙުސައިން، 28 މެއި 2005 ދުވަހު އާދަމް ޙުސައިން ކޯޓަށް ހާޒިރުވުމަށް ކޯޓު އަމުރު ނެރުމާއި
ގުޅިގެން އާދަމް ޙުސައިން ކޯޓުގެ ހުއްދަނެތި ކޯޓުގެ ޝަރީޢަތް ކުރާ ބަޔަށް ވަދެ، މެޖިސްޓްރޭޓާއި ދިމާއަށް
ހަޑިހުތުރުބަހުން އެއްޗެހިގޮވާ ތަނުގެ މަޞްލަޙަތު ނަގާލަން
މަސައްކަތްކުރަން ފެށުން، ކޯޓުން ނުކުތުމަށް ތަކުރާރުކޮށް މީނާއަށް އެންގުމުންވެސް އެ އެންގުމާ ޚިލާފަށް
ޢަމަލުކޮށް، ކޯޓުގެ ޙުރުމަތް ކަނޑާލާފައިވާކަމަށްބުނެ، އަދި އަބޫބަކުރު ޙުސައިން ކޯޓުގެ ސިޓިންގ ރޫމް
ތެރޭގައިހުރެ، އާދަމް ޙުސައިން ކޯޓަށް ނުގެނެވޭ.
ނެވޭނެ ކަމަށާއި،
އޭނާ ކޯޓަށް ގެނެސްގެން އެމަ
އެކޯޓުގައި ނުހިންގޭ
މެޖިސްޓްރޭޓާއި ދިމާއަށް ނޭދެވޭބަސްތައް ރައްދުކޮށް
294ކ9 2
އަބޫ ބަ ކުރީ
މީނާ ކޯޓަށް
22
224
4 ކ އޖ 2
4
سرکسرورمار
ޑްގެ
0
2 ޑތ ތތ 3
4
(3ނކަމަށްބުނެ،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 26471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{{9/HC-A/138
ޤަޟިއްޔާ ނިމުނު
فيات همسر کی مری
ދެވެ
ކަނޑާލާފައި ވާކަމަށް
ކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އަބޫބަކުރު
ޙުސައިނާއި، އަދާމް ޙުސައިނުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާކަން އެނގެން
އޮތްއިރު،
އެދަޢުވާއަށް އަބޫބަކުރު ޙުސައިނާއި އާދަމް ޙުސައިން އިންކާރުކޮށްފައިވާކަމާއި، އެފަދައިން
އެދަޢުވާއަށް އެދެމީހުން އިންކާރު ކުރުމުން، އެދަޢުވާ ސާބިތު ކޮށްދިނުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ
ހެކިންނަކީ، ލ.މާމެންދޫ ދަނޑުމަތީގެ އިބްރާހީމް ޝަރީފާއި، ލ،މާމެންދޫ ކުރިގަމުގެ އިބްރާހީމް ސަލީމް
އާއި، މ.މުންޑޫ ކޯޓުގެ ސ.މެޖިސްޓްރޭޓް ޢަލީ މުޙައްމަދު އާއި މި ތިންމީހުންކަން ފާހަގަކުރެވެއެވެ.
(ށ) އިސްވެ ބަޔާން މިކުރެވުނު ތިންހެކީންގެ ތެރެއިން ލ.މާމެންދޫ! ދަނޑުމަތީގެ
އިބްރާހީމް ޝަރީފް، މައްސަލާގެ ތަޙްޤީޤަށް 22 ނޮވެމްބަރ 2005 ދުވަހު، ދީފައިވާ ބަޔާނަށާއި، 31
މެއި 2007 ގައި ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރު، 2005 މެއި 29 ވަނަ ދުވަހުގެ ކޮންމެވެސް
ވަގުތެއްގައި ރަށުކޯޓަށް ހާޒިރުވުމަށް 2005 މެއި 26 ވީ ބުރާސްފަތި ދުވަހު އާދަމް ޙުސައިނަށް ޗިޓެއް
ހަވާލުކޮށްފައިވާކަމަށް އާދަމް ޙުސައިންގެ އެއްބަނޑު އެއްބަފާ ބޭބެ ރަށު އޮފީހުގެ ކަތީބު އަބޫބަކުރު
ޙުސައިން އިބްރާހީމް ޝަރީފް ގާތު ބުނެފައިވާކަމަށާއި، އަދި މާމެންދޫ ކޯޓާއި ހަވާލުވެހުރި، ލ.މުންޑޫ
ކޯޓުގެ މެޖިސްޓްރޭޓް ޢަލީ މުޙައްމަދު އާއި 2005 މެއި 28 ވީ ހޮނިއިރު ދުވަހުގެ ވަގުތެއްގައި ރަށު ކޯޓަށް
ގޮސް އާދަމް ޙުސައިން ބައްދަލުކޮށް، ރަށު ކޯޓަށް ހާޒިރު ކުރަންޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ
ކަމަށްބުނެ، ސ.މެޖިސްޓްރޭޓް ޢަލީ މުޙައްމަދާއި ޒުވާބު ކޮށްފައިވާކަމަށް އަބޫބަކުރު ޙުސައިން އިބްރާހީމް
ޝަރީފް ގާތު ބުނެފައިވާކަމަށް އިބްރާހީމް ޝަރީފް ބުނެފައިވާއިރު،
އިބްރާހީމް ޝަރީފްގެ އެބަޔާނުން، އަބޫބަކުރު ޙުސައިނާއި އާދަމް ޙުސައިން 2005 ވަނަ
އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ލ.މާމެންދޫ ކޯޓަށް ގޮސްފައިވާތަން ސީދާ އިބްރާހީމް ޝަރީފަށް
ފެނިފައި ނުވާކަމާއި، އަދި އެދެމީހުން އެކޯޓު ތެރެއަށް ވަދެ މެޖިސްޓްރޭޓް ޢަލީ މުޙައްމަދާއި ޒުވާބުކުރިތަން
އިބްރާހީމް ޝަރީފަށް ފެނިފައިވެސް ނުވާކަން ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
އަދި އިބްރާހީމް ޝަރީފްގެ އެބަޔާނުގައި އިބްރާހީމް ޝަރީފަކީ ލ.މާމެންދޫ
"މަސްވެރީންގެ ގުޅުން" ކިޔާ ޖަމްޢިއްޔާގެ ރައީސް ކަމާއި، އެޖަމްޢިއްޔާގެ މުސްތަޝާރަކީ
އެއް ޚަޞްމު ކަމުގައިވާ އަބޫބަކުރު ޙުސައިން ކަމާއި، އެޖަމްޢިއްޔާގެ މުވައްސިސުން
,27 ހދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
5 ޤަޟިއްޔާ ނިމުނު
2{{39/HC-A/138
مری
ދެލީ
OXO
މިމައްސަލާގެ އަނެއް ޚަޞްމު ކަމުގައިވާ އާދަމް ޙުސައިން ހިމެނޭކަމާއި، މި އިބްރާހީމް ޝަރީފް އެ
ޖަމްޢިއްޔާގެ ރައީސަކަށް ހުރިއިރު، މި އިބްރާހީމް ޝަރީފްއާއި އަބޫބަކުރު ޙުސައިން އަކީ، ވަރަށް ގިނަ
ސިއްރު ކަންތައްތަކެއް ޙިއްޞާކުރާ ދެމީހުންކަމާއި، އޭގެ ގިނަ ސިއްރުތަކެއް އިބްރާހީމް ޝަރީފް ބޭޒާރު
ކޮށްލުމާއި ގުޅިގެން އަބޫބަކުރު ޙުސައިނާއި އިބްރާހީމް ޝަރީފުގެ ގުޅުން ގޯސްވެފައިވާކަމާއި، މިގޮތުން
އެކަމާ ރުޅިއައިސްގެން އިބްރާހީމް ޝަރީފުގެ ނަފްސަށް ގެއްލުން ދިނުމަށް އަބޫބަކުރު ޙުސައިން މަސައްކަތް
ކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް އަބޫބަކު
ބުބަކުރު ޙުސައިންއާ މެދު އިބްރާހީމް ޝަރީފް ކުރާކަމާއި، މިކަންކަން
ސާފުކޮށް އެނގެ އޮންނަކަން ފާހަގަކުރެވޭތީއާއި، މި އިބްރާހީމް ޝަރީފްއާއި މިމައްސަލާގައި އެއްފަރާތުގެ
ޚަޞްމުންގެ ގޮތުގައި ހިމެނޭ އަބޫބަކުރު ޙުސައިނާއި އާދަމް ޙުސައިން ދެމެދު ޚުޞޫމަތެއް އޮތްކަން
އެނގެން އޮންނާތީއާއި، އަދި އިބްރާހީމް ޝަރީފްގެ ހެކިބަހުގައި އޭނާއަށް ސީދާ ފެނުނު މަންޒަރެއް، ނުވަތަ
އޭނާއަށް އިވުނު އަޑެއްވިޔަސް ސިފަ ކޮށްދީފައި ނުވާތީ، މިމައްސަލާގައި މި އިބްރާހީމް ޝަރީފްގެ ހެކިބަސް
ޝަރުޢީ ހަމަތަކުގެ މަތީން ޤަބޫލު ކުރެވޭނެ ހެކިބަހެއް ނޫންކަން އެނގެއެވެ.
(ނ) އިސްވެ ބަޔާން ކުރެވުނު ފަދައިން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221
ޤަޟިއްޔާގައި ދައުލަތުންކުޅަ ދަޢުވާ ސާބިތު ކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ ދެވަނަ ހެއްކަކީ ވ.މާމެންދޫގެ
ކުރިގަމުގެ އިބްރާހީމް ސަލީމް ކަން އެނގެން އޮންނާތީ، މި އިބްރާހީމް ސަލީމް މައްސަލާގެ ތަޙްޤީޤަށް
ދީފައިވާ ބަޔާނަށާއި، ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބެލިއިރު، 2005 މެއި 28 ދުވަހު، އަބޫބަކުރު
ޙުސައިންގެ ކޮއްކޮ އާދަމް ޙުސައިން ކޯޓަށް ހާޒިރުކުރުމަށް ސ.މެޖިސްޓްރޭޓް ޢަލީ މުޙައްމަދު އަމުރު
ނެރުމުން އާދަމް ޙުސައިން ރަށުކޯޓަށް ގޮސް ސ.މެޖިސްޓްރޭޓާ ދިމާއަށް ކަލެއަކަށް އަހަރެން ކޯޓަށް
ހާޒިރުވާކަށް "ކަލެއާ ހެދިގެން އަހަރެން ކުރަންޖެހޭ މަސައްކަތެއް ނުކުރެވެއޭ، ކިޔާ
އަޑުގަދަކޮށް ހެދިއިރު އަބޫބަކުރު ޙުސައިންވެސް ކޯޓު ތެރޭގައި ހުރިކަމަށާއި، އަދި އަބޫބަކުރު ހުސައިންވެސް
ސ.މިޖިސްޓްރޭޓާ ދިމާއަށް "ކަލޭތީ އެއްޗެއް އެނގިގެން އުޅޭ މީހެއް ނޫނޭ، އާދަމް ޙުސައިން ދެން މިކޯޓަށް
ހާޒިރު ނުކުރެވޭނެޔޭ، މިޝަރީޢަތް ދެން މިކޯޓުގައި ނުހިންގޭނޭ" ކަމަށް ބުނެފައިވާކަމަށާއި، އަދި އަބޫބަކުރު
ޙުސައިނާއި އާދަމް ޙުސައިންވެސް ހަމަ މިމޭރުމުން އިބްރާހީމް ސަލީމްއާވެސް ޒުވާބުކޮށްފައިވަކަމަށް
އިބްރާހީމް ސަލީމް ބުނެފައިވާކަން އެނގެއޮތް އިރު،
ނޭންގޭރޭއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 49 ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
44 35 23
ޤަޟިއްޔާ ނިމުނު
2{{39}HC-A/138
کی عمری
ދެވެ
އެ ތަޙްޤީޤު ބަޔާން ނިންމޭ ހިސާބުގައި، 1998 ވަނަ އަހަރު ލ.މާމެންދޫ އޮފީހުން
ތަޙްޤީޤު ކުރި މައްސަލައެއްގައި 29 ޑިސެމްބަރ 1998 ދުވަހު ލ.މާމެންދޫ އޮފީހަށް އިބްރާހީމް ސަލީމް
ދީފައިވާ ބަޔާނަކަށް ބަދަލުތަކެއް ގެނެސް، ކޮމްޕިޔުޓަރުން ލިޔެފައިވާ ބަޔާނެއް ރަށުގެ އެކި ތަންތަނުގައި
ހިއްޕާފައި ހުއްޓާ އިބްރާހީމް ސަލީމަށް ފެނިފައިވާކަމަށާއި، އެކަމަކީ އިބްރާހީމް ސަލީމްގެ އަގު ވައްޓާލުމުގެ
ގޮތުން މިއަބޫބަކުރު ޙުސައިން ކޮށްފައިވާ ކަމެއްކަމަށް އޭނާ ގާތު އިބްރާހީމް ޝަރީފް ބުނެފައިވާކަމަށް
އިބްރާހީމް ސަލީމް ބުނެފައި އޮންނަ އޮތުމުން އިބްރާހީމް ސަލީމާއި އަބޫބަކުރު ޙުސައިނާ ދެމެދުވެސް
ޚުޞޫމަތެއް އުފެދިފައިވާކަން ޝަރީޢަތަށް ފާހަގަކުރެވޭކަމާއި،
އަދި މީގެ އިތުރުން އިބްރާހީމް ސަލީމް ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބަލާއިރު، އާދަމް ޙުސައިނާއި އަބޫބަކުރު ޙުސައިން
ކޯޓަށް ގޮސް މެޖިސްޓްރޭޓާ ދިމާއަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ޒުވާބުކޮށް ހެދި ދުވަހަކީ ވަރަށް ގިނަ
ޝަރީޢަތްތަކެއް އެކޯޓުގައި ހިންގި ދުވަހެއްކަމަށާއި، އާދަމް ޙުސައިންވެސް ކޯޓަށް އައީ އޭނާއަށް
މައްސަލައަށް ކިޔާފައިވާ ގަޑިއަށް ކަމަށް ބުނެފައިވާއިރު، މައްސަލައާ ގުޅިގެން އެހެނިހެން ފަރާތްތަކުން
ދީފައިވާ ބަޔާންތަކުން ފާހަގަކުރެވެން އޮންނަނީ، އާދަމް ޙުސައިން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު
ނެރެފައިވަނީ 26 މެއި 2005 ވީ ބުރާސްފަތި ދުވަހު ކަމާއި، އެއަމުރާއި އެއްގޮތްވާ ގޮތުގެ މަތީން
އާދަމް ޙުސައިން މާމެންދޫ ކޯޓަށް ހާޒިރުވާންޖެހެނީ 29 މެއި 2005 ވާ އާދިއްތަ ދުވަހު ކަމާއި، އާދަމް
ޙުސައިން އާއި އަބޫބަކުރު ޙުސައިން މެޖިސްޓްރޭޓާ ބައްދަލު ކުރުމަށް މާމެންދޫ ކޯޓަށް ގޮސްފައިވާކަމަށް
ދަޢުވާގައި ބުނެފައިވަނީ 28 މެއި 2005
ވީ ހޮނިއިރު ދުވަހުގައި ކަމެވެ.
ވީމާ، މި އެންމެހައި ކަންތައްތަކަށް ބަލާއިރު، އިބްރާހީމް ސަލީމްގެ ހެކިބަހުގައިވެސް
ފޫނުބެދޭ ކަންތައްތަކެއް އެކުލެވިފައިވުމުގެ އިތުރަށް އިބްރާހީމް ސަލީމާއި އަބޫބަކުރު ޙުސައިންނާއި
ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދިފައިވާކަން ސާފުކޮސް އެނގެން އޮންނާތީ، އިބްރާހީމް ސަލީމްގެ
ހެކިބަހަކީވެސް މިމައްސަލާގައި ޝަރުޢީ ހަމަތަކުގެ މަތީން ޤަބޫލު ކުރެވެނިވި ހެކިބަހެއް
29 ހއ
ކހ
އ ހ 22
2
2
ހ ﷲކރއްވާ"
(ލ) ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221 ޤަޟިއްޔާގައި ދައުލަތުން ކު
ސާބިތު ކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ ހެކީންކުރެ ތިންވަނަ މީހަކީ، ދަޢުވާގައި ބުނާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 9641 ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{39/HC-A/138
ޤަޟިއްޔާ ނިމުނު
2
2 02 0 0
ލ.މާމެންދޫ ކޯޓާއި ހަވާލުވެ ހުންނެވި ލ.މުންޑޫ ކޯޓުގެ ސ.މެޖިސްޓްރޭޓް ޢަލީ މުޙައްމަދު ކަމާއި،
އަބޫބަކުރު ޙުސައިނާއި އާދަމް ޙުސައިން ހިންގިކަމަށް ދަޢުވާގައި ބުނެފައިވާ ޢަމަލު ހިންގާފައިވަނީ ޢަލީ
މުޙައްމަދާއި މެދުގައި ކަމަށް، ނޫނީ ލ.މާމެންދޫ ކޯޓާމެދުގައި ކަމަށް ބެލި ކަމުގައި ވިޔަސް، މިއިން ކޮންމެ
ޙާލަތެއްގައިވެސް އަބޫބަކުރު ޙުސައިނާއި އާދަމް ޙުސައިންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޢަމަލު
ހިންގިކަމުގެ މައްސަލަ ޙަރަކާތްތެރި ކުރެވޭނީ މެޖިސްޓްރޭޓްގެ ފަރާތުން ކަމީ ޝައްކެއްއޮތް ކަމެއް
ނޫންކަމުގައިވާތީ، އެވަގުތު ލ.މާމެންދޫ ކޯޓާއި ހަވާލުވެ ހުންނެވި ލ.މުންޑޫ ކޯޓުގެ ސ.މެޖިސްޓްރޭޓް ޢަލީ
މުޙައްމަދު އަކީ އަބޫބަކުރު ޙުސައިނާއި އާދަމް ޙުސައިނާމެދު ކުރެވޭ ދަޢުވަގެ ދަޢުވާ ވެރިޔާކަމުގައި
ބެލެވޭނެތީ، ޢަލީ މުޙައްމަދުގެ ހެކިބަހަކީ މިމައްސަލާގައި މުސްތަޤިއްލު ހެކިބަހެއްގެ ގޮތުގައި ޝަރުޢީ
ހަމަތަކުގެ މަތީން ޤަބޫލު ކުރެވެނިވި ހެކިބަހެއް ނޫންކަން ފާހަގަކުރެވެ
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ޖިނާއީ
ނަންބަރު:2009/JC/221 ޤަޟިއްޔާގައި ލ.މާމެންދޫ/ކުރި، އަބޫބަކުރު ޙުސައިން އާއި،
ލ.މާމެންދޫ|ފްލޯރިން އާދަމް ޙުސައިންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ބައްލަވާ، ޤާނޫނުލް ޢުޤޫބާތުގެ 88
ވަނަ މާއްދާގެ (ހ) ގެ ދަށުން އަބޫބަކުރު ހުސައިނާއި، އަދާމް ޙުސައިނުގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރި ވުމުގެ ކުށް ސާބިތު ނުވާކަމަށް ކުރައްވާފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ
ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
.
ޙުކުމް:
ވީމާ، ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/221 ޤަޟިއްޔާގައި ލ.މާމެންދޫ ކުރި، އަބޫބަކު
ބަކުރު
ޙުސައިން އާއި، ލ.މާމެންދޫ|ފްލޯރިން އާދަމް ޙުސައިންގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ހ) ގެ ދަށުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ބައްލަވާ، އެދެމީހުންގެ މައްޗަށް
އެދަޢުވާ ސާބިތު ނުވާކަމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްވާ ގޮތުގެ މަތީން ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
OXO<
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން/329829ވެދިކަޑް* 3316N
އީމެއިލް [email protected] ވެބް ސައިޓް ighcourt.gov.mvއ